\”މަންމީ. ވަންމޯ ޓައިމް އަރީ އަރާލަންތަ ސްލައިޑަށް؟\” އެވަގުތު ދުވެފައި ޝައިލާ ކައިރިއަށް އައި ކުޑަކުއްޖާ ފެނުމުން އާޔަންއަށް ހީވީ މުޅި ދުނިޔެ ހުއްޓުނު ހެނެވެ. މީހާ ފިނިވެގެން ދިޔައެވެ. މޫސަވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެދުވަހު ލައި ބުނީ ތެދެކެވެ. އެކުއްޖާ އާޔަންއާ ވަރަށްވެސް ވައްތަރެވެ. އާޔަންގެ ލޮލެވެ. އެމޫނެވެ. އާޔަންއަށް ވެފައިހުރިގޮތް ފެނުމުން ޝައިލާ އެދިމާއަށް އައެވެ. \”އެއީ އަރީނާ! އާޔަންއަށް ފެންނައިރަށް އެގިއްޖެދޯ! އެއީ އަހަރެންގެ ދަރިއެއް. އަދި އެއީ އާޔަންގެވެސް […]
“ވަރަށް އަވަހަށް މިތާ ކައިރި ސިޓީ ހޮސްޕިޓަލަށް އާދެބަލަ. ޝާމް އެކްސިޑެންޓްވެގެން މިއުޅެނީ.” އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަނގަ ތަންމިނަށް ހުޅުވުނެވެ. ބޮލަށް އެނބުރުމެއް އެރިއެވެ. އަރިއަޅާނުލީ ކިރިޔާއެވެ. “ޝާމް… ޝާމް..” އަހަރެން ދުއްވައިގަތީމެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔައެވެ. ހޮސްޕިޓަލަށް ވަދެވުމާއެކުހެން އަހަރެން އެނބުރެން ފެށީމެވެ. ނިތްކުރިން ދާހިއްލަމުން ދިޔައެވެ. ޖެހެމުން ދިޔަ ފިނި ރޯޅީގެ އަސަރެއް އަހަރެންގެ ހަށިގަނޑަށް ނުކުރާ ކަހަލައެވެ. “ނީ…” ދީބާއަށް އަހަރެން ފެނުމާއެކު ބައްދައިގަތެވެ. ދީބާއާއެކު […]
ހާދަ ހޫނު ގަދައޭ،ހިގާ އަވަހަށް ގެެއަށް ދާން.ޝަޒީ ކޮޑުގަ އޮތް ދަބަސް ރަގަޅު ކޮއްލަމުން ބުނެލިއެވެ.ޝަޒީމެން ގުރޫޕް މަޑުކޮއްލައިގެން ތިބީ ސުކޫލް ގޭޓު ކައިރީގައެވެ.ވާހަކަ ދެކެވެމުން ދަނީ ގުރޫޕްް ސްޓަޑީ ހަދަން ދާނެ ގަޑިއަކާ މެދުއެވެ. “ދޭއް ޖަހާއިރު އެންމެން އާދޭ ޝަޒީ މެން ގެއަށް.ދޯ ޝަޒީ”ޢަސްމާ ބުނެލިއެވެ.ެއެންމެ ރަގަޅޭ ބުނެ ޝަޒީ ހިގައިގަތީ އަވަހަށް ގެއަށް ދިއުމަށެވެ.ހޫނު ގަދަކަމުންނާ ވެފައިވާ ވަރުބަލިން އަވަހަށް ގެއަށް ގޮސް ފެންވަރާލުމުގެ ބޭނުމުގައެވެއޭރު އަސްމާ ވެސް ފަހަތުން އައިސް ޝަަޒީއާ […]
އީމަން އަވަސްފިޔަވަޅުތަކެއްގައި ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ. ރީމްއާއި އިޔާނާވަނީ ރޫމަކަށް ބަދަލުކޮށްފައެވެ. އީމަންއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ އިޔާނާއަށެވެ. ލޯމެރިފައި އޮތް އިތު ހީވަނީ ފުން ނިންޖެއްގައި އޮތީހެނެވެ. ކުރިއަށް ހިނގަމުން ގޮސް އިޔާނާކައިރީގައި ހުއްޓުނެވެ. އެމޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. މިއީ އޭނާގެ ޔާނާކަން ޘާބިތުކޮށްދޭނީ ކިހިނެތް ހެއްޔެވެ؟ އެންމެ ބޮޑު ކަމަކީ ޚުދު ޔާނާ އެކަން ހަނދާން ތނައްތާލާފައި ވުމެވެ. އަޅެ ކުޑަ ހަނދާނެއްވެސް ނުވަނީ ހެއްޔެވެ؟ އޭނާގެ އީމަން ފެނުމުން އެހިތަށް ކުޑަ […]
