“އާދެބަލަ..” ނޫރާ އަތުގައި ހިފާ ފާހަނަ ތެރެއަށް ވެއްދީ ޒުލް އެވެ. “ޔޫ އާ ނޮޓް ގޮނަ ބިލީވް ދިސް” ފޯނު ނަގާ ނޫރާ އަތަށް ދިއްކޮށްލިއެވެ. ” އަހަރެން ހިޔެއް ނުކުރަން އެ ޔާސިން ތިވަރު ބޮޑު ލަޑެއް ނޫރާ އަށް ދޭނެ ކަމަކަށް. އޭނަ މަންމަ މަރުވިތާ ދެވަނަ އަށް ވި ދުވަހު އެއިނީ މިންހާ ހާ… ވަޓްސް ރޯންގް ވިތް ހިމް..” އިންސްޓާ ގްރާމްގެ މިންހާގެ ޕްރޮފައިލްގައި އިން ފޮޓޯއަށް ބަލަހައްޓައިން ހުރެ […]
ޗޭނުގަނޑުން ސަލާމަތް ވާނެ އާލާތެއް ފެނޭތޯ ވަށައިގެން ލޯ ހިންގަނިކޮން ކުއްލިއަކަށް އެ ތަނުގައިވާ ހަނި ދޮރެއް ހުޅުވުނު އަޑު އަހާފައި ޒެވިއަލް ބަލަހައްޓައިގެން އިނެވެ. ދޮރު ހުޅުވުނު ވަގުތު ބޭރުން އިންޖީނު އަޑެއް އިވެމުންދިޔައިރު، ކޮންމެ ވެސް ވަރަކަށް މޫދު ލޮނު ވަސް ދުވަމުންދިޔައެވެ. އެކަމަށް ސަމާލުވެގެން އިންދާ އޭނާއަށް ފެނިގެން ދިޔައީ ފެންނާނެ ކަމަށް އުއްމީދު ކުރި ފަރާތެއް ނޫނެވެ. “ސާމިއު” ޒެވިއަލް ދިޔައީ ރުޅިގަދަ ވެގެން ދިޔައިރު އެ މޫނަށް ފާއްދާލީ ރަތްކުލައެވެ. […]
އާ ކޯޗު ޓީމާއި ހަވާލުވެގެން އޮތް ފުރަތަމަ ބައްދަލުވުމަށް ޗެލްސީގެ ހުރިހާ ކުޅުންތެރިން ހާޒިރުވެ ތިއްބެވެ. އާރާޝްއަކީ ހުރިހާ ކުޅުންތެރިން ދަންނަ އަދި ގިނަ ކުޅުންތެރިން ނަމޫނާއަކަށް ބަލާ ކުޅުންތެރިއެކެވެ. ކޮންމެ ކުޅުންތެރިއެއް ވެސް ހުރީ އާރާޝާއި ބައްދަލު ކުރަން ކެއްމަދުވެފައެވެ. **** އާރާޝް ކޯޗު ކަމުގެ ދަށުގައި ޗެލްސީ ކުޅެން ޖެހުނު ދެ މެޗުވެސް ވެގެން ދިޔައީ ވަރުގަދަ ދެ މެޗަށެވެ. ފުރަތަމަ ލަންޑަން ޑާރބީގައި ވެސްޓްހަމާއި ދެކޮޅަށް ކުޅުނު މެޗަށް ފަހު ޔޫރަޕާ ލީގުގެ […]
ކާރުގައި ދިޔަ ނާބިތުއަށް ވުރެ ކުރިން ރިޔާން ހުރި ހިސާބަށް ދެވުނީ ސައިކަލުގައި ދިޔަ ސަލަފްއަށެވެ. އެ ހިސާބުން ސަލަފްއަށް ފެނުނީ ހީކުރި ފަދަ މަންޒަރެއް ނޫނެވެ. ނާބިތުއަށް ގުޅާފައި ރިޔާން މަސައްކަތް ކުރީ އަލްޔާ ހަމަޖެއްސޭތޯއެވެ. “އަލްޔާ، ހަމަޖެހިބަލަ… ހުއްޓާލާ ދެން… އިރުކޮޅަކުން ނާބި އައީމަ ގެއަށް ދާނީ…” ރިޔާން ބުންޏެވެ. “ރިޔާންއަކަށް ނުފެނޭތަ…؟ އެންމެން އެ ބޭބީއާއިގެން އުޅޭ ގޮތް ނުފެނޭތަ؟ އަހަރެންގެ މަންމަވެސް… އަހަރެން ވިހެއީމަ އެކަކުވެސް އެހެން އުޅޭނެތަ؟ މީ […]
ފިހާރައެއްގެ އަސަކަނި ދަށުގައި ގަދަ ނޫކުލައިގެ ހުޑީއެއް އަދި ޖިންސް ލައިގެން ހުރި ޒުވާނާ ލައިރާ ލޮލުގައި، އަޅައިގަތެވެ. އޭނާ ބަލާލުމާއެކުހެން އެ ޒުވާނާ ނިކަން އަވަހަށް އަނެއް ފަރާތަށް އެނބުރިއްޖެއެވެ. އެ ނުދަންނަ ޒުވާނާގެ ހަރަކާތްތައް ހުރި ގޮތުން ލައިރާ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. އޭނާ ބެލީ އެ ޒުވާނާއަށް ސަމާލުކަން ނުދީ އަވަހަށް ދެވޭތޯއެވެ. އެ ޒުވާނާ އަތުގައި އަޅާފައި، އިން އަތުކުރީ ގަޑިފެނުމާއެކު އަނެއްކާވެސް ފަރުވާތެރިކަމާއެކު އެ ޒުވާނާއަށް ލައިރާ ބަލާލިއެވެ. **** […]
