Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (45)

lamhus Level 910 Stories100 Login500 Login100 Stories100 Comments
March 26, 2022 3 Mins Read
4 Comments

“މިގޭގަ ހަމަ އަމިއްލަ ގެއެއްފަދައިން ފަރީޝާއަށް އުޅެވޭނެ…އެއްވެސް ކަމަކަށް ދަތިވަންޏާ ނޫނީ ބޭނުންވަންޏާ އަޅުގަނޑު ކައިރި ބުނީމަ ކޮށްދޭނަން…ފަރީޝާ އަތުން އެއްވެސް ޚަރަދެއް ނުޖެހޭނެ މިގެއަަށްވެސް އައިލީންނަށްވެސް ކުރާކަށް….ގެއަށް ބޭނުންވާ ސާމާނާ ކާއެއްޗެހީގެ އިތުރުން އައިލީންގެ އެއްޗެހިވެސް އަޅުގަނޑު ހުންނާނެ ހޯދާފަ، ހުސްވެއްޖެޔާ އަޅުގަނޑު ހޯދަދޭނަންަ…ފުރިޖުގަ ހުންނާނެ ހުސްނުވާވަރަށް ސާމާނު…ފަރީޝާ ބޭނުންއެއްޗެއް ހަދައިގެން ކެވޭނެ ހަމަ…

އަޅުގަނޑަކީ އެހާ ކާމީހެއްނޫން…އަޅުގަނޑު އާންމުކޮށް ގެއިން ހެނދުނު ސަޔާ ރޭގަނޑު ކެއުން ކާނީ…ކުރިންވެސް ބުނިހެން އަޅުގަނޑު އުޅޭނީ ގިނަވަގުތު އޮފީހުގަ..އަޅުގަނޑު ގެއަށް އަންނައިރު ހުންނަނީ ރޭގަނޑު ނުވައެއް ދިހައެއް ޖަހާފަ…ރޭގަނޑު ބައެއް ރޭރޭ ނުކައި ފަހަރުވެސް ހިނގައިދާނެ..ނޫނީ ބޭރުން ކާފަހަރުވެސް ހިނގައިދާނެ..އެހެންވީމަ އަޅުގަނޑު ކާން ބޭނުންވަންޏާ ކުރީބައިގަ ފަރީޝާއަށް އަންގާނަން..އޭރަށް އެއްޗެހި އިސްރާފެއްވެސް ނުވާނެ އަނެއްކާ ފަރީޝާއަށް ބޭކާރު ގޮތުގަ ކައްކަންވެސް ނުޖެހޭނެ….

ދެން ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެ…ބޭބީއެއް ގޮވައިގެން އުޅޭއިރު އުދަނގޫވާނެކަންވެސް އިނގޭ…އެކަމަކު އަބަދުވެސްވާނެ ތަން ތަރުތީބުކޮށް ގެންގުޅެވޭތޯ ބަލަން…މިހާރުވެސް ފަރީޝާއަށް ފެެނެއެއްނު މިތަން އޮންނަގޮތް” އާތިފް އެހެންބުނުމުން ފަރީޝާ ބޯޖަހާލިއެވެ.

“ފަރީޝާގެ މައިގަނޑު މަސައްކަތަކީ އައިލީން ބެލުން..އޭނައަށް ކާންދީ ފެންވަރުވާ ނިންދަވާ ކަންތައްކުރުން..އައިލީންނަށް ދޭތެެރެއަކު ކިޔަވައިވެސް ދޭންވާނެ…ވަރަށް އަވަަހަށް އައިލީން ސްކޫލަށް ވައްދަންޖެހޭނެ…އަނެއްހެން އައިލީންނަކީ ގެންުގުޅެން އުދަނގޫ ކުއްޖެއްނޫން…އައިލީންނަށް ކޮންމެރެއަކު ނިދުމުގެ ކުރިން ކިރުތައްްޓެއް ދޭންވާނެ ހަކުރުނާޅާ އައިލީން ބޯނީ…ހުރިހާ އެއްޗެއްވެސް އައިލީން ކާނެ…އެކަމަކު ގިނައިން ތަރުކާރީ ދޭންވާނެ..ދޭތެރެއަކުން އާފަލެއްކަހަލަ ކޮންމެވެސް ބާވަތެއްގެ މޭވާއެއްވެސް ވާނެ އައިލީންނަށް ދޭން..އައިލީން ނިދާނެ އެންމެ ލަސްވެގެން ވެސް އަށްގަނޑި ބައިގަ…އައިލީންނަށް ވާނެ ގަނޑިން ގަނޑިއަށް ކާންދޭން…ލަކްޝްމީ ކިޔައިދޭނެ އައިިލީންގެ ކާގަނޑިތައް….

