Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ ލޯބި

🌹YEOJA🌹 Level 610 Stories100 Login100 Comments
March 26, 2022 6 Mins Read
22 Comments

މުޅިން ނުދަންނަ މާހައުލަކަށް ސުހާ ފޭބީ ހިތުގައިވާ މުރާދު ހާސިލް ކުރަން ބޭނުންވެ ފައިވާލެއް ބޮޑުކަމުންނެވެ. ދުވަހަކުވެސް އައިސްފައި ނުވާ މާލެ ފެނުމުން ސުހާ ގެ ބޮލަށް ކޮންމެސް ވަރަކަށް ބަރުވިއެވެ. ރަށުގެ ހަމަހިމޭން މާހައުލެއްގާ އުޅުމަށްފަހު މިކަހަލަ މާހައުލަކަށް އަންނަން ވުމުން ކުރެވުނީ ތަފާތު މުޅިން އެހެން އިޙްސާސް އެކެވެ. ތަންކޮޅެއް ދުރުގައި ސައިކަލު މަތީ އިން  ދޮންތަ ފެނުމުން ސުހާ ދުވެފައި މަގުހުރަސް ކުރަން އުޅުނީ މީ މާލެ ކަން ހަނދާނުން ކައްސާލާފައިވުމުންނެވެ. އެހެންނަމަވެސް ދޮންތަ ގެ ބާރު ހަޅޭކުގެ އަޑު ސުހާއަށް އިވުނީ ކައިރިން އަންނަމުން ދިޔަ ކާރުގެބަރު ގޮނުގެ އަޑާއެކު އެވެ. ސުހާ ބިރުން ތުރުތުރު ލައިގަތީމީ ޙަޔާތުގެ ފަހުވަގުތުކޮޅޭ ހިތާއެވެ. އެހެންނަމަވެސް ސުހާގެ އަތުގާ ހިފާ މީހަކު ދަމާލީ ނުވިސްނާހުރުމުން ކަމުން އެއްވެސް ބާރަކާ ނުލާ ސުހާގޮސް އޭނާގެ ތަނަވަސް މޭމަތީގައި ލަތްވެގަނެވުނެވެ. އެއީ ފިރިހެނެއް ކަން އިނގުނީ ބާރުގަދަ އަތުގެ އިޙްސާސް ވެ ދުވަމުން ދިޔަ ފިރިހެން ސެންޓުގެ ވަހުންނެވެ. ” ތަންކޮޅެއް ބަލައިލައިގެން އުޅެލަން ފެނޭ, ނުރައްކާތެރި ހާދިސާ އެއް ހިނގުން އެކަށީގެން ވޭ” ގާތުން އިވުނު ފިރިހެންވަންތަ އަޑުގެ ޖާދޫގާ ސުހާ އެމަދުވަގުތު ކޮޅުގާވެސް ޖެހުނެވެ. “ޝުކުރިއްޔާ”  އެމީހާގެ ގައިން ދުރުވެލަމުން ސުހާބުނެލީ އިސްއުފުލާލަމުންނެވެ. ހަންގަނޑު އަލި ފަންއިސްތަށިކޮޅެއްގެ އެވެރިޔާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރު ދިރާސާ ކުރަން ދަތިވިއެވެ. އެ މަދުވަގުތު ކޮޅުވެސް ސުހާގެ ހިތް އަތުން ދޫވެގެން ގޮސްފިއެވެ.

މަޢުސޫމު ގޮތަކަށް ހުރި އެ އަންހެން ކުއްޖާ ގެ ސަބަބުން ވިޝާމް އަށް އެތްމިޔަކަނިން ހީލެވުނެވެ. އެރީތިކަމުން އޭނާގެ ހިތަށް އަސަރުކޮށްލި ފަދައެވެ. ފުރަތަމަ ނަޒަރުން ވެސް އެހިތުގައި އެ ސޫރަ ބިންވަޅުނެގިގެން ދިޔައެވެ.

