ކުރަނީ އަސަރު ކީއްވެހޭ މިހިތަށް ފެނުމުން ކަލާ ހުވަފެނުން ތިޔަސޫރަމެ އަބަދުހެން ފެންނަނީ މެރުމުން ދެލޯ ހުވަފެނުން މަރަނީ ދެލޯ އަޅާ ވޭނުން ނިކަން ނިދުމުން ކަލާ ސިފަވުމުން ލިބިދޭ ވޭނަށް ކެތްނުވެޔޭ ވެވުމުން ތިޔަ ހަނދާން ހުވަފެނުން ފަވަނީ މާޒީގެ ފޮނިފުން ހަނދާންތައް އަކުރުގެ ރަން ގަލަމަކުން އަހަރުއެތައްވީ ފުން އިޙުސާސްތައް ކުރަނީ ފެނުމުން ހުވަފެނުން ކުރަމޭ ސުވާލު މިހިތާއި ޝަކުވާއިން ފެނެނީ ކީއްވެހޭ އަބަދުހެން ކުރަނީ އުނދަގޫ އެހަނދާންތަކުން ފެނުމުން އެކަން ހުވަފެނުން ކަރަނީ […]
(ދެވަނަ ބަޔާއިގުޅޭ)………… ބައްދަލުވުން ކުރިޔަށް ދިޔައިރުވެސް އަހަންނަށް ހޯދުނީ އެކުއްޖަކު ފެނޭތޯއެވެ. ނަމަވެސް ފުދޭވަރަކަށް ކުދިންގިނަވެފައި އަންހެންކުދިންތިބީ ފިރިހެންކުދިންގެ ކުރީގައި ކަމުން ފަހަތުން އެކުއްޖަކު ސިފަކުރާކަށް ނޭނގުނެވެ. މިކަމާއި އުޅެގެން އަހަންނަށް ބައްދަލުވުމުގައި ދެއްކި އެއްވެސް ވާހަކަޔަކަށް ސަމާލުކަމެއް ނުދެވުނެވެ. ބައްދަލުވުންވެސް ނިމިއްޖެއެވެ. ހުރިހާ ކުދިންނާއި ބެލެނިވެރިން ހޯލުންވެސް ނުކުންނަންފެށިއެވެ. އަހަރެން އަވަސް އަވަހަށް ރައްޓެހިންނާއި ދުރަށް ހޯލުގެ އެއްކައިރިޔަށް ޖެހިލާފައި އެކުއްޖާ ފެނޭތޯ ހޯދީމެވެ. ނުފެނުނެވެ. ހޯލުން ނުކުމެގެންވެސް އެހާވަރަށް ހޯދީމެވެ. ނަމަވެސް ނުފެނުނެވެ. މީހުން […]
ހަނދުއެހެރީ އަރައެވެ. ބުނާކަހަލަ އެވެ. ބައިވެރިޔާ އަންނަންދެން މަޑުކޮށްލަދޭން އެދޭށެވެ. މަޑުކޮށްލެވިދާނެ އެވެ. އިރުކޮޅެއްތެރޭ ހަނދު އޮއްސޭނެ އެވެ. ޔަގީންކަމެއްނެތް އިންތިޒާރެއްގައި އަހަރެން އިންދަ އެވެ. އެ ހިނދުކޮޅު، އެ ހަމަހިމޭންކަން ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ. އިރު ފެނުން ތޮޅިލައިފި އެވެ. ގަންދެއްވި، ހެކިކުރެވުނު ވަގުތުކޮޅު މިއޮށް ދަނީ އެވެ. އަވި ބާރުވެ، ދުވާލުގެ ހޭބޯނޭރުމުގައި ދުނިޔެ މަޝްޣޫލުވަނީ އެވެ. އެ ހިނދުކޮޅު، އެމަންޒަރު، ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ. އަސުރުން ތިރިވިފަހުން ވާރޭވެހެން ފެށި […]
