Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވީރާނާ (2 ވަނަ ބައި)

Dolly Level 110 Stories
February 1, 2014 5 Mins Read
3 Comments

“ރާޝިދު” ޝެހެނާ ކިތަންމެ ރުޅިއައިނަމަވެސް ކުރިމަތީގައި ހުރި ރާޝިދުއާ ދިމާއަށް ބާރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެއީ ކީއްވެ ކަމެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. ރާޝިދުއަކީ ގަދަރުވެރި މީހަކަށްވާތީ ގަދަރުކުރެވެނީކަމަށްވެސް ވެދާނެއެވެ. އެކަމަކު އެއީ އެހާ މާތްމީހަކުނަމަ އަންހެންކުއްޖަކު އެކަނި އޮއްވާ ބެހޭކަށެއްވެސް ނުޖެހޭނެތާއެވެ.

ހިރުނދު މަލެއް ހިފައިގެންހުރި ރާޝިދު ހުރީ ކުރިމަތީގައިހުރި ރީތި ފަންމިންޏެއްފަދަ އަންހެންކުއްޖާއަށް ބަލަހައްޓައިގެން ދިވާނާއެއްފަދައިންނެވެ. އިއްޔެ ހަވީރު ފެނުނު މި ރީތި އަންހެންކުއްޖާއާ ހެދި ރޭގައި އޭނާއަށް ނިދުނީކީ ނޫނެވެ. އެއަންކުއްޖާ ދުށުމަށް ހިތް ބޭގަރާރުވަމުންދާތީ އޮފީހަށް ސަލާމްބުނެފަ ދޯންޏެއް ކުއްޔަށް ހިފައިގެން އުނގޫފާރުން ރަސްމާދޫއަށް އެއައީ އެހިތަށް ކުޑަނަމަވެސް ޝިފާއެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ރަށަކީ ކުޑަރަށެއްކަމުން، މީހެއްގެ އެހީތެރިކަމަކާނުލާ މިކަމާ އުޅޭނީއޭ ހިތައި، ރަށު އޮފީހާ ދިމާއިން އުތުރު ފަރާތު އަތިރިމައްޗަށް ނިކުމެ ހިނގަމުން ދަނިކޮށް، އޭނާއަށް ޝެހެނާ އެތާ ގަސްދޮށުގައި ނިދާފައި އޮއްވާ ފެނުމުން އޭނާގެ ނަސީބު އަތުގައި ހިފިކަހަލައެވެ. މަޑުމަޑުން އައިސް އެ މައުސޫމު މޫނަށް ބަލަންހުރެފައި ބިންމަތީގައި އޮތް ހިރުނދުމަލަކުން އެ ލޯބި މޫނުކޮޅުގައި ފިރުމާލެވުނީ އޭނާގެ އަމިއްލަ އިޙްތިޔާރަކު ނޫނެވެ. އެއާއެކު ޝެހެނާ ހޭލައި ސިއްސައިގެން ދިޔަގޮތުން އޭނާ ހުރީ ކުޑަކޮށް ޖެހިލުންވެސް ވެފައެވެ. ޝެހެނާގެ މޫނުމަތިން ރުޅިވެރިކަމުގެ ކުލަ ފެނުނު ނަމަވެސް އޭނާ އެކަން އަމަލުން ނުދެއްކުމުން ރާޝިދަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ.

