އަޔާޝް ގޮސް ގެއަށް ވަތް ތަނާހެން އޭނާގެ ކޮއްކޮ އަމާނީ އަށް އަޔާޝްގެ އެ ދުޅަވެފައިވާ ލޯފެނި ހައިރާން ވިއެވެ. “ދޮންބޭ؟! ދޮންބެ ރޮނީ ތަ؟” އަމާނީ އަޔާޝް ގާތުއަހައިލިއެވެ. އަޔާޝް ބަހެއް ނުބުނެ ގޮސް އައިސް އަލަމާރީގައި ހުރި ގަނޑުކުރާ ބައިން އައިސް ޕެކް ނެގުމަޑަފަހު ސިޓިން ރޫމް އަށްގޮސް އެތާންގައި ހުރި އެކަހެރި ގޮނޑިއެއްގައި އިށީން ދެލުމަށް ފަހު ލޯ މަތީ ގައި އައިސްޕެކް އަޅައިލިއެވެ. “ދޮންބޭ ވަޓް ހެޕެންޑް؟ އަނެއްކާ މާހާ އެއްޗެކޭ ބުނީދޯ؟ އޭނަ ބުނީ ކީކޭ؟ މިފަހަރު މަ ގޮސް އޭނަ އާއި ދިމާލަށް ފަތިވަރުގޮވާނަން” އަމާނީ އަޔާޝް ހެއްވައިލުމަށްޓަކައި ބުނެލިއެވެ. “މާހާ ބްރޯކ އަޕް ވިތް މީ އޭނަ މިއަންނަ މަހު މީހަކާ އިންދޭ ޝީޒް ގޯން ފޯ ގޫޑް” އަޔާޝް އަށް އެހިސާބަށް ބުނެވުނުތަނާހެން އަޑު ބަންދުވިއެވެ.
———-
މަލިކާ އަދި މާކިން ގެއަށްގޮސް ވަތް ތަނާގެން ސިއްސައިގެން ދިޔައެވެ. އެއީ އެތާންގައި އެދެމީހުންގެ މަންމަ އާއި އެއްބަނޑުއެއްބަފާ ބޭބެގެ ދަރި ޔޫހީ ހުރުމުންއެވެ. “ޔާޔާ ކޮން އިރަކުގަތަ އައީ؟ ދިސް އިޒް އަ ސަޕްރައިޒް”މާކިން ހައިރާން ވެފައި ހުރެ ބުނެލިއެވެ. “ދެންމެ މަ މި އައީ އަދި މަ އާ ތާ ފަސްމިނެޓް” ޔޫހީ މިހެން ބުނުމުން މަލިކާ ގޮސް ޔޫހީގެ ގައިގައި ބައްދައިލިއެވެ. “އައި މިސްޑް ޔޫ ޓޫ ކަޒް…. މަ މިއައީ އެއްނު ލަންކާގަ ނުހުންނަން ވެގެން” ޔޫހީ މިހެން ބުނުމުން މަލިކާގެ ދެދުނިޔެ ބާއްޖަވެރިވި ފަދައެވެ.
އެރޭ 8:30 ވެލިހާއިރު ޔޫހީ އާއި މަލިކާ އަދި ޒާރާ ދިޔައީ އަތިރީ ޕާކަށް ފިނި ވައި ޖައްސައިލުމަށްށެވެ. ތިން މީހުންވެސް އެކުގައި ގޮސް އަތިރި އާއި ހަމަވުމުން އެތާންގައި ހުރި މާކިން އާއި އޭނާއާއި އެކު ހުރި ދެ ފިރިހެނުންވެސް ފެނުނެވެ. މިއަދު ހަވީރު މާކިން މަލިކާ އާއި ޒާރާ ސިއްސުވައިލުމުން އޭގެ ބަދަލުގައި މާކިން ސިއްސުވައިލުމަށް ޓަކައި މަލިކާ ވަރަށް ވަގަށް ވަގަށް ގޮސް މާކިން ފަހަތުގައި ހުއްޓިލިއެވެ.އަދި މަލިކާ ގެ އަތުގައި އޮތް ފެން ފުޅީގެ މަތި ނެގުމަށްފަހު މާކިން ގެ ބޮލަށް އަޅައިލަން އުޅުނެވެ. ” ހީ ވެސް ކޮށްގެން ނުވާނެ… މަގޭ ބޮލަށް ތި ފެންފުޅި އަޅައިފިނަމަ މަށަށް އިންގޭނީ މަލް އަށް ހަދާލާނެ ވަރު އަ…..” “ޔޫ ޓޯކް ޓޫ މަޗް… ދޮންބޭ އެހާ ވަރަށް ވާހަކަ ދައްކާކަށް ނުވާނެ އަނގާގަ ހުރި ދަތްކޮޅު ވެރީދާނެ” މަލިކާ މިހެން ބުނުމުން އެތާންގައި ހުރި މާކިން ގެ ދެ އެކުވެރިއެއް ކަމަށްވާ ޚަލަފް ޕަކަ ޕަކަ ލާފައި ހޭންފެށިއެވެ. އަދި އެތާންގައި ހުރި އަޔާޝް ވެސް މަޑު ހުނުމަކުން ހީލިއެވެ.
