Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީރާނާ (4 ވަނަ ބައި)

Dolly Level 110 Stories
February 2, 2014 7 Mins Read
6 Comments

މެންދުރުގެ ވަގުތެވެ. އައިސާމަނިކެމެންގޭގެ ބޮޑު ބަދީގޭގައި އާއިލާތެރޭ ގިނަ އަންހެންވެރިން އަވަދި ނެތި ކެއްކުމުގައި މައްސޫލުވެގެން އުޅެއެވެ. މިއަދަކީ ރާޝިދު އާއި ޝެހެނާގެ ދަރިފުޅަށް ހަތްދުވަސްވެގެން ނަން ކިޔާ ދުވަހެވެ. އާއިލާތެރޭ ފިރިހެންވެރިން ގޯތިތެރޭގައި ހުރި ހުސްޖާގައިގާ ރިޔާ ދަމައި ކާން ތައްޔާރުކުމަށް އުޅެމުންދެއެވެ. ޝެހެނާވެސް ދަރިފުޅު ނިންދަވާފައި ކެއްކުމުގައި ބައިވެރިވުމަށް ބަދިގެއާ ދިމާއަށް ދިޔައެވެ. އެވަގުތު އޭނާގެ ކަންފަތަށް އިވުނު ވާހަކަތަކަކުން އޭނާގެ ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ފައިން ވާގި ދޫވާހެން ހީވެގެން ކައިރީގައި ހުރި ފާރުގައި ހިފަހައްޓާލެވުނެވެ. އެއީ އޭނާ ދުވަހެއްގައިވެސް އަޑުއަހަން ބޭނުންވި ވާހަކަތަކެއް ނޫނެވެ. އަދި އެއީ ތެދު ވާހަކަތަކެއް ކަމަށް ގަބޫލުކުރުމަށް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ؟

ޝެހެނާއަށް އިތުރަށް އެތާ ހުންނަން ކެތް ނުކުރެވިގެން އަވަސްއަވަހަށް ކޮޓަރީއާ ދިމާއަށް ހިނގާގެންފިއެވެ. އެވަގުތު އޭނާގެ ފައިގައި އަޅާގެންފައި އެތާ ކައިރީ ހުރި ތިރި އަށިމަތީގައި ބަހައްޓާފައި ހުރި ގަހަށް ފެންދޭ ކުރާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އެއަޑަށް ބަދިގެ ތެރޭގައި ތިބިމީހުން އެދިމާއަށް ބަލާލިވަގުތު، ޝެހެނާ އަވަސްއަވަހަށް ނިވާވެ ކޮޓަރިއާ ދިމާއަށް ދުއްވާ ގަތްތަން އެމީހުންނަށް ފެނުނެވެ. އެމީހުން އެކަކު އަނެކެއްގެ މޫނަށް ހާސްކަމާއެކު ބަލާލީ އެ މީހުން ދެންމެ ދެއްކި ވާހަކަ ޝެހެނާއަށް އަޑިއުވުނީކަން ޔަގީންވުމުންނެވެ.

ޝެހެނާކޮޓަރިއަށް ވަތްގޮތަށް އެނދުގައި ނިދާފައި އޮތް ކުޑަކުޑަ ދަރިފުޅު ކައިރީ އޮވެ ރޯންފަށާފިއެވެ.

“ދަރިފުޅާ..!! މިއަދު ދަރިފުޅާއެކު މަންމަ ނިކަމެތިވެއްޖެ..!! މަންމަ ކިހިނެތް ހަދާނީ!! މަންމަ ދުވަހަކުވެސް ހިޔެއް ނުކުރަން ދަރިފުޅުގެ ބައްޕަ އެހެން ހަދާފާނެކަމަކަށް..!!” ޝެހެނާ ގިސްލަގިސްލާފައި ހިތާހިތުން އޭނާގެ ދަރިފުޅާ ވާހަކަ ދައްކަމުން ދިޔައެވެ. އެމީހުން ބަދިގެ ތެރޭގައި އެދެއްކީ ރާޝިދު ޒާހިޔާ އާ ދެ އަތްބަށް އިންނަން އުޅޭވާހަކައެވެ. އަދި ޝެހެނާ ބަލިވެ އިނީއްސުރެ އެ ދެމީހުން ޝެހެނާއަށް ވަގަށް ރައްޓެހިވެގެން އުޅުނު ވާހަކައެވެ. ޝެހެނާ ބަސްއަހައިގެން ގޭގައި އޮންނައިރު ރާޝިދު ޝެހެނާއަށް ދޭން އެނގުނު ހަދިޔާއަކީ އެއީ ހެއްޔެވެ.؟ ޝެހެނާ ރާޝިދުއަށް އެންމެ ބޭނުންވި ދުވަހު އެގޮތަށް ނިކަމެތިކޮށްލުމަށްފަހު އެހެން އަންހެނެއް ކައިރިއަށް ދިޔުންހެއްޔެވެ.؟ މިއީ އެއްވެސް އިންސާފެއް ނޫނެވެ. ޝެހެނާއަށް އެހެން ރޯން އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އެރީތި ދެލޯވަނީ ރުއިމުގެ ސަބަބުން ދުޅަވެއަރާފައެވެ.

