Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ބިރުވެރި ލޯބީގެ ވާހަކަ: މަރުހަބާ 7

Salaa Level 210 Stories100 Comments
February 2, 2014 6 Mins Read
26 Comments

ވިކާޝްގެ ހުއްދަ ލިބުމުން ޝިކާ ވަރަށް އުފާކުރިއެވެ. ޝިކާގެ ބައްޕަ ޖީބުން ވޮލެޓް ނެގުމަށްފަހު ފައްސަތޭކައިގެ ނޫޓުތަކެއް ވިކާޝްއަށް ދިއްކޮއްލުމާއި އެކު ވިކާޝް ތެޅިގަތެވެ.

” ނޫނެ.. އަހަރެމެން ދެމަފިރިން އެއްވެސް އެއްޗެއް ބޭނުމެއްނޫން…”

ވިކާޝް އެހެން ބުނުމުން ޝިކާ ހީލިއެވެ. އަދި ރަމީޒު އަތުގައި ހުރި ރުފިޔާތައް އަތުލާ ވިކާޝްގެ އަތަށް ކޮއްޕާލިއެވެ.

” އަހަރެންނަށްވެސް އެނގެޔޭ ބޭނުން ނުވާނެކަން. އެކަމު އެއީ ބައްޕަ ދިން ހަދިޔާއެއްނު… ނުހިފިއްޔާ ބައްޕަ ވަރަށް ދެރަވާނެ..”

ރަމީޒު ޝިކާ އާއި އެއްބައިވެލަމުން ބޯޖަހާލިއެވެ،

” ދަރިފުޅު ހިނގާ ދަމާ އިހަށް ބައްޕަ އާއި އެކު… “

ރަމީޒު ޝިކާގާތު ބުންޏެވެ. ޝިކާ އަކީ މުޅި ދުނިޔޭންވެސް އޭނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ ދިރިއުޅުމެވެ. އޭނާގެ ހުރިހާވެސް އެއްޗަކީ އެއީއެވެ. ޝިކާ އެބަ އަންނަމޭ ބުނެ ބައްޕަ އާއި އެކު ދިޔުމުން އާނިޔާ ބަލާލީ ވިކާޝްއަށެވެ،

” އަނގަޔާ އަތާ ދިމާނުވާ އިރު ކިހިނެތް އެހެން މީހަކު ގެންގުޅޭނީ..”

އާނިޔާ އެހެން ބުނުމާއި އެކު ވިކާޝް ހައިރާންވިއެވެ. އަތުގައި ހުރި ރުފިޔާކޮޅު ގުނާލަމުން ވިކާޝް ބުންޏެވެ،

” ހަފްތާއެއްގެ ތެރޭގައި ޝިކާ ބަލާ އަންނާނެ އޭނާގެ ބައްޕަ.. ހަފްތާއަކަށް ދިހަ ހާސް ރުފިޔާ މަދުތަ؟ މިއޮތީ ބަރާބަރު ދިހަ ހާސް.. މިހާ ބައިވަރު ރުފިޔާތަކެއް އަހަރެމެންނަށް ލިބޭނީ ދެން ކޮންތާކުން؟ “

ވިކާޝް އާނިޔާއަށް ދިއްކޮއްލިއެވެ. އާނިޔާ އިސްޖަހާލިއެވެ. އޭނާ ބޭނުންވަނީ ރުފިޔާއެއް ނޫނެވެ. ހަމައެކަނި ލޯތްބެވެ. ވިކާޝްގެ ލޯތްބެވެ.

” އެންމެ ރަނގަޅު.. އަހަރެން ދެރަވާ ފަދަ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ މިތަނުން… “

އާނިޔާ އެބުނީ ކީކޭ ކަން ވިކާޝްއަށް އެނގުނެވެ. އޭނާ ގާތަށް ހިނިއައެވެ. އާނިޔާ އޭނާއަށް އިތުބާރު ނުކުރަނީ ބާވައޭ ހިތަށް އެރި ނަމަވެސް އޭނާ އިތުރަށް އެވާހަކަ ދައްކާކަށް ގަސްދެއް ނުކުރިއެވެ.

