Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަދަލުވެ ދިޔަ ހަޔާތް – 2

Reesh Level 110 Stories
June 9, 2013 4 Mins Read
5 Comments

ނާޒު ހުރީ ކޮޓަރީގެ ކުޑަދޮރުން ބޭރުބަލާށެވެ. ކުއްލިއަކަށް ދުވެފަ އައި މީހަކު އައިސް ނާޒުގެ ފަހަތުން ނާޒު ގައިގަ ބައްދާލިއެވެ. ނާޒު ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ދިއުމަށްވުރެ ބޮޑައް ގަތީ ބިރެވެ.
ތެޅި ގަނެފަ ނާޒު އަވަހަށް އެނބުރިލިއެވެ. ނާޒު އަށް މީހެއްކަމަށް ހީކުރެވުނު ނަމަވެސް އެއީ ކުއްޖެކެވެ. ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ނާޒު އާ ދިމާލަށް ހިނިއައިސްގެން ބަލަން ހުރި ރައުލްގެ މޫނުމަތިން ފެންނަމުން ދިޔަ މައުސޫމް ކަމުން ނާޒު ވެސް ހިނިތުން ވެލިއެވެ.
” ތީ ރައުލް ކޮއްކޮގެ މަންމި ދޯ. ބައްޕި އަބަދުވެސް ބުނާނެ މަންމި އަންނާނެއޭ ” ރައުލް އަނެއްކާވެސް ނާޒުގެ ގައިގަ ބައްދާލިއެވެ. ފާއިޒާ އަށް އައިސް ހުއްޓެވުނު އިރު ރައުލް ދެއްކި ވާހަކަ އަޑު އިވުނެވެ. އެކަމަށްޓަކައި ނާޒު ގާތުން މައާފަށް އެދުމަށްފަހު ފާއިޒާ ރައުލް ގޮވައިގެން ދިޔައެވެ. އެހާ ތުއްތު ކުއްޖަކަށް އޭނާގެ މަންމަ ނޭނގެނީ ކީއްވެބާވައޭ ނާޒު ހިތަށް އެރިއެވެ.
އެހެން ނަމަވެސް ހާލަތުގެ ގޮތުން އެހެން ކަމަކާ ދޭތެރޭ ވިސްނުމަށްވުރެ މިވަގުތަށް އެންމެ މުހިއްމު ކަމަކަށް ވެފައިވަނީ އަމިއްލަ ހާލަތާ މެދު ވިސްނުމެވެ. އެންމެ ކުޑަމިނުން އަތުގަ އޮތް ފޯނުވެސް ނެތުމުން ނާޒު ހުރީ ފާއިޒާ ގާތު ފޯނުގެ ވާހަކަވެސް ބުނަން ނުކެރިފައެވެ. އެހެންވިޔަސް އަބަދަކު މިގެއަކުވެސް ނާޒު އަކަށް ނުހުރެވޭނެއެވެ. ވަރަށް ހިތްވަރު ކޮށްލުމަށްފަހު ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތް ވަގުތު ފާއިޒާ އައިސް ކޮޓަރިއަށް ވަނެވެ.
” ނާޒް ކަމެއް ބޭނުންވީތަ ” ފާއިޒާ އަވަސް އަވަހަށް އަހާލިއެވެ.
” ދައްތަ ދީފާނަންތަ އަހަންނަށް ފޯނެއް. އަހަރެން ބޭނުން އަހަރެންގެ މަންމަ މެންނަށް ގުޅާލަން ” ފާއިޒާ ހިނިތުންވެލުމަށްފަހު ފޯނު ދިއްކޮށްލިއެވެ.
” ނާޒު ބޭނުން މީހަކަށް ގުޅާލާ ” ފާއިޒާ ފޯނު ދިނުމަށްފަހު ނުކުމެގެން ދިޔައީ އެތައް ދުވަހެއްވަންދެން ދެކެ ފަރިތަ މީހަކާ ވާހަކަ ދައްކާފަ ދާ އުސޫލުންނެވެ.
ނާޒު އެންމެ ފުރަތަމަ ވެސް ގުޅީ އަކީލްގެ ނަންބަރަށެވެ. އަކީލް ހުރި މެލޭޝިޔާގަ އެވެ. އަކީލްގެ ނަންބަރު ނާޒު އަށް ހިތުދަސްވެފަ ހުރި ކަމީ ނާޒު އަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. ދެފަހަރު ތިންފަހަރު ގުޅި އިރުވެސް އަކީލް ފޯނެއް ނުނަގައެވެ. ފޯން ރިންގުވެސް ވެއެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުލިބުނެވެ. އެންމެފަހުން ނާޒު އަކީލް އަށް މެސެޖް ކުރީ ވަރަށް ފޮނި އުއްމީދާ އެކުއެވެ.
