“..ޕްލީޒް ފޯން ކަނޑާނުލާތި..” އެ އަންހެން ކުއްޖާ ވަރަށް އާދޭހާއެކު ބުނެލިއެވެ. “..އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ..” އަހަރެން ހިތުގައި ޝައްކެއް އުފެދުނެވެ. އިޝާ ހެއްޔެވެ؟ ނޫނީ މިޒޫ ހެއްޔެވެ؟ އެމީހުންނަކީ އެތައްދުވަހެއް ވަންދެން ގުޅާ މެސެޖްކޮށް ހެދި މީހުންނެވެ. ނާޒްއަށް ވެދާނެ ބާވައެވެ. ނާޒްވެސް އިޝާފަދައިން މާފަށް އެދި އަލުން ގުޅެން ބޭނުންވެގެން އާދޭސްކޮށްފައިވެއެވެ. ނަމަވެސް އަހަރެން މީ އެކަކަށްވެސް ދެވަނަ ފުރުޞަތެއް ދޭނެ މީހެއް ނޫނެވެ. “..ކާކުކަން ބުނެލަދެވިދާނެތަ؟..” އަހަރެންނަށް ކާކުކަން ޔަޤީންކަމާއެކު ދެނެގަންނަން […]
ކާރުގެ ބަރުގޮނުގެ އަޑަށް އިޔާނާއަށް ސިހި ދެލޯހުޅުވާލެވުނެވެ. “އީމަން!” ނޭވާ ހާސްވެފައި ހުރެ ބުނެލެވުނެވެ. ކުރިމަތީގައި މަޑުކޮށްފައި އޮތް ކާރުން އަނެއްކާވެސް ބަރުގޮނުއެޅި އަޑަށް ސިއްސައިގެން ދިޔައެވެ. ކާރުތެރޭގައި ހިނިތުންވެލައިގެން އިން އީމަން އިޔާނާއަށް ފެނުނު ހިނދު ބޮލަށް އިތުރަށް ބާރުކުރަންފެށިއެވެ. އޭނާއަށް އީމަން މިފެނުނީ ކީއްވެ ހެއްޔެވެ؟ އޭނާއާ އީމަންއާ ކުރިން ގުޅުމެއް އޮތީ ހެއްޔެވެ؟ އެކަމަކު ކިހިނެތް ހެއްޔެވެ؟ ވިސްނެމުންދިޔަވަރަކަށް އިޔާނާއަށް އިތުރަށް އުނދަގޫވަމުންދިޔައެވެ. އީމަން އިޔާނާއަށް އައުމަށް އެދި ހަނާއެޅިޔަސް އިޔާނާގެ ތަބީޢަތް […]
“ދޮގު! ހުސް ދޮގު! މާން އޭނަޔާ ދޭތެރޭ ދެކެނީ މުޅިން ތަފާތު ނަޒަރަކުން.” ރީމް އަޑަށް ބާރުލާފައި ބުނެލިއެވެ. “އެހެންތަ؟ އެހެންވެއްޖެނަމަ ދެން ކީއްކުރަން ތިސުވާލުކުރަނީ ޖަވާބު އެނގޭއިރު؟” އީމަން ރުޅިގަދަވަމުން ދިޔަ ނަމަވެސް ކޮންޓްރޯލްކުރަން ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. “މާންގެ ދުލުން ހަޤީޤަތް އަޑުއަހަން ބޭނުންވާތީ. މާން ކަންކުރާގޮތް އަހަރެންނަށް އެނގެޔޭ. އަހަރެން ހީކުރީ މާންގެ އެ އޯގާތެރިކަމާ އަޅާލުމަކީ އަހަރެންނަށް ހެޔޮހިތުންދޭ އެއްޗެއް ކަމަށް. އެކަމަކު އެހެންނެއް ނޫން. ބަލަ އަހަރެންގެވެސް ބޮލުގަ […]
“އަޔާން އަހަންނަށް ލަނޑުދީފަ ފިލީ. އަހަރެންގެ ވީރާނާ ވެފައިވާ ހިތަށް ދިރުން ގެނެސްދިނީ ޝާމް. އަހަރެން ޝާމް ދުވަހަކުވެސް ދުލެއް ނުކުރާނަން. އަހަރެން އަޔާން ދެކެ ލޮތްބެއް ނުވަން. ދެން ނުވެސް ވާނަން. ފުރަތަމަ ލޯބިވީމަ އަޔާންގެ ހިޔާލު ކުރެވުނަސް އަޔާންދެކެ އަލުން ލޮތްބެއް ނުވެވޭނެ. އެއަށްވުރެ ބޮޑަށް އަހަރެން ޝާމްދެކެ ލޯބިވޭ. އާން. އަހަރެން ލޯބި ވަނީ ޝާމް ދެކެ. ހަމައެކަނި ޝާމްދެކެ” ސިކުނޑި ތެރޭ އެނބުރުނު ހިޔާލުތަކުން އަހަރެންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް […]
އާޔަން އައިސް ފާތުއަށް ސަލާމް ގޮވާލިއެވެ. ފާތު ސަލާން ބަލައިގަތެވެ. އަދި އަރީނާއަށް ހެޔޮދުޢާ ކޮށްލިއެވެ. އެވަގުތު އަނެއްކާވެސް ދޮރު ހުޅުވިގެން ދިޔައެވެ. އަނެއްކާވެސް އެންމެންގެ ސަމާލުކަން ދޮރާދިމާއަށް ދިޔައެވެ. ވަރަށް ހެވިފައި ހުރެ އަތޫފް ވަދެގެން އައިތަން ފެނުނެވެ. އާޔަންވެސް އަތޫފްއާއި ދިމާއަށް ބަލައިލަފައި އަނެއްފަރާތަށް އެނބުރުނީ ޖޫސްތައްޓެއް ނަގަންވެގެންނެވެ. އަތޫފްގެ ފަހަތުން ވަދެގެން އައި ނޫރާ ފެނުމުން އަރީނާއަށް ހަޅޭއްލަވައިގަނެވުނެވެ. “ކާންޓް ބިލީވް ދިސް.” އަރީނާއަށް ބާރަކަށް ބުނެލެވުނެވެ. އެވަގުތު ޒީނާއާއި ލައިއަށްވެސް ނޫރާފެނިގެން […]
