Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ނުރޮއްވާ… (2)

Raina Level 110 Stories
June 9, 2013 3 Mins Read
6 Comments

“ބުނެވެސްނުލައޭނުން ރިހާ ތި އައީ…ބުނިނަމަ ބައްޕަމެން މީހަކަށްވެސް ރިހާ ބަލާދާން އެނގުނީހީ.” ނަސީރު ވާހަކަ ދެއްކީ ލޮތްބާއެކުއެވެ. “ދެން އަނެއްކާ އައިސް ހަމަޖެހިވެސް ނުލާ މިރޭ މިހާ ލަސްވެފަ ހުއްޓަވެސް ތިދަނީ އޮފީހަށް… އަރާމުކޮށްލަންވެސް ވާންނުން!” ނަސީރުގެ ވާހަކަތައް އަޑުއަހަން ހުރި ރިހާ އެއްވެސް ޝަޢުގުވެރިކަމެއް އެވާހަކަތަކަށް ނެތް ފަދަ ގޮތަކަށް ހިތްހަމަނުޖެހިފަ ހުރި ރާގެއްގަ ބުންޏެވެ. “ޔޫ ނޯ ޑޭޑް! މިގޭގެ އެހެންމީހުނަށް މިމަސައްކަތްތަށް މުހިންމު ނުވިއަސް އަހަރެންނަށް މުހިންމު…ކުރަންހުންނަ މަސައްކަތްތަށް ހުއްޓާލާފަ އައި ޖަސްޓް ކާންޓް ޕާޓީ އޯލް ނައިޓް” ރިހާގެ މަލާމާތް އެކުލެވިފާވީ ފަހު ޖުމްލަ އަމާޒް ވެގެންދިޔައީ މާޔާއަށް ކަން މާޔާއަށް އެނގުނެވެ. އަދި އެކަމާ މާޔާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ރިހާ އިތުރަށް އެތާމަޑުކުރުމެއް ނެތި ހޯލުން ބޭރަށް ދިއުމަށް ހިނގައިގަތެވެ. ރިހާ ދާންފެށުމުން ނަސީރު ރިހާ އަށް ދެތިން ފަހަރަކު ގޮވާވެސްލިއެވެ. ނަމަވެސް ރިހާ އެއަޑު އިވޭކަމަށްވެސް ހަދާނުލާ ނުކުމެ އޭނާގެ ކާރަށް އަރާ ދުއްވާލިއެވެ.

ރިހާ ލެޕްޓޮޕް ހުޅުވައިގެން މަސައްކަތް ކުރަން އޭނާގެ ކެބިންގައި އިންއިރު މުޅި އެތަނުގައިވަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ. އެ ބޮޑު އޮފީހުގަވެސް އެވަގުތު އިނީ ރިހާ އެކަންޏެވެ. ރިހާ އެގޮތަށް އިނީ ކުޑައިރުކޮޅަކުއެވެ. ކުއްލިއަކަށް ލެޕްޓޮޕް ލައްޕާލަމުން ރިހާ ތެދުވެ ލެޕްޓޮޕް ދަބަހަށް ލަމުން ދިއުމަށް ހިނގައިގަތެވެ. އޮފީސް ރަނގަޅަށް ތަޅުލުމަށް ފަހު ރިހާ ގޮސް އޭނާގެ ކާރަށް އަރާ ހަމަޖެހިލިއެވެ. އަދި މަޑުމަޑުން ދުއްވާލިއެވެ. ގަޑިން އެގާރަގަޑި ބައިވުމާއި ގާތްވެފާ ހުރި އިރުވެސް ރިހާގެ މިސްރާބު ހުރީ އޭނާގެ ގެއާ ދިމާއަކަށް ނޫނެވެ.