” ހާދަ ލޯބިކޮށް ތި ގޮވާލީ އަހަރެންގެ ނަމުން..އަދި އެއްފަހަރު ގޮވާލަބަލަ..” ރާޝިދު މަސްތީގޮތަކަށް ޝެހެނާއާއި ކައިރިވަމުންދިޔައެވެ. އެވަގުތު ޝެހެނާގެ ބޮޑު ރީތިދެލުގެ ސިހުން އިތުރުވެ އެ ދެލޯ ބޮޑުވެގެންދިޔަތަން ރާޝިދުއަށް ފެނުނެވެ. “ވާ.. ތިޔައީ މަތިން ފައިބައިގެން މިތާ ގަސްދޮށަށް ފައިބާހުރި ޕަރީއެއްބާއޭވެސް އެބަހިތައް އަރާ.. ހާދަ ރީއްޗޭ” ރާޝިދުއަށް ބޭއިޙްތިޔާރުގައި އެ ރީތި ހޫރައްލީނެއްފަދަ އަންހެންކުއްޖާއަށް ތައުރީފުކޮށްލެވުނެވެ. އެވަގުތު ޝެހެނާގެ މޫނު ލަދުން ރަތްވެގެން ދިޔައިރު ޝެހެނާއަށް ނޭނގިނަމަވެސް ރާޝިދުގެ ހިތް ޝެހެނާއަށް ދަހިވާވަރުވެއްޖެއެވެ. ރާޝިދުއަކީ މުޅި އަތޮޅުގައި ބުރުޖަހާމީހެއް ނަމަވެސް މިހާ ރީތި އަންހެން ކުއްޖެއް ކުރިން ނުދެކޭކަމަށް އޭނާގެ ޒަމީރު އެއްބަސްވާވަރުވެއެވެ.

ޝެހެނާހުރީ މީހަކަށް ފެނިދާނެތީ ވަރަށް ކަންބޮޑުވެފައެވެ. އަނެއްކޮޅުން މިހާރު ޝެހެނާގެ މަންމަ ގެއަށް ނާންނަކަމެއްވެސް ނޭނގެއެވެ. މަންމަ އަށް ޝެހެނާ މިގޮތަށް ފިރިހެނެއް ކައިރީ ހުއްޓާ ފެނިއްޖެއްޔާ ނޮޅާލާނީ ނޫންކަމެއްވެސް ނޭނގެއެވެ. އޭނާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއިރު ވަރަށް ދުރުގައި ރަށުގެ ހަރު އަންހެނުންތަކެއް ގްރޫޕް ހަދައިގެން ރޯނުވެށުމުގައި އަވަދިނެތި އުޅޭތަން ފެނެއެވެ. އެ ނޫނީ މުޅިހިސާބުގައިވެސް މީހަކު ނެތެވެ. މާހައުލުގައި އެއް އަޑަކަށް ރާޅުގެ އަޑާއެކު، ވަޔާ ގަސްގަސް ހެލޭ އަޑާއި ކާޅު ގޮވާ އަޑު ނީވޭނާމަ މިހާރު އޭނާގެ ހިތް ބިރުން ތެޅޭ އަޑު ރާޝިދުއަށް އިވޭނެކަން ޔަގީނެވެ. ނަސީބަކުން ރާޝިދު ޝެހެނާގެ ގަޔަކު އަތެއް ނުލައެވެ. ރާޝިދު ޝެހެނާއާއި ދިމާއަށް އެގޮތަށް އެބަލަނީ ކިއްވެ ކަން ޝެހެނާގެ ޅަ ހިތަށް ނުވިސްނުނު ތަނުގައި ދެން ހަދާނީ ކިހިނެތްކަމެއްވެސް ނޭނގޭ ހާލު އެހުރިގޮތަށް ގުޑާ ނުލާ އޭނާ ހުއްޓެވެ. ރާޝިދު ވަކިވަރަކަށް ކައިރިވުމުން ޝެހެނާއަށް ލަދުން ބޭއިޙްތިޔާރުގައި އިސްދަށަށް ޖެހުނެވެ.

