އަމިއްލަ ގެއަަށްވާތީ ކުލި ދައްކަން ނުޖެހުނަސް، ގޭގެ ޚަރަދުތަކާ އައިލީންގެ މަންމަގެ ބޭނުންތައް ފުއްދައިދިނުމަށްފަހު، މަސް ނިމެންވާއިރަށް އަތުގަނޯވޭ އެންމެ ރުފިޔާއެއްވެސް…އޭރު އުޅުނީ މުސާރަ ކުޑަ ތަނެއްގަ ނަމަވެސް ހަރަދަށް ބަލައިފިނަމަ އުޅެވުނީސް…އެކަމަކު އައިލީންގެ މަންމަ ހަރަދަކަށް ނުވިސްނާ…އިސްރާފު ކުރުމުގެ ބައި ވަރަށް ބޮޑު..ފިހާރައިން ގަނެގެން ގެންނ،ަ ތިރީސް މިނެޓް ހަމަނުވާ ލިޕްސްޓިކް ފުޅި އެބަ އެއްލާލާއޭ ގެއަށްއައިސް ކަމުނުދިޔައީއޭ ކިޔާފަ” އާތިފް ބުނެލިއެވެ.
“ޓެސްޓުކޮށްފަ ނޫންތަ ގަންނަނީ؟” ފަރީޝާ އަހާލިއެވެ. “އާތިފްވެސް ހަމަ ތިސުވާލުކުރިން…އޭނަގެ ޖަވާބަކަށްވީ ފިހާރައިން ޓެސްޓުކުރިއިރު ހުރި ކުލައެއްނޫންކަމަށް ގެއަށް އައިސް ބެލިއިރު ހުރީކީ..އާތިފް ބުނިން ބަދަލުކުރަންދާންވެސް..އެކަމަކު އެދުވަހު އޭނަ ބުނެލީ، ދެން އެތަނަށް ނުދެވޭނެކަމަށާއި އަލުން ގަންނާނީކަމަށް…އެދުވަހު އޭނައަށް ވަރަށް ނަސޭހަތްތެރިވިން..އާތިފް ބުނިން އިސްރާފެއްނޫންހޭ ތިކުރެވެނީ އެހެންވެޔޭ ދެކޮޅުނުޖެހެނީ ހަރަދަށް ބަލަންވާނެ ނޫންހޭ…އެކަމަކު އޭނަ އަޑެއް ނޭހި..އޭނަ ބުނަނީ އާތިފަށް ރުފިޔާ ލިބޭނެނޫންހޭ..މީދެން އެވަރުކަމެއްހޭ..
އޭނަ ރީތިވާން މޭކަޕް ސާމާނު ގަންނަނީވެސް އެންމެ އަގުބޮޑެތި ތަންތަނުން ކޮލެޓީވާނޭ ކިޔާފަ..އޭނަ ގަންނަ އެއްފުޅި ލިޕްސްޓިކުގެ އަގަށް ދޭނެ އާދައިގެ ފިހާރަތަކުން އޭގެ ތިން ހަތަރު ލިޕްސްޓިކު ފުޅި..ފިހާރައަކަށް އޭނަ ގޮވައިގެން ގޮއްސަވެސް އާތިފް ބުނަން، ބަލާފަ ޓެސްޓުކޮށްފަ ރަނގަޅިއްޔާ ގަންނައްޗޭ…ގަނެފަ ކަމުނުގޮސްގެން އުކާތީ….އެކަމަކު އޭނަ އަޑެއްނާހާ…އޭނަގެ ނަޒަރުގަ އާތިފަކީ ރުފިޔާޖަހާ މެޝިނެއް” އާތިފް ބުނެލިއެވެ.
