ނާޒިމާއަށް ހީވީ އޭނާގެ މެއަށްމީހަކު ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. ދެލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ. ނަމަވެސް އޭނާހިތްވަރު ކުރާނެއެވެ. މިއޮއްހާ ދުވަހުވެސް ހިތްވަރުކުރީއެވެ. ދެންވެސް ހިތްވަރު ކުރާނެއެވެ. އޭނާގެ ލޯބިވާ ދަރިފުޅަށް ޓަކައެވެ. ނީމް ހޭއެރީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. ހޭއެރުމުން ޑޮކްޓަރު ނާޒިމާ ގާތު ވަނުމަށްބުންޏެވެ. އެތެރެއަށް ވަތްއިރު ނީމްގެ މުޅިގައިވަނީ ބެންޑޭޖް ކޮށްފައެވެ. ނާޒިމާ ނީމްއަށް ގޮވާލުމުން ނީމް ރޯންފެށިއެވެ. ނާޒިމާ ވަރަށް ހިތްވަރުކޮށްފައި ދަރިފުޅަށް ނަސޭހަތް ދިނެވެ. އަދި ދެރަވާން ނުޖެހޭ ކަމަށާއި، […]
ސައިކަލުން ޖެހުނުލެއް ބާރުކަމުން ނީމް ވިއްސައިގެންދިޔައެވެ. ޒީޝް “ނީމް” އޭ ކިޔާ ހަޅޭލަވާގަތް އަޑަށް ވަހަކައަށް ގެއްލިފައިތިބި އާރިފާއާއި ނާޒިމާ ދުއްވައިގަތެވެ. އޭރު ނީމުވަނީ ހަބަރުހުސްވެފައެވެ. ނީމުގެ ގާތުގައި އިނދެގެން ޒީޝް ބާރަށް ރޮމުން ގެންދެއެވެ. ނާޒިމާއަށް ނީމް ފެނުމާއެކު އޮޅުލައޮޅުލާފައި ރޯންފެއްޓިއެވެ. ވަރަށް އަވަސް ގޮތަކަށް ނީމް ހޮސްޕިޓަލަށް ގެންދެވުނެވެ. އެ ޙަބަރު ލިބިގެން އޭރު ފުނަދޫގެ ގިނައަދަދެއްގެ ރައްޔިތުންވަނީ ހޮސްޕިޓަލުގައި ޖަމާވެފައެވެ. ނީމްއަށް އަވަސް ފަރުވާ ދެވެން ފެށިއެވެ. ނާޒިމާވަނީ ހަމަޔަކު ނޫނެވެ. އޭނާއުޅޭ […]
ނިމްވެސް އެނާގެ މަންމަ ދެކެ އިންތިހާޔަށް ލޯބިވޭއެވެ. ބައްޕަ ނެތުމުން އޭނާ ދެރަވޭއެވެ. އެހެނަސް މަންމަގެ ފުރިހަމަ ލޯބި ލިބެމުން ދާތީ އޭނާ ﷲ އަށް ޝުކުރުކުރޭއެވެ. އެތުއްތު ކުއްޖާވަނީ ރިވެތި އަޙުލާޤު ރަނގަޅަ ދަސްވެފައެވެ. އެނާ މަންމަގެ މިންނެތް މަސައްކަތުންނެވެ. ޔޫ.ކޭ.ޖީ ކުލާހަށް ދާން ފެށިއިރު ނީމުއަކީ ފާހަގަކޮށްލެވޭ މޮޅުކުއްޖެކެވެ. ރީތިކޮށް ޤުރުއާން ކިޔަވާ ނަމޫނާ ދަރިވަރެކެވެ. އާންޓީމެން ނިމުގެ މޮޅުކަމުގެ ވާހަކަ ދައްކާއިރު ނާޒިމާ ހުންނަނީ އުފަލުން ރޮވިފައެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު ނީމު ބޮޑުވަމުން […]
ދުނޔެމައްޗަށްވަނީ ހަމަހިމޭކަން ވެރިވެފައެވެ. ވަގުތަކީ ދަންވަރުގެ ވަގުތެވެ. ނާޒިމާވަނީ ނިދީގެ މީރުކަމުން މަޙުރޫމުވެފައެވެ. އޭނާ ވަނީ ފުންޙިޔާލެއްގެ ތެރޭގައެވެ. އެހެނީ ދެލޯފަދަ ލޯބިވާ ދަރިފުޅު ނީމުގެ ޙިޔާލުގައެވެ. ނީމުގެ ހަނދާނުގައެވެ. ނީމުއަކީ ނާޒިމާއާއި ޤަފޫރަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ނީމުގެ އުމުރުން އެންމ ދެއަހަރުގައިޤަފޫރު ވަރަށް ކުއްލިގޮތަކަށް ނިޔާވީއެވެ. އެއީ ނާޒިމާގެ ޙަޔާތަށް އައި ހިތާމައިން ފުރިގެންވި ދުވަހެކެވެ. `ކުރި އަސަރެއްގެ ބޮޑުކަމުން އޭނާގެ ހެޔަށްގޮތްވެސްވިއެވެ. ނަމަވެސް ހެޔޮއެދޭ ރަޙުމަތްތެރިންނާއި އާޢިލާގެ މީހުންގެ އެހީއާއެކު އޭނާވަނީ މުޅިން […]