Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވަފާތެރިމަވީމޭ 2 (9)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 1, 2026 3 Mins Read
14 Comments

ޔޫއާގެ އިޝާރާތައް ލަސް ލަހުން ފައިޒަން އެތެރެއަށް ވަނެވެ. ވަގުތުން ޔޫއާންގެ ދެލޮލުން ދިޔައީ ތަރި ބުރައިގެންނެވެ. “ޔަލޫ… އެއީ ޔަލޫގެ ބައްޕި…” އިނގިލި ދިއްކޮށްލަމުން ޔޫއާ އެހެން ބުނެލިއެވެ. ލޯ މަރާލައިގެން ހުރި ޔަލާ ދެލޯ ހުޅުވާލިއެވެ.

(9 ވަނަ ބައި)

“ފައިބެ އަކީތަ ޔަލޫގެ ބައްޕިއަކީ…؟” ޔަލާގެ ދެލޯ ވިދާލިއެވެ. ބޮޑުވަމުން އައި އިރު އޭނާއާއި އެހާ ގާތުގައި ފައިޒަން އުޅުމުން ހަގީގަތުގައި ޔަލާގެ ހިތުގައި ވެސް ފައިޒަންއަށްޓަކައި ބައްޕައެއްގެ ކުލުނު ވިޔެވެ.

“ޔެސް… ދެން ފައިބެއެއް ނޫން އިނގޭ ކިޔާނީ؟ ބައްޕި ކިޔާނީ…” ހީނލަމުން ޔަލާގެ ހަށިގަނޑުގައި ފައިޒަން ބައްދާލިއެވެ.

ޔަލާ ކުރިމަތީގައި އެއްޗެކޭ ނުބުނަންވެގެން ޔޫއާން، ޔޫއާގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ގޮސް ބަދިގެއަށް ވަނެވެ. ދޮރު ކުޑަކުޑަކޮށް ހުޅުވާފައި ބަހައްޓާފައި އޭނާ ބޭރުބަލައިލިއެވެ. ފައިޒަންގެ އަތުތެރޭގައި ބޮނޑިވެގެން އިން ޔަލާ ފެނި އެއީ އެއްވެސް ލޭގެ ގުޅުމެއް ނެތް ބަޔެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ހަގީގަތުގައިވެސް ހީވަނީ ބައްޕައަކާއި ދަރިއެއް ހެންނެވެ.

“ޔޫ މޮޔަވީތަ؟؟؟ ކީއްވެ ޔަލޫ ގާތުގައި އެހެން ތިބުނީ؟ ފައިޒަން އާއި ޔަލޫގެ ކޮން ގުޅުމެއް އޮތީ…؟” ހިތްހަމަ ނުޖެހިފައި ޔޫއާން އެހިއެވެ.

“ދޮންބޭ… ހަމަ ޖެހިބަލަ. ޔަލޫ ބައްޕަ ކައިރިއަށް ދާން ރޯތީވޭ ޔޫ މިހެން ހަދަން މިނިންމީ…” ހަރަމް ބަނދެލަމުން ޔޫއާ ބުންޏެވެ.

“އެކަމަކުވާ… ތީ އެކަމަކު ޔަލޫއަށް ދެވޭ ހާދަ ބޮޑު ދޯކާއެކޭ. ހާދަ ބޮޑު އޮޅުވާލުމެކޭ. ނިކަން ދޮންބެ ބުނާ ގޮތް ހަދާބަލަ. ޔޫ-”

“ޔޫ ނޫޅެން ދޮންބެ ބުނާހެން ހަދާކަށް. އިއްޔެ ނިކްޔާންއަށް ކައިވެނި ކުރި އިރު ‘ދޮންބެ ބުނާ ގޮތް ހަދާބަލަ’ އޭ ބުނެ ނައީ ކީއްވެތަ؟ އެދުހަށް ވުރެ މިއަދު ދޮންބެ މޮޅީތަ؟ މިހާރު ޔޫ މިއީ ބޮޑު އަންހެނެއް. ޔަލާ އެއީ އަހަރެންގެ ދަރިފުޅު. ނިކްޔާންގެ ލޭ ދައުރުވިޔަސް އެއީ އަހަރެންގެ ދަރިފުޅު. ހަމަ އެކަނި އަހަރެންގެ ދަރިފުޅު. ނުވަމަހާ ނުވަދުވަސް ވަންދެން މަގޭ ބަނޑުގައޭ ޔަލޫ އޮތީ.. ވިހެއުމުގެ ވޭންވެސް ތަހައްމަލު ކުރީ މަށޭ. ގާތުން ދީ އެވަރަށްވެސް ބަލާ ބޮޑު ކޮށްފަ އެހުރީ މަށޭ. އެހެންވެ އެދަރިފުޅުގެ ހަޔާތް ބިނާ ކުރަންވީ ގޮތް އިނގޭނީ، ހުދު އަހަރެންނަށް” މޭގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޔޫއާ ބުނެލިއެވެ. އަދި ޔޫއާންއަށް ފުރަގަސް ދީފައި ނިކުމެގެން ދިޔައެވެ.