“އިނުމުގެ ކުރިން، ދިރިއުޅުމެއް ފަށައިގެން ކުރިއަށްދާނެގޮތް ޕްލޭންކުރިން…އާތިފް ބޭނުންވީ މިހާރު މިއަދާކުރާ އޮފީސް މަސައްކަތް ކުރަން..އެހެންކަމުން އެދާއިރާއިން ކިޔަވައިގެން ކުރިއަށްދާނީ ކަމުގަ ނިންމާ އާތިފް ވަނީ ވަގުތީގޮތުން މުސާރަކުޑަ ތަނަކަށް…އެއީ ހަރަދުތައް ކުރަންޖެހޭތީ…އިސްވެ ކައިވެނީގެ ވާހަކަދެއްކީވެސް އޭނަ…އާތިފަށް ކިޔެވުމުގައި ހިތްވަރުދޭނަން ކަމުގައިވެސް އޭނަބުނި…އެކަމަކު އައިލީން މަންމަގެ އުޅުންހުރިގޮތުން ކިޔެވުންވެސް މެދުކަނޑާލަން ޖެހުނީ…ކޯހުގެ ފީއަށް ރުފިޔާވެސް ނުދެއްކޭތީއާއެކު…
“މިކިޔައިދިނީ ހަރަދުގެބައި ހުންނަގޮތް…ދެން އޮތީ އަނެއްކަންތައް…ގޭތެރޭގެ އެއްވެސް މަސައްކަތެއް އޭނަ ނުކުރޭ…ކާންހެދުމާ އަންނައުނުތައް ދޮވުމާ ކުރުކޮށް ބުނާނަމަ އަތްބަކު ފިރިއަކަށް ކޮށްދެންޖެހޭ އެއްވެސްކަމެއް އައިލީންގެ މަންމަގެ ފަރާތުން އާތިފަކަށް ނުލިބޭ…ގޭތެރޭގެ މަސައްކަތްތަކަކީ އޭނައަށް ބީރައްޓެހި ކަންތައްތަކެއް ފަދަ…އޭނަ ބޭނުންވަނީ ބޭރުންކައިގެން ވިޔަފާރިކޮށްލައިގެން އެހެންއުޅެން…އެހެންވެ ގޭތެރޭގެ ކަންކަންވެސް އޭރު ކުރީ އާތިފް..އާތިފް އުންމީދުކުރީ އެކަންކަން ފަހުން ރަނގަޅުވާނެކަމަށް….އެކަމަކު ދުވަސްތައް ދާވަރަކަށް އޭނަގެ އުޅުންދިޔައީ ގޯސްވަމުން…
ލިބޭ ރުފިޔާއިން ދެކޮޅު ނުޖެހޭތީ އޭނަ ދެން އަންނަން ފެށީ އާތިފްދެކެ ރުޅި…އޭނަ ބުނާގޮތުންނަމަ އާތިފަކީ މުށްބާރު ދަހިމީހެއް…މައިންބަފައިން އަތުން ރުފިޔާ ހޯދެން އޮއްވާވެސް ނުހޯދަން ހުންނަ ފިނޑިއެއް ކަަމަށް…އޭނަގެ ފަރާތުން މިބުނި ހިތްހަމަނުޖެހޭ ސިފަތައް ފެނުނަސް އާތިފް ދުވަހަކުވެސް އޭނައާ ދިމާލަށް އެއްޗެހިކިޔާފައެއް ނޯންނާނެ…އަބަދުވެސް ބެލީ އޯގާތެރިކަމާއެކު ނަސޭހަތްދެވޭތޯ..ގޭތެރޭގެ މަސައްކަތް ނުކުރާތީ އެކަމާބެހޭގޮތުންވެސް ވާހަކަދެއްކިން..އޭނަ ބުނަނީ މީހަކު ގެންނަން ގޭގެ މަސައްކަތްތައް ކުރަން..އޭނަ އާތިފާ އިނީ ވަަރަށް އަރާމާ އުފަލުގަ އުޅެންކަމަށް…އާތިފްގެ މައިންބަފައިންނާވެސް އެހާ ގުޅުމެއްނޯވެ..
