……………………………………ރިހާ އެކިފަހަރު އެކި ކަބަޑް ހާވަމުން ފައިލްތަށް ބަލާތަން ބަލަން ހުރެފަ ޒީޝާން “ރިހާ” އޭ ކިޔާފަ ގޮވާލިއެވެ. ޒީޝާންގެ އަޑު އިވުމުން ހާސްވިވަރުން ރިހާގެ އަތުގަ އޮތްފައިލް ރިހާގެ އަތުން ދޫވެގެން ވެއްޓުނުއިރު ރިހާގެ ދެލޯ ބޮޑުވެގެން ދިޔައީ ރިހާ ކުރަން ހުރި ކަންތައް ޒީޝާންއަށް ފެނުމުންނެވެ. ޒީޝާންއާޢި ދިމާލަށް އެނބުރި އެއްފަހަރު ޒީޝާނަށް އަނެއްފަހަރު ޓައިލްސްތައްމަތީގައި ވެއްޓިފައިވާ ފައިލަށް ރިހާ ބަލަމުންދިޔައިރު ރިހާ ހުރީ ދެން ހަދާނެގޮތެއް ނޫނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރިހާއަށް […]
“މިއަދަކީ ވަރަށް އުފާވެރި ދުވަހެއް! މިއާއިލާގެ އުފާވެރިކަމުގައި އާއިލާގެ ގާތްތިމާގެ އެންމެންނާއި ހުރިހާ ރައްޓެހިންނާއި އަދި މަސައްކަތްކުރާ ހުރިހާ މުއައްޒަފުން ބައިވެރިވުމަކީ އަހަރުމެންގެ ވަރަށްބޮޑު އުފަލެއް! މިއަދަކީ އަހަރެންގެ ރައްޓެހި ފާރޫޤްގެ ހަމައެކަނި ދަރިފުޅު ނޫރާއާއި އަހަރެންގެ ފިރިހެން ދަރިފުޅު އާޔަންގެ އެންގޭޖު ކުރެވޭކުރެވޭ ދުވަސް!” އެންމެން ފޯރީގައި އަތްޖަހަން ފެށިއެވެ. އާޔަންއަށް ވީގޮތެއްވެސް ނޭގުނެވެ. ނޫރާއާއި ދިމާއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. މަންމަމެން ރާވައިގެން އެއުޅުނީ މިކަންތައްކަން އާޔަންއަށް އެގިއްޖެއެވެ. އާޔަންގެ ހިތްއަވަސްވިއެވެ. އަދި އެހާމެ އުފާވެސްވިއެވެ. […]
ނޫރާ ގޮސް އަމީންމެން އުޅޭ ކޮޓަރިއަށް ވަނީޓަކި ޖެހުމަށްފަހުއެވެ. އޭރު އަމީން ދަބަހަށް އޭނަގެ ސާމާނު އަޅަނީއެވެ. “އަމީން!……..” ކުޑަކޮން ހުއްޓުން އަރާފަހުރެފަ ހަމަޖެހިލަމުން ނޫރާ އަމީން ކައިރީ ބުންޏެވެ. “އަމީން ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ މެސެޖް ކުރީމެއްނު!” “އާން…. އެއީ އެއީ….!” އަމީންގެ އަޑު ބެދިއްޖެއެވެ. އަދި ބުނަން އުޅޭ އެއްޗެއް ރަގަޅަށް ނުބުނެވިގެން އުޅެނިކޮން ނޫރާ ވަހަކަ ދައްކަން ފެށިއެވެ. “އަމީން ތިބުނަން އުޅޭ އެއްޗަކުން އަމީންއާއި ނޫރާގެ އެކުވެރިކަމަށް ބުރޫއަރާފާނެހެން […]
