އާޔަން ގަބުވެފަ ހުރިތާހުރީއެވެ. އެއްވެސް ކޮޅަކަށް ގުޑާވެސް ނުލައެވެ. ލޮލުގައި ކަރުނަތަށް ގިނަވެ ކޯތާފަތް މައްޗަށް ފައިބަމުން ދެއެވެ. އާޔަން އޭނަ ބައްޕައާއި ދުވަހަކުވެސް އެގޮތަށް ވާހަކައެއް ނުދައްކައެވެ. އިރުކޮޅަކު އެހެން ހުރެފަ މައްޗަށް ގޮސް ކޮޓަރިއަށް ވަނެވެ. އެދުވަހު ނޫރާމެން ޕިރަމިޑުން ވަރަށް އަވަހަށް އައިސްފިއެވެ. ޒައު ރޯތީއެވެ. ނޫރާވެސް އިނީ އަވަހަށް ގެއަށް އަންނަހިތުންނެވެ. ނޫރާ ބޭނުންވަނީ އެކަނިވެލާށެވެ. ނޫރާ އައިސް އަވަހަށް އެއްޗިހިބަދަލު ކޮށްލައިގެން ނަމާދު ކޮށްގެން ޖައްސާލީއެވެ. ނިދަން ހިތުލައިގެންނެވެ. އެކަމު […]
“ނޫތައަށް ސަރޕްރައިސް އެއް ގޮވައިގެން މިއައީ.” ޒައުޝަން ގެތުއްތު ތުއްތު އަޑުން ބުންޏެވެ. “ސަރޕްރައިސް އެކޭ؟” ނޫރާ ހެވިފަ ހުރެގެން ނައީމާއަށް ބަލައިލިއެވެ. ނައީމާވެސް ހެވިފަ ހުރެ އެއީ ސަރޕރައިސް އެކޭ ބުނެލިއެވެ. އެވަގުތު އެބުނާ ސަރޕްރައިސްއެއް ނިކުމެގެން އަންނަތަން ފެނުނެވެ. ނޫރާގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުން ވުމެއް ފާޅުވިއެވެ. އަދި ހަމަ ސައީދާގެ މޫނުމަތިންވެސް އުފާވެރިކަން ފެންނަން ހުއްޓެވެ. ނައީމާގެ ފިރިމީހާ ޝަކީބް އާއި އެކު ޓްރޮލީ ހިފައިގެން އެއަންނަނީ ދެވަނަ އެހެން މީހެއްނޫނެވެ. ނޫރާގެ […]
“އާޔަންގެ ޑެޑް އާއި މަންމަ އާއި ޑިވޯރސްއެއް ނޫންކަން މިއަދު އާޔަންއަށް ކަށަވަރުވެއްޖެ!” އާޔަން ނޫރާއަށް ބަލައިލިއެވެ. ނޫރާ އަޖައިބުވެގެން އަޔަންއަށް ބަލައިލިއެވެ. “އެކަމު އާޔަން ބުނީމެއްނު އެދުވަހު….” ނޫރާހުރީ ސުވާލު އުފެދިފައެވެ. “އަާޔަންއަށްވެސް ޝައްކުވެފަ ހުރީ! އެއީ އާޔަންގެ ޑެޑް ކޮންމެފަހަރަކު އައިސް މަންމަ ކޮޓަރީގަ ނިދާތީ. ދެން އެހާ ދީނަށް ލޯބިކުރާ ދެމީހުން ޑިވޯސް ވެފަތިބެ އެއްތާކު ނިދާ ހަދާނެތަ؟ ޑެޑް އުޅޭއިރު ޑެޑް ނުކަންޏާ މަންމައެއް ނުކާނެެ. ޑެޑްއާ އެއްކޮން ޑިނަރއަށް ރޭގަޑު […]
ރީމްގެ މޫނު މަތީގައިވާ ނުތަނަވަސްކަން އިޔާނާއަށް ފާހަގަ ކުރެވުނު ހިނދު ކޮންމެވެސް ގޯހެއް އުޅޭކަން އިހުސާސްކުރެވިގެން ދިޔައެވެ. އުންމީދީ ހިތްވަރެއް ލިބިގެން ދިޔައީ ކީއްވެގެން ކަމެއް ނޭނގުނެވެ. މާގިނައިރުތަކެއް ނުވެ ޔާނާގެ ނަމްބަރު ޖެހުމުން އެތެރެއަށް ދިޔައެވެ. އިޔާނާގެ ހިތުގައި އުފެދެމުން ދިޔައީ އުންމީދުން ފުރިގެންވާ ޝުޢޫރު ތަކެކެވެ. އީމަންއާ ރީމްގެ ހަޤީޤަތް ހޯދާނަމެވެ. އަހަރެންގެ ހިތް ބުނަމުން މިދާ ވާހަކަ ތަކަކީ ދޮގެއް ނޫންކަން ހަމަ ޔަޤީނެވެ. ސްކޭންކުރާ ކޮޓަރިއަށްވަދެ ސްކޭން ކުރުމަށް ތައްޔާރުވެލިއެވެ. މާގިނައިރުތަކެއްނުވެ […]