“ކޮން ވަހެއް އެދުވަނީ؟؟” ރާޝިދު އެހެން އެބުނީ ކީއްވެ ކަމާމެދު ޝެހެނާ ވިސްނާލިއެވެ. އަދި އަވަސްއަވަހަށް ބަދިގެއާ ދިމާއަށް ދުއްވާގަތެވެ. ޝެހެނާ އުދާފައި ހުރި ބަތްތަވާ ދުންގަތީއެވެ. އެވަގުތު އެ ބައްތަވާ ދުންގަތުމަކީ ނަސީބެކޭ ޝެހެނާގެ ހިތައް އެރިއެވެ. އަދި އޭނާގެ މަންމަ މެންނަށް ފެންނަން ވާއިރަށް ރާޝިދުގެ ކިބައިން ސަލާމަތްވީތީ، ހިތަށް ލިބުނު ހަމަޖެހުމަކުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. ބަތްތަވާ އުނދުންމަތިން ބާލާފައި ރާޝިދު އަދިވެސް އެ ތަނުގައި ހުރިތޯ ބަލާލާނަމޭ ހިތަށްއަރާފައިވެސް ޝެހެނާގެ ހިޔާލުބަދަލުވެގެން ބަދިގެ ތެރޭގައި އިންގޮތަށް އިނީއެވެ.  މިކަމުގައި އޭނާގެ ކުށެއް ނެތްނަމަވެސް މަންމަ އޭނާ ކުށްވެރިނުކުރާނޭ ގޮތަކީ ނެތްގޮތެކެވެ. ކުރިންވެސް އޭނާ ފަހަތުން ފިރިހެންކުއްޖަކު މޮޔަވެގެން އުޅުނުކަން މަންމައަށް އެނގުމުން އޭނާގެ މަންމަ އޭނާއާ ދިމާއަށް ވަރަށް އެއްޗެހިކިޔައި އަނިޔާކޮށްފައިވެއެވެ. ޝެހެނާގެ މަންމަ ދުވަހަކުވެސް ޝެހެނާއަކަށް އިތުބާރެއް ނުކުރެއެވެ. އެދުވަސް ހަނދާވުމާއެކު ޝެހެނާގެ ލޮލުން ކަރުނަ ހިލުނެވެ. “ރާޝިދު އިއްޔެ ރަށަށް ދާނަމޭ ކިޔާފައި ނުގޮސް ތިހުރީ އަހަރެންގެ އަގުވައްޓާލަންކަމަށްތަ..؟ އިއްޔެ މަށަށް ކުރެވުނު ވަރު ކުޑައީތަ.. ވަރަށް ފޫހިވޭ މީހާގަނޑާ..!!އަދި މިއަދު ގޮތްކުޑަކަމުން މަ ނިދާފަ އޮއްވާވެސް އައިސް….ޗިޗި.. ހާދަ ގޮތެއް ނެތޭ!!” ޝެހެނާގެ އެތަނުގައި ރޯން އިނދެގެން ހިތާހިތުން ރާޝިދުއާ ދިމާއަށްވެސް ވަރަށް އެއްޗެހި ކިޔެވެ.

ކުރިއަށް އޮތީ ސަރުކާރު ބަންދު ދެދުވަސްކަމުން ރާޝިދު ގަސްދުކުރީ އުނގޫފާރަށް ނުގޮސް ރަސްމާދޫގައި މަޑުކުރުމަށެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. އޭނާގެ ހިތުގައި ރަނިކަންކުރަމުންދާ ރީތީގެ ރާނީ ފެންނަ ހިސާބުގައި ހުރުމަށްޓަކައެވެ. އެ ރީތި މައު، ބަގީޗާގައި ފަރިވެފައި އިންދާ އެހެން މާބުރެއް އެމަލުގައި ޖައްސަންވާއިރަށް ބިނދެވޭތޯ ބެލުމަށްޓަކައެވެ. ކޮންމެ ގޮތެއް ހަދާފައިނަމަވެސް، ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ޝެހެނާއަކީ އޭނާގެ މީހަކަށް ހަދަން ރާޝިދު ބޭނުންވެއެވެ. އޭނާވަނީ މިއަދު ޝެހެނާއާއި ދިމާވި ފަހުން ވަފިއްޔާމެންގެ ގެއަށްގޮސް އެވާހަކަތައް ވަފިއްޔާއާއި ހިއްސާކޮށް ޝެހެނާއާއި ބެހޭ ހުރިހާ މައުލޫމާތެއް ހޯދާފައެވެ. ޝެހެނާގެ ނިކަމެތިކަމާ އެފަކީރު އުޅޭ ހާލު އެނގުމަށްފަހު، ރާޝިދުގެ ހިތުގައި ޝެހެނާ އާއި މެދު އޮތް ގަދަރު އިތުރުވެގެންދިޔައެވެ. އެ ކުއްޖާފުޅު އޭނާ އަށް ލިބޭ ދުވަހަކުން، ދުވަހަކުވެސް ހިތުގައި ނުޖައްސާ ލޯބިން ގެންގުޅޭނަމޭ އޭނާގެ ހިތަށް އެރަމުންދިޔައެވެ.

