Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (5 ވަނަ ބައި)

zoyasham Level 110 Stories
June 6, 2013 4 Mins Read
12 Comments

(ހަތަރުވަނަ ބަޔާއިގުޅޭ)…………
އަޑެއް އިވިގެން އަހަރެން ފަސްއެނބުރި ބަލާލިއިރު ނިހާލްއާއި ފާރިޝްގެއަށް އައިސްގެން އުޅެނީއެވެ. އެމީހުންނާއިއެކުގައި ފާރިޝްގެ ސާދައަހަރުގެ ފިރިހެން ކޮއްކޮ ސަމާހުވެސް ހުއްޓެވެ. އެމީހުންގެ ކޮނޑުގައި ދަބަސް އަޅުވާފައި ހުއްޓެވެ. ބަލާބެލުމަށް ހީވަނީ ތަނަކަށް ދާން ތައްޔާރުވެގެން އައީ ހެންނެވެ. އަހަރެން ތެދުވެލާފައި އެމީހުން ކައިރިއަށް ދިޔައީމެވެ. އަދި ތިއީ ކޮންކަމެއްހޭ އަހާލީމެވެ. ”އަހަރުމެން ޗުއްޓީއަށް ރަށަކަށް ދާން މިއުޅެނީ…. އަޔާން ނުދާނަންތަ؟…” ފާރިޝް ދަބަސް ބަހައްޓަމުން ހީލާފައި އަހާލިއެވެ. ”ރަށަކަށޭ… އަހަރެން އެއްވެސް ތަނަކަށް ދާހިތެއް ނެތް…. ތިމީހުންދޭ” އަހަންނަށް މިހެން ބުނެވުނުތަނާ މަންމަ އެމީހުންކައިރީ ސައިބޯން އަންނަން ބުންޏެވެ. އަހަރެން އަންނާށޭ ބުނެފައި އެނބުރުނުތަނާ ނިހާލް އަހަރެން ކައިރީ ދަނީ ކޮންރަށަކަށްތޯވެސް ނާހާނަންތޯ އަހާލިއެވެ. އަހަރެން ފަސްއެނބުރި އެމީހުންގެ މޫނަށް ބަލާލީމެވެ. ”ކުޑަހުވަދުއަށް ދާންވެގެން މިއުޅެނީ……. އަދިވެސް ނުދާނަންތަ؟” ނިހާލް އޭނާގެ ޖީބުން ހަތަރު ޓިކެޓް ނަގާފައި ދައްކާލިއެވެ. ”ބޭނުން ނުވަންޏާ…….” މިހެންބުނެ ނިހާލު އުޅުނީ އެވީދާލާށެވެ. ނުވަތަ އަހަރެންގެ ހިތް ތަޅުވާލާށެވެ. އަހަރެން ފުންމައިގެން ގޮސްފައި ނިހާލުއަތުން ޓިކެޓް އަތުލީމެވެ. އަހަރެން އުފަލުން ފޮޅުނެވެ. އަހަންނަށް ހަމައެކަނި އަހާލެވުނީ ކިހިނެއްހޭ އެކަންޏެވެ. އެވަގުތު ބައްޕަ ފަހަތުން ވާހަކަ ދެއްކިއެވެ.

