ހިރާސް 35 & 36
( އެޕިސޯޑު 35 )
އެއަޑެއް ދުވަހަކުވެސް ޒީވާއަކަށް ނޯޅޭނެއެވެ. އެއީހަމަ އެއަޑެވެ. އެ ފިރިހެންވަންތަ އަޑެވެ. އެހިތުގެ ހަމަޖެހުން ނަގާލި ހަމައެކަނި ފިރިހެންވަންތައަޑެވެ. ޒީވާގެ ހިތް ތެޅެންފެށީ އެޔެއް މިއެއް ބަލާފަކާއެއްނޫނެވެ. އިސް އުފުލާބަލާލަން ނުކެރި އިނދެފައި ކުއްލިޔަކަށް އޭނާ ބަލައިލިއިރު އެނާގެ ދެލޯ ބޮޑު ވެއްޖެއެވެ. މުޅި ކުއްޖާ ހުދު ވެއްޖެއެވެ. ޒީވާގެ ކައިރީގައި އިން ޔޫމީންއަށް އޭނާއަށް ވަމުންދިޔަގޮތް ސިއްރެއް ނުވިއެވެ.
އާއެކެވެ. އެއީ ހަމަ އިޒާންއެވެ. އޭނާ ލޯތްބެވެ. އޭނާގެ ޒުވާން ހިތުގައި ރަސްކަން ކުރަމުންދާ ހަމައެކަނި ފަރާތެވެ.
ޒީވާގެ ލޮލަށް ކަރުނަތައް ޖަމާވެގެންދިޔައީ އެއްވެސް އިންޒާރަކާއިނުލައެވެ. ލޮލުން ކަރުނަތައް ފައިބަމުންދިޔައިރު އި ވެސް އެފަކީރަށް އިހްސާސް ނުވެއެވެ. ޒީވާ ސިހުނީ ޔޫމީން އޭނާގެ އަތުގައި މަޑުމަޑުން ހިފާލުމުންނެވެ. “ޒިވީ.. އާރ ޔޫ އޯކޭ..” މަޑުމަޑުން ބޯ ޖަހައިލަމުން ޒީވާއަތުގެ ނުފޫށުން ކަރުނަތައް ފުހެލިއެވެ.އޭރުވެސް ޒީވާގެ ނަޒަރު އިޒާން އަށް ވަނީ ހުއްޓިފައެވެ. ނުރޯން ކިތައްމެ ހިތްވަރެއް ހިތްވަރެއް ބޭރުފުށުން ދެއްކިނަމަވެސް ޒީވާގެ ހިތައް ވަނީ ބަޔާން ކުރަން ދަތި ހިތްދަތި އަސަރުތަކެއް ކުރަމުންނެވެ.
އިޒާންގެ ހާލަކީތޯއެވެ. ކުލާހަށް ވަނުމުގެ ކުރިން ނަފްސުހަމައަކަށް އަޅުވާލަން ވަގުތު ކޮޅާކު މަޑުކޮށްލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އެތެރެއަށް ވަދެގެން އައި އިރު އޭނާގެ ހިތައް ދިޔައީ ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބެމުންނެވެ . އޭނާގެ ލޮލުގެ ހިމަކޮޅުން ފުރަތަމަވެސް ބަލައިލީ ކުލާސްރޫމް މެދެއްހާ ހިސާބުގައި ޔޫމީންގާތު އިށީންދެގެން އިން ޒީވާއަށެވެ. އެހިނދު ހީވީ އިޒާންގެ ހިތުގެ ލަގަން ދޫވިހެންނެވެ. އޭނާ ފުރާނަ ފަދައިން ލޯބިވާ އެރީތި އަންހެން ކުއްޖާ ދެލޯ ބޮޑުކޮށްލައިގެން އޭނާއަށް ބަލަން އިންގޮތުން އިޒާން ބޭނުންވީ ވަގުތުން ގޮސް ބައްދާލާށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއީ މޮޔަ ކަމެއް ކަން ވިސްނި ދެފަރާތައް ބޯހޫރައިލެވުނެވެ. އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށް ބަލައިލަމުން އިޒާން ގޮސް ކުދިންތަކުގެ ކުރިމައްޗަށް ހުއްޓުނެވެ.
” ހެލޯ . އައިމް އިޒާން.. އަޅުގަނޑަކީ ތިކުދިންގެ ލެޗަރާރ އެއް އަދި ކުލާސް ކޯޑިނޭޓާ…..މިހާރު ހުރިހާ ކުދިންނަށް ވާނީ ކުދިންގެ ސްޓޫޑެންޓް މެއިލް ލިބިފަ..މި ކުލާސްގެ ވެބްސައިޓަށް ވަދެވޭނެ އީމެއިލް ޖަހާލީމަ… ވެބްސައިޓް އިން މިޙާރު ކޯސްގެ އައުޓްލައިން އަދި ޓައިމްޓޭބަލް ފެންނާނެ.. ” އިޒާން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ފިރިހެންވަންތަ އަޑު ޖެހި ޒީވާގެ މުޅި ހަށިގަނޑުގައިވާހާ ލޯއްޔެއް ކޮޅަށް ޖެހުނެވެ. އިޒާން އޭނާއާއި ދިމާ އެއްފަހަރުވެސް ބަލާނުލުމުން ޒީޥާ ގެ ހިތައް އަސަރުކުރިއެވެ.
އަނެއްކޮޅުން ޒީވާއާއި ދިމާ ނުބަލަން އަމިއްލަ ނަފްސާއި ދެކޮޅަށް އިޒާން ކުރަމުންދިޔަ ހަނގުރާމަ ޒީވާއަށް އިނގޭނީ ކިހިނަކުން ހެއްޔެވެ.
އިޒާން ވަރަށް ނޫން ކަމަށް ހަދާފައި ޔޫމީންއާއި ދިމާ ބަލައިލަމުން އެއްލޯމަރައިލީ ޒީވާއަށް ވެސް ފަހުމް ނުވާނެ ހާ ސިއްރުންނެވެ. ޔޫމީން ލުއި ގޮތަކަށް ހީލަމުން ލޮލުން ޒީވާ ދައްކާލުމުން އިޒާން ހީލިއެވެ.
އިޒާން އާއި ޒީވާ އަށް ވަމުންދިޔަ ގޮތް ޔޫމީން ދިޔައީ ވަރަށް ރަނގަޅަށް ބަލަމުންނެވެ. އިޒާން ފެނުމުން ޒީވާއަށް ވަމުންދިޔަ ގޮތް ޔޫމީން އަށް ސިއްރެއް ނުވިއެވެ. އެހެން ދުވަސްދުވަހަށް ވުރެން ތަފާތު ގޮތަކަށް ޒީވާ އުޅޭހެން ޔޫމީންއަށް އިޙްސާސްވިއެވެ.
އިޒާންގެ ރީތިކަމާއި ފިރިހެންވަންތަ ކަމުގައި އަންހެންކުދިންތައް ޖެހި ތުއިވާތަން ފެނި ޒީވާގެ ހިތް އަނދައިގަތެވެ. އަންހެންކުދިންތައް އޮޅިއޮޅިފައި އުޅޭގޮތުން ކެތްކޮށްލައިގެން ޒީވާއަށް އިނދެވެނީ ހަމަ ކިރިޔާއެވެ. އެކަމާއި ހުރެ ޔޫމީން ގޮވާލުމުން އޭނާއަށް ޖަވާބުވެސް ދެވުނީ ފުދޭވަރަކަށް ބާރަށެވެ. ޔޫމީން ދެލޯ ބޮޑުކޮށްލައިގެން އިނދެ ފަހަތައް ޖެހުން އިރު ބައެއް ކުދިންގެ ނަޒަރު އޭނާއަށް ހުއްޓީފައި ވީ ތަން ފެނި ޒީވާގެ މުޅިމޫނު ލަދު ގޮސް ރަތްވިއެވެ. ޔޫމީން ހިނިއައިސްފައި އިނދެ ކިހިނެތްތޯ ވީ ސުވާލްކުރުމުން ކަމެއް ނުވާ ކަމަށް ބުނެ ޒީވާ ބޯހޫރާލިއެވެ.
ހީކުރި ވަރަށް ވުރެން އަވަހަށް ކުލާސް ނިމިގެން ދިޔައެވެ. ” ސީ ޔޫ ޓްމޯރޯ ގާއިޒް.. ” އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލަމުން އިޒާން ނުކުމެގެން ދިޔައެވެ. އޭނާގެ މިޒާގު ގައި އަންހެންކުދިންނާ ހުންނަ ދުރު ކަމާއިހެދި ގިނަ ކުދިންނަށް އިޒާން “ރޫޑް” ކަމަށް ފާހަގަ ވި އިރު އަނެއްބައި ކުދިން ތުއިވަމުން ދިޔައީ އެހާ ރީތި ފިރިހެނަކު ނުދެކޭކަމަށް ބުނެއެވެ.
އިޒާން ދިޔަ ފަހުން އެކި ކުދިން އެކަކު އަނެކާއި ތައާރަފް ވަމުންދިޔައެވެ. ހުރިހާ ކުދިން ސަލާމް ގަލާމް ކުރަމުންދިޔައިރު ތިންކުއްޖަކު ދުރުގައި ތިއްބެވެ. އެހެން ކުދިންނާ ހިލާފަށް ގަޔަށް ބާރު ހެދުންތަކުގައި ތިބި އިރު އަރި އަކަށް ގުދުވެލިޔަސް މުޅިންވެސް ހަށިގަނޑުގެ ބޮޑުބައި ފެންނާނެ ކަހަލަ ހެދުން ހެދުމެވެ. ތިންމީހުންގެ ތުންފަތުގައި ޖައްސާފަ ހުރި ކުލަތަކާއި މޫނުމަތީގައި ހާކާފައިހުރި ފައުންޑޭޝަން ތަކުން ހީވަނީ މޫނު މައްޗަށް އެތައް ބައިވަރު ކުލަފާޓާތަކެއް އޮއްސާލާފައިވާ ހެންނެވެ. އެ ތާގެ ގަވާއިދު ބުނާގޮތުން އެހާ ކުރު ހެދުން ލުމަކީ މަނާ ކަމެކެވެ . ފިޔަވަޅު އެމީހަކާއިމެދު އެޅޭނެ ކަމެވެ.
“އިޒާން.. އިޒާން އިޒް ސޯ ހޮޓް .. ހީ ލުކްސް ސޯ ޔަންގް .. ވޯހް ..ހީ އިޒް މައި އައިޑަލް ޓައިޕް.އެންޑް .ހީޒް ސޯ ސޯ ސެކްސީ..” ދުރުގައި ހުރި ޒީވާ އާއި ޔޫމީން ފަހަތް ބަލައިލެވުނީ އަޑަށް ބާރުލާފައި ތުއި ގޮތަކަށް އަންހެން ކުއްޖަކު ބުނެލުމުންނެވެ. އޭރު އެ އަންހެން ކުއްޖާއަތުގައި އޮތް ކުޑަ ފުއްދަޅުގެ ލޯ ގަނޑުން ބަލަމުން އަތުގައި އޮތް ލިޕްސްޓިކް ނަގާ ތުންފަތުގައި ހާކާލަ ހާކާލަ ހުއްޓެވެ. އޭރު އޭނާގެ ކައިރީ ދެން ތިބި ދެމީހުންވެސް ހަށަން ބަދެލައިގެން ތިއްބެވެ.
“ވާނީ .. ޔޫ ހޭވް އަ ބޯއިފުރެންޑް ރައިޓް..” ކައިރީގައި ހުރި ޔަލްވީއާއި ދިމާ ބަލާލަމުން ޢޭސްލީ ބުނެލިއެވެ. “ހުއް ވަޓް އެވާރ.. އިޒާން ލިބެންޏާ ބީ އެފް ވެސް ދޫކޮށްލަން ތައްޔާރު ..” ލިޕްސްޓިކް ހިފާއިގެން އެހުރި ގޮތައް ހުރެ ވާނީ ބުނެލިއެވެ.
