Skip to content
އެސްފިޔަ

އަބަދަށް އެކުގައި 11

×

*”ޕިސް.ޕިސް.ޕިސް.ޕިސް….” ޒިވްޔަންއާ ޔައިޝާއާ ދެމީހުން ސިހިފައި ފަހަތް ބަލާލިއިރު ފަހަތުގައި ދެއަތް

އުނަގަނޑުގައިި ވިއްދައިގެން ހަނާ ހެވި ދިއްލިފައި އެމީހުނާ ދިމާ ބަލަައްޓައިެން ހުއްޓެވެ.*

“ސާބަސް ކަލެމެންނަށްވާ….ފަނަރަ މިނެޓުވީ މިހާރު ތިހެން ތިބޭތާ ” ހަނާ ހެމުންހެމުން ބުނެލިއެވެ. ޔައިޝާ

ވަގުތުން އިސްދަށަށް ޖަހާލަމުން ގެއިން ނުކުތެވެ. ޒިވްޔަންވެސް ބޮލުގައި އަތް ހާކާލީ ހަނާ ދިމާ ކުރާނެވަރު ހިތަށް

އަރާފައެވެ.

“ޔައީ ދާ ގަޑިއަށްތަ އަހަންނަށް ގެއަށް އާދެވެން ޖެހެނީ” ޒިވްޔަން ބުނެލިއެވެ.

“ޔައީ ކިހާއިރެއް މިހާރު މިގޭގަ އުޅޭތާ. ޒިވްޔަންއަށް ވެސް ޔައީ ދާ ގަޑިއަށްތަ އަންނަން ޖެހެނީ” ހަނާވެސް

ބުނެލިއެވެ.

“އޭ މަޑުކޮއްބަ. ޔައީ ސްކޫލްގަ ކީއްކުރަނީ”

“ޓީޗަރެއް….. ކުރިން ދުވަހު އަދި ސްކޫލަށް ނުކުންނަން ފެށީ. ކިހިނެތް ވީ. މިއަދު އޭނައަށް ނުހޭލެވުނީމަޔޯ ސްކޫލައް ނުދިޔައީ” ހަނާ އަވަސްއަވަހަށް ޒިވްޔަން ކުރަން އުޅުނު ސުވާލުގެ ޖަވާބުވެސް ދިނެވެ.

“އޯހް…. ދެން މާދަމާ އޭނަ ސްކޫލައް ދާނެދޯ” ޒިވްޔަން އަހާލިގޮތުން ހާނަ ގާތަށް ހިނިވެސް އައެވެ.

“ހުމމ. ކީއްވީ.. ޒިވްޔަން ޔައީ ލައިދޭން ދާންވީތަ؟” ހަނާ ޒިވްޔަންއަށް ޖެއްސުން ކޮއްލާ ހިތްވިއެވެ.

“ހެހެ. މަ ވެސް މަސައްކަތް ކުރަނީ އެތާނގައޭ” ޒިވްޔަން ހޭން ފަށަމުން ބުނެލިއެވެ.

“ތިބުނީ” ހަނާ ހައިރާން ވެފައި ބުނެލިއެވެ.

” މަ އަބަދު ޕްރިންސިޕަލް ހޯދަން ދާން ޖެހެނީ ސްކޫލަށް. ދެން މިހާރު ސްކޫލް ކުދިންތައް ވެސް ހީކުރަނީ މީ

ސްކޫލްގަ މަސައްކަތް ކުރާ މީހެއް ކަމަށް.. އިއްޔެ ކުއްޖަކު އަހަނީ ތީ ޕްރިންސިޕަލް ދަރިއެއްހޯ” ޒިވްޔަން

ހަނާއަށް ކިޔައިދިނެވެ.

…………..

މެންދުރުގެ އަވިގަދަ ވަގުތެވެ. ހޫނުގަދަ ކަމުން ހީވަނީ ފިހިދާނެ ހެންނެވެ. ނަމަވެސް ރަށުގެ މީހުން ނޫޅޭ

ހިސާބެއްގެ އަތިރިމަތީގައި ހުއްޓިލައިގެން ހުރި އާނިޝްއަށް ދެމުން ދިޔަ ދިލަގަދަ އަވީގެ ހިލަމެއް ވާހެންވެސް

ހިއެނުވެއެވެ. ރޯ އަވިގަނޑުގައި ހުއްޓިގެން ހުރި އާނިޝްގެ ގައިގާ އަޅަމުންދިޔަ އިރުގެ ހޫނުގެ ދިލައަށްވުރެ މާ

ގަދަ ރިހުމެއް އޭނަގެ ހިތުގައި އަޅައެވެ. ހަނާގެ ހިޔާލުތަކުން އޭނަގެ ހިތް ޒަހަމް ކުރަމުން ދިޔައެވެ.

