Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވީމޭ އިންތިޒާރުގައި – 26

Baby Devil Level 610 Stories100 Stories
March 23, 2022 5 Mins Read
1 Comment

 

“ދެން.. އަހަރެން ބޭނުންވީ ޒާން ބޭނުންހާ ހުރިހާ ކަމެއް ކޮށްގެން ވެސް ޒާން ކާމިޔާބު ކުރަން.. އެއްދުވަހު ޒާން އަހަންނަށް ވަރަށް ގިނަ ވާހަކަ ކިޔާދިން.. ބުނި ލިއީޝްގެ ކުރީގެ ބީއެފް އަކީ ރީހު އޭ.. ލިއީޝް އޭނައާއި މެދު ވިސްނާތަން ބަލާކަށް ޒާންއަށް ނުހުރެވޭނެއޭ ކިޔާފަ ބުނީ ކަމެއް ކޮށްދެވެންޏާ ކޮށްދެން.. އަހަރެން ކޮންކަމެއްހޭ އެހީމަ ބުނީ.. ރީހު އަށް ލިއީޝް ފެންނަ ހިސާބުގައި ނޫޅެވޭ ވަރު ކުރުވަން.. އަހަންނަކަށް ހިއެއް ނުވޭ މަރާ ވަރަށް އޭނާގެ ހިތް ހަރު ހެންނެއް..” ހަނާ އިސްޖަހާލައިގެން އިނދެ ބުންޏެވެ.”ވަރަށް ބޮޑަށް މަޢާފު ކުރޭ.. ރީހުގެ ފޯނަށް އައި ވާރނިންގް އަކީ ޒާންގެ ގޭންގް ކުރި ކަމެއް.. އެކަމް.. އަހަރެން ރީހުގެ ކޮފީއަށް ވިހަ އަޅަން ބުނީ..” ހަނާގެ ޖުމްލައިން ރީހާންގެ ދެލޯ ބޮޑުވިއެވެ.

 

**26 ވަނަ ޕާޓު**

 

“ސޮރީ.. އަހަރެންނަށް ޒާންއާއި މެދު އެހެން ދެކެވުނަސް އަސްލު ރީހުއަށް ގެއްލުން ދޭކަށް ނުވާނެ ދޯ..” ކުށްވެރިކަން އިހުސާސް ވެގެން ހަނާ އިނީ އިސްޖަހާލައިގެންނެވެ. ރީހާން އިނީ ހަނާއަށް އޮތް އިތުބާރު ގެއްލިއްޖެއޭ ބުނަން ތައްޔާރަށެވެ.”ދެން ހިނގާ ދޯ އެކުވެރިންނަށް ވާން؟..” ހަނާގެ މޫނުމަތިން ފެނުނު ތެދުވެރިކަމަށް ރީހާން ފާޑަކަށް ނުރުހުންވިއެވެ.”ހޫމް..” ހިތާއި ދެކޮޅަށް އެހެން ބުނެފައި ރީހާން ނިކުމެގެން ދިޔައެވެ. ހަނާ ކުޑަކޮށް ހީނލިއެވެ. އެވަގުތު ޒާން ގުޅަންފެށިއެވެ.”ދެން އޯކޭ..” ހަނާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

 

