Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (43)

lamhus Level 910 Stories100 Login500 Login100 Stories100 Comments
March 23, 2022 3 Mins Read
0 Comments

ކަރުނަައިން ތެމިފައިވާ ދެލޮލުން ފަރީޝާއަށް ބަލަން ދެއަތް ދިއްކޮށްލައިގެން އައިލީން ހުއްޓެެވެ.އެހެންކަމުން ފަރީޝާގެ ނާޒުކު ހިތަށް ކެތްނުވެގެން އެކުއްޖާ އުރާލިއެވެ.އެވަގުތު އާތިފް އެތަނަށް އައެވެ.

“ފަރީޝާ ބޭނުމިއްޔާ ދިޔަސް ހެޔޮ…ވަރަށް ލަސްވެއްޖެއެއްނު..ތަނަކަށް ދާންވެސް އޮވެދާނެ…ނޫނީ ގޭގަ ބޭބީވެސް ހުރެދާނެ” ފަރީޝާއަށް ލަސްވެދާނެހެން ހީވާތީ އާތިފް ބުނެލިއެވެ.

“ކީއްވެ މަންމި ތިދަނީ؟” ފަރީޝާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އައިލީން ދެރަވެލާފައި އަހާލިއެވެ.އެވަގުތު ފަރީޝާ އައިލީންއާ ދިމާލަށް ބަލައިލިއެވެ.ތުއްތު އެމޫނު ފަރީޝާއާ ގާތުން ފެންނަން ހުރުމުން، އޭނާއަށް ކުރެވެމުންދިޔައީ ކުރިން ނުކުރެވޭފަދަ އިހުސާސެކެވެ. އެމައުސޫމު ތުއްތުކުއްޖާ، ދަރިއަކު މަޔަކާ ދިމާލަށް ބަލަންހުންނަ ފަދައިން، ފަރީޝާއާ ދިމާލަށް ބަލަންހުއްޓެވެ.

“އަޅުގަނޑުގެ ދަރިއަކު ނުހުންނާނެ…އަޅުގަނޑަކަށް ލަހެއްނުވޭ…ތިބޭފުޅާ ބޭނުމިއްޔާ އައިލީން ކައިރި އަޅުގަނޑު އަދި ވަގުތުކޮޅަކަށް ހުރެލިޔަސް އެންމެ ރަނގަޅުތޯ؟” އައިލީން ދޫކޮށްލާފަ ދާހިތްނުވުމުން ކުޑަވަގުތުކޮޅަކަށް ނަމަވެސް އެކުއްޖާ ގާތު ހުރެލުމުގެ އިޒުނައަށް ފަރީޝާ އެދުނެވެ. “އެންމެ ރަނގަޅު” އާތިފް އެހެންބުނެ ފަރީޝާއަށް ވަންނަން ތަންދެއްކިއެވެ.

އައިލީން އުރާލައިގެން ވަތް ފަރީޝާ، ސޯފާގައި އިށީނެވެ.އެވަގުތު އައިލީން އޭނާގެ ކުޅޭ އެއްޗެހިތައް ނަގާ ފަހަރަކު އެއްޗެއް ފަރީޝާއަށް ދައްކަމުންދިޔައެވެ. “ކުލެލާ މަންމީީ” ކުޅޭ އެއްޗެއް ފަރީޝާއަށް ދިއްކޮށްލަމުން އައިލީން ޅައަޑަކުން ބުނެލިއެވެ.އައިލީންގެ ހަރަކާތްތައް ބަލަން އާތިފްގެ އިތުރުން ފަރީޝާވެސް އިނީ ހެވިފައެވެ.

“އަޅުގަނޑު އަންނާނަން އެއްޗެހި ބަދަލުކޮށްލައިގެން” އައިލީނަށް ބަލަން އިނުމަށްފަހު ފަރީޝާއަށް އާތިފް ބުނެލިއެވެ.އާތިފް ކޮޓަރިއަށް ވަނުމުން، ލަކްޝްމީ އައިލީންއަށް ކާން ހަދަން އުޅުނެވެ.