ޝެހެނާ އޭނާގެ ކޮއްކޮ މެހެނާ އާއެކު ސައިބޯން އިނެވެ. ދުވަހަކީ ހުކުރުދުވަސްކަމުން މެހެނާ ތަންކޮޅެއް ލަހުން ތެދުވެގެން އުޅޭ ދުވަހެކެވެ. އެކަހަލަ ދުވަސްދުވަހު ކޮއްކޮ އާއެކު އެއް ސުފުރާމަތީގައި ސައިބޮވޭތީ ޝެހެނާ ވަރަށް އުފާވެއެވެ. މެހެނާގެ އުމުރުން މިހާރު 13 އަހަރުވެފައި ވީނަމަވެސް ގޭތެރޭގެ މަސައްކަތްތައް ކުރުމަކަށް އޭނާ އެހާ ފޯރިއެއް ނުހުރެއެވެ. ކަމަނަގެ އެންމެ ހަގު ދަރިފުޅުވީމަ އޭނަ ޅަކުރާވަރުން ކަމަށްވެސް ވެދާނެއެވެ. ޝެހެނާ އާއި މެހެނާގެ އިތުރުން އެ ދެކުދިންގެ ދޮއްޓަށް 1 އަންހެން ދަރިއަކާއި 3 ފިރިހެންކުދިން ކަމަނައަށާއި ހަސަނަށް ލިބިފައިވެއެވެ. ނަމަވެސް އެކުދިންތައް ބޮޑެތިވެގެން ކިޔަވައިގެން މިހާރު ދިރިއުޅެމުންދަނީ މާލޭގައެވެ. އެހެންކަމުން އެ އާއިލާގެ ހުރިހާ މެންބަރުން އެއްތަންވާ ދުވަހެއް ވަރަށް ނާދެއެވެ.

“ޝެހެނާ.. މިއަދު މަ ގޮވައިގެން ބަށިކުޅެން ދައްޗޭ. މަވެސް ބޭނުން ބަށިކުޅެން ދަސްކުރަން”. މެހެނާ ޝެހެނާއާއި އަބަދުވެސް މުހާތަބުކުރަނީ ނަމުންނެވެ. ކުޑައިރުއްސުރެ ކަމަނަ މެހެނާއަށް ދަސްކޮށްދީފައިވަނީ އެގޮތަށް ކިޔުމަށެވެ. ޝެހެނާ ރޮށިކޮޅެއް އަނގައަށް ލަމުން ހިނިތުންވެލަމުން ބޯޖަހާލިއެވެ. އުފަލާއެކު ކޮއްކޮ ގެންދާނަމޭ ބުނާ ފަދައަކުންނެވެ.

