………………ކޮންމެ ގޮތެއް ވިއަސް ވަރިހަމަ ކަމަށް ނިންމާފަ މާޔާ އެންމެ ފަހުން އެތަނުން އެންމެ ރީތި ކާޑުނަގާ އެ ކާޑު ބޭނުން ކުރުމަށް ނިންމިއެވެ. އެންމެނަށްވެސް އެ ކާޑުތަށް ކަމުދިޔައީމައެވެ. އަދި އެއަށްފަހު ރިހާއަށް “ތޭންކްސް” އޭ ލިޔެލާ މެސެޖް ކޮށްލިއެވެ. ރިހާ މަސައްކަތް ކުރަން ޖެހެނީ ޒުބޭރުއެކީގައި ނޫންކަމާއި ޒީޝާންއެކީކަން ރިހާއަށް އެނގިގެން ދިޔައީ އެދުވަހު ބޭއްވުނު ކުޑަ މީޓިންގައެވެ. ނަމަވެސް އެކަމުގަ ރިހާގެ އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ކޮންމެ މީހަކާއެކު މަސައްކަތްކުރަން ޖެހުނަސް […]
“..މަ މީ ފިރިހެން ކުޅިޔެކޭ..” އަހަރެންނަށް ކެތްނުވެގެން ހަޅޭލަވާގަތީމެވެ. “..އެހެންނުން ކަލޭބުނީ މަށާ ދިމާލަށް.. މަ މީ ގޭ އެކޭ.. އެހެންވެޔޭ އަންހެނަކާ ކައިރި ނުވެވެނީ.. އެރޭވެސް ކަންތައްވީ ގޮތް މަ ކިޔާ ދިނީމަ ކަލޭ މަށާ ދިމާލަށް ބުނީ އެހެނެއްނޫންތަ؟ ފިރިހެންކުޅިއެއް ކައިރީ ކީއްކުރަންތަ ތިއަހަނީ…” ޝާންޓޭ އެބުނާ ރެޔަކު ކަންތައްވެގެން ދިޔަ ގޮތް ކިޔާ ދިނުމުން ޝާންޓޭ އަހަރެންނަށް ކޮށްފައިވަނީ މަލާމާތެވެ. ގޭ އެކޭ ފިނޑިއެކޭ ވަނީ ދިމާކޮށްފައެވެ. އެދުވަހު އެގޮތަށް އޭނާ ދިމާކުރުމުން […]
“..ކަލޭ ހާދަ ހާސްވީ.. އަނެއްކާ ކައެގެ ކަމެއްތަ؟..” ޒާލް ބުނި އަޑުއިވުނެވެ. އޭނާއަށް އަހަރެންގެ މޫނުމަތީ ކުލަވަރުން އެއްޗެއް ވިސްނުނީ ކަންނޭގެއެވެ. “..މަ އެބައުޅެންތަ މޮޔަވެގެން..” އަހަރެން އަވަހަށް ބުނެލީމެވެ. “..ހަމަ ޔަޤީންތަ ތެދެއްކަން..” އަހަރެންނަށް އެވާހަކަތައް ޤަބޫލްކުރަން އުނދަގޫވިއެވެ. ރީމް ބަނޑުބޮޑުވެގެން ނުވާނެއެވެ. ރީމް އަހަރެންނަކަށް ބޭވަފާތެރިއެއް ނުވާނެއެވެ. އޭނާއަށް އަހަރެން ވަރަށް އިތުބާރުކުރަމެވެ. އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށެވެ. އަދި އެހާމެ ލޯބިވެސް ވެއެވެ. މިދުނިޔެމަތިން އަހަރެން އެންމެ ލޯބިވަނީ މަންމަ ދެކެއެވެ. ދެން ރީމް […]
ތައްޔާރުވެލައިގެން އަހަރެން ދިޔައީ ސައިބޯށެވެ. “ދަރިފުޅު ނިދަން ހަދައިގެން އަޔާންއާވެސް ބައްދަލު ނުވިއެއްނު.. ދެން ނޭނގެ ފެންނާނެ ދުވަހެއްވެސް..” މަންމަގެ އެ ޖުމަލްއިން އަހަރެން ކޮށިއެރިއެވެ. “ކީކޭ؟ އަޔާ ކޮންތާކަށް ދިޔައީ؟” އަހަރެންނަށް ލިބުނު ހައިރާންކަންމަތީ އަހާލެވުނެވެ.”ދަރިފުޅު ކައިރި ނުބުނޭތަ؟ މަންމަ ހީކުރީ ބުނާނެ ކަމަށް. މަންމައަށްވެސް އިނގުނީ މިއަދު އައިސް ބުނީމަ. އަޔާން ބުނީ ގޮވާނެ ކަމެއް ނެތޭ. އެހެންވެ ގޮވަންދާން އުޅެފަ ނުގޮވީ. އެމެރިކާއަށް ބަދަލްވަނީ އޯ. ދެން އެކޮޅުންނޭ ބުނީ ކިޔަވަނީ.” އަހަރެންނަށް […]
