ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން ސައުދިއްޔާ އިނީ މި ދަނޑިވަޅަށް ވަރަށް ތައްޔާރު ވެގެންނެވެ. މިއީ އޭނާ ކުރިމަތިލާން ޖެހޭނެ ވަގުތުކޮޅެއްކަން ކިތަންމެ ކުރިން އެނގިފައިވި ނަމަވެސް ވަގުތު ޖެހުނު އިރު މުޅި މީހާގެ އަތްފައި ފިނިވެ ބާރުބާރަށް ހިތް ތެޅެމުން ދަނީއެވެ. އާއިޒު އައިސް ސައުދިއްޔާ ކުރިމައްޗަށް ހުއްޓުނު އިރު އެދެލޮލުން އަލިފާން ކަނި ބުރާފަދައެވެ. ސައުދިއްޔާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅު، މަންމަ ދައްކާ ވާހަކަ ރަނގަޅަށް އަޑު އަހައްޗޭ! […]
(ހަތްވަނަ ބަޔާއިގުޅޭ)………… ހައިކަލް ކިތަންމެ ގިނަ ވާހަކައެއް ދެއްކިޔަސް އަހަރެން މާގިނަ ވާހަކަތަކެއް ނުދައްކަމެވެ. ހައިކަލްގެ ސުވާލުތަކަށް ކުރުޖަވާބުދިނީމެވެ. އެއީ ނުދަންނަ މޫނަކަށް ވުމާއިއެކު އޭނަޔާއި ހިއްސާކުރާކަށް އަހަންނަށް މާގިނަވާހަކަތަކެއް ނޭނގުނެވެ. ފަހަރުގައި އެއީ އަހަރެންގެ ބަދަލުވެފައިވާ މިޒާޖުގެ ސަބަބުން ކަމަށްވެސްވެދާނެވެ. މެލޭޝިޔާއަށް ދާން ފުރަންދެން ހައިކަލް އަހަންނާއި އެކިއެކި ވާހަކަދެއްކިއެވެ. އަހަރެންވެސް ހެވިލާފައި ހައިކަލްގެ ވާހަކަތަކާއި ބައިވެރިވީމެވެ. ބޯޓަށް އަރަންދިޔައީވެސް ދެމީހުން އެކުއެކީގައެވެ. ނަމަވެސް ބޯޓުގެ ތެރެއިން ދެމީހުން ވަކިވީ ދެމީހުން ދެބައިގައި އިންނަން ޖެހުމުންނެވެ. […]
ވަރަށް ހިތްވަރު ކުރުމަށްފަހު ނާޒް އަކީލް މެންގެ ގެއަށް ދިޔައެވެ. ދެތިން ފަހަރަކު ބެލް ޖެހިއިރުވެސް އެކަކުވެސް ދޮރެއް ނުހުޅުވައެވެ. އެމީހުން ކިޔާނެ އެއްޗަކާ މެދު ވިސްނާލުމާއެކު ނާޒް ފިނިވަމުން ދިޔައެވެ. ދޮރު ނުހުޅުވާނެ ކަމަށްބަލާ ހިނގައިގަތްތަނުން ކޮންމެވެސް މީހަކު ދޮރު ހުޅުވިއެވެ. ނާޒްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ދޮރު ހުޅުވީ ނާހިދާ އެވެ. ނާޒް ފެނުމުން ނާހިދާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. ” ކީއްކުރާނަމޭ ހިތާ މިގެއަށް އަނެއްފަހަރު ތިއައީ. މިގެއަކު ނެތް ކަލޭ […]
ދެން ޖެހި ގުގުރި އަދި މާބާރެވެ. ނާޒް ގަތްބިރުން ހައްތަހާ ބޮޑައް ނާޒިމް އާ ކައިރިވެލާ ނާޒިމްގެ ގަމީހުގަ ހިފަހައްޓާލިއެވެ. ނާޒް ގަޔާ ކައިރިކޮށްލެވުނީ ނާޒިމް އަށް ބޭއިހުތިޔާރު ގައެވެ. އެއީ ނާޒިމް ގަސްތުގަ ކުރި ކަމެއް ނޫނެވެ. ނާޒް މީގެކުރިން އަކީލް ނޫން މީހަކާ އެހާ ގާތްވެފައެއް ނުވެއެވެ. އެހެންކަމުން ނާޒް އަށް ކުރެވުނީ މުޅިން އެހެން އިހުސާސެކެވެ. ނާޒް އުޅުނީ ނާޒިމް އަތުތެރެއިން ސަލާމަތް ވުމަށެވެ. އެކަމަކު ނާޒިމް ހުރީ އެއަށްވުރެ ބާރަށް ނާޒް […]
” ނާޒް އަށް ތިހާލު ޖެހުނު ސަބަބު ކިޔާދެވިދާނެތަ؟ ފާއިޒާ އެދުނެވެ. ވަގުތުން ނާޒްގެ ދެލޯ ކަރުނުން ފުރިގެން ދިޔައެވެ. ނާޒް އަށް ގިސްލާ ރޮވެން ފެށިއެވެ. ނާޒްގެ ކޮނޑުމަތީ ފާއިޒާ އަތް ބާއްވާލިއެވެ. އެއާއެކު ނާޒްއަށް ކެތެއް ނުކުރެވުނެވެ. ފާއިޒާގެ ގައިގަ ބައްދާލެވުނީ އަމިއްލަ އިހުތިޔާރަކު ނޫނެވެ. ނާޒް އަކީ ނުދަންނަ ކުއްޖަކަށްވިޔަސް ފާއިޒާގެ ހިތަށްވެސް އަސަރު ކުރިއެވެ. ފާއިޒާގެ އެހީތެރިކަމާއެކު ނާޒް ކޮޓަރިއަށް ދިޔައެވެ. ” ނާޒް ކިޔާދޭން ބޭނުން ވަގުތަކު ކިޔާދީ. އެކަމަކު […]