އެކަކުއަނެކަކަށް ގެއްލިފައި ތިބި ދެމީހުންވެސް ސިއްސާގެން ދިޔައީ ފަހަތުން ގޮވަމުން އައި ސުހާ ގެ ދޮންތަ މައިރާގެ ސަބަބުންނެވެ. ” މީ ރަށެއް ނޫނޭ ސުހާ، ދެންމެ ކިރިޔާ ތިހިރަ ސަލާމަތް ވީ ” ކުރިމަތީ ހުރި ވިޝާމް އަށް ނުބަލާލާ މައިރާ ބަނދިވަރެއް އަމުނާލިކަމަށް ވީނަމަވެސް ސުހާގެ ކަންފަތަށް އެ ވަންހެނެއް ހީނުވެއެވެ. ” މައިރާ” ކައިރިން އިވުނު އަޑެއްގެ ސަބަބުން މައިރާ އަށް ވިޝާމް އަށް ނަޒަރެއް ދޭން މަޖުބޫރުވެގެން ދިޔައެވެ. ” އަހަ، ވިޝާމް ، ނުވެސް އިނގުނު ، އެހެންނުވާނީ މީހަކު ބިރުން ފިތްކަނޑާގެން ނުދާނެ ގޮތަކަށް ނޫންވީއްޔަ މިހިރަ ސުހާ އެތް އުޅެނީކީ ” ކައިރީ ހުރި ސުހާ އަށް ލޯއަޅާލަމުން މައިރާ ބުނެލިއެވެ. އެއްފަހަރު ވިޝާމް އަށް އަނެއްފަހަރު މައިރާ އަށް ބަލައިލަން ސުހާ އަށް ހުރެވުނީ ވާނުވާގައެވެ. ” އޫޕްސް ، ސުހާ މީ ދޮންތިބެގެ ބެސްޓް ފްރެންޑް އެތް ވިޝާމް ، އެން ވިޝާމް ދިސް އިޒް މައި ކަންތައްބޮޑޫ ކޮއްކޮ ސުހާ ” އެދެމީހުން އެކަކު އަނެކަކަށް ތަޢާރަފް ކޮށްލަދެމުން މައިރާ ސުހާ ގޮވާގެން ގެއަށް ދާން ދިޔައީ ވިޝާމް ވެސް ގޮވާގެންނެވެ. ދެމީހުންގެ ހިތުގައި އުފާވެރިކަން ރަސްކަން ކުރަމުން ދިޔައިރު ، ދެހިތުގައި ވެސް ވަނީ އެހާ އަވަހަށް އައު ވިންދެއް ޖަހާފައެވެ.

ގެއަށް ވަދެވުމާއެކީ ފުރަތަމަ ވެސް ސުހާ ދިޔައީ ތާޒާ ވެލުމުގެ ނިޔަތުގައި ކޮޓަރިއަށެވެ. އެހެނީ ދަތުރު ވަރުބަލިކަން ކޮންމެސް ވަރަކަށް އިޙްސާސް ވި ނަމަވެސް ވިޝާމް އެގޭގައި އިން ހިނދަކު ލޮލު ފިޔައެއް ޖަހަންވެސް ސުހާގެ ހިތް ނުރުހުނެވެ.

އަތްމަތި އަވަސް ކޮށްލަމުން ސުހާ ކޮޓަރިން ނިކުތީވެސް ވިޝާމް އާ ދިމާނުވެ ހިނގާދާނޭތިއެވެ. އެހެންނަމަވެސް ސޯފާގައި ވިޝާމްގެ އިތުރުން މައިރާގެ ފިރިމީހާ އަނޫފް އާ ދެމީހުން އޮލަ ވާހަކައިގައި ތިބިތަން ފެނުމުން އެހިތަށް ކުޑަތަސައްލީއެއް ލިބުނެވެ. ވިޝާމްގެ ނަޒަރު ހުއްޓުމާއެކީ ސުހާ އަށް ރަކި ހިނިތުންވުމަކާ އެކީ އިސްޖަހާލަމުން ބަދިގެއަށް ވަންނަން ދިޔައީ މައިރާ ވީއެތާކަމަށް ވިތީއެވެ. ” ކިހިނެތް ވީ ؟ ހާދަ ހެވިފާ ؟ ” ސުހާގެ މޫނުން ކަމެއް ދިރާސާކުރާފަދައިން މައިރާ އަހާލީ ވާނުވާ ކޮންމެސް ވަރަކަށް ފަހުމް ވުމުންނެވެ. ” ކަ..ކަމެއް ވެއްޖެތަ ” މައިރާ އާ އަތްގާތްކޮށްދެމުން ސުހާ ބުނެލީ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުންނެވެ.

” ކަމެއް ނުވެއޭ ބްރޯ، އަހަރެންގެ ހިތް ހީވަނީ އަތުންދޫވެއްޖެ ހެން ” ސުހާ ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެ ވިޝާމް އަނޫފް ގެ ސުވާލަށް ޖަވާބުދިނެވެ. ” އަހަރެން ވަކި ދޭނެ ލަފައެއް ވެސް ނެތް އެތްކޮޅުން އަހަރެންގެ ބެސްޓްފްރެންޑް ، އަނެތްކޮޅުން އަހަރެންގެ ކޮއްކޮ އެތްކަހަލަ ސުހާ ” ސޯފާގާ ލެނގިލަމުން އަނޫފް ބުނެލިއެވެ. ” ކަލޭ ހުރޭ ބަލަން އަހަރެން ސުހާ ހާސިލް ކޮށްލާފާ ދައްކާލާނަން ”. ވަރުގަދަ އަޒުމަކާ އެކީ ވިޝާމް ބުނެލިއެވެ. ސުހާ އަށްޓަކައި އެހިތް ފިދާވެފައި ވާއިރު އެލޯބީގެ ފޮނިކަން އިޙްސާސް ވީހާވެސް އަވަހަކަށް ކޮށްލަން ވިޝާމްގެ ހިތްދަނީ ތެޅިފޮޅެމުންނެވެ.

