……………..”ވަޓް ހެޕެންޑް ލާސްޓް ނައިޓް؟” ޒީޝާންގެ ސުވާލު ނިންމާލަމުން ރިހާއަށް ބަލާލިއިރު، ރިހާގެ މޫނުމަތީގެ ކުލަވަރު އެކަށް ބަދަލުވެގެން ދިޔަތަން ޒީޝާނަށް ފެނުނެވެ. އެ ސުވާލުން ރިހާއަށް ބާރަށް މަގުގައި ދެއަތުން ހިފަހައްޓާލުން ނޫން ކަމެއް ނުކުރެވުނެވެ. ރިހާގެ މޫނު އަނެއްފަރާތަށް އަނބުރާލަމުން އެއްވެސް ކަމެއް ނުވާ ކަމުގައި ބުނެ ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތް ނަމަވެސް ރިހާއަށް ހުއްޓެން މަޖުބޫރުވީ ޒީޝާން އަވަހަށް އައިސް ރިހާގެ ކުރިމައްޗަށް އަރާ ކުރި ބެއްދުމުންނެވެ. އިސްދަށަށް ޖަހައިގެން ހުރި […]
“ދޮރުމަތީ މިހުރީ. ހުޅުވާލަބަލަ ދެން” އަހަރެން ބިރުގަތެވެ. އެމީހަކު އެންމެ ފަހުން ގެއަށްވެސް އައީއެވެ. ހިތްވަރު ކޮށްލާފައި ގޮސް ދޮރު ހުޅުވީމެވެ. “އަޔާ؟” އަޔާން ފެނުމާއެކު އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. “ވަޓް އަ ސަޕްރައިޒް”. އަޔާނަކީ އަހަރެންގެ ކުރީގެ ރަހުމަތްތެރިއެކެވެ. މަތީ ސާނަވީ ކިޔެވުމަށް ލަންކާއަށް ބަދަލްވީ މީގެ ދެއަހަރު ކުރިންނެވެ. “ކޮން އިރަކު އައީ؟ އެންޑް ރޭއްސުރެ ކޮންހާ ޖެއްސުމެއް ތިކުރީ؟” އަހަރެން އަޔާނާ ސުވާލު ކުރަން ފެށީމެވެ. “މަންޖެ ހެދޭ ވަރެއް ބަލާލީ […]
“ވަރަށް ނިދި އައިސްފި. އެހެންވީމަ. ހުމާމުވެސް ދެން ނިދާލާ.” ހުމާމުގެ އިތުރު ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ޖާހަތު ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އަދި އެއަށްފަހުގައި ދޮރުގައި ލެނގިގެން ހުރެ ފުންނޭވާތަކެއް ލާންފެށީ މި ހުރިހާ ވަގުތުވަންދެން އެތެރޭގައި ހިފަހަށްޓައިގެން ހުރި ބިރުވެރިކަން ބޭރުކޮށްލުމަށްޓަކައެވެ. ހުމާމުގެ ބަސްތަކަށް އިތުބާރެއް ނުކުރެވެއެވެ. ނަމަވެސް އެބަސްތައް ދޮގުކުރާނެ ގޮތެއް ވެސް ނުވިސްނުނެވެ. އާއިޒުއަށް ގުޅަން ހިތްބުނެލިއެވެ. އެހެންކަމުން އާއިޒުގެ ނަމްބަރަށް ޑަޔަލް ކޮށްލިއެވެ. ފޯނެއް ނުނަގައެވެ. ޖާހަތު އަނެއްކާވެސް […]
ބޯކޮށް ވާރޭ ވެހެމުންދެއެވެ. ވިދާ ގުގުރަނީއެވެ. ބޭރަށް ފައިލައިގެން ކުޑަދޮރުމަތީ އަހަރެން އިށިނީމެވެ. ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ކުޑަކޮން ނަމަވެސް ބޭރުކޮށްލެވޭތޯއެވެ. ހަތަރުވަނަ ފަންގިފިލާ ކަމުން މަގުމަތީގައި ހޭލަމޭލަވަމުން އުޅޭ މީހުން ސާފުކޮށް ފެންނަމުންދެއެވެ. ދުރުނޫން ހިސާބަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ އަތުގުޅާލައިގެން ދުވަމުން ދިޔަ ޒުވާން ޖޯޑެކެވެ. ބަލާލި ކޮންމެ މީހަކަށްވެސް އެއީ ދެލޯބިވެރިންކަން އެނގޭނެއެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. މާޒީގެ ދުވަސްތައް އާލާވާންފެށުމުންނެވެ. ދެލޯ ފުހެލުމަށްފަހު، ދަބަހުން ސިނގިރޭޓެއް ނަގާ ރޯކޮށްލީމެވެ. އެހަނދާންތަކާ […]