އައިލީންނަކީ އަހަރެންގެ ހުރި ހަމައެކަނި ފުރާނަ..އެހެންވީމަ އޭނައަށް ވަރަށް ރަނގަޅަށް ބަލަންވާނެ..އިނގޭ ފަރީޝާ ބަލާނެކަންވެސް އެކަމަކުވެސް ބުނެލީ” އާތިފް ފަރީޝާއަށް އޭނާގެ މަސައްކަތާ ބެހޭގޮތުން ކިޔައިދިނެވެ.

“އާތިފްގެ ނަންބަރު އެބައިނެއްނު…އެނަންބަރަށް ވައިބަރ ކޮށްލާ ފަރީޝާގެ އެކައުންޓް ނަންބަރު…ފަރީޝާގެ މަހު އެކައުންޓަށް ޖަމާކޮށްދޭނަން” އާތިފް ބުންޏެވެ.އާތިފްގެ އެދުމަށް ފަރީޝާ، އޭނާގެ އެކައުންޓް ނަންބަރު ވައިބަރ ކޮށްލިއެވެ.

******

“އަޅުގަނޑު ކޮންއިރަކުތޯ ބަދަލުވާންވީ؟” އައިލީން ކައިރިއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވެފައިވާލެއް ބޮޑުކަމުން ފަރީޝާ އަހާލިއެވެ.ބޭބީ ސިޓާއެއް ލިބިއްޖެއްޔާ މާދަންވެސް ލަކްޝްމީ އެހުރީ ފުރާގޮތަށް…ފަރީޝާ ބޭނުންވަންޏާ މިއަދުވެސް ބަދަލުވެވިދާނެ ނޫނީ ލަކްޝްމީ ފުރީމަވެސް އާދެވިދާނެ” އާތިފް އެހެންބުނުމުން އޭނާ އަންނާނީ ލަކްޝްމީ ފުރީމާ ކަމުގައި ބުނެލިއެވ.ެ

މިރޭވެސް އައިލީން ނިންދަވާލުމަށްފަހު، ފަރީޝާ އޭނާގެ ގެއަށްދާން އުޅުނެވެ.އޭނާ ގެއަށްދިޔައީ ލަކްޝްމީ ގާތުން އައިލީންގެ ކާގަނޑިތަކާއި، އައިލީންނާ އާތިފާއި ގުޅޭ އެހެނިހެން މައުލޫމާތުވެސް ހޯދައިގެންނެވެ.

********

ގެއަށްވަނުމާއެކު ފަރީޝާ އަވަސްވެގަތީ އެއްޗެހިތައް ދަބަހަށް އަޅާ ޕެކުކުރުމަށެވެ.އަލަމާރީގައި ހުރި އެއްޗެހިތައް ފަތްޖަހާ ޕެކުކުރަން އުޅުނު ފަރީޝާއަށް، އަލަމާރީގައި އޮތް ފައިސާ ލައިފައިވާ ސިޓީއުރަ ފެނުނެވެ.އެހެންކަމުން އެއަށް ހަދާނެގޮތަކާމެދު ފަރީޝާ ވިސްނާލިއެވެ.ވަރަށް ވިސްނުމަށްފަހު އެހިފައިގެންދާން ފަރީޝާ ނިންމިއެވެ.

ކޮންމެވެސް ދުވަހަކުން އޭގެ ވެރި ފެނިދާނެއޭ ފަރީޝާގެ ހިތްބުނާތީއެެވެ.އެރުފިޔާތައް ގެންދަން ފޮއްޓަށް ލިނަމަވެސް އެބޭނުން ކުރުމުގެ ނިޔަތެއް ފަރީޝާގެ ނެތެވެ.ފޮށި ތައްޔާރުކޮށް ނިމި ޒިބު އަޅުވާލިތަނުން އާތިފް ފަރީޝާއަށް ގުޅިއެވެ.މާދަން ހެނދުނު ލަކްޝްމީ ފުރާ ވާހަކަ ބުނަންވެގެންނެވެ.ފަރީޝާ ފޯނު ބޭއްވީ ލަކްޝްމީ އެގެއިން ނިކުތުމުގެ ކުރިއަށް ފަރީޝާ ހުންނާނީ އެގޭގައި ކަމުގެ ޔަގީންކަން ދިނުމަށްފަހުގައެވެ.