ވިޝާމް ގެ ހިތުގެ ހާލު ނޭނގޭއިރު ވެސް ސުހާ އަށް އެތައް ފޮނިހުވަފެންތަކެއް ކުރެވެމުން ދިޔައެވެ. އެ ހިނިތުން ވުމާ ބަލާލާ ގޮތުންވެސް އެ ހިތުގާ ވެސް ޙާއްސަ ކަމެއް ވާކަން ސުހާ އަށް ފަހުމް ވެގެން ދިޔަތާ މާގިނަ ދުވަހެއް ނުވެއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތު ނަމަވެސް މާލެތެރޭގައި ކާރުބާރޫ ބޮޑެވެ. ދުވާރުމަތިން ހިނގާލާފައި ވިޝާމް ވަނީ ޖެހިގެން ހުރި އަނޫފް މެން ގެއަށެވެ. ގޭގެ ބެލް އަޅާލުމާއެކީ ނިކަން ކުޑަކުޑަކޮށް ދޮރު ހުޅުވިގެން ދިޔައެވެ. އެތެރޭ ހުރި ސުހާ އަށް ވިޝާމް ފެނުމުން ދޮރު ބޮޑަށް ހުޅުވާލަމުން ހިނިތުންވެލިއެވެ. ” އެކަނިތަ؟ ” އެތެރެ އަށް ވަން ފުރަތަމަ ފިޔަވަޅާ އެކީ ވިޝާމް އަހާލިއެވެ. ” ހޫމް، ދޮންތަމެން ވީ ދޮންތިބެ މަންމަ މެންގެއަށް ގޮސް ” ދެއަތް ދެއަތާ މޮޑެމުން ސުހާ ބުނެލިއެވެ. މިތަން ވިޝާމް އަށް ފެނުމާއެކީ އެތްމިޔަކަނިން ހީލިއެވެ. ” އެއްޗެއް ގެންނަންތަ؟ ” ސުހާ އަހާލިއެވެ. ” އުހުން އާދެބަލަ މިތާ އިންނަން ” ކުރިމަތީ ހުރި ސޯފާ ގޮނޑީ ދައްކާލަމުން ވިޝާމް ބުނެލިއެވެ. ބަހެއް ބުނުމެއް ނެތި ކިޔަމަންތެރި ކުއްޖެއް ފަދައިން ސުހާގޮސް އެގޮނޑީގައި އިށީންދެލީ ތެޅިފޮޅެމުން ދާ ހިތް ހަމަޔަކަށް އަޅަން ވެސް ނޭނގޭ ހާލުއެވެ. ” ސޯ ، ކޮންކަމެއްގާ ތިއުޅެލަނީ ” ދައްކާނެ ވާހަކަ އެއް ނޭގުމުން ވިޝާމް ބުނެލިއެވެ. ” އެސައިންމެންޓެއް ހަދާލަން އިނީ ” އިސްއުފުލާލަމުން ސުހާ ބުނެލިއެވެ. ” އެހެން، އަނޫފް ވެސް ކަމެއް ޖެހިގެން އުޅޭވަގުތަކު ނޫޅޭނެ ގެޔަކު ، އަންނާނެ އިރެއް ނޭނގޭތަ ” ވިޝާމް އަހާލިއެވެ. ” އާން، އެކަމް ދެން ހީވޭ ވަރަށް އަވަހަށް އައިސްދާނެހެން ” ގަނޑިއަށް ނަޒަރެއް ދެމުން ސުހާ ބުނެލިއެވެ. ” އަންނާނަން ފެންތަޢްޓެއް ބޯލާގެން ” ސޯފާއިން ތެދުވެލަމުން ވިޝާމް ބަދިގެއަށް މިސްރާބުޖެހި ވަގުތުވީ މޭޒުމަތީ އޮތް އޭނާގެ ފޯނުރިންގްވެލި ވަގުތަށެވެ. މޭޒުމަތީއޮތް ފޯނު ސުހާ ނަގާލީ ވިޝާމް އަށް ދޭން ދާން ނަމަވެސް ހުއްޓުން އެރީ އެއަށް އަރާފާ އިންނަމެއްގެ އިތުރުން ފޯނުވޯލްޕޭޕާ އިން ފެންނަމުން ދިޔަ ފޮޓޮއިންނެވެ. ”ޕްރިންސެސް” ނަމުގާ ސޭވްކޮށްފާ އިން މި ނަންބަރުން ގުޅާނީ ޙާއްސަ ފަރާތެކޭ ހިތާ ސުހާގެ ހިތަށް ތަދުވެލިއެވެ. ފޮޓޮއިން ފެންނަމުން ދިޔަ ވިޝާމް އަދި އެ އަންހެންކުއްޖާ ނުހަނު ކައިރީ ތިބިއިރު ދެމީހުންގެ ތުންފަތުގައި ވާ ހިނިތުންވުމުން އެތައް ކަމަކަށް ހެކިދެއެވެ. ހުއްޓުން އަރާފައި ހުރި ސުހާ ސިހިގެން ދިޔައީ ވިޝާމް އައިސް ފޯނުއައްލުމުންނެވެ. ފޯނުނަގާ ކަންފަތުގާ ޖަހަމުން ދަނީކަމަށް ބުނެ ވިޝާމް ގެއިން ނިކުންއިރުވެސް ހުއްޓުން އަރާފައި ސުހާ ހުއްޓެވެ. އޭނާގެ ދުނިޔެ ހުއްޓުނުހެން ހީވިއެވެ. މަޑުފިޔަވަޅުތަކެއްގާ ކޮޓަރިއަށް ވަންއިރުވެސް އިތުރު ހަރަކާތެއް ކޮށްލަން ނޭނގިފައި ސުހާ ހުއްޓެވެ.

