ގޮނޑިބަރީ އިން ޒުހުދާއަށް ރާނިޔާ ފެނުމާއެކު ރުޅި އައިސް ރަތްވިއެވެ. ” މަންމާ އަހަރެންދެކެ ރުޅި ނާދޭ. އަހަރެން ބޭނުން މަންމަ އަށް ހުރިހާ ވާހަކައެއް ކިޔާދޭން ” ރާނިޔާ ވާހަކަ ދެއްކީ ދެރަވެފަ ހުރެއެވެ. ނަދީމްގެ އެވިޔާނުދާ އަމަލު ކުރިން ރާނިޔާ އަށް ނޭނގޭކަމަށް ޒުހުދާ ގާތު ބުންޏެވެ. ” ރާނިޔާ ތިވާހަކަތައް ހުއްޓާލާ. މީކީ ތިވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތެއްނޫން “ އެވަގުތު މަރުކަޒުގަ ހުންނަ ނަރުސްކުއްޖާ އައިސް ޒުހުދާ މެންގާތަށް ހުއްޓެނީ […]
” ރާނިޔާ. ހަމަ މިހާރު ހުއްޓާލާ ” ޒުހުދާ ކުރިއަށްޖެހި ރާނިޔާގެ މޫނުމަތީ އަތުގަ ހުރި ބާރަކަށް ޖެހިއެވެ. ވީތަދުން ރާނިޔާއަށް ކަންފަތްމަތީ އަތްއަޅާލެވުނެވެ. ” ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ. މީ ހަމައެކަނި ރާނިޔާގެ ވެސް ގެއެއްނޫނޭ. ނާއިފް އާ ދިމާލަށް ތިފާޑަށް ވާހަކަ ދައްކަން ލަދެއްނުގަނޭތަ ރާނިޔާ. އެއީ ރާނިޔާގެ ކޮއްކޮއޭ ” ޒުހުދާ ވާހަކަ ދެއްކީ ރުޅިއައިސްފަ ހުރެއެވެ. ” ކޮއްކޮވިއްޔާ ހުންނާނީ ކޮއްކޮގެ މަގާމުގަ. ކޮއްކޮގެ މަގާމުގަ ނުހުރެވޭ….. “ ” […]
ނާއިފް ކައިޝް ގާތު ދައްކަމުން ދިޔަ ހުރިހާ ވާހަކައެއްވެސް އިތުރު މީހަކަށް އަޑުއިވެމުން ދިޔައެވެ. އިވެމުން ދިޔަ ކޮންމެ ޖުމްލައެއް އެމީހަކަށް އަޑު އިވެމުން ދިޔައީ ވިހަ ތީރެއް ފަދައިންއިނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ޒުހުދާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ކައިޝް ލިބުނު ދުވަހުން ފެށިގެން ކައިޝް ދެކެ ކުރަމުން އައި ނަފްރަތު ފޮހެވިގެންދާކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. ޒުހުދާ ދެކެ އެހާ ލޯބިވާ ދަރިއަކު ހުރިއިރު ޒުހުދާ އެވަނީ އެދަރިފުޅު އޭނާ އާ ދުރުކޮށްލާފައެވެ. އަނގައިން އަޑެއް […]
ރޮއިރޮއި އޮތް ކައިޝް އަށް ނިދި ޖެހުނު ވަގުތެވެ. ނިދީގެ އޮވެވުނު ވަރުން ފޯން ނަގާ ކަންފަތުގަ ޖައްސާ ހަލޯއޭ ބުނެލިއެވެ. އެއާއެކު ކުއްލިއަކަށް ތެދުވެ އެނދުމަތީ އިށީނެވެ. އެއީ އެއްގޮތަކަށްވެސް ކައިޝް އަޑުއަހަން ބޭނުންވާ މީހެއްގެ އަޑެއްނޫނެވެ. އެއްޗެކޭ ބުނެވިދާނެތީ ކައިޝް އަށް ބޭއިހުތިޔާރުގަ އަނގަމަތީ އަތްއެޅުނެވެ. ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު ނިއްވާލިއެވެ. ކައިޝް އަބަދުވެސް ކަންތައްކުރާ ގޮތަކީ އެއީ އެވެ. އެމީހަކަށްޓަކައި ކައިޝްގެ ހިތުގަ އުފެދިފަވަނީ ކޮން އެއްޗެއްކަން ހުދު ކައިޝް އަކަށްވެސް ނޭނގެއެވެ. […]
