އާތިފް ކޮޓަރިއަށް ވަނުމުން ފަރީޝާ މޭޒުމައްޗަށް ކާންތައްޔާރުކުރަން އުޅުނެވެ.ކާންހެދުމަށްފަހު، ޖޫސް ތައްޓެއް މޭޒުމަތީގައި ބެހެއްޓިތަނުން އާތިފް ނިކުތެވެ. “ހޫމް ހާދަ ވަސްގަނޑު ރަނގަޅޭ” ގޮނޑިދަމާލުމަށްފަހު އިށީނަމުން އާތިފް ބުނެލިއެވެ.އާތިފް އެހެންބުނުމުން ފަރީޝާ ހިނިތުންވެލިއެވެ.
“ހަދަންވީ އެއްޗެއް ނޭނގެ…އެހެންވެގެން މި ކެއްކީ…އުންމީދުކުރަން ކަމުދާނެކަމަށް” ފަރީޝާ ބުނެލިއެވެ. “ޕާސްތާދޯ…ކަމުދާނެ..މީ އާތިފް އެންމެމީރުކޮށް ކާ އެކަތި” އެެހެންބުނެ ޕާސްތާކޮޅެއް އޭނާ ރަހަބަލާލިއެވެ. “ހޫމް…ހަމަ ވަރަށް މީރު…ތެދައްް ބުނަންޏާ އުންމީދެއްނުކުރަން މިހާ މީރުވެދާނެ ކަމަކަށް” ފަރީޝާގެ ކެއްކުން މީރުވުމުން އާތިފް ތައުރީފްކޮށްލިއެވެ. “ޝުކުރިއްޔާ” ފަރީޝާ ބުނެލީ ހިނިތުންވެ ހުރެއެވެ.
“ފަރީޝާ ނުކަންތަ؟” އާތިފް އެހެންބުނުމުން އޭނާ ކާނީ އާތިފް ނިމުނީމާ ކަމަށް ބުންޏެވެ. “އާދޭކާން” އާތިފް އެދުނެވެ.އާތިފްގެ އެދުމަށް، ފަރީޝާވެސް ތައްޓެއް ހިފައިގެން އާތިފްގެ ކުރިމައްޗަށްވާ ގޮތަށް އިށީނެވެ. “އަސްލުވެސް ހާދަމީރޭ…ކުރިންވެސް ކައްކާ އުޅެންތަ؟” އާތިފް އަހާލިއެވެ. “ލައްބަ ގޭގެ ހުރިހާ މަސައްކަތެއް، މީހަކާ އިނުމުގެ ކުރިން އަޅުގަނޑު ކުރަނީ…މެރީ ކުރުމަށްފަހުވެސް ކައްކާ ގޭތެެރޭގެ މަސައްކަތުގަ އަވަދިނެތި އުޅުނިން…އެހެންވެ ހެން ހީވަނީ” ފަރީޝާ ބުނެލިއެވެ.
“ފަރީޝާ މެރީޑްތަ؟” އާތިފް އަހާލިއެވެ. “އެއީ ކުރިން މިހާރު ޑިވޯސް ވެފަ” ފަރީޝާ ބުނެލިއެވެ. “ބައި ދަ ވޭ ރަނގަޅަށް ތައާރަފްވެސް ނުވެވޭދޯ..އާތިފަކީ މާލެ މީހެއް…މީ އާތިފްގެ ގެ…އައިލީންގެ މަންމައާ މެރީކޮށް، އައިލީން ލިބި، ޑިވޯސްވެސްވިފަހުން އެއީ، ރާއްޖެއިން ބޭރަށް މައިންބަފައިން ކުރި ދަތުރެއްގެ ތެރެއިން އެކްސިޑެންޓެއްވެގެން މަންމައާ ބައްޕައާ ދެމީހުންވެސް ނިޔާވީ…އާތިފަކީ ފެމެލީގަ ހުރި ހަމައެކަނި މެމްބަރަށްވާތީ ގޭގެ ހުރިހާ ކަމަކާ ހަވާލުވާން ޖެހުނީ އާތިފަށް” އާތިފް އޭނާގެ މައިންބަފައިން މަރުވި ވާހަކަ ބުނުމުން ފަރީޝާ ދެރަވިއެވެ.