**********************************

ހަވީރުގެ ވަގުތު ޖެހުމާއި އެކު އާނިޔާ އާއި ވިކާޝް ނުކުތީ ހިނގާލަން ދިޔުމަށެވެ. ނުކުތުމާއި އެކު ޝިކާ އަންނަތަން ފެނުނެވެ. ރަމީޒާއި އެކުގައެވެ،

” ވަރަށް ހިތްހެޔޮ ކުރައްޗޭ އިނގޭ… “

ރަމީޒް އަވަސް އަވަހަށް ވިކާޝް އާއި ސަލާމްކޮއްލިއެވެ. ޝިކާ ހެވިފައި ހުރެ ބައްޕައަށް ބަލާލިއެވެ،

” ވަރަށް އަވަހަށް އަންނާނަން އިނގޭ ދަރިފުޅު ބަލާ…”

ރަމީޒް ލަސްވެގެން ހިނގައިގަތެވެ، ޝިކާ ބޯޖަހާލިއެވެ،

” ކޮންތާކަށް ދަނީ؟ އަހަރެންވެސް ދަންތަ؟ “

ރަމީޒް ދިޔުމާއި އެކު ޝިކާ ބަލާލީ ވިކާޝްގެ އަތުގައި ހިފައިގެން ހުރި އާނިޔާއަށެވެ. ނޫނެކޭ ބުނާކަށް އާނިޔާއަކަށްވެސް ނުކެރުނެވެ.

” ހިނގާލަން… އާދޭ ގޮސްލަން އަހަރެމެންނާއި އެކު..ވިކީ ދާންވީނު ޝިކާގެ ދަބަސް ގެއަށް ވައްދާފަ އަންނަން ދޯ…”

އާނިޔާ ބުނެލިއެވެ. މަޖުބޫރުވެގެންނެވެ. ތިންމީހުން ނުކުތީ ގެއާއި ދިމާ ބަނދަރުމައްޗަށެވެ. މާދުރަށް ދާކަށް ވިކާޝް ބޭނުމެއް ނޫނެވެ. މީހުންނަށް އެނގުމުން ، ދެ އަންހެނުން ގޭގައި އެކަނި އުޅޭ ވަގުތެއްގައި ފިރެހެނެއްގެ އުނދަގޫ ފޯރާފާނެތީއެވެ.

” އެނގޭތަ؟ ބައްޕަ އަހަންނަށް ހުރިހާ އެއްޗެއް ޙަވާލުކޮއްފި.. އަދި ކިރިޔާ މި އިނގުނީ ބައްޕައަށް ލިބޭ ހުރިހާ ރުފިޔާއެއްވެސް ޖަމާ ކުރަނީ އަހަރެންގެ އެކައުންޓަށްކަން… ސަފާރީއެއްގެ އޯނަރު އަތުގަ ކިހާ ފައިސާއެއް އޮންނާނެ.. ދެންމެ ގެންގޮއްސަ ބުނަނީ އަދި ކިރިޔާ އޯ ޝިކާ ބައްޕަ އާއި ވަކި ތި ވަނީ… އެހެން ކިޔާފަ މި ހުރިހާ އެއްޗަކާ ލިޔެކިޔުންތައް ވެސް ޙަވާލުކޮއްފި… ބައްޕަ ހާދަ ލޯތްބެއް ވެޔޭ އަހަރެންދެކެ އަސްލު..”

ޝިކާގެ ވާހަކަ އާއި މެދު ފުންކޮށް ވިސްނާލަމުން ވިކާޝް ހީލިއެވެ. އާނިޔާ ވީ ދެރައެވެ. އޭނާގެ ބައްޕައެއް ނެތެވެ. ހުރީ ހަމައެކަނި އަދުތޯ މާދަންތޯވެފައި އިން މުސްކުޅި މަންމައެކެވެ. ނިޔާވިޔަސް ނޭނގޭނެއެވެ. އާނިޔާގެ މާޔޫސީ މޫނު ފެނުމުން ވިކާޝްއަށް އާނިޔާ ދެރަވީކަން އެނގުނެވެ. އޭނާ އާނިޔާ ގާތްކޮއްލިއެވެ. ޝިކާއަށް ނޭނގޭ ގޮތަށެވެ،

**************************

ރޭގަނޑުގެ ކެއުން ތައްޔާރުކުރުމަށްފަހު އާނިޔާ ގޭތެރެއަށްވަނީ ވިކާޝްއަށް ކާންގޮވުމަށެވެ. އޭރު ޖެހިގެން ހުރި ކޮޓަރީގައި ޝިކާވެސް އުޅެއެވެ.

