ސޯޅަވަނަބައި ” އަހަރެން ނުދައްކަން ޕޮލިހުންގެ ވާހަކައެއް. އަހަރެން މިދައްކަނީ އަހަރެންގެ ވާހަކަ. އަހަރެން ކުރިން ވެސް ކަލޭ ކައިރީ ބުނެފަ އޮންނާނެ ދޮގެއް ހަދައިފިނަމަ އަހަރެން މިކަން ދޫކޮށްލާނަމޭ. ” ނާއިލްގެ ވާހަކަ މެދުކަނޑާލަމުން ނާއިލަށް އިނާ ހަނދާން ކޮށްދިނެވެ. ” އަހަރެންނަށް ތިކަން އެނގޭ. އަހަރެން އެވާހަކަތައް ނުދެއްކީ އަހަރެންނަށް އިނާ ގެއްލެން ނޭދޭތީ. ” ނާއިލް ޙަޤީޤަތް ހާމަކުރިއެވެ. ” އެކަމަކު … މިހިސާބުން ފެށިގެން އަހަރެން ވެސް … ކަލޭގެ ވަކީލް […]
3 މަސް ފަސް އީމަން އިނީ ކޮޓަރީގެ ބެލްކަނީގައެވެ. އަތުގައި އޮތް ފޮޓޯ ފްރޭމަށް ބަލަހައްޓައިގެން ފުން ހިޔާލަކަށް ގެއްލިފައި އިން އިރު ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތަށް ފޮޓޯފްރޭމަށް ބޮސް ދެމުން ދެއެވެ. ޔާނާ އާއި އީމަންގެ ކައިވެނީގެރޭގައި ނަގާފައިވާ އެފޮޓޯގައި ޔާނާ ހިނިތުންވެލައިގެން އިންއިރު އެމޫނުމަތިން ފެންނަމުން ދިޔަ މަޢުސޫމުކަން އަދިވެސް އީމަންގެ ހިތް ކަތިލަމުންދާފަދައެވެ. “މާން! ސައިބޯންވީނު؟” ސައިތަބަކެއް ހިފައިގެން އައި ރީމް ކޮޓަރީގެ ދޮރު ހުރަސް ކޮށްލަމުން ބުނެލިއެވެ. ކަޅު […]
ފަނަރަވަނަބައި ” އޭނަ … އަހަރެންގާތު ބުނި. ލަންމާ ވަރިކޮށްފަ …. އަބަދުގެ އަބަދަށް އަހަރެން ކައިރިއަށް އަންނާނަމޭ. އެކަމަކު އޭނަ އަކަށް …. އެކަމެއް ނުވި. ލަންމާއާ ވަކިވެގެން އޭނައަށް …. އެ …. ތަނަވަސްކަމުގަ ނޫޅެވޭނެކަން އޭނާއަށް ވެސް އެނގޭ. ” ނާއިލަށް ބަލާލުމަށްފަހު ކޯޓްތެރެއަށް ނަޒަރުހިންގާލަމުން މަޑުމަޑުން ސުޖީތާ ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ސުޖީތާގެ ފަރާތުން ހަސީލް ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށްފަހު ގޮސް އޭނާގެ […]
ރީމް އަށް އެތަނަށް ދެވުނު އިރު ފަތިސް ވަނީއެވެ. ހައިރާންކަން ވެރިވީ އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ފެނުމުންނެވެ. ކާރު އޮތް ހާލަތު ފެނި ރީމްގެ ހިތަށް ބިރުވެރި އަސަރުތަކެއް ކުރުވިއެވެ. ވަކި ހިސާބަކުން އެތެރެއަށް ނުވަދެވޭގޮތަށް ސީން ވަނީ ބަންދުކުރެވިފައެވެ. ރީމް ވިސްނާލުމަށްފަހު ގޮސް އެތަނުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރަކާ ވާހަކަ ދެއްކިއެވެ. “ފެނިފައިވާ ފިރިހިނެއްގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ފޮނުވާލައިފިން. އިތުރު މީހެއް ފެނޭތޯ ހޯދަމުން މިދަނީ!” ރީމްއަކީ އެކްސިޑެންޓްވީ މީހާއާ ގުޅުމެއްހުރި މީހެއްކަމުގައި […]