ޕާޓީ ނިމި މެހެމާނުން ގެއަށް ގޮސް ގޭތެރޭގެ މާހައުލު ހިމޭންވެފައިވިއެވެ. ނަމަވެސް މާޔާ އާއި އޭނާގެ ދޮށްޓަށް އަދި ރިހާގެވެސް ދޮށްޓަށް ތިބޭ އަޔާން އާއި ޖުއާން ގެ އިތުރުން މާޔާގެ ހަގަށް ހުންނަ މާހީ ސިޓިން ރޫމްގައި ތިބި އިރު އަޔާން އާއި ޖުއާންގެ އަންހެނުން އުލްފާ އަދި އާނާވެސް އެތާތިބީ، ޕާޓީ ނިމުމުން އެ އެންމެނާ ބައްދަލްކޮށްލަން ބޭނުން ކަމަށް ނަސީރު ބުނެފައިވުމުން ނަސީރުގެ އިންތިޒާރުގައެވެ. މާގިނައިރު ތަކެއް ނުވެ ނަސީރާއި އޭނާގެ އަންހެނުން ނަސީމާ އެތަނަށް އަތުވެއްޖެއެވެ. ނަސީރު އިށީނުމުން އަޔާން އޭނާގެ ބައްޕައަށް އެންމެނާ އެވަގުތު ބައްދަލު ކުރީ ކީއްވެތޯ އަހާލިއެވެ. ބަދަލުގައި ނަސީރުވެސް ކުރީ ސުވާލެކެވެ. “މިރޭ މިހިނގާދިޔަ ޕާޓީގެ އެއްވެސް ކަމެއް ރިހާއަށް އެންގިންތަ؟” ނަސީރު އެ ސުވާލުކުރި އިރު އެއިން ކޮންމެ ކުއްޖެއްގެ މޫނަށް ވަކިވަކިން ކަޅި ހިންގާލިއެވެ. އެމީހުންގެ މޫނުމަތިން ފެނުނު ކުލަވަރުން ނަސީރަށް އޭނާ ކުރި ސުވާލުގެ ޖަވާބު ލިބުނެވެ. ނަމަވެސް އަނެއްކާވެސް އެ ސުވާލު ތަކުރާރު ކޮށްލީ އެ ސުވާލުގެ ޖަވާބު އަޑު އަހާލަން ނަސީރު ބޭނުންވާތީއެވެ.

“ބައްޕަ ތިވާހަކަ އަހަންތަ އަޅުގަނޑުމެން އެންމެން މިގަޑީގަ ތި މަޑުކުރުވީ؟” ރިހާގެ ވާހަކަ ފެށުމުން ކުޑަކޮށް ހިތްހަމަނުޖެހިފަ އިނދެ އަޔާން އޭނާގެ ބައްޕަ އަށް ބުންޏެވެ. ” ބައްޕަ އަށް ތި ވާހަކަ މާދަން ހެނދުނު ވެސް ސައި މޭޒު މަތިން ދެއްކުނީހެއްނު…” ޖުއާންވެސް އަޔާން އެކޭ އެއްފަދައިން ބުނެލިއެވެ. މާޔާއަށްވެސް މަޑަކުން ނީދެވުނެވެ. “ދެން ބައްޕަ ތި ބުނަނީ އަޅުގަނޑުމެން ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިއަސް ދޮންތަ ކައިރިން ހުއްދަ ނަގާށޭތަ؟”

ދަރިންގެ ހިތްހަމަ ނުޖެހިފައިވާ މޫނާއި ނަސީރުގެ ވާހަކަ ހުރި މިސްރާބުން ނަސީމާ އެ އެންމެން ހަމައަކަށް އެޅުވުމުގެ ގޮތުން އެންމެންގެ ވާހަކަ މެދު ކަނޑާލަމުން ބުންޏެވެ. “ތީ ދެން ކޮން ވާހަކައެއް؟… ބަލާބަލަ މިހާރު ގަޑިން ވީ ވަރު! ދެން އަވަހަށް ހުރިހާ ކުދިންވެސް ދޭ ނިދާލާ އަރާމުކޮށްލާ ހަދާލަން”. ނަސީމާ އެހެން ބުނުމާއެކު އެތަނުން ދިއުމަށް ކެތްމަދުވެފާ ތިބި އޭނާގެ ހަތަރު ކުދިން އެކުއެކީ ކަހަލަ ގޮތަކަށް ތެދުވެ ހިނގައިގަތެވެ. ފަހަތުން އުލްފާ އާއި އާނާވެސް ހިނގައިގަތެވެ. ނަސީރުވެސް ކުޑަ އިރުކޮޅަކު ސޯފާގައި އެ އިން ގޮތަށް އިނުމަށްފަހު ނަސީރުގެ ކޮޓަރިއަށް ދާން ތެދުވެ އެ ބޮޑު ހޯލްގެ ދޮރާއި ދިމާއަށް ބަލާލީ އަދިވެސް ރިހާ ދިޔަ ގޮތަށް އެނބުރި ނާންނާތީއެވެ. އަދި ނަސީމާ ގާތު އެވާހަކަ ދައްކަން ހިތަށް އަރާފަވެސް ނުދެއްކީ ނަސީމާ އަކީ އެއް އިރެއްގަވެސް ރިހާގެ އެއްވެސް ކަމަކާ މާ ބޮޑަށް އަޅާލި މީހަކަށް ނުވާތީއެވެ. ތެދުތެދަށް ބުނާނަމަ އެ ގޭގަވެސް ރިހާއާ މެދު ކުޑަކޮށްވެސް ވިސްނާލަނީ ނަސީރާއި އުލްފާއެވެ. ދެން ކުޑަ އިރުއްސުރެ ރިހާގެ ހުރިހާ ކަމެއްވެސް ކޮށްދީ ބަލަހައްޓަން އެ ގެއަށް ގެނެސް ހުންނަ ހައްވާދީއެވެ. ހައްވާދީ އަކީ މައެއް ބަފައެއް އަދި ފިރިއެއް ދަރިއެއްވެސް ނުހުންނަ މީހެކެވެ. އެހެންކަމުން ހައްވާދީ ރިހާ ދެކެ އަމިއްލަ ދަރިއެއް ފަދައިން އިންތިހާއަށް ލޯބިވެއެވެ.