***5 އަހަރު ކުރިން***

ގަޑިން ހަތަރެއް ޖަހާ ބޮޑުވެފައިވީ ނަމަވެސް، މުޅި މާހައުލަށް ވެރިވެފައިވަނީ ކަޅު ފޮއި ރޭގަނޑެއް ފަދަ އަނދިރިކަމެކެވެ. އުދަރެހުން ފެންނަން އޮތް ނޫކުލަ ވަނީ ބޯ، ކަޅު ވިލާތަކުގެ ނިވާފަތްގަނޑެއްގެ ފަހަތަށް ގެއްލިފައެވެ. ވައިގެ ބާރުމިން ހުރީ އާދަޔާ ހިލާފަށް ގަދަކޮށެވެ. ގަދަ އަޑަކާއެކު ޖެހެމުންދިޔަ ވައިރޯޅިތަކުން، މަގުމަތީގައި ހުރި ބިޔަ ގަސްތައް މުލުން ލުހެވިދާނެހެން ހީވެއެވެ. ގަސްތަކުގެ އޮފިތައް އެކި ފަރާތްފަރާތަށް ހޫރެމުން ދާއިރު، އެއިން އިވޭ ގުގުމުން ހީވަނީ ގުދުރަތުގެ ބާރުގަދަ ނުރުހުމެއް އަމާޒުވެފައިވާ ހެންނެވެ. މަގުމަތީގައި ހުރި ކުނިބުނިތަކާއި ހިކި ފަތްތައް ވައިގެ ތެރޭގައި އެނބުރެމުން ދިޔައީ ހަމަހޭ ނެތް ފަދައިންނެވެ.

ކުއްލިއަކަށް އުޑުމަތި ފަޅައިގެން ދިޔަ ފަދަ ބާރު ގުގުރިއަކާއެކު، ކުރިމަތިން ފެންނަން ހުރި ގެތަކާއި މަގުތައް، ފުސް ދުންގަނޑެއްގެ ތެރެއަށް ގެއްލި، މަންޒަރު މުޅިން ނުފެންނަ ވަރު ވެއްޖެއެވެ. ވައިގެ ބާރުމިނާއެކު ވާރޭގެ ތިކިތައް އައިސް ކުޑަދޮރުތަކުގައި ޖެހެމުންދިޔައީ، ބިރުވެރި މީހަކު ދޮރުގައި ތަޅައިގަންނަ ފަދަ ބާރުމިނެއްގައެވެ.

އެ ބާރު ގުގުރީގެ އަޑަށް އުމުރުން އެންމެ 3 ގަޑިއިރުގެ ޔަލާ ސިހިފައި ރޯން ފެށިއެވެ. ދެފަޔާތް އަތް ތަޅުވަ ތަޅުވާފައި އެކުއްޖާ ރޮމުން ދިޔައީ އެ ބިރުވެރި އަޑުގެ ސަބަބުން ގަންނާ ކުރެއްވީ ބިރުންނެވެ. ޖާލި ދޮރުން ބޭރު ބަލަން އިން ޔޫއާއަށް އެ އަޑު އިވި އެނދުން ތެދުވަން އުޅުނެވެ. ގުގުރާތީވެ އޭނާއަށް ކާއެއްޗެހި ގެނެސްދޭން ދިޔަ މަންމަމެނަށްވެސް އެތިބީ ނާދެވިފައެވެ.

“އޭ އޭ. އަދި ނުވޭ ތިހެން ތެދުވެ އުޅޭކަށް. އަވަހަށް އިށީނދޭ” ދަތި ކަމާއި އެކު ތެދުވަން އުޅުން ޔޫއާ، އެވަގުތު އެތަނަށް ވައިން ކުޑަކުދިންގެ ޑަކްޓަރު، ފައިޒަންއަށް ފެނި އޭނާ ހުއްޓުވިއެވެ. ހީނލަމުން ޔޫއާ އެނދުގައި އިށީނެވެ.

ޔަލާ ނަގައިގެން އޭނާ އެކި ގޮތް ގޮތައް ތަޅުވަން ފެށިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޔަލާ ހުއްޓާލިއެވެ. ކުދި ކުދި އިނގިލިތައް ބޮމުން ބޮމުން ފައިޒަންއާއި ދިމާލަށް ބަލަން ޔަލާ އޮތެވެ.

“ވާއު. ތީނަ ހާދަ މޮޅޭ ދޯ؟ މިއީ އަދި ފުރަތަމަ ދަރިފުޅު. ކުޑަކޮށް އާ ވާނެ ހެހެ…” ބޯ ކަހާލަމުން ޔޫއާ ބުނެލިއެވެ.