“އާއްޗަ މަ މީތި ލާނީ އެފްބީ އަށް” މާދުރުނޫން ހިސާބެއްގައި ހުރި ޔޫހީ ވީޑިއޯ ކުރަން ހުރެފައި ވީޑިއޯ ކޮށް ނިމުނުމް ބުނެލިއެވެ. “އެފްބީ އޭ؟ ނޫން އިންސްޓާ އަށް ލިއަސް ހެޔޮ އެކްމު އެފްބީ ނޯ ނޯ ނޯ ނޯ މަ ބޭނުމެއްނޫން އެފްބީ ތެރެއަށް ދާކަށް” މަލިކާ ސަމާސާ އަކަށް ބުނެލިއެވެ. “ދެން ހެވޭ ކޮންމެ އެއްޗަކަށް ލިއަސް ތި ފޯނުގައި ތިހުރީ ހުސް އެޕެއްނު ބަލާބަލަ މިހުރީ އެފްބީ، އިންސްޓާ، ޓުއިޓަރ، ޓެލެގްރާމް، މިހެން ގޮސް ކިޔާނެ ކަމެއްނެތް… އަހަރުން ކައިރީގައި މިހުރި ޔޫހީ އަކީ ބޮޑު ހެކާއެއް ވިއްޔާ” ޒާރާ ބޯ ހަލާއްކު ވާވަރު ވުމުން ބުނެލިއެވެ. “އާން މަމީ ހެކާއެއް ކިހިނެތް ވީ؟ ހެކާ އަކަށް ނުވެ އެއް ނެތޭ އުޅެވޭކަށް މަގޭ ކޮއްކޮ ސޯޝަލް މީޑިއާ ތެރޭގައި ކުރާ ކޮންމެ ކަމެއް އެބަ ޖެހޭ ބަލަން… އެހެން ނޫނީ އޭނަ ހުންނާނީ އަރާ އާސުމާނުގަ” ޔޫހީ ރައްދުގައި ބުނެލިއެވެ. އަދި އެއްށްފަހު ހިނިތުން ވެލިއެވެ.
ޔޫހީ މިހެން ބުނުމުން ޚަލަފް އަށް ހުރެވުނީ ޔޫހީގެ އެ ރީތި މޫނަށްބަލަންށެވެ. ޚަލަފް އަށް އެވާގޮތެއް ހުދު އޭނާއަކަށްވެސް ނޭންގުނެވެ. “އޭން މަށަށް ކީއްމިވަނީ އަމ މި މަންޖެ ފެނުނީމަ ހާދަވަރަކަށް މި ހިތް މިރޮނީ އޭނަ ގާތަށްދާން… އަނެއްކާ؟ ނޫން ނުވާނެ މީ ދެންމެ މަށާ ދިމާވި ކުއްޖެއް އެހާ އަވަހައް ލޯބި ވެވޭނެތަ؟ ނޭންގެ މަށަކަށް” ޚަލަފް ހިތާހިތުން ބުނެލިއެވެ. ” އޭތް މަގޭ މޫނު މީ ރަން ޖަވާހިރެއް ދޯ… ދެލޯ ކާއްޓަކަށް ހަދައައިގެން ތިބަލަނީ ހަމަ ތި ދެލޮލަށް އިނގިލި ކޮއްޕާލާ ފުންމިނުން ތި ދެލޮލުގެ ދުވަސް ދުއްވާލަފާނަން” ޔޫހީ ޚަލަފް އާއި ދިމާލަށް ބަލައިލައި ފައި ބުނެލިއެވެ. “ނޫން ޖަވާހިރެއް ނެތް؟ އޮތީ ހަންގަނޑެއް އެއީވެސް ދޮން ހަންގަނޑެއް ޖަވާހިރެކޭ ނުބުނެވޭނެއްނު” ޚަލަފް ޖެއްސުމަށް ބުނެލިއެވެ.