ގަޑިން އެގާރަޖަހާ ބޮޑުވިތަނާ ނޫރާ ކޮޓަރިން ނިކުތީ ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސްއެއްލައިގެން ނެވެ. އިސްތަށިގަނޑު ވަނީ ނިއުޅާލާފައެވެ. އަދި ކޮނޑުގައި މަޑުނޫކުލައިގެ ދަބަހެއް އަޅުވާފައި އޮތެވެ. ނޫރާ އެއައީ އާޔަން މެންގެއަށް ދާން ދައުވަތު ދީފައި އޮތުމުން ތައްޔާރުވެގެންނެވެ. އޭރު ސައީދާ އިނީ ސޯފާގައި އައިނެއް އަޅައިގެން ފޮތެއްކިޔާށެވެ. ނޫރާ އައުމުން ސައީދާ ނޫރާއަށް ބަލައިލިއެވެ. އޭނާގެ ދަރިފުޅުގެ ރީތިކަމާމެދު އަމިއްލައަށް ފަހުރުވެރިވެވުނެވެ. އަދި ހިނިތުންވެލަމުން ބުންޏެވެ. “ދަރިފުޅު ހާދަ ރީއްޗޭމިއަދު! ތި ގަމީސް ވަރަށްގުޅޭ […]
ނޫރާ އާއި ލައިޝާ އެއަރޕޯޓްގެ ބޭރުގައި މަޑުކޮށްގެން ތިބޭތާ ފަނަރަ މިނިޓް ވެއްޖެއެވެ. އަދިވެސް މާލެދާން އުޅޭ ގުރޫޕެއް ނާދެއެވެ. ލައި މިހާރު ޒީނާއަށް ގުޅައިފިއެވެ. ފޯނެއް ނުނެގިއެވެ. ނޫރާވެސް ހުރީ ކޮންމެސް މީހަކަށް ގުޅައިގެން ނެވެ. “ހެލޯ! ތިމީހުން ކިހާހިސާބެއްގަ؟” ނޫރާ އަހާލިއެވެ. “އާން އޯކޭ.” ބުނެފަ ފޯނު ކަނޑާލިއެވެ. “ފާތު އާ ނާއިފް އާ މި ކައިރިކުރަނީޔޯ” ލައިކައިރީ ނޫރާބުންޏެވެ. “އެއޮށް އައީ އާޔަން” މަޑު އަޅި ކުލައަކަށްދާ ކާރެއް ދައްކަމުން ލައި ބުންޏެވެ. […]
މިހާރު ހަފްތާ ނިމެނީ އެވެ. ދެން އޮތީ ތިން ހަފްތާގެ ބޮޑު ޗުއްޓީ އެކެވެ. އެކަމަށް ބާޒާރު ކޮށް ހެދުން ކޮންމެ ދުވަހަކު ކުރިއަށް ދެއެވެ. ނޫރާ ވެސް އެމީހުން ފަހަތުން އުޅެއެވެ. އެމީހުން އެންމެން މަޖާނަގަމުން ތަންތަނުން ކައި އުޅޭތީ އެވެ. އެގޮތުން މިއަދު ބާޒާރު ކުރުމަށް ދިޔައީ ‘ޓައިމް ސްކުއަރ’ ކިޔާ ބޮޑު މޯލް އަކަށެވެ. އެއީ ބުރިބުރިއަށް ނަގާފައިވާ ވަރަށް ބޮޑު އިމާރާތެކެވެ. ކޮންމެ ފަންގިފިލާއެއްގައިވެސް ރެސްޓޯރެންޓް ތަކާ ފިހާރަތަކާ އެކި ކަހަލަ […]
އެތަނުން އާޔަން ގެ ފޮޓޯ ފެނުމުން ނޫރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެދުވަހު އާޔަން އަށް ނޫރާ ބަލަން ހުރިތަން ރަގަޅަށް ވެސް ފެނުނެއެވެ. ޝައިލާގެ ގައިގާ އޭރު ހިފަހައްޓައިގެން ތިބީ ޑޭވިޑް އާއި، ޖަގަން އާއި ނާއިލް އެވެ. ހުރިހާކަމެއް ކުރީ އާޔަން އެވެ. ނޫރާއަށްއެމަންޒަރު ވަނީ ފެނިފައެވެ. މިހާރުވެސް އެ މަންޒަރުތައް ސިފަވަމުން ދެއެވެ. ނަމަވެސް އެކަން ގަބޫލު ނުކުރެވެނީ އެވެ. އާޔަން އަކީ ނޫރާއަށް ވަރަށް ކަމުދާ ރީތި ކުއްޖެކެވެ. ލޯކުޑަ […]
ފާހާނާގެ ދޮރު ހުޅުވުނުއަޑަށް ދެމީހުންނަށްވެސް ސިހުން ލިބިގެން ދިޔައެވެ. ރީމްގެ މޫނު އަނދިރިވެގެން ދިޔައެވެ. އިޔާނާއާއި އީމަން ގާތުގައި ވާތަން ފެނި ހިތަށް އުނދަގޫވެގެން ދިޔައެވެ. އީމަންއާ އިޔާނާއަށްވެސް ކުރެވިގެން ދިޔައީ ހަމަ މިކަހަލަ އިހުސާސެކެވެ. އަމިއްލަ ނަފްސަށް ކުރެވުނު މަލާމާތެއްގެ ބޮޑުކަމުން އިޔާނާ ބޭނުންވީ އެތަނުން ދިޔުމަށެވެ. ބޭރުގައި މިހުރީ ކަމުގައި ބުނެ އަވަސްއަވަހަށް އެކޮޓަރިން ނިކުމެގެން ދިޔައެވެ. ހުމާމްއާއި ޖާހަތު ފުރުމުގެ ތައްޔާރީތައް ކުރަމުން ދިޔައެވެ. “އަވަސްކުރޭ. ޗެކިން ފެށެން ބައިގަޑީރަށްވީ.” އެނދުމަތީގައި ހުރި […]