މެސެޖް ފޮނުވިތާ މާގިނަ އިރެއްނުވެ އަކީލް ގުޅިއެވެ. ނާޒު އަށް އުއްމީދު ކުރެވުނީ ވެސް އެގޮތަށެވެ. އަކީލް ނާޒު ބާކީ ކޮށްނުލާނެ ކަމެވެ. ނާޒު އަވަސް އަވަހަަށް ފޯނު ކަންފަތުގަ ޖައްސާލިއެވެ. އޭރު ނާޒުގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
” ހަލޯ އަކީލް. އަހަންނަށް އިނގޭ އަކީލް އަހަންނަށް ދެރަގޮތެއް ނަހަދާނެކަން. އަކީލް ގެ މަންމަ……” ނާޒު އަށް ބުނަން އުޅުނު ޖުމްލަ ވެސް ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. އޭގެ ކުރިން އަކީލްގެ ރުޅިވެރިކަމުން ފުރިފަވާ އަޑު ނާޒުގެ ކަންފަތުގަ ގުގުމާލިއެވެ.
” ތިމުޑުދާރު ދުލުން އަހަރެންގެ މަންމަގެ ނަން ނުބުނާތި. ނާޒު ދައްކާ އެއްވެސް ވާހަކައެއް އަހަރެން އަޑުއަހާކަށްވެސް ބޭނުމެއްނޫން. އިތުރަށް އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން އަޑުއަހާ. ނާޒު ތިހިރީ ވަރިކޮށްފަ. އިތުރަށް ކުރަންޖެހޭ ހުރިހާ ކަމެއް އަހަރެން ކުރާނަން. މީގެފަހުން އަހަންނަށް ގުޅަން މަސައްކަތް ނުކުރާތި ” ނާޒު އަށް އިވުނު އަޑުތައް ގަބޫލު ކުރަންވެސް އުނދަގޫވިއެވެ. ދުނިޔެ ވަށައިގެން އެނބުރޭހެން ނާޒު އަށް ހީވަމުން ދިޔައެވެ. ފޯނު އަތުން ވެއްޓުނު އިރު ނާޒު ވެސް އޮތީ ޓައިލްސްތައް މައްޗަށް ވެއްޓިފައެވެ.
*****************************
ނާޒު އަށް ހޭވެރިކަން ވުމާއެކު ބާރަށް ރޯން ފެށުނެވެ. މިމަންޒަރު ބަލަން ހުރި ނާޒިމްގެ ހިތަށްވެސް އަސަރު ކުރުވިއެވެ. ނާޒިމްގެ އިޝާރާތަށް ފާއިޒާ ވެސް ނާޒިމް އާ އެކު ކޮޓަރިން ނުކުތެވެ. ނާޒު އަށް ވެގެން އުޅެނީ ކޮންކަމެއްކަން ނޭނގުނު ނަމަވެސް ނާޒިމް އަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ މިވަގުތަށް ނާޒު އެކަނި ރޯނެ ވަރަކަށް ރޯން ދޫކޮށްލުމެެވެ. ނާޒިމް ހިނގައިގަތީ އަމިއްލަ ކޮޓަރި އާ ދިމާލަށެވެ. އެކަމަކު ފާއިޒާ ގޮވާލުމުން ނާޒިމް ފަސް އެނބުރި ބަލާލިއެވެ.
” ނާޒިމް އެއީ ކޮންތަނަކުން އައި ކޮން ކުއްޖެއްކަމެއް ވެސް ނޭނގެއެއްނު. ދައްތަ އަށް ހީވަނީ އޭނަގެ ގޭމީހުންނަށް ގުޅަންވީހެން ” ނާޒިމް އަށް ވެސް އެކަން އިނގެއެވެ. އެކަމަކު މިވަގުތު އެއިން އެއްވެސް ކަމެއް ނާޒުގެ ފަރާތަކުން އޮޅުމެއް ނުފިލާނެއެވެ.