އެތިންމީހުންގެ ވާހަކައިން ނުހޭން އުޅުނު ނަމަވެސް ޔޫމީންއަށް އަޑުގެ ނެތްތަނަށް ހޭންފެށުނެވެ. މުޅި ކުލާހުގެ ހުރިހާ ކުދިންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ނަމަވެސް މި އަންހެންކުދިންތަކުގެ މޮޔަކަމުން ޔޫމީންއަށް ހަމަހެވެނީއެވެ. ލޮލުން ފެންއަންނަންދެން ހުނެވެ.
ވާނީ އާއި އޭނާގެ ގާތުގައި ތިބި ޔަލްވި އާއި އޭސްލީ ޔޫމީން އަށް ބަލަހައްޓައިގެން ތިބި އިރު ވާނީ ގެ ރުޅިވެރިނަޒަރު ޒީވާގެ ލޮލުގައި އަޅައިގަތެވެ. ޒީވާ އަވަސްއަވަހަށް ޔޫމީން ގާތުގައި ނުހޭންބުނެލި ނަމަވެސް ޒީވާ އަށްވެސް ހެވެންފެށީ ޔޫމީން ހެއުން ނުހުއްޓުމުންނެވެ. އޭރު ކުލާހުގެ ފިރިހެންކުދިންތައް އަދި ގިނަ އަންހެންކުދިންތައް ވެސް ތިބީ ވާނީ ވާހަކަ އިވިފައި ހެވިދާނެތީ އަނގަމަތީގައި އަތްއަޅާއިގެންނެވެ. ޒީވާ ސިހުނީ އަތުގައި އޮތް ލިޕްސްޓިކް ފުޅި ކާރީގައި ހުރި އޭސްލީއަތައް ދިނުމަށްފަހު ރުޅިވެރިކަމާއެކު ބަލަހައްޓައިގެން ހުރެ ޔޫމީން އާއި ދިމާލަށް އަންނަމުންދިޔަ ވާނީ ފެނިފައެވެ.
ވާނީ އައިސް ކުރިމަތީގައި ހުއްޓުމުންވެސް ޔޫމީން އަށް ހަމަ ހެވެނީއެވެ. “ބިޗ*** ޑިޑް އަ ސޭ ސަމްތިންގް ފަނީ..ވަޓްސް ރޯންގް ވިތް ޔޫ..”ރުޅިވެރިކަމާއެކު ވާނީ ހަޅާއްލަވައިގަތީ ޔޫމީން ހޭވަރުން ރުޅިގަދަވެގެންނެވެ.
“ޔޭޒްޒް ބިޗ*** ހެވޭނެ ދޯ ތިކަހަލަ އެއްޗިސް ކިޔަންޔާ ..ހައްހައްހާ.. ކިތަންމެ ވަރަކަށް ތި ކުލަފާޓާތައް މޫނުގައި ހޭކިޔަސް އޭނާ ކާމިޔާބެއް ނުވާނެ.. ސޯ ޑޯންޓް ހޯޕް ގާއިޒް.. ” ވަރަށް އުނދަގުލުން ހިނިގަނޑު މަތަކޮށްފައި ޔޫމީން ވެސް އަޑަށް ބާރު ލާފައި ވާހަކަ ދެއްކިނަމަވެސް އަނެއްކާވެސް އޭނާއަށް ހެވިއްޖެއެވެ. ވާނީ ގާތައް އައި ރުޅިން ޔޫމީންގެ މޫނުމަތީގައި ޖަހަން އުޅުން ވަގުތު ހުށިޔާރު ކަމާއެކު ޔޫމީން އޭނާ ހުއްޓުވިއެވެ. “ހައްހައްހާ ..އަހަންނަށް ކާމިޔާބު ކުރެވޭނީ ވެސް.. ކަލޭ ތީ ކާކު.. އެއްވެސް ރީތި ސިފައެއް ހުރި ނަމަވެސް ރަނގަޅު.. އިންނާނެ މީހަކު ވެއްޖެޔާ ކަލެއަށް ދެން ރަނގަޅު…އަހަރެން އޭނާ ހޯދާފަ ހުއްޓާލާނީ ވެސް ..” ވާނީ އޭނާއަށް ދިމާލަށް ބުނެލި ބަސްތަކުން ޔޫމީން ދެރަވިއެވެ. ކައިވަން އާއި ޖެހިފައި އޮތް މައްސަލަ މަތިން ހަނދާންވެ މީހާއަށް މަޑު ޖެހެވުނެވެ.
“އޯހްހް ގާލް.. ޔޫ ބެޓާރ ވޮޝް ޔުއާ ފޭސް ފަސްޓް.. ޔޫ ޓްރައިނަ ސެޓް އިޒާން ވިތް ދޯސް ޑަމްބްނެސް އެޓިޓިއުޑް ހައްހައްހާ..އަދި އެވެސް އިޒާންގެ ކޮއްކޮއާ ފައިޓްކޮށްގެން .. އޭނާ ކޮއްކޮއާއި ދިމާލަށް ތިޔަ ކިޔާލި އެއްޗިސްއިން އިޒާން ނޭނގޭ ތިކުއްޖައާއި ދިމާ ދެން ބަލާލާނެ ކަމެއް ވެސް.. ބެޓާ ޑްރީމް ޓް ގެޓް ނިއު ބީއެފް ފަސްޓް..” ކުލާސް ތެރޭގާއި ތިބި އެންމެންގެ ސަމާލުކަން ދަމައިގަތީ އެންމެންގެ ފަހަތުން އައިސް ޔޫމީންގެ ކުރިމައްޗަށް ހުއްޓުނު އަންހެންކުއްޖާ ފެނުމުންނެވެ. އެންމެން ޔޫމީންމެންގެ ކާރިޔަށް ބޮނޑިވެގެން ތިބުމުން ފަހަތުން މީހަކު އައި ކަމެއް އެކަކަށް ވެސް ނުފެނެއެވެ.
“އީން..” ޔޫމީން އަށް ގޮވާލެވުނީ ފުދޭވަރަކަށް ބާރަށެވެ. ޒީވާ ވެސް ދިޔައީ ސިއްސައިގެންނެވެ. އެފަދަ ގޮތަކަށް އީން ފެނިދާނެކަމަކަށް އޭނާ ހިޔެއްވެސް ނުކުރެއެވެ. ރޭގައި އަލާނިޔަލް އައިސްވެސް އީން އެތާ އުޅޭ ވާހަކަ ނުބުނެއެވެ.
ޒީވާ އަށް ހީލާފައިވެސް އީން އަނގައިން ނުބުނީ ޔޫމީންއަށް ޝައްކުވެދާނެތީ އެވެ. ވަރަށް ސިއްރުން ޒީވާ އަށް އެއްލޯ މަރައިލިއެވެ. ޒީވާ ވެސް ރައްދުގައި ހީލިއެވެ.
އޮރެންޖް ކުލައިގެ ގަމީސްކޮޅަކާއި އައިސްބްލޫ ސްކިނީ ގައި ހުދުކުލައިގެ ޑޮކްޓާރ ކޯޓް އަޅާއިގެން އީން ހުރި އިރު ނުހަނު ޗާލެވެ. ކުލާހުގެ ހުރިހާ ފިރިހެން ކުދިންތައް “ވާހް” އޭ ކިޔަން ފެށިގޮތުން އީންއަށް މަޖާވިއެވެ. އީން އާއި ދިމާ ވާނީ ބަލައިލީ ހަސަދަ ވެރިކަމާއެކުއެއެވެ. ނަމަވެސް ވާނީ ހުރީ އަނގަ ސަކަޜާތްވެފައެވެ. އިޒާން ބޭނުންވެޢޭ ކިޔާފަ އިޒާން ކޮއްކޮއާއި ދިމާލަށް ބަވާލެވުމުން އަނގަ ސަކަރާތްވީއެވެ. ކައިރީގައި ތިބި ޔަލްވީ އާއިއޭސްލީ ގޮވައިގެން އަވަސްއަވަހަށް ނުކުމެގެން ދިޔަތަން ފެނި ޔޫމީންއަށާއި ޒީވާ އަދި އީން އަށް ހެވުނެވެ. ފަހުން ދިމާ ވާނެ ކަމަށް ބުނެ އީން ހިލާފައި އެތަނުން ދިޔުމުން ޒީވާ އާއި ޔޫމީންވެސް ކުލާހުން ނުކުތެވެ.
ކުލާހުން ނުކުމެފައި ވެސް ޔޫމީން ނެގިމަޑުވެފައި ވާތަން ފެނި ޒީވާގެ ހިތައް އުނދަގޫ ވަމުން ދިޔައެވެ. އެއީ ހަމަ އެކަނި ކުލާސް ތެރޭގައި ވީކަންތަކުން އައިސްފައިވާ ބަދަލެއް ނޫން ކަމަކަށް ޒީވާއަށްއެނގެނީ މިއަދު ހެނދުނު އައި އިރު ވެސް ޔޫމީން ހުރީ އެހެން ކަމަށްވީތީއެވެ. “ޔޫމީ ހިގާބަ މެކްޑޮނާލްޑް އަށް .. ދެންމެ މެޕް ބަލައިލިން.. މިތަނާ އެހާ ދުރެއް ނޫނެއް…” ޔޫމީން ހުރިގޮތުން ޒީވާ ބޭނުންވީ ވެގެން އުޅޭގޮތް ސާފްކުރާށެވެ. ވަގުތުން ޔޫމީން ބޯޖަހައިލީ ދެން އިތުރަށް ސިއްރުކޮށްގެން އެކަނި ހުރެ ބޯ ގޮއްވަން ބޭނުން ނުވާތީއެވެ. އެކަމަކު ނީކިޔާ މަތިން ހަނދާންވެގެން އެވާހަކަ ބުނެޏެވެ.
ޒީވާއަށް އަމިއްލަ ބޮލުގައި ޖަހާލެވުނީ އޭނާ ހަނދާނުން އެކަން ކައްސާލީމައެވެ. ވަގުތުން ކައިވަން އަށް ގުޅާލަން ފޯނު ނެގިއިރު އޭނާ ކާރުގައި އިން ވާޙަކަ ބުނެ ކޮށްފައިން މެސެގެއް އައިސް އިނެވެ. ނަމަވެސް ރިޕްލައި ނުދީ ޒީވާ އޭނާއަށް ގުޅާލިއެވެ. “ހޭ ކައި.. މިނީ ސްކޫލަށް ލާދީބާ .. މިއަދު ފަސްޓް ޑޭ ވީމަ އެމީހުން ގެންދަން ޖެހެނީ ނޯމަލް ޑްރެސްގަ .. އަހަރެން އައީ ހުރިހާ އެއްޗެއް ރެޑި ކޮށްފަ .. ޔޫމީ ގޮވާގެން ތާކަށް ދާން ޖެހިގެން …” ކައިވަން ފޯނު ނެގުމުން ޒީވާ އެއްނޭވާ އެއް ހުރިހާ އެއްޗެއް ކިޔައިލިއެވެ . ކައިވަން އާއެކޭ ބުނެ ފޯނު ކަނޑައިލުމުން ޔޫމީންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދަމުން ލަވާލްއަށް މެސެޖް ކޮށްލާފަ ނީކިޔާ ކައިރިއަށް ދިޔުމަށް އެދުނެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ލަވާލްއޯކޭ އޭ ބުނުމުން ކައިވަންގާތު ވެސް އެ ވާހަކަ މެސްޖްއެއް ކޮށްލާފައި ބުންނެވެ.