އެކަމަކު ރައްޓެހިވެގެން އުޅުނުއިރު އޭގެ އިދިކޮޅު..މަންމަމެން ކައިރިއަށް އައިސް ގޭގެ މަސައްކަތްވެސް ކޮށްލަދީ ހަދާ..އެހެންވެ އިންއިރު ހިތަކަށްނާރާ އޭނާ އެހާ ބަދަލުވެދާނެއެކޭ…ބައެއްފަހަރު ހިތަށްއަރާ އިނދެވިގެން މިއުޅެނީ އެހެންމީހަކާބާވައޭވެސް…ކޮންމެއަކަސް ދުވަސްތައް އެގޮތުގައި ހިނގަމުންގޮސް އައިލީންނަށް އޭނަ ބަލިވެއިން…ދަރިއަކު ލިބެން އުޅޭތީ އޭނާ އިސްލާހުވެދާނެޔޭ އާތިފް ހީކުރިން…ނަމަވެސް ބަދަލެއްނައި…އޭނަ ބަނޑުބޮޑުވުމުން ވަރަށް އަޅާލާ އޯގާތެރިވިން ބުނިހާއެއްޗެއް ހޯދައިދިނިން…ލިބޭ މުސާރައިން ދެކޮޅުނުޖެހޭތީ އިތުރު ވަޒީފާއެއްވެސް އަދާކުރިން..އެވަރުންވެސް އޭނަގެ ބޭނުންތައް ނުފުދޭތީ ދެމަހުން އެއްމަހުން ކަހަލަގޮތަކަށް މަންމަމެން ގާތުވެސް ރުފިޔާއަށް އެދުނިން ހިތާ ދެކޮޅަށްވިއަސް…
އައިލީން ލިބުނުފަހުން އެއްގޮތަކަށްވެސް އެކުއްޖާއާ ވެގެން އޭނަ ނޫޅޭ..އައިލީންގެ މަންމަގެ އުޅުން އާތިފްގެ މައިންބަފައިންނަށްވެސް އެނގުނު..އެމީހުން އާތިފްގާތު ބުނި އޭނައަށް ވިސްނައިދޭށޭ…ވިސްނައިދެވުނު އަދަދެއް ނޭނގޭ ނަސޭހަތުގެ އަޑު އަހާނަމަތާތޯ…އައިލީން ލިބުނުފަހުން އާތިފަށް ބުރަބޮޑުވި..އެއީ ގޭތެރެފޮޅާ ސާފުކޮށް ހަދަނީ އާތިފްކަމަށްވާތީ…އައިލީންވެސް ގެންގުޅުނީ އާތިފް…ހަމައެކަނި ބުއްޖައްސަން އޭނަ އައިލީން ގައިގައި އަތްޖައްސާލަނީ އަނެއްހެން ބުނަންޏާ” އާތިފް ބުނެލިއެވެ.
“ދެން އާތިފްތަ ކައްކަނީވެސް؟” ފަރީޝާ އަހާލިއެވެ. “އާނ..އާތިފް އަމިއްލައަށް ކައްކައިގެން ކަނީ…އޭނަ ހުންނަނީ ހިކި ސާމާނު އެހެންނޫނީ ކަޕް ނޫޑްލިސް ކަހަލަ އެއްޗެހި ކައިގެން..އާތިފް ބަތްކައްކާ ފަހަރަކު ވެއްޖެއްޔާ އޭނައާ ލައިގެން ކައްކަނީ…އަދިވެސް ނޭނގެ މާރަނގަޅަކަށް ކައްކާކަށް އާތިފަކަށް..އޭރު ޔޫޓިއުބާ ފޭސްބުކުން ރެސިޕީތައް ބަލައިގެން ހެދީ” އާތިފް ބުނެލިއެވެ.
“އެހެންވީމަ ވާނެ އެއްދުވަހަކުން އާތިފްގެ ޑިޝެއް ރަހަބަލާލަން” ފަރީޝާ ސަމާސާވެރިގޮތަކަށް ބުނެލިއެވެ. “އާނ” އާތިފްވެސް ބުނެލީ ހިނިތުންވެ ހުރެއެވެ.
“އައިލީން ލިބުނުފަހުން ބުރަވުމުން ގޭގަ ގެންގުޅެން މީހަކުހޯދީ..އޭރު އައިގޮތަށް ލަކްޝްމީ އުޅުނީ މިގޭގަ…ލަކްޝްމީ އައިފަހުން އައިލީންގެ މަންމަ ގިނަވަގުތު އުޅެނީ ބޭރުގަ…ކުރިންވެސް ބޭރަށްދޭ..އެކަމަކު ލަކްޝްމީ އައިފަހުން ހަމައެކަނި ގެއަށްވަންނަނީ ނިދާލަންށޭ ބުންޏަސް ދޮގަކަށްނުވާނެ…އޭނަ އުޅުނީ ރައްޓެހިންނާއެކު ބޭރުތެރޭގަ..ގެއަށް އައުން ލަސްވެގެން އެތައްރެއަކު އޭނައަށް ގުޅިން….