ނަމަވެސް މެންދުރު ނަމާދަށްފަހު ނަންކިޔުމުގެ ހަފްލާއަށް މީހުން އަންނަންވާއިރަށް ޝެހެނާ މޫނު ދޮވެ ތައްޔާރުވެލިއެވެ. އަދި އެއަށްފަހު ދަރިފުޅުވެސް ތައްޔާރުކޮށްލިއެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ރާޝިދުވަނެވެ. ޝެހެނާއަށް މިއަދު ރާޝިދު ފެންނަނީ ވަރަށް ދުރުގޮތަކަށެވެ. ރާޝިދު ގެއަށް އައުމާއެކު އޭނާގެ އާއިލާ މީހުންވަނީ ޝެހެނާއަށް އޭރު ރާޝިދުގެ ވާހަކަތައް އިވިގެން ކޮޓަރިއަށް ވަތްގޮތަށް އަދިވެސް ހަބަރެއް ނުވާވާހަކަ ބުނެ އެކަމާ ކަންބޮޑުވާކަން ފާޅުކޮށްފައެވެ.

“މަށަށް މި އިވޭ ފާޑުފާޑުގެ ވާހަކަތަކަކީ ތެދެއްތަ؟؟” ޝެހެނާއަށް ދުވަހަކުވެސް އެހާ ރުންކުރުކޮށް މީހަކާ ދިމާއަށް އެއްޗެއް ބުނެވުނު ހަދާނެއް ނުވެއެވެ. ރާޝިދުއަށްވެސް ފުރަތަމަ ޝެހެނާގެ އެ މިޒާޖު އަލަށް ފެނުމުން ހައިރާންވެފައި ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނާލަންޖެހުނެވެ. އޭނާއަށް އަބަދުވެސް ޝެހެނާ ފެންނަނީ ހިތްހެޔޮ ބަސްމަދު ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ.

“އާނ!! އެއީ ތެދެއް.. އަހަރެން މި އުޅެނީ މީހަކާ އިންނަށް ދެ އަތްބަށް..” ރާޝިދުގެ ދުލުން އެ ބަސްތައް އިވުން އެއީ ޝެހެނާއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. އޭނާއަށް ބޭއިހްތިޔާރުގައި ލޯމަރާލާފައި ތުންފަތުގައި ދަތްއަޅާލެވުނީ ނުރޯންވެގެން ހިތްވަރުކުރަންވެގެން ކަމަށްވެސް ވެދާނެއެވެ. ރާޝިދަށް ޝެހެނާގެ މޫނުމަތީގައިވާ ހިތާމަވެރިކަން ބަލަން ކެތްނުކުރެވިގެން އަނެއްފަރާތަށް އެނބުރުނެވެ. އޭނާ ހަގީގަތުގައި ޝެހެނާދެކެ ވަރަށް ލޯބިވެއެވެ. އެކަމަކު މިހާރު ޝެހެނާއަށްވުރެ ޒާހިޔާދެކެ މާބޮޑަށް ލޯބި ވެވިއްޖެހެން އޭނާއަށް ހީވެއެވެ. އެހެން ނޫންނަމަ އޭނާ މިއަދު ޝެހެނާގެ އެ ލޮލުގައި ވި ހިތާމަތަކުގެ އަގުވަޒަންކުރެވުނީހެވެ.

“އަހަރެން ގަބޫލެއް ނޫން. އެހެން މީހަކާ އިންނަންޔާ އަހަރެން ވަރިކޮށްފާ އިނދޭ” ޝެހެނާގެ އެ ޖަވާބުން ރާޝިދުއަށް ސިހުމެއް ލިބުނެވެ. އަދި ވަގުތުން އެ މޫނަށް ރުޅިވެރިކަމާ ފޫހިކަން ވެރިވެގެން ދިޔައެވެ. މި އަންހެންވެރިންނާ ލޯބިން ދެފަހަރެއްގެ މަތިން ކަމެއް ކޮށްދޭއިރަށް، އަރާ އާސްމާނުގައި ތިބެ ފިރިހެނުންނަށް އަމުރު ކުރަންޖެހޭ ހެއްޔެވެ. ނޫނެކެވެ. އޭނާ އަނބިދަށުވާކަށް ބޭނުމެއް ނުވެއެވެ. ޝެހެނާ އޭނަ ދެކެ ލޯބިވަންޏާ އޭނާ ބުނާގޮތަކަށް އުޅެން ޖެހޭނެއެވެ. ކޮންމެހެން އޭނާގެ އުފާތަކަށް ހުރަސްއަޅާކަށް ނުޖެހޭނެއެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ އޭނާއަށް ޒާހިޔާ އާއި ނުލާ ދެން ދިރިއެއް ނޫޅެވޭނެކަމެވެ.

