ރަށުގެ ތުނޑިމަތީގައި އޮންނަ ރީތި ދޮންވެލިގަނޑު މަތީގައި ހިތް ހަމަ ޖައްސައި ލުމަށްޓަކައި މަލިކާ އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ޒާރާ ހުރީ އެކިއެކި ވާހަކަ ތަކުގައި ޖެހި މަޖަލާއި ފޯރީގައެވެ. މިހެން ދެމީހުން ތިއްބައ މަލިކާގެ ދޮންބެ މާކިން އައިސް ދެމީހުންގެ ފަހަތިގައި ހުއްޓިލުމަށްފަހު ޕޮއް ކިޔާފައި ސިއްސުވައިލިއެވެ. މިހެން ކަމުން މަލިކާ އަދި ޒާރާ ފާޑަކަށް ފަަތައް ބަލައިލިއެވެ. އެއިރު ފަހަތުގައި ހުރި މާކިން ފެނި މަލިކާ އަތުމަށަށް ވެލި ކޮޅެއް ނެގުމަށްފަހު މާކިންގެ މޫނަށް ޖަހައިލިއެވެ.
“މަގޭ ލޯ… މަލް ބަލައޭ ދޮންބެ މިއައީ ހިންގާ ދެންވެސް އަވަހަށް ދަމާ މިހާރު އެޔޮއް 6:00 ޖަހަނީ… ލަސް ވެއްޖިއްޔާ މަލް އަށް އިނގޭނެ މަންމަ އަށް ވާ ވަރު” މާކިން ލޯ ކަހަމުން ބުނެލިއެވެ. “އުޕްސް މައި ބޭޑް ގަޑި ބަލައި ނުލެވި މަ މި ހުރިހާ ބޮޑު ތަކުރު ފާނު ވާހަކާގައި ޖެހުނީ… ހިންގާ ދަމާ” މިހެން ބުނެ މަލިކާ އާއި ޒާރާ ދޮން ވެލި ގަނޑު މަތިން ތެދުވެލިއެވެ.
****
“އަޔާޝް އަހަރެން ކިތައް ފަހަރު ބުނަން ވީ އިޓްސް އޯވާ ބޮޓްވީން އަސް އަހަރެން އަކަށް ދެނެއް އަޔާޝް އާ އެކު އެއް ނޫޅެވޭނެ….މިއަންނަ މަހު އަހަރެން މީހަކާ އިންނަން އައި ވޯންޓް ޔޫ އައުޓް އޮފް މައި ލައިފް ފޯ ގޫޑް” މާހާ މިހެން ބުނުމުން އަޔާޝް ގެ ހިތް ކުދި ކުދި ކޮށްލި ފަދައެވެ. މާހާ އަކީ އަޔާޝް އެންމެ ފުރަތަމަ ލޯބިވި އަންހެން ކުއްޖާ އެވެ. މިއަދު މާހާ އަޔާޝް ގެ ހިތް ކުދި ކުދި ކޮށްލުމުގެ ސްބަބުން ނުރޯން ހުރެފަވެސް އޭނާގެ ލޮލުން ވެއްޓުނު އެންމެ ފުރަތަމަ ކަރުން ތިއްކުން ހޫނު ކަރުނަ ތައް ފެން ކޯރެއް ހަދައިލިއެވެ.
—ނުނިމޭ—
One Comment
Comments are closed.


Masha allah ????……….. Varah reethi ☺️☺️☺️