Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (44)

lamhus Level 910 Stories100 Login500 Login100 Stories100 Comments
March 24, 2022 3 Mins Read
4 Comments

ފަރީޝާ ގާތުގައި އޮތް އައިލީން އިސާހިތަކު ނިދިއެވެ..ލޯބިލޯބިކޮށް ފުން ނިންޖެއްގައި ނިދާލާފައި އޮތް އައިލީންނާ ދިމާލަށް ބަލަން ފަރީޝާ އޮތެވެ.ކުއްޖާ އޮތް ލޯބިކަމުން އޭނާގެ ނިއްކުރިއަށް ފަރީޝާ ބޮހެއްދިނެވެ.އެކުއްޖާ ދޫކޮށްލާފައި ދާހިތް އެއްގޮތަކަށްވެސް ފަރީޝާ ނުވެއެވެ.އެހެންނަމަވެސް އެހާ ގިނަވަގުތު ފަރީޝާ އެގޭގައި ހުންނަން، އައިލީންގެ ބައްޕަ ހިތްހަމަނުޖެހިދާނެއޭ ހިތަށް އެރުމުން ހިތާދެކޮޅަށްވިޔަސް ދާން، ކޮޓަރިން ނިކުތެވެ.

ސިޓިންރޫމަށް ފަރީޝާ ނިކުތްއިރު ލަކްޝްމީއާ އާތިފް ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ.އެދެމީހުން ވާހަކަދައްކަން ތިބުމުން ފަރީޝާ ނިކުތްކަން ރެއަކާނުލިއެވެ.

“މިހާރު މީހަކު ހޯދިއްޖެތޯ އައިލީން ބަލަން؟” ލަކްޝްމީ އެހިއަޑު ފަރީޝާއަށް އިވުނެވެ. “ނޫން…އައި ބޭ ގަވެސް ޖަހައިގެން މިއުޅެނީ ބޭބީ ސިޓާރ އެއް ބޭނުންވާކަމަށް…އެކަމަކު އަދި ނުލިބިގެން މިއުޅެނީ” އާތިފަށް އެހިސާބަށް ބުނެވުނުތަނާ ފަރީޝާ ފެނުމުން އޭނާއާ ވާހަކަދައްކާލުމަށް، ލަކްޝްމީއާއެކު ކުރިއަށް ގެންދިޔަ ވާހަކަ މެދުކަނޑާލިއެވެ.

“ނިދީތަ؟” ފަރީޝާ ފެނުމުން ހިނިތުންވުމަކާއެކު އާތިފް އަހާލިއެވެ.އާތިފްގެ އެސުވާލަށް ފަރީޝާވެސް ޖަވާބުދިނީ ހިނިތުންވުމަކާއެކުގައެވެ. “އަދި އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ” ފަރީޝާއާ ދިމާލަށް އާތިފް ބުނެލިއެވެ. “ވަރަށް އުފާވެއްޖެ އައިލީންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލެވުނީތީ…އެއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް” ފަރީޝާ ބުނެލިއެވެ.

“ތިބޭފުޅާ މިގެއަށް ދުރުވެ، ތިބޭފުޅާގެ ވަގުތުން ބައެއް އައިލީންނަށްޓަކާ ހުސްކުރީތީ އުފާކުރަން” އާތިފް ބުނެލިއެވެ. “އަޅުގަނޑު އައިލީން މަތިން ވަރަށް ހަނދާންވާނެހެން ހީވަނީ” ހިނިގަނޑެއް ޖަހާލަމުން އެންމެފަހުން ފަރީޝާގެ ހިތުގައިވާ އެތި ބޭރުކޮށްލިއެވެ. “ފަރީޝާ ބޭނުންވަންޏާ ހަމައަންނަންވީ އައިލީންނާ ބައްދަލުވެވޭނެ…އައިލީންވެސް ފަރީޝާއާ އެހާގަޔާވޭ” އާތިފް ބުނެލިއެވެ.