***
ޒިއުރިކް އިންޓާނޭޝަނަލް އެއާރޕޯޓްގެ ބޭރުގައި ކާރު ޕާކު ކޮށްލުމަށްފަހު ޔަޒަކް ކާރުގައި ލެގިލައިގެންހުރީ މީހަކަށް އިންތިޒާރު ކުރާ ފަދައަކުންނެވެ. އިރު އިރުކޮޅާއި އަތުގައި އޮތް ރޮލެކްސް ގަޑިއަށް ބަލައިލައެވެ. އޭނާ އެހެން ހުޢްޓާ އިޒާން ގުޅާއިފިއެވެ.. “އޭބްރޯ ކޮބާ ނިމޭކަށް ނޫޅޭ ތަ.. މަ މިހުރީ މިހާރު އެއާޕޯޓްގަ.. މަ ޑިއުޓީއަށް ދާން ވާ އިރަށް މި ސޮރު ނުކުމެއްޖެއްޔާ ރަނގަޅު… ކައެ އަންނަންއުޅޭ ދެން..” ޔަޒަކް ފޯނު ކަނޑާލީ އިޒާން އެބަ ދަމޭ ބުނުމުންނެވެ. އެހެން ހުއްޓާ ފޯނަށް މެސެޖެއް އައުމުން ހީލާފައި އެތެރެއަށް ވަނެވެ.
***
ފިރިހެންވަންތަ ހިނގުމުގައި އެއާރޕޯޓު ތެރެއިން ނުކުމެގެން އައި ޒުވާނާއަށް ގިނަ ބައެއްގެ ސަމާލްކަން ހުއްޓެމުންދިޔައެވެ. ހާއްސަކޮން އަންހެންކުދިންގެ ސަމާލްކަން ހުއްޓޭގޮތް ވިއެވެ. ކޮންމެ އަންހެނެއްގެ ދުލު ކުރީގައި ވަނީ “ވޯހް ” މިލަފްޒެވެ. ކަޅުކުލައިގެ ލަގެޖް ދަމަމުން އައި އިސްކޮޅުން ދިގު ބާމަތި ފުޅާ ޒުވާނެކެވެ. ހަމުގެ ކުލަ އަލިވެފައި ބަލާލަން ރީއްޗެވެ. އެޒުވާނާގެ އަސަރުގަދަ ދެލޮލުގެ ޖާދޫގައި އަންހެންކުދިން ޖެހިފައިވި މަންޒަރު ފެނި އޭނާބަލައި އެތެރެއަށް ވަދެގެން އައި ޔަޒަކް އަށް ހެވުނެވެ. “އަންހެނެއްތަ.. ޕިންކް އެއްޗިހިން ލާން..” އޭނާ ލައިފާހުރި ފިޔާތޮށިކުލައިގެ ހޫޑީ އަށް ބަލައިލާފައި ޔަޒަކް ދިމާކޮށްލިއެވެ. ފިރިހެނުންވެސް ލަޔޭ ބުނެ ރައްދުދީފައި އޭނާ ވެސް ހޭންފެށިއެވެ.
“ކޮބާ ޒާންއަކަށް ނާދެވުނެއްނު.. އަންހެނަކަށް ވުރެން ކަންތައް ފަލަވާނެ ހުވާ..ނިޔަލް .. ހިނގާ ދަމާ..” މި ގެންދެވެނީ އަމިއްލަ ކޮއްކޮއަށް ހުރި ހަލާކެއް ކަން ނޭނގި ޔަޒަކް ، ނިޔަލް ގޮވައިގެން އޭނާ އުޅޭ ގެޔަށް ދާން މިސްރާބު ޖެހިއެވެ.
“އާފްޓާ ލޯންގް ޓާއިމް .. އަމް ބެކް.. ..” ޔަޒަކްގެ ފަހަތުން ހިނގައިގެން ނިޔަލްގެ މޫނުމަތީގައިވި މަކަރުވެރިކަމާއި ނުލަފާކަމެވެ.
***
ޔަޒަކްމެން ނުކުމަން ތަން ބަލަން ހުރި އަލާނިޔަލްގެ އެކުވެރިޔާ ވަގުތުން އަވަސްވެގަތީ އަލާނިޔަލްއަށް އެހަބަރުދިނުމަށެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެތަނުން އޭނާ ޢައިބުވިއެވެ. ނިޔަލްގެ ކޮންމެ ހަރަކާތަކަށް އަލާނިޔަލްގެ އެދުމަށް އޭނާގެ އެކުވެރިން ދަނީ ފާރަލަމުންނެވެ. އޭނާގެ އަނދިރި ދުނިޔޭގެ ރަހްމަތްތެރިންގެ އެހީގައި އަލާނިޔަލް ދަނީ ނިޔަލް ކޮންމެ ހަރަކާތަކަށް ވެސް ސަމާލްވަމުންނެވެ.
**
“ވަޓްޓް .. ހީ ކިސްޑް ޔޫ..ވަޓް ދަ..ފްފް**” ޔޫމީން އޭނާއާއި ކައިވަން އާއި ދެމީހުންގެ ވާހަކަ ކިޔައިދީ ނިމުން އިރު ޒީޥާގެ ދެލޯ ބޮޑުވެ އަނގައިގަ ހުރި ކޯކުން އެއްބައި މޭޒަށް ވެސް ބުރައިގެން ގޮސްފިއެވެ. ކައިރި މޭޒުތަކުގައި ތިބި މީހުން ބަލަން ފެށުމުން ޒީވާއަށް ރެއަކާލިއެވެ. އޭރު ޔޫމީން އިނީ ލަދުން ގޮސް އޭނާ ލައިފާއިން ހޫޑީގެ ހުޑްބައި ބޮލަށް ތިރިކޮށްލައިގެންނެވެ. ޒީވާ ގަދަކަމުން ހީލައިފާ ޔޫމީން އާއި ދިމާއަށް ބަލައިލީ އިތުރަށް ކިއައިދޭށޭ ބުނާފަދައަކުންނެވެ.. އެހެން މޭޒުތަކުގައި ތިބި މީހުން އެމީހުންގެ އަމިއްލަ ކަންތަކަށް ރުޖޫއަ ވުމުން ޔޫމީން ދެން ނުކިޔާ ދޭނަމޭ ބުނެ ޒީވާއާ ދިމާލަށް ލޯ އަޅައިލިއެވެ. ” އެއަށް ވުރެން ބާރަށް ހަޅޭއްލަވާނަން ނުކިޔާ ފިއްޔާ..”ނުލަފާ ހިންޏެއް ހީލައިގެން ޒީޥާ ކޯކުތަށީގައި ތުންޖަހާލިއެވެ. ޔޫމީން ލޯއަޅާލިއެވެ.
ކައިވަން އާއި އޭނާގެ ވާހަކަ ފެށިއެވެ. ދެރަވެފައި އިނދެ ކައިވަން އޭނާއާއި ދިމާލަށް އެކި ދުވަސް މަތިން މަޖަލަކަށް ހަދާފައި ބުނެފައި ހުރި ބަސްތައް އަދި އޭނާގެ ހިތުގައި ކައިވަން އާއިމެދު އުފެދިފައި ސަކުވާތަކާއި އިހްސާސްތައް ފުރަތަމަފަހަރަށް ޒީވާގެ ކުރިމަތީގައި ބަންޑުން ކޮށްލިއެވެ.
ކުރިޔާއި ހިލާފަށް މިފަހަރު ޒީވާގެ މޫނުމައްޗަކުން ހައިރާންކަމެއް ނުފެނެއެވެ. ” ޒިވީ. އޭނާ އަހަރެންދެކެ ލޯބި ނުވާ އިރު އަހަރެންގެ ފަރާތުން ނާޖާއިޒް ފައިދާ ނަގާކަށްނު އެއުޅެނީ..” ޔޫމީން އެހެން ބުނުމުން ޒީވާ އަށް ވަގުތުން ނޫނެކޭ ބުނެވުނެވެ.. “ސާބަސް.. ޔޫމީ އަށް ހަމަ ސާބަސް .. ކޮންމެ އެއްޗެއް ވެސް ތި ނަގަނީ އެންމެ ނެގެޓިވްކޮން ..ޑޫ ޔޫ ލަވް ހިމް ..” ވަރަށް ވިސްނަން އިނދެފައި ޔޫމީންގެ މޫނަށް ބަލަން އިނދެފައި ޒީވާ އަހއިލިއެވެ. އޭރު ޔޫމީންގެ މުޅި މޫނު ރަތް ވެއްޖެއެވެ. ޒީޥާއަށް ޔޫމީންގެ މޫނުމަތިން ފެނުނު ލަދުރަކި ކަމުން ޖަވާބު ލިބުނަސް އޭނާ ބޭނުންވީ ޔޫމީންގެ އަނގައިން ޖަވާބު ނެރުއްވާށެވެ. ޒީވާ ތިންހަތަރު ފަހަރު އެހުމުން އެންމެފަހުން ޔޫމީންއަށް ބުނެވިއްޖެއެވެ. “ޔެސް އައި ޑޫ.. ބަޓް ހީ ޑަޒްންޓް..” ޔޫމީންގެ ދެލޯ އޭރު ވަނީ ފެންކަޅިވެފައެވެ. ޔޫމީންއަށް ވަމުންދިޔަގޮތް ފެނި މިފަހަރު ޒީވާ ކައިރިޔަށް އައީ ލާނެތް ހިންޏެކެވެ. އޭނާގެ ފޯނު ނަގާ އިއްޔެރޭ ކައިވާން އާއި ޔޫމީން އެކަކު އަނެއްކަކަށް ގެއްލިފާ ތިއްބާ ޒީވާ އެމީހުންނަށް ނޭނގޭނެހެން ނަގާފަ އިން ފޮޓޯ ދައްކާލިއެވެ.
“ޔޫމީ ތިބުނީ މިވެސް އޭނަ މަޖަލަކަށް ކޮށްފައިން އިން ކަމެކޭތަ.. ކަމޯން.. ކައިވަން އެއީ އެގޮތައް އުޅޭ މީހެއްނޫން .. ކިތައް އަހަރު އެއްކޮން އުޅޭތާ މި ވީ..އޭނާ އެއީ ދުވަހަކު އަންހެންކުއްޖަކާ އެއްކޮން ޑޭޓްއަކަށް ވެސް ދިޔަ މީހެއްނޫން..އެންމެ ކުޑަމިނުން ފްލާޓް ކުރަން އޭނާއަށް އެނގޭ ކަމާމެދު ވެސް މަށާއް ޝައްކު… މަށައް ފެނޭ އޭނަގެ ލޮލުން ޔޫމީއަށް ލޯބި… ދެން ނާހާތި އެއީ ކިހިނެތް ހޭ…” ހިނިއައިސްފައި އިނދެ ބުނި ނަމަވެސް ޒީވާގެ އަޑުގައިވި ސީރިޔަސްކަން ޔޫމީންއަށް ސިއްރެއް ނުވިއެވެ. އެތައް އިރަކު ޒީވާ ވިސްނައިދިނުމުން ޔޫމީން ހަމައަކަށް އެޅުނެވެ. ދެމީހުންގެޔަށް ދިޔައީ ނީކިޔާ ސުކޫލަށް ގެންގޮސް ގެނައިރު ވެސް ޒީވާ ނައުމުން ކައިވަން ކޮބާތޯ ބަލަން ގުޅުމުންނެވެ.
***
ފަތިހުގެ ފިނިވަގުތު ވެސް ލޮލަށް ނިދިނައިސްފައި ޒީވާ އެނދުގައި ފުރޮޅި ފުރޮޅި އެނދުގައި އޮތެވެ. ރޭ ހަތަރު ދަމުވެސް އޭނާ އުޅުނީ އެކަހަލަ ގޮތަކަށެވެ. ދެލޮލުގައި ނިދީގެ ކަމެއް ވެސް ނެތެވެ.