“އަހަރެން ކޮންމެހެން މިއައީ ޝެހެނާގެ ހުއްދަ ހޯދާކަށް ނޫން. ޝެހެނާ ގަބޫލަސް ނުގަބޫލަސް އަހަރެން ޒާހިޔާ އާ އިންނަ ވާހަކަ ބުނެލަން. އަދި ޝެހެނާ ވަރިއެއްވެސް ކުރާކަށް ނެތިން” ރާޝިދު އޭނާގެ ޖަވާބު އިއްވާލުމަށްފަހު ރުޅިއައިސްގެންހުރެ  ދަރިފުޅު އުރާލައިގެން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ޝެހެނާއަށް ހުރިތަނަށް ތިރިވެވުނުއިރު މިއޮއް ހުރިހާއިރު ހިފަހައްޓައިގެންހުރި ކަރުނަތައް އެލޮލުން ހޯސްލާފައި ފައިބާންފެށިއެވެ. އަދި މަޑުމަޑުން ގިސްލެވެންފެށުނެވެ. އޭނާގެ އުފާވެރި ދިރިއުޅުމަށް މިވީ ކިހިނެތްހެއްޔެވެ. އޭނާއަށް އޭނާގެ ފިރިމިހާ އެހެންމީހަކާ ހިއްސާކޮށްގެން އެންމެ ދުވަހަކުވެސް ކެތެއް ނުކުރެވޭނެއެވެ. ރާޝިދު އޭނާގެ ފަހަތުން އެހާވަރުން އުޅެފައި އޭނާ އާ އިނީ މިދުވަސް ދައްކަން ހެއްޔެވެ. މުސްކުޅިން ބުނާހެން އެއްފުޅަށްމަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުއްމާލާނެއެވެ. ނަމަވެސް ޝެހެނާ ރާޝިދުއާ އިންއިރަކު ރާޝިދުކުރިން މީހަކާ އިންކަމެއް ޝެހެނާއަކަށް ނޭނގޭތާއެވެ. ޝެހެނާގެ ރުޅިގަނޑު ގަދަވެގެން އެދުމަތީގައި ހުރި ބާލީސްތައް އެތަން މިތަނަށް އުކާލުމަށްފަހު ބެޑްޝީޓުވެސް ނަގާ ހޫރާލާފިއެވެ. އަދި އެނދުމައްޗަށް ބަންޑުން ޖެހިގަތްގޮތަށް މޫނު ފޮރުވައިގެން އޮވެ ރޮއިރޮއި ވަރުބަލިވެގެން އެ ފަކީރަށް ނިދިއްޖެއެވެ.

 ޝެހެނާއަށް ހޭލުވުނީ އައިސާމަނިކެ ގޮވާއަޑަށެވެ. އޭރު ކުޑަކުޑަ އަލީނާ ބަނޑުހައިވެގެން ރޯއަޑު އިވެއެވެ. ޝެހެނާ ލޯ ހުޅުވާލާފައި ބަލާލިއރު އައިސާމަނިކެ ހުރީ އަލީނާ އުރާލައިގެން މަސަލަސްކުރުމަށެވެ. ޝެހެނާ އަވަސްއަވަހަށް ތެދުވެ އަލީނާ އުރާލުމަށްފަހު އެކުޑަދަރިފުޅު ހުއްޓާލުއްވިއެވެ.

“ދަރިފުޅާ..ދަރިފުޅު އެއްގޮތަކަށްވެސް ހިތާމަނުކުރޭ.. މަންމަ މެން ވަރަށް ވިސްނައިދީފިން ރާޝިދުއަށް. އެކަމަކު ކީއްކުރާނީ.. ރާޝިދުގެ އެ އުޅުމެއް ހުއްޓާކަށް ނޫޅޭ.. ދަރިފުޅު ހިތްވަރުކުރާތި.. މަންމަމެން މިތިބީ ދަރިފުޅާއެކު” އައިސާމަނިކެ ޝެހެނާގެ ކޮނޑުގައި ފިރުމާލާފައި ވާހަކަދައްކަމުންދިޔައެވެ. އޭރު ޝެހެނާގެ ލޮލުގައި ކަރުނާއިގެ އަސަރު ފާޅުވާންހުރިއިރު ތުންފިއްތާލައިގެން އިންގޮތުން ހީވަނީ ދެންމެ ދެންމެ ރޮވިދާނެހެންނެވެ.

ހެނދުނުގެ ވަގުތެވެ. ކުޑަކުޑަ އަލީނާ ނިންދަވާލުމަށްފަހު ޝެހެނާ ކޮޓަރިން ނިކުމެ ކާގެ އަށް ވަނެވެ. އޭރު އިރުޝާދު އެކަނިމާއެކަނި ކާމޭޒުދޮށުގައި އިސްދަށަށް ޖަހައިގެން ސައިބޯން އިނެވެ. ޝެހެނާ އިރުޝާދުއަށް ގޮވާލާފައި ތަށްޓެއް ދޮވެލައިގެން މޭޒުދޮށުގައި އިށީން އިންއިރުވެސް އިރުޝާދު އިނީ އިސްޖަހާގެންނެވެ. ” ކިހިނެތްވެފަ ތީއީނީ؟؟” ޝެހެނާ އިރުޝާދު ކައިރީ  އެހެންއެހުމުން އިރުޝާދު އިސްއުފުލާ ބަލާލިއިރު އިރުޝާދުގެ ލޮލުގައި ރިހުމެއްހުރިތަން ޝެހެނާއަށް ފާހަގަވިއެވެ.