(ފުރަތަމަ ބަޔާއިގުޅޭ)………… އެދުވަހު އަހަންނަށް ކުރެވުނު އިޙުސާސުން އަހަންނަށް އާ ކަމެއް އެނގުނެވެ. އުފަލާއި ހިންހަމަޖެހުމަކީ ދިރިއުޅުމުގައި ހަމަދާއިމަށް ލިޔެވިފައިވާ އެއްޗެއް ނޫންކަމެވެ. އަހަރެންގެ އުފާވެރި ދިރިއުޅުމުމަށް ބަދަލުތަކެއް އައީ އެދުވަހަށްފަހުއެވެ. އަހަރެންގެ އެއްވެސް ބާރެއްނެތިއެވެ. އެވަގުތުކޮޅު އަހަރެންގެ ޙަޔާތަށް ނައިނަމަ ކިހާ ރަނގަޅުވީސްއޭ މިއަދު އަހަރެންގެ ހިތަށް އަރައެވެ. ނަމަވެސް އެއީ ދިރިއުޅުމުގައި އަހަންނަށް ކުރެވުނު އެންމެފޮނި އިޙުސާސުގެ ފެށުމެވެ. އާދެ! އެއީ ލޯބި މިކިޔާއެއްޗެއްގެ ބިންވަޅު އަހަރެންގެ ހިތުގައި ނެގިގެން ދިޔަދުވަހެވެ. އެދުވަހަށްފަހު އަހަރެންގެ […]
އަހަރެންގެ ނަމަކީ އަޔާންއެވެ. އާޢިލާގެ ނަމުންނަމަ އައިއްކޮއެވެ. މާލޭގެ މުއްސަދި އާޢިލާއަކަށް އުފަންވި އެންމެ ހަގު އަދި އެއާޢިލާއަށް ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅެވެ. އެހެންކަމުން އާޢިލާގެ އެންމެންވެސް އަހަރެންދެކެ އިންތިހާޔަށް ލޯބިވެއެވެ. މި ނަސީބު ލިބުމުން އަހަރެންވެސް އަހަރެންގެ އަމިއްލަ ނަފްސަށް ވަރަށް ފަޚުރުވެރިވަމެވެ. އެންމެންގެ ލޯތްބާއި އަޅާޅުން އިންތިހާޔަށް ލިބޭތީއެވެ. އޭގެ އިތުރުން ޤުދްރަތުން ހިތްކަތިލާފަދަ ރީތި ސޫރައެއް ދެއްވާފައި ވުމުންނެވެ. މިކަމާ އަހަރެން އަބަދުވެސް އެކަލާންގެ ހަޞްރަތަށް ޝުކުރު އަދާކުރަމެވެ. އަހަރެންގެ އާޢިލާގައި […]
މާލޭގެ ބޮޑެތި ފިހާރަތަކުން ފަހަރަކު ފިހާރައަކަށް ސައުދިއްޔާ ވަދެ އަގުބޮޑު ހެދުމާ ގަހަނާ ގަންނަމުން ދިޔައެވެ. ޖާހަތު ހުރީ ފަސްޖެހިފައެވެ. ނަމަވެސް ސައުދިއްޔާ އާ ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އީމަންއާ ޔާނާ ތިބީ އީމަންގެ ގޭގެ ކޮޓަރީގައެވެ. ޖެހިގެން އޮތް ދުވަހު ފުރަން ހަމަ ޖެހިފައި އޮތުމުން ދެމީހުންވެސް ދައްކަމުން ދިޔައީ އެވާހަކައެވެ. އިރުކޮޅަކުން އީމަންގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އީމަން ފޯނަށް ބަލައިލިހިނދު ނިތްކުރިއަށް ރޫތަކެއް އަރައިގެން ދިޔައެވެ. އަދި ޔާނާއަށް ބަލައިލަމުން ފޯނު […]