ރޫޔާ އާއި ނާޒުއާ ދެމީހުން ހިނގަމުން ހިނގަމުން އައިސް ކުއްލިއަކށް ހުއްޓުނެވެ. އެއަށްފަހު ކޮންމެވެސް ކަމަކާ ވިސްނާލިއެވެ. “ކިހިނެއްވީ…..؟ ކޮންކަމަކާ ތިވިސްނަނީ……” ރޫޔާގެ މޫނަށް ބަލާލުމަށްފަހު ވަރަށް ހައިރާންވެ ހުރެ އަހާލިއެވެ. އޭރު އެދެކުދިންނަށް މި ތިބެވެނީ ރޫޔާ މެންގެ ގެއާއި ދާދި ކައިރީގައެވެ. ދެން ޖެހިގެން އޮތް ގޯޅިން ލަނބާލާއިރު ނިކުމެވޭނީ އެގޭ ކުރިމައްޗަށެވެ. “ނާޒު ދެން ދޭ އިނގޭ މިހިސާބުން އަހަރެން އެކަނި ހިނގައިދާނަން….!” ރޫޔާ ވިސްނަން ހުރެފައި ބުނެލިއެވެ. “ކިހިނެއްވީ…….؟ އަހަރެން ރޫޔާގެ […]
ަނަވެފައިވާ އަހަރެންގެ ހަޔާތަށް އަނެއްކާވެސް ބަހާރު މޫސުން އަތުވެއްޖެއެވެ. މިލާ މޯޅިވެފައިހުރި މާތައް ފޮޅެން ފެށިއެވެ. މޭވާ އަޅާ ފުރެން ފެށިއެވެ. ހަޔާތުގެ ގަނޑުތަކުގައި ކުލަ ޖެހެން ފެށިއެވެ. ދިރިއުޅުމަށް އާބާރެއް ލިބިގެންދިޔައެވެ. އާއުއްމީދުތަކެއް ކުރެވުނެވެ. ފޮނި ހުވަންފެންތައް ފެންނަން ފެށިއެވެ. ދުވަސްތައް ފައިތުވަމުން ދިޔަހެން އަހަރެމެންގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ވިޝާމް ދާނަކަށް އަހަރެން ނުލައެއް ނުދެވެއެވެ. އަހަރެންވެސް ވިޝާމް ދާތާކަށް ދާހިތްވެއެވެ. ދެމީހުންނަށް ކެވެނީވެސް އެކަކު އަނެކަކު ކަންޏާއެވެ. ރޭގަނޑުގެ ބައްދަލުވުންތައް އާންމުކަމަށް […]
އާޔަންގެ ފޯނު ރިނގުވާއަޑަށް ހޭލެވުނުއިރު ގަޑިން ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. އާޔަން ބަލައިލިއިރު ގުޅަނީ އާޔަންގެ މަންމައެވެ. އޭރު ނޫރާގެވެސް ދެ މިސްކޯލް އައިސްފައި ވެއެވެ. “ކީކޭ މަންމާ؟” ކުރެހިފައިވާ އަޑަކުން އާޔަން ބުންޏެވެ. “ދަރިފުޅާ. އާދެބަލަ ހޮސްޕިޓަލަށް އަވަހަށް…. ސައީ…. ސައީ….” ޒޫނާއަށް ރޯންފެށުނެވެ. ބުނަން އުޅުނު އެއްޗެއް ނުވެސް ބުނެވުނެވެ. “އަރީއާ …. ޝައިލާވެސް …. ގޮވައިގެން އަންނާތި.” ޒޫނާ ނޭފަތް ދަމާލަމުން ޖުމްލަ ނިންމާލިއެވެ. އާޔަން ފޯނު ކަނޑާލިއެވެ. ސައީދާއަށް ކޮންމެސް ބޮޑުކަމެއް ވީކަން […]
ހުރިހާ ކިއުންތެރިންނަށް މިވާހަކަ އަކީ އަހަރެންގެ ހަޔާތުގައި ކުރެވުނު އެންމެ ހިތި އަދި ހަނދާނުން ފޮހެލަން ދަތިވި ތަޖުރިބާއެވެ. މިވާހަކަ ވެސް ތިއަ ކިއުންތެރިންނަށް ރީތިވާނެ ކަމަށް އުއްމީދުކުރަމެވެ. އަހަރެންނަކީ އުތުރުން ދެވަނަ އަތޮޅުގެ އާބާދީގެ ގޮތުން އެއަތޮޅުން ދެވަނަ ލިބިފައިވާ ރަށަށް ނިސްބަތްވާ ފިރިހެން ކުއްޖަކީމެވެ. އަހަރެންގެ ޒުވާންކަން ފެށިގެން އައި ދުވަސްވަރު އެހެން ޒުވާނުންނެކޭ އެއްފަދައިން އަހަރެންގެ ހިތުގައިވެސް ލޯތްބޭމިކިޔާ ޖަޒުބާތު އުފެދި އުތުރި އަރަން ފެށިއެވެ. އެގޮތުން ކުއްޖަކާއި ގުޅެން ބޭނުންވިއެވެ. އެކުވެރިން […]