“ފަހަރި!! ފަހަރިއަށްވެސް އިނގޭނެ ކަންނޭނގެ މިވާހަކަ. އަހަންނަށް ރޭގައި ޒާހިޔާގެ ފަރާތުން އިނގުނީ ޒާހިޔާ ދޮންބެއާ އިންނަން އުޅޭވާހަކަ. ކުރިންވެސް މީހުންގެ ފަރާތުން އެކަހަލަ އަޑުއަހަން. އެކަމަކު ޒާހިޔާއަށް ކުރާ އިތުބާރަކުން އެމީހުން ދައްކާ ވާހަކަތައް ގަބޫލެއް ނުކުރަން..އެކަމަކު ރޭގައި އޭނަގެ ދުލުން އެހެން ބުނީމަ…” އިރުޝާދުއަށް އެހެންބުނެވުމާއެކު ރޮއިގަތެވެ. ބޮޑު ފިރިހެނަކު ފިނޑިއެއްހެން ޝެހެނާ ކުރިމަތީގައި ރޯންފެށުމުން ޝެހެނާއިނީ ބުނާނެ އެއްޗެއްވެސް ނޭނގި، އަގަޔަށް ރޮށިކޮޅެއް ލާންވެސް ހަނދާނެއް ނެތިފައެވެ. “ފަހަރީ!! ފަހަރިއަކަށް ނޭނގޭނެ ޒާހިޔާގެ ހަގީގަތް.. ޒާހިޔާ އަހަންނާ އެކީ އުޅޭތާ މިހާރު ދެ އަހަރުވެއްޖެ. އަހަރެމެންގެ ދެ މީހުންގެ ގުޅުން ސިއްރުކޮށްފައި އޮތީ ޒާހިޔާގެ އެދުމުގެ މަތިން. އެކަމަކު އަހަރެން ހިޔެއް ނުކުރަން އަހަންނާ އެކީ މިއޮއް ހުރިހާ ދުވަހު ރައްޓެހިވެގެން އުޅެފަ އޭނަ ދޮންބެއާއެކު..” އިރުޝާދު ހުއްޓާލުމަށްފަހު ވާހަކަދައްކަން ފަށާފައިވެސް އަނެއްކާ ރޮވޭގޮތްވެ އަޑުބެދޭގޮތްވިއެވެ. އޭނާ ޒާހިޔާ ދެކެ ލޯބިވާ މިންވަރު މާތް ﷲ ދެނެވޮޑިގެންވާނެއެވެ. އިރުޝާދުގެ ވާހަކަތައް އަހަމުންދިޔައިރު ޝެހެނާއަށްވެސް ވަނީ ރޮވިފައެވެ. ތަގްދީރުގެ ސަމާސާ ނިކަން ދެކިބަލާށެވެ. އިންސާނުން ލޯބީގެ ކުޅިގަނޑު ކުޅެމުންދާއިރު އެއްވެސް ހަމައެއް ލަމައެއްވެސް ނޯންނަނީތާއެވެ. ރާޝިދު ރާޝިދުގެ ކޮއްކޮއަށް އެހާ ބޮޑު ދެރައެއް ދީފާނެކަމަކަށް ޝެހެނާ ހިޔެއް ނުކުރެއެވެ.

ޝެހެނާ އިރުޝާދުގެ އަތްތިލަމަތީ އަތްބާއްވާލިއެވެ. “ދޮންބެ ކައިރީ ބުނިންތަ؟” އިރުޝާދު އާއެކޭ ބުމުގެ ގޮތުން މޮޅިވެރިގޮތަކަށް ބޯޖަހާލިއެވެ. “މިއަދު ހެނދުނު ބުނީ. އެކަމަކު ދޮންބެ ގަބޫލެއް ނުކުރޭ..ދޮންބެ ބުނީ އާއިލާގެ އެންމެން ޒާހިޔާ އާ ދޮންބެ ދުރުކުރުވަން ޒާތްޒާތުގެ ވާހަކަދައްކަނީ ޔޯ..ދެން ވަރަށް އެއްޗެހި ކިޔާފަ ގެއިން ނިކުމެގެން އެ ދިޔައީ. އަހަންނަކަށް ނޭނގެ ދެން ހަދާނެ ގޮތެއް..” އިރުޝާދުގެ ބަސްތައް ރުވާފައި ދޫކޮށްލާ ތީރުތަކެއް ހެން ޝެހެނާގެ ހިތަށް ހެރެމުންދިޔައެވެ. ރާޝިދު ބަދަލުވެފައި އެވަނީ ހާދަބޮޑަށެވެ. ރާޝިދުގެ ދުނިޔޭގައި ޝެހެނާއަކީ އެއްވެސް މީހަކަށް ނުވިތަނުގައި އެ އައިލާއަކީވެސް އެއްވެސް ބަޔަކަށް ނުވިތާއެވެ. ދުނިޔެއަކީ ހާދާ ކެހިވެރި ތަނެކެވެ. ރާޝިދު އޭނާގެ ހިތް އެއްކޮށް އަތުލާފައި އެވަރުގެ ބޮޑު އަނިޔާއެއް އޭނާއަށް ނުދިން ނަމައެވެ. ޝެހެނާއަށް މިކެހިވެރި ދުނިޔޭގައި ކެތްކުރެވޭނެ ބާއެވެ.