” އަދި މިއަދު ރައުލް ވެސް ނާޒު ކައިރިއަށް ގޮސް މަންމި އޭ ކިޔައިގެން ވާހަކަ ދައްކައިފި ” ފާއިޒާ ހުރިހާ ވާހަކަ އެއް ކިޔާދިނުމަށްފަހު ދިޔައެވެ. ދެންވެސް ނާޒިމް އަށް ވިސްނެނީ ހަމަ ނާޒު އާ މެދުއެވެ. ނާޒް އަށް ދިމާވެގެން އުޅޭ ކަމެއް އޮޅުން ފިލުވުމުގެ ޝައުގުވެރިކަން ނާޒިމް ގެ ހިތުގައި އުފެދުނެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ ނާޒު އަކީ ކޮންތަނަކުން އައި ކާކުކަމެއްވެސް އެންމެ ކުޑަމިނުން ނާޒިމް އަކަށް ނޭނގެއެވެ. އަހާކަށްވެސް ނުކެރޭނެއެވެ.
*******************
ހިތްފުރޭވަރަށް ރުއިމަށްފަހު ނާޒު ކޮޓަރިން ނުކުތީ ގެއިން ނުކުމެގެން ދާށެވެ. ނާޒުގެ ސަބަބުން އެހެން ބަޔަކަށް އެއްވެސް އުނދަގުލެއް ވާކަށް ނާޒް ބޭނުމެއްނުވެއެވެ. އެހެންކަމުން ނާޒު ކޮޓަރިން ނުކުތީވެސް މަޑުމަޑުންނެވެ. އެއްވެސް މީހަކަށް ފެނިއްޖެއްޔާ އަނެއްކާވެސް ހުއްޓުވަން އުޅެފާނެތީ އެވެ.
” ނާޒު ” ގޭ ބޮޑު ދޮރާ ހަމައަށް ދެވުނު ތަނުން ނާޒިމްގެ އަޑު އިވުނެވެ. ނާޒިމް އާ ދިމާލަށް ނާޒް އެނބުރުނެވެ. ރޮއިރޮއި ނާޒްގެ ލޯވަނީ ދުޅަވެފައެވެ. ދޮންދޮން މޫނު ވަނީ ރަތްވެފަ އެވެ. ނާޒިމް ގެ ހިތަށް ނާޒް ފެނުމުން އުނދަގޫތަކެއް ވާން ފެށިއެވެ. ނާޒް ފެނުނުތާ އަދި މިއުޅެނީ އެންމެ ދުވަހެއްވެސް ނުނިމި އެވެ. އެކަމަކު ވެސް ނާޒިމްގެ ހިތުން ނާޒް އަށް ހާއްސަ ޖާގައެއް ވަނީ ދެވިފައެވެ.
” އަހަރެން ބޭނުމީ މިގެއިން ދާން. އަހަރެންގެ ސަބަބުން މިގޭ މީހުންނަށް އެއްވެސް އުނދަގުލެއް ވާކަށް އަހަރެން ބޭނުމެއްނޫން ” ނާޒު ގެ އަޑުގައި ތުރުތުރުލުމެއް އެކުލެވިފައިވެއެވެ.
” އެންމެ ރަނގަޅު. އެކަމަކު ނާޒް ވަންނާނެ ތަނެއް ހުރިނަމަ ދަންވަރުގެ އެވަގުތު ބޭރުގަ ހުންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. އެކަމަކު ވެސް ނާޒް މިގެއިން ދާން ބޭނުމިއްޔާ އަހަރެން ނުހިފަހައްޓާނަން. އެކަމަކުވެސް އިންސާނިއްޔަތަށްޓަކާ ކަމެއް ކޮށްދިނުމަކީ އަހަރެން އަބަދުވެސް ވަރަށް އުފާވާ ކަމެއް. ނާޒް ބޭނުމިއްޔާ މިގޭގަ މަޑުކުރެވިދާނެ. ބޭނުމިއްޔާ ތިވެގެން އުޅޭ ގޮތެއް އަހަންނަށް ކިޔާވެސް ދެވިދާނެ ” ނާޒް ހުރިގޮތަށް ހުރީ ނާޒިމް ގެ އެހީތެރިކަންވެސް ބޭނުންވެފައެވެ. އެކަމަކު ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟
” މަންމީ ކޮންތާކަށް ދަނީ ރައުލް އެކަނި ބަހައްޓާފަ. މަންމި ނުދޭ ” ކުޑަ ކުޑަ ރައުލް އަނެއްކާވެސް ނާޒް ކައިރިއަށް އައެވެ. ނާޒިމް ރައުލް ހިފަހައްޓާކަށް ނޫޅެއެވެ. ނާޒް ހުރީ ހަދާނެ ގޮތެއް ނޭނގިފައެެވެ. ރައުލް ދުރައް ޖައްސާލާކަށްވެސް ނާޒް އަަކަށް ނުކެރުނެވެ.