“..ޝާނިފް.. ޝާނިފް..” އަހަރެންނަށް މީހަކު ދޮރުގައި ޓަކިދޭ އަޑުއިވެމުން ދިޔައެވެ. “..06 ޖަހާފިޔޭ ތެދުވަން އުޅޭ.. ހޭލެވިއްޖެތަ..” އަހަރެން ލޯ ނުހުޅުވައި އޮވެ މޯޅިއަކަށް ދެމިލީމެވެ. އަދި ދެލޯ ގަދަކަމުން ހުޅުވާލުމާއެކު ދިޔައީ ސިހިގެންނެވެ. ދެލޯ ތަންމިނަށް ހުޅުވި ވަގުތުން ނިދި ފިލާ ހިނގައްޖެއެވެ. ލިބުނު ސިހުމާ ހައިރާންކަމާއެކު ކުއްލިއަކަށް އެނދުގެ އެއްފަރާތަކަށް ޖެހިލެވުނީ ގައިމަތީގައި އޮތް ޝާންޓޭ ދުރަށް ކޮށްޕާލަމުންނެވެ. އަހަރެންގެ ހިތުގެ ތެޅުންވެސް އަވަސްވަމުން ދިޔައެވެ. ހިތްނެގި ނެގިފައި ޖެހެމުން ދިޔައެވެ. އަހަރެން ހާސްވެފަހުރިލެއް […]
“އެދެމީހުން އެކަނި ގެއެއްގަ އުޅޭއިރު ނުތިބޭނެ ދުރުގައެއް! މަށަށް ޔަގީން ރައްޓެހިނުވިޔަސް ހުރިހާކަމެއް ކޮށްފަ ތިބޭނީ މިހާރު!” ރިޒުނާ އެހެން ބުނީ އަމީންއަށް އެކަނި އަޑުއިވޭވަރަށް ސިއްރުންނެވެ. “ނޫރާ އަކީ ރިޒޫ ތިހީކުރާކަހަލަ ކުއްޖެއްނޫން! ނޫރާއަކީ މާ މާތް ކުއްޖެއް!” އަމީން ވެސް ސިއްރުން ރިޒޫކައިރީ ބުނެލިއެވެ. “ކަލޭ ނޫރާއާ ހެދި އުޅޭތީ ތިހެން ތިބުނަނީ! މަޑުން ތިބޭގުރާ ބާރަށް ދައިގަންނާނެ!” ރިޒޫ ބުންޏެވެ. އެންމެން ހަމަވުމާއެކު ފެންގަނޑު ކައިރިއަށްގޮސް ކުޅެން ހަމަޖެއްސި ކުޅިވަރުތައް ފެއްޓިއެވެ. ރަތްޓީމުން […]
އެހުރިހައިރު އާޔަން ހުރީ ނޫރާގެ ހަރަކާތްތަކަށް ބަލާށެވެ. ނުރާ ކުރާކޮންމެ ހަރަކާތެއްވެސް އާޔަންއަށް ވަރަށް ކަމުދެއެވެ. ފައި ފެންގަނޑުތެރޭ ތަޅުވަމުން ދާގޮތާއި ނޫރާ އިށީނދެލައިގެން އިންގޮތްވެސް ވަރަށް ހިތްގައިމެވެ. ނޫރާ އެތަނުން ދިއުމުން އާޔަންވެސް ކޮޓަރިއަށް ވަނެވެ. ނޫރާ ފަތިހު ހޭލީ ފަތިސް ނަމާދަށެވެ. ނަމާދުކޮށްގެން ފޮށީގައި ހުރި އެއްޗިހި ރީތިކޮން އަލަމާރިގައި އަޅުވާލިއެވެ. ނޫރާ މާގިނަ އެއްޗެއް ނުގެނެއެވެ. ނިދަންލާ ހެދުމަކާއި ގޭތެރޭގައި ލާނެ ދެ ހެދުމަކާއި އަދި ޔުނީއަށް ދާނެ ހެދުމެއް ފިޔަވާ އިތުރު […]