“ހާދަ އަވަހަކަށް ތި އައީ..” އެލީޒާ ރީހާންގެ ކޮޓަރި ސާފު ކުރަން އުޅެމުން އެހިއެވެ. އޭރު ދެތިން ފުޅިތޮށި އެލީޒާގެ ފަޔަށް ހެރިފައި އިނެވެ.”ނޮޓް ޔޫ އެލީ.. އަހަރެން ގެނެސްފާނަން މަސައްކަތް ކޮށްދޭ މީހެއް.. ދައްކާ..” އެލީޒާ އަތްދަނޑި މައްޗަށް އުފުލާލައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ. އަދި ބޭސް ހިފައިގެން އައިސް އެ އަޅަން އުޅުނެވެ. އެލީޒާގެ ހިތް ފުރުނެވެ. މޫނު ލަދުން ރަތްވިއެވެ. ރީހާން ބޭސް އަޅާ ނިންމާލާފައި ބަލާލި އިރު އެލީޒާ އިނީ ރީހާން އާއި ދިމާއަށް ބަލަންށެވެ. ކުޑަ ނުތަނަވަސްކަމެއް ރީހާންގެ ހިތުގައި އުފެދުނެވެ.”ނިމުނީއޭ.. މަގޭ މޫނުގަ އެއްޗެއް އޮތީތަ؟..” ރީހާން ހީނލާފައި ކޮޅަށް ތެދުވިއެވެ.

 

އިރުކޮޅަކު ކޮޓަރިތެރޭގައި ހިނގާލަފައި ރީހާން އެލީޒާއަށް ބަލާލިއެވެ.”ހިނގާ ދާން ރާއްޖެއަށް..” ރީހާން ބުންޏެވެ. ލިހުވާން އަށް އިނގުނަސް ހެޔޮކަމަށް ނިންމަމުންނެވެ. އެލީޒާ ހައިރާންވިއެވެ. ދެންމެ ނޫނެކޭ ބުނެފައި މިފަހަރު އަނެއްކާ އެ ހަނާ ބުނެގެން ކަމަށް ވެދާނެއޭ ހިތަށް އެރުމުން ފޫހިވިއެވެ.”އެބަ ޓިކެޓް ބުކް ކުރަން… މިއަދަކަށް ނޫން ދޯ އެލީ؟..މާ އަވަސް އަރުވައިގެން އުޅުނީމަ ކުރިން ފަހަރުވެސް ފުރަތަމަ ފްލައިޓް ޑިލޭވީ..” ރީހާން ވިސްނާލާފައި ބުންޏެވެ.”ހޫމް..” ދާހިތް ވެފައި އިން ވަރުން ހަނާ މަތިން ވިސްނާކަށް އެލީޒާ ބޭނުމެއް ނުވިއެވެ.

 

“ވަޓް ދަ..” ޒާންގެ ކުރިމަތީގައި އިން ލިހުއާންގެ ދެލޯ ބޮޑުވިއެވެ.”ހޫމް.. އޭނަ ރާއްޖެ ފޮނުވަދީ.. ކީއްކުރަން މިތާ ބަހައްޓާފައި އެ ހުންނަނީ ވެސް؟ ބޭނުމެއް ވެސް ނުހިފޭ.. މަގޭ ލިއީޝް ޖަހައި ގަނެފާނެއޭ ހިތަށް އަރާ އެބަ..” ޒާން ނުރުހުންވިއެވެ. ލިހުއާން އަށް ވެސް ވިސްނައިލަން މަޖުބޫރު ވިއެވެ. އޭނަ ރީހާން ލަންޑަނަށް ގެނައީ އޭނާގެ މަސްތުވާތަކެތީގެ ވިޔަފާރީގައި އެހީވާނެ ކަމަށް ބުނުމުންނެވެ. މިހާރު ވާ ގޮތުން ނަމަ ރީހާން އެ އުޅެނީ ލިއީޝް ހޯދުނުހާ އަވަހަކަށް ރާއްޖެ ދާންށެވެ. އޭނާއަށްޓަކައި އެކުއްޖާގެ މުޅި ދިރިއުޅުން ބަދަލު ކޮށްލައިފިއެވެ.