“އައި އެމް ސޮރީ” ފަރީޝާ ބުނެލިއެވެ. “އިޓްސް އޯކޭ…ދެން ފަރީޝާއާ ބެހޭގޮތުން ބުނެދީފާނަންތަ؟” އާތިފް އެދުނެވެ. “އަޅުގަނޑަކީ ރާއްޖެތެރޭ ރަށަކަށް އުފަން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެއް..މަންމަ މަރުވުމަށްފަހު ދޮންމަންމައާއެކު އުޅުނީ…ދެން ފަހުން މެރީކޮށްގެން ފިރިމީހާ ރަށުގަ އުޅުނީ…ދެން މާލެއަށް އައީ ވަރިވީމަ” ސީދާ ތަފްސީލަށް ނުގޮސް ފަރީޝާ ބުނެލިއެވެ.
ދެމީހުންވެސް އެކަކު އަނެކަކުގެ އުމުރު އޮޅުންފިލުވާ ފަރީޝާގެ ރަށްވެސް އެހިއެވެ. “އޯ އެހެންވީމަ އާތިފަށްވުރެ ހަަތަރު އަހަރު ކުޑަދޯ” އާތިފް އެހެން އެހުމުން ފަރީޝާ ބޯޖަހާލިއެެވެ. “މާދަން ކޯއްޗެއްތޯ ހަދަންވީ ހެނދުނުގެ ސަޔަށް” ދެމީހުންވެސް ކުޑަކޮށް ވާހަކަދައްކާލުމަށްފަހު، ފަރީޝާ އެހިއެވެ. “ފަރީޝާއަށް ފަސޭހަ އެއްޗެއް ރަނގަޅުވާނެ…ދެން ކައްކާއިރު ކޮންމެވެސް އެއްބާވަތެއްގެ އެއްޗެއް ހެދީމަ ރަނގަޅުވާނެ” އާތިފް ބުނެލިއެވެ.
އާތިފް ކައިނިމިގެން ކޮޓަރިއަާ ދިމާލަށް މިސްރާބުޖެހިއެވެ. “ދެން އޯކޭ ފަރީޝާ ނިދިއަސް..ދެން ފަރީޝާގެ ފަރާތުން ކަމެއް ބޭނުމެއްނުވާނެ” އާތިފް އެހެންބުނެ ކޮޓަރިއަށް ވަނުމުން ފަރީޝާ ތަން ސާފުކޮށްލިއެވެ.ތަން ސާފުކޮށްލުމަށްފަހު، ފަރީޝާވެސް އޭނާގެ ކޮޓަރިއަށް ނިދަން ދިޔައެވެ.
********
ދުވަސްތައް ފާއިތުވެގެންދާ ވަރަކަށް އައިލީންނާ ފަރީޝާއާ ދެމެދުގައި އޮތް ގުޅުން ތަރައްގީވަމުން ދިޔައެވެ.ނަތީޖާއަކަށް ވެގެންދިޔައީ ފަރީޝާއަށް އައިލީން ދެކެ ލޯބިވެވެން ފެށުމެެވެ.އޭނާއަށް އައިލީންނަކީ އުފަންދަރިއެއް ފަދަ ކުއްޖެއްހެން އިހުސާސް ކުރެވެން ފެށިއެވެ.އައިލީންގެ ކަންތަކޭ އެއްފަދައިން ގޭތެރެއާއި އާތިފަށްވެސް ކޮށްދެންޖެހޭ ހިދުމަތްތައް ފުރިހަމަކަމާއެކު ފަރީޝާ ކުރަމުންދިޔައެވެ.
