Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަދަލުވެ ދިޔަ ހަޔާތް – 1

Reesh Level 110 Stories
June 9, 2013 3 Mins Read
3 Comments

ޖެހެމުންދިޔަ ފިނި ވައިރޯޅި އާއެކު ވެހެމުން ދިޔަ ބޯ ވިއްސާރަ ތެރޭ ކުރިއަށް ހިނގަމުން ދިޔަ ނާޒްގެ ހިނގުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރަމުން ދާ ވިއްސާރައިގެ އެއްވެސް އަސަރެއް ނާޒު އަށް ކުރާ ހެން ހިއެއް ނުވެއެވެ. ޕޭމަންޓް މަތިން ކުރިއަށް ދިޔައީ އެއްވެސް މީހަކަށް ބެލުމެއް ނެތިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލާކަށް އެއްވެސް ހަރަކާތެއް ނާޒު ނުކުރެއެވެ. އަމީނީ މަގަކީ ވިއްސާރަ ވެއްޖެނަމަ އަބަދުވެސް އެހާ ފެންބޮޑު ވާ މަގެކެވެ. އެހެންކަމުން ދުއްވާފަ ދާ އެއްޗިހީގެ ސަބަބުން ޕޭވްމަންޓް މަތިން ހިނގާފަ ދާ މީހެއްގެ ގަޔަށް ފެން ނުދާނެ އެއްވެސް ގޮތެއް ނޯވެއެވެ.
އެހެން ނަމަވެސް ވަގުތުގެ ގޮތުން ދުއްވާ އެއްޗހިވެސް ވަނީ މަދުވެފައެވެ. ހާލަކުން ކާރެއް ފަދަ އެއްޗެއް ފެނުން ފިޔަވާ އިތުރު އެއްޗެއް ނުފެނެއެވެ. ދުއްވާފަ ދާ މީހުންގެ ލޮލުގައި ނާޒު އަޅައިގަތުމުގެ އެންމެ ބޮޑު ސިއްރަކީ އެއީ އެވެ. ވިއްސާރަ ރެއެއްގަ އެކަނިމާއެކަނި ވާރެޔާ ތެމި ފޯވެގެން އެގޮތަށް މަގުމަތީގަ ދާނަމަ ނުބަލާނެ އެކަކުވެސް ނުވާނެއެވެ. އެކަމަކު މިއިން އެއްވެސް ކަމަކަށް ނާޒުގެ ސަމާލުކަން ދެވިފައެއް ނުވެއެވެ. ހިނގަމުން ހިނގަމުން ގޮސް ނާޒު އިށީނީ ވިލިގިނލީ ފެރީ ޓާރމިނަލް އާ ދިމާލަށް ވާގޮތަށް ހުރި ބުރުތަކުން ބުރެއްގައެވެ. ދަންވަރުގެ ހަމަހިމޭން ވަގުތަށް ވިޔަސް ނާޒުގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނުވެއެވެ. ވާނަމަ ވަނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތި ކަމެވެ.
ބުރުގާ އިށީނދެލުމާއެކު ނާޒު އަކަށް ކެތެއް ނުކުރެވުނެވެ. އަޑުން އަޑު ނަގާ ބާރަށް ރޯން ފެށިއެވެ. އެކަމަކު ޖަހަމުން ދިޔަ ކޮންމެ ކަރުނަތިއްކެއް ވާރެޔާ އެކުވެގެން ދިޔައެވެ. އެތައް އިރެއްވެގެން ދިޔައިރުވެސް ނާޒު ގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ހަމައެއިންގޮތަށް އިނެވެ.