“އޭތް ޔާޝް ކަލޭ ހާދަ ވަރަކަށް ހިނި ތި ގަޅަނީ؟” މާކިން މިހެން ބުނުމުން އެންމެންވެސް ބަލައިލީ އެތާންގައި ހުރި އަޔާޝް އާއި ދިމާލަށްށެވެ. “ދެން މީހަކު ހިނި ނުގަޅާނެ ވަރެއްތަ މާކިން ކައެ ތިހުރީ ތެމު ފޯ ވެފަ ވިއްޔާ ކައެ ފަހަތުގަ މިހުރި މަންޖެ ކައެގެ ބޮލަށް ފެންފުޅިއެއް އޮއްސައިލީ ވިއްޔާ….ދެން އަނެއްކޮޅުން ޚަލަފް މިހުރީ ލޯބީގެ ފެށުމުގަ… ލައްކަ އިރަކު ހުރެފިން ހިނިގަނޑު ހިފަހައްޓައިގެން ދެނެއް ނުހުރެވޭނެ” އަޔާޝް މިހެން ބުނެފައި ޕަކަޕަކަ ލާފައި ހޭން ފެށިއެވެ.
“އަހަރުން މިދަނީ ކޮފީއެއް ޖައްސައިލާން ގާރލްސް އައުޓް ބައި ބައި ގޭ ބޯއިސް” ޒާރާ ޔޫހީ އާއި މަލިކާ ހިފައިގެން އެތާ ކައިރީގައި ހުރި ކެފޭ އާއި ދިމާލަށް ދަމުން ބުނެލިއެވެ. ތިން މީހުން ގޮސް ވަނީ އެތާންގައި ހުރި ކެފޭ އަށްށެވެ. ކެފޭގެ ތެރޭގައި ހުރި ރިހާން ފެނި ޒާރާ އާއި މަލިކާގެ ހުރި ތަނަށް ހުއްޓުނެވެ. ވާނުވާ ނޭންގޭ އިރުގަވެސް ޔޫހީ ހާސް ވާން ފެށިއެވެ. އެއީ ކުއްލިއަކަށް މަލިކާ އާއި ޒާރާ ހުރިތާންގައި ހުރުމުން އެވެ. އެއިރު ކެފޭ ތެރޭގައި މާކު ގިނަ މީހުންއެއް ނެތެވެ. ރިހާން އަށް ޒާރާ ފެނުމުން އެދިމާލަށް ދިޔައެވެ.
“ޒާރާ؟ ހާދަ ދުވަހެއްފަހުން މި ދިމާވީ މަ ބުނަން ވާހަކައެއް މަށާ އިންނަން އާއެކޭ ބުނެބަލަ އޭރުން މަ ޒާރާ އެދޭ ކޮންމެ ކަމެއް ފުއްދައިދޭނަން” ރިހާން ޒާރާ އާއި ކައިރި ވަމުން ބުނެލިއެވެ. “އޭތް ރިހާން ކިތައް ފަހަރު ބުނަންވީ ޒާރާ ދައްތަ އާ ކައިރި ނުވާށޭ ދެން މީގެ އަމަލެއް ފެނިއްޖެ ނަމަ ޕޮލިހުންނަށް ގުޅާނީ” ހަޓުތެރެއިން ނިކުތަ 16 އަހަރުގެ އަންހެން ކުއްޖެއް ބުނެލިއެވެ. “އަމާނީ؟ ގުޅާބަލަ މަށެއ ބިރެއް ނުގަންނާނެ މަ މިބުނީ ކަލޭ މަގޭ އަތުން މަރުވާނެ….” “ކަލޭގެ އަތުންނޭ މަރުވާނީ؟ އެންމެ ފުރަތަމަ މީހާ ތި ތަންކޮޅެއް ތާހިރުވެބަލަ އަދި މަގޭ ކޮއްކޮއަށް އިންޒާރު އެބަދެއެއްނު…. މަގޭ ކޮއްކޮގެ ގައިގައި ތި ހަޑި މުޑުދާރު އަތުގެ އިނގިލިތަކުގެ ކޮޅު ޖެހުނަސް މަހައި ނުބާމީހެއް ނުފެންނާނެ” ރިހާން ލައިގެން ހުރި ޓީޝާޓުގައި ހިފައިފައި އަޔާޝް ބުނރލިއެވެ. ރިހާން ތުން ފިއްތައިލައުފައި ބަހެއް ނުބުނެ ކެފޭއިން ނިކުންނަން ދިޔައެވެ.
“އޭތް ރިހާން” ރިހާން ކެފޭދެ ދޮރާއި ހަމަ ވުމުން ޒެކް ދިޔަގޮތަށްގޮސް ރިހާން ގެ ކަންކަށިމަތީގައި އެތިފަހަރެއް އަޅުވައިލިއެވެ. “ކަލޭގެ ހުންނަ ހަޔާތް ކުޑަކަން މަގޭ ދޮންތަ ކައިރީގައި އިންނަން ތިއަހަނީ…. ވާނެ ކަމެއް ނޫން މަ މިދުނިޔޭގައި ދިރި ހުރިހާ ހިނދަކު ކަލޭ އަކަށް މަގޭ އާއިލާގެ ޚިއްސާ އަކަށް ނުވެވޭނެ… އަޑުއިވޭ މަގޭ ކުރިމަތިން ހަމަމިހާރު ރައްކާވޭ” ޒެކް ރުޅިއަރާ ރަތް ވެފައި ހުރެ ބުނެލިއެވެ.