“އަޅުގަނޑަށް ތިބޭފުޅާގެ ނަންބަރު ލިބިދާނެތޯ…ނާދެވުނަސް އައިލީންގެ ޚަބަރު ބަލާލަން ގުޅާލަން” ބުނަން ނުކެރި ހުރެފައިވެސް ފަރީޝާ އާތިފްގެ ނަންބަރަށް އެދުނެވެ.ފަރީޝާގެ އެދުމަށް އާތިފް އޭނާގެ ނަންބަރު ފަރީޝާއަށް ދިނެވެ.

******

ގެއަށް ވަތްގޮތަށް އާތިފްގެ ނަންބަރު އައިިލީންގެ ނަމުގައި ފަރީޝާ އޭނާގެ ފޯނުގައި ސޭވްކުރިއެވެ.އާތިފާ ލަކްޝްމީ ސިޓިންރޫމުގައި ތިބެ އައިލީންނަށް ބޭބީ ސިޓާއެއް ބޭނުންވާ ވާހަކަދެއްކި ފަހުން އެކަމާދޭތެރޭ ފަރީޝާ ވިސްނިއެވެެ.އެކަމާ ބެހޭގޮތުން އާތިފާ ސުވާލުކުރަންވެސް ފަރީޝާގެ ހިތަށްއެރިއެވެ.

********

ހެނދުނު ހޭލެވުމާއެކު ފެންވަރާ ސައިބޮއެގެން ވަޒީފާއަށްދާން ފަރީޝާ ނިކުތެވެ.އޭނާ އުޅޭ ގެއާ އައިލީންގެ ގެއާވެސް މާދުރުނުވުމުން، އެގެއާ ދިމާލަށް ވަޒީފާއަށް ދިޔަ މަގުމަތީ ފަރީޝާ ދިޔައެވެ.އެގޭ ދޮރުމައްޗަށް ހުއްޓިލުމަށްފަހުވެސް، އެނބުރި އޮފިހާ ދިމާލަށް ފަރީޝާ މިސްރާބުޖެހީ ކުއްލިއަކަށް ޚަބަރުނުވެ އެގެއަށް ވަނުން އެއީ ރަނގަޅު ގޮތަކަށް ނުވާނެހެން ހީވީމައެވެ.

އައިލީންނާ ދިމާވިފަހުން ފަރީޝާގެ ބޮލުތެރޭގައި އަބަދުމެ ވަނީ އެކުއްޖާއެވެ.އެލޯބި ފިރުމުންތަކާ އެލޮބުވެތި ބެލުމެވެ.އެންމެ ދުވަހަކު ފެނުނު އެކުޑަކުއްޖާގެ ހަނދާން ފަރީޝާގެ ހިތުގައި ބިންވަޅު ނެގިއްޖެ ކަހަލައެވެ .އޮފީހުގައި އުޅުނުއިރުވެސް އެކުއްޖާގެ މަތިން ފަރީޝާއަށް ގަދައަށް ހަނދާން ކުރެވެމުންދިޔައެވެ.އާތިފަށް ގުޅަން ދެތިންފަހަރަކު ފޯނުވެސް ފަރީޝާ ނެގިއެވެ.އެެހެންނަމަވެސް އާތިފް ބުނިގޮތުން އޭނާ މިހާރު އުޅޭނީ އޮފީހުގައި ކަމަށްވާތީ، ނުގުޅާ ފޯނު ބާއްވަނީއެވެ.

ހެނދުނުވެގެން ގޮސް ހަވީރުވިއިރުވެސް ފަރީޝާގެ ހާލަތަކީ އެޔެވެ.އެނަންބަރަށް ގުޅަން އޭނާ އުޅުނީ ކިތައްފަހަރުކަމެއް ޚުދު ފަރީޝާއަކަށްވެސް ނޭނގެއެވެ.އައިލީންގެ ނަންބަރަށް ބަލަން ފޯނު އަތަށް ލައިގެން ފަރީޝާ އިނެވެ.ގުޅަން ހިތަށްއަރާފަވެސް އާތިފް ހިތަށްއަރާނެ އެއްޗެއް ނޭނގޭތީ ގުޅަން ނުކެރިފައެވެ.ވަރަށް އިރު އެގޮތުގައި އިނުމަށްފަހު ފަރީޝާ އެންމެފަހުން އެނަންބަރަށް ގުޅާލިއެވެ.ފޯނު ރިންގުވިތާ އިރުކޮޅެއްނުވެ އެކޮޅުން ފޯނު ނެގިއެވެ.އެވަގުތު ކުޑަކުއްޖަކު ރޯއަޑު ފަރީޝާއަށް އިވުނެވެ.އެއަޑު ޖެހުމާއެކު އެއީ އައިލީންގެ އަޑުކަން ފަރީޝާއަށް ވަގުތުން އެނގުނެވެ.

