*ރިޒާ އެ ލިޕްސްޓިކް މަތި ނެގުމަށްފަހު ތުންފަތުގައި ވަރަށް ގަދައަށް ޖައްސާލިއެވެ.*
ތުންފަތުގައި ލިޕްސްޓިކް ޖައްސާ ނިމުމުން ރިޒާ ނިޔާޒް ގެ ޓީށާޓު ގައި ހިފާ ދަމަމުން ގޮސް ބަދިގެއަށް ވަނެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔައީ ރިޒާ އާއި ނިޔާޒް ނިކުންނާނެ އިރަކަށް ށެވެ. 2 މިނެޓް ފަހުން ރިޒާ އާއި ނިޔާޒް ބަދިގެއިން ނިކުތް އިރު ރިޒާ ގެ ތުންފަތުގައި ހުރި ރަތް ކުލަ މަޑުވެފައި ވާއިރު ނިޔާޒް ގެ ތުންފަތުގަ މަޑު މަޑު ރަތް ކުލަ އެއް ހުއްޓެވެ. ” މައި ގޯޑް ތި ދެމީހުން އަސްލު ކޮށްވެސް ކިސް ކުރީ” އަޒްހާ އަނގަ މަތީގަ އަތް އަޅައިގެން ހުރެ ބުނެލިއެވެ. ނިޔާޒް އާއި ރިޒާ އެއްވެސް ޖަވާބެއް ނުދީ އައިސް އެދެމީހުން އިށީންނަ ތާގަ އިށީނިއެވެ. އެއާއެކު އަޔާޒް ކަރު ކެހިލުމަށް ފަހު ފުޅި އަނބުރާލިއެވެ. މިފަހަރު ފުޅި ގޮސް ހުއްޓުނީ ނަވާން އަށްށެވެ. އަޔާޒް ލާނެތް ހިނިތުން ވުމަކާއެކު ނަވާން އަށް ބަލައިލިއެވެ. ” ސޯ ނަވާން…… ބްރޯ….. އެންމެ ފަހުން ކިސް ކުރީ ކާކުއާ” އަޔާޒް ކޮއްލި ސުވަލަކުން އަޒްހާ ކުށިއެރިއެވެ. ” އަޒްކޯ ޔޫ އޯކޭ” ކުއްލިއަކަށް އަޒްހާ ކެއްސަން ފެށުމުން ނިޔާޒް ކަނބޮޑުވެފަ ހުރެ އަހާލިއެވެ. ” ޔާ ދޮންބެ އަމް ފައިން” އަޒްހާ އެހެން ބުނަމުން ސޯފާ އިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ” ސޯ ނަވާން ޖަވާބު ދީބަލަ… ދޮންތަ ވަރަށް ބޭނުން ޖަވާބު އަޑުއަހާލަން” ނައިރާ ހިނިއައިސްފަ ހުރެ ނަވާން ކައިރީ ޖަވާބު ދޭން ބުނެލިއެވެ. ” އަޔާޒް ނިޔާޒް ރުޅި ނާންނާތި އިނގޭ” ނަވާން އެހެން ބުނުމުން އަޔާޒް އާއި ނިޔާޒް ރުޅިއެއް ނަންނާނަމޭ ބުނެލިއެވެ. އެހެން ބުނުމުން ނަވާން ކޮޅަށް ތެދުވެ ލިއެވެ. އަދި ބުނެލިއެވެ. ” އަޒްހާ” އެހެން ބުނިތާ އިރުކޮޅެއް ނުވަނީސް ދެން ފެނުނީ ނަވާން ދުވެފަ ގޮސް އޭނާގެ ކޮޓަރިއަށް ވަތް ތަނެވެ. އެންމެން ތިބީ ބުނާނެ އެއްޗެއް ނޭނގި އަންތަރީސް ވެފައެވެ. އަޔާޒް އާއި ނިޔާޒް ގެ ހާލަކީ ތޯއެވެ. އަޔާޒް ގެ އަނގަ ހުޅުވިފަ ވާއިރު ނިޔާޒް އިނީ ދެލޯ ބޮޑުކޮށްގެން ނެވެ. ނާއިޒް އާއި ނައިރާ ވެސް ތިބީ ހަމަ އެހާލެއްގަ އެވެ.