“ހެހެ. އަހަރެންގެ ނެތް ކުއްޖެއް އެކަމަކު”

“ދެން؟ ކިހިނެތް ހުއްޓުވަން އެނގުނީ؟”

“ހަހަ. އަހަރެން މިއީ ކުޑަކުދިންގެ ޑަކްޓަރެކޭ. މިއައީ ޔަލާގެ ހާލު ބަލައިލަން” ހީނލަމުން ފައިޒަން އެހެން ބުނެލުމުން ކުރިއަށް ދިޔުމަށް ޔޫއާ އިޝާރާތް ކޮށްލިއެވެ. ޔަލާގެ ހާލު ބަލާ ނިމުމުން އޭނާ ރަނގަޅު ކަމުގައިވެސް ފައިޒަން ބުންޏެވެ.

“ކޮބާތަ ޔޫއާގެ ފިރިމީހާ؟ ފުރަތަމަ ދިމާވި ދުވަހު ބަނޑުބޮޑުވެ ހުރީ. އެކަމަކު އެދުވަހުވެސް ހުރީ އެކަނި. މިއަދުވެސް އެކަނި.” ފައިޒަންއާއި ދިމާލަށް ބަލަން އޮވެ، ދޫނެރެލަ ނެރެލަ އޮތް ކުޑަކުޑަ ޔަލާގެ އަތުގައި ހިފާލަމުން އޭނާ އެހިއެވެ.

“ވަރިވެފަ…” ޔޫއާގެ ޖަވާބު އިވި ފައިޒަންގެ އަނގަ ކުނި ވިއެވެ. އެހެން އެހުނީތީ ލަދުގަނެ، ދެރަވިއެވެ. “ސޮރީ…”

(ނުނިމޭ)

ދިހަވަނަބައިގެ ތެރެއިން:

“ބައްޕީ… ޒަކޫ ބޭނުން ކަމަކު ކިޔަންން…” ނިކްޔާންގެ ފައިގައި އެލިގަންނަމުން ޒާކު ބުނެލީ މައުސޫމް ގޮތަކަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ތިޔަ ނަން މި ހިތުގާ 20

Next

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 11

Next
June 1, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 11

Previews
June 1, 2026

ތިޔަ ނަން މި ހިތުގާ 20

14 Comments!

  1. Exxo says:
    June 1, 2026 at 2:16 pm

    Wow wow wow.
    Vrh reethi Shiherrrr.
    Yooaa dhen Yuaan bunaagoiyy hedhi nama. Ekamaku dhen ehen hadhaakah nuvaane dhw.
    Feels bad 4 Yooaa n Yalaa.
    When next.
    Tc n always ly….

    1. shihaamaa ali shihaamaa ali says:
      June 2, 2026 at 6:46 pm

      jazaakallah khairan Exxo 🩶🫶🏻
      yeaa dhw asluvess.. dhen let’s see dhw what happens between them.. in sha allah next maadhamaa..
      likewise 🫶🏻

  2. Your fav bab Your fav bab says:
    June 1, 2026 at 3:53 pm

    Vrh reethi mi bai vx MA💗
    5 years ago feshi iru heevy varugadha kanthah gadakaa lai gathee hen, sifa kohffa hunnaleh furihama kamun MA✨
    So that’s how they met.. Ooo.. Intresting..
    When next?
    Waiting for next part of ‘vaathee hithaku loabi manman vefa’
    Lyssm💖

    1. shihaamaa ali shihaamaa ali says:
      June 2, 2026 at 6:47 pm

      jazaakallah khairan Your fav bab🩶🫶🏻
      alheyyy this is sooo sweeett jazaakallah khairan 🥹🥹🥹.. hehe noo they’ve met before that adhi ingeyne how kan fahunnn.. in sha allah next maadhamaa..
      likewise 🫶🏻

  3. Gurrllyyy says:
    June 1, 2026 at 4:40 pm

    Heyy.
    Vrh salhi.
    When next ??
    Tc

    1. shihaamaa ali shihaamaa ali says:
      June 2, 2026 at 6:47 pm

      jazaakallah khairan Gurrllyyy🩶🫶🏻
      in sha allah next maadhamaa..
      likewise 🫶🏻

  4. xxx says:
    June 1, 2026 at 8:18 pm

    Wow wowwweeeee

    1. shihaamaa ali shihaamaa ali says:
      June 2, 2026 at 6:48 pm

      jazaakallah khairan xxx🩶🫶🏻

  5. Lulu says:
    June 1, 2026 at 8:40 pm

    Heyyy shiherrr.
    Luv it

    1. shihaamaa ali shihaamaa ali says:
      June 2, 2026 at 6:48 pm

      jazaakallah khairan Lulu🩶🫶🏻

  6. Demon says:
    June 2, 2026 at 1:40 pm

    Next ????

    1. shihaamaa ali shihaamaa ali says:
      June 2, 2026 at 6:49 pm

      in sha allah maadhan🩶🫶🏻

  7. Anonymous says:
    June 2, 2026 at 3:07 pm

    Luv it 💕

    1. shihaamaa ali shihaamaa ali says:
      June 2, 2026 at 6:48 pm

      jazaakallah khairan Anonymous 🩶🫶🏻

Comments are closed.

Next Episodeވަފާތެރިމަވީމޭ 2 (8)←


All Right Reserved!