 

“ދޮގެއް ވެސް ނޫން.. އެކަމް ރީހާންގެ އެ ހުންނަ މޮޅު ސިކުނޑިއަކާއި ހެދި ކުރިން ފަހަރު ހާދަ ގިނަ ލާރިއެއް ލިބުނޭ.. އެހެންވެ ހައްތަހާ ވެސް ރާއްޖެ ނުފޮނުވާން މިއުޅެނީ.. އަހަރެން ދެން މި މުސްކުޅި ވެ ލޯބޯ ކޮށިވަނީ..” ލިހުއާން ދުރަށް ބަލަހައްޓައިގެން އިނދެ ވިސްނިއެވެ.”ދޮގެއް ވެސް ނޫނޭ.. ލިއަމް އެހުރީނު؟ އެއީ ވެސް ހާދަ މޮޅު މީހެކޭ ބޭބެ..” ޒާން މޮޅު ޚިޔާލެއް ދިނެވެ.”ތެދެއް.. އެކަމަކު ވެސް ހާސްވަނީ ރީހާން ރާއްޖެ ގޮސް ރޭޝްމާ އާ ރީޝަމް އާ ދިމާވެދާނެތީ.. އެހެން ވެއްޖެއްޔާ މަ ފެންނަ ހިސާބަށް އައުން ވެސް އޭނާއަށް ވާނީ ބޮޑު އަޒާބަކަށް..” ލިހުއާންގެ ވާހަކައިން ރީހާން އާއި މެދު ދަރިކުލުނު ވާހެން ޒާންއަށް ހީވިއެވެ.

 

“ބޭބޭ ހާސް ނުވޭ.. ލިއަމް ރީހާންއަށް ވުރެ އެތަށް ހާސް ގުނައެއް މޮޅުވާނެ..” ޒާން ބޭނުންވީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރީހާން ރާއްޖެ ފޮނުވާލުމަށެވެ.”ބަލާބަލަ.. އޭނާއަށް ލިއީޝް ގެއްލުނީކަމަށް ހީކޮށް ބޭބެއަށް އެހީވެ އެކަމުގެ ތެރެއަށް ވަނީ.. ކުރިން ވެސް އުޅުނެއްނު ބޭނުން ކުރަން ދޯ؟ އެކަމް އޭރު ލިއީޝް ބުނެފަ އޮތީ ގޯސް ކަންތައް ކުރަންޏާ އޭނައަށް ވެސް ޖެހޭނީ ދުރަށް ދާންށޭ.. އެހެންވެ އެކަން ހުއްޓާލީ އަލުން ލިއީޝް ފެންނާނެ ކަމުގެ އުންމީދުގަ.. ފެނުން އިރު މިއޮތީ ބޭވަފާތެރި ވެވިފަ.. އަނެއްކާ ވެސް އެ ކުޅިގަނޑު ފަށައިގެން މިހާރު ހުއްޓާލައިފި.. ބޭބެއަކަށްނު އެ ހުރިހާ ގެއްލުމެއް ލިބެނީ ހަމަ.. އޭނާ ބޭބެގެ ބޮލަށް ވަދެގެން ލިއީޝް ހޯދަންށޭ ލަންޑަނަށް އައީ ވެސް..” ޒާން ބުންޏެވެ.

 

ލިހުއާންއަށް ވިސްނާލެވުނެވެ. އެބުނީ ތެދު ވާހަކަ އެކެވެ. ރީހާން އާއި ހެދި ހުރިހާ ގެއްލުމެއް ލިބެނީ ވެސް ހަމަ ލިހުއާން އަށެވެ.”ހޫމް އެންމެ ރަނގަޅު..” ޒާންގެ ވާހަަކައިން ލިހުއާންގެ ހިތުގައި ރީހާންއަށް ފޫހިކަން އުފެދުނެވެ.”ޝުކުރިއްޔާ މިހާރު ރީހާންގެ ހުރި ހަމައެކަނި ބެލެނިވެރިޔާގެ ހުއްދަ ލިބުނީމަ..” ފާޑަކަށް ހީނލާފައި ޒާން ބުންޏެވެ. ލިހުއާން ތެދުވެ ހިނގައިގަތް އިރު ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ރީހާންގެ ކިބައިން ސަލާމަތް ވާތީ ކަމަށް ވެދާނެއެވެ.