އެވަގުތު މަންމަ ދޮރުގައި ޓަކި ޖަހާލިއެވެ. އެއީ އަހަރެންގެ ނަސީބުކަމެއް ބަދުނަސީބުކަމެއް ނޭނގެއެވެ. ރޯ މަހެއްހެން އަޔާން ތެޅިގަތެވެ. އަހަރެން ގޮސް ދޮރު ހުޅުވީމެވެ. “ހާދަ އިރެއް ތިނެގީ ދޮރު ހުޅުވަން.. އަހަ.. އަޔާންވެސް އެބައުޅެން ދޯ..” ޝައްކުގެ ނަޒަރަކުން ކަހަލަ ގޮތަކަށް މަންމަ އަޔާންއާ ދިމާއަށް ބަލައިލިއެވެ. އަހަރެންވެސް އެއްމިޔަނަކުން ހީލުމަށްފަހު އަޔާން ކައިރީ އިށީނީމެވެ. “އަހަރެން ދެން ދަނީ” މަންމަ އައުމުން އަޔާން އަވަސްވެގަތީ ދާށެވެ. އަހަރެންވެސް އޭނާ ހުއްޓުވާކަށް ނުހަދަމެވެ. އެއީ މިހާރު […]
………………މާހީގެ ކޮޓަރި ދޮރުމަތިން އެވަގުތު ހުރަސް ކުރި ރިހާއަށް މާހީއާއި މާޔާގެ ބަދަހި ގުޅުން ފެނުމުން ކޮންމެވެސް ވަރަކަށް ދެރަވިއެވެ. ވާނީވެސް އެހެންތާއެވެ. މިވީހާ ތަނުގަ ރިހާއާއި އެގޮތަށް އެއިން މީހަކު ހަގް ކޮށްލާ ހިތްވަރު ދީފައި ނުވާތަނުގައި އެއިން މީހަކު ރިހާއާއި ރީތިކޮށް ވާހަކަވެސް ނުދައްކައެވެ. ލޮލުން ކަރުން ހިލުނީ އެ ނަސީބު ރިހާއަށް ލިބޭނީ ކޮންދުވަހަކުން ބާއޭ ހިތަށް އެރުމުންނެވެ. ހަމައެއާއިއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވީ މާޔާ އާއި މާހީ އެކަކު އަނެކަކު ދެކެ […]
“ވާއު… ޔޫ ލުކިންގް ސުޕަރ ކިޔުޓް ނީ” ޓަކި ޖަހާ އަޑަށް ދޮރު ހުޅުވާލުމާއެކު އަޔާން އަހަރެންނަށް ތައުރީފު ކުރިއެވެ. އަހަރެންނަށް ލަދުން އިސްޖަހާލެވުނެވެ. އޭރު ހިތް ގޮވަމުންދިޔައެވެ. އަޔާންއެވެ. އަހަރެން ގަޔާލާ ބޮނޑިކޮށްލާށެވެ. “ހާދަ ލަދެއް ތިގަތީ.. ނީ ލަދުވެސް ގަނޭތަ.. ތައްޔާރު ވެވުނިއްޔާ ދަމާ ބަހީ..” އަހަރެން އެއްޗެކޭ ނުބުނުމުން އަޔާން ބުންޏެވެ. ލުއި ހިނިތުންވުމެއް ދިނުމަށް ފަހު އަހަރެން އަޔާން ފަހަތުން ހިނގައިގަތީމެވެ. “ކޮންތާކަށް ދާނީ” އަހަރެން ހީކުރީ އަޔާން އަންނާނީ ދާނެ […]
“ޔާނާ!” ޒާންއަށް ހަޅޭއްލަވައިގަނެވުމާއެކު އެދިމާއަށް ދެވުނެވެ. ރީމްގެ މެޔަށް ހީވީ މީހަކު ހޫނު ފެން އެއްޗެއް އޮއްސާލީހެނެވެ. ޔާނާ ދިރިހުރީ ހެއްޔެވެ. އެނދާ ކައިރިއަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށުނީ އެނދުމަތީގައި އޮތް އަންހެން މީހާގެ މޫނު ބެލުމަށެވެ. އެއިރުވެސް ޒާން އެ އަންހެން މީހާއަށް ގޮވަމުން ދިޔައެވެ. ޔާނާގެ ނަމުންނެވެ. ޒާން ސައިޑްޓޭބަލް މަތީގައި އޮތް ފޯނު ނެގުމަށްފަހު ދެންމެ ނިކުމެގެން ދިޔަ ޑޮކްޓަރުންގެ ޓީމް އަނބުރާ ގެނެސް ދިނުމަށް ބުންޏެވެ. އެއަށްފަހުވެސް ޒާން އެތަށް […]
އިނާ ހޭއަރައި ލޯހުޅުވާލުމާއެކު ފެނުނީ އޭނާގެ ދެފައި ބަނުމަށް މަސައްކަތް ކުރަމުންދިޔަ ނާއިލް އެވެ. އިނާ ކުއްލިއަކަށް ދެފައި ދަމައިގަންނަމުން ފައިކުރުކޮށްފަ ނާއިލްގެ މޭމަތީގަ ފައިން ޖެހިއެވެ. އެފަދަކަމަކަށް އެއްވެސްވަރަކަށް ނުވިސްނާހުރި ނާއިލް ވިއްސައިގެން ގޮސް ކުޑަދޮރުގެ ބިއްލޫރިގަނޑުގަޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުޑަދޮރުން ބޭރަށް ވެއްޓިއްޖެއެވެ. ވެއްޓިޖެހުނުގޮތުން ވީތަދާއި އިނާ ފައިން ޖެހުމުން މެޔަށް ވަމުންދާ ތަދުގެ އިތުރުން ބިއްލޫރިގަނޑުތަޅައިގެން ގޮސް ވެފައިވާ ޒަހަމުގެ ސަބަބުން ނާއިލްގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. އެނދާއެކު ދެއަތްބަނދެފައިވާ އިނާ […]