އިޒާން ފެނުނީންސުރެން އޭނާގެ ހިތުގައި އެނޫން ނަމެއް ނުވެއެވެ. ދެމީހުން އެކުގައި އުޅެފައި ވި ދުވަސްތައް ސިފަވަނީއެވެ. ދުޅަވެފައިވީ ދެލޮލުން ޒީވާ އެތައް އިރަކު ރޮވެފައިވާ ކަން ހާމަ ވެއެވެ. އޭނާގެ ހިތައް ކިތަންމެ ތަދުވިއަސް އިޒާންގެ ގާތައް އަދި ދެވޭކަށް ނެތެވެ. ކެތްތެރިވެގެން ހުރުން ނޫން ގޮތެއް އަދި އޭނާއަކަށް ނުވެއެވެ. އެހެން އޮއްވާ ގަޑި ދިޔަގޮތް ވެސް އޭނާއަށް ރޭކާނުލިއެވެ. ކުއްލިޔަކަށް ޒީވާ ސިހުނީ ދޮރުގައި މީހަކު ތަޅާއިގަތު،މުންނެވެ. ކަންނެތް ގޮތަކަށް ހިނގާލައިފާ ދޮރު ހުޅުވާލިއިރު ފުރަތަމަވެސް ޒީވާ އަޅައިގަތީ ކައިވަންގެ ފުސްމޫނެވެ. ކައިވަން ރެޑީ ވެފައިވާތަން ފެނި ޒީވާއަށް ގަޑި ބަލައިލެވުނެވެ.
“ޕިސް ..މަ މިއަދު ދާނީ ޒީވާ ބަހައްޓާފަ .. ބަލާބަލަ އެއޮތް ހަތެއްޖަހާ ބޮޑު ވީ އޭ .. ދެން ވެސް..” ކައިވަން ގެ ގެ ވާހަކަ ނުނިމެނީސް ދެލޯބޮޑުކޮށްލާފައި ބިރުވެރި ވައްތަރަކަށް ހަޅޭޢްލަވާ ގަނެ ޒީވާ ބަންލާފައި ދޮރުޖަހާލިއެވެ.
ކައިވަން ގާތައް ހިނިއައެވެ. ޒީވާއަށް ވެފައި ހުރި ގޮތުން ހިނި ނާންނަ ވަރެއް ނޫން ވިއްޔާއެވެ. ކައިވަން އެނބުރި ހިނގައިގަންތަނާ މިނިމެނީ އޭ ކިޔާފައި ޒީވާ ގޮވައިލިއެވެ.
ކައިވަން ތިރިއަށް ފޭބި އިރު ޔޫމީން އެގޭ ދޮރުމަތިގައި ހުރެ ޖަހަމުންދިޔަ ސަކަރާތް ކައިވަންއަށް ފެނުނެވެ. އެއްކޮން ތިރިއަށް ނުފައިބާ ކައިވަން މަޑުކޮށްލީ ޔޫމިން ހަދާއެއްޗެއް ބަލާށެވެ. އެހެން ހުރެފައި ޔޫމީންއާއީ ދިމާލަށް އޭނާ ހިނގައިގަތްއިރު އޭނާގެ މޫނުމަތީގައިވަނީ ލާނެތްހިނިތުންވުމެކެވެ.
ރޭގައި ލަވާލް އާއި އެއްކޮން ބޭރަށް ގޮސްފައި އައިސް ޔޫމީންއަށް ނިދުނީއެވެ. ކައިވަންއާއި ބައްދަލް ކުރާނަމޭ ކިޔާފައި ހުއްޓާ އެހެންވުމުން އޭނާއަށް ކައިވަން ކުރިމައްޗައް އަރަން ނުކުނެރުނީ އެވެ. އެގެޔަށް ވަންނަން ކުރިއަށް އެއް ފިޔަވަޅު އެޅިއްޔާ ފަހަތައް ދެ ފިޔަވަޅު އަޅައެވެ. އެގޮތުގައި ދިހަ ވަރަކަށް މިނެޓް ހޭދަވިފަހުން އޭނާ ސިހުނީ ކައިވަން ކުއްލިޔަކަށް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުމުންނެވެ.
“އަހަރެންދެކެ ބިރުންތަ… “ކައިވަންގެ ފިރިހެންވަންތަ އަޑު އެހާ ގާތުން އިވުމުން ޔޫމީން ލަދުން އިސްޖަހާލިއެވެ. އޭރު އޭނާގެ ކޯތާފަތައް ޖަންބުކުލަ ވެރި ވެއްޖެއެވެ. “އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް.. މިރޭ އެކަމް އަހަންނާ މީޓް ކުރަން ޖެހޭނެ.. އެއިޓްއަށް ރެޑީ ވާތި ..ބަލާ ދާނަން.. ” ކައިވަން ކައިރިވެލާފައި ޔޫމީންގެ އަތުގައި ހިފާލަމުން ބުނެލިއިރު އެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.
ޔޫމީންއަށް އިސް އުފުލާ ބަލާލަން ވެސް ނުކެރުނެވެ. ހުރިގޮތައް ހުރެ ބޯޖަހައިލި އިރު އޭނާގެ މޫނު އިހުނައްވުރެން ރަތްވިއެވެ.
ދެމީހުން ސިހިފައި ދުރަށްޖެހެވުނީ ތެޅެމުން ފޮޅެމުން އައި ޒީވާ ފެނުމުންނެވެ. ނެވީ ބްލޫ ސްކިނީއާއި ކަޅުކުލައިގެ ސްވީޓްޝާޓްގައި ޒީޥާ ފެންނަލެއް ނުހަނު ލޯތްބެވެ. އެއް އަތުން ކަޅު ކުލައިގެ ދަބަސް ހިފައިގެން ހުރި އިރު ކަޅުކުލައިގެ ސްނޯވް ކޯޓް އަނެއް އަތުގައި އޮތެވެ. ތިރިއަށް ފައިބާފަ ވެސް އަނެއްކާ މައްޗައް އަރާފަ ގޮސް ނީކިޔާ ކޮޓާރިއަށް ވަދެފައި އައި އިރު ވަރަށް ހިނިއައިސްފައި ހުރެ ކޮންމެވެސް މީހަކާއި ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ.
ކައިވަން އާއި ޔޫމީން އަށް ޒީޥާއާއި ދިމާލަށް ބަލަހައްޓަގެން ހުރެވުނީ އޭނާ އާދަޔާއި ހިލާފަށް އުފަލުން ހުރެ ފޯނުން އެމީހަކާއި ވާހަކަ ދައްކާތިއެވެ. ކާރަށް އަރާފައި ޒީޥާ ފޯނު ބޭއްވިއެވެ. “ކައީ .. ގެސް ވަޓް.. މަންމަ އާ ބައްޕަ މިކޮޅަށް އަހަރުމެން ކާރިޔަށް ޗޭންޖުވަނީ ކޮއްކޮ ގޮވާގެން …”ދެންމެ ޒުހޫރު ގުޅާފައި ބުނެލި ވާހަކައަކުން ޒީވާހުރީ ވަރަށް އުފާވެފައެވެ. ކައިވަންގެ މޫނު ވެސް ޒީޥާގެ ވާހަކައިން އުޖާލާވިއެވެ. “ވޯހް.. ދެޓްސް ކޫލް.. ” ޔޫމީންއަށް އުފަލުން ޒީވާގައިގާ ބައްދާލެވުނެވެ. ‘ވެލް.. ކޮން އިރަކުން ” ކައިވަން ހިނިތުންވެފައި އިނދެއަހައިލިއެވެ. އެއަށްފަހު ކުރިމަތީގައިން ލޯގަނޑު ވަރަށް ނޫން ކަމަށް ހަދާފައި ޔޫމީން ފެންނާނެހެން އަނބުރާލިއެވެ.
“މިއަދަށް ލިބޭތޯ އުޅެ އުޅެ ނުލިބުނޯ ޓިކެޓް.. އެހެންވެ ދެދުވަސްފަހުން ފަހުން އަންނަނީ …ސަޕްރައިޒްއެއް ދޭންވެގެންނޯ ނުބުނީ.. އެކަމް ގޭ އިންނަތަން ނޭނގޭނެތީ ބުނަންޖެހުނީ އަހަރުމެން ކައިރީ..”ޒީޥާ ހެމުން ހެމުން ކިޔާދިނެވެ. ކައިވަން ގާތައް ވެސް ހިނިއައެވެ.
ޔުނިވާސިޓީއަށް ދެވެންދެން ކައިވަން އިނީ ޒީވާއަށް ސިއްރުން ޔޫމީންއަށް ބަލާށެވެ.
ކައިވަންގެ ނަޒަރު އޭނާއަށް ހުއްޓިފައިވާ ތަން ފެނި ޔޫމީންއިނީ ލަދުންގޮސް އިސް އުފުލާލަން ވެސް ނުކެރިފައެވެ.
ކައިވަންއާއި ޔޫމީން އުޅެމުންދިޔަ ގޮތުން ޒީޥާއަށް ނުހީ ކެތްކޮށްލެވުނީ ކިރިޔާއެވެ. ހިތުން ޒީވާއަށް، ސިއްރުން ދެމީހުން އުޅެމުންދިޔަ ގޮތުން ޒީވާއަށް މަޖާވީއެވެ.
ކާރު ޕާކު ކުރުމުން ޔޫމީން އާއި ޒީވާ އެމީހުންގެ ކުލާހަށް ދާން މިސްރާބު ޖެހިއިރު ކައިވަންވެސް އޭނާގެ ކުލާހަށްދާނެ މިސްރާބު ޖެހިއެވެ.
ކުލާހަށްވަދެ ފަހަތުން ދެވަނަބަރީގެ ކާރިކާރިން ދެ ގޮނޑީގައި ޒިޥާއާއި ޔޫމީން އިށީނެވެ. އޭރު ގަޑިޖެހެން ބާކީ ހަތްވަރަކަށް މިނެޓް އިނެވެ. މަދުމަދުން ކުދިންތައް ވަންނަމުންދިޔައެވެ. ވާނީ އާއި ޔަލްވީ އާ އޭސްލީ ވެސް އައިސް ވަނެވެ. ތިންމީހުން ޒީވާއާއި ޔޫމީން އާއި ދިމާލަށް ތުން އަނބުރާލާފައި ދިޔަގޮތުން ޔޫމީންއަށް ހީނުގަނެވުނީ ކިރިޔާއެވެ. ޒީޥާ ހެވިދާނެތީ އަނގަމަތީއަތް އަޅާއިގެން އިނދެ ޔޫމީން މިއަދުވެސް ބާރަށް
ހޭންފަށާފާނެތީ އޭނާގެ ގައިގާ ވިކާލީއެވެ.
“ޔޫމީ ކޮން ގަޑިއެއް ފަސްޓް އޮތީ..” ހިނިގަނޑު މަތަކޮށްލަމުން ޒީވާ ދަބަހުން ޓިޝޫ އެއް ނަގަމުން އަހައިލިއެވެ. ” އޫމްމް.. ޑޭވިޑް ސާރ ގެ ގަޑި.. ..ދެން އިނީ ޖެހިގެން އިޒާން ސާރ ގެ ގަޑި” ޔޫމީން ޒީޥާއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.
އިޒާންގެ ނަން ބުނުމުން ޒީވާގެ ހިތައް ފިނިވެލިއެވެ. އިޒާންގެ ގަޑި ދެވަނައަށެ ބުނުމުން ޒީޥާއަށް ފުންނޭވާއެއްލެވުނެވެ. “ޔޫމީ … ޔޫމީ ނުވެސް ބުނަމެންނު .. މީ.. އި ..އިޒާން އަކީ ޔޫމީގެ ބޭބެ އެކޭ..” ކުއްލިޔަކަށް އެހެން އެހެމުން ޒިޥާއާއި ދިމާ ޔޫމީންއަށް ބަލައިލެވުނެވެ. ޒީޥާ ވަރަށް ހަމަޖެހިލާފައި ޔޫމީން ގާތު އިޒާންގެ ވާހަކަ އަހައިލި ނަމަވެސް ޔޫމީންއަށް ޒީޥާގެ އަޑުގައިވި ތުރުތުރު އެޅުން ފާހަގަވިއެވެ. ޔޫމީންއަށް ކަމެއް ސައްކުވިއެވެ. ނަމަވެސް ނޭހީ އެވާހަކަ އަހާނީ ކޮން ހައިސިއްޔަތަކުން ކަމެއް އޭނާއަށް ނޭނގުމުންނެވެ. އިއްޔެ އިޒާން ފެނުމުން އާދަޔާއި ހިލާފަށް ޒީޥާ އުޅުންކަން ވެސް ހަނދާންވީ އެވަގުތުއެވެ. އީން އައިސް ޔޫމީންއަކީ އިޒާން ކޮއްކޮއޭ އިއްޔެ އެންމެން ކުރިމަތީގައި ބުނި ނަމަވެސް ޒީޥާ އިއްޔެ ސުވާލެއް ނުކުރެއެވެ. ފަހުންވެސް އޭނާ ގާތު ނާޙައެވެ. ދެން ކުއްލިޔަކަށް މިއަދު އެހާ ޖެހިލުންވެފައި ހުރެ އެ އެހީ ކީއްވެބާއެވެ. ޒީވާ އަނެއްކާ ހަނދާންތައް އާވީބާއެވެ. ޔޫމީންގެ ހިތައް އެރި އެއްޗަކުން ވަގުތުން އޭނާއަށް ތެޅި ގަނެވުނެވެ. އެކަމް އެހެންވާނީ ކިހިނަކުންހެއްޔެވެ. ޔޫމީންގެ ހިތައް އެތައް އެއްޗެއް އަޜާފައިބަމުން ދިޔައިރު އޭނާގެ ބޯ ހާސްވަމުންދިޔައެވެ. ކުލާން ނިންމާފައި ކައިވަން ބައްދަލްކުރަން އެންމެފަހުން ޔޫމީން ނިންމިއެވެ.