ގެއަށް އައީ ލިބުނު ކުޑަ ނަމަވެސް ފޮނި އުއްމީދާއެކު އެވެ. މީހުން ބުނާތީ އަޑުއަހަމެވެ. މައިންބަފައިންނަކަށް ދުވަހަކުވެސް ދަރިން ބޮޑެއްޗެއް ނުވާނެއެވެ. އެއްފަހަރު އަޅާނުލި ނަމަވެސް ދެވަނަ ފަހަރު އަޅާލަން ތިބޭނީވެސް ހަމަ އެމީހުންނެވެ. އެކަމަކު އެކަން ގަބޫލު ކުރަން ކައިޝް އަށް އުނދަގޫ ވިއެވެ. އެހެން މީހުންގެ އެހީތެރިކަން އެންމެ ބޭނުންވި ދުވަހު މައިންބަފައިންގެ ފަރާތުންވެސް މިވަނީ ކައިޝް އަށް އެހީތެރިކަން ނުލިބިފައެވެ. ރަށު މީހުން ކިޔާނެ އެއްޗަކަށް ލަދުން ގެއިން ބޯހިޔާވަހިކަން ދީފައިވާ މީހެކޭ […]
އާދައިގެ މަތީން އުފާވެރި ވަގުތު ކޮޅަކަށްފަހު ދެމީހުންނަށްވެސް އޮތީ ނިދިފައެވެ. ނާޒިމް އަށް ހޭލެވުނީ ނާޒްގެ ފޯން ރިންގްވާ އަޑަށެވެ. ނުދަންނަ ނަންބަރެކެވެ. އެކަން ދެނެގަންނަން ނާޒިމް އަށް އެހާ ފަސޭހަވީ ނާޒް އަށް ގުޅާނެ މާގިނަ މީހުންތަކެއް ނުތިބޭތީ އެވެ. އެގުޅާ މީހަކު އެގުޅަނީ އޮޅިގެން ކަމަށް ނިންާމާފަ ނާޒިމް ވެސް އޮށޯތީ ނިދާށެވެ. ފޯން ސައިލެންޓް އަށްލުމަށްފަހުއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ނާޒިމް އާ ނާޒްގެ ކައިވެންޏަށް ދެމަސް ފުރިއްޖެއެވެ. ކައިވެނީގެ އުފަލަކީ ކޮބާކަން […]
އެންމެފަހުން ހިތްވަރު ކުރުމަށްފަހު ނާޒް ގޭގެ ބޮޑު ދޮރުހުޅުވާލިއެވެ. އޭރު ނާޒްގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. ފަހަތަށް އެނބުރި ބަލާލެވުނު ނަމަވެސް ލިބެނީ މާޔޫސްކަމެވެ. ނާޒިމް އެއް ނާދެއެވެ. ނާޒް ދޮރު މަޑުމަޑުން ލައްޕާލިއެވެ. ލައްޕާލި ހިނދުން ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީ ހުރީ ނާޒިމް އެވެ. ދެންމެ އާ ޖެހެންދެން ނާޒް އުއްމީދުކުރީ ނާޒިމް ނުކުންނާނެ އިރަކަށެވެ. އެކަމަކު ކުއްލިއަކަށް ނާޒިމް ކުރިމަތިން ފެނުމުން ނާޒް ހިފައިގެން ހުރި ދަބަސް ވެސް އަތުން ދޫވެއްޖެއެވެ. ނާޒިމް […]
ފަހަތަށް ފަހަތަށް ގޮސް ދުވެފަ ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓި ނާޒް ރޯން ފެށިއެވެ. ނާޒިމް އެވަރުގެ ނިންމުމެއް ނިންމަން ޖެހުނު ސަބަބަކީ ކޮބާ ހެއްޔެވެ؟ އެންމެ ކުޑަމިނުން ނާޒް ކައިރި އަހާވެސް ނުލާ އެވަރުގެ ކަމެއް ކުރަން އުޅުމުން ނާޒް ވަރަށް ހިތްހަމަ ނުޖެހުނެވެ. ނާޒްގެ ދިރިއުޅުމުގެ ކަންތައްތައް ނިންމުމުގެ ހައްގު ނާޒިމް އަކަށްވެސް ލިބިގެނެއް ނުވެއެވެ. ރުއިމަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ. މިވަގުތު ޖެހޭނީ ނާޒިމް އާ ވާޙަަކަ ދައްކާށެވެ. މީގެ […]
ކިތަންމެ ހިތްވަރު ކުރި ނަމަވެސް ނާޒްގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ” ކިހިނެތްވީ. ނާޒް ރޯވަރުގެ ވާހަކައެއްތަ މިދެއްކެނީ ” ނާޒިމް ބޭނުންވީ ނާޒްގެ ދުލުން ހަގީގަތް އަޑުއަހާށެވެ. ނާޒް އަކީ ވިޔާނުދާ ކުއްޖެއް ނޫންކަން ނާޒިމް އަށް އިނގެއެވެ. އެކަން ގަބޫލުކުރާކަށް އިތުރު ހެއްކެއް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް ނާޒިމް ބޭނުންވަނީ ނާޒްގެ ދުލުން ނާޒް އަށް ދިމާވި ހުރިހާ ކަމެއް އޮޅުން ފިލުވުމަށެވެ. ނާޒިމް ހުރީ ވެވުނު ކޮންމެ […]