މާޒީއަށް ސޮފުހާތަކެއް ދޫކުރަމުން ދުވަސްތައް އޭގެ ބާރުމިނުގާ ވޭތުވަމުން ދިޔައެވެ. ހަޔާތަށް އައިސްފައިވާ ބޮޑު ތޫފާނާ ކުރިމަތިލަމުން ސުހާ ދިޔައީއޭނާގެ ދިރިއުޅުމާގެން ކުރިއަށެވެ. ވިޝާމް އޭނާއާ ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް މަދުން ނޫނީ ސުހާ އަނގަޔަކުން ނުބުނެވެ. އެގެއަށް ވިޝާމް އަންނަގަނޑިތަކުގައި ކިތަންމެ ހިތް ނޭދުނަސް ކޮޓަރީ ބަންދުވެ އިންނަނީ ނާކާމިޔާބުވި އެ ލޮއިތްބާ ކުރިމަތިލާނެ ހިތްވަރު ގައިގައި ނެތުމުންނެވެ.

” އަހަންނަށް ހީވަނީ ކޮންމެސް ބޮޑުކަމެއް ވެއްޖެ ހެން އެފަކީރަށް ؟ ނިކަން ނެގިމަޑުވެފައި ހުންނަނީ ވެސް ، އަނގައިން ބުނަނީ ވެސް މަދުފަހަރަކު ” އަނޫފް އަދި ވިޝާމްގެ ކުރިމަތީ މައިރާ އޭނާގެ ކަންބޮޑުވުން ފާޅުކޮށްލިއެވެ. ” ނޭނގެ އަހަންނަކަށް ވެސް ، ސުހާ އާ ވާހަކަ ދައްކާލަން ވަރަށް ބޭނުން ، އަހަރެން އޭނާދެކެ ވަރަށް ބޮޑަށް ލޯބިވޭ، ވީހާވެސް އަވަހަކަށް އިންނަން ބޭނުން ވަނީ ” އިސްޖަހާލަމުން ވިޝާމް ބުނެލީ އޭނާގެ ހިތުގެ އެންމެ ބޮޑު އެދުމެވެ. އެހެންނަމަވެސް އެ ދޭތެރެ މެދު ދެކެވުނު ވާހަކައިގެ އެތްބައި އަޑުއިވުނު ސުހާ އަށް މާނަނެގުނީ ނުބައިކޮށެވެ. ކޮޓަރިން ސުހާ ނިކުތީ ކޮންމެހެން މިވަރުގެ ބޮޑު ވާހަކައެއް އިވޭނެ ކަމަކަށް ނޫނެވެ. ހުރިފިޔަވަޅުމަތީ ދެތިން ސިކުންތުވަންދެން ހުރުމަށް ފަހު އެތެރެ އަށް ވަނީ އެދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެމުންނެވެ. މާބޮޑަށް ވެސް އެ ލޯބި އަތުން ބީވީއެވެ. ވެފައި ހުރި ދެރައިގައި ކޮޓަރި ދޮރުވެސް ޖެހުނީ ނިކަން ބާރަށެވެ. މިއަޑަށް އަނެތް ތިންމީހުން ސަމާލުވެލިއިރު އެކަކު އަނެކަކަށް ބަލައިލެވުނީ  ހިތުގައި އުފެދުނު ޝައްކެއްގެ މަތިންނެވެ.