” ނޭނގެ …. ބުނަން އުޅުނު ވާހަކަ ހަނދާން ނެތިއްޖެ. ދެން …. ” ހާސްކަމާއެކު އިނާއަށް ބުނެލެވުނީ އެހިސާބަށެވެ. ” ހަނދާން ވާނެ. ” ނާއިލް ބުނެލިއެވެ. ” ހަނދާންވީމަ ގުޅާނަން. މިހާރު ގެއަށް ދެވިއްޖެތަ؟ ” އިނާ އަހާލިއެވެ. ” އަދި ނުދެވޭ. އެކަމު ވަރަށް ކައިރީ މިއުޅެނީ. ” ނާއިލް ޖަވާބު ދިނެވެ. ” އެހެންތަ؟ ދެން ބާއްވަނީ. ” އެހެން ބުނުމާއެކު އިނާ ފޯނުކަނޑާލިއެވެ. ފޯނު ބޭއްވުމަށްފަހު އޮފީހުން ނުކުންނާން އިނާ […]
ފިތުރުޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން ” އެއްތިރީސް ޑިސެމްބަރުގަ ނާއިލަށް ލޯބީގެ ސިޓީއެއް ފޮނުވުނުކަން ކަލޭ ހަނދާން އެބަހުރިތަ؟ ” ސާލިނީއަށް ހިނިތުން ވެލަމުން އިނާ އަހާލިއެވެ. ” ތިޔައީ ދޮގެއް. ” ރުޅިއައިސްގެން ހަޅޭލަވައިގަންނަ ފަދައަކުން ސާލިނީ ބުންޏެވެ. އިނާ […]
އިނާގެ މިޢަމަލުގެ ޙަޤީޤަތް ނޭނގޭ މީހުންތައް ހައިރާންކަމާއެކު އަވަސް އަވަހަށް ވާހަކަދައްކާން ފެށިއެވެ. އެންމެން އެއް ފަހަރާ ވާހަކަދައްކާން ފެށުމުން ކިޔާނުކިޔާ އެއްޗެށް ސާފުވާވަރެއް ނުވެއެވެ. ނުތަނަވަސްކަމާއެކު އިނާއަށް ބަލަހައްޓައިގެން ނާއިލް އިންއިރު އިނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ކޯޓަށްހާޒިރުވި އިރެކޭ އެއްފަދައިން މިހާރުވެސް އިނާގެ ފަރާތުން ފެންނަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. އިނާގެ އެޢަމަލުގެ ސަބަބުން ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައިރު ހާސީލާއި ނީސާމް އަދި ޖިނާނުގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. […]
(އެގާރަވަނަ ބަޔާއިގުޅޭ)………… ތިއްތަބެޔާއި ވާހަކަދައްކަމުންގޮސް ލަގެޖްތައްލާފައި އަހަރެންގޮސް ކާރުގެ ފަހަތު ޝީޓަށް އަރާފައި ހަމަޖެހިލީމެވެ. ތިއްތަބެ ކާރުދުއްވާލިއެވެ. ކާރުތެރޭގައި އަޑުމަޑުކޮށް ފަހުގެ އިނގިރޭސި ލަވަތައް ޖަހާފައި ހުއްޓެވެ. އަހަރެން ފޯނުނަގައި ފުރަތަމަވެސް ގުޅީ މަންމަޔަށެވެ. ނަމަވެސް ފޯނުނުނެގުމުން އަހަރެން ދެންގުޅީ ކުޑާއްތައަށެވެ. ގުޅިހާއިރުން ކުޑާއްތަ ފޯނުނެގިއެވެ. އަހަރެން މެލޭޝިޔާއަށް ދެވެނުވާހަކަ ބުނީމެވެ. އަދި އެކަން މަންމަޔާއި ބައްޕަޔަށްވެސް އަންގައިދިނުމަށް ބުނީމެވެ. ކުޑާއްތަޔާއި ވާހަކަދައްކަން އަހަރެން އިރުކޮޅަކު ހުރީމެވެ. ކުޑާއްތަގެ ހިތްވަރުގެ ބަސްތަކުން އަހަންނަށް ހަމަޖެހުން ލިބުނެވެ. އަހަރެންގެ […]
” ކަލޭ ތިހެން ގޮސް އެނދުމަތި ކުރަން ޖެހޭވަރު ނުވާތި. ކަލޭގެ ލޮލާއި މޫނު އަދި މުޅިހަށިގަނޑަށް ނަޒަރު ހިންގާލުމުން ކިތަންމެ ރަނގަޅަކަށް ވެސް އެނގޭ އޭނާގެ ސަބަބުން ކަލޭގެ އެތެރެހަށި އަނދަމުން ދާކަން. އެކަމުގެ ސަބަބުން ކަލޭ ބޭނުން ވަނީ ކުށެއްނުކުރާ މީހެއް ކުށްވެރިއަކަށް ހަދަން. ކަލޭގެ އަމިއްލަ އިހުސާސްތައް މިކަމާއި އެއްކުރަނީ. ” އިނާ ވާހަކަ ދެއްކިއިރު އޭނާގެ އަޑާއި ހަރަކާތުން ވެސް ފާޅުވެގެން ދިޔައީ ނުރުހުމުގެ އަސަރުތަކެވެ. ” މަށެއް ނޫން މިދެކަންތައް […]