“ޒެކް ކޫލް ޑައުން” ޒާރާ ޒެކް ގެ ކޮނޑުގައި އަތް އަޅައިލުމަށްފަހު ބުނެލިއެވެ. “ދޮންތާ އާރ ޔޫ އޯކޭ އޭނަ ދޮންތައަށް ތަދު ކުރިތަ؟ ޑިޑް ހީ؟ ދޮންތާ ޓެލް މީ ޕްލީޒް” ޒެކް ހާސް ވެފައި ހުރެ ބުނެލިއެވެ. “ހޫމް އޯވާ ޕްރޮޓެކްޓިވް ވިޔަސް ތީ ވާ ބޮޑުވަރު…. ނޫނޭ އޭނަ މަ ގައިގައި އިނގިލި ކުރިވެސް ޖައްސައި ނުލައޭ ދެން ހަމަ ޖެހިބަލަ ތި ރުޅި ކޮންތްރޯލް ކޮށްބަލަ އެހެން ނޫނީ ޒެކް އުމުރު ދުވަހު ހުއްޓަސް ހުންނާނީ ސިންގަލްކޮށްށޭ” ޒާރާ މިހެން ބުނުމުން ޒެކް ފިޔަވައި އެހެން އެންމެން ހިނިގަނޑެއް ޖަހައިލިއެވެ. “އަތް މަ ނުޖެހޭނެދޯ އޯވާ ޕްރޮޓެކްޓިބވް ވާކަށް ދޮންތަ ތިހާ ރީތި ނުވިނަމަ މީހާ އެއް ގޮތޭ ދޮން ބައްޓެކޭ ފައުންޑޭޝަން އެއްތޯ ކިޔާ އެއް އެއްޗަކާ އެކި އެކި ކުލަ އުނގުޅައިގެން ރީތިވާން ވޭވިއްޔާ… އަދި އަހަރުން ކުލާހުގަ އުޅޭނެ މޭކަޕާ ހެދި މޮޔަވެފަ ހުންނަމީހެއް ދޯ ބްރޯކެން” އަޔާޝް ކައިރީގައި ހުރި އަމާނީ އަށް ބަލައިލައިފައި ބުނެލިއެވެ.
“ބްރޯކެން އޭ؟ ބަލަ ފޮނި އިބްރާހިމާ މަށާ ދިމާލަށް ބްރޯކެންއޭ ކިޔާނެ ކަމެއް ނެތް ކަލޭ ތީ ބޮޑު ޕްލޭ ބޯއި އެއް މިހާރު ސުކޫލުގެ ދެބައިކުޅަ އެއްބައި އަންހެން ކުދިންގެ ހާރޓް ބްރޭކް ކޮށްފިއޭ އަދި މަށާ ދިމާލަށް ބޮރޯކެން އޭ އެބަކިޔައެއްނު” އަމާނީ މިހެން ބުނުމުން ޒެކް އަމާނީ އާއި ދިމާލަށް ކަޅިއަޅައިލިއެވެ. “ކިހިނެތް ވީ ދެރަވީ؟ ޕިސް ޕިސް ހިތްވަރު ކުރޭ އަދި ތިކަހަލަ ބްރޯކެން އަކަށް މީހަކު ލިބިދާނެ އެމީހާ އަށް އައިމް ސޯ ސޮރީ” ޒެކް އެއާއި ވިއްދައި ބުނެލިއެވެ.
“ދެން ތި ދެމީހުންތެ ތެރޭގައި އޮންނަނީ ކޮނ ދުޝްމަން ކަމެއްތަ؟ ހާދަ ވަރަކަށްށޭ ތި ޒުވާބު ކުރަނީ” އަޔާޝް ބޯ ހަލާއްކުވާ ވަރު ވުމުން ބުނެލިއެވެ. “އިހައް ރިލެކްސް ކޮށްލަން ހިންގާ” އަމާނީ ތަންކޮޅެއް މަޑުމައިތިރި ވެފައި ހުރެ ބުނެލިއެވެ. އެއަށްފަހު އެންމެން ވެސް ހިންގައިގަތީ އެތާ ފގައި ހުރި ހަޓަކާއި ދިމާލަށްށެވެ. ގޮސް ހަޓު ތެރޭގައި އިށީންނުމަށްފަހު އަމާނީ ފުން ނޭވާއެއްލިއެވެ. އެއަށްފަހު ކިޔައިދޭން ފެށިއެވެ.
—ނުނިމޭ—
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