 

ރީހާން ތައްޔާރު ވެގެން ނިކުތް އިރު އެލީޒާ ވެސް ހުރީ ތައްޔާރަށެވެ. ކާރުގައި އެއާރޕޯރޓްއަށް ގޮސް ވަތް އިރު ޗެކްއިން ވަނީއެވެ. އަވަސް އަވަހަށް ރީހާންމެން ގޮސް ލައިނަށް އެރިއެވެ.”ހަމަ ކުރިން ދިޔަ ރަށަށް ތަ މި ދަނީ؟..” ރީހާން ކައިރީގައި އެލީޒާ އެހިއެވެ.”ހޫމް.. އެރަށުން އަހަރެންގެ މަންމައާއި ކޮއްކޮ ހޯދާފަ އެހެން ރަށަކަށް ދާނީ..” ރީހާންގެ އަޒުމް އިނގުމުން އެލީޒާ އަށް ހިނިތުންވެވުނެވެ. ދެމީހުން އެހެން ތިބެ ވަރަށް ގިނައިން ވާހަކަ ދެއްކިއެވެ.

 

★★★

 

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ރީޝަމް އާއި ކިޔާން އެކީގައި އުޅުން ނަމަވެސް ދެ ބީރައްޓެހިންނެކޭ ތަފާތެއް ނެތެވެ. އާންމުކޮށް މާއިލް އެގެއަށް އައިސް އުޅޭ އިރު ދެމީހުންކުރެ އެކަކު ވެސް ކޮޓަރިއަކަށް ނުވައްދައެވެ. މާއިލް އެކަމާއި ގުޅޭ ގޮތުން ސުވާލެއް ނުކުރެއެވެ. އެއަށްވުރެ ބޮޑަށް ކިޔާންއަށް އިތުބާރު ކުރަނީ ކަންނޭނގެއެވެ. އެރޭގެ ފަހުން އަދި ރީޝަމްއަށް ފާޑުގެ ހުވަފެނެއް ނުފެނެއެވެ. އެކަމަކު ކިޔާން ހުންނަނީ ހާސްވެފައެވެ. ރީޝަމްއަށް ކިރިޔާ ކަމެއް ވިޔަސް ނޭނގޭ ކަމަށް ހަދައިގެން އެހީތެރިކަން ފުރިހަމައަށް ދެއެވެ.

 

ރޭގަނޑު ގަޑީގައި ކިޔާންއަށް ހޭލެވުނީ ކަރު ހިއްކައިގެންނެވެ. ސޯފާއިން ތެދުވެ ފެންބޮއިގެން އައިސް ކޮޓަރިއަށް ވަތް އިރު ދަންވަރު ތިނެއް ޖަހާ ބޮޑުވެއްޖެއެވެ. ފާޚާނާއަށް ވަންނަން ކިޔާން ހިނގައިގަތީ ރީޝަމް އަށް ބަލާލުމުގެ ޚިޔާލެއް ނެތިއެވެ. ނަމަވެސް ފާޚާނައިން ނިކުތް ވަގުތު ރީޝަމް އޮތް ގޮތުން ކިޔާންއަށް މަޖުބޫރުވީ ބަލާލަންށެވެ. އެއްފައި ކަނާއި ދިމާގައި އޮތް އިރު އަނެއް ފައި އޮތީ ތަންކޮޅެއް ދުރުގައެވެ. ދެ އަތް އޮތީ ބޮލަށްވުރެ މަތީގައެވެ. ޓީޝާޓުގެ ކުރުކަމުން ބަނޑުގެ އެއްބައި އޮތީ ހާމައަށެވެ. ކިޔާންގެ ހިތް ލޯބިން ފުރުނީ ރީޝަމްގެ ކުޑަކުދިންގެ ގޮތްގަނޑު ފެނުމުންނެވެ.