ޔޫމީން ސިއްސައިގެންދިޔައީ ޒީޥާ އަނެއްކާ ވެސް އެހުމުންނެވެ. “އަހަރެން ފަހުން ހަނދާން ނުވީ .ޒިވީ ވެސް ނާހާވިއްޔަ.” ޔޫމީން ހީލަފައި ބުނުމުން ޒީޥާ ވެސް ބޯ ޖަހާލަމުން ހީލިއެވެ. އެހިނދު ލެކްޗަރާރް ވަނުމުން ދެން އިތުރު ވާހަކަ އެއް ނުދެއްކުނެވެ.
އެކުލާސް ނިންމާފައި ލެކްޗަރާރް ދިޔުމުން ޒީވާގެ ހިތް ތެޅެންފެށީ އެޔެއް މިޔެއް ބަލާފަކައެއް ނޫނެވެ. އަތްފައ ފިނިވެގެން ދިޔައީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައިއެވެ. ތުންފަތުގައި ދަތް އަޅާއިލެވުނީ ކުލާސް ރޫމު ބޭރުން ފިޔަވަޅުތަކެއްގެ އަޑުއިވިފައެވެ.
( އެޕިސޯޑު 36 )
އެކުލާސް ނިންމާފައި ލެކްޗަރާރް ދިޔުމުން ޒީވާގެ ހިތް ތެޅެންފެށީ އެޔެއް މިޔެއް ބަލާފަކައެއް ނޫނެވެ. އަތްފައި ފިނިވެގެން ދިޔައީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައިއެވެ. ތުންފަތުގައި ދަތް އަޅާއިލެވުނީ ކުލާސް ރޫމު ބޭރުން ފިޔަވަޅުތަކެއްގެ އަޑުއިވިފައެވެ.
ފިރިހެންވަންތަ ހިނގުމުގައި އިޒާން ވަދެގެން އައި އިރު ހުރިހާ އަންހެން ކުދިން ކަޅި ޖަހާނުލާ ބަލަން ތިއްބެވެ. ހާއްސަކޮން ވާނީ އެވެ . މިއަދު އަދި ވާނީގެ މޫނުގައިވި މޭކަޕްތައް އިއްޔެއަށް ވުރެން ގިނައެވެ. އަނގަބޮޑުކޮންގެން ހިނިއައިސްފައި އިނދެ އިޒާންއަށް ބަލަމުން ދިޔަގޮތުން ވާނީ ހީވަނީ މޮޔައެއްހެންނެވެ. ޔޫމީންއަށް ވާނީ ހުރިގޮތުން ހެވޭވަރުން ޒިޥާއަށް ވެސް އެ މަންޒަރު ދައްކާލިއެވެ. ވާނީ ހުރި ގޮތުން ޒީޥާ ގާތައް ހިނިއައި ނަމަވެސް އޭނާ ބޭނުންވީ ވާނީގެ މޫނުމަތީގަ ޖަޙާށެވެ. އިޒާން އަކީ ހަމައެކަނިއޭނާގެ މީހެކެވެ.
ކަޅުކުލައިގެ ގަމީސް ،ކަޅު ޓްރައުޒާގެ ދަށައް ޖަހާ ބެގީކޮށް ،ކަޅުކުލައި ހިމަދިގު ޓައި އެއް އަޅާލައިފާވައިރު އިޒާން ނުހަނު ފިރިހެންވަންތައެވެ. އޭނާގެ ކަސްރަތީ ހަށިގަނޑުގެ ވަރުގަދަން ފާޅޫވޭވޭ ހުއްޓެވެ. އިޒާން ފެނުމުން އަންހެންކުދިންނަށް މިވާ ގޮތުން އޭނާ ހުރީ ފޫހިވެފައެވެ. ނަމަވެސް މާ ބޮޑު އަޅާލުމެއް ނުދީ ކިޔަވާދޭން ފެށިއެވެ.
ވައިޓްބޯޑުގައި ނޯޓްތައް ލިޔެ ނަގަން ބުނެ އިޒާން ގޮސްފައި މޭޒުދޮށުގައި އިށީނެވެ. އެހެން އިނދެފައި ޒީޥާ އާއި ދިމާ ބަލައިލީ އެކަމަށް އެދި އޭނާގެ ހިތް ގޮވަންފެށިވަރުންނެވެ. އިޒާން ސިހުނީ އޭނާއާއި ދިމާލަށް ބަލަހައްޓާގެން އިން ޒީވާ ފެނިއެވެ. އެތައް ދުވަހެއް ފަހުން އެފަދަގޮތަކަށް ދެމީހުންގެ ހަތަރުކަޅި ހަމަވުމުން ދެމީހުންނަށް ވެސް ކުރެވެންފެށީ ތަފާތު އިހްސާސެކެވެ. އިޒާން އަވަސް އަވަހަށް ދުރު ބަލައިލީ ޒީވާ އިސްޖަހާލުމުންނެވެ. އިޒާންގެ ހިތް ތެޅިގަތީ އެވަގުތުގެކޮޅުގެ ނާޒުކު ކަމުންނެވެ. އިޒާންގެ ހިތް އެދި ގޮވަންފެށި ކޮންމެވެސް ގޮތަކުން ޒީވާއާއި ވާހަކަ ދެއްކުމަށެވެ.
ޒީޥާގެ ހިތް އާދަޔާއި ހިލާފަށް ތެޅެމުންދިޔައީ އިޒާން އާއި އެފަދަ ގޮތަކަށް ހަތަރު ކަޅިހަމަވެގެން ދިޔުމުނެވެ. އޭނާގެ ހަމައަކަށް އަޅުވާލަން ދަބަހުންފެންފުޅި ނަގަމުން ފެންފޮދެއް ބޯލިއެވެ.
“ހުރިހާ ކުދިން އަޑުއަހާ.. މި ޔުނިވާސިޓީ މިދިޔަ ސެމިސްޓާގެ ކުދިންގެ ގްރެޑުއޭޝަން އެބައޮއި މިއަންނަ ފްރައިޑޭ ނައިޓްގަ. ސޯ މި ކުލާސް ކުދިންނަށް އެބައޮއި ޗާސް އެއް ލިބިފަ އެ އިވެންޓް އޮގަނައިޒް ކުރަން .. މި ކުލާސް އިން ހޮވާލެވޭ ކުދިންނާއި އަދި އިތުރު ފަސް ކުލާހަކުން ކުދިންކޮޅެއް ހޮވާލާނެ.. އަދި އެއްވާހަކަ.. ކޮންމެ ކުލާސް އަކުން ސެވެން ކުދިން ނަގަނީ.. ދެން ސެވެން އަށް ވުރެން ގިނަ ކުދިން ބައިވެރިވާން ބޭނުން ވަންޏާ ގުރުއަތު ލާގެން ކުދިން ނަގާނީ.. ސޯ މާދަން އެކަން އިންނާނެ.. ސީ ޔޫ ޓްމޯރޯ ގައިޒް..” އިޒާން ފޮތްތައް ހިފައިގެން ދަމުން ޒީވާއާއި ދިމާ ބަލައިލި އިރު ޒީޥާ މިފަހަރު އިނީ އިސްޖަހައިގެންނެވެ.
***
ގެޔަށް ގޮސް ފެންވަރައިގެން ނުކުމެ ނަމާދުކޮށްލައިގެން އިޒާން އެނދަށް ޖެހިގަތެވެ. އެނދުގައި ހަމަޖެހިލުމަށްފަހު އިޒާން ފޯނު ނަގާ ބަލައިލިއެވެ. އޭރު ޔަޒަކްގެ ދެތިން ކޯލަކީ ނިޔަލްގެ މިސްކޯލެއް އިނެވެ. ޔަޒަކްއަށް ގުޅުމުން ފޯނު ނުނެގުމުން އިޒާން ދެން ގުޅީ ނިޔަލްއަށެވެ. ” އޭ ބްރޯ.. ކައެ ތީ ރަނގަޅު މީހެއް ..މަ އައި ފަހުން އެއްފަހަރު ދިމާވި ގޮތައް އަދި ދިމާ ނުވެ ..ޔަޒަކް ވެސް މަ ގެޔަށް ލާފަ ދިޔަގޮތައް ބަހަބަރު.. ފޫހިވެގެން ވެސް ހަލާކު.. ހިނގާބަލަ ކޮފީއަކަށް ..” ނުހަނު ސަކުވާގެ ރާގުގައި ނިއަލް ވާހަކަ ދެއްކިއެވެ.. “މަ ބިޒީ ކަމުންނޭ .. ކޮބާ ކައެ ކޮންތާކު.. މިރޭ ދަމާ ކޮފީއަށް …މަ ގުޅާނަން ނުކުމެފަ..” ނިޔަލް އޯކޭ އޭ ބުނުމުން އިޒާން ބޭއްވިއެވެ. ފޯނު އެނދުމައްޗައް އެއްލާލާފައި އިޒާން އެނދުގައި އަނެއްކާ ވެސް އޮއްތާލިއެވެ. އެހެން އޮއްވާ އޭނާ އަށް ނިދުނެވެ.
***
އަލާނިޔަލް ތައްޔާރުވަމުންދިޔައީ އީންއާއި ބައްދަލް ކުރަންދިޔުމަށެވެ. އެތައް ދުވަހަކަށް ފަހު އޭނާއަށް މިލާންގެ ހަނދާންތަކުން ދުރުވެވިއްޖެއެވެ. އެ ހަނދާންތަކާއި ދުރުވެވުން އިރު އޭނާގެ ހިތުގައި އެހެން އިހްސާސްއެއް ވަނީ އުފެދެންފަށާއިފައެވެ. އީންދެކެ ލޯބި ވެވުން އިރު ވެސް އޭނާއަށް ރެއަކާ ނުލަ އެވެ. އެންމެ ގާތް އެކުވެރިޔާ ދެކެ ލޯބި ވެވުމުން އެކަމާއި ލަދު ހީވެ އަލާނިޔަލްއަށް އީން ގާތު ލޯބިވާ ވާހަކަ ބުނަން ނުކެރި މިއަދާ ހަމައަށް ވެސް އޭނާ ވަނީ ފަސްޖެހެވިފައެވެ. އެހެންނަމަވެސް މިރޭ އޭނާ އެ ތައްޔާރުވަނީ އީންއަށް ލޯބި ހުށަ އަޅާށެވެ. ލޯގަނޑު ކުރިމަތީގައި ތައްޔާރުވަމުންދިޔަ އަލާނިޔަލްގެ މޫނުމަތިގައި ވީ އަންހެންކުދިން ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ. މުށިކުލައިގެ އަތްދިގު ގަމީހުގައި ކަރުގޮތް އަޅުވާފައި ލާފައި ގަދަ ޗޮކްލެޓްކުލައިގެ ޓްރައުޒާ ރަގަޅުކޮށްލިއެވެ. ހިތްފުރޭވަރަށް ސެންޓް ޖެހުމަށްފަހު އަލާނިޔަލް މިސްރާބު ޖެހީ އީން މެންގެ ގެޔަށް އީން ބަލާ ދިއުމަށެއެވެ. ގެއިން ނުކުމެގެން ގޮސް ކާރަށް އެރި އަލާނިޔަލް ސިއްސައިގެންދިޔައީ ކާރު ތެރޭގައި ޑްރައިވާރ ސީޓާއި ޖެހިގެން އިން ސީޓުގައި އިން އޭނާގެ އެކުވެރިޔާ ފެނިއެވެ.
