ތައްޔާރުވެލައިގެން އަހަރެން ދިޔައީ ސައިބޯށެވެ. “ދަރިފުޅު ނިދަން ހަދައިގެން އަޔާންއާވެސް ބައްދަލު ނުވިއެއްނު.. ދެން ނޭނގެ ފެންނާނެ ދުވަހެއްވެސް..” މަންމަގެ އެ ޖުމަލްއިން އަހަރެން ކޮށިއެރިއެވެ. “ކީކޭ؟ އަޔާ ކޮންތާކަށް ދިޔައީ؟” އަހަރެންނަށް ލިބުނު ހައިރާންކަންމަތީ އަހާލެވުނެވެ.”ދަރިފުޅު ކައިރި ނުބުނޭތަ؟ މަންމަ ހީކުރީ ބުނާނެ ކަމަށް. މަންމައަށްވެސް އިނގުނީ މިއަދު އައިސް ބުނީމަ. އަޔާން ބުނީ ގޮވާނެ ކަމެއް ނެތޭ. އެހެންވެ ގޮވަންދާން އުޅެފަ ނުގޮވީ. އެމެރިކާއަށް ބަދަލްވަނީ އޯ. ދެން އެކޮޅުންނޭ ބުނީ ކިޔަވަނީ.” އަހަރެންނަށް […]