“ރިހާ! ރިހާ! ރިހާ!” ރުޅިގަދަވެފާ ހުރި މާޔާ ހުރީ މާހީގެ ކޮޓަރީގަ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. “އަޅެ އެނޫން މީހެއް ނެތީތަ މިގޭގަ؟ ދޮންބެއާއި ތުއްތުބެވެސް އެހެން ތިއްބަ ދެން ހަމަ އެ ރިހާ ކައިރިންތަ ހުރިހާ ކަމަކަށް ހުއްދަވެސް ހޯދަންވީ؟” މާޔާ ވާހަކަ ދައްކަމުން ދިޔައީ މާހީ އާއެވެ. “އެންޑް ވައި ޑިޑް ޝީ ހޭޑް ޓު ކަމް ޓުޑޭ؟؟ ބުނެލާފަވެސް އާދެވުނީހެއްނު؟” މާޔާ އެހާ ރުޅިގަދަވެފަ ހުއްޓަ މާހީ ބުނެލި އެއްޗަކުން މާޔާ އިތުރަށް ރުޅި ގަދަވާގޮތްވިއެވެ. “އެކްޗުލީ ކުޑާ، ޝީ ޑިޑް އިންފޯރމް… ދޮންތަ ގުޅި ގެއަށް… އަންނަ ވާހަކަ ބުނަން… ބުނި ކާރެއްވެސް ފޮނުވަދޭށޭ، ބަޓް އައި ފޮގޮޓް ޓު ޓެލް އެނީވަން.” މާހީ ވަރަށް މަޑު މަޑުން މާޔާ ބުނެފާނެ އެއްޗަކަށް ޖެހިލުންވެ ހުރެ ބުންޏެވެ.

ތަނުގެ ވަށައިގެންވީ ކަޅު އަނދިރިކަމަށް އަލިކަން ފަތުރަމުން ދިޔަ ހަނދަށްވެސް އެކަށީގެންވާ އަލިކަމެއް ފޯރުކޮށްނުދެވެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ތަންދޮރު ވަކިވާވަރުވެއެވެ. އެއަނދިރި ރޭގަނޑުގެ ހަމަހިމޭންކަން ނަގާލާފައިވަނީ ބޮޑު ހިލައިން ލެވިފައިވާ ބަނދަރުގެ ތޮށިގަނޑު މައްޗަށް ބިންދާލާ ރާޅުތަކުގެ އަޑެވެ. ތަނަކީ ރަށުން ހިއްކާފައިވާ ބައިގެ ބަނދަރާއިވީ ސަރަހައްދެވެ. ރޭގަނޑު ބާރަ ޖަހާ އެހާކަންހާއިރު ކަމުން މީހެއްގެ ހިލަމެއް ވަނީ ވަރަށް މަދުންނެވެ. އެ ހަމަހިމޭން މާހައުލުގައި ބަނދަރުގެ ހިލަތަކުން ހިލައެއްގައި އިށީދެލައިން ރިހާ އިންނަތާ ބައިގަޑި އިރެއްވަރުވެދާނެއެވެ.