” ޝިކާއަށްވެސް ގޮވާލާ ކާން.. އެންމެން އެއްކޮށް ކާން ދާންވާނީ..”

ވިކާޝް ޝިކާގެ ނަން ބުނުމާއި އެކު އާނިޔާގެ ހިތް ތެޅިލިއެވެ. އާނިޔާ މަޑުމަޑުން ދޮރުގައި ޓަކި ޖަހާލިއެވެ. ޝިކާ ދޮރުހުޅުވާލީ އަވަސް އަވަހަށެވެ. އޭނާ ހުރީ ހުދުކުލައިގެ ކުރުތާ އަކާއި ކަޅުކުލައިގެ ކުރު ސޯޓު ބުރިއެއް ލައިގެންނެވެ. އެ ދޮން ދޮން ދެ ފައި ފެނުމުންވެސް އާނިޔާ ލަދުގަތެވެ. އޭނާ ވިކާޝްގެ އަތުގައި ހިފައިގެން ގެއިން ނުކުތުމަށް ހިނގައިގަތުމުން ފަހަތުން އާނިޔާވެސް ހިނގައިގަތެވެ،

ކާން ތިބި އިރުވެސް އާނިޔާއަށް ބެލެނީ ވިކާޝްގެ މޫނަށެވެ. ސިއްރުންނެވެ. އޭނާ ޝިކާއަށް ބަލާތޯއެވެ. އެހެނަސް ވިކާޝް މިރޭ އެހެން ރޭރެޔާއި ޚިލާފަށް ބަސްމަދުކަށް އާނިޔާއަށް ފާހަގަކުރެވުނެވެ،

” ޝިކާ އަނެއްކާ ރިހާކުރާ ތެލުލިފަތް ކައި އުޅެމުތަ؟ “

އާނިޔާ ހަމަހިމޭންކަން ފޫ ދުއްވާލިއެވެ. ޝިކާ ހީލިއެވެ. އަދި ލޯ މައްޗަށް ވެއްޓިފައި އޮތް ފަންފަން އިސްތަށިކޮޅު ވައަތުން ނަގާ އެއްފަރާތްކޮއްލަމުން ބުންޏެވެ،

” އުނހުނ… ވަރަށް ނުކަން މިކަހަލަ އެއްޗެހި.. އެކަމު ވަރަށް މީރު..”

އޭރު ވިކާޝް ތެދުވަނީއެވެ. އޭނާ އެހާ އަވަހަށް ނިންމާލުމުންވެސް އާނިޔާ ކަންބޮޑުވިއެވެ. ޝިކާވެސް ތެދުވިއެވެ. ޝިކާ ތަށި ބަހައްޓާފައި އަތްދޮންނަން ނުކުތީ އާނިޔާ ބުނި ބުނުމަކަށެވެ. އާނިޔާ ނުކުތް އިރު ޝިކާ އާއި ވިކާޝް ފަތްޖެހި އެނދުގައި އިށީންދެލައިގެން ދުފަން ތިއްބެވެ. ޝިކާ ލައިފައިވާ ކުރު ސޯޓުން އޭނާގެ ފަލަމަސްގަނޑުން ބޮޑުބައެއް ހާމަވާން ހުއްޓެވެ. ވިކާޝްއަށް ފެންނާނެކަން ގައިމެވެ. އާނިޔާ އަނދައިގަތެވެ. އަވަސް އަވަހަށް ތަށިތައް ދޮވެލުމަށްފަހު އޭނާ ނުކުތެވެ. ވިކާޝްމެން ތިބި ތަނަށް ނުގޮސް އޭނާ ގެއާއި ދިމާއަށް ދަމުން ބުނެލިއެވެ،