އާނިޝް ބަލަން ހުރީ ޖަހަމުން ގެންދިޔަ ރާޅުތަކަށެވެ. ފަހަރަކު ރާޅެއްއައިސް ގޮނޑުދޮށުގައި ފިރުކިލާފައިދެއެވެ.

އެއްވެސް ރާޅެއް އެތާކު މަޑެއް ނުކުރެއެވެ. އާނިޝް ހިތަށް އެރިއެވެ. ހަނާއަކީ ވެސް އޭނަގެ ހަޔާތަށް އެގޮތަށް

އައި ކުއްޖެއް ހެއްޔެވެ؟ ހަނާވެސް އޭނަގެ ހަޔާތުގައި އެހެން އުޅެލާފައި ދާނީހެއްޔެވެ؟ މިފަދަ އެތައް އެއްޗެެއް

ދިޔައީ އާނިޝްގެ ހިތަށް އަރަމުންނެވެ.

ހަނާ އެހެން ކަންތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަނާ ހަމަ އެއްވެސް ވަރަކަށް އާނިޝްދެކެ ލޯބި ނުވަނީހެއްޔެވެ؟ ހަނާ ހަމަ އަސްލުވެސް އާނިޝް މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ ހަނާ އެހެން މީހަކާ ރައްޓެހިވީ ކީތް ވެގެން ހެއްޔެވެ؟ އާނިޝް ދެރަ ވާނެ ވަރު ހަނާއަށް ނުވިސްނެނީ ހެއްޔެވެ؟ އޭނަ އަށް ޓަކައި ހަމްދަރުދީ ނުވަނީ ހެއްޔެވެ؟ އާނިޝްއާ އެކު ހޭދަ ކުރި އުފާވެރި ދުވަސްތައް މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ ނަމަވެސް އާނިޝްގެ ސިކުނޑި ކިތަންމެ ވަރަކަށް ހަނާއާ ދުރުވާށޭ ބުންޏަސް އާނިޝްގެ ބަސްނާހާ ހިތް އެކަމާ ދެބަސް ވަނީއެވެ. އެހިތް އަދިވެސް ބުނަނީ ހަނާ އަންނާނެ ކަމުގައެވެ. ހަނާއަށް އެހެން މީހަކުދެކެ ލޯބި ނުވެވޭނެ ކަމުގައެވެ. ނަމަވެސް ލޯބި ވާނަމަ އެގޮތަށް އާނިޝްއާ ވާހަކަ ނުދައްކަން އުޅެނީ ކީިއްވެގެން ހެއްޔެވެ؟ ލޯބިނުވާނަމަ އާނިޝް އެއްޗެކޭ ބުނާއިރައް އެދެލޮލުން ކަރުނަ އަންނަނީ ކީއްވެގެން ހެއްޔެވެ؟

“ކައެ މިތާގަ… މަ ކައެ ހޯދާތާ ކޮން އިރެއް… މިހާރު މުޅި ރަށް ކުޑަ ކުރެވިއްޖެޔޭ” އާނިޝް ސިހިފައި ފަހަތް

ބަލާލީ މީހަކު ވާހަކަ ދެއްކި އަޑަށެވެ. އާނިޝް އަވަސްއަވަހަށް ލޮލުގައި ހުރި ކަރުނަތަށް ފޮހެލިއެވެ.

“ކައޭ ނުފެނިގެން ލެޑީ އެބަހުރި ވަރަށް ނައްޓާފަ.. ކައެއަށް އެނގެއެއްނު އޭނަ ރުޅިއައިސްސިއްޔާ ވާނެގޮތް.”

ފަހަތުން އައި އުލްޔާން އަވަސް ރާގެއްގައި ބުނެލިއެވެ. އުލްޔާން ލެޑީގެ ނަމުން މުހާތަބުކުރީ އާނިޝްމެން ގުރޫޕުގެ

ބޮޑުމީހާ ލާދިންއެވެ. އެންމެންވެސް އެމީހުންގެ ބަހުރުވައިން ލާދިންއަށް ކިޔާނީ ލެޑީއެވެ.

