“އަޔާން އަހަންނަށް ލަނޑުދީފަ ފިލީ. އަހަރެންގެ ވީރާނާ ވެފައިވާ ހިތަށް ދިރުން ގެނެސްދިނީ ޝާމް. އަހަރެން ޝާމް ދުވަހަކުވެސް ދުލެއް ނުކުރާނަން. އަހަރެން އަޔާން ދެކެ ލޮތްބެއް ނުވަން. ދެން ނުވެސް ވާނަން. ފުރަތަމަ ލޯބިވީމަ އަޔާންގެ ހިޔާލު ކުރެވުނަސް އަޔާންދެކެ އަލުން ލޮތްބެއް ނުވެވޭނެ. އެއަށްވުރެ ބޮޑަށް އަހަރެން ޝާމްދެކެ ލޯބިވޭ. އާން. އަހަރެން ލޯބި ވަނީ ޝާމް ދެކެ. ހަމައެކަނި ޝާމްދެކެ” ސިކުނޑި ތެރޭ އެނބުރުނު ހިޔާލުތަކުން އަހަރެންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް […]
އަޔާން އަހަރެންގެ ކޮނޑުގައި ހިފާ ގަޔާ ދިމާއަށް ކައިރި ކޮއްލިއެވެ. “އައި ލަވް ޔޫ އަ ލޮޓް.” އެވަގުތު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އަހަރެންނަށް އަޔާންގެ އަތް ފޮޅުވާލާ ފަހަތަށް ޖެހެވުނެވެ. “ޝާމް..” ވިޝާމް ހުރީ އަހަރެމެންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެން ވިޝާމްއާ ދިމާއަށް ދުއްވައިގަތީމެވެ. ވިޝާމް ދޮރު ލައްޕާ ލުމަށްފަހު ހިނގައިގަތެވެ. “ޝާމް މަޑުކޮއްބަލަ” އަހަރެން ގޮވާލުމާއެކު ވިޝާމްގެ ހިނގުން އަވަސްވެގެން ދިޔައެވެ. އަހަރެން ވިޝާމްގެ ފަހަތުން ދުވަމުން ދިޔައިމެވެ. ވިޝާމް ފަސްއެނބުރި ބަލާވެސް […]
އެރޭގެ ވަގުތެކެވެ. ބެލް އެޅިއަޑަށް އަހަރެން ދޮރު ހުޅުވީ ވިޝާމްކަމަށް ހީކޮށެވެ. “އަޔާން؟” ވިޝާމްއާއެކު ދޮރުމަތީ ހުރި އަޔާން ފެނުމުން އަހަރެން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އެކަން ފާޅުނުކުރީ ވިޝާމަށް އަންގަން ބޭނުން ނުވާތީއެވެ. “ކާންދާއިރު އަޔާންވެސް ގެންދަން ކަމަށް މި ގެނައީ. ރެޑީ ވީތަ؟” އެތެރެއަށް ދެމިގަންނަމުން ވިޝާމް ބުނެލިއެވެ. “ހޫމް.. ދީބާވެސް ނިމުނީދޯ ތި؟” ދީބާ ކައިރިއަށް ޖެހިލަމުން އަހަރެން އަހާލީމެވެ. “އާން. ތިމީހުން ނިކުމޭ. މަމިދަނީ” އަޔާންއާއި ވިޝާމް ނިކުންނަން ހިނގައިގަތެވެ. އަހަންނަށް […]
ަނަވެފައިވާ އަހަރެންގެ ހަޔާތަށް އަނެއްކާވެސް ބަހާރު މޫސުން އަތުވެއްޖެއެވެ. މިލާ މޯޅިވެފައިހުރި މާތައް ފޮޅެން ފެށިއެވެ. މޭވާ އަޅާ ފުރެން ފެށިއެވެ. ހަޔާތުގެ ގަނޑުތަކުގައި ކުލަ ޖެހެން ފެށިއެވެ. ދިރިއުޅުމަށް އާބާރެއް ލިބިގެންދިޔައެވެ. އާއުއްމީދުތަކެއް ކުރެވުނެވެ. ފޮނި ހުވަންފެންތައް ފެންނަން ފެށިއެވެ. ދުވަސްތައް ފައިތުވަމުން ދިޔަހެން އަހަރެމެންގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ވިޝާމް ދާނަކަށް އަހަރެން ނުލައެއް ނުދެވެއެވެ. އަހަރެންވެސް ވިޝާމް ދާތާކަށް ދާހިތްވެއެވެ. ދެމީހުންނަށް ކެވެނީވެސް އެކަކު އަނެކަކު ކަންޏާއެވެ. ރޭގަނޑުގެ ބައްދަލުވުންތައް އާންމުކަމަށް […]