“ހިނގާ ބޭބީ ކާން” ލަކްޝްމީ ކާން ހަދައިގެން އައިސް އައިލީންނަށް ބުނެލިއެވެ.އަދި އައިލީން އުރާލުމަށްފަހު މޭޒުކައިރި ހުރި ގޮނޑިއެއްގައި އެކުއްޖާ ބޭންދިއެވެ.އެވަގުތު އެއްޗެހި ބަދަލުކޮށްގެން އާތިފް ކޮޓަރިން ނިކުތެވެ.

ފަރީޝާ ސޯފާގައި އިށީންދެގެން އިނުމުން އައިލީންނެއް ނުރޮއެވެ.އެހެންނަމަވެސް އެކުއްޖާ ކާކަށް ނޫޅުނެވެ.އެއްގޮތަކަށްވެސް އަނގައެއް ނުހުޅުވިއެވެ.ސަމުސާ ދިއްކޮށްލާއިރަށް މޫނު އަނެއްފަރާތަށް އަނބުރާލަނީއެވެ.

ލަކްޝްމީއަށް އައިލީންނަށް ކާންދޭން އުދަނގޫވުމުން، އާތިފް އައިލީނަށް ކާންދެވޭތޯ މަސައްކަތް ކުރިއެވެ.ނަމަވެސް އާތިފަކަށްވެސް އައިލީނަށް ކާންދެވޭ ވަރެއްނުވިއެވެ.ހަމަހިލާ އެއްގޮތަކަށްވެސް އައިލީން އަނގައެއް ނުހުޅުވިއެވެ.އަޑެއް ލައްވާލުމަށްފަހު އަނެއްފަރާތަށް މޫނު އަނބުރާލަނީއެވެ.

އައިލީނަށް ކާންދޭންވެގެން ލަކްޝްމީގެ އިތުރުން އާތިފްވެސް ވަރަށް މަސައްކަތް ކުރިއެވެ.ކުޅޭ އެއްޗެހިވެސް ދިނެވެ.ޓީވީން ކާޓޫނުވެސް ދެއްކިއެވެ.ނަމަވެސް ވިފައިދާއެއް ނެތެވެ.އެހެންކަމުން ސޯފާގައި އިން ފަރީޝާ އެންމެފަހުން ތެދުވިއެވެ.

“ދެން ދަރިފުޅޫ މިކާލަބަލަ” އާތިފް ބުނެލިއެވެ. “މަންމި އަތުންނޭ ދޯ ކާނީ؟…އައިލީން ވަރަށް ބަސްއަހައިގެން ކާނެ ބަލައްޗޭ ހުރިހާ ކުދިން” އައިލީން ކައިރިއަށްގޮސް އާތިފް އަތުން ސަމުސާ އަތުލުމަށްފަހު ފަރީޝާ ބުނެލިއެވެ.އަދި ބަތް ސަމުސާ އައިލީންގެ އަނގަޔާ ދިމާލަށް ދިއްކޮށްލިއެވެ.

ފަރީޝާ ސަމުސާ ދިއްކޮށްލުމާއެކު އައިލީން އޭގައިވާ ބަތްކޮޅު ކާލިއެވެ.އެވަގުތު އާތިފްގެ އިތުރުން ލަކްޝްމީވެސް ހައިރާންވެފައި ފަރީޝާއާ ދިމާލަށް ބަލަން ހުއްޓެވެ.ފަރީޝާގެ އަތުން ނޫނީ އައިލީން ނުކާތީ، އެކުއްޖާއަށް ކާންދިނީ ފަރީޝާއެވެ.