 

މަޑުމަޑުން ރީޝަމް އާއި ދިމާއަށް ހިނގާފައި ދެވެންފެށިއެވެ. ރީޝަމްގެ ކައިރީގައި ކުޑަ ކަކޫ ޖަހާ ކިޔާން އިށީނެވެ. މޫނު ކައިރި ކުރަމުން ގޮސް ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓުމާއި އެކު ރީޝަމްގެ ހޫނު ނޭވާ ކިޔާންގެ މޫނަށް އުޅެން ފެށިއެވެ. އެވަގުތު ރީޝަމްގ ފުރޮޅެން ވެގެން އުޅޭހެން ހީވެގެން ކިޔާން ފުންމައިގެން ތެދުވިއެވެ. ކިރިޔާ ވެސް ހަމަޖެހުމެއް ލިބުނީ ރީޝަމް އަނެއް ފަރާތަށް އެނބުރި ބާލީހުގައި ބައްދައިގަތުމުންނެވެ. ލޯބި ކަމުން ކިޔާންއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހެނަސް އިނގޭ ކަމަށް ނުހަދައި ކިޔާން ނިދަން ދިޔައީ އެވެ.

 

★★★

 

އެއްކަލަ އަންހެން މީހާ ބުނި ރަށުގައި ރީހާން ފައިތިލަ ޖައްސާލި އިރު ހެނދުނު ހަގަޑި ބައި ވަނީއެވެ.”ރީހޫ.. މިގަޑީގަ އައިސްގެން ކިހިނެއް ވާނީ؟..” އެލީޒާ އެހިއެވެ. ރީހާން މުޅި ރަށް ހޯދައިގެން ވެސް ރޭޝްމާ އާއި ރީޝަމް ވީ ތަނެއް ނުފެނުމުން އެ އަންހެން މީހާ ކައިރީގައި އެހިއެވެ. ރީޝަމް ކިޔާ ކުއްޖަކު އުޅޭހޭ އެހުމުން އެމީހާ ބުނީ މިރަށް ދޫކޮށް ގޮސް މިވެނި ރަށަކު އުޅޭ ކަމަށެވެ. އުފަލުން ރީހާން ޝުކުރު އަދާ ކުރެވުނު އިރު ސަލާމް ވެސް ކުރެވުނެވެ. އެތަނުން ފެންނަމުން ދިޔަ ބޭބެ އަކަށް ގޮވާލަން ރީހާން އުޅުނެވެ. އެކަމަކު ފެންނަ ކޮންމެ މީހަކަށް ގޮވުމަކީ ބުއްދިވެރި ކަމަކަށް ނުވެދާނެތީ ރީހާން ހިމޭނުން ލައިގެން ހުރީއެވެ.

 

ހިސާބަކަށް ހިނގައިލިތަނުން ގެސްޓް ހައުސް އެއް ފެނިއްޖެއެވެ.”އޯކޭ ވާނެ ދޯ މިތާ ތިބެން..” ރީހާން ހިތްހަމަ ޖެހިފައި ވާ ވަރުން އެލީޒާއަށް ވެސް ހީނލެވުނެވެ.”ރީޝް އާންމުކޮށް ހަވީރު ބޭރަށް ނިކުންނާނެ ވަރަށް ގިނައިން..” ރީހާން ރިސެޕްޝަން ކައިރިއަށް ދަމުން ބުންޏެވެ. އަދި ދެ ރޫމް ހޯދައިގެން ސިޑިން އަރަން ހިނގައިގަތެވެ.”ސޯ ހަވީރު ނިކުންނަމާ؟..” އެލީޒާއަށް ރޫމް ނަމްބަރު ސޯޅައިގެ ތަޅުދަނޑި ދީފައި ރީހާން އެހިއެވެ. ރީހާންއަށް ލިބުނީ ސަތާރަ ވަނަ ރޫމްއެވެ.”ޔެސް ދޯ؟ އައި ކާންޓް ވެއިޓް ޓު މީޓް ޔޯ ސިސް..” އެލީޒާގެ ކެތްތެރިކަން ވެސް ކުޑަވިއެވެ.