” އަހަރެން ނިދި އައިސްގެން މިދަނީ އިނގޭ…”

އާނިޔާ އެހެން ބުނެލި ގޮތުން އާނިޔާ އެދަނީ ހިތްހަމަ ނުޖެހިގެންކަން ވިކާޝްއަށް އެނގުނެވެ. އެހެނަސް ވިކާޝް އަޅާނުލާ ހޫއްސޭ ބުނެލިއެވެ. އާނިޔާ އިތުރަށް ރުޅިއައެވެ. އޭނާ ހީކުރީ ވިކާޝް އަންނާނެ ކަމަށެވެ،

” މިރަށް އަސްލު ވަރަށް ހިތްގައިމު… ދެން މިގެ.. މަރުހަބާ ދޯ ކިޔަނީ.. ވަރަށް ހިތްފަސޭހަ އަސްލު.. އަހަރެން އުޅެން ބޭނުންވަނީ މިހެންނޭ އެނގޭތަ؟”

ޝިކާ ވާހަކަދައްކަމުން ދާ ވަރަކަށް ވިކާޝްއަށް ވިސްނެނީ ޝިކާ އާއި މެދުގައެވެ. އޭނާ ރީއްޗެވެ. ހިތްގައިމެވެ. އެހާމެ މުއްސަންޖެވެ. މިހާރު ވިކާޝް ބޭނުންވަނީ މުއްސަނދިވާށެވެ. ބޭނުންވަނީ ފައިސާއެވެ. ވިކާޝް ކަހަލަ ރީތި ފިރެހެނަކަށް ޝިކާ ފަދަ ޅަ ސިކުނޑިއެއްގެ ވެރިޔަކު ހައްދާލެވިދާނެއެވެ. އެހެނަސް މައްސަލައަކީ އާނިޔާއެވެ، އޭނާ ހިތުގެ އަޑިން ލޯބިވާ އަނބިމީހާއެވެ. ނަމަވެސް އަނބިމީހާ އާއި އެކު ލޯބިން އުޅެވެން އަންނަނީވެސް ފައިސާ ހުރެގެންނެވެ. ބޭނުންވާ އެއްޗެހި ހޯދައިދެވޭނީވެސް ތަނަވަސްކަން ހުރެގެންނެވެ. އެހެންކަމުން މިކަމާއި މެދު ވިކާޝްއަށް ވިސްނަން މަޖުބޫރުވެއްޖެއެވެ.

” ހޫމް.. މިރަށް އަސްލު ވަރަށް ރީތިވާނެ.. ” ވިކާޝް އެހެން ބުނެ ގަޑިބަލާލިއެވެ.

” އާނީ ނިދަން ކަންނޭނގެ އެ ދިޔައީ… ހިނގާ ގެއަށް ވަންނަމާ ދޯ..”

ވިކާޝް ތެދުވުމުން ޝިކާވެސް ތެދުވެ ހިނގައިގަތެވެ

***********************

” ލޯބި ނިދީތަ؟ “

ފުރަގަސްދީގެން އޮތް އާނިޔާގެ ގައިގައި އަތްޖައްސާލަމުން ވިކާޝް ބުނެލިއެވެ. އާނިޔާ އެނބުރިލިއެވެ،

” ނުނިދަން… ނިދޭނެތަ؟ އަހަރެންނަކަށް ހިއެއް ނުވޭ ދެން އަހަރެމެން ހިތްހަމަޖެހިގެން އުޅެވިދާނެ ހެނެއް.. “

އާނިޔާ ނިތްމަތީގައި އަތްބާއްވާލިއެވެ،

ވިކާޝް ބޯހުރާލިއެވެ. އަދި މިއުޅެނީ ކުރަން ހިތަށް އަރައިގެން އުޅޭ ކަންތައް ނުކޮށެވެ. އެވާހަކަ ނުވެސް ދައްކައެވެ. މިހާރު މައްސަލަޖައްސަން ފެށީއެވެ. ޝަކުވާ ކުރަންފެށީއެވެ. އާނިޔާ ގެއްލިދާ ފަދަ ކަމެއް ކުރުމަކީ ވިކާޝްއަށް ފަސޭހަކަމެއްވެސް ނޫނެވެ. ދެންޖެހޭނީ ތަންކޮޅެއް ރަނގަޅަށް ވިސްނައިދޭށެވެ. އެހެނަސް އަދި މާ އަވަހެވެ.

