(ފަސްވަނަ ބަޔާއިގުޅޭ)………… ވަގުތުކައިރިވަރަކަށް ބޯޓަށް އަރަމުން ދިޔަ މީހުންވެސް އޭރު ގިނަވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނަށްވެސް އަހަރެން ވަކިވަކިން ބަލަން އިނީމެވެ. ތޫއާދޭތޯއެވެ. ނަމަވެސް ފުރަން ފަސްމިނިޓްވީ އިރުވެސް ތޫއެއްނާދެއެވެ. އަހަރެން މާޔޫސްވިއެވެ. ނިހާލުމެން ތޫއަންނާނެކަމަށް ބުނަމުން އަހަރެންގެ ހިތްހަމަޖައްސަން މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުން އެދުނީ އެންމެފަހުން ތޫއަށް ގުޅުމަށެވެ. ފޯނުމަތިން ހަނދާންވީވެސް އެވަގުތުއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނަގާ ތޫގެ ނަންބަރަށް ޑައިލް ކުރަން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން އަހަންނަށް ފޯނެއްއައެވެ. އަހަންނަށް […]
ނާޒު ހުރީ ކޮޓަރީގެ ކުޑަދޮރުން ބޭރުބަލާށެވެ. ކުއްލިއަކަށް ދުވެފަ އައި މީހަކު އައިސް ނާޒުގެ ފަހަތުން ނާޒު ގައިގަ ބައްދާލިއެވެ. ނާޒު ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ދިއުމަށްވުރެ ބޮޑައް ގަތީ ބިރެވެ. ތެޅި ގަނެފަ ނާޒު އަވަހަށް އެނބުރިލިއެވެ. ނާޒު އަށް މީހެއްކަމަށް ހީކުރެވުނު ނަމަވެސް އެއީ ކުއްޖެކެވެ. ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ނާޒު އާ ދިމާލަށް ހިނިއައިސްގެން ބަލަން ހުރި ރައުލްގެ މޫނުމަތިން ފެންނަމުން ދިޔަ މައުސޫމް ކަމުން ނާޒު ވެސް ހިނިތުން ވެލިއެވެ. […]
ޖެހެމުންދިޔަ ފިނި ވައިރޯޅި އާއެކު ވެހެމުން ދިޔަ ބޯ ވިއްސާރަ ތެރޭ ކުރިއަށް ހިނގަމުން ދިޔަ ނާޒްގެ ހިނގުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރަމުން ދާ ވިއްސާރައިގެ އެއްވެސް އަސަރެއް ނާޒު އަށް ކުރާ ހެން ހިއެއް ނުވެއެވެ. ޕޭމަންޓް މަތިން ކުރިއަށް ދިޔައީ އެއްވެސް މީހަކަށް ބެލުމެއް ނެތިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލާކަށް އެއްވެސް ހަރަކާތެއް ނާޒު ނުކުރެއެވެ. އަމީނީ މަގަކީ ވިއްސާރަ ވެއްޖެނަމަ އަބަދުވެސް އެހާ ފެންބޮޑު ވާ މަގެކެވެ. އެހެންކަމުން […]
“ބުނެވެސްނުލައޭނުން ރިހާ ތި އައީ…ބުނިނަމަ ބައްޕަމެން މީހަކަށްވެސް ރިހާ ބަލާދާން އެނގުނީހީ.” ނަސީރު ވާހަކަ ދެއްކީ ލޮތްބާއެކުއެވެ. “ދެން އަނެއްކާ އައިސް ހަމަޖެހިވެސް ނުލާ މިރޭ މިހާ ލަސްވެފަ ހުއްޓަވެސް ތިދަނީ އޮފީހަށް… އަރާމުކޮށްލަންވެސް ވާންނުން!” ނަސީރުގެ ވާހަކަތައް އަޑުއަހަން ހުރި ރިހާ އެއްވެސް ޝަޢުގުވެރިކަމެއް އެވާހަކަތަކަށް ނެތް ފަދަ ގޮތަކަށް ހިތްހަމަނުޖެހިފަ ހުރި ރާގެއްގަ ބުންޏެވެ. “ޔޫ ނޯ ޑޭޑް! މިގޭގެ އެހެންމީހުނަށް މިމަސައްކަތްތަށް މުހިންމު ނުވިއަސް އަހަރެންނަށް މުހިންމު…ކުރަންހުންނަ މަސައްކަތްތަށް ހުއްޓާލާފަ އައި ޖަސްޓް […]