ހިތްކުދިކުދިވަމުން ދިޔައިރު ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަ ނުދޭން ޖަހަތު ހުރީ ހިފަހައްޓައިގެންނެވެ. މިއަދު އޭނާ ރޯންވީ ކީއްވެހެއްޔެވެ؟ ކާކާ ވަކިވުމުން ހެއްޔެވެ؟ މިސްރާބެއް ނެތި ދަތުރުކުރަމުންދާ އޭނާގެ ދިރިއުޅުން މިއަދު ލައްކުރަނީ ހުމާމާ ދިމާއަށެވެ. ކިތަންމެ ދާން ބޭނުން ނުވިނަމަވެސް ޖެހޭނީ ދާށެވެ. ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ. ފުރުމާއި ދެމެދު ދެން ހޭދަވެގެން ދިޔަ ވަގުތު ތަކުގައި ޖާހަތުގެ ފަރާތުން އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ހުމާމަކަށް ނުފެނުނެވެ. ޖާހަތު ދިޔައީ ހުމާމު […]
މޫސަ ހަދަން އުޅޭގޮތެއް ނޭގިފައި މޫސަގެ އަތްފޮޅުވާލުމަށްފަހު ތެޅިގަނެފައި މޫސަގެ އަތްދަށުން ލައިދެމިގަނެއްޖެއެވެ. “ކިހިނެއްވެގެންތަ ތި އުޅެނީ؟” ލައިގެ ނިތްކުރިއަށް ރޫއަރުވާލަމުން އަޑަށްބާރުލާފަ ލައިއަށް ބުނެވުނީ އެހެނެވެ. “ލައި… އައި އައި އޭމް ސޮރީ! އައި މީން އިޓް. އައި ރިއަލީ ލަވްސް ޔޫ! ޕްލީޒް ލައި އަހަންނަށް މާފުކުރޭ! އަހަރެން ދެން ދުވަހަކުވެސް ލައި ހިތުގަ ޖައްސާކަށް ނެތިން. ޕްލީޒް ކަމް ބެކް!” މޫސަ ލައިއާއި ދިމާއަށް އަތްދިއްކޮށްލަމުން ވަރަށް އަސަރާއެކު ބުނަމުން ގެންދިޔައެވެ. އެވަގުތަށް […]
“އެހެރީދޯ މޫސަ! ވަރަށް ފޮނިހެން ހީވަނީ!” ލައިގެ ދައްތަ ބުނާއަޑު އިވުނެވެ. “އާން! ހިނގާދާން ވަރަށް ބަނޑުހައިވެއްޖެ!” ލައި އަވަހަށް ވާހަކަ އޮޅުވާލަމުން ބުނެލިއެވެ. އަދި ނޫރާއަށް ބަލައިލާފަ ކޮނޑުއަރުވާލިއެވެ. ލައިއަށް ބުނަން ނުކެރުނީކަން ނޫރާއަށް އިގުނެވެ. އަދި ދެރަވެފައި ލައިއާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އާޔަންމެން މާލޭގައި ތިބެނީ ސައީދާމެންގޭގައެވެ. ސައީދާމެނގެ ހުންނަނީ ފަސްބުރިއަށް ނަގާފައެވެ. ސައީދާ އުޅެނީ އެންމެ މަތީ ބުރީގައެވެ. އެއީ އެއާޖެހުނު ބުރީގައި އުޅެނީ ނައީމާއެވެ. ކޮންމެ ބުރިއެއްގައި ތިން ކޮޓަރިއާއި […]
………………”އައި ހެވަންޓް ސީން ޔޫ ބިފޯ. މިފެނުނީ މިއަދު އެކަނި. އެވެސް މާ ކުރީގެ ތަސްވީރަކުން. ބަޓް އައި ޕްރޮމިސް، އައި ޕްރޮމިސް އައިލް ފައިންޑް ޔޫ.” ރިހާ އަނެއްކާވެސް ލެޕްޓޮޕްގަ އިން ތަސްވީރާ ވާހަކަ ދައްކަމުން މަޑުމަޑުން ބުނެލިއެވެ. ރިހާގެ ހިތަށް އެރިއެވެ. ހޯދާނަމޭ ބުނިނަމަވެސް ހޯދާނީ ކިހިނެއް ހެއްޔެވެ؟ ވީތަނެއް ކީއްކުރަން ހުންނަ ސިފައެއްވެސް ރިހާއަށް އެނގެނީކީނޫނެވެ. ނަމަވެސް ރިހާގެ ހިތް ބުނަމުން ދިޔައެވެ. ފެނުމުން ގައިމުވެސް އެނގޭނެއެވެ. ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ރިހާ […]
ނޫރާކައިރީ ނޫރާގެ އާއިލާ އިށީނދެގެން ތިބިއިރު އާޔަންގެ އާއިލާ އާޔަންކައިރީ އިށީނދެގެން ތިއްބެވެ. ކައިވެނީގެ ކަންތައް ފެށުނެވެ. ނޫރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އާޔަންވެސް އިނީ ހާސްވެފައެވެ. ދެމީހުންގެވެސް ފުރަތަމަ ކައިވެނިކަމުން ދެމީހުންވެސް ތިބީ އެއްހާލެއްގައެވެ. އާޔަން އަނބިގަބޫލުކަމުގައި ބުނުމުން އެންމެން އަތްޖަހަން ފެށިއެވެ. ކައިވެނީގެ ކަންތައް ނިމި ހަފްލާއަށް ހާޒިރުވެ ތިބިމީހުން ނޫރާއާއި އާޔަންއަށް މަރުހަބާ ކިޔުމުގައި އެތައްވަގުތެއް ހޭދަވެގެން ހިގައްޖެއެވެ. ނޫރާ މިހާރުއިނީ ލައިގެން އިން ހެދުމާހެދި އުނދަގޫވެގެން ހަދާނެގޮތް ބޮޑުވެފައެވެ. ނަމަވެސް […]