” އަބަދުވެސް ބުނަމެއްނު އިތުބާރުކުރާށޭ.. އެއްވެސް މީހަކު ފެނިގެނެއް އަހަރެންގެ ހިތެއް ބަދަލެއް ނުވާނެ،…”

ވިކާޝް އާނިޔާގެ ގައިގައި ބައްދާލިއެވެ. އޭނާ ބޭނުންވީ ލޯބިވާ ވަރު ހާމަކޮއްދޭށެވެ. ކިތަންމެ ދެބަސްވާ ދުވަހެއްގައި ވިޔަސް އާނިޔާ އާއި ލޯބިކޮއްލުމުން އޭނާ ވަރަށް އަވަހަށް ފިނިވެދާނެއެވެ. އެހެންވެ އިތުރަށް އޭނާ ޝަކުވާގެ އަޑު އެހުމެއްނެތި އާނިޔާ ގަޔާލާ ފިއްތާލިއެވެ،

*********************

ހެނދުނު އާނިޔާ ބޭރަށް ނުކުތްވަގުތު ބޭރުގައި ހުރި ޝިކާ ފެނުނެވެ. އޭނާ ހައިރާންވިއެވެ. އެހާ ހެނދުނާ ޝިކާ ބޭރުގައި ކީއްކުރަނީބާވައޭ ހިތަށް އެރިއެވެ.

” ޝިކާ؟…ހާދަ މައިރަކާ ނިކުމެގެން…”

އާނިޔާ އައިސް ޝިކާ އާއި ދާދި ގާތުގައި ހުއްޓުނެވެ، ޝިކާ ހީލިއެވެ. އަދި ރޫޅާލެވިފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން ބުންޏެވެ،

” ރޭގަ ނުނިދިގެން އުޅެ އުޅެފަ ވަރަށް ލަހުން ނިދުނީ.. އަނެއްކާ އެހާ އަވަހަށް ހޭލެވިއްޖެ. ހިތަށް އެރީ މި ފިނި ވަގުތުގަ ބޭރަށް ނުކުމެލާނިއްޔޭ.. ސަފާރީގަ އުޅޭ އިރުގަވެސް ކޮންމެ ފަތިހަކު އިރުއަރާ މަންޒަރު ބަލަމޭ.. ވަރަށް ހަނދާންވޭ ބައްޕަ މަތިން..”

އާނިޔާ ޝިކާ އާއި ބައިވެރި ވެލުމުގެ ގޮތުން އެހެންހެއްޔޭ ބުނެލިއެވެ. ކުރިންދުވަހެއްގައި އިންދާފައި ހުރި ހިތިގަހަށް ފެން އެޅުމަށްޓަކައި އާނިޔާ ބާލިދީއަށް ފެންއަޅައިގެން އަންނަތަން ފެނުމުން ޝިކާ ހުރީ ބަލަހައްޓައިގެންނެވެ. އާނިޔާގެ މުރާލިކަމާއި މެދު އޭނާ ވިސްނާލިއެވެ.

” އާނީ… “

ގޭތެރެއިން ނުކުތް ވިކާޝްގެ އަޑާޢި އެކު ޝިކާ އަށާއި އާނިޔާއަށް ބަލާލެވުނީ އެއްފަހަރާއެވެ. ވިކާޝް ހުރީ ހަމައެކަނި ސޯޓު ލައިގެންނެވެ. އޭނާގެ ރީތި ހަށިގަނޑާއި ހޭވިފައިވާ އިސްތަށިގަނޑުފެނި ވިކާޝްއަށް ހިތްކިޔާކަށް މާ ގިނައިރެއް ނުނެގިއެވެ. ޝިކާ ބަލަން ހުރިތަންފެނި އާނިޔާ ހިތްހަމަނުޖެހުނެވެ،

” ކިހިނެތްވީ ؟ “

އާނިޔާއަށް އަހާލެވުނެވެ. ޝިކާއަށް ކަތިނަޒަރަކުން ބަލަމުން އާނިޔާ ގޮސް ހުއްޓުނީ ވިކާޝްގެ ކުރިމަތީގައެވެ،

” ވަރަށް ބަނޑުހައިވެގެން ހޭލެވުނީ.. ކަޅުސައިތައްޓެއް ހަދާލަދީބަލަ ވަރަށް އަވަހަށް….”