“އަދިކިރިޔާ މިއަދު ނޫރާއަށް އިނގުނީ އާޔަން ނޫރާދެކެ މާކުރީންސުރެ ލޯބިވާކަން!” ސައީދާ އާޔަން ފެންބޯން އިންދާ އެހެން ބުނުމުން އާޔަންކޮށިއަރައި ގަތެވެ. “ތަންކޮޅެއް ލަސްލަހުން ތި ބޮއެބަލަ.” ޒޫނާ އާޔަންގެ ބުރަކަށީ ފިރުމާލަމުން ބުންޏޭވެ. އާޔަން ނޭވާ ހަމައަކަށް އަޅުވަމުން ނޫރާއާއި ދިމާއަށް ބަލައިލިއެވެ. އާޔަން އިނީ ހާސްވާގޮތް ވެފައެވެ. އާޔަންއަށް ހިވީ ހުރިހާދިމާއަކުން އާޔަން ފިއްތާލިހެންނެވެ. ނޫރާ ހުރީ އާޔަންއަށް ވަމުންދިޔަގޮތް ރަގަޅަށް ބަލާށެވެ. އާޔަން އެއުޅެނީ ލަދުންކަމެއް ބިރުންކަމެއް ނޫރާއަކަށް ނޭގެއެވެ. އެވާހަކަ ސިއްރުކުރަންވީ […]
ހުކުރު ދުވަސް ކަމުން ހުކުރަށްދާ ކުދިންތައް ޔުނީ ތެރޭގައި އަޑުގަދަ ކޮށްލާފައި އުޅެއެވެ. އޭރު ގަޑިން އެގާރަގަޑި ބައިވެ ބޮޑުވެއްޖެއެވެ. ނޫރާގެ ކްލާހެއް އެދުވަހު ނެތުމުން ނޫރާވެސް އެގަޑީގައި ނުކުތީ އަވަހަށް ގެއަށްދާށެވެ. ނޫރާ ޝެގީ ޔުނިވަރސިޓީ ދޮރުމައްޗަށް އެރިތަނާ ފިރިހެން ކުއްޖެއް ނޫރާއަށް ގޮވާލިއެވެ. ނޫރާ އަށް ފުރަތަމަ އެއީ ކާކުކަމެއް ނޭގުނެވެ. ނަމަވެސް ކައިރިއަށް އައުމުން އެއީ ކާކުކަން ނޫރާއަށް އިނގުނެވެ. އެއީ އަމީން އެވެ. އަމީންއަކީ ޓޭލާރސް ޔުނިވަރސިޓީގައި ނޫރާއާއި އެއްކުލާހުގައި އުޅުނު […]
މިހާރު ނޫރާގެހިތް ތެޅެނީ އާޔަންއަށްވެސް އަޑުއިވޭހާ ބާރަށް ކަމުގައި ނޫރާއަށް އިހްސާސްވިއެވެ. އާޔަންގެ ބާރުގަދަ ދެއަތުން ނޫރާގެ ލޫޅާފަތި އުނަގަނޑުގައި ހިފާ އާޔަންއާއި ކައިރިއަށް ދަމާލެވުނެވެ. މިހާރު އާޔަންގެ ނޭވާގެ ހޫނުކަން ނޫރާގެ ނިއްކުރިއަށް އެޅޭހާކައިރި ވެވިއްޖެއެވެ. އާޔަންގެ މޫނު މަޑުމަޑުން ނޫރާގެ މޫނާ ކައިރިވަމުން ދިޔައެވެ. ނޫރާގެ ހިތް ބާރަށް ތެޅެމުންދިއުމާއެކުވެސް ނޫރާއަށް އިސްއުފުލާލާ ލޯމަރާލެވުނެވެ. “އާޔަން! ނޫރާ! ދެންދޭބަލަ ރީތިވެގެން ކާން އަންނަން!” ޒޫނާގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ދެމީހުނަށްވެސް ދުރަށް […]