ހެނދުނުގެ ވަގުތެވެ. ބަދިގޭގައި މައިރާ ހަރަކާތްތެރި ވަމުން ދިޔައިރު ސޯފާގައި އަނޫފް ޓީވީ ބަލަން އިނެވެ. ކޮޓަރިން ނިކުން ސުހާ މިސްރާބުޖެހީ މައިރާ ކައިރިއަށެވެ. ” ދޮންތާ ” ފަހަތުން ސުހާގެ އަޑުއިވުމުން މައިރާ ނިކަން އަވަހަށް ފަހަތަށް އެނބުރެލިއެވެ. ” އަހަރެން ބޭނުމީ ރަށަށް ދާން ، މަންމަ މެން ކައިރިއަށް ، ކޮލެޖް ގެ ވެސް ޗުއްޓީ ހަފްތާ ވީމާ އިތުރަށް މި ފަސްގަނޑަކު ހުންނާކަށް ބޭނުމެއް ނޫން ” ދެއަތް ދެއަތާ މޮޑެލަމުން ސުހާ ބުނެލިއެވެ. ” ކީއްވެ ކުއްލިއަކަށް ، ބުނީމެންނު ރަށަށް ދެންދާނީ އެތްކޮށް ނިންމާގެންނޭ ، ” ހައިރާން ވީވަރުން މައިރާ ބުނެލިއެވެ. ” ހޫމް ، އެކަމް ވެސް ދެން މިތާ ހުންނާކަށް ބޭނުމެއް ނޫން ” ކުރެކިވެފައިވާ އަޑަކުން ސުހާ ބުނެލިއެވެ. ” ދޮންތަ ކައިރި ބުނެބަ ވީގޮތެއް ، މިހާރު މާފާޑަކަށް ތި ހުންނަނީ ، ” ސުހާގެ ދެއަތުގާ ހިފާލަމުން މައިރާ ބުނެލިއެވެ. ޖަވާބެއް ނުދީ ސުހާ މިސްރާބުޖެހީ ކޮޓަރިއަށެވެ. ތެމިފައިވާ ދެލޮލާއެކީ ސުހާ އަށް އެރުނީ އެގަޑީ އެތެރެއަށް ވަން ވިޝާމްގެ ކުރިމައްޗަށެވެ. އެމޫނު ފެނުމާއެކީ ވަގުތުން ވިޝާމް ގެ ތުންފަތުގާ ވާ ހިނިތުންވުން ފޭދުނެވެ. ސުހާ އަށް ގޮވާލަން އެ ތުންފަތް ހަރަކާތް ކޮށްލިނަމަވެސް އެއްޗެކޭ ނުބުނެވުނީ ހަލުވި ފިޔަވަޅުތަކެއްގާ ސުހާ ގޮސް ކޮޓަރިއަށް ވަނުމުންނެވެ. ” ކިހިނެތް ވީ އޭނަ އަށް ؟ ” ބަދިގެއިން ނިކުން މައިރާ ކައިރި ވިޝާމް އަހާލިއެވެ. ” ނޭނގެ ދެންމެ އައިސް އެބުނީ ރަށަށް ދާން ބޭނުން ވާ ވާހަކަ މިތާ ހުންނަން ބޭނުން ނޫން ވާހަކަ ، އަޅެ ވިޝާމް އޭނަ އާ ވާހަކަ ދައްކާ ވީގޮތެއް ބަލާލަން ވީނު ” ދެރަވެފައި ހުރި މައިރާ އަށް އިތުރު ގޮތެއް ނުވިސްނުމުން ވިޝާމްގެ އެހީއަށް އެދެވުނެވެ. ބޯޖަހާލަމުން ގޮސް ސުހާ ގެ ކޮޓަރީ ލުއި ޓައްކެއް ދިނެވެ. އެތެރެއިން ޖަވާބެއް ނުލިބުމުން މަޑުމަޑުން ތަޅުއަނބުރާލީ ކަންބޮޑުވެފައިވާ ހާލުއެވެ. އެނދުމަތީ ދޮރަށް ފުރަގަސްދީގެން ސުހާ އޮތްއިރު މީހާގެ ގައިގާ މަޑުތުރުތުރެއް އުފެދިފައިވެއެވެ. މިތަން ފެނުމުން ވިޝާމްގެ ހިތަށް ކެތްވީ ކިރިޔާއެވެ. ” ދޮންތާ އަހަރެން ބޭނުމެއް ނޫނޭ މިގަނޑީ ވާހަކަ ދައްކާކަށް ” ދޮރުމައްޗަށް ބަލައިނުލާ އޮވެ ސުހާ ބުނެލިއެވެ. ” މީ އަހަރެންނޭ ވިޝާމް ” މަޑުމަޑުން ވިޝާމް ބުނެލިއެވެ. ކުއްލި ސިހުމަކާއެކީ ސުހާ ތެދުވެލަމުން ވިޝާމް އާ ދިމާލަށް ބަލައިލީ ހައިރާން ކަމާއެކީ އެވެ. ” ކީއްކުރަން…” މަޑުމަޑުން ސުހާ ބުނެލީ ދެއަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުންނެވެ. ” އަހަރެން ވާހަކަ އެއް ދައްކާލަން ބޭނުންވެގެން ” ވިޝާމް ބުނެލިއެވެ. ” މިދެމެދު ދައްކަންޖެހޭ ވާހަކަ އެތް އޮތްހެނެއް ހީނުވެ ” ހަރުކަށިކަމާއެކީ އަމިއްލަ ހިތަށް ބާރުފޯރުވާލަމުން ސުހާ ބުނެލިއެވެ. ” ސުހާ ޕްލީޒް..” ވިޝާމް އަށް ބުނެވުނީ މިހާވަރަށެވެ. ” އަހަރެންނާ ވާހަކަ ނުދައްކާ ދައްކަން ޖެހޭ މީހުންނަން ދެއްކީމާ ރަނގަޅުވާނެ ، އަހަރެން އެކަނި ހާލަށް ދޫކޮށްލާފައި ދޭ ” އިސްޖަހާލަމުން ސުހާ ބުނެލީ އޭނާގެ ހިތާ ހަނގުރާމަ ކުރަމުންނެވެ. ” ކީކޭ ތިކިޔަނީ ” ނުވިސްނޭ ފަދައިން ވިޝާމް އަހާލިއެވެ. ” ވިޝާމް ވާން އުޅޭ އަންހެނުން ، އޭނަ އަށް އިނގިއްޖެއްޔާ ރުޅި އަންނާނެ އެންނު ، ” ހަރުކަށިކަމާއެކީ ސުހާބުނެލިއެވެ. ” ވަޓް ؟؟ އަހަރެން މީހަކަށް އިންނަން އުޅެންތަ އެބެ، ތިކިޔަނީ ކީކޭ ؟ ” ހައިރާންވީވަރުން ވިޝާމް ބުނެލިއެވެ. އެ ހައިރާން ކަންމަތީ ހުރި ވިޝާމް ގެ ހިޔާލުތައް ދަތުރު ކޮށްލީ މައިރާމެން ކައިރި އެދުވަހު ދެއްކި ވާޙަކަ މަތިންނެވެ. ވީގޮތް ނަގާގަނެވުނު މީހެއްފަދައިން ވިޝާމް ސުހާ އާ ދިމާލަށް ބަލައިލެވުނެވެ. ” އޯހްނޯ ، ވާހަކަ އެއްގެ އެތްބާ އަޑުއަހާގެން އެހާ އަވަހަށް ކަންތައް ތައް ރާވާލާ ނިންމާލީ ދޯ ސުހާ ” ސުހާ ކައިރި އިށީނދެލަމުން ވިޝާމް އަހާލިއެވެ. އެބުނިއެއްޗެއް ނަގާނުގަނެވިގެން ސުހާ ވިޝާމް އަށް ބަލައިލިއެވެ. ” އަހަރެން ނޫޅޭން މީހަކާ އިންނާކަށް އެދުވަހު މައިރާ މެން ކައިރި އަހަރެން ދެއްކީ ސުހާގެ ވާހަކަ ، އަހަރެން.. އަހަރެން ލޯބިވޭ ސުހާ ދެކެ އިންނަން ބޭނުން ވަނީވެސް ސުހާ އާ ” ހިތްވަރުކޮށްލާފައި ވިޝާމް އޭނާގެ ހިތް ހުޅުވާލިއެވެ. ހައިރާން ވީވަރުން ސުހާ ގެ ދެލޯބޮޑުވެލިއެވެ. ” ޔޫމަސްޓް ބީޖޯކިން ، ދެން އެދުވަހު ކޮން ޕްރިންސެސް އެއް ގުޅީ ، އަހަރެން ހިތްހަމަޖައްސާލަ ދޭންތަ ތިއުޅެނީ ” ވިޝާމް އަށް ކަޅިއަޅާލަމުން ސުހާ ބުނެލިއެވެ. ” ކަމޯން ސުހާ އެއީ އަހަރެންގެ ކޮއްކޮ އޭ ” ލާނެތް ހިނިގަނޑެއް ޖަހާލަމުން ވިޝާމް ބުނެލިއެވެ. ” ވަޓް ” ލަދުން މަރުވާވަރުވެފައި އިން ސުހާ ގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. ” އައި އޮންލީ ލަވްޔޫ ، ވަރަށް ދުވަސް ވެއްޖެ ބުނަން އުޅޭތާ އެކަމް ރަނގަޅުވަގުތެއް ނުވި ” އިސްޖަހާލަމުން ވިޝާމް ބުނެލިއެވެ. ” ހިތަށް ލިބުނު އުފާވެރިކަމުގާ ވިޝާމްގެ އުނަގަނޑުގާ އަތްއަޅުވާލަމުން އެމޭތެރޭ މޫނުފޮރުވާލިއެވެ. ލިބުނު ކުއްލި ސިހުމެއްގެ ސަބަބުން ވިޝާމް އަށް ހަރަކާތެއްކޮށްލަން ނޭނގިފައި އިންއިރު ހިނިތުންވެލަމުން ސުހާގެ ގައިގާ ބައްދާލެވުނީ ސިކުންތުކޮޅެއް ފަހުންނެވެ. ” އަހަރެން ވިޝާމް ދެކެ ލޯބިވިތާ ކޮންދުވަހެއް ، އަހަރެން ހީކުރީ ތީ މީހެއްގެ ހައްޤެއް ކަމަށް ” އެއިންގޮތަށް އިންނަމުން ސުހާބުނެލިއެވެ. ” އަހަރެން މީސުހާގެ އެކަނި މީހެއް ” ހިނިތުންވެލަމުން ވިޝާމް ބުނެލިއެވެ. ހިތަށް ލިބުނު އުފާވެރިކަމެއްގެ ސަބަބުން ކުރަމުން ދިޔަ ހިތާމަތައް މަތިން މުޅިންހެން ސުހާ ހަނދާން ނެތްފަދައެވެ. އެލޮއިތްބަށްޓަކައި ހިތްތެޅިފޮލެމުން ދިޔަ ލޯބިހާސިލް ވުމުން އެ ހިތައް ލިބިފައިވާ އުފާވެރިކަން ދެގުނަވީފަދައެވެ. އިތުރަށް ވިޝާމްގެ މޭތެރޭ ބޮނޑިވެލީ ޢުމުރަށް ވެސް މި ލޮއިތްބާއެކީ ވުމަށް ހިތާހިތުން ދުޢާކުރަމުންނެވެ.