(އެ ދުވަހު ހަވީރު)
” ހޮއެ ހޮއެ ހޮއެ އަޔާޒް ކޮން އަންހެން ކުއްޖެއްގެ ހިތް ދަމައިގަންނަން ތަ ތިއުޅެނީ ” ނައިރާ ކޮޓަރިން ނިކުންނި ތަނާ އަޔާޒް ފެނުމުން ބުނެލިއެވެ. އެހެން ނުބުނެވޭނެ ވަރެއް ވެސް ނޫނެވެ. މެރޫން ކުލައިގެ ގަމީސް އަކާއި ކަޅު ކުލައިގެ ޖިންސް އެއް ލާފަ ހުރި އިރު އަބަދުހެން ފުނާ އަޅާފަ އޮންނަ އިސްތަށިގަނޑު މިއަދު އޮތީ ހާވާލެވިފައެވެ. އިސްތަށިގަނޑުގަ އެއްވެސް ތަރުތީބެއް ނެތް އިރު ސްމާޓް ކަން ދައްކަމުން ދިޔައެވެ. ނައިރާ އެހެން ބުނުމުން އަޔާޒް ވެސް ބުނެލިއެވެ. ” ނައިރާ ތި އުޅެނީ ކާކުގެ ހިތް ކަތިލާނެ ކަމައްތަ” އަޔާޒް އެހެން ބުނުމުން ނައިރާ ހީލިއެވެ. އަދި ގެއިން ނިކުންނަން ދިޔައެވެ. އަޔާޒް ވެސް ގެއިން ނިކުންނަން ދިޔައެވެ.
( 3 ހަފްތާ ފަސް)
އާދައިގެ މަތިން މިއަދަކީ ވެސް ނައިރާ އާއި އަޔާޒް ހަޓް ގައި ސަކަރާތް ޖަހަން ތިބި ދުވަހެކެވެ. މި ވޭތުވެ ދިޔަ 3 ހަފްތާ ތެރޭގައި އަޔާޒް އާއި ނައިރާ ކުރިއަށް ވުރެ ބޮޑަށް އެކަކު އަނެކަކާ ގާތްވެފަ އެވެ. ނަމަވެސް މި ވޭތުވެ ދިޔަ 3 ހަފްތާ ތެރޭގައި އަޔާޒް ގެ ހިތުގައި އާ ވިންދެއް އަޔާޒް އަށް ނޭނގި ޖަހަން ފެށިއެވެ. ގޮތް ނޭނގޭ އިޙްސާސް ތަކެއް ކުރެވުމުން ދިޔައެވެ. ނައިރާ ގެ ހާލަކީތޯއެވެ. ނައިރާ ހުންނަނީ މިވާ ގޮތުން ވާނުވާ އެޅިފައެވެ. އަޔާޒް ފެންނަ އިރަށް ހިތުގެ ވިންދު އަވަސް ވެއެވެ. ބައެއްފަހަރު ކަމަކުން ކަމަކާ ނުލައި ހަތަރެސްފައި ފިނިވެގެން ދެއެވެ. އަނެއްބައި ފަހަރު އަޔާޒް ފެނުމުން ލަދުގަނެ އެވެ. މި ވަނީ ކީއްކަން ނޭނގޭ ޙާލު ނައިރާ ހުރީ ބޯގޮވާ ވަރު ވެފައެވެ. އެކިއެކި ވާހަކަ ދައްކަމުން ގޮސް އަޔާޒް ނައިރާ ގާތު އަހައިލިއެވެ. ” ނައީއީއީއީ…….. ނައި ގެ ބީއެފް އެއް ހުރޭތަ ؟ ނޫނީ ލޯބި ވާ ކުއްޖެއް ؟” އަޔާޒް ގެ މި ސުވާލާ އެކު ނައިރާ ޖަހާލީ ހިނިގަނޑެކެވެ. ” ވަޓް އަޔާޒް ތީ ކޮންކަހަލަ ގެ ސުވާލެއް ނައި ދެކެ މީހަކު ލޯބިވުން ކީއްކުރަން ބަލާވެސް ނުވާނެ……އެން މޯ ދެން ދެޓް އައި ވޯޑުންޓް ޑެޔާ ޓު ލަވް އެނީވަން” ނައިރާ ގެ ޖަވާބާއެކު އަޔާޒް ގެ މޫނު މަތީގައި ޖެހުނީ ސުވާލު މާރްކް އެކެވެ. ” އެކީއްވެ ؟” އަޔާޒް މިހެން އެހުމުން ނައިރާ ބުނެލިއެވެ. ” ކަޒް އަމް ޔޫޒްޑް…… ޔޫ ވޯޑުންޓް އަންޑަސްޓޭންޑް” ނައިރާ އެހެން ބުނުމުން އަޔާޒް އޯކޭ އޭ ބުނެލިއެވެ.
ރޭގަނޑު ކަމުން ރިޒާ ހިނގަމުން ދިޔައީ ތަންކޮޅެއް ބާރަށް ށެވެ. ރިޒާ ގޮސް އަނެއް މަގަށް އަނބުރާލި ތަނާ މީހަކު އޭނާގެ އަނގަމަތީގައި އަތްއެޅިއެވެ. އަދި ރިޒާ ގެ ހަށިގަނޑު ފާރުގައި ވަރަށް ބާރަށް ޖެއްސިއެވެ. ” ރި…. ޒާ ………. ބޭބް އައެ ހައެ ހައެ ހައެ ހައޭއޭ….. ހާދަ މީރުވަހެއް އަ… އަރައޭ ރިޒާ ގެ… ގެ ގައިން” އެމީހަކު ރިޒާ ގެ ކަރުގައި ވަސްގަނނަމުން ބުނެލިއެވެ. ރިޒާ ހުރީ ބިރުން ގޮސް ހަލާކު ވާވަރު ވެފައެވެ. އެއީ އެކަހަލަ ކަމެއް ކުރާނީ ޒައިދާން ނޫން އެހެން މީހެއް ނޫން ކަން ރިޒާ އަށް އެނގެއެވެ. ޒައިދާން ގެ އަނގައިން އަރަމުން ދިޔަ ވަހުން ރިޒާ އަށް ހޮޑު ނުލެވުނީ ކިރިޔާ އެވެ. އެ ދެމީހުން ތިބީ އަނދިރި މަގެއްގަ އެވެ. އެ މަގު އަނދިރިކަމުން ރޭގަނޑު އެ މަގުން ހިނގާނީ ވަރަށް މަދު މީހުންނެވެ. ރިޒާ މަގުގެ އެއްފަޅިން އަނެއް ފަޅިއަށް ބަލައިލިއެވެ. މަގުން އެކަކު ވެސް ފެންނާކަށް ނެތެވެ. ކުއްލިއަކަށް ރިޒާ ނުވިސްނާ ހުއްޓާ ޒައިދާން ރިޒާ ގެ ތުންފަތައް ބޮސްދޭން ފެށިއެވެ. ރިޒާ ޒައިދާން އާއި ދުރަށް ދާން މަސައްކަތް ކުރި ވަރަކަށް ޒައިދާން ރިޒާ އާއި ކައިރި ވަމުން ދިޔައެވެ. ” މަ…މަން…މާ” ރިޒާ އަށް އެހެން ބުނެވުނީ ހަމަ ކިރިޔާ އެވެ. ރިޒާ ލޮލުން ހުއްޓުމެއްނެތި ކަރުނަ ތަށް ފައިބަމުން ދިޔައިރު ޒައިދާން އަށް ވާ ކަމަކަށް ވެސް ނުހެދި އެވެ. ޒައިދާން ދިޔައީ އޭނާ ކުރާ ކަމެއް ކުރަމުން ނެވެ. ރިޒާ ދިޔައީ ޒައިދާން ގެ ކިބައިން ސަލާމަތް ވެވޭ ތޯ މަސައްކަތް ކުރަމުން ނެވެ. ޒައިދާން ރިޒާ ލައިގެން އިން ހެދުން އަތު