“ރާހިލް ބިރޭ ގަތީ.. “ހިނިގަނޑެއް ޖަހާފައި އަލާނިޔަލް ބުނެލިއެވެ. ނަމަވެސް އޭނާގެ އެކުވެރިޔާ ރާހިލްގެ މޫނުމަތީގައިވީ ސީރިޔަސްކަން ފެނި ހާލަތު ރަނގަޅުނޫން ކަން އަލާނިޔަލްއަށް އިހްސާސް ވިއެވެ. ވަގުތުން ކިހިނެތް ވީތޯ އަހާލިއެވެ. “ޑިފީ .. ހީ އިޒް ހިޔާ.. ނިޔަލް … ” ރާހިލް ކުރުގޮތަކަށް ނިޔަލް އައިވާހަކަ ކިޔައިދިނެވެ. އެއާއެކު އަލާނިޔަލްގެ ލޭ ދިޔައީ ކެކިގެންނެވެ. އޭނާ ކާރުގެ ހުންގާނުގައި ދެއަތުން ވަރަށް ބާރަށް ޖަހާލިއެވެ.
“ވަޓް .. ނިޔަލް އައީ …..ކިހާ ދެރަ ކަމެއް ދެން މި..” އަލާނިޔަލް ރުޅިގަދަވިވަރުން ދިޔައީ ތުރުތުރު ލަމުންނެވެ. “އަހަރެން ހިތައް އަރާ އިޒާން އާ ޔަޒަކްއަށް ކިހިނެތްވެފަ ބާއޭ އެތިބެނީ.. ހަމަ ޝައްކުވެސް ނުވަނީ ބާއޭ ނިޔަލް އަށް..”ރާހިލް ހުރީ ނިޔަލް އާއި ހެދި އިޒާން އާއި ޔަޒަކް މާވަރަކަށް އުޅޭތީ އެކަމާހިތްހަމަ ނުޖެހިފައެވެ. ” ބަލަ އެމީހުންނަކަށް ނޭނގޭނެ ދޯ އެކަލޭގެ މާ މޮޅެތި ޑްރާމަ ސްޓަންޓް ޖައްސަންޏާ… އަހަންނާ ދޭތެރޭގަ އެމީހުން ސައްކު ކުރަނީ ވެސް އެހެންވެ.. ރާހިލް މިހާރް އޭނާ ހުރީ ކޮންތާކު..” އަލާނިޔަލް ސުވާލް ކުރި އިރު ވެސް ނިޔަލް ދެކެ ވެފައި ވެފައި ހުރި ފޫއްސާއި އައިސްފައި ހުރި ރުޅިފާޅު ވެއެވެ. ނިޔަލް އަށް އޭނާގެ އެކުވެރިން ފާރަލާ ވާހަކަ ބުނެ ނިޔަލް ހުރިތަން ރާހިލް ކިޔައިދިނެވެ. މިރޭއެއްކޮން ރާހިލް ގާތު ނިޔަލްއަށް ފާރަ ލާން ބުނެ އަދި ކިތަންމެ ކުޑަކަމެއް އޭނާކުރިޔަސް ހަބަރުދޭން ބުނެ އަލާނިޔަލް ކާރުދުއްވާލީއެވެ.
***
ޔާސިރްއާއި ލަވާލް ޓެރެހުގައިވާ ސޯފާއެއްގައި އިށިނދެގެން ތިބިއިރު ދެމީހުންގެ އަތްތިލަ ވަނީ ގުޅި ލާމެހިފައެވެ. ޔާސިރްގެ ކޮނޑުގައި ލަވާލްގެ ބޯ އެޅިފައިވާ އިރު ޔާސިރގެ އަނެއް އަތުން ލަވާލްގެ ހަށިގަނޑުގައި ފަހަތުން އަތްއަޅުވާލައިފާ ވެއެވެ. އަދިވެސް އެންމެ ޒުވާން ލޯބިވެރިންހާ ޔާސިރްއާއި ލަވާލް ގެ ލޯބި ތާޒާއެވެ. ދެމީހުން ކުރެ އެކަކު ވެސް ބަހެއް ނުބުނެ ތިބި ކަމުގައި ވިޔަސް އެދެމީހުން މޫނުމަތިން އެކަކު އަނެކަކު ދެކެވާ ލޯބި ފާޅުވޭވޭ ހުއްޓެވެ. “ލަވާ .. ލިވީ ގެ ހަނދާންތައް އެނބުރި އަންނާނެ ބާ.. އަހަންނަށް ހީވަނީ ލަވާ އާ ކުދިންނަށް ގެއްލުމެއް ނުލިބެނީސް އަހަރެން ދާންވީހެން އަނެއްކާ ވެސް.. ” ޔާސިރް ދުރު ބަލާލަމުން ހިތިގޮތަކަށް ބުނެލިއެވެ. ވަގުތުން ލަވާލްއަށް ޔާސިރްގެ ކޮނޑުން ބޯ ހިއްލާ ލެވުނެވެ. ” ނޫން ޔެސީ.. ތިހެން ނުހަދާތި ..އަހަރެން މޮޔަ ވެދާނެ.. ލިވީގެ ހަނދާންތައް އިންޝާﷲ އަންނާނޭ… ކޮންމެ ކަމަކަށްވެސް ހޯޕް ކުރަންވާނެ..ވެދާނެ އެންނު ލިވީގެ ހަނދާންތައް އަންނަ ވަގުތު އަދި ނުޖެހެނީ ކަމަށް.. އިރާދު ކުރެއްވީތީ ދެރަގޮތެއް ނުވާނެ..ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު.. ޔެސީ ދެން ތިކަހަލަ އެއްޗެއް ނުބުނާތި..” ލަވާލްގެ ލޮލުން ފޭދިފައި ހުރި ކަރުނަތައް ފުހެލަމުން ޔާސިރް ބޯޖަހައިލިއެވެ. “ބޭބެ ވެސް އިޒާން އަށާއި އެހެން ކުދިންނަށް ކަމެއް ވެދާނެތީ އަހަރެން ކާރި އެކޮޅަށް ދިޔައީ .. އަހަރެން މިކޮޅަށް އައި ދުވަހު ބުނި އަހަރެން މިކޮޅުގަ މަޑުކުރަންޏާ ބޭބެ ވެސް އަންނާނަމޭ.. ދެން މާގިނަ ދުވަހެއް ނުވެ ބޭބެ އަންނާނެހެން ހީވާނީ..” އައްޒާމްގެ މަތިން ހަނދާން ކޮށްލަމުން ޔާސިރް ބުނެލިއެވެ. “ބޭބެއަށް ގުޅާލަބަލަ އަހަރެން ވާހަކަ ދައްކާލަން..” ލަވާލް ، އައްޒާމް އަށް ގުޅަން ބުނުމުން ޔާސިރް އޭނާ އަށް ގުޅާލިއެވެ..
***
އަލާނިޔަލް އީން ބަލާ ދިޔައިރު ގޭގެ ދޮރުމައްޗަށް އީން ނުކުމެފައި ހުއްޓެވެ. އީން ފެނުމުން އަލާނިޔަލްގެ ހިއްސުތަކަށް އެނގުން ވެލައިފިއެވެ. އީންގެ ރީތިކަން ފެނި އަލާނިޔަލްގެ ހިތް އާޝޯހްކޮށްލިއެވެ. ތުންފަތުގައި ޖައްސާފައި ހުރި މަޑު ފިޔާތޮށި ލިޕްސްޓިކް ނޫން އިތުރު މޭކަޕެއް އީން ނުކުރެއެވެ. މަޑު ނޫކުލައިގެ ކަކުލާ ހިސާބައް އަރާހެދުމުގެ މެދާ ހިސާބުގައި ގަދަ ނޫކުލައިގެ ހިމަ ބެލްޓެއް އަޅާފައިވާ އިރު ލާފައިހުރި ހެދުމަށް ވުރެން ތަންކޮޅެއް ދިގު މުށިކުލައިގެ ކޮޓްން ކޯޓްގައި އީން ނުހަނު ފުރިހަމައެވެ.
އަލާނިޔަލްގެ ތޫނު ނަޒަރު ހުއްޓިފައިވުމުން އީންގެ މުޅިމޫނު ރަތްވިއެވެ. އަލާނިޔަލް ކާރުފައިބާގެން އައިސް ކުރީ ސީޓް ހުޅުވާލަ ދިނުމުން އީން ވަގުތުން އެރިއެވެ. އޭނާ އަރާފައި ކާރު ދުއްވާލުމުން އީން މިދަނީ ކޮންތާކަށްހޭ އަހައިފިއެވެ. “ސަޕރައިޒް.. ގެޔާ ވަރަށް ކާރީގަ ހުރި ތާކަށް މިދަނީ ..”އަލާނިޔަލްގެ ފިރިހެންވަންތަ އަޑު ޖެހުމުން އެހެންފަހަރުތަކެކޭ އެއްގޮތައް މިފަހަރު ވެސް އީންގެ އަނގަޔަކުން ބަހެއް ނުނިކުތެވެ. ވަރަށް ހިތްވަރު ކޮށްފައި އޯކޭއޭ ބުނެލިއެވެ. އީން ލަދުގަންނަލެއް އަވަސްކަމުން އަމިއްލަ ނަފްސަށް އަޑުލިއެވެ. ނަމަވެސް އެއީ ގަސްދުގައިކުރާކަމެއް ނޫން ވިއްޔާއެވެ
ދިހަ ވަރަކަށް މިނެޓް ފަހުން ދުއްވުމަށްފަހު އަޅާނިޔަލް މަޑުކުރީ ރެސްޓޯރެންޓްއެއްގެ ކުރިމައްޗަށެވެ. ކާރު ޕާކު ކުރުމަށްފަހު އީންގެ ކައިރީ ހިނނގާށޭ ބުންޏޭވެ. އީންއަށް ހައިރާންވެފައި ބަލައިލެވުނެވެ. އަލާނިޔަލް މިދަނީ ކާކަށް ނޫނޭ ބުނުމުން އީން އެއައީ ގެއިން ވަރަށް ރަނގަޅަށް ކައިގެންނެވެ. ހެނދުނުން ސުރެން ނުކައި ހުރުމުން އީންއަށް އަދި އެހެން ދުވަސްދުވަހަށް ވުރެން ގަދަޔަށް މިއަދު އޭނާއަށް ކާލެވުނެވެ.
އީން ވާހަކަ ދައްކަން އަނގަހުޅުވާލުމުން އަލާނިޔަލް އެކަން މަނާކުރިއެވެ. ވާނުވާގައި ހުރެގެން އަލާނިޔަލް އާއި އެއް ކޮން އެތެރެއަށް ވަންނަން ހިގައިގަތެވެ. ޒިއުރިކްގެ މަސްހޫރު ސެވެން ސްޓާރ ރެސްޓޯރެންޓެއް ކަމަށްވާ “ލެވެންޑާރ ބްރީޒް”ގެ ހަތްވަނަ ފަންގިފިލާއަށް ލިފްޓުން އަރައިގެން ގޮސް އަލާނިޔަލް ހުއްޓުނީ އެ ފްލޯގެ އެއްފަރާތެއްގައި ހުރި ކޮޓަރިއެއްގެ ކުރިމަތީގައިއެވެ. ” އީން ލޯމަރައިލަބަ..” އަލާނިޔަލް ، އީންގެ މަޑުމަޑުއަތުގައި ހިފާލަމުން ބުނެލިއެވެ .. ފިނިވެފައި ހުރެ އީން ވަގުތުން ލޯމަރައިލިއވެ.