އާތިފްގެ ފޯނު ބޭއްވުމާއެކު ފަރީޝާ ވަޒީފާ އަދާކުރާތަނަށް ގުޅާލިއެވެ.އަދި މާދަމާއިން ފެށިގެން އޭނާ ވަޒީފާއަށް ނުނިކުންނާނަން ކަމުގައި އެންގިއެވެ.ފަރީޝާ ވަޒީފާއިން ކެނޑޭތީ ތަނުގެ ވެރިޔާ އޭނާއަށް ވަރަށް އާދޭސްކުރިއެވެ.މުސާރަވެސް އިތުރަށް ބޮޑުކޮށްދީފާނަން ކަމަށާއި އެހާ ގިނަދުވަހު އެތާ އުޅުމަށްފަހު ކުއްލިއަކަށް ކެނޑެނީ ކީއްވެގެންތޯވެސް ސުވާލުކުރިއެވެ.

ފަރީޝާގެ ޖަވާބަކަށްވީ މިވަގުތު އެކަން އެގޮތަށް ކުރަން ޖެހުނީކަމަށާއި، އެތަނުގައި އޭނާ އުޅުނުއިރު އެއްވެސް ހިތްހަމަނުޖެހޭކަމެއް ދިމާނުވާކަމަށާއި، ވަކިވަނީ ތަން ގޯސްވެގެން ނޫންކަމަށް ބުނެލިއެެވެ.އެކޯލު ބޭއްވުމަށްފަހު ފަރީޝާ ދެންގުޅީ އޭނާ ހުރި ގޭގެ ވެރިއާށެވެ.ގެވެސް ދޫކޮށްލާ ވާހަކަ އޭނާ އެމީހާ ގާތު ބުންޏެވެ.ގޭގެ ވެރިމީހާވެސް ފަރީޝާއާ ކުރީ ހަމަ އެއްސުވާލުތަކެކެވެ.ކުއްލިއަކަށް ގެއިން ނިކުންނަނީ ކީއްވެގެންތޯއާ ހިތްހަމަނުޖެހޭ ކަމެއް ދިމާވީތޯއެވެ.މިފަހަރުވެސް، ިއެއްވެސް ކަމެއްނުވާކަމަށާއި މިވަގުތު އެހެންހަދަން ޖެހުނީކަމަށް ފަރީޝާ ބުނެލިއެވެ.އޭނާ ފޯނު ބޭއްވީ އެޑްވާންސް ފައިސާ ބޭނުންނުވާކަމަށާއި މާދަން ހެނދުނު ތަން ދޫކޮށްލާތީ، ތަނަށް އެއްވެސް ގެއްލުމެއްވެފައިވޭތޯ ބަލަން އައުމަށް އެމީހާއަށް އެންގުމަށްފަހުގައެވެ.

ތަނުގެ ވެެރިޔާ ތަން ބެލުމަށްފަހު އެެއްވެސް މައްސަލައެއް ނެތްކަމަށް ބުންޏެވެ.އަދި ދެވަނަފަހަރަށްވެސް މިތަނަށް އަންނަން ބޭނުންވެއްޖެނަމަ އެގޭގެ ދޮރު ފަރީޝާއަށް ހުންނާނީ ހުޅުވިފައިކަމަށްވެސް އެމީހާ ބުންޏެވެ.

**********

ހެނދުނު އަށްގަނޑި ބައިވިތަނާ ފަރީޝާ އައިލީންގެ ގެއާދިމާލަށް ހިނގައިގަތެވެ.ފަރީޝާ އެގެއަށް ވަތްއިރު ލަކްޝްމީ އުޅެނީ ފުރަންދާށެވެ. “އަހަނ ތިއައީ ދޯ؟” ފަރީޝާ ފެނުމާއެކު އާތިފް ބުނެލިއެވެ. “އައިލީން ބޭބީ މަތިން ވަރަށް ހަނދާންވާނެ..ދާންޖެހުުނީމަ މިދަނީ އެހެންނޫންނަމަ ނުދިޔައިސް” ލަކްޝްމީ އާތިފަށް ބުނެލިއެވެ. “ދައްތަ ކޮށްދިން ކަންތަކަށް ވަރަށް ޝުކުރުވެރިވަން” އާތިފް ލަކްޝްމީއަށް ބުނެލިއެވެ.