ކައިރިން އިރާލިއެވެ. އެއާއެކު ރިޒާ ގެ އަތާއި މޭމަތީގެ އެއްބައި ހާމަވެގެން ދިޔައެވެ. ރިޒާ އަދިވެސް ދިޔައީ ގަދަ ހަދަމުންނެވެ. ނަމަވެސް ސަލާމަތް ވެވޭ ގޮތެއް ނުވިއެވެ. ” ދު.. ދޫކުރޭ” ރިޒާ ވަރަށް ބާރަށް އެހެން ބުނަމުން ޒައިދާން ގެ މޭމަތީގަ އަތްއަޅާ ކޮއްޕާލިއެވެ. ޒައިދާން މަސްތުގެ ހާލުގައި ހުރުމުން ދުރަށް ވިއްސައިގެން ދިޔައެވެ. އެ ދަނޑިވަޅު ބަލާ ރިޒާ ދުއްވައިގަތެވެ. ޒައިދާން ވެސް އަވަހަށް ބިންމަތިން ތެދުވަމުން ރިޒާ ގެ ފުލުން ދުއްވައިގަތެވެ.
ނިޔާޒް މަގުމަތީ ގަ ސައިކަލާ ދުއްވަމުން ދިޔައެވެ. މިދުވަސް ކޮޅު ގިނަވަގުތު ނާއިޒް މިޝްހާ އާއި އެކު އުޅޭތީ އާއި އަޔާޒް ނައިރާ އާ އެކު އުޅޭތީ ނިޔާޒް ހުންނަނީ ހިސާބަކަށް ފޫހިވެފަ އެވެ. އެ ފޫހިކަން ކިރިޔާ ވެސް ފިލައިގެން ދަނީ ރިޒާ އައުމުން ނެވެ. ނަމަވެސް މިއަދު ރިޒާ ގެ ހަތަރެއް އެއްގޮތަކަށްވެސް ނުވުމުން ނިޔާޒް ހުރީ ކުޑަކޮށް ކަންބޮޑު ވެފައެވެ. އަދި ފޫހިވެސް ވެފައެވެ. އެހެންކަމުން ނިޔާޒް ސައިކަލު ދުއްވާލަން ބޭރަށް ނިކުތީއެވެ. އާދައިގެ ސްޕީޑް އެއްގައި ސައިކަލު ދުއްވަމުން ދިޔައިރު ނިޔާޒް އިނީ ސައިކަލުގެ ހަމަ ޖެހިލައިގެން ނެވެ. އަނެއް މަގަށް އަޅުވައިލި ތަނާ ނިޔާޒް ގެ ސައިކަލުގައި މީހަކު އައިސް ޖެހުނެވެ. އަދި އެމީހަކު ބިންމައްޗަށް ވެއްޓުނެވެ. ” ހޯލީ ޝިޓް….” ނިޔާޒް ސައިކަލުން މަޑުކޮއްލަމުން ބުނެލިއެވެ. އަދި އަވަހަށް ސައިކަލުން ފައިބައިގެން ގޮސް އެމީހާ ކައިރީ ހުއްޓުނެވެ. އެއީ އަންހެން ކުއްޖެކެވެ. ” އާރް ޔޫ އޯކޭ” ނިޔާޒް އެކުއްޖާ ކައިރިއަށް ތިރިވެލަމުން ބުނެލިއެވެ. ” ލައްބަ…. ވަރަށް ބޮޑަށް ސޮރީ އަސްލު ނުބަލާ އާ ދެވުނީމަ” އެ ކުއްޖާ މަޑުމައިތިރި ކަމާއެކު އެހެން ބުނުމުން ނައިރާ އެއީ އެއްވެސް ކަމެއް ނޫކަމަށް ބުނެ އެކުއްޖާ ކޮޅަށް ނެގިއެވެ. އެކުއްޖާ ކޮޅަށް ތެދުވެ ލުމަށްފަހު އެތަނުން ދިޔައެވެ. ނިޔާޒް އެކުއްޖާ ދަންދެން ބަލައިގެން