“ވަރަށް އަވަހަށް މިތާ ކައިރި ސިޓީ ހޮސްޕިޓަލަށް އާދެބަލަ. ޝާމް އެކްސިޑެންޓްވެގެން މިއުޅެނީ.” އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަނގަ ތަންމިނަށް ހުޅުވުނެވެ. ބޮލަށް އެނބުރުމެއް އެރިއެވެ. އަރިއަޅާނުލީ ކިރިޔާއެވެ. “ޝާމް… ޝާމް..” އަހަރެން ދުއްވައިގަތީމެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔައެވެ. ހޮސްޕިޓަލަށް ވަދެވުމާއެކުހެން އަހަރެން އެނބުރެން ފެށީމެވެ. ނިތްކުރިން ދާހިއްލަމުން ދިޔައެވެ. ޖެހެމުން ދިޔަ ފިނި ރޯޅީގެ އަސަރެއް އަހަރެންގެ ހަށިގަނޑަށް ނުކުރާ ކަހަލައެވެ. “ނީ…” ދީބާއަށް އަހަރެން ފެނުމާއެކު ބައްދައިގަތެވެ. ދީބާއާއެކު […]
ވިޝާމްއާމެދު ވިސްނަން އޮވެ ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ދީބާ ގޮވަން ފެށުމުންނެވެ. “އޭ. އެހެރަ ގަޑި ޖެހެނީ. ރޭގަ މާ ލަހުން ނިދި ރެއަކީތަ؟” އަހަރެން އަވަސްވެގަތީ ފެންވަރާ ތައްޔާރުވެލުމަށެވެ. “ދީބާ ދޭ. މަ ދާނަން ރެޑީވެގެން.” އަހަރެން ބުނެލީމެވެ. ފެންވަރައިގެން ނިކުތުމަށްފަހު ލާނެ ހެދުމަކާ ދޭތެރޭ ވިސްނާލީ އެހެން ދުވަސްތަކަށްވުރެ ރީތިވުމުގެ ނިޔަތުގައެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމެއް ނެގުމަށްފަހު، އަތުގައި ގުޅޭނެހެން ތަނޑިބައެއް އަޅާލީމެވެ. ތުންފަތުގައި ކުލަ ޖައްސާލާ އިސްތަށިގަނޑު ހާމައަށް ނިއުޅުވާލީމެވެ. […]
ޖެހިގެން އައި ދުވަހެވެ. އަހަރެން އިނީ ލައިބްރަރީގައި ފޮތެއް ކިޔާށެވެ. “އޯކޭތަ މަ މިތާ އިށީނަސް؟” ފަހަތުން ހުއްދަޔަކަށް އެދުނީ ކާކުތޯ ބަލާލުމަށް އަހަރެން އެބުރިލީމެވެ. “ހޫމް. އެންމެ ރަނގަޅު” ބޭނުން ނުވި ނަމަވެސް ވިޝާމްއަށް ނޫނެކޭ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެން މަސައްކަތް ކުރީ ފޮތް ކިޔޭތޯއެވެ. ނަމަވެސް ވިޝާމް ކައިރީ އިނިމުން އަހަންނަށް އުނދަގޫވިއެވެ. އަހަރެން ދިޔުމަށްޓަކައި ތެދުވަން އުޅުނީމެވެ. “ނީ މަޑުކޮއްފާނަންތަ؟ އަހަރެން ކުޑަ ވަހަކައެއް ދައްކަވެގެން. ޕްލީސް” ވިޝާމްގެ އެދުމަށް އަހަރެން […]
“ވިޝާމް؟؟ މިތާ ކިއްކުރަނީ؟” ވިޝާމް ފެނުމުން އަހަރެންގެ ސިނކުޑީގައި އުފެދެން ފެށި ސުވާލުތައް ބޭރުކޮށްލީމެވެ. “ކިހިނެއްވީ؟ އަހަރެން މިތަނުން ފެނިގެން ނުވޭތަ؟ މަވެސް ކިޔަވަނީ މިތާއޭ. އެރޭ ޕާޓީން ފެނުނު ދުވަސްކޮޅު އަހަރެން ހުރީ ޗުއްޓީއަށް ގޮސް. ނިމުނީމަ ބެކް ޓު މައި ޕްލޭސް. ހެހެ.” ވިޝާމް ވާހަކަ ދެއްކި ގޮތުން ހީވަނީ ވަރަށް ޒަމާންވީ ރަހުމަތްތެރިއެއްހެންނެވެ. އެކަމަކު މިއީ އަހަރެމެން ބައްދަލުވި ދެވަނަ ފަހަރެވެ. “ނައިސް ޓު މީޓް ޔޫ. ދެން ދަނީ. އަދި ދިމާވާނެތާ.” […]
“ސަޅި ބިޓެއް ދޯ.. ބަލާބަލަ. އޭނަ އަދިވެސް ނީ އާ ދިމާއަށޭ އެބަލަނީ” ރިހުލާ އަތަށް ކޯކު ތަށި ދިއްކޮލުމުން އޭނާ ބުނެލިއެވެ. “އާން ދެން ބަލާލަން ކަމުދޭ. ރިހޫ ސެޓު ކުރަންވީނު. ނޮޓް މައި ޓައިޕް” އަހަރެންވެސް އޭނާއަށް ވައްކަޅިން ބަލާލީމެވެ. އިސްކޮޅުން ދިގެވެ. ބުޅި އިސްތަށިކޮޅެކެވެ. މެދުމިންވަރަކަށް ކަޅެވެ. ސޫޓު ލާފައި ހުރުމުން ފިރިހެންވަންތަކަން އިތުރަށް ދައްކުވައިދެއެވެ. “ރިޝް ހިނގާ ދާން. މިހާރު މާ ލަސްވެއްޖެ.” އިތުރަށް ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. މާގިނައިރު […]