އަޅާލާނެ އެއްވެސް މީހަކު ނެތް ނާޒު މިވަގުތު ބޭނުންވަނީ އަމިއްލަ މައިންބަފައިން ކައިރިއަށް ދާށެވެ. އެމީހުން ކިތަންމެ ރުޅި އައިސްފަ ތިބި ނަމަވެސް ނާޒުގެ ހިތް ބުނަނީ އެމީހުން ނާޒު އަށް އެހީތެރިވެދޭނެ ކަމަށެވެ. އެކަމަކު އެމީހުން ކައިރިއަށް ދެވޭނެ ފަދަ ވެސް މިވަގުތު ނާޒުގެ ނެތެވެ. އެންމެ ކުޑަމިނުން ނާޒު އެމީހުންގާތުން މި މާލެއަށް އައީ އެއީ މައިންބަފައިން ނޫން ކަމަށް ނިންމައިގެންނެވެ. އެމީހުންގެ ފައިދަށަށް ދުވަހަކުވެސް ނުދާނެ ކަމަށް ބުނެފައެވެ. މީހުން ބުނަނީ ތެދެކެވެ. މައިންބަފައިންނާ ކިތަންމެ ދުރުވާން އުޅުނު ނަމަވެސް އެކަމެއް ނުވާނެއެވެ. މައިވަންތަ ކަމުގެ ގުޅުން ކަނޑައެއްނުލެވޭނެއެވެ. އެކަމަކު ނާޒު އެކަންވެސް ކުރިއެވެ. މިއަދު ލިބެމުން މިދަނީ އެކަމުގެ ހިތްދަތި ވޭންބާވައޭ ނާޒު ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ.
ވަރަށް ހާލު ބޮޑު ބަލި މީހަކަށް ފަރުވާ ދިނުމަށްޓަކައި ނާޒިމް ހޮސްޕިޓަލަށް އަންނަން ޖެހިގެން އައިރެއެއްކަމުން ނާޒިމް ގެއަށް ދާން ނުކުތްއިރު ދޭއްޖަހަނީ އެވެ. ޕާކިން ޒޯން އިން ކާރު ނެރެގެން ކާރަށް އަރާ ދުއްވާލީ އަމީނީ މަގުން ގެއަށް ދިއުމަށެވެ. ކުއްލިއަކަށް ކާރުން އެޅުނު އަލިން ނާޒިމް އަށް މީހަކު އިންހެން ހީވިއެވެ. ފުރަތަމަ ކުޑަކޮށް ޖެހިލުންވި ނަމަވެސް ކާކުތޯ ބަލާލުމުގެ ބޭނުމުގައި ކާރު ބުރުތަކާ ދިމާލަށް އަނބުރާލިއެވެ. ކައިރި ވީ ވަރަކަށް އެއީ އަންހެން ކުއްޖަކުކަން ނާޒިމް އަށް އެނގުނެވެ. ފަހަރެއްގަ ވެސް އެއީ ޖިންނިއަކަށް ވެދާނެއޭ އެކަހަލަ އެއްޗެއް ނާޒިމްގެ ހިތަކަށް ނާރައެވެ. ވިއްސާރަ ކޯޓް ގަޔަށް ހެޔޮވަރު ކޮށްލުމަށްފަހު ނާޒިމް ކާރުން ފޭބިއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ.
ނާޒިމް އައިސް ނާޒުގެ ކުރި މައްޗަށް ހުއްޓުނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އެދެލޮލުން ފައިބަމުންދިޔަ ކަރުން ތިކިތައް ނުފެނުނު ނަމަވެސް އެދެލޮލުގައިވާ ހިތްދަތިކަން ނާޒިމް އަށް އިހުސާސް ކުރެވުނެވެ. އެހެންކަމުން ކުރިއަށް ޖެހި ނާޒް އާ ވާހަކަ ދެއްކޭތޯ ނާޒިމް ބެލިއެވެ.
” ތީ ކޮންކުއްޖެއް؟ ދަންވަރުގެ މިވަގުތު މިތާ ކީއްތިކުރަނީ؟” ސުވާލަކަށްފަހު ސުވާލެއް ނާޒިމް ކުރަމުން ދިޔައެވެ. އެކަމަކު އެންމެ ސުވާލަކަށްވެސް ނާޒު ޖަވާބެއް ނުދެއެވެ. އަނެއްކޮޅުން ނާޒިމް އާ ދިމާލަށް އިސްއުފުލާ ބަލާވެސް ނުލައެވެ.
