ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖާހަތުއަށް އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލެވެއެވެ. ހުމާމުގެ ހަބަރެއް އަދިވެސް ނުވެއެވެ. ފޯނުވެސް ވީ އޭނާގެ އަތުގައެވެ. ގަޑިން ދިހައެއް ޖަހަން ކައިރިވަނީއެވެ. ޖާހަތު ހުރީ ހަމަ އެގޮތުގައެވެ. ދޮރުގައި ޓަކި ދިން އަޑު ކުއްލިއަކަށް އިވިގެން ދިޔައެވެ. ސިހިގެން ދިޔުމާއެކު ކުޅު ދިރުވާލެވުނެވެ. ހުމާމު އެއައީއެވެ. ޖީބުގައި އޮތް ވަޅި ޗެކްކޮށްލިއެވެ. އަދި އެއަށްފަހު މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ. ކުޑަ ސިހުމެއް ލިބިގެން ދިޔައީ ދޮރުކުރިމަތީގައި […]
އެރޭގެ ވަގުތެކެވެ. ބެލް އެޅިއަޑަށް އަހަރެން ދޮރު ހުޅުވީ ވިޝާމްކަމަށް ހީކޮށެވެ. “އަޔާން؟” ވިޝާމްއާއެކު ދޮރުމަތީ ހުރި އަޔާން ފެނުމުން އަހަރެން ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އެކަން ފާޅުނުކުރީ ވިޝާމަށް އަންގަން ބޭނުން ނުވާތީއެވެ. “ކާންދާއިރު އަޔާންވެސް ގެންދަން ކަމަށް މި ގެނައީ. ރެޑީ ވީތަ؟” އެތެރެއަށް ދެމިގަންނަމުން ވިޝާމް ބުނެލިއެވެ. “ހޫމް.. ދީބާވެސް ނިމުނީދޯ ތި؟” ދީބާ ކައިރިއަށް ޖެހިލަމުން އަހަރެން އަހާލީމެވެ. “އާން. ތިމީހުން ނިކުމޭ. މަމިދަނީ” އަޔާންއާއި ވިޝާމް ނިކުންނަން ހިނގައިގަތެވެ. އަހަންނަށް […]
އަތޫފްގެ ހޫނުނޭވާ އަރީނާގެ މޫނަށް އެޅެމުން ދިޔައެވެ. އަރީނާއަށް ލޯމަރާލެވުނީ ބޭއިހުތިޔާރުގައެވެ. އަތޫފްއަށް އަރީނާގެ މޫނާ ކައިރިވެވެމުން ދިޔައީވެސް ބޭ އިހުތިޔާރުގައެވެ. ކުއްލިއަކަށް ދޮރުހުޅުވާލުމުން އަރީނާއާއި އަތޫފް ދިޔައީ ސިހިގެންނެވެ. ދެމީހުނަށް ދުރަށްޖެހިލެވުނެވެ. އަދި ދޮރާދިމާއަށް ބަލައިލިއިރު އާޔަން ބަލަހައްޓައިގެން ހުއްޓެވެ. އާޔަންއަށް ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އަންނަންވީ ރުޅިކަމެއްވެސް އާޔަންއަކަށް ނޭގުނެވެ. އާޔަންއަށް ފެނުނު މަންޒަރަކީ އާޔަން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. “އަރީނާ!” އާޔަންއަށް ގޮވާލެވުނީ ނުހަކު ބާރަށެވެ. އަރީނާއާއި އަތޫފް ދިޔައީ […]
އީމަންއަށް އޭނާގެ ޔާނު ހޯދިދާނެބާ؟ ދެމީހުންނަށް އެކުގައި އުޅުމުގެ ނަސީބު ލިބޭނެބާ؟ އިޔާނާ އެއީ ޔާނާ ބާ؟ ޖާހަތުއާއި އާއިޒުގެ ލޯބި އުފަންނުވަނީސް ވަޅުލެވިގެންދާނީބާ؟ ހުމާމުގެ ވަކިތަކުން ސަލާމަތްވެވިދާނެބާ؟ޖާހަތު ބަލިގަބޫލުކޮށް ހުމާމާއެކުގައި އުޅެން ނިންމާނީ ބާ؟ ޖާހަތުއާ ޔާނާ ބައްދަލުވާނެބާ؟ އީމަންގެ ހަޔާތަށް ޔާނާ އައުމުގެ ފުރުސަތު ރީމް ދޭނެބާ؟ ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ ވާހަކައިގެ ހުރިހާ ކިޔުންތެރިންގެ ހިތުގައި އުފެދިފައިވާ އެތަކެއް ސުވާލުތަކެއްގެ ޖަވާބާއި އެކީގައި 3 ނޮވެމްބަރުންފެށިގެން ވާހަކައިގެ އެންމެ ފަހު ސަފްހާތައް […]