*****

އައިލީނަށް ކާންދީ ނިމުމުން ލަކްޝްމީ އެކުއްޖާ ފެންވަރުވަން ގެންދަން އުޅުނެވެ.އެހެންނަމަވެސް އައިލީން ދުވެފައި ފަރީޝާގެ ގާތަށް އައެވެ.އަދި އޭނާ ފެންވަރާނީ ފަރީޝާއާ އެކުގައި ކަމަށް ބުންޏެވެ.އެވަގުތު ފަރީޝާ ބަލައިލީ އާތިފާ ދިމާލަށެވެ.އާތިފް ބޯޖަހާލުމުން ފަރީޝާ އައިލީން ގޮވައިގެން ކޮޓަރިއާ ދިމާލަށް ދިޔައެވެ.

“މީ އައިލީންގެ ކޮޓަރި އެހުރީ ފާހަނަ” ފަރީޝާއަށް އައިލީންގެ ކޮޓަރިއާ ފާހަނަ ދައްކާލަމުން އާތިފް ބުނެލިއެވެ.

އާތިފް ކޮޓަރިން ނިކުތުމުން ފަރީޝާ އައިލީން ފެންވެރުވިއެވެ.އައިލީން ފެންވަރުވައިގެން ނިކުމެ ކުއްޖާ ރީތިކުރަން ފަރީޝާ އުޅުނެވެ.އެވަގުތު އައިލީން އާފުރިލުމުން އޭނާ ނިދިއައީކަން ފަރީޝާއަށް އެނގުނެވެ.

“ދަރިފުޅު މި ބުއްތަށި ބޯލާ” އާދައިގެމަތިން ނިދުމުގެ ކުރިއަށް އައިލީނަށް ބުއްތަށި ދިނުމުގެ ގޮތުން އާތިފް އައެވެ.އައިލީން ބުއްތަށި ބޯލުމަށްފަހު ތަށި އޭނާގެ ބައްޕައާ ހަވާލުކުރުމުން ފަރީޝާ އެކުއްޖާއަށް ފެން ދިނެވެ.

“ދެން ދަރިފުޅު އަވަހަށް ނިދާލާ” އައިލީންގެ ނިއްކުރިއަށް ބޮހެއްދިނުމަށްފަހު އޭނާގެ ބައްޕަ ބުންޏެވެ.އާތިފް އެހެންބުނުމުން އައިލީން އެނދުގައި ބޭއްވުމަށްފަހު ފަރީޝާ ގެއަށްދާން ކޮޓަރިން ނިކުންނަން އުޅުނެވެ.އެވަގުތު އައިލީން އޭނާގެ އަތުގައި ހިފިއެވެ.

“ކޮއްކޮ ނިދާނީ މަންމިއާއެކު” އައިލީން ފަރީޝާއަށް ބުނެލިއެވެ.އައިލީން އެހެންބުނުމުން ފަރީޝާ ބަލައިލީ ކައިރީގައި ހުރި އާތިފާ ދިމާލަށެވެ.

“ދަރިފުޅު ދެން ބަސްއަހައިގެން ނިދާލާ…ދަރިފުޅު އެހެންޏާވެސް ނިދަނީ އެކަންޏެއްނު…އަވަހަށް ނިދާލާ އިނގޭ ދޫނީ..ދައްތަ މިހާރު އެހުރީ ދާން ލަސްވެފަ” އާތިފް ބުނެލިއެވެ.

އާތިފް އެހެންބުނުމުން އައިލީން ރުޅިއައެވެ. “އެއީ މަންމިއޭ މަންމިއޭ” ކުޑަކުޑަ ދެބުމަށް ގޮށްޖަހާލަމުން އެނދުގައި އޮށޯވެގެން އޮތް އައިލީން ތެދުވެ ތުންދަމާލިއެވެ.

އައިލީން ރުޅިއައުމުން ފަރީޝާގެ އިތުރުން އާތިފްގެ ގާތަށްވެސް ހިނިއައެވެ. “އަޅުގަނޑު އައިލީން ނިންދަވާލާފަ ގެއަށްދާނީ” އާތިފާ ދިމާލަށް ފަރީޝާ ބުނެލީ، އައިލީން އެނދުން ތެދުވަން އުޅެންފެށުމުންނެވެ.އެހެންކަމުން ފަރީޝާއަށް އާނއެކޭ ބުނުމުގެ ގޮތުން އާތިފް ބޯޖަހާލުމަށްފަހު އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ.އޭނާ ދަމުންދިޔައީ ނިދާބޮކި ޖެއްސުމަށްފަހު، ދޮރުވެސް ޖަހާފައެވެ.