“ހަލޯ” އެކޮޅުން އާތިފް ގޮވާލިއެވެ. “ހަލޯ މީ ފަރީޝާ..މީ އައިލީން ކިހިނެއްތޯ ބަލާލަންވެގެން..އައިލީން ރޯއަޑުތޯ އެއިވެނީ؟” ފަރީޝާ ވާހަކަދެއްކީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެ ހުރެއެވެ. “އާނ…ހެނދުނުއްސުރެ ނުހުއްޓިގެން މިއުޅެނީ…ލަކްޝްމީ ގުޅާފަ އައިލީން ރޯވާހަކަ ބުނެގެން އަޅުގަނޑު އޮފީހުގަ އިނދެފަ މިއައީވެސް..އަދި ދެމީހުންނަށްވެސް ނުހުއްޓިގެން މިއުޅެނީ” އާތިފް ބުނެލިއެވެ.

“ކީއްވެގެން ރޮނީ؟…” ފަރީޝާއަށް އެެހެން އަހާލެވުނު ވަގުތު، ރޮމުން މަންމީ އޭ އައިލީން ކިޔާއަޑު ފަރީޝާއަށް އިވުނެވެ.އެވަގުތު ފަރީޝާގެ ހިތުގައި ރިހުމެއް ރިހިލި ކަހަލައެވެ.އެގެއަށް ދަންތޯ އާތިފްގާތު ކުއްލިއަކަށް ފަރީޝާއަށް އަހާލެވުނެވެ. “އޯކޭ” އާތިފް އެހެން ބުނުމާއެކު ފަރީޝާ ފޯނު ކަނޑާލުމަށްފަހު، އައިލީން ކައިރިއަށްދާން އަވަސްވެގަތެވެ.

*********

އާތިފް ދިރިއުޅޭ އެޕާޓްމެންޓަށް އަރާ ދޮރުގައި ފަރީޝާ ބެލްޖަހާލިއެވެ.އޭރުވެސް އައިލީން ރޯއަޑު ފަރީޝާއަށް އިވެމުންދިޔައެވެ.ފަރީޝާ ބެލްޖަހާލުމާއެކު އާތިފް ދޮރުހުޅުވިއެވެ.އެއާއެކު އަވަސްވީގޮތަކަށް ފަރީޝާ އެތެރެއަށް ދެމިގަތެވެ.ރޯންހުރި އައިލީންނަށް ފަރީޝާ ފެނުމުން މަންމީއޭ ކިޔާ ދުވެފައި އޭނާގެ ގާތަށް އައެވެ.ފަރީޝާވެސް ތިރިވެ، އައިލީންގެ ގައިގައި ދަރިފުޅާއޭ ކިޔާ ލޯބިން ބައްދާލިއެވެ.

“ނިދާހޭލިއިރު ފަރީޝާ ފެންނަން ނެތުމުން މަންމީއޭ ކިޔާ ގޮވާ މުޅި މިގޭތެރެހޯދާ ފަރީޝާ ނުފެނުނީމަ ރޯންފެށީ” އައިލީން ގައިގައި ބައްދާލައިގެން އިން ފަރީޝާއަށް އާތިފް ބުނެލިއެވެ. “އެހެންތަ؟” އައިލީން އުރާލައިގެން ތެދުވަމުން ފަރީޝާ ބުނެލިއެވެ. “ކީއްވެ މަންމި ދިޔައީ؟” އައިލީން ރޮމުން ފަރީޝާއަށް އަހާލިއެވ.ެ