ރަސްމާދޫ ގުންބަރު ކޮޅުގައި ވެޑިފައި އޮންނަ ގުދުރަތުގެ ރީތިކަން ދައްކުވައިދޭ ހިތްގައިމު ބޮޑު ތުނޑީގައި، ކުޑަކުޑަ އަލީނާ ވެއްޔާ ކުޅެލަ ކުޅެލަ އިނެވެ. ކައިރީގައިހުރި މިދިލިގަހެއްގެ ދަށުގައި ޝެހެނާ އޭނަގެ ދަރިފުޅުގެ ހަރަކާތްތަކަށް ބަލަންހުއްޓެވެ. ތުނޑީގެ އެކި ހިސާބުގައި ބައިބަޔަށް އެކިއުމުރުގެ ކުދިން ކުޅުމުގައި އުޅެމުންދާ މަންޒަރުން ސިފަވެގެންދަނީ ތުނޑީގެ މުއްސަނދިކަމާއި ބޮޑުކަމެވެ. އެއްހިސާބެއްގައި ބޮޑެތި އަންހެންވެރިން ފައިގަތަޅާ ކުޅެމުންދާއިރު އަނެއް ހިސާބުގައި ތިންމުގޯލި ކުޅެމުންދެއެވެ. މާހައުލުގައި އެކުލެވިފައިވަނީ ރާޅުގެ އަޑާއެކު، ކުދިން ހަޅޭކާ ސަކަރާތާއި ހުނުމުގެ އަޑެވެ. މާހައުލުގައި އުފާވެރިކަން އެކުލެވިގެންވީނަމަވެސް ޝެހެނާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. އިރެއްގައި އޭނާއަކީވެސް އެގޮތަށް ހިޔާލެއްފިކުރެއް ނެތި ކުޅެކުޅެފައި ރަށްޓެހިންނާއެކު ސަކަރާތްޖަހަމުންދިޔަ މީހެކެވެ. ނަމަވެސް އޭނާގެ ދިރިއުޅުން މިހާރު އެވަނީ ބަދަލުވެފައެވެ. އޭނާގެ އުމުރުން 18 އަހަރުވީއިރު އޭނާއަކީ ކުޑަކުޑަ މައުސޫމު ކުއްޖެއްގެ މަންމައެކެވެ. އޭނާ ދެރަވަނީ އެކަމާއެއް ނޫނެވެ. އޭނަ ކަންބޮޑުވަނީ އެ ކުޑަކުއްޖާގެ ބައްޕަ އާއި ނުލާ އޭނަ އެކަނި މާއެކަނި ބަލަންޖެހޭނޭ ގޮތަކާ ދޭތެރޭގައެވެ. ރާޝިދު ޒާހިޔާ އާ އިންނަން އޮތްދުވަހު ޝެހެނާ އަށް ކެތްނުކުރެވިގެން ރާޝިދު ވަރިނުކުރަނީސް ރަށަށް އައިގޮތަށް އޭނާ އަދިވެސް އެ ހުންނަނީ ރަށުގައެވެ. އެފަހުން ތިން މަސްވީއިރުވެސް ރާޝިދު ޝެހެނާ ކޮބާތޯ ބަލާވެސް ނުލިތަނުގައި އަލީނާގެ ހާލެއްވެސް ބަލައެއް ނުލައެވެ. ޝެހެނާ މިހާރު ރާޝިދުއާ އިނދެވުނު މޮޔަ ހިތަށް އަރައެވެ. އޭނާގެ ހިތުގައި މިހާރު ރާޝިދުއާ ދޭތެރޭގައި ނަފްރަތުގެ ކަނި ބުރަންފަށާފިއެވެ. ޝެހެނާ އަލީނާ އުރާލައިގެން ގެއާ ދިމާއަށް މިސްރާބުޖެހީ އިރުއޮއްސެންވާއިރަށް ގެއަށް ވަނުމަށެވެ.

“އޭ ޝެހެނާ މަޑުކޮށްބަލަ.. މި އޮތީ ރާޝިދު ދިން ސިޓީއެއް” ގެއަށް ދިޔަ މަގުމަތީގައި އުނގޫފާރުން ލަފައިގެން އަންނަ ބަޔަކާ ދިމޭވެގެން އެމީހުން ޝެހެނާ ހުއްޓުވާ ރާޝިދު ފޮނުވި ސިޓީއެއް ދިއްކޮށްލިއެވެ. ޝެހެނާގެ އެ ސިޓީގައި އިފިއިރު އޭނާގެ މޭގަނޑު ނެގިނެގިފައި ޖެހޭކަހަލަ އިޙުސާސެއް ކުރެވުނެވެ. ގެއަށް ގޮއްސަ އަވަސްއަވަހަށް ސިޓީ ނިއުޅުވާލުމަށްފަހު އޭގައި އޮތް އެއްޗެއް ބަލާލިއެވެ. އެވަގުތު ޝެހެނާގެ ފައިދަށުން ބިންގަނޑު ދަމައިގެންކަހަލައެވެ. “މި ސިޓީ ކިޔާ ނިމޭއިރު ޝެހެނާއަކީ އަހަރެންގެ އަތްބެއް ނޫން ” ޝެހެނާއަށް ހުރިތަނަށް ތިރިވެވުނެވެ. އޭނާގެ ދުލުން ވަރިވާން ބޭނުންވާހަކަ ރާޝިދުކައިރީ ބުނިނަމަވެސް އެއީ މިހާ ބޮޑަށް ދެރަވާނެކަމެއްކަމެއް އޭނާއަކަށް އޭރު އިޙުސާސެއް ނުކުރެވެއެވެ. ޝެހެނާގެ ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ނަމަވެސް އޭނާގެ ދަރިފުޅުގެ ހައްގުގައި އޭނާ ކެތްކުރާނެއެވެ.

އަތިރިހޭރީގައި ހުރި ބޮޑު ހިރުނދުގަހުގައި އެލުވާލާފައި އޮތް އުނދޯއްޔެއްގައި ކުޑަކުޑަ އަލީނާ އުނގައްލައިގެން ނިންދަވަން މެހެނާ އިނެވެ. އެވަގުތު ޝެހެނާ ބަދިގެތެރޭގައި ކައްކަން އުޅެއެވެ. ޝެހެނާ ރަށަށް ބަދަލުވިފަހުން މެހެނާއާއި ކަމަނަ ވެސް ޝެހެނާއަށް ވަރަށް ރަނގަޅެވެ. މެހެނާގެ ސްކޫލްވެސް މިހާރުވަނީ ނިމިފައެވެ. މެހެނާ އަލީނާދެކެ އަމިއްލަ ދަރިއެއްފަދައިން ލޯބިވެއެވެ. އަލީނާއަކީ ކަމަނަގެވެސް ފުރަތަމަ އަންހެން މާމަދަރުފުޅުކަމަށްވުމާއެކު ދެލޮލުގެ ކޮއިފަދައިން އަލީނާދެކެ ލޯބިވެއެވެ. ހަސަނުވެސް އަލީނާއާ ހެދި އެހާވަރުހުރެއެވެ. އެކަމާ ޝެހެނާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއްވަނީ ލިބިފައެވެ.