ހުރިއެވެ. ނިޔާޒް ގެ ހިތައް އަރަމުން ދިޔައެވެ. އެކުއްޖާ ކިހާ މަޑުމައިތިރި ހެއްޔެވެ. މިވަގުތު އެކުއްޖާގެ ބަދަލު ރިޒާ ހުރިނަމަ އޭނަ ރޮލާ ހަފާލީސް އެވެ. އެހެން ހިތަށް އެރުމުން ނިޔާޒް ހިނިއަންނަ ގޮތް ވިއެވެ. އެ ހިނިތުން ވުމާއެކު ހުރެ ނިޔާޒް އަނެއް ފަރާތަށް އެނބުރި ލިއެވެ. އެ ފަރާތަށް އެނބުރި ލުމާއެކު ނިޔާޒް ގެ މޫނު މަތީގައި ވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. އެހެން ނުވާންވި ސަބަބެއް ނެތެއްނޫ ހެއްޔެވެ. ކުރިމަތިން ދުވެފަ މި އަންނަނީ ރިޒާ އެވެ. އިސްތަށިގަނޑު ވިއްސިފަ ހުރިއިރު ހެދުމުގެ އެއްބައި އޮތީ ވީދިފައެވެ. އެހެން ކަމުން ހަށިގަނޑުގެ ބޮޑުބައި އޮތީ ހާމައަށް ށެވެ. ހުސްފަޔާ ދުވަމުން އައި އިރު އެ މޫނު މަތީގަ ވަނީ ބިރުވެރިކަމެވެ. ރިޒާ ގެ ބޮޑު ދެލޮލުން ތާޒާ ކަރުނަ ފައިބަމުން ދިޔަ މަންޒަރު ފެނި ނިޔާޒް އަށް ހީވީ އޭނާގެ ހިތުގައި ހިފާ މީހަކު ވިކާލި ހެންނެވެ. ރިޒާ ދުވަމުން ދުވަމުން އައިސް ޖެހުނީ ނިޔާޒް ގެ މޭމަތީގައެވެ. ” ނި… ނިޔާ… ޒް” ރިޒާ ގިސްލުމުގެ ތެރެއިން ބުނެލިއެވެ. ” ރިޒާ ވަޓް ހެޕެންޑް ޓު ޔޫ ؟………. ހޫ ޑިޑް ދިސް ޓު ޔޫ؟” ނިޔާޒް ލައިގެން ހުރި ޑެނިމް ކަޅުކުލައިގެ ޖެކެޓް ބޭލުމަށްފަހު ރިޒާ ގެ ހަށިގަނޑު ނިވާ ކުރަމުން އަހާލިއެވެ. ” ޒަ… ޒަ…. ޒަ.. ޒަ..އި… އި.. ދަ..ދާ…ން” ރިޒާ ގިސްލުމުގެ ތެރެއިން އެހެން ބުންޏެއް ކަމަކަށް އެބުނީ ޒައިދާން ކަން ނިޔާޒް އަށް ވަރަށް ރަނގަޅަށް އެނގުނެވެ. ކުރިމަތިން އެއް ބިތުން އަނެއް ބިތުގައި ޖެހެމުން އައި ޒައިދާން ފެނި ނިޔާޒް ދެބުމަ ގޮށް ޖަހާލިއެވެ. ” ރިޒް ވެއިޓް ހިޔާ” ނިޔާޒް ރިޒާ ސައިކަލް ކައިރީ ބަހައްޓަމުން ބުނެލިއެވެ. އަދި ހަރު ހިނގުމެއް ގައި ގޮސް ޒައިދާން އާ އަރާހަމަކޮށް ޒައިދާން ގެ މޫނު މަތީގައި ގޮއް މުށުން ޖެހިއެވެ. އެއާއެކު ޒައިދާން ކައިރީ ހުރި ފާރުގަ ޖެހުނެވެ. ނަމަވެސް ނިޔާޒް ގެ ހިތެއް ނުފުރުނެވެ. އެހެންކަމުން ނިޔާޒް