 

“ހެއި ދައްތާ؟ ކީކޭ؟..” ރީޝަމް އެނދުމަތީގައި އިންދައި އާނިޔާ ގުޅަންފެށިއެވެ.”ދޮންތި މިސްވަނީއޭ ކިޔައިގެން އެބަ ރޯން ފަށާ މާހީ.. ބުނީ ހިނގާލަން ދާން ބޭނުމޭ.. ރީޝް ފްރީތަ؟..” އާނިޔާ އެހިއެވެ. ދުރުން މާހީ ބޮޑާހާކާ އަޑު އިވެއެވެ.”އާނ ދައްތާ އަހަރެން ފްރީ.. އޯކޭ ރެޑީ ވެލައިގެން މިދަނީ.. ވިހި މިނެޓް އިނގޭ..” ރީޝަމް އަވަސް އަވަހަށް ތެދުވެ ފާޚާނާއަށް ވަނެވެ. ކިޔާން ނޫޅޭ ގަޑިއެއްކަމުން ދޮރު ތަޅުލައިގެން ރީޝަމް ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނިކުމެ ރީތި ވެލައިފިއެވެ. ފޯނު ޗާޖުން ނަގައިގެން ގެއިން ނިކުންނަން ދިޔަ ވަގުތު ވީ ކިޔާން ވެސް މާއިލް އާއި އެކީ އެތެރެއަށް ވަތް ވަގުތަށެވެ.”އަމް ކިޔާން.. އަހަރެން އެބަ އަންނަން އިނގޭ މާހީ ރޯތީ ހިނގާލަން ގޮސްފަ.. އިރުއޮއްސޭ އިރަށް އަންނާނަން..” މާއިލް ހުރުމުން ރީޝަމް އެކްޓެއް ކޮށްލިއެވެ.

 

އެވަގުތު ކިޔާން ހަނދާންވީ އެ ދިމާގައި ޖަރީމާތައް ހިންގާ ފިރިހެނުންނެވެ.”އަހަރެން ދަނީ އިނގޭ ކިޔާން.” މާއިލް އެއްބުމަ އަރުވާލާފައި ދިޔައެވެ.”އެންމެ ރަނގަޅުތަ އަހަރެން ތި ހިސާބަށް ރީޝަމް އާއި އެކީ ދިޔަސް؟ ޔޫ ނޯ އެއްކަލަ ބޯއިސް..” ކިޔާން ލުއިކޮށް ހީނލިއެވެ.”އިންފެކްޓް މި މީހުންނަށް ދައްކާލަން ޖެހޭނެ..ދޯ؟.. އެމީހުން ހީކުރަނީ އަހަރެމެން މިއުޅެނީ އެންމެ ލޯބިންނޭ ހެހެ..” ކިޔާން މަގުމަތީގައި ހުރެ ވާހަކަ ދެއްކިއެވެ. ކިޔާންގެ ވާހަކަތަކުން ރީޝަމް ބޯ ޖަހާލިއެވެ. ކިޔާން ވެސް ހިސާބަކަށް ދެރަވިއެވެ. ރީޝަމްގެ ހިތުގައި އަޅާނެ ވޭން އޭނައަށް އެބަ އިހުސާސް ކުރެވެއެވެ.