“އައްސަލާމް އަލައިކުމް…އައްސަލާމް އަލައިކުމް”ވަގުތަކީ ކަމަނަ އެކަނި ގޭތެރޭގައި އުޅުނުވަގުތެކެވެ. ސަލާމްގޮވާއަޑަށް ކަމަނަ ބޭރު ދޮރާ ދިމާއަށް ބޯދިއްކޮށްލުމަށްފަހު ސަލާމްބަލައިގަތެވެ. ކުރިމަތީގައި އެހުރީ ބަލާބެލުމަށް 25 އަހަރަށް ދާ އުމުރުގެ ބީރައްޓެހި ފިރިހެނެކެވެ. ކަމަނަ ތިއީ ކީއްކުރަން އައި މީހެއްހޭ  ބުނާފަދައަކުން އެ ޒުވާނާ އާ ދިމާއަށް ބަލަހައްޓައިގެން  ހުއްޓެވެ. އެވަގުތު އެ  ޒުވާނާ ހިތްހެޔޮކަމާއެކު މައުނަވީ ހިނިތުންވުމެއް ކަމަނައަށް ރައްދުކޮށްލުމަށްފަހު ބުންޏެވެ. “އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު އެދެންވެގެން….މިއި…މި.. އަހަންނަށް ކިޔަނީ ރާހިލް. ދައްތަގެ ދަރިފުޅު ޝެހެނާ އާއި އިންނަން ހުއްދަ ހޯދަންވެގެން މިއައީ..އުއްމީދުކުރަން އުފާވެރި ޖަވާބެއް ދޭނެކަމަށް..” ރާހިލް އަޅައަޅާގަންނަމުން ވާހަކަދެއްކިއިރު ކަމަނަގެ ލޮލުން ނުރުހުމާއި ހައިރާންކަން ފާޅުވަމުން ދިޔައެވެ. “ބަލަ ކަލޭ ޝެހެނާއަށް އިންނަން މަކައިރިއަށް އަހާއިރަކު ނޭނގޭތަ އޭނައަކީ ކުޑަކުޑަ ދަރިއެއްގެ މައެއްކަމެއް” ކަމަނަ ރުޅިއައީ އަލީނާ އާ ދޭތެރޭ ވިސްނާލެވިގެންނެވެ. “އަހަންނަށް އިނގޭ.. ޝެހެނާގެ ހުރިހާ މައުލޫމާތެއްވެސް އިނގޭ. އަހަރެން ދައްތަ އަށް ޔަގީންކަންދެން އަހަރެން އެ ދެ މައިންނަކަށް ދެރަގޮތެއް ނަހަދާނަން.” ރާހިލް ކަމަނައަށް ޔަގީންކަން ދޭފަދަ ގޮތަކަށް އަދަބުވެރިކަން އިސްކޮށްގެން ކަމަނަގެ ބޮލަށް އެރެން މަސައްކަތްކުރިއެވެ. އަދި އޭނާއަކީ އިނގުރައިދޫ މީހެއްކަމާއި ވަރަށް ބައިވަރު ލާރިގެންގުޅޭ މީހެއްކަމަށް ބުނެ ޝެހެނާގެ ދެމައިން ބަލާނެކަމުގެ ޔަގީންކަން ކަމަނައަށް ދިނެވެ. ކަމަނަ އެކަމާ ވިސްނާ ޝެހެނާއާ ވާހަކަދައްކާނެކަމުގައި ބުނުމުން ކާމިޔާބުގެ ހިނިތުންވުމަކާއެކު ރާހިލް އެގެއިން ނިކުމެގެން ހިނގައްޖެއެވެ.

ގަނޑިން މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ކުޑަކުޑަ އަލީނާ ލޯބިކޮށް ނިދާލާފައި އޮތްއިރު ޝެހެނާ އަދިވެސް އެނދުގާ ދެ ކޮޅަށް ފުރޮޅި ފުރޮޅި އެ އޮތީ ނުނިދިފައެވެ.  ޝެހެނާއަށް އޭނާގެ މަންމަ މިއަދު ދެއްކި ވާހަކަތަކާމެދު ވިސްނެނީއެވެ. “ކޮންމެގޮތެއްވިޔަސް މަންމަ އެދެއްކީކީ ދޮގުވާހަކަތަކެއް ނޫން. އަހަރެންގެ އުމުރުން މިހާ ޅަ އިރު ރާޝިދަށްޓަކައި މުޅި އުމުރު ހުސްކޮށްލައިގެން ހުސްހަށިބައިކޮށް ހުރުން ރަނގަޅެއްވެސް ނުވާނެ. އެހެންވީމާ އެ ބުނާ ރާހިލްއަކާ އިންނާނީ. ރާޝިދުވެސް ޒާހިޔާ އާ އިނދެގެން އެ އުޅެނީ އުފަލުގާ. އެހެންވީއިރު އަހަންނަށްވެސް އެހެންމީހަކާ އިނދެގެން އުފަލުގަ އުޅެވޭނެ.” ޝެހެނާގެ ހިޔާލީ ފޮލާތައް ހުއްޓުނީ ފަތިހުގެ ބަންގީގެ އަޑަށެވެ. ޝެހެނާ ފަތިސްނަމާދު ކޮށްލުމަށްފަހު ދިރިއުޅުމުގައި އަލިމަގެއް ދައްކަވާތޯ ހެއްދެވިފަރާތަށް ދުއާކުރިއެވެ.