ރަށުގެ ޅަފުރާ އަންހެން ކުދިންތައް ބަށިދަނޑުގައި ފޯރިއާއެކު ބަށިކުޅެމުންދެއެވެ. ބަށި ދަނޑާ ތަންކޮޅެއް ދުރުނޫން ހިސާބެއްގައި ހުރި ކަށިކެޔޮ ގަސްތަކެއްގެ ނިވަލުގައި ހުރެ ވަގުވަގަށް ބަށިދަނޑަށް ބަލަހައްޓައިގެން ރާޝިދު އޮތެވެ. ޝެހެނާގެ ފަންދިގު އިސްތަށިގަނޑު ވަނީ އެއްވެސް ތަރިތީބެއް ނެތް ގޮތަކަށް ހުޅިއެއްޖަހައި ބޮލު މައްޗަށް ނަގައި ދައްޗެއް ޖަހާލާފައެވެ. ޝެހެނާ ލާފައި ހުރި ފިޔާތޮށިކުލައިގެ ދޯޕައްޓާ ހެދުމުގެ ދޯޕައްޓާ އުނަގަނޑުގައި އައްސާލާފައިވާއިރު އެ ރީތި ދޮން ކަނދުރާގެ ދޮންކަމާއި އޮމާންކަން އެހާދުރުންވެސް ރާޝިދުއަށް ފެނިގެން ދިޔައެވެ. އެ ލޫޅާފަތި ހިމަތޮޅި ހަށިގަނޑުގެ ވަނާތައް ރީތި ބުރުސޫރައަށް ބަލައި ފޫހި ނުވާހާވެއެވެ. ޝެހެނާ ދަނޑުގައި ކުޅެން އުޅޭއިރު އެ ގެންނަ ފަރި ހަރަކާތްތައް ބަލަން ރާޝިދުއަށް ހުރެވުނީ ނޭނގިނަމަވެސް އަނގަނަގައިގެންނެވެ. ރަށަށް އަރާ ބީރައްޓެހިން ރަށުގެ އަންހެންކުދިންނަށް ބަލާ ހެދުމަކީ އެ ރަށުގެ ފިރިހެންވެރިން ވަރަށް ރުޅިއަންނަކަމެއްކަމާއި އެފަދަ މީހުންގެ ގަޔަށް އެރަށު މީހުން ފިއްލެޔޮ އަޅާވާހަވެސް ރާޝިދަށް ވަނީ އިވިފައެވެ. ރަށު މީހަކަށް އޭނާ އެތާ އޮއްވާ ނުފެންނަކަން އެއީ އޭނަގެ ނަސީބެވެ. މިދާވަރުން އޭނާ މޮޔަ ނުވާނެ ކަމެއްވެސް ނޭނގެއެވެ. މިއަދު ހެނދުނުއްސުރެ ޝެހެނާއާއި އެކަނި ބައްދަލުކޮށްލާނެ ދަނޑިވަޅަކަށް ބަލަބަލާ ހުންނަތާ މިހާރު ކޮންއިރެއްހެއްޔެވެ. އެގޭދޮށުގައި މުގޯލި އެޅުނީ ކިތައްފަހަރުކަމެއްވެސް ނޭނގެއެވެ. ކުރީދުވަހު ގޮތަށް ޕަރީއެއް ފަދައިން އެ ކުއްޖާ ހިރުދުގަސްދޮށުގައި އިންނާނެ ނަމައޭ ހިތަށްއަރާފަހަރުވެސް މަދެއް ނޫނެވެ. ޝެހެނާގެ މަންމަގެ ޒީލަގަދަ ވާހަކަ އަޑުއިވުނު ފަހުން ކުރިން ދުވަހު ލިބުނު ހިތްވަރުކޮޅުވެސް ވަނީ އެލިފައެވެ. މިވީ ގޮތުން ވަފިއްޔާގެ ކައިރީ ޝެހެނާ އާއި ބައްދަލުވާނޭގޮތެއް ހަދައިދޭން ބުނަން ރާޝިދު ގަސްދުކުރިއެވެ.

މަޤްރިބު ނަމާދުކޮށްލައިގެން ރާޝިދު ވަފިއްޔާމެންގެ ގެއަށް ދިޔައިރު ފަހާފޮށިކައިރީ ހެނދުމެއް ފެހުމުގައި ވަފިއްޔާ އަވަދިނެތި އުޅެމުންދިޔައެވެ.