“އެޔޯ” އާނިޝްއަށް ހައިރާން ވެފައި އަހާލިއެވެ. އެހެނީ ލެޑީ ރުޅިއައިސް ފިއްޔާ މީހަކު ކަތިލާކަށްވެސް އޭނަ

ފަހެއް ނުޖެހޭނެއެވެ.

“މަށައްތަ އެނގެނީ… ދެންވެސް އަވަސްކޮއްބެއާ” އުލްޔާން ހަޅޭއްލަވައިގަތެވެ. އާނިޝްވެސް އިތުރު ވާހަކަ

ނުދައްކާ އުލްޔާންގެ ސައިކަލު ފަހަތުގައި ލެޑީމެންގެ ޖަގަހައަށް ދިޔައެވެ. އަވަސް ސްޕީޑެއްގައި ދިޔަ

ސައިކަލުގޮސް ޖަގަހައިގެ ކުރިމައްޗައް ހުއްޓުމާއެކު އިވުނީ ލެޑީގެ ބަރު އަޑުން ހަޅޭއްލަވައިގެން އަޑެވެ.

“މިތަނަށް ނުވަންނާތި.. އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް ހުރި ތަނައް ކޮށާލާނަން. ކައެއާ ހެދިއޭ ހުރިހާ

ކަމެއް މިވަނީ. ކައޭގެ އަމާ ދެންމެވެސް އެދިޔައީ އަހަރުންނާ ދިމާއަށް ބަވައިގަންފަ.. ނުވިތާކަށް ކޮޕުންނަށް ވެސް

ބަސްޓު ވެއްޖެ… މިތަނުން ދެގޮލާ ގޮވައިގެން އެދިޔައީ… ކައޭ މިގުރޫޕައް ވެއްދީ އަހަރުންނޯ ކިޔައިގެންވެސް

ނުކިޔާކަށް އެއްޗެއްނެތް. އަޅެ ގޮތް ހުސްވެގެން އައި މީހަކަށް އަހަރެން އެހީވީއެއް ނޫންތަ.. އެކަމު ބުނަން ދެން

ކައެ މިތާ ފަޅިސިކުންތަކު ވެސް ބަހައްޓާކަށް މައޭ ބޭނުމެއްނޫން… މިތަނުން ރައްކާވޭ….” ލާދިން ހިތް

ފުރެންދެން ހަޅޭއް ލަވާލުމަށް ފަހު އެތަނުން ނުކުމެގެން ދިޔައެވެ.

ނަމަވެސް އާނިޝްއަށް އެއްޗެއް ކީހެންވެސް ހީނުވެއެވެ. ލާދިން ދިއުމުން އާނިޝް ގޮސް ދެން ތިބި މީހުން ކައިރީ

އިށީނެވެ.

“ކައޭ ހާދަ މަޑުން. އެހެންޏާ އެއްޗެކޭ ބުނާއިރަށް ތަޅައިގަންނަ ދެމީހުން. މިއަދު ކީއްވެފަ ތިގޮލާ ތީނީ. އަހަރުން

މިތިބީ ކައެމެން ހަނގުރާމަ ބަލާލާހިތުން ކެތްމަދުވެފަ… ” އެތާއިން  މާއިން އާނިޝްއާ ދިމާއަށް ބުންޏެވެ.

“މި ސޮރު މީނީ ހަނާ މޮޔަވެފަދޯ” އުލްޔާން އާނިޝްއާ ދިމާއަށް ބުންޏެވެ.

“ސާބަސް ކަލެއަށް.. އެ ހަނާ މިހާރު ދެން އެ ކާކު.. ހަނާ މަންމަ ކައެއާ ދިމާއަށް ކިޔާލި އެއްޗެހި ހަނދާން

ނެތުނީތަ އަދިވެސް އޭނަ ކައިރިން ސަލާން ޖަހަމުން ތިދުވަނީ.. ކައެއަށް ހަނާއަށް ވުރެ މާ ސަޅި ބިޓުން ލިބޭނެ..

މިހާރުވެސް މަގުމައްޗައް ނިކުންނައިރު އަންހެން ކުދިންތަށް އެތިބެނީ ކައެ ފެނިފަ މަށަށް މަށަށް ކިޔާލަކިޔާލާ…

ނިކަން ކެރިގެން އޭގެން ގޮލަޔަކު އަތުއަޅުވާލަބެ” މާލިން އަނެއްކާ ވެސް ބުނެލިއެވެ.