ވިކާޝްގެ ޖުމުލަ ނިމުމާއި އެކު އިވުނީ ޝިކާގެ އަޑެވެ،

” އަހަރެން ހަދަންތަ؟ އާނީ ދޭ ފެންއަޅާލަން ގަހަށް.. އަދި ނުނިމެ އެއްނު،،”

ޝިކާ އެހެން ބުނުމުން އާނިޔާ ހަޤީޤަތުގައިވެސް ހިތްހަމަ ނުޖެހެވުނެވެ. އޭނާ ބަލާލީ ވިކާޝްއަށެވެ. އޭރު ވިކާޝް ހުރީ ލަދުގަނެފައި ހުރި ޝިކާއަށް ބަލާށެވެ ދެން އޭނާ ބަލާލީ އާނިޔާގެ މޫނަށެވެ،

” ނޫނެ… ޝިކާތީ ޚާއްސަ މެހެމާނެއް.. އާނީ ދޭ ސައިހަދާލަން،..”

ވިކާޝް އެހެން ބުނެލީ އާނިޔާ ދެކިފާނެ ގޮތަކަށް ވިސްނާފައެވެ. އާނިޔާގެ ހިތް އުފަލުން ފޮޅިލިއެވެ. އޭނާ ބަދިގެއަށް ވަނުމާއި އެކު ވިކާޝް ޝިކާ ގާތު މަޑުމަޑުން ބުނެލިއެވެ،

” އެއްޗެއް ހީ ނުކުރައްޗޭ.. އަސްލު އާނީ ދެރަވެދާނެތީވެ އެހެން ބުނީ.. ފަހަރެއްގަ ކަޓާފާނެ ދޯ.. ތިހާ ރީތި ކުއްޖަކު އަތުން ހަދާލާ ސައިތައްޓެއް ބޯލާ ހިތްނުވާނީ ކާކު ދޯ  ؟”

ވިކާޝް ހީގަންނަމުން ބަދިގެއާއި ދިމާއަށް ދިޔައެވެ. ޝިކާ ލަދުންގޮސް އޮޅިގަތެވެ. މިހާރު އޭނާއަށް ވިކާޝް އާއި މެދު ވިސްނަން މަޖުބޫރުވެއްޖެއެވެ. ވިކާޝްގެ އެ ޖުމުލައިން އޭނާއަށް އިޝާރާތެއް ކޮއްލައިފި ކަމުގައި ޝިކާ ދެކުނެވެ. ޝިކާ އަވަސް އަވަހަށް ގެއަށްވަނީ އިތުރަށް އެތާ ހުންނަން ބޭނުން ނުވެގެންނެވެ،

********************************

ޖޯލިފަތީގައި ޝިކާ އިނީ އާނިޔާ ކާންހަދަން އުޅޭތީއެވެ. އޭރު ވިކާޝް ވެސް އުޅެނީ އާނިޔާ ކައިރީގައެވެ. އެހާ އަވަހަށް މީހަކަށް ހިތް ދެވިދާނެ ކަމަށް ޝިކާއަށް ޤަބޫލެއްނުކުރެވެއެވެ.އެހެނަސް ލޯތްބަކީ ވެވޭ އެއްޗެކޭ މީހުން ބުނާތީ ، އޭނާއަށްވެސް ލޯބި ވެވިއްޖެކަމަށް ހިތް ޤަބޫލުކުރިއެވެ. ޝިކާއަށް އެކި އެއްޗެހި ހިތަށް އަރުވާފައި ހިނިތުންވެވިފައި އޮވެވުނީއެވެ. އޭނާ ސިހިފައި ބަލާލީ ގުންފައި ޖަހާފައި މީހަކު އަންނަ އަޑަށެވެ. އެމީހާ ފެނުމާއި އެކު ހާސްވެފައި ޝިކާއަށް ތެދުވެވުނެވެ. އެއީ ޖާބިރެވެ. ޖާބިރަކީ ސަފާރީގެ ކުރޫއެކެވެ. އޭނާގެ މޫނުމަތިން ހާސްކަން ފިޔަވާ އިތުރު އެއްވެސް ކުލަވަރެއް ނުފެނެއެވެ.