ދުނޔެމައްޗަށްވަނީ ހަމަހިމޭކަން ވެރިވެފައެވެ. ވަގުތަކީ ދަންވަރުގެ ވަގުތެވެ. ނާޒިމާވަނީ ނިދީގެ މީރުކަމުން މަޙުރޫމުވެފައެވެ. އޭނާ ވަނީ ފުންޙިޔާލެއްގެ ތެރޭގައެވެ. އެހެނީ ދެލޯފަދަ ލޯބިވާ ދަރިފުޅު ނީމުގެ ޙިޔާލުގައެވެ. ނީމުގެ ހަނދާނުގައެވެ. ނީމުއަކީ ނާޒިމާއާއި ޤަފޫރަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ނީމުގެ އުމުރުން އެންމ ދެއަހަރުގައިޤަފޫރު ވަރަށް ކުއްލިގޮތަކަށް ނިޔާވީއެވެ. އެއީ ނާޒިމާގެ ޙަޔާތަށް އައި ހިތާމައިން ފުރިގެންވި ދުވަހެކެވެ. `ކުރި އަސަރެއްގެ ބޮޑުކަމުން އޭނާގެ ހެޔަށްގޮތްވެސްވިއެވެ. ނަމަވެސް ހެޔޮއެދޭ ރަޙުމަތްތެރިންނާއި އާޢިލާގެ މީހުންގެ އެހީއާއެކު އޭނާވަނީ މުޅިން […]
(ހަތަރުވަނަ ބަޔާއިގުޅޭ)………… އަޑެއް އިވިގެން އަހަރެން ފަސްއެނބުރި ބަލާލިއިރު ނިހާލްއާއި ފާރިޝްގެއަށް އައިސްގެން އުޅެނީއެވެ. އެމީހުންނާއިއެކުގައި ފާރިޝްގެ ސާދައަހަރުގެ ފިރިހެން ކޮއްކޮ ސަމާހުވެސް ހުއްޓެވެ. އެމީހުންގެ ކޮނޑުގައި ދަބަސް އަޅުވާފައި ހުއްޓެވެ. ބަލާބެލުމަށް ހީވަނީ ތަނަކަށް ދާން ތައްޔާރުވެގެން އައީ ހެންނެވެ. އަހަރެން ތެދުވެލާފައި އެމީހުން ކައިރިއަށް ދިޔައީމެވެ. އަދި ތިއީ ކޮންކަމެއްހޭ އަހާލީމެވެ. ”އަހަރުމެން ޗުއްޓީއަށް ރަށަކަށް ދާން މިއުޅެނީ…. އަޔާން ނުދާނަންތަ؟…” ފާރިޝް ދަބަސް ބަހައްޓަމުން ހީލާފައި އަހާލިއެވެ. ”ރަށަކަށޭ… އަހަރެން އެއްވެސް ތަނަކަށް […]
ބާރު ދުވެލީގައި އައި ލޯންޗް ބަނދަރާއި ގާތް ކޮށްލުމާއި އެކު ރިހާ ފަޅުވެރިއެއްގެ އެހީގައި ލޯންޗުން ފޭބިއެވެ. ފުރަތަމަވެސް ރިހާ ވަށައިގެންވީ މާހަޢުލަށް ނަޒަރު ހިންގާލީ އުންމީދާއި އެކުއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މާޔޫސްވެ ހުރެ އިސްޖަހާލީ މިފަހަރު އެހެން ފަހަރު ފަހަރާއި ތަފާތު ވާނެ ކަމަށް އުންމީދު ކުރެވުނީތީ އެކަމާ އަމިއްލަ ނަފްސަށް މަލާމާތް ކުރަމުންނެވެ. ރިހާ މަޑުމަޑުން އޭނާގެ ޝޫޓް ކޭސް ހިފައިގެން ހިނގައި ގަންނަމުން ފޯން ނަގައި ނަމްބަރަކަށް ޑައިލް ކޮށްލިއެވެ. އެކޮޅުން […]
އެސްފިޔައިގެ ލިޔުންތެރިންނާއި ކިޔުންތެރިންނަށް އައްސަލާމް ޢަލައިކުމް އެސްފިޔައިގެ މެސެޖު ކުރުމުގެ ސިފައަށް ލިބުނު ގަޔާވާ ޝުޢޫރުތަކަށް އެންމެހާ ލިޔުންތެރިންނާއި ކިޔުންތެރިންނަށް ޝުކުރު އަދާކުރަމެވެ. މެސެޖު ކުރުމުގެ ސިފަ ތަޢާރަފް ކުރުމާއި އެކު ވަރަށް ގިނަ މެމްބަރުން “ޗެޓް” ކުރުމުގެ ސިފަ ހިމެނުމަށް ޚިޔާލު ފޮނުވިއެވެ. އެޚިޔާލުތަކާއި އެއްގޮތަށް 4 ޖޫން 2013 އިން ފެށިގެން “ޗެޓް” ކުރުމުގެ ސިފަ “އަނގަތެޅުން ” މިނަމުގައި ހިމެނިގެންދާނެއެވެ. ދިވެހިންގެ ކާބަފައިން އަނގަތަޅާ އުޅޭ މަޝްހޫރު ތަނަކީ ހޮޅުއަށިގައި ކަމުގައިވާތީ […]
(ތިންވަނަ ބަޔާއިގުޅޭ)………… މާޒީގެ އުފާވެރި ސޮފްޙާތަކުން އަހަންނަށް ބޭރަށް އާދެވުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުންނެވެ. ގުޅަނީ މަންމައެވެ. އަހަރެން ފޯނުނެގީމެވެ. ”ހަލޯ….. ދަރިފުޅާ…. ކޮންތާކު؟ ލަންކާ އެއަރޕޯޓުގަތަ؟ އެތަނަށް ދެވިއްޖެތަ؟” މަންމަ އެއްފަހަރާ ހުރިހާ ސުވާލުތަކެއް އަމުނާލިއެވެ. ޓްރާންސިޓްވެގެން ދާންޖެހޭތީވެ އަހަންނަށް ލަންކާއަށް ދެވުނުތޯ މަންމަ ބަލާލީއެވެ. ކުރީގައި ފުރަންއޮތް ގަޑީގައި ފުރުނުނަމަ އަހަރެން އޭރުވާނީ ލަންކާގައެވެ. އަހަރެން ފުރުން ލަސްވީވާހަކަ މަންމަ ކައިރީގައި ބުނީމެވެ. އެވަގުތު އަހަރެން ފޯނުގެ ގަޑިއަށް ބަލާލީމެވެ. ”އޯހް….. […]