އެމީހުންނަސް އާނިޝް ހަނާދެކެވާ ލޯބި އިނގޭނަމަ އެެހެން ބުނާނެހެއްޔެވެ. އެމީހުންނަށް ލޯތްބަކީ ކުޅޭ ކުޅިވަރަކަށް

ވިޔަސް އާނިޝްއަށް އެއީ ހާދަ ވޭނެއްހުރިކަމަކެވެ.

“ބުނަން.. މަށަށް ކޮންމެހެން ވަސްވާސްދޭން ހަދާނެ ކަމެއްނެތް…. މަށެއް ދެން  މިތަނަކަށް ނުވެސްއަންނާނަން.

ކައެމެން އެކަކީވެސް މީގެ ފަހުން މަ ދަންނަ ބައެއް ނޫން…. ހަނދާން ކުރާތި.. މީގެ ފަހުން މަށަކީ މިގުރޫޕުގެ

މެމްބަރެއްނޫން…” އާނިޝް އެހެން ބުނެފައި  އެތަނުން ނުކުމެެން ހިނގައިގަތެވެ.

…………..

“ބައްޕާ…. މިއޮތް އަވިގަދަ ތާގަ ކީއްތިކުރަނީ.. ކޮބާ މަންމަ” ޔައިޝާ އަކުރަމު ކައިރީ ހުއްޓެމުން ބުނެލިއެވެ.

ބައްޕާއެ ކިޔާ ޔައިޝާ މުހާތަބު ކުރުމުން އަކުރަމުގެ މޫނު މަތިން ފެނުނީ ހައިރާން ކަމެވެ، އެހެނީ ޔައިޝާއަށް

ހަގީގަތް އިނގުނީމައި ބައްޕާއޭ ކިޔާނެ ކަމަށް އަކުރަމު އުއްމީދެއް ނުކުރެއެވެ.

“މަންމަ ނުކިޔައިދޭތަ؟” ހައިރާން ވެފައި ހުރެ އަކުރަމު އަހާލިއެވެ.

“ނޫން ކިޔައިދިން.. އެކަމު އަހަރެން އަދިވެސް ގަބޫލު ކުރަނީ ތީ އަހަރެންގެ ބައްޕަ ކަމަށް. އަހަރެން ބައްޕައަށް

ކިޔާނީވެސް ބައްޕަ. މަންމަދެއްކި އެއްވެސް ވާހަކައަކުން އަހަރެން ބައްޕައާ ދޭތެރޭ ދެކޭ ގޮތެއް ބަދަލެއްނުވޭ. ”

ޔައިޝާ އަކުރަމުއާ މުހާތަބު ކުރީ މަޑުމައިތިރި ކަމާއެކުގައެވެ.

ގޭތެރެއަށް ވަދެގެންއައި ޔުސްރާ ހުއްޓުންއެރީ ކުރިމަތީގައި ވާހަކަދައްކަން ތިބި ޔައިޝާއާ އަކުރަމު ފެނިފައެވެ.

އެމަންޒަރު ފެނިފައި ޔުސްރާއަށް ހިނިތުންވެވުނެވެ.

…………….

“ހަނާ…..ހަނާ.. ހަނާ ހޯދަން އައިއްސި” ޒިވްޔަން ހަނާގެ ކޮޓަރީގައި ޓަކި ޖަހަމުން ގޮވާލިއެވެ.

“ކާކުތަ؟؟؟” ހަނާ ނިކުމެފައި ބުނެލިއެވެ.

“މްމްމް…..އައި ޑޯންޓްނޯ.. ހިލްޔާން ކުއްޖާ ކަންނޭނގެ” ޒިވްޔަން މަޑު މަޑުން ބުނެލިއެވެ.

“ލާރާ؟؟؟” ހަނާއަށް އަހާލެވުނެވެ.

“ހުމމ. އަހަރެން” ގެއަށް ވަންނަމުން ލާރާ ބުނެލިއެވެ.

“ހިލްޔާން ކުއްޖާ” ހަނާ އެހެން ބުނެފައި ބާރަށް ހޭން ފެށިއެވެ. ލާރާއަށް ލަދުން އިސްޖަހާލެވުނެވެ. ޒިވްޔަންވެސް

ހަނާއާ ބައިވެރިވަމުން ހޭން ފެށިއެވެ.

