އީމަންގެ ބާރުގަދަ އަތްމައްޗަށް ޔާނާ އުފުލާލުމާއެކީ ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ. ދުރުގައި ބަލަން ހުރި ރީމްގެ ސިކުނޑީގައި ހަމަ ވިސްނުން ޓަކި ދިންފަދައެވެ. އެގޮތަށް އީމަން އިޔާނާއާ ކައިރިވެވިއްޖެ ނަމަ އަނެއްކާވެސް ޔާނާގެ ހަނދާންތައް ސިކުނޑިއަށް ވެރިވެގަނެއްފާނެކަން ޔަޤީނެވެ. ދުވެފައި ގޮސް އީމަންއާ އަރާ ހަމަ ކުރިއެވެ. އަދި ދެ ގާޑުން ކައިރީގައި އިޔާނާ ވެއްދުމަށް ބުނިނަމަވެސް އީމަން އެކަމާ ދެކޮޅުހެދިއެވެ. ގޭތެރެއަށް ވަދެވުމާއެކީގައި ބޮޑު ސޯފާގައި އިޔާނާ ބޭއްވިއެވެ. އެވަގުތު ފެންތަށްޓަކާއިގެން އައި މީހާ […]
…………..ރިހާމެން ދާ ތަން ބަލަން ހުރެފަ އެތަނުން އެކަކު ބުންޏެވެ. “އޭ ބްރޯ، ކިހިނެތް ތިހެދީ؟ އެމަންޖެ އެދިޔައީ އަހަރެމެންގެ ފޮޓޯވެސް ނަގާފަ.” އެވަގުތު އެތަނުން އެކަކު ކަމަށްވާ މިހާދު ބުންޏެވެ. “ހާސް ނުވޭ… އަދި އެ މަންޖެއަށް ރަނގަޅު ލަނޑެއް ދޭނަން. ހިތުން ފިލުވާ ނުލެވޭނެ ވަރުގެ ހަދިޔާއެއް ދޭނަން” އެހެން ބުނުމަށް ފަހު ނުލަފާ ގޮތަކަށް މިހާދު ހީލިއެވެ. އޭނާގެ ކައިރީ ތިބި ދެމިހުން ކަމަށްވާ ހުޝާމާއި ހާނިމް ވެސް އެގޮތަށް ހީލިއެވެ. ގެއަށް […]
އަހަރެންނާއި ރީމް ފުރަތަމަ ފަހަރަށް ބީޗް އިން ބައްދަލުކުރި ރެޔެވެ. އެއީ ހުކުރު ދުވަހެއްގެ ރެޔެކެވެ. އަހަރެންނާއި ޝާންޓޭ ތިބީ މޭޒު ކައިރީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރާށެވެ. ކޮއްކޮ އާއި މަންމަ ބަދިގެ ތެރޭގައި އުޅުނެވެ. ޝާންޓޭ އިނީ އަހަރެންގެ ކުރިމައްޗަށް ވާގޮނޑީގައެވެ. އެހެން އިނދެ އިރުއިރު ކޮޅާ އޭނާ އަތުގައި އަޅާފައި އޮތް ގަޑި ދައްކާލައެވެ. އަދި ވައި އަޑުން ގަޑި ޖެހެނީއޭވެސް ބުނެލައެވެ. އެހެންކަމުން އަހަރެން އަވަސް އަވަހަށް ކައި ނިންމާލައިގެން ކާގެއިން ނިކުތީމެވެ. […]
“ތެދަށް ބުނަންޏާ އެއްވެސް މާނައެއް ނެތް. ހަމަ އެކަނި އޮތްކަމަކީ ‘އެމީހެއްގެ އެއްޗެއް އެމީހަކަށް ލިބުން.’ އެހެން މީހަކު ކިތަންމެ ހޯދަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެ.” އީމަންގެ މޫނު މަތިން ސީރިއަސްކަން ފެންނަމުން ދިޔައެވެ. ޒާން އީމަންއާ އަރާ ހަމަ ކޮށްލިއެވެ. “އެކަމަކު އަހަރެން ބޭނުންވި ނަމަ މިސްޓަރ ޑީޑީ އަށް ލާހިކެއް ނޫން މި ކުންފުނި އަނބުރާ ހޯދާކަށް.” އީމަން ޒާންއަށް ބަލައިލި ހިނދު ޒާން އީމަންއަށް ބަލައިގެން ހިނިއައިސްފައި ހުއްޓެވެ. އީމަންވެސް ބާރަށް […]
“ވިޝާމް؟؟ މިތާ ކިއްކުރަނީ؟” ވިޝާމް ފެނުމުން އަހަރެންގެ ސިނކުޑީގައި އުފެދެން ފެށި ސުވާލުތައް ބޭރުކޮށްލީމެވެ. “ކިހިނެއްވީ؟ އަހަރެން މިތަނުން ފެނިގެން ނުވޭތަ؟ މަވެސް ކިޔަވަނީ މިތާއޭ. އެރޭ ޕާޓީން ފެނުނު ދުވަސްކޮޅު އަހަރެން ހުރީ ޗުއްޓީއަށް ގޮސް. ނިމުނީމަ ބެކް ޓު މައި ޕްލޭސް. ހެހެ.” ވިޝާމް ވާހަކަ ދެއްކި ގޮތުން ހީވަނީ ވަރަށް ޒަމާންވީ ރަހުމަތްތެރިއެއްހެންނެވެ. އެކަމަކު މިއީ އަހަރެމެން ބައްދަލުވި ދެވަނަ ފަހަރެވެ. “ނައިސް ޓު މީޓް ޔޫ. ދެން ދަނީ. އަދި ދިމާވާނެތާ.” […]