އަލާނިޔަލް އީންގެ އަތުގައި ހިފައިގެން ހުރެ އެކޮޓަރިޔަށް ވަދެ އީން ގެންގޮސް ބެހެއްޓީ ކޮޓަރި މެދެއް ހާ ހިސާބުގައިއެވެ. “ދެން ލޯހުޅުވާ..” އަލާނިޔަލްގެ އަޑު ކަންފަތުގައި ޖެހުމުން އީން ވަގުތުން ލޯ ހުޅުޥާލިއެވެ. އީން ފަހަތައް ޖެހެވުނީ ސިހުނު ވަރުންނެވެ. މުޅި އެތާގެ ބިން ވަނީ ވަނީ ރަތްކުލައިގެ ފިފިފެންމާ ފިޔަ އާއި ދަނޑި ލާފައި ހުރި ރަތްކުލައިގެ ފިނިފެންމާ އިން ފޮރުވާލާފަ އެވެ. އެއްފަރާތެއްގައި “ޑައިނިން” މޭޒެއް އެއް ހުރިއިރު އެ މޭޒާއި މޭޒުގެ ދެފަރާތުގައިވާ ދެ ގޮނޑީގައިވަނީ ހުދު ފޮތިއަޅާފައެވެ. މޭޒުގެ ވަށައިގެން ވަށްބުރަކަށް ވާހެން ބޮޑެތި އުއްބަތި ޖަހާފައި ހުރި ބަލާލަން ނުހަނު ރީއްޗެވެ. ދެގޮނޑީގައި ރަތްކުލައިގެ ރިބަން އައްސާފައިވާ އިރު މޭޒުމަތި ވެސް ތަރުތީބު ކޮށްލާފައި ހުރިގޮތުން އާސޯހުވާ ވަރު ވެއެވެ. ބިއްލޫރި ވާސްއަކަށް ހުދުކުލައިގެ ތާޒާ ފިނިފެންމާ ބޮޑިއެއް ޖަހާފައި ހުރިއިރު ވާސްގެ މެދާ ހިސާބައް ފެން އަޅާފައި ހުއްޓެވެ. މޭޒުމައްޗައް ރަތާއި ހުދުގެ ފިނިފެންމާ ފިޔަ އަޅާފައި ވާއިރު ދެތިން ވައްތަރެއްގެ ކާއެއްޗިސް މޭޒުމަތީގައި ވެއެވެ. ފުލައް ހިމަ ދެ ތަށި މޭޒުގެ ދެކޮޅުގައި ވާއިރު އެޕަލް ސައިޑާރ ފުޅިއެއް މޭޒުމަތީގައި ވެއެވެ. މެޒުގެ އެއްފަރާތުގައި ރަތްކުލައިގެ ހިތް ބައްޓާމަށް އިން ކުޑަ ކޭކެއް އިރު އޭގެ ވަށައިގެން ކުދިކުދި އުއްބައްތި ހުރުމުން އިތުރަށް ފުރިހަމަ އެވެ.
ޑައިނިން މޭޒު ހުރި ދިމާ ނޫން އަނެއް ދިމާލުގައި ހުރި އިތުރު މޭޒެއް މަތީގައި ރަތްކުލައިގެ ބޮޑު ފިނިފެންމަލުގެ ބުކޭ އެއް އޮތެވެ. އީންގެ އަނގައިން ބަސް ހުއްޓިފައިވާ ކަހަލައެވެ.
ފުރަތަމަ ވެސް އީން ސިހުނީ ކުރިމަތީގައި ހުރި ފާރުގައި ފެއަރީ ލައިޓްސް އިން ޖަހާފައިން ލިޔުންކޮޅު ފެނިފައެވެ. ” ވިލް ޔޫ މެރީ މީ ..” ފާރުގެ އިން ލިޔުންކޮޅު ވެސް އީން އަށް ކިޔުނީ ފުދޭވަރަކަށް ބާރަށެވެ. ” މީ ..މީ.. މި ޑިފީ ގެ ޖީ އެފް އަށް ޕްރޯޕޯސް ކުރަން ރެޑީ ކޮށްފަ ހުރި ތަން ތަ.. އަހަރެންނަށް ދައްކާލަން ގެނައީ ދޯ.. އޯކޭ ވަރަށް ރީތި.. ދެން އަހަރެން ދަނީ..” . އީން ހީކުރީ އަލާނިޔަލް އެހެން ކުއްޖަކަށް ލޯބި ހުށަހަޅަން ތައްޔާރު ކޮށްފައި އޭނާއަށް ދައްކާލަން ގެނައީ ކަމަށެވެ. ވަގުތުން އީންގެ ދެޅޯ ފެންކަޅިވިއެވެ. އެތަނުން ދިޔުމަށް ހިނގައިގަން ވަގުތު އަލާނިޔަލް އޭނާގެ އަތުގައި ހިފާ ދަމާ ލުމުން އީން އައިސް ތަތްވީ އަލާނިޔަލްގެ ތަނަވަސް މޭމަތީގައެވެ. އީންއަށް ރޮވިފައި ހުރި ނަމަވެސް އަލާނިޔަލް އަށް ހެވުނީ އީން ދާން އުޅުން ގޮތުންނެވެ. ނަމަވެސް ހިނިގަނޑު ކޮންޓްރޯލް ކުރިއެވެ.
“ސާބަސް އީން އަށް އިނގޭ ހަމަ.. އީން އެއް ވެސް ނުގެންނާނެ ދޯ އެހެން ކުއްޖަކަށް ޕްރޮޕޯސް ކުރަން އުޅުން ނަމައެއް .. ..އީން .. އަހަރެން މިއަދު މިލާންގެ ނަން ހިތުން ފުހެލާފިން.. އަހަންނަކަށް ނޭނގޭ އަހަންނަށް އީން ދެކެ ލޯބިވެވުނީ ކިހިނެތް ކަމެއް ވެސް،.. ބަޓް އައި ރިއަލީ ޑޫ .. އައި ލަވް ޔޫ ސޯ މަޗް .. އީން ދިޔައީ އަހަރެންނަށް ދެގޮތެއް ނުވެ ދިމާވި ކޮންމެ ކަމެއްގައި އެހީވަމުން .. ކޮންމެ ވަގުތަކު ވެސް އަހަރެން މީހެއްގެ އެހީ އެންމެ ބޭނުންވާ އިރު އީން ހުރެދޭ.. އެކަމަކު އެހެންވެ އެންނޫން އިންނަން މި އެހީ.. އަހަރެން ހަމަ އީން ދެކެ ލޯބިވާތީ .. އައި ލަވްޔޫ ގާލް .. ސޯ މަޗް” އަލާނިޔަލް ގެ މޫނުމަތިން އީން ދެކެ ލޯބިވާ ވަރު ހާމަ ވޭވޭ ހުއްޓެވެ.
އީން އަށް ވީ ތަފާތު ގޮތެކެވެ. އެތައް އަހަރެއް ވަނދެން ކުރި އިން އިންތިޒާރް އެންމެފަހުން ނިމުނީ އެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައިރު އީންއަށް އަނގަވެސް ހުޅުޥާ ނުލެވުނެވެ. އީންގެ ކެތްތެރިކަން ކޮޅުލައިގެން ގޮސް ރޮވެންފެށުނެވެ. އަލާނިޔަލް ކައިރިޔަށް ޖެހިލާފައި އީންގެ ދެލޮލުން އައިސްފާވި ކަރުނަތައް ފުހެލަދިނީ ނުރޯށޭ ބުނަމުންނެވެ.
އަލާނިޔަލް ، އީންގެ ކުރިމަތީ އުޑަފައިން އިށީންދެ ޖީބުން ނެގި ކުޑަ ފޮއްޓެއް ހުޅުވާފައި އެހެއް ޖަހާފައިން ހުދު ރަނުގެ އަނގޮޓިއެއް ނެގިއެވެ. އީންގެދެލޯ ތަރަތަރަޖަހައިގެންދިޔައެވެ. “އީން ޕްލީޒް މެރީ މީ..ވިލް ޔޫ..” އަލާނިޔަލް އަނގޮޓި ދިއްކޮށްލައިގެން އިނދެ އަހައިލިއެވެ. އީންގެ ބޯ ޖަހައިލަމުން އަލާނިޔަލްއާއި ދިމާލަށް ވައަތުގެ ކަށި އިނގިލި ދިއްކޮށްލިއެވެ. އަލާނިޔަލް ، އީން އަތުގައި އަނގޮޓިއަޅުވާލުމުން އީންއަށް ދެލޯމަރައިލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.
ދެލޯ މަރައިލާގެން ހުރި އީން ސިހުނީ އޭނާގެ ތުންފަތައް އަލާނިޔަލްގެ ތުންފަތް އިހްސާސް ވުމުންނެވެ. އީންއަށް ވެސް އެކަމުގައި ބައިވެރި ވެވުނެވެ. ދެމީހުން އެގޮތުގައި ތިއްބާ ސިހުނީ އަލާނިޔަލް ގެ ފޯނު ރިންގުވާން ފެށުމުނެވެ. އީން އާއި ދުރުވެލާފައި އަލާނިޔަލް ފޯނައް ޖަވާބު ދިނެވެ.
“ވަޓްޓް .. ކޮންތާކު ޒީވާ ހުރީ.. އަހަރެން މިދަނީ ސްޓޭ ދެއާ” އަލާނިޔަލްގެ މޫނައް ރުޅިވެރިކަން ވެރިވުމުން އީން އަށް ކިހިނެތް ހޭ ވީ އަހައިލެވުނެވެ. ކުރުގޮތަކަށް އޭނާ ކިޔައިދިނުމުން އީން ވަގުތުން ހިނގާށޭ ދާން ބުންނޭވެ.
***
ނިޔަލް ކިޔަން ފެށުމުން އިޒާން އައީ ޒިޔުރިކް އަވަށުގެ މެދެއްހާ ހިސާބުގައި ހުންނަ ކުޑަ ވަރެއް ގެ ކޮފީ ޝޮޕަކަށެވެ. ރޭގަޑުގެ އެހަމަ ހިމޭން ވަގުތު ބޯކޮން ސްނޯ ވެހެމުންދިޔަ ނަމަވެސް އެތަން ފެންނަނީ ނުހަނު ބާރު ބޮޑުކޮންނެވެ. އިޒާން ވަދެގެން ގޮސް އެންމެ ކަނައް ވާހެއް އިންމޭޒު ދޮށުގައި އިށީން އިރު ނިޔަލް މާކުރި އައިސް އިނެވެ.
އެމީހުންނާ މާދުރު ނޫން ހިސާބެއްގައި އިން މޭޒެއްގައި ރާހިލް އިން އިރު އޭނާ އިނީ އެމީހުންނަށް ފުރަގަސް ވާހެންނެވެ.އިޒާން އިއްތާފައި ނިޔަލްއާއި ވާހަކަ އަޅުވާލުމުން، ނިޔަލްގެ ނުލަފާ ކަމާއި މަކަރުވެރިކަން އިނގުމުން އިޒާން ހަމަ އެހާ ރީތިކޮން ވާހަކަ ދައްކާނެބާއޭ ރާހިލްގެ ހިތައް އަރަމުންދިޔައެވެ.
“މޭން ސޮރީ.. ޓްރެފިކްގައި ޖެހުނީމަ ލަސްވީ..” އިޒާން އައި އިރު ނިޔަލް ހުރީ ކޮފީ ވެސް ގެނެސްފައިކަމުން ކޮފީތަށި ނަގާ ތުމުގައި ޖަހާލަމުން އިޒާން ބުނެލިއެވެ. އެކަމެއް ނޫނޭ ބުނެ ނިޔަލް ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ވަރަށް ނިޔަނެތި މީހެއްހެންނެވެ.