” ޖާބިރު… ކިހިނެތްވީ ؟ ނުފުރަންތަ އިއްޔެ އެއް؟ “

ޝިކާއަށް ދެލޯ ވައްކޮއްލެވުނެވެ. ޖާބިރު ދެއަތް ހަރަކާތްކުރަމުން ވާހަކަދައްކަން ފެށިއެވެ،

” އިއްޔެ ފުރިން… ބޮސް ޑައިވިނަށް ފޭބީ.. ގަޑި ހަމަވީ އިރުވެސް މައްޗަށް ނޭރީމަ މުޅި ހިސާބުގަނޑު ހޯދައިފިން.. ސިފައިންނަށް ގުޅައިގެން އެމީހުންވެސް ގެނައިން… ބޮސް ގެއްލިއްޖެ..”

ޖާބިރުގެ ވާހަކައިން ޝިކާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާ ގަނޑުވިއެވެ. ދެލޮލުން ފެންތައް ފައިބައިގަތެވެ. ބައްޕަ އެފަދަ ގޮތަކަށް ގެއްލިދާނެކަމަށް އޭނާ ހީވެސް ނުކުރެއެވެ. އިއްޔެ ފުރައިގެން ދިޔައީ ނުހަނު ލޯބިން ސަލާމްކޮއްފައެވެ. މިޔަދު އެ އިވުނީ ބައްޕަ ގެއްލުނުވާހަކައެވެ.

ޖާބިރު ޝިކާ އާއި ވާހަކަ ދައްކާ އަޑަށް އާނިޔާ އާއި ވިކާޝް ދުވެފައި ނުކުތެވެ.

” ކިހިނެތްވީ ؟ “

ވިކާޝް ބާރު ބާރަށް އެހިއެވެ. ވިކާޝް ފެނުމާއި އެކު ޝިކާގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ކައިރީގައި ހުރި ވިކާޝްގެ ގަޔަށް ޖެހިގަތެވެ. ބައްދައިގަނެފައި ބާރަށް ރޯންފެށިއެވެ. އާނިޔާއަށް ތެޅިގަނެވުނެވެ. ޖާބިރު އަވަސް އަވަހަށް ހުރިހާ ވާހަކައެއް ދެއްކިއެވެ، އާނިޔާއަށް އެކަމަކުން އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ ހުރީ ޝިކާ ވިކާޝްގެ ގައިގައި ބައްދައިގެން ހުރުމުން މާ ބޮޑަށްވެސް ކަންތައް ބޮޑުވެފައެވެ.

ވިކާޝް އަވަސް އަވަހަށް ޝިކާ ދުރުކޮއްލިއެވެ.

” ހުއްޓާލާ.. އަދި ބައްޕަ ފެންނާނެ.. ހެޔޮ ޙާލުގަވަނިކޮށް ފެންނާނެ..”

ވިކާޝް ގާތްގޮތަކަށް ބުނެލިއެވެ. އާނިޔާ ނެގިމަޑުވެފައި ހުއްޓެވެ،

” މެޑަމް… ސަފާރީގަ ހުރިހާ ކުރޫންނާއި އެކު މިރަށު ފަޅުގަ މިއޮތީ… މެޑަމް ވަކި ގޮތެއް އެންގީމަ ނައްޓާލާނީ.. ބުކް ކޮއްފައި ހުރި ރޫމްތައް ކެންސަލްކޮއްފިން އެކަމަކު،…”

ޖާބިރުގެ ވާހަކައަށް ޝިކާ ބޯޖަހާލިއެވެ. ދެލޮލުން ފެންތައް ފުހެމުންނެވެ.