އެއަނދިރި ކަމުގެ ތެރެއިންވެސް ރިހާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލައިފިނަމަ ފެނިގެންދާނީ މާޔޫސްކަމެވެ. އެ ދެލޮލުން ފެންނާނީ ވޭނާއި ހިތްދަތިކަވެ. ރިހާ ރޯން ބޭނުމެވެ. އެހެނަސް އެއީ ރިހާ ކުރާނެ ކަމެއް ނޫނެވެ. ރިހާގެ ހިތްބުނަމުންދާ ކަހަލައެވެ. “މިއަދާ ހަމައަށްވެސް ކެތްކުރީނުން. ދެން މިއަދު ވަކި ކޮންކަމަކާ ރޯންވީކީ؟… އަދިވެސް ކެތްކުރެވޭނެ. ކެތްކުރާނަން. އެހެންނޫނަސް ‘ރިހާ’ އަކީ އެއް އިރެއްގަވެސް ބަލިކަށި ކުއްޖެއް ނޫން.” އަމިއްލަ ހިތާ އެއްބަސްވާ ފަދަ ގޮތަކަށް ރިހާވެސް މަޑުމަޑުން އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ. “އާނ… ރޯނީ ބަލިކަށި މީހުން. އެން އައިމް ނޮޓް ވީކް. އައިމް ނޮޓް. އެން ބިސައިޑްސް އައި ޝުޑް ބީ ޔޫސްޑް ޓު ދިސް ބައި ނައު.” ރިހާ އިންތަނުން ތެދުވެ ކާރާއި ދިމާއަށް ހިނގައިގަތެވެ. މިހާރު އެ މޫނުމަތިން ފާޅުވަނީ ކުރިން ފެނުނު މާޔޫސްކަމާއި ހިތްދަތިކަމެއް ނޫނެވެ. މިހާރު އެއީ މުޅިން އެހެން ރިހާއެއް ފަދައެވެ. މިހާރު އެމޫނުމަތިން ފެންނަނީ މުޅިން އެހެންކަހަލަ އަސަރުތަކެކެވެ. ހަޤީގަތަށް ބުނާނަމަ ރިހާގެ މޫނުމަތިންނާއި އެ ބޮޑު ދެލޮލުން އެއްވެސް ކަހަލަ އިޙްސާސެއް ފާޅެއް ނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ އިމޯޝަންލެސްއެވެ. އެންމެން ދަންނަ ރިހާއަކީ މިއީއެވެ. ކުރިން ހިތްދަތިވެފައިން ރިހާ އެއީ މުޅި ދުނިޔެއަށްވެސް ވަންހަނާވެގެންވާ ރިހާއެކެވެ.

Tags:

ލޯބި

Share Article

Follow Me Written By

Raina

Level 110 Stories

Other Articles

Previous

ނީމް

Next

ބަދަލުވެ ދިޔަ ހަޔާތް – 1

Next
June 9, 2013

ބަދަލުވެ ދިޔަ ހަޔާތް – 1

Previews
June 8, 2013

ނީމް

6 Comments!

  1. Raina says:
    June 9, 2013 at 10:30 am

    މި ބައިވެސް ކަމުދާނެ ކަމަށް ހީކުރަން

  2. pinky says:
    June 9, 2013 at 3:16 pm

    ވ.ރީތި މިބައިވެސް

  3. fathimath Asim says:
    June 9, 2013 at 3:46 pm

    ވ ވ ވ ރީތި.އަނެއްބައި އަވަހަށް ގެނެސްދެއްޗެ

  4. zoyasham says:
    June 9, 2013 at 6:54 pm

    ވ.ރީތި……. އަނެއްބައި އަވަހަށް އަޕްކޮށްދެއްޗޭ………….

  5. Raina says:
    June 10, 2013 at 12:06 pm

    އިރާދަކުރެއްވިޔާ ލިޔެވުނުހާ އަވަހަށް އަޕްކޮށްދޭނަން……
    ހުރިހާ ކުދިންނަށްވެސް ޝުކުރިއްޔާ

  6. ??? says:
    November 16, 2016 at 12:46 pm

    V salhi…waiting for the next part

Comments are closed.


All Right Reserved!