އަހަރެން ގެއަށް އައުމުގެ ކުރީގައި ނިހާލުމެން ގެއަށް އައިސް ބައްޕަޔާއި ވާހަކަދައްކައިގެން އެދަތުރު ހަމަޖެއްސީއެވެ. ބައްޕަ ކައިރީގައި އެމީހުން ބުނީ ގިނަ ރައްޓެހިން އެރަށުގައި ތިބުމާއިއެކު ޗުއްޓީ އެރަށުގައި ހޭދަކޮށްލަން ބޭނުންވަނީ ކަމުގައެވެ. އަދި އެމީހުން އަހަންނަށް ސަޕްރައިޒަކަށް މިދަތުރު ހަމަޖައްސަން ބޭނުންވާ ވާހަކަވެސް ބުންޏެވެ. ބައްޕަ އެއްބަސް ވީ ބައްޕަ ހަމަޖައްސާ ތަނެއްގައި އަހަރުމެން ތިބުމަށެވެ. އަހަރުމެންގެ ކަންތައް ބައްޕަޔަށް ރަނގަޅަށް ބެލޭނީ އޭރުން ކަމުގައިވާތިއެވެ. އެއީ ރަށު ކައުންސިލަރުގެ ގެއެވެ. އުބެއިދު އެއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށް ބައްޕަ ބުންޏެވެ. އެގޮތާއި އެއްބަސް ވެގެން އެރޭ ފުރަންއޮތް ބޯޓުން ފުރަން ހަތަރު ޓިކެޓް ނެގިވާހަކައެވެ. ޓިކެޓް ނަގައިދިނީވެސް ބައްޕައެވެ. އެއީ ތޫވެސް ދާ ބޯޓެވެއެވެ. އަހަންނަށް ހުރެވުނު ތަނެއްވެސް ނޭނގެއެވެ. ޅަކުއްޖެއް ފަދައިން ޝުކުރިއްޔާއޭ ބުނަބުން އަހަރެން ބައްޕަގެ ގައިގައި އޮޅުލައި ގަތީމެވެ. ބައްޕަ ރަނގަޅަށް އުޅުމަށް ބުނަމުން އަހަރެންގެ ބުރަކަށީގައި ލޯބިން ފިރުމާލިއެވެ. އަހަރެން ބެނުންނަމަ ބައްޕަ ލޯންޗެއްވެސް ހަމަޖައްސައިދީފާނަމޭ ބަންޕަ ބުންޏެވެ. ނަމަވެސް އަހަރެން ބޭނުމީ ބޯޓުން ދާން ކަމަށް އަހަރެން ބައްޕަކައިރީގައި ބުނީމެވެ. ބައްޕަ ފާޑަކަށް އަހަންނަށް ބަލަންހުރުމުން އެހިތުގައި ވާއެއްޗެއް އަހަންނަށް ވިސްނުނެވެ. އެހެންކަމުން ވަގުތުން އަހަންނަށް ބުނެލެވުނެވެ. އަހަރެން ބޭނުންވަނީ ބޯޓުގައި ދަތުރުކޮށްގެން ތަފާތު ތަޖުރިބާއެއް ކޮށްލަންކަމުގައެވެ. އެވަގުތު އަހަންނަށް ބަލާލެވުނީ ރައްޓެހިންގެ މޫނަށެވެ. އެމީހުން ހެވިފައި ތިއްބެވެ. ބޯޓުން އަހަރެން ދާންބޭނުންވާ ސަބަބު އެމީހުންނަށް އެނގޭތީއެވެ. އަހަރެންގެ މޫނުމަތިން ބަދަލުވީ ކުލަވަރު ދުރުގައި ބަލަންތިބި ތުއްތަޔާއި ކުޑާއްތައަށް ފާހަނގަ ކުރެވުނެވެ. އެމީހުންގެ ސުވާލުތަކާއި އަހަރެން ފަހުން ކުރިމަތިލާން ޖެހޭނެކަން އަހަންނަށް އެނގުނެވެ. ނަމަވެސް އެވަގުތު އަހަރެން ނިހާލުމެން ގޮވައިގެން ދިޔައީ ސައިބޯށެވެ.

ފުރުން އޮތީ އެރޭ ނުވައެއްޖަހާއިރު ކަމަށްވުމުން ނިހާލުމެން ތިބީ އަހަރެންގެ ގޭގައެވެ. ސައިބޮއި ނިމިގެން އަހަރެން ތޫއަށް ގުޅަން އުޅުނީމެވެ. އެއުފާވެރި ޚަބަރު ދިނުމަށްޓަކައެވެ. ނަމަވެސް ފޯނުނަގައިގެން ޑައިލް ކުރަން އުޅެފައި ވިސްނުނީ ސަޕްރައިޒެއް ދިނުމަށެވެ. އެއީ އަންހެން ކުދިން ސަޕްރައިޒް ދެކެ ލޯބިވާނެކަން އެނގޭތީއެވެ. ފޮށްޓަށް އެއްޗެހި އަޅާ އަހަރެންވެސް ތައްޔާރުވެލީމެވެ. ވަގުތު ދާލެއް އަހަރެން ހުރީ ލަސްވެފައެވެ. ހިތުގެ އަޑިން އަހަރެން ނިހާލުމެންނަށް ޝުކުރު އަދާކުރީމެވެ. އަހަންނަށް ނުކުރެވުނު ކަމެއް އެމީހުން އަހަންނަށްޓަކައި ކޮށްދިނީމައެވެ. އެދަތުރު އެމީހުން ހަމަޖެއްސީ އަހަރެންގެ އުފަލަށްޓަކައެވެ. ރައްޓެހިންގެ ލޯތްބާއި، އެކުވެރިކަމާއި އެމީހުންގެ ބޭނުންތެރިކަން އެނގޭނީ ކަމެއްޖެހުމުންކަން އެދުވަހު އަހަންނަށް އެނގުނެވެ. އަހަންނަށް ލިބިފައިވަނީ އަހަންނަށް ހެޔޮއެދޭ ރަނގަޅު ދެރަޚްމަތްތެރިންނެވެ.