“..އައި އޭމް އަ ގޭ..” ޝާންޓޭ އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. “..ލައިކް ޔޫ..” އަހަރެންނަށް ހީވީ މޫނުމަތީ އެތިފަހަރެއް ވީއްލާލިހެންނެވެ. ފަސް އެނބުރި ޝާންޓޭ މޫނަށް ބަލާލެވުނީ ޤަބޫލްކުރަން އުނދަގޫވި ވަރުންނެވެ. ޝާންޓޭ އެހާ ފާޅުގަ އެފަދަ އެއްޗެއް ބުނެފާނެކަމަކަށް ހީވެފައެއްވެސް ނެތެވެ. “..ވަޓް.. މަމީ..” އަހަރެންނަށް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. “..ޚާންއަށް ބުނަން ނުކެރުނަސް މަށަށް ކެރޭ..” ޝާންޓޭ އަހަރެން ގައިގާ އޮޅުލައި ގަތެވެ. “..އައި ރިއަލީ ލަވް ޔޫ..” އެހިނދު އަހަރެން […]
“ޑެޑީ. އައި އޭމް އިން ލަވް.” އަރީނާ ގޮޑިން ތެދުވެ ބުނެލިއެވެ. “ޑެޑީ، ގަބޫލު ކުރެވޭތަ؟” އަރީނާ އާޔަންއާއި ދިމާއަށް އެނބުރިލަމުން ބުންޏެވެ. “ވަޓް؟” އާޔަން އިނީ ގަބޫލު ނުކުރެވިފައެވެ. އާޔަންގެ ދަރިފުޅު އެހާބޮޑު ވެއްޖެ ހެއްޔެވެ. “ޑެޑީ އަށް ގަބޫލެއް ނުކުރެވޭ.” އާޔަން ލެޕްޓޮޕް ނަގާ ކުރިމަތީ އިން ކުޑަ މޭޒުމަތީ ބައިންދަމުން ބުންޏެވެ. “އާތު ތަ އެ ލަކީ ކުއްޖަކީ؟” އާޔަން އަހާލީ ހިސާބަކަށް އިނގިގެންނެވެ. “އާން. އާން ޑެޑީ. އައި ލަވް ހިމް.” […]
އަރީނާއަށް މެސެޖެއް އައުމުން އަރީނާ ފޯނުނަގާ ބަލައިލިއެވެ. އެއީ އަތޫފްގެ މެސެޖެކެވެ. އަރީނާ އަވަހަށް ކާގެއިން ނިކުމެގެން ދިޔައީ ތައްޔާރުވާށެވެ. އަރީނާ މީގެކުރިން އަދި ދުވަހަކުވެސް ވިލިގިއްޔަކަށް ނުދެއެވެ. އެހެންކަމުން އަރީނާ ހުރީ އާތަނަކަށް ދެވެން އުޅޭތީ ވަރަށް އުފާވެފައެވެ. “ޑެޑީއަށް އާތު ފެނޭތަ؟” އަރީނާ އާޔަންއާއި އެއްކޮން ސައިކަލުގައި އައިސް ފެރީ ޓާރމިނަލްއަށް ހުއްޓުމުން އަތޫފް ކޮބައިތޯ ބަލައިލިއެވެ. ” އަރީ! އަރީ!” އަތޫފް ނުފެނިގެން އަތޫފްއަށް ގުޅަން ފޯނުނެގިތަނާ އަތޫފް ގޮވާލިއެވެ. އަރީނާ ފަހަތަށް […]
“އަރީ. ކީއްކުރަންތަ މިތަނަށް ތި ގެނައީ؟” އަރީނާގެ ފަހަތަށް އައިސް ހުއްޓެމުން އަތޫފް ބުންޏެވެ. “މިތަނުން ކައިގެން އަރީއާ އެއްކޮން ހިނގާބަލަ މުޅި މާލެ ދައްކާލަން. މާލޭގެ އެކި ތަންތަން ކިޔައިދޭން. ޕްލީސް.” އަރީނާ ތެދުވަމުން ބުނެލިއެވެ. ” އޯކޭ. ހިނގާ. އެކަމަކު އާތު އަތަކުނެތް މިކަހަލަ ތަންތަނުން ކާނެހާ ލާއިރެއް އިނގޭ.” އަތޫފް ހުރީ އަތޫފްއަށް ބިލްދައްކަން ޖެހިދާނެތީ ކަންތައް ބޮޑުވެފައެވެ. ” ނޯ ވޮރީސް. އެކަމާ ހާސްނުވޭ. އަރީއޭ އެކަން ހަމަޖައްސާނީ.” އަރީނާ ބުންޏެވެ. […]
“ޑެޑީ! ލަދުގަނެފަތަ ތިހުރީ؟” އަރީނާއަށް މަޖާވީ އާޔަން އަދިވެސް އެހުރިގޮތަށް ހުރުމުންނެވެ. އެހެން މީހަކު ނޫރާގެ ވާހަކަ ދައްކައިފިއްޔާ އާޔަން ރުޅިއާދެއެވެ. ނަމަވެސް އަރީނާ ނޫރާގެ ވާހަަކަ ދެއްކުމުން އަރީނާދެކެ ރުޅިއެއްވެސް ނާދެވުނެވެ. އަދި ދުވަހަކުވެސް ނުރުހިގެން އަރީނާދެކެ ރުޅިއައިސްގެން އާޔަން އެއްޗެއް ނުބުނާތީކަންވެސް ނޭގެއެވެ. އާޔަން އެކަމާ އަނގައިން ނުބުނުމުން އަރީނާ އަނެއްކާވެސް މަޖާވެފައި ވާހަކަ ދައްކަން ފެށިއެވެ. ” ޑެޑީ ނޫރާ ހޯދަން ނޫޅެންޏާ އަރީ ދެން ނޫރާ ހޯދާނީ. އަރީއަށް ޓިކެޓް ނަގައިދީ […]