“މީ ލަކްޝްމީ ނިދި ކޮޓަރި…ފަރީޝާ ބޭނުންވަންޏާ އަޅުގަނޑު މިކޮޓަރިއަށް ބަދަލުވެދާނަން ފަރީޝާއަށް އަޅުގަނޑުގެ ކޮޓަރި ދީފަ” އާތިފް ބުނެލީ ފަރީޝާއަށް އެކޮޓަރި ދައްކާލަމުންނެވެ.ފުދޭވަރަކަށް ތަނަވަސް އެކޮޓަރީގައި އެނދާ އަލަމާރިއާ ޑުރެސިންޓޭބަލަށް ދާންދެން ހުރިހާ ފަރުނީޗަރެއް ހުއްޓެވެ.ރީތިކޮށްލާފައި ވުމުން އެތަނުގެ ފުރިހަމަކަން އިތުރެވެ.

“ދެންމެ ތިތަން ސާފުކޮށް ބެޑްޝީޓުވެސް ބަދަލުކޮށްފަ ލަކްޝްމީ އެހުރީ” ކޮޓަރިއަށް ބަލަންހުރި ފަރީޝާއަށް އާތިފް ބުނެލިއެވެ. “އަޅުގަނޑުގެ ކޮޓަރި ބޭނުމިއްޔާ ބެލިދާނެ” ފަރީޝާ މުޅިތަނަށް ނަޒަރުހުއްޓިފައިވުމުން އާތިފް ބުނެލިއެވެ. “ނޫން މިތަން ރަނގަޅު” ފަރީޝާ އަވަހަށް ބުނެލިއެވެ.

“އެހެންވީއިރު އަޅުގަނޑު މިއަންނަނީ ލަކްޝްމީ ފުރުވާލާފަ…އައިލީން އޮތީ ނިދާފަ އޭނަ ހޭލާނީ ނުވައެއް ޖަހާއިރަށްަ” އެހެންބުނެ އާތިފް ނިކުތުމުން އޭނާގެ ފަހަތުން ލަކްޝްމީވެސް ނިކުތެވެ. ފޮށި ކޮޓަރީގައި ބެހެއްޓުމަށްފަހު ފަރީޝާ ދިޔައީ އައިލީންގެ ކޮޓަރިއަށެވެ.މަޑުމަޑުން ކޮޓަރިދޮރު ހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް ފަރީޝާ ބޯދިއްކޮށްލިއިރު، ލޯބިކޮށް ނިދާލާފައި އައިލީން އޮތެވެ.

އައިލީން ނިދާފައި އޮތުމުން މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު، ސިޓިންރޫމުގައި ކަހާލާފައިވާ ދޮރުފޮތިގަނޑު ދެފަރާތައް ފަރީޝާ ކަހާލިއެވެ.އެވަގުތު އިރުގެ އަލިން މުޅިއެތަން ދިއްލާލިއެވެ.އިސްކޮޅާ ހަމައަށް އަރާ ބިއްލޫރިދޮރު ހުޅުވާލުމަށްފަހު ތަނަވަސްކަންބޮޑު ބެލްކަންޏަށް ފަރީޝާ ނިކުމެލިއެވެ.އެވަގުތު ޕުރައިވެޓް ކާރެއް އެގޭތިރިން ނިކުތްތަން ފެނުނެވެ.ދުއްވަން އިނީ އާތިފެވެ.ކާރަށް ލަކްޝްމީ އެރުމުން އާތިފް ކާރުދުއްވާލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އިންތިހާ ލޯބި

Next

ލޯބި ވެވުމުން 16

Next
March 26, 2022

ލޯބި ވެވުމުން 16

Previews
March 26, 2022

އިންތިހާ ލޯބި

4 Comments!

  1. Angry says:
    March 26, 2022 at 5:45 pm

    Varah reethi.
    Best story ever.??
    46 vana bayah inthizaaru kuran.
    Avahah kiyaalan libeyne kamah ummeedhu kuran

    1. lamhus says:
      March 26, 2022 at 7:16 pm

      Thanks dear ?
      Will upload soon ?

  2. hiyyavas says:
    March 26, 2022 at 5:45 pm

    Nice❤??
    Dhen in bayah inthizaaru kuran

    1. lamhus says:
      March 26, 2022 at 7:17 pm

      Thanks dear ?
      Will upload soon ☺️

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (46)←


All Right Reserved!