(ނިމުނީ)

 

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ލޯތްބައް އެދެމޭ 1

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (45)

Next
March 26, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (45)

Previews
March 26, 2022

ލޯތްބައް އެދެމޭ 1

22 Comments!

  1. ?YEOJA? says:
    March 26, 2022 at 5:50 pm

    Assalam alaikumuh readers
    After a long timeeee ehehe
    I hope u all will like thisss stryy
    ❤️❤️

  2. Angry says:
    March 26, 2022 at 5:54 pm

    Varah reethi vaahaka eh?
    Nuvaane dhw vaahakai ge ehbai adhu ahaakah

    1. ?YEOJA? says:
      March 26, 2022 at 6:02 pm

      Jazakallah hairan Angry ☺️
      Heheh labba mifaharu vhk ge ehbaa adehuny e ?

  3. Anonymous says:
    March 26, 2022 at 10:07 pm

    Hiiiiiii rilllllll
    How r u….?
    Long time no see
    Masha Allah ??? mi part ves vrh rythi vrh furihama ??? sifa kurunthah vx hama ehvana ??? suhaa noonas Konme myhakah vx Princess jahaafa save koffa in number akun gulhaifiyyaa vaanee hama suhaa ah v varu ????? riloooo roadha mas annanee…. Roadha mahu dhigu vaahaka eh liyantha….? Roadha nimey irah term test vx fesheyne… Ehn v ma vaahaka liyan vrh undhagoo vaaane dhw…. Ekam bodu chuhtee ga vrh beynun dhigu vaahaka eh… Eyyy rilllllll ingeytha mee kaaku kan…..?? U no vaahaka.com ga buneemennu vrh avahah vaahaka eh liyan fashaanamey…. Hadhaan veytha eiii January ga… I am Mishya✨ school ga bxy Kamun vaahaka nuliyevenee ??? riloooo Mish ge comment ga name eh nujehe… Vedhaane Mish sign nuve comment kuraathy kamah vx Vedhaane…. Riloooo vrh miss ve ♥️♥️♥️♥️♥️abadhu vx ril ge vaahaka thah eh kolhakun fashaigen kiyan ??????????? u r my favorite author ❤️❤️❤️❤️❤️

    1. ?YEOJA? says:
      March 27, 2022 at 2:55 pm

      Hiiiiii ❤️❤️
      Alhamdhulihlaahi gudd why❤️❤️
      Jazakallah hairan mishhh vrh ufaavehje Mish ge cmnt eh fenuny maa ❤️❤️
      Thnkx a lot ngeyy for thiss sweet cmnt
      Yeaa rwda is commin dhww ❤️❤️
      Neyge yeoja akah hie nuveyy digu vhk eh dhn kairi musthagubalehgaa liyelevidhaane heneh it’s really hard in studies that’s why
      Bodu chutee ah will try ngeyy mishhh
      Labba ngihje kaakukan thy mihaaru heheh
      Yess vrh miss mishhh mathin vxx??❤️❤️
      Awwwwn that’s so sweet thnk uu soo much means a lot ❤️❤️
      Take care ❤️❤️

  4. ?lizzie? says:
    March 27, 2022 at 3:28 am

    OMG sisssyyy!!! Missed you so much..? How r u? Sis vhk hama habeys.. Vrh vrh reethi??
    Hope sis ge new story eh vx avahah kiyaalan libeyne kamah..?
    Stay safe sissyy.. Love you❤?