ސައިކަލުން ޖެހުނުލެއް ބާރުކަމުން ނީމް ވިއްސައިގެންދިޔައެވެ. ޒީޝް “ނީމް” އޭ ކިޔާ ހަޅޭލަވާގަތް އަޑަށް ވަހަކައަށް ގެއްލިފައިތިބި އާރިފާއާއި ނާޒިމާ ދުއްވައިގަތެވެ. އޭރު ނީމުވަނީ ހަބަރުހުސްވެފައެވެ. ނީމުގެ ގާތުގައި އިނދެގެން ޒީޝް ބާރަށް ރޮމުން ގެންދެއެވެ. ނާޒިމާއަށް ނީމް ފެނުމާއެކު އޮޅުލައޮޅުލާފައި ރޯންފެއްޓިއެވެ. ވަރަށް އަވަސް ގޮތަކަށް ނީމް ހޮސްޕިޓަލަށް ގެންދެވުނެވެ. އެ ޙަބަރު ލިބިގެން އޭރު ފުނަދޫގެ ގިނައަދަދެއްގެ ރައްޔިތުންވަނީ ހޮސްޕިޓަލުގައި ޖަމާވެފައެވެ. ނީމްއަށް އަވަސް ފަރުވާ ދެވެން ފެށިއެވެ. ނާޒިމާވަނީ ހަމަޔަކު ނޫނެވެ. އޭނާއުޅޭ […]
ކާރު ގަރާޖްގައި ބޭއްވުމަށްފަހު ރިހާ ހިނގައިގަތީ ބޭރުން ގޭގެ އެކިއެކި ފަންގިފިލާތަކަށް އެރޭގޮތަށް ހަދާފައިވާ ސިޑިއާއި ދިމާއަށެވެ. ސިޓިންރޫމްއަށް ވަނުމަށް ހުންނަ ދޮރު މިގަޑީގައި ހުންނާނީ ތަޅުލާފަ ކަމަށްވުމުން ރިހާ އަތުގަ ޑަބަލް ކީ އޮތްނަމަވެސް ރިހާ ބޭނުންވީ އާދައިގެ މަތިން ބޭރު ސިޑިން ރިހާގެ ކޮޓަރި ހުންނަ ފަންގިފިލާ އަދި ގޭގޭވެސް އެންމެ މަތީ ފަންގިފިލައަށް ދާށެވެ. އެއީ ގޭގެ ތިން ވަނަ ފަންގިފިލައެވެ. ރިހާ މަޑުމަޑުން ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން ގޮސް ރިހާގެ މަންޒިލަށް […]
ނިމްވެސް އެނާގެ މަންމަ ދެކެ އިންތިހާޔަށް ލޯބިވޭއެވެ. ބައްޕަ ނެތުމުން އޭނާ ދެރަވޭއެވެ. އެހެނަސް މަންމަގެ ފުރިހަމަ ލޯބި ލިބެމުން ދާތީ އޭނާ ﷲ އަށް ޝުކުރުކުރޭއެވެ. އެތުއްތު ކުއްޖާވަނީ ރިވެތި އަޙުލާޤު ރަނގަޅަ ދަސްވެފައެވެ. އެނާ މަންމަގެ މިންނެތް މަސައްކަތުންނެވެ. ޔޫ.ކޭ.ޖީ ކުލާހަށް ދާން ފެށިއިރު ނީމުއަކީ ފާހަގަކޮށްލެވޭ މޮޅުކުއްޖެކެވެ. ރީތިކޮށް ޤުރުއާން ކިޔަވާ ނަމޫނާ ދަރިވަރެކެވެ. އާންޓީމެން ނިމުގެ މޮޅުކަމުގެ ވާހަކަ ދައްކާއިރު ނާޒިމާ ހުންނަނީ އުފަލުން ރޮވިފައެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު ނީމު ބޮޑުވަމުން […]
(ހަވަނަ ބަޔާއިގުޅޭ)………… އެހެންވެ ދެވަނަފަހަރަށްވެސް އަހަރެން ތޫދެކެ ލޯބިވާވާހަކަ ބުނީމެވެ. ތޫއަހަރެންގެ މީހަކަށް މުޅިއުމުރަށް ހަދަން ބޭނުންވާ ވާހަކަ ބުނީމެވެ. ތޫއާއި އެންމެ ފުރަތަމަ ބައްދަލުވީ ދުވަހުން ފެށިގެން ހުރިހާ ވާހަކައެއްވެސް ކިޔައިދިނީމެވެ. އަހަންނަށް ހީވީ އެއްނޭވައިން ހުރިހާ ވާހަކައެއް ކިޔައިދެވުނުހެންނެވެ. ހިތް އަވަސްވެފައިވާލެއް ބޮޑުކަމުންނެވެ. ލޯބިވާވާހަކަ ދުލާއިހަމަޔަށް ގެނެވުމުން އަހަރެންގެ ހިތަށް ވަރަށް ހިންހަމަޖެހުން ލިބުނެވެ. ނަމަވެސް އެހާވަރަށް ހިތް ނުތަވަސްވެސް ވިއެވެ. ތޫގެ ޖަވާބެއް ނޭނގޭތީއެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ ތޫގެ ޖަވާބަކަށެވެ. އަހަންނަށް […]