މަޢްރިބް ނަމާދަށް ބަންގި ގޮވިއަޑުއިވިމުން އަހަރުމެން ހަތަރު މީހުން ދިޔައީ ނާމާދަށް މިސްކިތަށެވެ. ނަމާދުކޮށްލައިގެން އައިސް ގެއަށް ވަންތަނުން ކުޑާއްތަ އަހަރެން ދަމާފައި ގެންގޮސް އޭނަގެ ކޮޓަރިއަށް ވެއްދިއެވެ. ނިހާލުމެން ކައިރީ މަޑުކޮށްލުމަށް ބުނެފައި އައިއިރު ތުއްތަވެސް ކުޑާއްތަ ކޮޓަރީގައި އިނެވެ. ކުޑާއްތަ އަހަރެން ގޮވައިގެންގޮސް ބޭންދީ އެނދުގައެވެ. އަދި ދެމީހުންވެސް އަހަންނާއި ސުވާލުކުރިއެވެ. އެހާވަރަކުން ހެވިލާފައި ކުޑަހުވަދުއަށް ދާން އަހަރެން އެއްބަސްވި ސަބަބެއް އޮޅުންފިލުވަން އެމީހުން ބޭނުންވަނީއެވެ. އެމީހުން ހީކުރީ އަހަރެން އެރަށަށް ދަނީ އަންހެން ކުއްޖެއްގެ ސަބަބުން ކަމަށެވެ. ނޭގިވެސް އެމީހުންނަށް ހީކުރެވުނީ ރަނގަޅަށް ނޫންހެއްޔެވެ؟ ނަމަވެސް އެމީހުން ހީކުރީ ރަނގަޅަށް ކަމަށް ބުނެދޭން އަހަންނަކަށް ނުކެރުނެވެ. ތުއްތަ ހުރުމުންނެވެ. ތުއްތަ ފަހަރުގައި މަންމަޔާއި އެވާހަކަ ހިއްސާކޮށްފާނެވެ. މަންމަޔަށް އެނގިއްޖިއްޔާ އެކަން ބައްޕަޔަކަށް ސިއްރެއް ނުވާނެވެ. ކުޑާއްތަ އެކަނިނަމަ އަހަރެން ވެފައިވާ އުފަލެއްގެ ބޮޑުކަމުންވެސް އޭނަޔަށް ހުރިހާ ވާހަކައެއްވެސް ކިޔައިދިނީމުސްއެވެ. ކުޑާއްތަ އަހަންނާއި ދިމާކޮށްފައި އަހަންނާއި އަނެއްކާވެސް ސުވާލުކުރީ ފޯނެއް އައިސްގެން ތުއްތަ ބޭރަށް ދިޔުމުންނެވެ. ތުއްތަ ބޭރަށް ހަމަ ނުކުތުމާއިއެކު އަހަރެން ކުޑާއްތަ ކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ތޫ އެންމެފުރަތަމަ ފެނުނު ގޮތާއި، ތޫ ހޯދަން އަހަރުމެން ކުރި މަސައްކަތާއި، ދެން ތޫއާއި ބައްދަލުވީ ގޮތާއި، އަދި މިހާރު ތޫއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމާއި އަދި އަހަރެން ކުޑަހުވަދުއަށް ދާން އެއްބަސްވީ ސަބަބެވެ. އޭގެ އިތުރުން ތޫ ހުންނަގޮތްވެސް ކިޔައިދިނީމެވެ. މިހުރިހާ ވާހަކައެއް އަޑުއަހާފައި ކުޑާއްތަ އަހަންނާއި ދިމާލަށް ފާޑަކަށް ހެވިލާފައި ބަލަން އިނެވެ. ކުޑާއްތަ ތޫގެ ފޮޓޯއެއް ބަލަން ބޭނުންވިއެވެ. ނަމަވެސް އެހާ ގާތްއިރުވެސް އަހަރެންގެ އަތުގައި ތޫގެ ފޮޓޯއެއްނެތްކަން އެއީ ހައިރާންވާވަރުގެ ކަމެއްކަން ކުޑާއްތަ ބުންޏެވެ. އަހަރެން ހަމައެކަނި ބުނީ އަހަރެން ބޭނުންނަމަ ތޫއަށް ނާންގާ ފޮޓޯއެއްވެސް ނެގިދާނެކަމާއި ނަމަވެސް ތޫގެ ހުއްދަޔާއި ނުލައި އެކަން ކުރަން ބޭނުންނުވީކަމުގައެވެ. ”ހާދަ ލޯތްބެކޭ ތިވަނީ…….ފައިނަލީ….. އަހަރެންގެ ދޮނޫއަށް ލޯބިވެވިއްޖެ” ކުޑާއްތަ އަހަރެންގެ ކޮލުގައި ދެއަތުން ލޯބިން ހިފާލަމުން ހިނިތުންވެލިއެވެ. ”ކޮންއިރަކު އިންޓްރޮޑިޔުސް ކޮށްދޭނީ؟… ދޮނޫ ތިހާވަރަށް ލޯބިވާ ކުއްޖަކު ކުޑާއްތަ ބަލާލަން ބޭނުންވޭ..” ކުޑާއްތަ މިހެން އަހާލުމުން އަހަންނަށް ހެވުނެވެ. އަދި ކުޑާއްތަ ކައިރީގައި ތޫއަށް އެއްވެސް ކަމެއް ނޭގޭނެ ވާހަކަ ބުނީމެވެ. ކުޑާއްތަ މަޝްވަރާ ކުރީ ތޫކައިރީގައި އަހަރެން އެވާހަކަ ވީހާވެސް އަވަހަކަށް ބުނުމަށެވެ. އެހެންނޫނިއްޔާ ތެޔޮނާށި ކާޅު ޖަހައިގެންފާނޭވެސް ބުންޏެވެ. އަދި އަހަރުމެން އެރަށަށްދާ ދަތުރު ނިމިގެން މިކޮޅަށް އަންނައިރު ތޫ އަހަރެންގެ މީހަކަށް ހަދައިގެން ގޮވައިގެން އަންނަންވެސް ކުޑާއްތަ ބުންނެވެ. އަހަންނަށް ބުނަން ނުކެރެންޏާ ކުޑާއްތަ ބުނެފާނަމޭވެސް ބުންޏެވެ. ނަމަވެސް އަހަރެން އަމިއްލައަށް ތޫއަށް އެކަން އަންގާނެކަމަށް ބުނުމުން ކުޑާއްތަ ހިނތުންވެލިއެވެ. އަހަރެން ކުޑާއްތައަށް ތޫގެ ނަންބަރު ދިނީމެވެ. އަދި އަހަރެން ނުބުނަނީސް ތޫއަށް ނުގުޅުމަށްވެސް ބުނީމެވެ. ދަމުން އަހަރެން ކުޑާއްތަކައިރިން އެދުނީ އެވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުދެއްކުމަށެވެ. ކުޑާއްތަ ހީލާފައި ބޯޖަހާލުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހިތުގައިވާއެއްޗެއް ކުޑާއްތައާއި ޝެއަރ ކުރެވުމުން އަހަރެން ހުރީ ވަރަށް ބޮޑަށް ހިންހަމަޖެހިފައެވެ. އުފާވެފައެވެ. އެ އުފާވެރިކަން އަބަދަށް އެގޮތުގައި ދެމިއޮތުމަށް އަހަންނަށް ހިތާއި ހިތުން ދުއާކުރެވުނެވެ.