“އަހަނ.. ރާޝިދު ކޮން ވަޑާމެއް؟؟ އާދޭ.. އިށީންދޭ.. ސައިބޯންވީނު؟؟” ވަފިއްޔާ ރާޝިދުއާ ސަލާމްކޮށްލުމަށްފަހު ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. “ނޫނޭ.. ސައި ހަދާނެ ކަމެއް ނެތް.. މި އައީ ވަރަށް ބޮޑު ކަމަކު.. މާދަމާ މަ ރަށަށް ފުރަންވާއިރަށް އެބަޖެހޭ އެއްކަލަ ކަންތައް ކޮންމެސް އެއްކޮޅަކު ޖައްސަން.. އަސްލު ވަފިއްޔާގެ ގާތް ރަޙުމަތްތެރިޔާވީމަ.. މަ ޔަގީންކަން ދެން..އޭނަ އަކަށް ދެރަގޮތެއް ނަހަދާނަން. މަ ބޭނުން އޭނަ ކައިރީ އިންނަން އަހަން..” ރާޝިދު ލަސްލަހުން ވަރަށް އާދޭސް ރާގަކަށް ވަފިއްޔާއަށް ކިޔަދެމުންދިޔައިރު، ރާޝިދުގެ ވާހަކަތަކުން ވަފިއްޔާގެ މޫނު އުޖާލާވަމުން ދިޔައެވެ. އޭނާއަށް އޭނަގެ ގާތް ރަހުމަތްތެރިޔާގެ ދިރިއުޅުން އުޖާލާކޮށްދިނުމަށް ހޯދޭނޭ އެންމެ އެކަށީގެންވާ ފިރިހެނަކީ ރާޝިދު ކަހަލަ ހަރުދަނާ މުއްސަނދި މީހެއްކަން ޔަގީނެވެ. އޭނާއަށް އޭނަގެ ދައްތަ އަފީފާގެ ފަރާތުން ރާޝިދުއާބެހޭ ބައެއް މައުލޫމާތު ވަނީ އެނގިފައެވެ. ރާޝިދު އާއި ޝެހެނާގެ އުމުރުގެ ގޮތުން ރާޝިދު ބޮޑު ނަމަވެސް އެއީކީ އެއްވެސް މައްސަލައެއް ނޫނެވެ. ވަފިއްޔާ އުފަލާއެކު މިރޭ ޝެހެނާ އޭނާގެ ކޮއްކޮ އާއެކު އެގެއަށް އަންނާނެ ވާހަކަ  ބުނެފައިވާކަމަށާއި އެ ގަޑިއަށް އައީމަ ބައްދަލުވާނޭ ގޮތް ހަދައިދޭނެކަމަށް ބުނުމުން ރާޝިދުގެ އުއްމީދު އާވިއެވެ. އަދި މިރޭގެ ޕްލޭން ރާވާލުމަށްފަހު ރާޝިދު އެގެއިން ނިކުތެވެ.

އިޝާނަމާދުކޮށްގެން ކުޑަ މިސްކިތުން ފައިބަމުންދިޔަ މީހުންތަކުގެ ތެރެއިން އަވސްހިނގުމެއްގައި ހިނގަމުން އަންނަ ރާޝިދުގެ މިސްރާބުހުރީ ވަފިއްޔާމެންގެ ގެއާދިމާއަށެވެ. ވަފިއްޔާ ބުނި ގަޑިއަށް އޭނާ ކޮންމެ ގޮތެއް ހަދާފައިނަމަވެސް އެގޭ ދޮށުގައި ހުންނަން ޖެހޭނެއެވެ. ހިނގަމުން ދިޔައިރުވެސް ޝެހެނާގެ ރުހުން ލިބޭތޯ ރާޝިދުގެ ހިތާހިތުން ދުއާކުރަމުން ދިޔައެވެ. ކުޑަ މިސްކިތަކީ ސަހަރާ ތެރޭގައި އިން މިސްކިތަކަށްވެފައި އެ މިސްކިތުގެ ހޮޅިބުރި އަލި ފިޔަވައި މުޅި ހިސާބު ގަނޑު އޮތީ އަނދިރިކޮށެވެ. މަގުމަތީގެ ފާރުތަކުގެ ތެރެއިން ރަފީގު ފަނީގެ ތޫލި އަޑުން މުޅި މާހައުލު ގުގުމާލާފައިވެއެވެ. ހަލުވި ފިޔަވަޅުތަކަކާއެކު ރާޝިދުއަށް ފަވިއްޔާމެންގެ ގެއަށް އާދެވުނުއިރު ޝެހެނާމެން އަދި ނާދެއެވެ. ރާޝިދު ވަފިއްޔާއަށް އިޝާރަތްކޮށްލުމަށްފަހު އެގޭގެ ގިފިލިތެރެއަށް ވަދެގެންފިއެވެ. ރާޝިދަށް މާގިނައިރަކު އެތަނުގައި މަޑުކުރާކަށް ނުޖެހުނެވެ. ގޭތެރެއިން ޝެހެނާމެންގެ އަޑު އިވިގެންދިޔައެވެ.