“ޔޫ ލަވް ހަރ ރައިޓް؟” މޫސަ ޖީބަށް އަތްޖަހާލަމުން ބުންޏެވެ. “ކީކޭ ތި ކިޔަނީ؟” އާޔަން ބުންޏެވެ. “މިކިޔަނީ އާޔަން ޝައިލާދެކެ ލޯބިވެޔޭ. ދުވަހަކުވެސް ޝައިލާދެކެ ލޯބިނުވާނަންކަމަށް ބުނި މީހާ މިހާރު ތިއުޅެނީ ކިހިނެއް؟” މޫސަ ބުންޏެވެ. “މޫސާ. މޫސައަށް ހަގީގަތް އިނގޭނަމަ ތިހެންނެއް ނުބުނާނެ.” އާޔަން ހުރީ މޫސައަށް ހުރިހާވާހަކައެއްވެސް ކިޔާދޭން ތައްޔާރަށެވެ. އެންމެންގެ ތެރެއިން އާޔަން އެންމެ އިތުބާރު ކުރަނީ މޫސައަށެވެ. “ކިހިނެއްތަ ވެގެން ތި އުޅެނީ؟ މޫސަ އެންމެ ދެރަވަނީ ނޫރާއަށް އާޔަންގެ […]
ދަރިފުޅާ….ރޫޔާ މަންމަ ކުނިކޮޅު އުކާލާފަ އަންނަދެން މިތާ މަޑުކުރޭ އިނގޭ! ހަލީމާ އޭނާގެ ހަތް އަހަރަށް ދާ ކުޑަ ދަރިފުޅު މަގުގެ އެއްފަރާތެއްގައި ހުރި ގަހެއްގެ ހިޔަލުގައި ބެހެއްޓިއެވެ. އަދި އަތުގައި ހުރި ކުނިއަޅާއެތި ނަގާ ކިހިއްޔަށް ޖަހާލަމުން ދަރިފުޅާ ދިމާއަށް ބުނެލިއެވެ. ރޫޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “މަންމާ އަވަހަށް އައްނާތި ކޮއްކޮ އެކަނި މިތާ ހުންނަން ބިރުގަނޭ!” ކުޑަ ކުޑަ ރޫޔާ ބުނެލިއެވެ. މަންމަ ދިއުމާއެކު ރޫޔާގެ ކުޑަކުޑަ ހިތް ބިރުގައްނަގޮތްވިއެވެ. އެމާހައުލަކީ […]
އެދުވަހު މަންމައައީ އިރުއޮއްސެން އުޅެނިކޮންނެވެ. އާޔަން ދާ ވާހަކަ ބުނުމުން ސައީދާވެސް ނުހަނު ދެރަވިއެވެ. އާޔަން ސައީދާއާއި ސަލާމް ކޮށްފައި ނޫރާއާއި ވަކިވެގެން ދިޔައީ ނޫރާގެ ހިތް ރޮށްވާފައެވެ. އާޔަން އައުމާއިއެކު އަރީނާ އުފަލުން ފުމެން ފެށިއެވެ. އާޔަންއަށް ޝައިލާ ފެނުމުން ބަސް ހުއްޓުނެވެ. އެހާމަދު ދުވަސް ކޮޅެއްގެ ތެރޭ ޝައިލާގެ މޫނުމަތިވަނީ މުޅިން ބަދަލުވެފައެވެ. މޫނުމަތީވަނީ ކުދި ބިހިތަކެއް ނެގުމުގެ ސަބަބުން ހަންގަނޑުމުޅިން ރާޅުވެފައެވެ. ލޯކައިރި ކަޅުވަފައިވާއިރު މުޅިމީހާ ވަރަށް ބަލިވެފައި ވާކަން އިނގެއެވެ. ހާދަ […]
ހުރިހާކަމެއް ނިމިގެން އެންމެން ގެއަށް ދިއުމަށް ތެދުވިވަގުތު އެގޭ ތެރެއަށް ވަދެގެން އައި އަންހެން ކުއްޖެއް ފެނިފައި މޫސައާއި އާޔަން ހައިރާން ވިއެވެ. ދެމީހުން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލީ ސުވާލު އުފެދިގެނެވެ. އެ އަންހެން ކުއްޖާއަކީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ނާޒިމާއެވެ. އެއް އިރެއްގައި މޫސަ އަޅައިގަނެގެން އުޅުނު އަންހެން ކުއްޖާއެވެ. “ނާޒް! ތިއައީ ހުރިހާ ކަމެއް ނިމުނު ފަހުން! އާދެބަލަ އިންޓްރޮޑިއުސް ކޮށްދޭނަން!” ޝައިލާ ނާޒްގެ އަތުގަ ހިފައިގެން އާޔަންމެން ކައިރިއަށް […]
“ނޫރާ! …. ރިޕޯރޓް ލިބިއްޖެ.” ޒޫނާ ބުނިގޮތާއި ބުނި ރާގުން ނޫރާގެ ހިތް ނެގިނެގިފައި ޖެހެންފަށައިފިއެވެ. “ކިހިނެއްވީ ނަތީޖާ؟ އާޔަން ބައްޕަތަ ދެންމެ ގުޅީ؟” ބަދިގޭގައި އުޅުން ސައީދާ ނުކުމެގެން އައީ އިވުނު ވާހަކައިން އަޑުއެހުމަށެވެ. “އާން. އާޔަން ބައްޕަ ގުޅީ.” ޒޫނާ ބޯޖަހާލަމުން ބުންޏެވެ. އަދި ނޫރާއަށް ބަލައިލީ ހާސްވެފައި ހުރެއެވެ. “ނޫރާ. ޑީ އެން އޭ މެޗު ވެއްޖެ. އަރީނާ އިޒް މައި ޑޯޓަރ.” އާޔަން ނޫރާގެ އަތުގައި ހިފާލަމުން އާޔަން ނޫރާކައިރީ ބުނި […]