އާތިފް ކޮންމެދުވަހަކުވެސް އޮފީހުގައި އިނދެ، ފޯނުން ފަރީޝާގެ ހަރަކާތްތައް ބަލައެވެ.އޭނާއަށް އަަބަދުވެސް ފެންނަމުންދަނީ ފަރީޝާގެ އޯގާތެރިކަމެވެ.ކެމެރާ ފުޓޭޖްތައް ބަލައިފި މީހަކުނަމަ ބުނާނީ އެދެމައިންނަކީ މަންމައަކާ ދަރިއެކެވެ.އެހާވެސް ފަރީޝާ އައިލީންދެކެ ލޯބިވެއެވެ.އައިލީންނަށް އޯގާތެރިއެވެ.އެހެން ހުރިހާކަމަކަށްވުރެ އައިލީންގެ ކަންކަމަށް ފަރީޝާ އިސްކަން ދޭކަން ފުޓޭޖުތައް ބަލަމުން އައި އާތިފަށް ފާހަގަވިއެވެ.
********
(ތިންމަސް ފަސް)
ތިންމަސް ފާއިތުވެގެން ދިޔައިރުވެސް ފަރީޝާގެ އުޅުމަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ.އެގެއަށް އައި ފުރަތަމަ ދުވަސް ފަދައިނ،ް ހުރިހާ ކަމެއްވެސް ފުރިހަމަކަމާއެކު ކުރާހިތުން ފަރީޝާ ކުރަމުން ދިޔައެވެ.އާތިފްގެ އަންނައުނުތައްވެސް އަބަދު ހުންނަނީ ދޮއެ އިސްތިރިކޮށްފައެވެ.ގޭތެރޭގައި އެންމެ ހިރަފުސްކޮޅެއްހާ ހިސާބުވެސް ހުރިޔަކަ ފަރީޝާ ނުދެއެވެ. ފަރީޝާގެ ގެވެހިކަން ފެނި އާތިފް އޭނައާ ދޭތެރޭ ވަރަށް ހިތްހަމަޖެހެއެވެ.
********
އާދައިގެމަތިން އޮފީސް ނިންމާލުމަށްފަހު އާތިފް ގެއަށް ވަނެވެ.އޭރު ފަރީޝާ އިނީ އާތިފަށް ކާން ތައްޔާރުކޮށްގެން އޭނާ އަންނާނެ އިންތިޒާރުގައެވެ. “ފަރީޝާ؟….ކިހިނެއްވެފަ؟” ވަދެގެން އައި އާތިފް ބުނެލިއެވެ. “ތިބޭފުޅާގެ އިންތިޒާރުގަ” ފަރީޝާ ބުނެލިއެވެ. ފަރީޝާ އެހެންބުނުމުން ކާން މިއަންނަނީ ކަމުގައި ބުނެ އާތިފް ކޮޓަރިއަށް ވަނެވެ.
**********
އާތިފް ކައި ނިމުމުން ފަރީޝާ އާދައިގެމަތިން ތަށިތައްދޮވެ އޭނާގެ ކޮޓަރިއަށް ވަނެވެ.އަދި ފާހަނައަށް ވަދެފައި އައިސް އޭސީ ޖައްސާލުމަށްފަހު، އެނދުގައި އޮށޯވެ، ގައިގައި ބްލޭންކެޓް އަޅާލުމަށްފަހު ނިދަން ލޯމަރާލިއެވެ.
ވަގުތުތައް ހިނގަމުންދިޔައެވެ.އެހެންނަމަވެސް ފަރީޝާގެ ލޮލަކަށް ނިދިއަންނަގޮތެއް ނުވިއެވެ.އެގާރަޖެހިއިރު ނިދަން އެރި ފަރީޝާ، އެކެއްޖެހިއިރުވެސް އޭނާގެ ލޮލަށް ނިދިއަންނަގޮތެއް ނުވިއެވެ.އެނދުގައި ދެކޮޅަށް ފުރޮޅި އޮތް ފަރީޝާ އެންމެފަހުން ފޯނު ހުޅުވާލިއެވެ.ނިދި ނާންނާތީއާއި، ފޫހިވެސް ވާން ފެށުމުން ކަމެއް ކުރުމުގެ ނިޔަތުގައެވެ.