އެންމެ ފަހުން ރައުލް ނާޒްގެ އަތުގަ ހިފައިގެން ގޮސް ވަނީ ރައުލް އަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށެވެ. ތަފާތު އެކި ކުޅޭ އެއްޗިހިން މުޅި ކޮޓަރި ވަނީ ފުރާލާފައެވެ. އެއްފަރާތެއްގަ ރައުލް އަށް ހާއްސަ ކުރެވިފަ ހުރި އެނދެއް ހުއްޓެވެ. ނާޒު ހުރީ ވާނުވާ ނޭނގިފައެވެ.
” މަންމީ ހިނގާ ކުޅެން ދޯ ” އެތައް ވަގުތެއް ފާއިތުވެ ގޮސް އިރުއޮއްސުނު އިރުވެސް ރައުލް އެކި އެކި ވާހަކަ ދައްކަމުން ނާޒް އާ އެކު ކުޅެމުން ދިޔައެވެ. ކިތަންމެ ދެރަވެފަ ހުރި ނަމަވެސް ނާޒް ވެސް ކޮންމެވެސް ވަރަކަށް ރައުލް އާ އެކު ބައިވެރި ވިއެވެ. އެންމެފަހުން ފާއިޒާ އައިސް ރައުލް އަށް ކާންދީ ނިންދަވަންދެން ނާޒް ހުރީ ރައުލް ކޮޓަރީ ގައެވެ. ރައުލް ނިދުމުން ނާޒް ފާއިޒާ ގާތުން އެހިއެވެ.
” ދައްތާ. ކޮބާ ރައުލްގެ މަންމަ. ކީއްވެ އަހަންނަށް މަންމަ ކިޔަނީ ” ނާޒް އަހާލިއެވެ.
” އެއީ ދުވަހަކުވެސް ރައުލް އަށް އޭނަގެ މަންމަ ފެނިފަ ނުވާތީ” ރައުލް ވިހެއުމަށްފަހު ރައުލްގެ މަންމަ ސަމާ ވަނީ ނިޔާވެފައެވެ. އެދުވަހަށްފަހު ރައުލް ގެންގުޅެނީ ހަމައެކަނި ނާޒިމް އެވެ. ނާޒިމް ގެ އާއިލާގަ ނާޒިމް ފިޔަވާ އެކަކުވެސް ނެތެވެ. ނާޒިމް ރައުލް އަށް އެއްވެސް ފޮޓޯ އެއް އޭނާގެ މަންމަގެ ދައްކާފައެއް ނުވެއެވެ. އަބަދުވެސް މަންމަ އަންނާނެ ކަމަށް ބުނަމުން ގޮސްފަ ވާތީ ރައުލް އަށް އެހެން ހީކުރެވުނީ އެވެ.
ނިދާފަ އޮތް ރައުލް ގެ މައުސޫމް މޫނަށް ނާޒް ބަލާލި އެވެ.
” ނާޒް. އަހާލަންތަ ވާހަކައެއް ” ފާއިޒާ ބުންޏެވެ.
” ނާޒް އަށް ތިހާލު ޖެހުނު ސަބަބު ކިޔާދެވިދާނެތަ؟ ފާއިޒާ އެދުނެވެ.
( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

ބަދަލުވެ ދިޔަ ހަޔާތް – 1

Next

ސީ އައި ޑީ

Next
June 9, 2013

ސީ އައި ޑީ

Previews
June 9, 2013

ބަދަލުވެ ދިޔަ ހަޔާތް – 1

5 Comments!

  1. fathimath Asim says:
    June 9, 2013 at 2:48 pm

    ވ ރީތި

  2. zoyasham says:
    June 9, 2013 at 6:46 pm

    މިބައިވެސް ސަޅި………….

  3. ކިއުޓީ says:
    June 10, 2013 at 12:30 pm

    ވ ރީތި

  4. އަނާ says:
    June 12, 2013 at 6:03 pm

    ވަރަށް ހަބޭސް.

  5. ނިސާން says:
    June 15, 2013 at 8:00 pm

    ކޮން އިރަކު އަނެއްބައި ނުކުއް ނަނީ؟؟؟

Comments are closed.

Next Episodeބަދަލުވެ ދިޔަ ހަޔާތް – 3←


All Right Reserved!