އެގޮތަށް ކަންތައްތައް ވަމުންގޮސް އާތިފަށް ދެން އިވެންފެށީ އައިލީންގެ މަންމަ ފިރިހެނުންނާއެކު އުޅޭ ޚަބަރު..އާތިފްގެ އެކުވެރިންނަށް އިނގޭނެ އައިލީންގެ މަންމަ..އެއީ އަހަރެމެން ރައްޓެހިވެގެން އުޅުނުއިރު އެމީހުންނާ އައިލީންގެ މަންމައާ ބައްދަލުވެފަވާތީ…ވަޒީފާގަ އިންނައިރު ދޭތެރެއިން ރައްޓެއްސަކު ގުޅާފަ ބުނެފާނެ އާތިފްގެ އަންހެނުން ފިރިހެނެއްގެ ސައިކަލް ފަހަތަށް އަރައިގެން ވަރަށް ދަންގަނޑިއަކު ދުށީމޭ..ނޫނީ ރައްޓެއްސަކާ ބައްދަލުވާ ފަހަރަކު އަބަދުވެސް އިވެނީ އެއަޑުތައް..އެކަމާ ބެހޭގޮތުން ސުވާލުވެސް ކުރިން..އޭނަ ބުނާގޮތުންނަަމަ އޭނަ ގެންގުޅެނީ އަންހެން އެކުވެރިން…އެދުވަހު އާތިފް ތަންކޮޅެއް ހިތްހަމަނުޖެހިފަ އޭނާއާަ ވާހަކަދެއްކީމަ އެދުވަހަށްފަހު އަވަހަށް ގެއަށްއާދޭ…
ލަކްޝްމީ އައިފަހުން ގޭތެރެ އޮންނަނީ ސާފުކޮށް ބަރާބަރަށް ކާންތައްޔާރުކޮށް އައިލީންވެސް ވަރަށް ރަނގަޅަށް ގެންގުޅުނީ..އެއީ ދެން އޭރު ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ..ފަހުން އައިލީންގެ މަންމަ ފެށީ ސިގިނރޭޓު ބޯން…މުޅި ގޭތެރެއިންވެސް ދުވަނީ ސިގިނރޭޓު ވަސް…ދުވަހެއް ދުވަހަކަށް އޭނަގެ އުޅުން ގޯސްވެ ބޮއްސުންލާންފެށި..އާތިފްގެ ކުރިމަތީގަވެސް ހިލޭ ފިރިހެނުންނާއެކު ސައިކަލަށް އަރައިގެންދަނީ..އެވާހަކަދައްކާ ފަހަރަކު އޭނަ ބުނަނީ އެމީހުންވެސް އާތިފަށްވުރެ ރަނގަޅުކަމަށް…އާތިފް ކަހަލަ ދަހި މުށްބާރު ބަޔަކަށް އެމީހުން ނުވާކަމަށް…
އެހެންވެގެން ނޫޅެވިގެން ވަރިވީ..ވަރިވިއިރު އާތިފް ބުނިން އައިލީން ހުންނަންޖެހޭނީ މިތާނގައޭ..އެކަމަކު އައިލީންގެ މަންމަ ލީނާ ބޭނުންވަންޏާ ބައްދަލުކުރެވޭނޭ..އާތިފާ ލީނާއާ ވަކިވިއަސް، މަންމައާ ދަރިއަކު ވަކިކުރާކަށް އާތިފް ބޭނުމެއްނުވޭ..އެކަމަކު އޭނަ ބުނީ އައިލީންނަކީ އޭނަ ބޭނުންވާ ދަރިއެއް ނޫންކަމަށް…ވަރިވެގެން ނިކުމެގެންދަމުން ލީނާ ބުނީ އައިލީންގެ ކަމަކު ވިއަސް އޭނައަށް ނުގުޅުމަށް…އައިލީންނާ އާތިފާ ދެމީހުންނަކީ ލީނާގެ ހަޔާތުގަ ހެދުނު އެންމެބޮޑު އެއް މިސްޓޭކުކަމަށް…އަދި ލީނާގެ ދަރިއަކު ނުހުންނާނެކަމަށް” އާތިފް އޭނާގެ މާޒީ ކިޔައިދީ ނިމުނުއިރު މީހާ އިނީ ފެންކަޅިވެފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.






Mi part VX vvvvv reethi sis
Waiting for the next part
Leena haadha goahey dhe
Reethi?
Dhigukohlaathi engey☺
Inthizaaru kuraanan?
thanks dear??
Reethi??
Ekam kobaa viyaam?
Viyaam maruveetha
thanks dear??
adhi viyaam ge habaruves vaane inthizaarukohllavva
Thanks dear Hûdhãkkø ?
Salhi?
kobaa aneh part