ހެނދުނު އުޑުމަތި އޮތީ ވަރަށްރީތި ކޮންނެވެ. ނަމަވެސް މިހާރު ބަނަކޮށްލާފައި ބޯކޮށް ވާރޭވެހެމުން ދެއެވެ. އޭރު ގަޑިން ދޭއްޖަހަނީއެވެ. ސްރީލަންކާގެ “ބީ.ޖީ.އެސް. އިންޓަރނޭޝަނަލް ޕަބްލިކް ސްކޫލް” ތެރެ ވަރަށް އަޑުގަދައެވެ. ވިއްސާރަ ކަމުން ގެއަށް ނުދެވިގެން ކުދިންތައް ދުވަނީއެވެ. ކޮންމެ ކުއްޖަކުވެސް ބޭނުން ވަނީ ވީހާވެސް އަވަހަށް ގެއަށް ދާށެވެ. ބަހުގަ ގެއަށްދާކުދިން މިހާރު ގޮސް ނިމިއްޖެއެވެ. އަމިއްލަ ދުއްވާ އެއްޗިހީގައި ގެއަށްދާކުދިން ތިބީ ބަލައިނައިސްގެންނެވެ. ފޯނުބޫތު ކައިރީ ކުދިންތައް އޮތީ ތޮއްޖެހިފައެވެ. އެތާވަނީ ދަމާލެވިފައިވާ ދިގު […]
ވިޝާމްއާމެދު ވިސްނަން އޮވެ ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ ދީބާ ގޮވަން ފެށުމުންނެވެ. “އޭ. އެހެރަ ގަޑި ޖެހެނީ. ރޭގަ މާ ލަހުން ނިދި ރެއަކީތަ؟” އަހަރެން އަވަސްވެގަތީ ފެންވަރާ ތައްޔާރުވެލުމަށެވެ. “ދީބާ ދޭ. މަ ދާނަން ރެޑީވެގެން.” އަހަރެން ބުނެލީމެވެ. ފެންވަރައިގެން ނިކުތުމަށްފަހު ލާނެ ހެދުމަކާ ދޭތެރޭ ވިސްނާލީ އެހެން ދުވަސްތަކަށްވުރެ ރީތިވުމުގެ ނިޔަތުގައެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމެއް ނެގުމަށްފަހު، އަތުގައި ގުޅޭނެހެން ތަނޑިބައެއް އަޅާލީމެވެ. ތުންފަތުގައި ކުލަ ޖައްސާލާ އިސްތަށިގަނޑު ހާމައަށް ނިއުޅުވާލީމެވެ. […]
ރީމްއަށް ދެން އިތުރަކަށް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. އީމަންއަށް ރީމްގެ މޫނުމަތިން ހުރިހާކަމެއް އެނގިސާފު ވެގެން ދިޔައެވެ. އިތުރު އެއްޗެއް ބުނުމެއް ނެތި ފާހާނާއިން ނިކުމެގެން ގޮސް ކޮޓާރީގައި މަޑުކޮށްލިއެވެ. ރީމްވެސް ފަހަތުން ގޮސް އީމަން ކައިރީގައި ހުއްޓުނެވެ. “މާން.. އަހަރެން.” ރީމް ވާހަކަ ދައްކަންފެށި ނަމަވެސް އިމަން އެކަން ހުއްޓުވިއެވެ. “އަހަރެންނަކަށް ހިޔެއް ނުވޭ ރީމްއަށް މިގޮތަށް ކަންތައް ކުރަން ޖެހުނު އެއްވެސް ސަބަބެއް އޮތް ހެނެއް. އެހެންވީމަ ރީމްގެ ފަރާތުން އެއްވެސް ކަހަލަ ‘ޖަސްޓިފިކޭޝަނެއް’ […]
އޮކްޓޯބަރމަހުގެ ކުރީކޮޅެވެ. އޯލެވެލް އެގްޒާމް ފެށެންވަނީ މަދު ދުވަސްކޮޅަކަށްވެފައެވެ. އެއްދުވަހަކު ސުކޫލުން ނިމިގެން ދިޔައިރު މަންމަ އިނީ ރޯށެވެ. ކޮއްކޮވެސް ކައިރީގައި އިނދެގެން ރޮނީއެވެ. ބޮޑުބޭބެ ކޮންމެސް ވާހަކަތަކެއް ދައްކަން ހުއްޓެވެ. މިމީހުން މިރޮނީ ކީއްވެގެން ބާއެވެ؟ “..މަންމާ ކިހިނެއްވީ..” އަހަރެންނަށް އަވަހަށް އަހާލެވުނެވެ. މަންމަ ޖަވާބެއް ނުދިނެވެ. “..ކޮއްކޯ.. ބޮޑުބޭ ކިހިނެއްތޯ ވީ..” އަހަރެން ކަންބޮޑުވާގޮތްވިއެވެ. އޭރު ސިކުނޑީގެ އެއްކަނަކުން ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރުތައް ދެމުން ދިޔައެވެ. “..ދޮންބޭ ބައްޕަ ބަލިވެގެން މާލެ ގެންގޮސްފި..” ކޮއްކޮ […]