 

އެގެއާއި އަރާ ހަމަވި އިރު މާހީ ހުރީ އިންތިޒާރުގައެވެ.”ދޮންތިބެ ވެސް އައީތަ؟..” މާހީ އުފާވެފައި ދެމީހުންގެ އަތުގައި ހިފާލިއެވެ.”ދަނީ ދައްތާ..” އަނިޔާއެއް ބަލާލާފައި ރީޝަމް އާއި ކިޔާން މާހީ ގޮވައިގެން ހިނގައިގަތެވެ. ދިޔަ މަގުމަތީގައި މާހީ ވަރަށް ވާހަކަ ދެއްކިއެވެ. ކިޔާން އާއި ރީޝަމް ވެސް އުފަލާއިއެކީ މާހީ އާއި ބައިވެގެން ސަކަރާތް ޖެހިއެވެ. އޭގެ ތެރެއިންވެސް ދެމީހުން ދެމީހުންނަށް ބަލާލާ ފަހަރުވެސް އާދެއެވެ. ވީގޮތުން މާހީ އާއި އެކީ ވަގުތު ހޭދަކުރަން ދެމީހުން ވެސް ބޭނުންވި އިރު އެ ކުޑަ ކުއްޖާއަށް އޮތް ލޯބި ބޮޑުވިއެވެ.

 

ރީހާންމެން މުޅި ރަށުގައި ދުއްވި އިރުވެސް އެމީހުންނެއް ނުފެނުނެވެ. ރަށަށް އައި ގޮތަށް ރީހާން އެކުވެރިއެއް ހޯދައިލައިފިއެވެ.”ކާކު ހޯދަންތަ ތިވަރަށް ތިއުޅެނީ؟..” އެންމެފަހުން ރީހާންގެ އާ އެކުވެރިޔާ، އަރޫން އަށް ނުހުރެވިގެން އެހުނެވެ.”އަމް ސޯ.. މިރަށުގަ އުޅެއެއްނު އައިޝަތު ރީޝަމް ކިޔާ ކުއްޖެއް.. އޭނަ އުޅޭނީ ކޮންތާކު؟..” ކައިރީގައި ހުރި އެލީޒާއަށް ބަލާލާފައި ރީހާން އެހިއެވެ. އެއާއި އެކީ އަރޫން ފެށީ ހޭށެވެ.”ބްރޯ.. އިނގޭ ވަރަށް ސޭޑް ނިއުސް އެއްކަން.. ރީހު ލައިކް ވަނީ ދޯ؟..މަ ވެސް ލައިކް ވާ މަންޖެއެއް އެއީ.. އެކަމް އޭނާ މެރީ ކޮށްފި.. އެހެންވެ މަ ވެސް އެހިސާބުން އޭނައަށް ފްލާރޓް ކުރުން ހުއްޓާލައިފިން.. ވަރަށް ގިނައިން އިންނާނެ އޭނާގެ ކޮއްކޮ ގޮވައިގެން ހިނގާލަން ގޮސް..” އަރޫން ބުނި އެތިން ރީހާން އަށް ހީވީ ދުނިޔޭގެ އެނބުރުން ހުއްޓުނު ހެންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ވައުދޭ ވެވޭ މީ… 10

Next

ހިރާސް 35 & 36

Next
March 23, 2022

ހިރާސް 35 & 36

Previews
March 22, 2022

ވައުދޭ ވެވޭ މީ… 10

One Comment

  1. Anonymous says:
    March 24, 2022 at 6:48 am

    Hiiiiii baby devil ???
    How r u….?
    Masha Allah ??? mi part vx vrh rythi vrh furihama ??? sifa kurunthah vx vrh furihama ???? baeh faharah hyvey reehan n rysham kairyga ulheyhen vx ??? alheyyy rysh n ryhu dhimaa vaaane nama ??? reyshma kobaatha….? Aroon vx like vanee rysham ??? hurihaa enmen vx like vanee rysham ehen v maa rysham vrh famous vaaane dhw ☺️☺️☺️ comment nukuriyas mi story baraabarah Kiyan….. Mi story akii mihaaru esfiya ah up kuraa enme rythi vaahaka thakuge therein vaahaka eh ??? when next….???

Comments are closed.

Next Episodeވީމޭ އިންތިޒާރުގައި – 27←


All Right Reserved!