މިއީ އަހަރެންގެ ހަޔާތުގައި ދިމާވެފައިވާ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ލިޔެވައިވާ ވާހަކައެކެވެ. އަހަރެންގެ ނަމަކީ ވިޚާން އެވެ. ރައްޓެހިންގެ ނަމުން ނަމަ “ޚާން” އެވެ. އެއީ މީގެ 7 އަހަރުކުރިއެވެ. 2005 ވަނައަހަރުގެ 03 ވަނަ ޓާރމް ކިޔެވުން ފެށުނުދުވަހެވެ. ޚާންގެ ވާހަކަ ފަށަން ބޭނުންވަނީ އެހިސާބުންނެވެ. “..ދަރިފުޅާ.. ދަރިފުޅާ..” އަހަރެންނަށް ހޭލެވުނީ މަންމަ ގޮވާއަޑަށެވެ. އަހަރެން ގަދަކަމުން ދެލޯ ހުޅުވާލީމެވެ. މަންމަ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. “..ދަރިފުޅާ 6 ޖަހާފި.. ތެދުވޭ.. ހޭލެވިއްޖެތަ ދަރިފުޅާ..” މަންމަ […]
ވިހިވަނަބައި އިނިސްޕެކްޓަރ ނީސާމާއި އިނާ ދިމާވީ ކޯޓްގެ ދޮރޯށިކައިރިންނެވެ. އެއާއެކު އިނާއަށް ގޮވާލަމުން ނީސާމް ވާހަކަ ދައްކަން ފެށިއެވެ. ” އިނާ! އިރުސާނާއާ ބެހޭ އެއްވެސް ލިޔުމެއް ޕޮލިސްސްޓޭޝަންގަ ވެސް ނުހުންނާނެ. އިނާ ކިހިނެތް އެކަންތައް ހޯދީ؟ ” ނީސާމް ސުވާލުކުރީ ހައިރާންކަމާ އެކުއެވެ. ” ދުނިޔޭގެ އެންމެން ކަލެއާ އެއްގޮތެއް ނުވާނެ. މިކަމުގަ ކުރިޔަށް ދިއުމަށް އަހަރެން ކުރަމުންދިޔަ މަސައްކަތަށް އެހީތެރިވި މީހަކު އަހަރެންނަށް އެމަޢުލޫމާތު ދިނީ. ” ލިބުނު ކާމިޔާބަށް ހިނިތުންވެލަމުން އިނާ ވާހަކަ […]
އީމަންއަށް ހޭލެވުނު އިރު އަށެއް ޖަހަނީއެވެ. މިއަދު ރީމް ކޮބައިބާއޭ ހިތް ސުވާލު ކޮށްލި އެވެ. ހިތްވަރުކޮށްފައި ތެދުވެ އިށީނދެލިއެވެ. އީމަން ހެޑްބޯޑްމަތީގައި ހުރި ބެލް އަށް ފިތާލުމާއެކީ ނޯކަރެއް ކޮޓަރިއަށް އައެވެ. އީމަން އެދުނީ ސައި ގެނެސް ދިނުމަށެވެ. ކުރިންރޭވެސް ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ. ހެޑްބޯޑުގައި ލެނގިލައިގެން ހުއްޓާ ރީމް ކޮޓަރިއަށް ވަދެގެން އައެވެ. “ގުޑް މޯނިން، މާން!”ހިނިތުންވެލަމުން ރީމް ބުނެލިއެވެ. ލެޕްޓޮޕް ހިފައިގެން އައިސް އެނދުގައި އިށީނދެލިއެވެ. “އަހަރެންނަށް […]
ނަވާރަވަނަބައި ” ދެން ވީ ގޮތަކީ …. އޭނަ ހުރީ ވާއަތުން އަހަރެންގެ އަނގަމަތީގަ އަތްއަޅައިގެން. ކަނާއަތުން ވަޅި ހިފަހައްޓައިގެން. ވަޅި ހުރީ އަހަރެންގެ ކަރުގަ ޖައްސާފަ …. ވަޅިއަށް ބާރުކޮށްލުމުން އަހަރެންގެ ކަރުން ލޭއައި. ވީތަދާ އިތުރުވި ބިރުގެ ސަބަބުން އަހަރެންނަށް ހަޅޭލަވައި ގަނެވުނު. ” ނުހަނު ހިތާމައާ ހިތްދަތިކަމާއެކު މަޑުމަޑުން އިރުސާނާ ކިޔައިދެމުން ދިޔައެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ” ދެން. ” އިނާ ބުނެލިއެވެ. ” ދެން ވީ […]
ހީލަމުން އަހަރެންވެސް ލޯބީގެ އިޤުރާރުތަށް އެހެންރެއެކޭވެސް އެއްފަދައިން އެރޭވެސްވީމެވެ. ކެއުމަށް އިންސާފުކޮށް ނިމުމުން އަހަރެން ބިލަށް ފައިސާ ދެއްކުމަށް ފަހު ބޭރަށް ނިކުތީމެވެ. އޭރު އަހަރެންގެ ކާރު ކައިރީގައި ޒުވާން ދެ ފިރިހެން ކުއްޖަކު ހަރަކާތް ތެރިވަމުން ދިޔައެވެ. އަހަރެމެން ކަރާއި އައިސް ހަމަކުރުމާއި އެކު އެދެކުދިން ދުއްވައިގަތެވެ. މާލެ ތެރޭގައި އިންތިހާއަށް ވައްކަންގިނަ ދުވަސް ކޮޅަކަށް ވުމުން އަހަރެން ނިންމީ އެއީވެސް އެފަދަ އިތުރު ކަންތަށް ގަނޑެއް ހިންގުމަށް މަސައްކަތް ކުރިބައެއްކަމަށެވެ. އެރޭ ނިޝާގެ އެދުމުގެ […]