އެނދުގައި އިށީދެގެން އިން ރީމް ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. ހީވަނީ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން އުޅެނީހެންނެވެ. ދެން ފެނުނީ ކުއްލިއަކަށް އައިސް އަހަރެންގައިގާ އޮޅުލާ ގަތްތަނެވެ. ރީމްގެ މި ޚަރާކާތުގެ ސަބަބުން އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަރެންނަށް ހީވީ ބައްޕަ އަހަރެންގައިގާ ތަތް ވެގަތް ހެންނެވެ. އަހަރެންގެ ހަށިގަނޑުގައި ބީހެން ފެށިހެންނެވެ. އެހެންކަމުން މޫނުމަތީގެ އުފާވެރިކަން ގެއްލި މުޅި މީހާ ހާސްކޮށްލީ ދާދިއަވަހަށެވެ. ހަނދާންކުރަން ބޭނުންނުވާ އެ ހިތި މާޒީ ލޯކުރިމައްޗަށް ސިފަވާންފެށިއެވެ. އަހަރެންގެ […]
………………………ދެބުރިއަށް ހަދާފައިވާ އެ އޮފީހުން ނުކުންނަމުން ނަސީރު ގާތު ޒުބޭރު ބުނެލިއެވެ. “ނަސީރު އަހަރެން ވަރަށް ބޮޑު ކަމަކާމެދު އެބަ ވިސްނަން… އެންޑް މިކަމަށް ނަސީރުގެ ހުއްދަ ބޭނުން އަހަރެން.” ނަސީރު ޒުބޭރާއި ދިމާއަސް ކޮންކަމެއްހޭ އަހާފަދަ ގޮތަކަށް ބަލާލިއެވެ. އަދި ސުވާލުކޮށްލިއެވެ. “ޒުބޭރު ކީއްކުރަންތަ އަހަރެންގެ ހުއްދަ ބޭނުންވަނީ؟” ޒުބޭރު ހިނތުންވެލަމުން ނަސީރުގެ އެސުވާލަށް ޖަވާބުދިނެވެ. “ހޫމް… އެއީ އަހަރެން ބޭނުން އަހަރެންގެ ޅީދަރިއަކަށް ރިހާ ހަދަން” ޒުބޭރުގެ އެޖުމްލައިން ނަސީރުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. […]
“ސަޅި ބިޓެއް ދޯ.. ބަލާބަލަ. އޭނަ އަދިވެސް ނީ އާ ދިމާއަށޭ އެބަލަނީ” ރިހުލާ އަތަށް ކޯކު ތަށި ދިއްކޮލުމުން އޭނާ ބުނެލިއެވެ. “އާން ދެން ބަލާލަން ކަމުދޭ. ރިހޫ ސެޓު ކުރަންވީނު. ނޮޓް މައި ޓައިޕް” އަހަރެންވެސް އޭނާއަށް ވައްކަޅިން ބަލާލީމެވެ. އިސްކޮޅުން ދިގެވެ. ބުޅި އިސްތަށިކޮޅެކެވެ. މެދުމިންވަރަކަށް ކަޅެވެ. ސޫޓު ލާފައި ހުރުމުން ފިރިހެންވަންތަކަން އިތުރަށް ދައްކުވައިދެއެވެ. “ރިޝް ހިނގާ ދާން. މިހާރު މާ ލަސްވެއްޖެ.” އިތުރަށް ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. މާގިނައިރު […]
“..މި ސޮރަށް ގޮތެއް ނަހަދާތި..” މަންމަ ގިސްލަމުން ރޮމުން ބުންޏެވެ. “..ހުވާކުރަން އަހްމަދުފުޅާ ދެންދުވަހަކުވެސް އަނގަޔަކުން ނުބުނާނަން..” އަހަރެން ރޮމުން މަންމަގެ ގައިގާ އޮޅުލައިގަތީމެވެ. ބައްޕައާ ދިމާލަށް ބަލަން ނުކެރިގެން މޫނު ފޮރުވާލީމެވެ. “..ހަނދާންކުރާތި އެގެޔަށް ވަނަސް ދުވަސް ދުއްވާލާނަން..” ބައްޕަ ބުނި އަޑު އިވުނެވެ. “..ދަރިފުޅާ ހުއްޓާލާ ނުރޮއެ.. ހުއްޓާލާ..” މަންމަ އަހަރެންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެދެމުން ދިޔައެވެ. އަހަރެންނަކަށް ހުއްޓައެއް ނުލެވުނެވެ. ބާރަށް ރޮވެނީއެވެ. ގިސްލެވެނީއެވެ. ތުރުތުރު އަޅަނީއެވެ. “..މަންމަވެސް ނުރޮމެއްނުން..” […]