އަށްގަޑި ބައިވިއިރު އަހަރުމެން ފުރަން ބޯޓުކައިރިއަށް ދިޔައީމެވެ. އަހަރެން ބޯޓަށް ލައިދިނުމަށްޓަކައި މަންމަމެންވެސް ދިޔައެވެ. އޭރު މަދުމަދުން ފުރަން މީހުން ބޯޓަށް އަރަމުން ދިޔައެވެ. އެއީ ދެބުރިއަށް ނަގާފައިވާ ރީތި ބޯޓެކެވެ. ބޯޓުގެ ބޭރުގައި ހިޔަލަބޯޓް ލިޔެފައި އޮތެވެ. އަހަރެން ހޯދާލީ ތޫފެނޭތޯއެވެ. އެވަގުތު ކުޑާއްތަ އަހަރެންގެ ގައިގައި ކޮށްޓާލާފައި އެމަންޖެ ކޮބާހޭ އަހާލިއެވެ. އެއްވެސް މީހަކަށް ނީވޭވަރަށް ސިއްރުންނެވެ. އަހަރެން ބޭނުންވީ ތޫ އައުމުގެ ކުރިން ގޭމީހުން އެތަނުން ފޮނުވާލާށެވެ. އެހެންވެ އެންމެންނާއި ސަލާން ކުރުމަށްފަހު ދާން އެދުނީމެވެ. މަންމަމެން ބޭނުންވީ ބޯޓް ނައްޓާލަންދެން އެމީހުން އެތަނުގައި ތިބުމަށެވެ. ދެން އެހެން ގޮތެއް ނެތުމުން ބޯޓުން ޖާގަ ހޯދަންޖެހޭނެ ކަމަށް ބުނަމުން އަހަރުމެން ބޯޓަށް އެރީމެވެ. އެވަގުތު އަހަންނަށް މެސެޖެއް އައެވެ. ބަލާލިއިރު ކުޑާއްތަގެ މެސެޖެކެވެ. ”ބެސްޓް އޮފް ލަކް…. އެނބުރި އަންނައިރު ފަހަރި ގޮވައިގެން އަންނާތި…..” ކުޑާއްތަގެ މިކުރު މެސެޖުން އަހަންނަށް ހިނިތުން ވެލެވުނެވެ. އުފަލުންނެވެ. އަހަރެން ފަސްއެނބުރި ކުޑާއްތައަށް ބަލާލީމެވެ. އެވަގުތު ކުޑާއްތަ ހިނިތުންވެލަމުން އަހަންނަށް ހަނާއެޅިއެވެ. އަހަރެންވެސް ހަނާއަޅާފައި އެތެރެއަށް ވަނީމެވެ. އެންމެ ފުރަތަމަވެސް އަހަންނަށް ވަށައިގެން ހޯދާލެވުނެވެ. ބޯޓުގައި ބައެއްމީހުން ހޭލާ އަދި ބައެއްމީހުން ނިދާފައި ތިއްބެވެ. އެއެންމެންގެ ތެރެއިން އަހަންނަށް ހޯދުނީ އެއްމޫނެކެވެ. ތޫއެވެ. ނަމަވެސް ތޫއަހަންނަކަށް ނުފެނުނެވެ. އެހެންވެ ތޫ އަދި ނައަންނަނީކަން އެނގުނެވެ. ކުޑައިރުކޮޅަކު ކޮޅަށްތިބެފައި އަހަރުމެންވެސް ބޯޓުގެ ތެރެއިން ޖާގަ ހޯދައިގެން ޖައްސާލީމެވެ.

