Skip to content
އެސްފިޔަ

ނީމް

ދުނޔެމައްޗަށްވަނީ ހަމަހިމޭކަން ވެރިވެފައެވެ. ވަގުތަކީ ދަންވަރުގެ ވަގުތެވެ. ނާޒިމާވަނީ ނިދީގެ މީރުކަމުން މަޙުރޫމުވެފައެވެ. އޭނާ ވަނީ ފުންޙިޔާލެއްގެ ތެރޭގައެވެ. އެހެނީ ދެލޯފަދަ ލޯބިވާ ދަރިފުޅު ނީމުގެ ޙިޔާލުގައެވެ. ނީމުގެ ހަނދާނުގައެވެ. ނީމުއަކީ ނާޒިމާއާއި ޤަފޫރަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ނީމުގެ އުމުރުން އެންމ ދެއަހަރުގައިޤަފޫރު ވަރަށް ކުއްލިގޮތަކަށް ނިޔާވީއެވެ. އެއީ ނާޒިމާގެ ޙަޔާތަށް އައި ހިތާމައިން ފުރިގެންވި ދުވަހެކެވެ. `ކުރި އަސަރެއްގެ ބޮޑުކަމުން އޭނާގެ ހެޔަށްގޮތްވެސްވިއެވެ. ނަމަވެސް ހެޔޮއެދޭ ރަޙުމަތްތެރިންނާއި އާޢިލާގެ މީހުންގެ އެހީއާއެކު އޭނާވަނީ މުޅިން އައު ދުނިޔެއަކަށް ނުކުމެފައެވެ. ދަރިފުޅަށްޓަކައެވެ. ދަރިފުޅުގެ މުސްތަޤުބަލަށްޓަކައެވެ.
ފުންޙިޔާލެއްގެ ތެރެއަށް ގެއްލިފައިން ނާޒިމާއަށް ސިހުން ލިބުނީ ފަސްއަހަރަށްދާ އޭނާގެ ދަރިފުޅު ނީމް ރޯންފެށުމުންނެވެ. ދެލޮލުން ފައިބައިފައިވާ ކަރުނަތަށް ފުހެލުމަށްފަހު ނީމުގެ ގާތަށް ދިޔައެވެ. އަދި ވަރަށް ލޯތްބާއެކު ދަރިފުޅުގެގައިގައި ބައްދާލިއެވެ. އަދި ރީތި ނާނާއެއް ކިޔައިދެމުން ނިންދެވިއެވެ. ޤަފޫރު ދުނިޔޭގައި ހުރިއިރު ނާޒިމާގެ ކުޑަ އާޢިލާ އުޅެމުން އައީ ފުދޭވަރެއްގެ ފުދޭވަރެއްގެ ތަނަވަސްކަމާއެކީގައެވެ. ނަމަވެސް ޤަފޫރު ނިޔާވުމުން އެއާޢިލާވަނީ ވަރަށް ދަތިވެފައެވެ. އެހެނަސް ނާޒިމާގެ ހިތްމަތާއި މިންނެތް މަސއްކަތުން ދިރިއުޅެލެވޭވަރުވެއެވެ.
ނާޒިމާ އިތުރު ކައިވެންޏަކަށް ނުވިންނައެވެ.
އޭނާގެ ދަރިފުޅަށް ދޮންބައްޕައެއް ހޯދައިދޭކަށް އޭނާ ބޭނުން ނުވަނީއެވެ. ނާޒިމާއަކީ ވަރަށް ރީތިކޮށް ހެދުންފަހާ މީހެކެވެ. އަދި ގަސްހެއްދުމަށް ލޯބިކުރާ އަޅުވެރި އަންހެނެކެވެ. އޭނާގެ މަސަކައްތުން އޭނާ ނީމުއަށް ކިޔަވައިދެވޭތޯ މަސައްކަތް ކުރެއެވެ. ނީމުގެ އުފަލަށްޓަކައި އޭނާ ހުރީ އޭނާގެ ފުރާނަ ޤުރުބާންކުރަންވެސް ތައްޔާރަށެވެ.

Comments (8)

  1. ފަރާ

    ރީތި މާކުރީ

  2. އަހޫ

    ނިމުނީތަ.. ހާދަ ކުރޭ..

  3. pinky

    ނައިސް.. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް

    1. Deon
      pinky

      Hey, you’re the goto exrtep. Thanks for hanging out here.

    2. news
      pinky

      That’s an ingenious way of thinking about it.

  4. zoyasham

    ހާދަ ކުރޭ…… އެހާ ކިޔާހިތުން ހުއްޓާ އެ ނިމުނީ……… ދެންބަޔެއް ތަންކޮޅެއް ދިގުކޮށްލައްޗޭ…………

  5. ނީމް

    ހީހީހީ މީ ނީމް ގެ ނަމުގައި ނީމް ކިޔާ ފުރަތަމަ ވާހަކަ. އިއްތިފާގުން ފެށުން ނީމް ގެ ހަޔާތާއިވެސް ވ ގުޅޭ….. ހެޕީ ޓު ސީ ދިސް ސްޓޯރީ…. އައި ރިއަލީ ލަވް އިޓް. ހީކުރަން ވވވވވވވވވވވވވ ރީތި ވާނެކަމަށް…

  6. reader

    mi vaahaka mi read kuree because its background is soooo sweet.

Comments are closed.