ހިތްސުވާލުކުރެއެވެ. އިޔާނާއަށް އީމަންދެކެ ލޯބިވެވުނީހެއްޔެވެ؟ ހިތް މިސުވާލުކުރާ ކޮންމެ އިރަކު އިޔާނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދެއެވެ. މިހެން ވެގެން ނުވާނެއެވެ. އޭނާއަކީ ޒާންގެ އަންހެނުންނެވެ. މިއިނީ ޒާންގެ ދަރިއަކަށް ބަލިވެއެވެ. އަނެއްކޮޅުން އީމަންއަކީ ޒާންގެ ގާތް އެކުވެރިޔާއެވެ. އަހަރެންނަށް ކުރެވޭ އެންމެ ކަމަކުން އެތަށް ބައެއްގެ ދިރިއުޅުން ވީރާނާވެގެން ހިނގައިދާނެއެވެ. މިއީ ގޯސްހިޔާލުތަކެކެވެ. އެއްދުވަހެއްގެ ހަވީރެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި އިޔާނާ ބޭރަށް ނިކުތީ ފޫހިވާވަރުންނެވެ. ރީމްއާއި އީމަންވެސް ގޭގައެއް ނޫޅެއެވެ. ދެމީހުން ދިޔައީ ކޮންތަނަކަށްކަމެއް […]
ދުވާލު ހަތަރުދަމު އޮފީހުގައި އުޅުމުގެ ސަބަބުން ވަރުބަލިކަން އިޙްސާސް ކުރެވެން ފެށިއެވެ. މަސައްކަތުގެ ތެރެއަށް ގެއްލިފައި އިންވަރުން މީހަކަށް ގަޑި ކިޔާފައި ވާކަންވެސް ހަނދާންނުވިއެވެ. ގަޑިއަށް ބަލާލުމަށްފަހު އަވަސްއަވަހަށް އޮފީހުން ނިކުމެގެން ފެރީއަށް ދިއުމަށްޓަކައި ބާރު ހިނގުމެއްގައި ހިނގައިގަތީމެވެ. އިރުއޮއްސުމާއިއެކު ދުވާލުގެ އަލިކަންފިލާ އަނދިރިކަންވަނީ ވެރިވެފައެވެ. އެހެންނަމަވެސް މަގުތަކާއި ގެތަކުގައި ކަރަންޓުގެ އެހީގައި ދިއްލާފައިވާ ބޮކިތަކުގެ ސަބަބުން މާލެތެރެއަށްވަނީ ކަރަންޓުގެ އަލިން ޒީނަތްތެރިކަން ގެނެސްދީފައެވެ. ފެރީއަށް ލައްވާލީ ހަމަކިރިޔާއެވެ. އިށީދެލާނެ ތަންކޮޅެހޯދުމަށް ފެރީގެ ދެފަރާތަށް ލޯހިންގަމުން މަޑު […]
ދުވަހަކުވެސް ދެމީހަކު އެއްފަހަރާ ބޭނުންވި ހެއްޔެވެ؟ ދެމީހަކު ދެކެ އެކީ ލޯބި ވެވުން ހެއްޔެވެ؟ ތިމާ ބަރުބާދު ކޮއްލަން ބޭނުންވާ މީހަ ދެކެ ލޯބި ވެވިއްޖެއްޔާ ތިމާ ކުރާނީ ކީއްހެެއްޔެވެ؟ ލޯބީގެ މި އެކްޝަން ވާހަކައަކީ ހުރިހާ ރަހަތަކަކާއި އެކު ފެއްޓޭ ވާހަކައެކެވެ. ވަރަށް އަވަހަށް ފެށެނީ… ހުރިހާ އެންމެނަށްވެސް ކަމުދާނެ ކަމުގެ އުންމީދު ކުރަން…
އަޔާން އަހަރެންގެ ކޮނޑުގައި ހިފާ ގަޔާ ދިމާއަށް ކައިރި ކޮއްލިއެވެ. “އައި ލަވް ޔޫ އަ ލޮޓް.” އެވަގުތު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އަހަރެންނަށް އަޔާންގެ އަތް ފޮޅުވާލާ ފަހަތަށް ޖެހެވުނެވެ. “ޝާމް..” ވިޝާމް ހުރީ އަހަރެމެންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެން ވިޝާމްއާ ދިމާއަށް ދުއްވައިގަތީމެވެ. ވިޝާމް ދޮރު ލައްޕާ ލުމަށްފަހު ހިނގައިގަތެވެ. “ޝާމް މަޑުކޮއްބަލަ” އަހަރެން ގޮވާލުމާއެކު ވިޝާމްގެ ހިނގުން އަވަސްވެގެން ދިޔައެވެ. އަހަރެން ވިޝާމްގެ ފަހަތުން ދުވަމުން ދިޔައިމެވެ. ވިޝާމް ފަސްއެނބުރި ބަލާވެސް […]