“ހިނގާ އޮއްތާލަން” އައިލީން އެނދުގައި ބާއްވަމުން ލޯބިން ފަރީޝާ ބުނެލިއެވެ. “މަންމިވެސް އާދޭ” ފަރީޝާ ގޮސްދާނެތީ އައިލީން ބުނެލިއެެވެ. “މަންމިވެސް އޮއްތާލަންށޭ މިއުޅެނީ” ފަރީޝާ ބުނެލިއެވެ.އެހެންބުނެ އައިލީން ކައިރި ފަރީޝާވެސް އޮށޯތެވެ.

“މަންމީ ކީއްވެ ބުރުގާ އަޅައިގެން ތިއޮތީ؟” އައިލީން އަހާލިއެވެ. “އެއީ އޭސީ ކޮށްފަ ހުރީމަ މަންމި ފިނިވާތީ” ދޭނެ ޖަވާބަކާ ދޭތެރޭ ކުޑަވަގުތުކޮޅަކު ވިސްނާލަން އޮތުމަށްފަހު ފަރީޝާ ބުނެލިއެވެ. “ކޮއްކޮވެސް ފިނިވޭ…ކޮއްކޮވެސް ބޭނުން ބުރުގާ” އައިލީން ބުނެލިއެވެ.

“ކޮއްކޮ ތިއޮތީ ބްލޭންކެޓް އަޅައިގެންނު…ދެން އަވަހަށް ނިދާލާ” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން އައިލީން އޭނާގެ ގައިތެރެއަށްވަދެ ބައްދާލިއެވެ.

އެންމެ ދުވަހަކު ފެނުނު މީހަކަށް އައިލީން އެހާ ދޯޅަވުމުންނާއި އޭނާގެ ބައްޕަ ބުނިގޮތުން އައިލީންނަކީ އެހާ މީހުންނާ ރަހުމަތްތެރިކުއްޖަކަށްވެސް ނުވާތީއާއެކު، އައިލީންގެ އަމަލުތަކާމެދު ފަރީޝާ ކުޑަކޮށް ހައިރާންވިއެވެ.އެހެންނަމަވެސް އައިލީން އޭނާ ދެކެ އެހާ ގަޔާވާތީ ފަރީޝާ ވަރަށް އުފާވިއެވެ.

“މަންމީ؟” ހިޔާލަށް ގެއްލިފައި އޮތް ފަރީޝާގެ މޫނުގައި އަތް ބާއްވާލަމުން އައިލީން ގޮވާލިއެވެ.އައިލީން ގޮވާލުމުން އެކުއްޖާއާ ދިމާލަށް ފަރީޝާ ބަލައިލިއެވެ.އެވަގުތު ލޯބިން ފުރިގެންވާ ނަޒަރަކުން ފަރީޝާއާ ދިމާލަށް ބަލަން އައިލީން އޮތެވެ.އައިލީނަށް ބަލަންއޮތް ފަރީޝާގެ ދެލޮލުން އިޚްތިޔާރަކާނުލާ ކަރުނަ ފައިބައިގަތެވެ.

“މަންމީ ކީއްވެ ރޮނީ؟” ފަރީޝާގެ މޫނުގައި އަތުން ފިރުމާލަމުން ލޯތްބާއެކު އައިލީން އަހާލިއެވެ.އެވަގުތު ފަރީޝާ އައިލީންގެ ކުޑަކުޑަ އަތަށް ބޮހެއްދިނުމަށްފަހު، އޭނާ ނުރޯކަމަށާއީ އައިލީން ނިދުމަށް ބުނެލިއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިރާސް 35 & 36

Next

ވަގު

Next
March 24, 2022

ވަގު

Previews
March 23, 2022

ހިރާސް 35 & 36



All Right Reserved!