ގަޑީގެ ސިކުންތު ކަށި ހިނގަމުންދިޔަވަރަކަށް އަހަރެންގެ ހިތް ރޯމަހެއް ތެޅޭހެން ބާރުބާރަށް ތެޅެމުން ދިޔައެވެ. ތޫއާއި ބައްދަލުކުރުމަށެވެ. ތޫއަށް އަހަރެން ފެނުމާއިއެކު އޭނާއަށް ވާނީ ކިހިނެއް ހެއްޔެވެ؟… އޭނާ އުފާވާނޭ ހެއްޔެވެ؟ އޭނާވެސް އަހަންނާއި ބައްދަލުކުރުމަށް މިވަރަށް ބޭނުންވާނޭ ހެއްޔެވެ؟ ޖަވާބެއްނެތް އެތައް ސުވާލެއް އަހަރެންގެ ސިކުޑީގައި އެނބުރެމުން ދިޔައެވެ. ވަގުތުކައިރިވަރަކަށް ބޯޓަށް އަރަމުން ދިޔަ މީހުންވެސް އޭރު ގިނަވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނަށްވެސް އަހަރެން ވަކިވަކިން ބަލަން އިނީމެވެ. ތޫއާދޭތޯއެވެ. ނަމަވެސް ފުރަން ފަސްމިނިޓްވީ އިރުވެސް ތޫއެއްނާދެއެވެ. އަހަރެން މާޔޫސްވިއެވެ. ނިހާލުމެން ތޫއަންނާނެކަމަށް ބުނަމުން އަހަރެންގެ ހިތްހަމަޖައްސަން މަސައްކަތް ކުރަމުން ދިޔައެވެ. އެމީހުން އެދުނީ އެންމެފަހުން ތޫއަށް ގުޅުމަށެވެ. ފޯނުމަތިން ހަނދާންވީވެސް އެވަގުތުއެވެ. އަހަރެން އަވަސްއަވަހަށް ފޯނުނަގާ ތޫގެ ނަންބަރަށް ޑައިލް ކުރަން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން އަހަންނަށް ފޯނެއްއައެވެ. އަހަންނަށް ބަލާލެވުނީ ނިހާލުމެން މޫނަށެވެ. ހައިރާންވެ ހުރެއެވެ. …………………………. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zoyasham