  5. ?YEOJA? says:
    March 27, 2022 at 5:37 am

    Ohh hiiii lizzie❤️
    Awwwnn missed moree❤️
    Alhamdhulihlaahi I’m doin well Lizzie kihineh tha ??
    Jazakallah hairan dear❤️ . I’m really glade to know that .❤️
    Yess Insha Allah hope so dhw buxy days veemaa stry eh leveyleh las vxx vedhaane ngeyy but keep waiting?
    Stay safe and take care ☺️
    Luv yaa moree❤️
    Thnkx for a lovely cmnt lizzie❤️

  6. Anonymous says:
    March 27, 2022 at 6:41 am

    ?????

  7. Anonymous says:
    March 27, 2022 at 6:56 am

    Hiiiiiii rilllllll
    How r u….?
    Long time no see
    Masha Allah ??? mi part ves vrh rythi vrh furihama ??? sifa kurunthah vx hama ehvana ??? suhaa noonas konme myhakah vx vaanee hama evaru..?????riloooo roadha mas annanee…. Roadha mahu dhigu vaahaka eh liyantha…..? Roadha nimey irah term test vx fesheyne…. Ehn v ma vaahaka liyan vrh undhagoo vaaane dhw.. ????? rilllllllllllllllllll ingeytha mee kaakukan…? Ekkala dhuvahu vaahaka.com ga bunymennu vrh avatar vaahaka eh liyan fashaanamey……. Eiii January ga dhw… I am Mishya✨ mihaaru ingijje dhw…. Mish Bxy kamun vaahaka nuliyeveniii rill….. Vaahaka liyan hithah araa irah ril mathin handhaan vey…. Ril ge vaahaka thah abadhu vx ekkolhakun fashaigen kiyan hama ril mathin miss vaa varun ??????????????????? ril snap, instagram, fb kahala ehcheh beynun kurantha…..?
    Love you
    Miss you
    Stay safe

    1. ?YEOJA? says:
      March 27, 2022 at 2:58 pm

      Mishh cmnt publish nuvegen dhw 2 vanafahar kohly thi hehehe
      Labba I use snap
      Heres my mail u can msg me here [email protected]
      Luvxx yaa moree
      Miss ya
      Stay safe

  8. Anonymous says:
    March 27, 2022 at 6:39 pm

    Yh… Publish nuwegen dhevana faharah comment kuriii Mish ge snap ID Aishath Mishya27

    1. ?YEOJA? says:
      March 27, 2022 at 7:10 pm

      hehehe ehnvxx vedhaane mish add kohlan veetha i mean that id

  9. Anonymous says:
    March 27, 2022 at 6:41 pm

    Ekm mihaaru innaanee Id remove kollaafa so time libunee ma mail eh kollaane e dhw

    1. ?YEOJA? says:
      March 27, 2022 at 7:11 pm

      Yeaa alrightt so mish mail kohleemaa add kohlaanan ngeyy

  10. Anonymous says:
    March 27, 2022 at 6:48 pm

    Aslu vee gothakee film elhi elhee nun storage full v Dhen rulhi aisgen baeh use nukaraa app thah delete kurani koh snap vx delete v ????? mihaaru innaanee Alun alhaafa Ekm new ID eh fahun hedhin…. eiii Kuryge id ge password handhaan nethuny… Submit kolli fahun handhaan v eiii Kuryge id kan ?

  11. Anonymous says:
    March 27, 2022 at 8:28 pm

    Mishya mish
    Eiii new ID add

  12. Anonymous says:
    March 27, 2022 at 8:33 pm

    Add kollahchey new ID in

    1. ?YEOJA? says:
      March 27, 2022 at 9:59 pm

      Yeaa I’m adding u rn

    2. ?YEOJA? says:
      March 27, 2022 at 10:02 pm

      Mish u couldn’t find ur I’d
      U can add mine here’s it. rilha2006

  13. Anonymous says:
    March 27, 2022 at 10:32 pm

    Mish add koffin ril…. Alhe balaalaba snap

    1. ?YEOJA? says:
      March 28, 2022 at 5:28 am

      I’ve checked

  14. hiyyavas says:
    March 29, 2022 at 12:27 pm

    Love your storys
    Iburaitheri reethi vaahaka eh?

Comments are closed.



All Right Reserved!