*މައިހާ އާއި ރީހާން ހޭންފެށި އެވެ. ރަނާ ގާތަށް ވެސް ހިނި އައެވެ. އޭރު މިންހާ އިނީ އަނގަމަތީ އަތް އަޅައިގެންނެވެ. އޭނާ އިނީ ފެންކަޅިވެފަ އެވެ. “މިން އުޅުނީ ރީހާން ގައިގަ ޖަހާށޭ. ސޮރީ. ރީހާން ދުރަށް ދިޔައީމަ ވީގޮތެއް އެއީ. މިން އަކަށް ނޭނގެ ނާއީ އިންކަމެއް. ސީރިއެސްކޮށް ވެސް. ސޮރީ.” މިންހާ ދެރަވެފައި ވާހަކަ ދެއްކި އެވެ. ނާއިލް ގާތަށް ވެސް ހިނިއަންނަ ގޮތް ވި އެވެ،* “ކަލޭ ތިޖެހީ ނާއިލްގެ މޫނު […]
*”އަޅެ މަށެކަށް ނޭނގެއޭ. ކިތަށް ފަހަރު ޒީވާ ކާރީ ބުނަންވީ މަށެށް ނޫނޭ ބުނީކީ. މަށަކަށް ނޭނގެ އައިމަންއަށް އިނގުނު ގޮތެއް. މަ ހަނދާނެއްވެސް ނެތް…އައިމަން އެހެން ބުނީމަ ހަނދާންވީ” މިފަހަރު ނާއިމް ވާހަކަ ދެއްކީ ތަންކޮޅެށް ބާރަށެވެ. އެއަޑުގައި ރުޅިވެސް އެކުލެވިގެން ވެއެވެ. އަހަރެން ކުޑަކޮށް ސިހޭގޮތްވި އެވެ. އެކަން ނާއިމްއަށް ފާހަގަ ވެސް ކުރެވުނެވެ. އެދެލޮލުގައިވީ ރުޅިވެރިކަން އެކުހެން ގެއްލުނެވެ.* “ހަމަޖެހިބަލަ ދެމީހުން. ނާއިމް އެއްވެސް ނޫން މައުނާ އެއްވެސް ނޫން ބުނީކީ. ހަމަ […]
*އެދެކުދިންނަށް ދެވުނު އިރު ވިޝާލް އާއި އަނާ ތިބީ ސްކޫލް ގޯތިތެރޭ ހުރި ހިލަ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިށީން ދެގެން ވާހަކަ ދައްކާށެވެ. ރައިފާ ބުނި ފަދައިން އެދެމީހުން ތިބީ އަތުގުޅުވައިލައިގެންނެވެ. “ވިޝާލް” މައިޝާ ހައިރާން ވެފައި ގޮވައިލި އެވެ. ދެމީހުން ސިހިފައި ދުރަށް ޖެހިލި އެވެ.* “މައިޝާ” ވިޝާލްގެ އަޑުގައި ވަނީ ހާސްކަމެވެ. “ވިޝާލް މީކޮންކަމެއް؟” މައިޝާ ހައިރާން ވެފައި ހުރެ އަހައިލި އެވެ. “ކޮބާ؟’ “އަނާ އާ އެއްކޮށް މިތާ ކީއްތިކުރަނީ؟” “އޯހ…އަނާ […]
ރޭގަނޑުގެ ވަގުތެވެ. 14 ވިލޭރޭގެ ރިހި ހަނދުގެ އަލިމުން މުޅިރަށް ދިއްލާލާފައި ވީއިރު މަންޒަރު ވަރަށްވެސް ހިތްގައިމެވެ. ލޯބިވެރިންނާއި އެކުވެރިންވެސް އެހަނދުގެ ރީތި އަލީގައި ބޭރުގައި އުޅެލުމަށް ބޭރަށް ނިކުމެގެން އުޅެމުން ދިޔައެވެ. އެކުދިންގެ ތެރޭގައި ނާޒްވެސް ހިމެނުނެވެ. ހަނދުވަރުގެ އަލިކަމުގައި ފެވިއިވާ ގޮނޑުދޮށުގައި ނާޒް އިށީނދެގެން އިނެވެ. ނާޒްގެ ހިތުގައި އުފެދިފައިވާ ލޯބީގެ އިހުސާސްތަކާއެކު، ނާޒްގެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. ނާޒްގެ ހިތުގައި ލޯބި އުފެދިފައި ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ޝައިނާގެ […]