“ސޮރީ ދަރިފުޅޫ ދެން މަންމި ނުދާނަން” އައިލީންނަށް ފަރީޝާ ބުނެލީ ކޮންމެވެސް ވަރަކަށް ދެރަވެލާފައެވެ.އައިލީން ހަމައަކަށް އެޅުމުން، ފަރީޝާ އާތިފާ ވާހަކަދައްކާލަން އުޅުނެވެ. “އަޅުގަނޑަށް ރޭގަ އަޑުއިވުނު އައިލީންނަށް ބޭބީ ސިޓާއެއް ތިބޭފުޅާ ހޯދަން ބޭނުންވާ ވާހަކަ” ފަރީޝާ ހިތްވަރާއެކު ބުނެލިއެވެ.

“އާނ ލަކްޝްމީގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން އޭނަ އެކޮޅަށް ބަދަލުވާތީ…ބޭބީ ސިޓާއެއް ނުލިބިގެން މިއުޅެނީ އައިބޭގަވެސް ޖަހައިގެން…ބޭބީ ސިޓާއެއް ނުލިބިގެން ލަކްޝްމީއަށްވެސް ނުފުރިފަ އެހުރީ” އާތިފް ބުނެލިއެވެ. އާތިފް އެހެންބުނުމާއެކު އައިލީންގެ ބޭބީ ސިޓާއަކަށް ވާން ފަރީޝާ ބޭނުންކަމަށް ބުނެލިއެވެ.

“އެކަމަކު މިގޭގަ އުޅެންޖެހޭނީ” އާތިފް ބުނެލިއެވެ.އާތިފް އެހެންބުނުމުން އެކަމާ ފަރީޝާ އެއްބަސްވިއެވެ. “ވަޒީފާއެއްގަތަ ފަރީޝާ އުޅެނީ؟” އާތިފް އަހާލިއެވެ. “ލައްބަ އެކަމަކު އެތަނުން ކެނޑޭނީ” ފަރީޝާ ބުނެލިއެވެ. “ކިހާ ދުވަހެއްވެއްޖެ އެތާ އުޅޭތާ؟ އެންޑް ސެލެރީ ކިހާވަރެއް؟” އާތިފް އަހާލިއެވެ. “މިހާރު ވަން އިޔާރ ވަރު ވެދާނެ…ސެލެރީއަކީ ބާރަހާސް” ފަރީޝާ ބުނެލިއެވެ.

“އެހެންތަ؟..އެއް އަހަރުވީ ވަޒީފާ ދޫކޮށް..އައިލީންގެ ބޭބީ ސިޓާއަކަށްވާން އެއްބަސްވީތީ އުފާކުރަން..އާތިފް ފަރީޝާއަށް ކޮންމެ މަހަކު ފަނަރަހާސް ދޭނަން…ގޭގެ މަސައްކަތް ނުކުރިއަސް، އައިލީންގެ ކަންތައް ކޮށްދެނިކޮށް އޯކޭ” އާތިފް އެހެންބުނުމުން އޭނާ ބޭބީ ސިޓާއަކަށްވާން ބޭނުންވަނީ ކޮންމެހެން ރުފިޔާ ބޭނުންވެގެން ނޫންކަމަށާއި، ލަކްޝްމީއެކޭ އެއްފަދައިން އޭނާވެސް ގޭތެރޭގެ މަސައްކަތްތައް ކުރާނަން ކަމަށް ފަރީޝާ ބުނެލިއެވ.ެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ވަގު

Next

އެދުވަހުގައި….

Next
March 25, 2022

އެދުވަހުގައި….

Previews
March 24, 2022

ވަގު

4 Comments!

  1. hiyyavas says:
    March 25, 2022 at 10:21 pm

    Avahah dhen inbai submit kohdheebala haadha inthizaarekey mi kureveny

    1. lamhus says:
      March 26, 2022 at 9:22 am

      sorry for the late upload….will upload soon ?

  2. Angry says:
    March 25, 2022 at 11:25 pm

    E thedheh kon iraku dhen in bai kiyaalan libeynee?

    1. lamhus says:
      March 26, 2022 at 9:22 am

      sorry….will upload soon?

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (45)←


All Right Reserved!