“..ޚާން ** ގަ *** އިނދޭތަ..” އައްކި ހިނިގަނޑަކާއެކު ބުނެލިއެވެ. އެއަޑު އިވުނު ކުލާސް ހުރިހާކުދިންވެސް ހޭންފެށިއެވެ. “..ތި* އަމާ ** ކިޔާބަލަ.. ނަ***..” އަހަރެން ސިހިގެންދިޔައީ ޝާންޓޭ ގޮނޑިން ކުއްލިއަކަށް ތެދުވުމުންނެވެ. އަދި ހަމަ އެސިކުންތުގައި ކުރިމަތީ ގޮނޑީގައި އިން އަކްޝަމް ގަމީހުގެ ގިރުވާނުގައި ފަހަތުން ހިފާ ފުރަގަހަށް ދަމާގަތެވެ. އަކްޝަމް އިދިފުށަށް ގޮނޑިއާއެކު ވެއްޓުނެވެ. “..ރުނޑިކާޅު މާ އަނގަ އެރުވޭ މީހަކަށްވެގެން މިއުޅެނީ..” ޝާންޓޭ އަކްޝަމް ގަމީހު ގިރުވާނުގައި ހިފާކޮޅަށް ނަގަމުން ފާރާލާ ހިއްޕާލިއެވެ. […]
ހަމަ އެކަނި ޓީޝާޓްކޮޅެއްގައި ހުރި ރީމް ފެނުމުން އިޔާނާއަށް އުނދަގޫވިއެވެ. ރީމްއަށްވެސް ސިހުން ލިބިގެން ދިޔައެވެ. ނަމަވެސް ހަމަޖެހިލިއެވެ. “އިޔާނާ! ކިހިނެތްވީ؟” ރީމް ސުވާލުކޮށްލިއެވެ. “ބަދިގެ..” މަޑުމަޑުން އިޔާނާ ބުނެލިއެވެ. ރީމް ހިނިތުންވެލަމުން އިޔާނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. “އަހަރެންވެސް ފެން ފުޅިއެއް ބަލާ މި ނިކުތީ. ބަދިގެ ހުންނާނީ ތިރީ ބައިގަ. ހަޒް ފެން ބޮވައިގަނެގެން.” ރީމް ގަސްތުގައި ފޮނިކޮށް ވާހަކަ ދައްކަމުން ދިޔައެވެ. ކީއްވެ ކަމެއް ޚުދު ރީމްއަށްވެސް ނޭނގޭ ކަހަލައެވެ. މިއީ ޔާނާ […]
ހެނދުނުއްސުރެ އަހަރެން އުޅެމުން ދިޔައީ ޖެހިގެން އޮތްދުވަހު އޮތް ހިސާބުގެ ފުރަތަ ކަރުދާހުގެ އިމްތިޚާނަށެވެ. އެހެން ނަމަވެސް ރޭގައި ޝާޔާއާއި ދެކެވުނު ވާހަކައާއި މިއަދު ކަންވެދާނެ ގޮތެއް އަހަރެންގެ ސިކުނޑިން ފިލައިގެން ދާގޮތެއް ނުވިއެވ ފިލާވަޅުތައް ހަދަން އިންނަމަވެސް ޝާޔާ ގުޅާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނެމުން ދިޔައެވެ. ވާނީ ކިހިނެއް ބާއެވެ؟ އަހަރެންގެ ހިތް ނުތަނަވަސް ވަނީ ކީއްވެ ބާއެވެ؟ މިއަދަކީ އަނެއްކާ އަހަރެންނާއި ޝާޔާގެ ލޯބީގެ ފަހު ދުވަސް ބާއެވެ؟ މިކަހަލަ އެތައް ސުވާލެއް […]
ޖެހިގެން އައި ދުވަހެވެ. އަހަރެން އިނީ ލައިބްރަރީގައި ފޮތެއް ކިޔާށެވެ. “އޯކޭތަ މަ މިތާ އިށީނަސް؟” ފަހަތުން ހުއްދަޔަކަށް އެދުނީ ކާކުތޯ ބަލާލުމަށް އަހަރެން އެބުރިލީމެވެ. “ހޫމް. އެންމެ ރަނގަޅު” ބޭނުން ނުވި ނަމަވެސް ވިޝާމްއަށް ނޫނެކޭ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެން މަސައްކަތް ކުރީ ފޮތް ކިޔޭތޯއެވެ. ނަމަވެސް ވިޝާމް ކައިރީ އިނިމުން އަހަންނަށް އުނދަގޫވިއެވެ. އަހަރެން ދިޔުމަށްޓަކައި ތެދުވަން އުޅުނީމެވެ. “ނީ މަޑުކޮއްފާނަންތަ؟ އަހަރެން ކުޑަ ވަހަކައެއް ދައްކަވެގެން. ޕްލީސް” ވިޝާމްގެ އެދުމަށް އަހަރެން […]
އަހަރެން ސިހިގެން ދިޔައީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އަލްބަމް ލައްޕާލަމުން ގަޑިއަށް ބަލާލީ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުންނެވެ. ގަޑިން އެގާރަ ޖަހަނީއެވެ. މިގަޑީގައި ކާކު ހެއްޔެވެ؟ މަންމަމެންވެސް މިހާރު ނިދާފާނެއެވެ. ކުޑަދޮރުކައިރިއަށް ހުއްޓި ފޮތިގަނޑު ހިއްލާލާ ބޭރު ބަލާލީމެވެ. ބޭރު ބޮކިތައް ނިވާލާފައި ހުރުމުން ކާކުކަމެއް ނޭގުނެވެ. ކޮންމެސް މީހަކު އެތާ އެބަހުއްޓެވެ. އޭރުވެސް އެމީހަކު ދޮރުގައި އިރުއިރު ކޮޅާ ޓަކި ޖަހާލައެވެ. އަހަރެން ދޮރާ ކައިރިޔަށް ޖެހިލާ ކާކުތޯ ސުވާލްކުރީމެވެ. ކޮންމެވެސް […]