” ޕްލީޒް ތީ ކޮންމެ ކުއްޖަކަށްވިޔަސް ބުނަން ރަނގަޅު ވާހަކައެއް. ތިހެން މިތާ އެކަނި މާއެނި އިންނާކަށް ނުވާނެ. ދާންވީ ތަނެއް ވީކަމެއް ބުނެލަދީފާނަންތަ. އޭރުން އަހަންނަށްވެސް އެހީއެއް ވެދެވޭނީ” ނާޒިމް ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް ނާޒު ހަމަ އެއިންގޮތަށް އިނެވެ.
އެންމެފަހުން ނާޒިމް ގާތަށް ރުޅިއައެވެ. ދުވަހަކު ނުވެސް ދަންނަ އަންހެން ކުއްޖަކާ މެދު އެހާ ސަމާލުކަމެއް ނާޒިމް އަށް ދެވެނީ ކީޢްވެބާވައޭ ނާޒިމް އަމިއްލަ ހިތަށް އަރަމުން ދިޔައެވެ. އެއްވެސް ޖެހިލުމެއްނެތި ނާޒިމް ނާޒުގެ އަތުގަ ހިފާ ކޮޅަށް ނެގިއެވެ. ކޮޅަށް ނެގިތަނުންގެން ނާޒު އަރިއަޅާލައިގެން ނާޒިމްގެ އަތްދަނޑި މައްޗަށް ވެއްޓުނެވެ. ނާޒިމް ހާސްވިއެވެ. އެހެން ނަމަވެސް ނާޒިމް އަކީ ޑޮކްޓަރެކެވެ. މިއީ ހާސްވާންޖެހޭ ވަރު ކަމެއް ނޫންކަން ނާޒިމް ދެނެގަތެވެ. މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ މިގޮތް ނޭނގޭ އަންހެން ކުއްޖާ ގޮވައިގެން ގެއަށް ދިއުން ކަމަށްވާތީ ނާޒިމް އަންހެންކުއްޖާ ކާރަށް އެރުވިއެވެ.
********************************
ނާޒު އަށް ލޯ ހުޅުވާލެވުނު އިރު އޮވެވުނީ އަރާމް ތަންމައްޗެއްގައެވެ. ކޮޓަރީގެ އެތަން މިތަނަށް ނަޒަރު ހިންގާލިއެވެ. އަގު ބޮޑެތި ފަރުނީޗަރު ތަކުން ކޮޓަރި ވަނީ ޒީނަތްތެރި ކުރެވިފައެވެ. ނާޒު ތެދުވަން އުޅެނިކޮށް ކޮޓަރިއަށް ވަދެގެން އައި ޒުވާނާ ނުތެދުވެ އަރާމް ކޮށްލުމަށް ބުންޏެވެ. އެކަމަކު އޭގެ ކުރިން ނާޒު ތެދުވެ އެނދުމަތީ އިށީނެވެ. އިސްޖަހާލި ވަގުތް ނާޒުގެ އަމިއްލަ ހެދުމަށް ބަލާލެވުނެވެ. ނާޒު ކުރިން ލައިގެން ހުރި ހެދުންވަނީ ބަދަލު ވެފައެވެ. ދެން ހާސްކަމާއެކު ކުރިމަތީ ހުރި ނާޒިމް އަށް ބަލާލިއެވެ.
ނާޒިމް ގާތަށް ހިނިއައީ މި މައުސޫން އަންހެން ކުއްޖާ ހާސްވި ވަރުންނެވެ. އެހެންކަމުން އެކަން ހަމަޖައްސާލުމުގެ ގޮތުން އަވަހަށް ނާޒިމް ބުނެލިއެވެ.
” ހާސްނުވޭ. ތިހެދުން ބަދަލު ކުރީ އަހަންނެއް ނޫން. މިގޭގަ އަހަރެންގެ މަސައްކަތް ކޮށްލަދޭން އުޅޭ ދައްތަ ” ނާޒިމް އެހެން ބުނި ވަގުތު ތަބަކެއް ހިފައިގެން އައިސް އެބުނާ ދައްތައެއް ކޮޓަރިއަށް ވަންނަނީ އެވެ.
” އަދި ނުބުނަމެއްނު ނަމެއްވެސް ” ނާޒިމް ބުނެލިއެވެ.
” އަޅުގަނޑަށް ކިޔަނީ ނާޒު. އެންމެ ރަނގަޅުތޯ އަޅުގަނޑު ދިޔަޔަސް ” ނާޒު އަވަހަށް މިގެއިން ދިއުމުގެ ހުއްދައަށް އެދުނެވެ.