ކަނޑުގެ ރާޅުތައް ކަފަމުން ދޯނި އޭގެ އެންމެ ހަލުވި ދުވެލީގައި އިނގުރައިދޫއާ ދިމާއަށް މިސްރާބުޖަހަމުންދެއެވެ. ދޯނީގެ ގެގަނޑުގެ ތެރޭގައި އަލީނާ އުނގައްލައިގެން ޝެހެނާ އިންއިރު ރާހިލް ޝެހެނާކައިރީ އިނދެގެން އަލީނާއާ ސަމާސާކޮށް އެ ތުއްތު ކުއްޖާ ހެއްވަމުންދިޔައެވެ. ޝެހެނާ އިނީ ރާހިލްގެ ރަނގަޅުކަމުން އުފަލުން ފޮޅިފައެވެ. އަދި ޝެހެނާގެ މާޒީގައި ވީ ފަދަ ކަމެއް ތަކުރާރު ނުވޭތޯ ޝެހެނާ ހިތާހިތާ ދުއާކުރަމުންދިޔައެވެ. ރާހިލް ޝެހެނާއާއި ކައިވެނިކުރުމަށްފަހު ޝެހެނާ ގޮވައިގެން އެދަނީ އޭނާގެ ރަށަށެވެ. މިއީ ޝެހެނާގެ ދެވަނަ ކައިވެނި ނަމަވެސް ރާހިލްގެ އަލަތު ކައިވެންޏެވެ. ރާހިލްއަށް ޝެހެނާ އަލަށް ފެނުނު ދުވަހުންފެށިގެން އެހިތް ޝެހެނާއަށް ހިބައިން ދެވުނެވެ. އެއީ މީގެ ހަމަސްކުރިންނެވެ. ނަމަވެސް އޭރު ޝެހެނާއަކީ މީހެއްގެ އަތްބެއްކަން އެނގުމުން ދެރަވެގެން ހިތާމަކޮށްކޮށް ހުއްޓާ ޝެހެނާ މިނިވަންވި ހަބަރު ލިބުމާއެކީ ލަސްނުކޮށް ޝެހެނާ އާ އިންނަންވެގެން އެ އާއިލާއާ ވާހަކަދެއްކީއެވެ. ރާހިލްގެ އެ ކެރޭކަމުގެ ނަތީޖާއަކަށްވީ ޝެހެނާ އިއްދަ ހަމަވި ދުވަހު ނޫން އަނެއް ދުވަހު ރާހިލްގެ އަތްބަކަށް ޝެހެނާ ވުމެވެ.

ރާހިލް އޭނާގެ ގޭގެ މައި ގޭޓު ހުޅުވާލުމަށްފަހު ގޭތެރެއަށް ވަދެ ޝެހެނާ އާ ދިމާއަށް އިތް ދިއްކޮށްލުމަށްފަހު އެއްކަކޫ މައްޗަށް ތިރިވެލިއެވެ. “އައު ދިރިއުޅުމަކަށް މަރުހަބާ އަހަރެންގެ ރަނިކަމަނާ..” ރާހިލްގެ ލަނެތްގޮތަކަށް އެހެން ބުނުމުން ޝެހެނާއަށް ހެވުނެވެ. އޭނާ އެއްއަތުން އަލީނާ އުރާލައިގެން ހުރިއިރު ތުއި ގޮތަކަށް އަނެއް އަތުން ރާހިލްގެ އަތުގައި ހިފާލުމަށްފަހު އެތެރެއަށްވަނެވެ. އެއީ ބޮޑު ތަނަވަސް ގޯއްޗެކެވެ. މައިދޮރުން ފެށިގެން ގޭގެ ފެންޑާއަށް ބަގީޗާ ގަސްތައް ހައްދާލާފައި ވާއިރު ފެންޑާގެ މެދުން ގޭތެރެއަށް ވަދެވޭގޮތަށް ދޮރެއް ހުއްޓެވެ. “މިއީ އަހަރެންގެ އަމިއްލަ މަސައްކަތުން ހަދާފައި ހުރި ގެއެއް. އަހަރެންގެ އަނބިމީހާއަށްޓަކައި. ޝެހެ އަށްޓަކައި.” ރާހިލް އެހެންބުނުމަށްފަހު ޝެހެނާއަށް  އެއްލޯ މަރާލަމުން ކުޑަކުޑަ އަލީނާ އުރާލިއެވެ. ޝެހެނާގެ ހުދު ދަތްތައް ފެންވަރަށް ހީލިއިރު، ރާހިލްގެ ރަނގަޅުކަން ހިތަށްއަރާފައި ފެންކަޅިވިއެވެ. އެއީ މިހާރަކަށް އައިސް އޭނާއަށް ވާގޮތެކެވެ. މާ އަވަހަށް ކަންކަމުގައި ޖަޒްބާތީ ވެވެނީއެވެ.  ޝެހެނާ ފެންޑާތެރެއިންލާފައި ގޭތެރެއަށް ވަދެވެން ހުރި ދޮރުން އެތެރެއަށް ވަނެވެ. ގޭގެ ބޮޑު ސިޓިން ރޫމަކާއި ތިން ކޮޓަރި ހުރި ހުރި މުޅި ގޭގައި ވަނީ ތަރަފާލުއަޅާ ރީތިކޮށްފައެވެ. ސިޓިން ރޫމުގައި ސަރަންފީ ގޮނޑިތައް އަތުރާލާފއިވާއިރު ކުރިމަތީގައި ހުރި ބޮޑު މޭޒުމަތީ  ޓީވީ އަކާއި ވީސިއަރެއް ހުއްޓެވެ. ކޮޓަރިތަކުން ދެ ކޮޓަރީގައި އެނދެއް ހުރިއިރު އަނެއް ކޮޓަރީގައި ހުރީ ތެޔޮ އުނދުނެއް ބަހައްޓާފައެވެ.  ރާހިލް ޝެހެނާގެ އަތުގައި ހިފާލައިގެން ގޭގެ ކޮޓަރިތައް ދައްކަމުން ދިޔައިރު ޝެހެނާހުރީ ގޭތެރެ ފުރިހަމަކަމުން ހިތްހަމަޖެހިފައެވެ.

ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްދުވަހަށް ބަދަލުވަމުންދެއެވެ. ރާހިލް އޮތީ ސިޓިންރޫމުގެ ސަރަންފީއެއްގައި ޖައްސާލައިގެން އޮތްއިރު އޭނާއަށް ވިސްނެނީ އޭނާ އެހާވަރުން އާރާސްތުކުރަން އުޅޭ ދިރިއުޅުމުގައި އަދިވެސް އޭނާ އަށް އުފާވެރިކަމެއް ނުފެންނާތީއެވެ. ޝެހެނާގެ އަލީނާގެ ކަންތައްތަކަށް ވަގުތު ދޭންޖެހެމުން އޭނާއަށް އެއްވެސް ވަގުތެއް ނުދެވެއެވެ. އެކަމާ ރާހިލްއަށް ރުޅިއާދެވެނީ ކުޑަކުޑަ އަލީނާދެކެއެވެ. އެކަމަކު އެއީ އޭނާ ބޭނުންވާގޮތެއް ނޫނެވެ. އޭނާ ޝެހެނާ ބަލައިގަތީ އަލީނާއަށް ބައްޕައެއްގެ ލޯބިދިނުމަށް ނިންމައިގެންނެވެ. ވީއިރު، އަލީނާ ދެކެ ރުޅި އާދެވިގެން ނުވާނެއެވެ. މިހާރަކަށް އައިސް އޭނާއަށް ޝެހެނާއާ ދިމާއަށް ރުޅިއައިސްގެން އެއްޗިހިކިޔާ އަނިޔާވެސް ކުރެވެންފަށާފިއެވެ. އޭނާއަކީ ހިތްހެޔޮ މީހެއް ނަމަވެސް ރުޅި އަންނަ ގަޑިތަކުގައި ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ މީހެކެވެ. ނަމަވެސް ޝެހެނާވެސް އޭނާގެ އިޙްސާސްތަކަށް ގަދަރުކުރަންވެސް ޖެހޭނެތާއެވެ. ގިނަ ރޭރޭ ރާހިލް ހިތްއުފާކޮށްލަން މިޖެހެނީ ހަމައެކަނި ޝެހެނާއަށް ބަލައިލާގެންނެވެ. މިގޮތަށް މުޅިއުމުރުގައި ކެތެއް ނުކުރެވޭނެއެވެ. އޭނައަކީވެސް އިންސާނެކެވެ. ޝެހެނާ ކައިރީ ބުނެގެން ކުޑަ ދުވަސްކޮޅަކަށް އަލީނާ އޭނާގެ ބައްޕަ ކައިރިއަށް ފޮނުވާލަންވީ ކަންނޭނގެއެވެ.  ރާހިލް ވަރަށް ގޮތްގޮތަށް ވިސްނަމުންދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dolly

Level 110 Stories

Other Articles

Previous

ޔަޝްމީ 2

Next

ބިރުވެރި ލޯބީގެ ވާހަކަ: މަރުހަބާ 7

Next
February 2, 2014

ބިރުވެރި ލޯބީގެ ވާހަކަ: މަރުހަބާ 7

Previews
February 2, 2014

ޔަޝްމީ 2

6 Comments!

  1. Dolly says:
    February 2, 2014 at 5:16 pm

    މި ވާހަކައަކީ ބައެއްގެ ދިރިއުޅުމުގައި ދިމާވެފައިވާ ހަގީގީ ކަންތައްތަކެއްގެ މައްޗަށް ލިޔާ ހިޔާލީ ވާހަކައެއްކަމުންނާއި މިއީ އެ ފަރާތްތަކުގެ ވާހަކަތަކުގެ މައްޗަށް ލިޔާ ވާހަކައެއްކަމުން ގިނަފަހަރަށް ކަންކަން ސިފަކޮށްދެވިފައިވާނީ އެ މީހުންގެ އިޙްސާސުތަކުގެ ތެރެއިންނެވެ. އަދި މިވާހަކައިގެ ގެނެވިފައިވާ ރަށްތަކަކީ ހިޔާލީ ރަށްތަކެކެވެ. ހުރިހާ ކިޔުންތެރިނެވެސް ޝައުގުވެރިކަމާއެކު ކިޔާނެކަމަށް އުއްމީދުކުރަން. 🙂

  2. azma says:
    February 2, 2014 at 6:19 pm

    varah reethi mivaahaka. adhi avahah ap koddheythee varah bodah shukuriyya

    1. Dolly says:
      February 2, 2014 at 7:39 pm

      Thanks azma. Azma ah story reethi v ma dillly v ufaavehje.. iraadha kurehviyyaa dhen huri baithahves v ahah genesdheveytho balaanan..:)

  3. me says:
    February 2, 2014 at 10:23 pm

    salhi

    1. Dolly says:
      February 3, 2014 at 1:25 am

      Thanks “me 🙂

  4. shana says:
    February 3, 2014 at 6:13 pm

    .v reethi vaahaka eh

Comments are closed.

Next Episodeވީރާނާ (5 ވަނަ ބައި)←


All Right Reserved!