ހިތް ފުރޭވަރަށް ޒައިދާން ގެ މޫނު މަތީގައި ގޮއް މުށުން ޖެހިއެވެ. ” މީގެ ފަހުން ރިޒާ އާ ދިމާއަށް ބެލިއަސް ދެލޯ ނަގާފަ އަތަށް ދޭނަން” ނިޔާޒް އެހެން ބުނަމުން ޒައިދާން ގައިގާ ފަޔުން ޖެހިއެވެ. އެއަށްފަހު ރިޒާ އާއި ދިމާއަށް ހިނގައި ގަތެވެ. ނިޔާޒް ހުރީ އިންތިހާ ދަރަޖައަށް ރުޅި އައިސްފަ އެވެ . ރުޅި ނައިސް ދަނީ ކޮންތާކަށް ހެއްޔެވެ. ނިޔާޒް ގެ ހިތުގައި ރިޒާ އަށް ދެވިފައި ވަނީ އާދައިގެ ދަރަޖައެއް ނޫނެވެ. އެއީ އެ ހިތުގަ މިހާރު ރަސްކަން ކުރަމުން އަންނަ ރާނީ އެވެ. ނިޔާޒް ގޮސް ސައިކަލް އަށް އަރަމުން ރިޒާ ކައިރީ ސައިކަލަށް އަރަން ބުނެލިއެވެ. އެއާ އެކު ރިޒާ ބަސްއަހާ ކުޑަކުއްޖެއް ހެން ސައިކަލްއަށް އެރިއެވެ. ނިޔާޒް ދެތިން ފަހަރަކު ރިޒާ ގެއަށް ލާން ދިޔުމުން އެގެ ހުންނަ ތަން އެނގެއެވެ. އެހެންކަމުން ނިޔާޒް ސައިކަލު ދުއްވާލި އެވެ. ރިޒާ ގެ ގެޔާ ހަމައަށް ދެވެން ދެން އެކަކު ވެސް ވާހަކަ އެއް ނުދައްކައެވެ.
“އަޒްހާ……. އަޒްހާ….. ހާދަ ލަހައޭ ތި އަވަހަށް ނިކުމެބަލަ ” ނަވާން އަޒްހާ ގެ ކޮޓަރީ ކުރިމަތީގަ އިނދެ ހަޅޭ ލައްވަމުން ދިޔައެވެ.” ސާބަހޭ މި ނިކުންނަނީ އޭ ” އަޒްހާ އެހެން ބުނަމުން ކޮޓަރީ ދޮރު ހުޅުވި އެވެ. އަދި ކޮޓަރިން ނިކުތެވެ.” ހިނގާ ދަމާ ” އަޒްހާ އެހެން ބުނަމުން ނަވާން އާއި ދިމާއަށް ބަލައިލިއެވެ. އެއިރު ނަވާން ހުރީ އަޒްހާ އާ ދިމާއަށް ބަލައިގެންނެވެ. އަޒްހާ ލައިގެން ހުރީ ޗޮކްލެޓް ކުލައިގެ ސްކިނީ އަކާއި ލައިޓް ބްރައުން ކުލައިގެ ކުރިމައްޗަށް އައްސާފަ ވާ ގަމީހެކެވެ. އިސްތަށި ގަނޑު އެއްކޮށް ވިއްސާލަފަ ހުރި އިރު އެހެން ދުވަސް ދުވަހަށް ވުރެ އަޒްހާ މިރޭ މާކު ރީތި ހެން ހީވެއެވެ. ނަވާން ހުރީ އެހެން ދިމާއަކަށް ބަލަން ނުކުޅެދިފައެވެ. ” ނަވާން ހިނގާށޭ ދަމާ” އަޒްހާ ތަންކޮޅެއް ބާރަށް އެހެން ބުނުމުން ނަވާން އަށް ހަމަ ބިމަށް އާދެވުނު ކަހަލައެވެ. “އަ.. އާން ހިނގާ ދަމާ” ނަވާން ކަރުކެލި ލަމުން