ހީލަމުން އަހަރެންވެސް ލޯބީގެ އިޤުރާރުތަށް އެހެންރެއެކޭވެސް އެއްފަދައިން އެރޭވެސްވީމެވެ. ކެއުމަށް އިންސާފުކޮށް ނިމުމުން އަހަރެން ބިލަށް ފައިސާ ދެއްކުމަށް ފަހު ބޭރަށް ނިކުތީމެވެ. އޭރު އަހަރެންގެ ކާރު ކައިރީގައި ޒުވާން ދެ ފިރިހެން ކުއްޖަކު ހަރަކާތް ތެރިވަމުން ދިޔައެވެ. އަހަރެމެން ކަރާއި އައިސް ހަމަކުރުމާއި އެކު އެދެކުދިން ދުއްވައިގަތެވެ. މާލެ ތެރޭގައި އިންތިހާއަށް ވައްކަންގިނަ ދުވަސް ކޮޅަކަށް ވުމުން އަހަރެން ނިންމީ އެއީވެސް އެފަދަ އިތުރު ކަންތަށް ގަނޑެއް ހިންގުމަށް މަސައްކަތް ކުރިބައެއްކަމަށެވެ. އެރޭ ނިޝާގެ އެދުމުގެ […]
މިއީ އަހަރެންގެ ޙަޔާތުގެ މާޒީގައި ހިނަގާފައިވާ ހާދިސާއެކެވެ. ނޭގުމެއްގެ ތެރޭގައި ހުއްޓާ ބަޔަކު އަހަންނަށް ދިން ކެހިވެރި އަނިޔާއެކެވެ. އޭރުއަހަންނަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަޝްހޫރުކަން އިންތިހާއަށް ލިބިފައިވާ ޒުވާން ވެރިއެކީމެވެ. މިހުންގެ ލޯތްބާއި ޤަދަރު ލިބިފައިވާ ބަޠަލެއްވެސް މެއެވެ. ކެނޑިނޭޅީ ރައްޔިތުންނަށް ޓަކައި އަތުޖެހުނުހާ ގަލެއް ފުރޮޅަމުން ދިޔަ ހިތްހެޔޮ އިންސާނަކީމެވެ. އަހަރެންގެ ޙަޔާތް ބަދަލު ވެގެންދިޔައީ އޮއިވަރަށް ނުބަލައި އޮޑިބޭލުނު ހިސާބުންނެވެ. ކިހިނެއް ކޮންތާކު އުޅޭ ކާކުތޯބެލުމެއް ނެތި ނިޝާގެ ލޯބީގައި މަރުފަލި ޖަހަންފެށި […]