“ކައެ މެރީ ކުރާކަށް ނުވޭތަ..ކޮބާ ލިވިޔާ” ނިޔަލް އަހައިލިއިރު އޭނާގެ މޫނުމަތީގައި ވިހަ ހިނިތުންވުމެއް ވެއެވެ. އިޒާން އިސްޖަހާގެން އިނުމުން ނިޔަލްގެ މޫނުމަތީގެ ކުލަވަރެއް ނުފެނެއެވެ. ނަމަވެސް ނިޔަލްގެ އެ ސުވާލުން އިޒާންގެ މުޅި ތަބީއަތު ބަދަލްވިއެވެ. ނިޔަލް، ލިވިޔާ އޭ ބުނެ ވާހަކަ ދައްކަން ފެށުމުން އިޒާން މިއަދު ބޭނުންވީ އޮއްބާލާށެވެ. ނިޔަލް އެހެން އެހުމުން މިއަދު އިޒާން އަށް އެހެން ކަހަލަ އުނދަގުލެއް ދިޔައީ ވަމުންނެވެ. އެހެން އިނދެފައި އަވަސް އަވަހަށް ކޮފީ ތަށި ހުސް ކޮށްލާއިގެން ތެދުވީ ކަމެއް ކުރަންވެފަ އެބައޮތޭ ބުނެއެވެ. ނިޔަލް ވެސް އޯކޭ އޭ ކިޔާ ނުކުންނަން ފެށިއެވެ.
އިޒާން ގޮސްފައި ކާރަށް އަރާ ގެޔަށްދާން މިސްރާބު ޖެހިއެވެ. އިޒާން ކާރު ދުއްވާލިތަން ބަލަން ހުރެ ނުލަފާ ވައްތަރަކަށް ހީލަފައި ނިޔަލް އެރީ އޭނާގެ ކާރަށެވެ. ނިޔަލްގެ މިސްރާބު ހުރީ ޒީޥާ މެން ދިރިއުޅޭ ގެޔާއި ދިމާލަށެވެ. އެ ކޮފީ ސޮޕާއި ޒީޥާ ދިރިއުޅޭ ގެ ފުދޭވަރަކަށް ކާރިއެވެ.
އެމީހުންގެ ފަހަތުން ނުކުން ރާހިލްއަށް ނިޔަލް އެދިމާލަށް ދިޔުމުންވެސް އޭނާ ކުރަން އެ އުޅެނީ ރަނގަޅު ކަމެއް ނޫން ކަން އިހްސާސްވިއެވެ. ވަގުތުން އަލާނިޔަލް އަށް ގުޅާފައި ހަބަރު ދީ އޭނާގެ މޮޓޯ ސައިކަލްގައި ބާރު ސްޕީޑްގައި އެދިމާލަށް މިސްރާބު ޖެހިއެވެ.
****
ގެޔައްދާން މިސްރާބު ޖަހާފައިވެސް ޒީވާގެ މޫނު ބަލާނުލާ ދާން ހިތް ނޭދުމުން އަނެއްކާ ވެސް ކާރު އަނބުރާލިއެވެ. އެގެޔާ ދިމާލަށް މިސްރާބު ޖަހާ ކައިވަންގެ ފޯނަށް ގުޅާލީ ޒީވާ ޓެރެސްއަށް ނެރެދޭށޭ ބުނަން ބވެގެންނެވެ. ނަމަވެސް ކައިވަން ފޯނު އޮތީ ނިއްވާލާފައެވެ. އިޒާން ކާރު ދުއްވަމުން ގޮސް ޒީވާގެ ގެޔާއި ތަންކޮޅެއް ދުރަށް މަޑުކޮށްލަން ޖެހުނީ ނިޔަލްގެ ކާރު އެގެޔާ މާދުރުނޫން ހިސާބެއްގައި އޮތްތަން ފެނުމުންނެވެ. އެވަގުތު އެތަނުން ނިޔަލްގެ ކާރު ފެނުމުން އިޒާން އަށް ހައިރާންވެފައި ހުރެވުނެވެ. ނިޔަލް އެތާގައި އެހުރީ ކޮން ހައިސިއްޔަތަކުން ބާއޭ އިޒާންގެ ހިތައް އެރިއެވެ. ނިޔަލް ކުރާކަމެއް ބަލަން އިޒާންގެ ހިތާއި ސިކުނޑި އިއްތިފާގުން އެވަގުތު ގޮވާލިއެވެ. އިޒާން ކާރުގައި މަޑު މަޑުން ގޮސް ނިޔަލް ފެންނާނެ ހެން ދުރުގައި ޕާކުކޮށްލިއެވެ. ނިޔަލްގެ ނަޒަރް އެގޭގެ ފަސްޓްފުލޯ ބެލޮކޮންޏަށް ހުއްޓިފައިވާ ތަން ފެނި އިޒާންއަށް ވެސް އެދިމާ ބަލައިލެވުނެވެ.
އިޒާން ސިހިގެންދިޔައީ ބެލްކޮނީގައި ހުރި ޒީވާ ފެނިއެވެ. އިޒާންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ނިޔަލް ކާރުގައި އިނދެ ޒީވާއަށް ފާރަލާންވީ ސަބަބެއް ވިސްނާ ވިސްނާ ވެސް ނުފެނުނެވެ. އިޒާންގެ މޫނަށް ރުޅިވެރިކަން ވެރިވިއެވެ. ކޮންމެވެސް ނުބަޔެއް އުޅޭކަމަށް އިޒާން ގެ ސިކުނޑީގެ ކަނަކުން ބާރުލާފައި ގޮވާލިއެވެ. ޒީވާ އެތާގައި ހުއްޓާ ކައިވަން ގޮސް ޒީޥާއަތުގައި ހިފައިގެން އެތެރެއަށް ވެއްދި މަންޒަރު އިޒާން އަށް ފެނުނެވެ. އޭގެ ފަސްވަރަކަށް މިނެޓް ފަހުން ކުއްލިޔަކަށް ކައިވަން ގެއިން ނުކުމެގެން އަންނަތަން ފެނުމުން ނިޔަލް ކާރުގެ ލޯގަނޑު ކުޑަ ތަންކޮޅެއް މަތިކޮށްލިއެވެ. އެމަންޒަރު އަށް ރީތިކޮން ފެނުނެވެ.
ކައިވަން ގެއިން ނުކުމެގެން އައީ ފޯނު ކަންފަތުގައިޖަހައިން ހުރެއެވެ. ގޭގެ ދޮރުކައިރީގައި ހުރެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ މީހެއްގެ އިންތިޒާރުގައި ހެން ހީވެއެވެ.
ދެން ފެނުނީ ގެއިން ނުކުމެފައި ޔޫމީން ދުވެލާފައި އައިސް ކައިވަންގެ ގާތުގައި ހުއްޓުނު ތަނެވެ. “ޔޫމީ.. ލިސެން ކެއާރފުލީ.. މިރޭ އަހަންނަށް ނޭނގޭ ގެޔަށް އާދެވޭނެ އިރެއް.. ސޮރީ މިރޭވެސް މީޓް ނުކުރެވުނީމަ.. ..އައިސް ހުރިހާ ވާހަކައެއް ކިޔާދޭނަން .. މިގަޑީގަ އިތުރު ސުވާލް ނުކޮށް ޒީވާ ގާތު ހުރެދީ .. ކިތަންމެ ކުޑަކަމެއް ވިޔަސް ވަގުތުން އަހަންނަށް ގުޅާތި …ޑޯންޓް ގެޓް ޔޫމީ.. އައިލް ކަމްބެކް..” ޔޫމީންގެ ގައިގާ ބައްދާލުމަށްފަހު ކައިވަން، ޔޫމީން ގާތު އެތެރެއަށް ވަންނަން ބުނެލިއެވެ. ވާނުވާގައި ހުރި ޔޫމީން އަވަސްއަވަހަށް ބޯޖަހައިލާފައި ދުވެފައި ގޮސްގެޔަށްވަނެވެ. ކައިވަން ފޯނު ނަގާ ލަވާލްއަށް މެސެޖެއް ކޮށްލިއެވެ. އަދި ދުރުގައި އޮތް ނިޔަލްގެ ކާރާއި ދިމާ ބަލާލިއެވެ. ނުފެންނަ ކަމަށް ހަދާއިގެން ހުއްޓަސް ކައިވަންއަށް އެ ކާރު ފެނެއެވެ. އޭގައިހުރީ ކާކުކަންވެސް އޭނާއަށް އިނގެއެވެ.
ކާރުގައި ހުރި ނިޔަލްގެ ހަރާކާތްތަކާއި ދުރުގައި ހުރި ކައިވަންގެ ހަރަކާތްތައް ބަލަން ހުރި އިޒާންއަށް އިތުރު ސިހުމެއް ލިބުނީ ބާރު ސްޕީޑުގައި އެތަނަށް އައިސް ހުއްޓުނު އެހެން ކާރެއް ފެނިއެވެ. ވަގުތުން ކައިވަން ގޮސް އެކާރަށް އެރިއެވެ. އެކާރު ހުއްޓުމާއެކު ނިޔަލްގެ ކާރު ބާރު ސްޕީޑުގައި އޭނާގެ ކާރު ދުއްވާލިއެވެ.
ކައިވަން އެރުމުން ފަހުން އައި ކާރުވެސް ދުއްވާލީ ނިޔަލްގެ ކާރުފަހަތުންނެވެ. އިޒާން އަށް އިތުރު ސިހުމެއް ލިބުނީ އެކާރު އަނބުރާލިގަޑީގައިއޭގައި އިން އަލާނިޔަލް ފެނުމުންނެވެ.ފަހަތު ސީޓުގައި އިން އީން ވެސް ފެނުނެވެ. އިޒާން ގެ ބޮލުގައި ހީވީ މީހަކު އެއްޗަކުން ޖެހިހެންނެވެ. ބޯހާސްވި ވަރުން ބޮލުގައިވެސް ރިއްސަންފެށީ އެއެއް މިއެއް ބަލާފަކާއެއްނޫނެވެ. ވާނުވާ ބަލަން ބަލަން އިޒާން ހިތްވަރު ކޮށްލާފައި އެދެ ކާރުގެ ފަހަތުން ދުއްވާލިއެވެ.
****
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.





???Woooooooooooooooooooooow??? just amazing???Vrh vrh vrh reethi Maasha allah??? 2 part ehkoh dhw Mi faharu vrh reethi??? Mi vhk nimeney dhw mihaaru… Best fiction ever??? girl how r u???.. If u don’t mind age bunevidhaanetha?? Mi part nimunu iru vs neygun??? haadha curious kohlaafa Eyy thi nimmaaley??? Alhey waiting curiously 4 the next part??? stay safe#??? Lyssm???
awwnnn thankyew maash ❤️❤️❤️ im so happy to hear that ❤️❤️❤️ heheh lets see dw ❤️❤️ v happy vehje maash ge comment feni ❤️❤️ dear it means alot ❤️❤️❤️ thank yeww ❤️❤️ alhamdhulillah im so good ❤️❤️ hws yuh durling ❤️❤️ alhugadu ge age dw hehe ❤️❤️ 20 years old ??❤️❤️next part insha allah soon ❤️❤️ stay safe & lym❤️❤️
Masha Allah ♥️ Vrh vrh rythi.. tysm ingei 2 prts ewkoh genesdhinyma ? kury prt ah ves cmnt eh kollin.. but publishh eh nuwe ☹ pis mi nyal eh dhww ? vrh foohiwe.. nd vrh curious ? hehe.. ly tc ?
awwvv ❤️❤️❤️❤️thank yuuuryyn ❤️❤️hws you durlingg❤️❤️❤️❤️❤️ kury part ga ryyn ge comment alhugadah fenuny cmnt section close vi fahun .. sorry dear ..❤️❤️hehehe nxt part insha allah soon.. ❤️❤️❤️i hope you will love net part too❤️stay safe &lym dear❤️❤️❤️❤️
salaam ❤️❤️❤️ guyz heres the 35th & 36th part of hiraas ..❤️i hope dear all readers will love this two episode too..
dear readers i have submitted this part tuesday ga .. they upload it yesterday..❤️❤️
next part insha allah soon ❤️❤️stay safe & ly readers❤️❤️