Level 110 Stories

އަހަރެންގެ ވާހަކަތަކާއި އެހެނިހެން ލިޔުންތައް zumzoyasham.blogspot.com މި ބްލޮގުންވެސް ކިޔާލެވޭނެ.

Other Articles

Previous

ކަސްޓަމަރ ސާރވިސް

Next

ހާފްމޫން

Next
June 6, 2013

ހާފްމޫން

Previews
June 5, 2013

ކަސްޓަމަރ ސާރވިސް

12 Comments!

  1. ޢަނާ says:
    June 6, 2013 at 3:46 am

    ސަޅި

  2. zoyasham says:
    June 6, 2013 at 4:04 am

    ތޭންކްސް އަނާ…….

  3. yaan says:
    June 6, 2013 at 11:04 am

    ލަވް ދިސް ސްޓޯރީ 3>

  4. fathimath Asim says:
    June 6, 2013 at 2:40 pm

    ރީތި

  5. pinky says:
    June 6, 2013 at 2:41 pm

    ހެހެހެ ހަބޭސް…ވ.ވ.ވ.ރީތި. އަނެއްބަޔަށް އިންތިޒާރު ކުރެވެނީ މިހާރުވެސް،ވެއިޓިންގް.. 🙂

  6. zoyasham says:
    June 8, 2013 at 2:59 pm

    ފޫހިކަމެއްނެތި ވާހަކަ ކިޔަމުންދާ އެންމެހާ ކިޔުންތެރިންނަށް ވަރަށް ބޮޑަށް ތޭންކްސް…………….

    1. Shreya says:
      February 8, 2014 at 3:01 am

      That’s a crjkceraack answer to an interesting question

  7. bastian says:
    June 8, 2013 at 8:54 pm

    މިވާހަކަ ވަރަށް ސަޅި .. ވަރަށް ކިޔާހިތުން ހުއްޓާ ޒޯޔާގެ ބްލޮގް ޗެކް ކޮއްލިތަނުން އިތުރު ޕާޓްތައް ފެނުނީމަ އުފަލުން ނެއް ގޮތެއް :ޕ
    މީ ޓްރޫ ސްޓޯރީއެއްތަ ޒޯޔާ؟

  8. ޒޯޔާ says:
    June 8, 2013 at 10:49 pm

    ތޭންކްސް…….. ޓްރޫ ސްޓޯރީއެއްހެން ހީވަނީތަ؟ މީހަމަ ޚިޔާލީ ވާހަކައެއް.

  9. ޔާޝް says:
    June 9, 2013 at 2:17 pm

    ހީވަނީ ޓްރޫ ސްޓޯރީއެއްހެން ވ.ވ.ރީތި

  10. reader says:
    June 13, 2015 at 5:40 pm

    vvv reethi… hurihaaa parts one doucment ga liyefa full story ge namuga update kohladhevidhaan tho

  11. thooba says:
    November 15, 2015 at 10:11 am

    V v v v reethi. .:-) keep it up zoya

Comments are closed.

Next Episodeމުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (6 ވަނަ ބައި)←


All Right Reserved!