އެފްބީއަށް ވަދެ ފަހަަރަކު ޕޯސްޓެއް ސްކްރޯލް ކުރަމުން ފަރީޝާ ދިޔައެވެ.އެތައް އިރެއްވި އިރުވެސް އޭނާގެ ފޫހިކަމެއް ނުފިލިއެވެ.ފޯނުން ހަބަރުތައް ކިޔާލިއެވެ.އެވަރުންވެސް ފޫހިކަން ނުފިލިއެވެ.އެހެންކަމުން ފިލްމެެއް ބަލާނީ ކަމުގައި ހިތާ ފިލްމެއް އަޅުވާލިއެވެ.ފިލްމުގެ ތަންކޮޅެއް ބަލާލުމަށްފަހު، އޭތި ނިއްވާލީ ފޫހިކަން އެއްގޮތަކަށްވެސް ފަރީޝާ ދޫނުކުރުމުންނެވެ. އެހެންކަމުން އެނދުން ތެދުވެ ބެލްކަންޏަށް ނިކުމެލަން ފަރީޝާގެ ހިތަށްއެރިއެވެ.
ކޮޓަރި ދޮރުހުޅުވާލުމަށްފަހު، ސިޓިންރޫމަށް ފަރީޝާ ނިކުތެވެ.އަދި ބެލްކަންޏަށް ނިކުމެލަން ބެލްކަނީގެ ދޮރު ކަހާލިއެވެ.އެވަގުތު ބެލްކަނި ތެރޭގައި ހުރި އުދޯނލީގައި އާތިފް އިންތަން ފަރީޝާއަށް ފެނުނެވެ.އާތިފް ފެނުމާއެކު ފަރީޝާ ދިޔައީ ސިއްސައިގެންނެވެ.އަދި އެތަނުން ނިކުންނަން އުޅުނެވެ.
“އާދޭ ދަނީތަ؟” ފަރީޝާ ދާން އުޅެންފެށުމުން އާތިފް ބުނެލިއެވެ. “އާދޭ އިށީންނަން” ތަނަވަސްކަން ބޮޑު އުދޯނލީގެ އެއްފަރާތަކަށް ޖެހިލުމަށްފަހު، ފަރީޝާ އިށީންނަން ތަންދައްކަމުން އާތިފް ބުނެލިއެވެ. އާތިފްގެ އެދުމަށް ފަރީޝާ އުދޯނލީގައި އިށީންދެލިއެވެ.
“ކިހިނެއްވެފަތޯ ތިއިންނެވީ؟” ފަރީޝާ އާތިފް ގާތު އަހާލިއެވެ. “ނިދި ނައިސްގެން” އާތިފް އެހެންބުނުމުން ފަރީޝާވެސް ނިކުތީ ނިދިނައިސްގެން ކަމަށް ބުނެލިއެވެ. “ކޮފީއެއް ގެނެސްދެންތޯ” އާތިފް ގާތު ފަރީޝާ އަހާލިއެވެ. “ރަނގަޅުކަމެއް” އާތިފް ބުނެލިއެވެ.ފަރީޝާ ހޫނު ކޮފީއެއް ގިރައިގެން އައިސް އާތިފްގެ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ ބައިންދާލިއެވެ.
“އެބައަންނަން” އެހެންބުނެ ކޮޓަރިއަށް ވަދެފައި އާތިފް އައެވެ. “މީ މިއަދު ގެއަށް އައި މަގުމަތީ ފިހާރައަކުން ފެނުނު ގަނޑިއެއް…ހިތަށްއެރީ ފަރީޝާއަށް ވަރަށް ގުޅޭނޭ…މި ދޭން ހަނދާން ނެތިފަ ހުރީ” އަތުކުރި ގަނޑިއެއް ލާފައިވާ ފޮއްޓެއް ފަރީޝާއަށް ދިއްކޮށްލަމުން އާތިފް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.






Varah reethi❤?
Enme fahun heevanee aathif aa fareeshaa aa dhemeehun marry kuraany hen☝?
Dhen in bai ves avahah genes dhey ne kamah unmeedhu kuran?
Varah salhi engey
hama ehvana ????
Thankolheh dhigu koh genes dhinun edhen
thanks dear
will try longer next time???
Mi part ves Vara reethi.. waiting for the next part ❤️
thanks dear fathimath sham ???