“ހިލްޔާން އެބައުޅޭ ކަންނޭނގެ އެފަރާތުގައި” ޒިވްޔަން ލާރާއަށް ބަލައިލަމުން ބުނެލިއެވެ.

” ހިލްޔާން ހޯދާކަށް ނޫނޭ މިއައީ.. ހަނާއްތަ ކައިރިއަށޭ” ލާރާއެހެން ބުނަމުން ޒިވްޔަންއަށް ބަލައިލަމުން ހަނާއާ

އެކު ހިނގައިގަތެވެ.

…………….

މުޅިން އައު ދުވަހަކަށް އިރުފެނުން ތޮޅެލީ ޒިވްޔަންގެ ހިތަށް އުފާވެރިކަމެއް ގެނެސްދެމުންނެވެ. އޭނާ ލޯގަނޑު ކުރިމަތީގައި ހުރެ އަންހެން ކުއްޖެއް ފަދައިން ފަރި ބަލަމުން ގެންދިޔައެވެ. ލާފައިވާ މެރޫން ކުލައިގެ ގަމީހަށްވުރެ ތަންކޮޅެއް މަޑު ކުލައެއްގެ ޓައީއެއް އަޅާލާފައި ހުރި އިރު ޒިވްޔަން ފެންނަލެއް ނިކަން ހިތްގައިމެވެ.

“އޮއޯ…..ތިއުޅެނީ ޔައީއަށް މަގު އޮޅޭ ވަރު ކުރަންތަ” ލޯގަނޑުން ޒިވްޔަންއަށް ބަލައިލަމުން ހަނާ ބުނެލިއެވެ.

 

“ސާބަހޭ…އަދި ނޭނގެއެއްނު ޔައީއާ ދިމާ ވާނެކަމެއްްވެސް” ޒިވްޔަން ހަނާއަށް ބަލައިލަމުން ބުނެލިއެވެ. ޒިވްޔަން އައި ފަހުން ވީ މަދު ދުވަސް ކޮޅުގެތެރޭގައި ހަނާއާ ޒިވްޔަންވަނީ ގާތް ރަހުމަތްތެރިންނަށް ވެފައެވެ.

ފަރި ހިނގުމެއްގައި މަގުމަތީ ހިނގާލާފައި ދިޔަ ޔައިޝާގެ މިސްރާބު ހުރީ ސުކޫލާ ދިމާއަށެވެ. މަޑު އޮރެންޖު ކުލައެއްގެ ހެދުމެއްލާފައިވާއިރު އެކުލައިގެ އަތްދަބަހެއް ޔައިޝާގެ ކޮނޑުގައި އޮތެވެ. ކަޅު ކުލައިގެ ހައިހީލް އަކަށް އަރަލާފައި ވާއިރު ޔައިޝާ ފެންނަނީ ނުހަނު ސާދާކޮށެވެ.

“ޔައީ…..” ފަހަތުން މީހަކު ގޮވާލިއަޑަށް ޔައިޝާ ބަލަލިއެވެ.

……………..

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. sunflower girlll

    mibai neren lasvi kamahtakai hurihaa kiyuntheringe kibain maafah edhen..
    adhi kurin bai thakah koffa huri comment thakah ryply nudhevun kamahatakai vx maafah edhen,,,alhugandah comment thah fenuny comment close vi fahun …reply nudhevuny ehnve,,,btw thanks for the support..
    mibai ves kamudhaane kmh unmeedhu kuran

    1. Hûdhãkkø
      sunflower girlll

      It’s ok

    2. sunflower girlll
      sunflower girlll

      thankyouuu hudhakko..
      next part vrh avahah nereynan .. in sha allah

  2. Hûdhãkkø

    Mi part vvvvvvvvvvv reethi
    Waiting for the next part

  3. Anonymous

    Masha Allah ❤️❤️❤️ mi part vx varah varah furihama… ?????? hama bunaane ehcheh neynge ehaa vx rythi ???????????? when next…..??? U r one of the best author in esfiya ❤️✨
    Sunflowerrrr???????????????????????????????????????????????????????????????????????????????????????????

    1. sunflower girlll
      Anonymous

      thankyouuu sooooooooooooooooooooooooo much dear…hehe
      nxt part sooon…in sha allah

Comments are closed.