އެހެން ބުނެލިއެވެ. އަދި ގެއިން ނިކުންނަން ދިޔައެވެ. ” 12 ޖެހުމުގެ ކުރިން ގެއަށް އަންނާތި” ގެއަށް ވަދެގެން އައި ނާއިޒް އަށް ނަވާން އާއި އަޒްހާ ފެނުމުން ބުނެލިއެވެ. ” އެ ތެދެއް…. އަދި އެއްވެސް ނުބައިކަމެއް ނުކުރާތި” މިޝްހާ ވެސް އެހެން ބުނެލިއެވެ. ” ސާބަހޭ ނޫޅެމޭ ނުބައި ކަމެއް ކުރާކަށް” ނަވާން އެހެން ބުނުމަށް ފަހު ގެއިން ނިކުމެގެން ގޮސް ސައިކަލް ސްޓާޓް ކޮއްލިއެވެ. ” އަޒްހާ އާދޭ” ނަވާން އެހެން ބުނުމުން އަޒްހާ ކުޑަކޮށް ދުވެލާފަ ގޮސް ނަވާން ގެ ފަހަތަށް އެރިއެވެ. އެއާއެކު ނަވާން ސައިކަލު ދުއްވާ ލިއެވެ.
” ހިންގާބަލަ މިގޭގަ އުޅޭ އަނެއް ދެ ލަވް ބާޑްސް އުޅޭ ގޮތް ބަލާލަން ” ނާއިޒް މިޝްހާ ގެ މެދުހަށީގައި އަތް އަޅުވާ ލަމުން ބުނެލިއެވެ.” ސާބަސް އިޒް އަށް އެދެމީހުން އަދި ރައްޓެއްސެއް ނުވެޔޭ ” މިޝްހާ ނާއިޒް ގެ ބޮލުގައި ޖަހަމުން ބުނެލިއެވެ.” ރައްޓެހި ނުވިއެއް ކަމަކު އެ ދެމީހުން އަބަދު އުޅެނީ އެކުގަ ވާ ” ނާއިޒް މިޝްހާ ގެ ނޭފަތުގަ ހިފާ ލަމުން ބުނެލިއެވެ.” ހޫމް އޯކޭ ދެން ހިނގާ ” މިޝްހާ އެހެން ބުނަމުން ނާއިޒް ގެ އަތް އޭނާގެ މެދު ހަށިން ވަކި ކޮއްލިއެވެ. އަދި ގޭ އަނެއް ފަރާތަށް ނިކުންނަން ދިޔައެވެ.
(ނުނިމޭ)
Hi guys
Varah bodah sorry ehaa gina dhuvas vandhen stry up nukurehvunee thie Aslu star geh exams fehshifa vaathie vaguthu nuvanee hope u guys understand
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Now I am getting confused
is Axha and navaan dating
After truth or dare ga kihineh v
In truth or dare navaan said he kissed Axha then Axha angry eh nuveytha navaan dheke eh
Maybe you’ll think like I am a question mark ??
But I don’t really understand this
BTW
Mi part VX vrh vrh vrh vrh reethi
Waiting for the next part
Amazing mi part vex vvvvvvvvvvvv reethi❤❤❤❤❤