” ނޫނޭ ތިހާ ފަސޭހައިން ކިހިނެތް ދާނީ. އަދި ނާޒުގެ ހާލުވެސް ރަނގަޅެއްނޫން. ނާޒު ރަނގަޅުވީމަ ނާޒުގެ ގެއަށް ގެންގޮސްދޭނަމޭ ”
” އަޅުގަނޑު ދާނެ ގެއެއްނެތް ” ނާޒުއަށް އެހެން ބުނެވުނީ ފަހަރެއްގަވެސް އަމިއްލަ އިހުތިޔާރެއްގައެއް ނޫނެވެ. ވިސްނާ ނުލާ އެހެން ބުނެވުނީތީ ނާޒު ލަދުގަތެވެ.
ނާޒިމް އަށް ކިތަންމެ ރަނގަޅަކަށްވެސް ނާޒު ބުނި ޖުމްލަ އަޑު އިވުނެވެ. އަދި އެއަޑުގަވާ ރިހުންވެސް ނާޒިމް އަށް އިހުސާސް ކުރެވުނެވެ.
” ދައްތާ ނާޒު އަށް ގަޑިން ގަޑިއަށް ބޭސްދޭތި. އަހަރެން މިދަނީ ޑިއުޓީއަށް” ނާޒިމް ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން އަނެއްކާވެސް ނާޒު އާ ދިމާލަށް އެނބުރިލިއެވެ.
” ނާޒު ދާނެ ގެއެއް ލިބެންދެން މިގޭގަ މަޑުކުރެވިދާނެ ” ނާޒިމް ގެ އަޑުގަވަނީ މަޑުމައިތިރިކަމާ އޯގާތެރިކަމެވެ.
” ދައްތާ ނާޒްއަށް ބޭނުންވާ އެހީތެރިންދޭތި. ކަމެއް ގޯސްވެއްޖިއްޔާ އަހަންނަށް ގުޅާ ” ނާޒު އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ދުވަހަކުވެސް ނުދަންނަ މީހަކު މިގޮތަށް ނާޒް އަށް އެހީތެރިވެދާނެ ކަމަށް ނާޒް އަށް ގަބޫލު ކުރަން އުނދަގޫވަނީ އެވެ. ނާޒު ބޭނުންވީ އެގެއިން ދާށެވެ. އެކަމަކު އެއްގޮތަކަށްވެސް ފާއިޒާ ނާޒް ދިޔަކަ ނުދިނެވެ. ފާއިޒާ ގެ އެދުމަކީ ނާޒިމް ގެއަށް އައުމުން ނާޒު ދިއުމެވެ. ނާޒުވެސް އެގޮތާ އެއްބަސްވިއެވެ.
ނާޒު ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރުބަލާށެވެ. ކުއްލިއަކަށް ދުވެފަ އައި މީހަކު އައިސް ނާޒުގެ ފަހަތުން ނާޒު ގައިގަ ބައްދާލިއެވެ. ނާޒު ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ދިއުމަށްވުރެ ބޮޑައް ގަތީ ބިރެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

ހިތް ނުރޮއްވާ… (2)

Next

ބަދަލުވެ ދިޔަ ހަޔާތް – 2

Next
June 9, 2013

ބަދަލުވެ ދިޔަ ހަޔާތް – 2

Previews
June 9, 2013

ހިތް ނުރޮއްވާ… (2)

3 Comments!

  1. fathimath Asim says:
    June 9, 2013 at 1:50 pm

    ުއުއްމީދު ކުރަން ވ ރީތި ވާނޭކަމަށް

  2. zoyasham says:
    June 9, 2013 at 6:47 pm

    ފެށުން ރީތި…….. އުންމީދު ކުރަން ދެންހުރި ބައިތައްވެސް ރީތިވާނެކަމަށް……………

  3. ammi says:
    January 30, 2016 at 9:21 am

    Nice

Comments are closed.

Next Episodeބަދަލުވެ ދިޔަ ހަޔާތް – 2←


All Right Reserved!