ޝެހެނާ އާއި މެހެނާ ގޭތެރެއަށް ވަނުމާއެކު ވަފިއްޔާ އެ ދެމީހުން ގޮވައިގެން ކޮޓަރިއަށް ވަދެއްޖެއެވެ. އަދި މެހެނާ ކައިރީ ކޮޓަރީގައި މަޑުކުރުމަށް ބުނަމުން ޝެހެނާ އަތުގައި ހިފައިގެން ކޮޓަރިން ނިކުތެވެ. ޝެހެނާ ވާނުވާ ނޭނގޭ ހާލު ވަފިއްޔާ ކައިރީ ވީ ކީއްތޯ އަހަމުންދިޔައެވެ.

“މިއުޅެނީ މެހެނާ އަށް ފިލުވަންވެގެން… ފީކޮއިކުޅެން.” ވަފިއްޔާ ޖޯޝާއެކު އެހެން ބުނުމުން ޝެހެނާ ކައިރިއަށް ވަރަށް ހިނިއައެވެ. ރޭގަނޑު ގަޑީގައި ބިރުން ފީކޮއި ނުކުޅެން އުޅޭމީހަކު މިރޭ ފީކޮއި ކުޅެން އުޅެގަތުމުން ލަނޑެއް ދޭނަމޭ ކިޔައި ވަފިއްޔާއަށް ވަރަށް ޖޯކުޖަހަޖަހާފައި ދިމާކުރަންފެށިއެވެ. އަދި އެއްވެސް އިތުރު ސުވާލެއްނުކޮށް ވަފިއްޔާއަށް ބުނިފަދައިން މެހެނާއަށް ފިލުމަށް އެއްވެސް ހާސްކަމެއް ނެތި ގިފިއްޔަށް ވަދެއްޖެއެވެ. ގިފިއްޔަށް ވަނުމާއެކީ ވަފިއްޔާ ގިފިލި ބޭރުން ދޮރު ތަޅުލިއެވެ.

އެވަގުތު ފަހަތުގަ މީހަކު ހުރިހެން ހީވެގެން ޝެހެނާގެ ކަރު އަރިކޮށްލާފައި ފަހަތް ބަލާލިއިރު ރާޝިދު ފެނުމުން އޭނާ ބިރުން ރޫރޫ އަޅައިގަތެވެ. ގަތްބިރުން ދޮރާ ދިމާއަށް ދުއްވާގަނެ ހަޅޭލަވާގަތުމަށް އަނގަ ހުޅުވާލުމާއެކު ރާޝިދުގެ ހުށިޔާރުކަމާއެކު ޝެހެނާގެ ފުރަގަހުން ބައްދައިގަނެ އޭނަގެ އަނގަމަތީގައި އަތް އެޅިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Dolly

Level 110 Stories

Other Articles

Previous

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 8 ވަނަބައި

Next

ވީރާނާ (ތިން ވަނަ ބައި)

Next
February 2, 2014

ވީރާނާ (ތިން ވަނަ ބައި)

Previews
February 1, 2014

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 8 ވަނަބައި

3 Comments!

  1. Dolly says:
    February 1, 2014 at 9:32 pm

    އުއްމީދުކުރަން މިބައި ކަމުދާނެ ކަމަށް. 🙂 “ME” ބުނިފަދައިން ދިގުކޮށް ގެނެސްދެވޭތޯ ބެލިން. އިރާދަކުރެއްވިޔާ އަނެއްބައިވެސް ވަރަށް އަވަހަށް އަޕްކޮށްދޭނަން. އިންޝާ ﷲ.

  2. me says:
    February 1, 2014 at 11:20 pm

    hehehe thanx Dolly, mihaaru rangalhey, mifaharu thi ninmaaly ves wait kurevey kahala gothakah, nice, waiting 4 the next

    1. Dolly says:
      February 2, 2014 at 1:52 am

      Thanks “me” 🙂

Comments are closed.


All Right Reserved!