**************************

ޝިކާ އިނީ ކޮޓަރީގައެވެ. ކައިރީގައި އާނިޔާ އާއި ވިކާޝްވެސް އިނެވެ،

” ބައްޕައަށް މަރު ފެނިފައި ކަންނޭނގެ އެ ދިޔައީ..ހުރިހާ ފައިސާ އަކާއި ލިޔެކިޔުންވެސް އަހަންނާ ޙަވާލުކޮއްފަ ފުރީވެސް..”

ޝިކާއަށް ރޮވުނެވެ. މިފަހަރު އާނިޔާވެސް ދެރަވިއެވެ. އަންހެނަކު އެފަދަ ހިތްދަތި ވާހަކަ ދައްކާފައި ރޯތީއެވެ،

” އަހަރެން މިއީ ކިތަންމެ ބޮޑު މުއްސަންޖަކަސް އަހަރެން މިހާރު އެކަނިވެއްޖެ..”

ޝިކާ ކަކޫ މަތީގައި ބޯއަޅާލިއެވެ.

” ހިތްވަރުކުރޭ… ތިހެން ނުވިސްނާ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ބައްޕަ ނިޔާވީ ކަމެއް އަދިވެސް ނޭނގެ އެއްނު.. މިހާ ގަދަ މޫސުމެއްގަ ފަހަރެއްގަ ހިކިފަސްތަނަކަށްވެސް އެރިދާނެ..”

އާނިޔާ ޝިކާގެ ހިތަށް ފިނިކަމެއް ލިއްބައިދިނުމަށް ބުނެލިއެވެ. ޝިކާ ނޫނެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ވިކާޝް ނުކުމެގެން ދިޔައެވެ. މީހަކު އެވަރަށް ރޮންޏާ އެއްވެސް މީހަކަށް ކެތެއް ނުވާނެއެވެ،

******************************

އާނިޔާ އޮތީ ވިކާޝްގެ މޭގައި ބޯއަޅާލައިގެންނެވެ. މިރޭ ވިކާޝް އެއްވެސް ވާހަކައެއް ނުދައްކާތީ އާނިޔާ ކަންބޮޑުވިއެވެ. އޭނާ އިސްއުފުލާލަމުން ބުނެލިއެވެ،

” ކޮންކަމަކާ ތި ފިކުރު ކުރަނީ ؟ “

އެ ސުވާލުގެ ޖަވާބު ތެދު ތެދަށް ދޭން ވިކާޝް ބޭނުންވިއެވެ. އެހެނަސް އޭނާ ޖަވާބު ދީފިނަމަ މިރޭގެ ބާކީ އޮތްބައި ހޭދަކުރަން ޖެހޭނީ ކިހިނެތްކަމެއްވެސް ނޭނގެއެވެ. އެހެނަސް އޭނާ ބޭނުންވާ ގޮތް ބުނަން ބޭނުންވިއެވެ،

” މި ހިތަށް އަރަނީ ޝިކާ އަށް އެހީތެރިވެދޭން ވިއްޔޭ…”

އެ ޖުމުލަ އާއި އެކު އާނިޔާ ކޮޅަށް ޖެހުނެވެ،އޭނާގެ މޫނުމައްޗަށް ނުތަނަވަސްކަމާއި އެކު ހިތްހަމަނުޖެހުން ފާޅުވިއެވެ،

” ކޮން… ކޮން އެހީތެރިކަމެއް؟ “

އާނިޔާ ޝައްކުގެ ރާގަކަށް ބުނެލިއެވެ. މައްޗަށް ބަލަން އޮވެ ވިކާޝް ލަސްލަހުން ބުންޏެވެ،

” އޭނަގެ ކައިވެންޏަށް އެދެން އެބަ ވިސްނަން.. ދެއަތްބަށް…”

ވިކާޝް ޖެހިލުމެއްނެތި އެފަދަ އެއްޗެއް ބުނާނެ ކަމަށް އާނިޔާ ހީވެސް ނުކުރެއެވެ. އާނިޔާ ހީގަންނަމުން އޮށޯތެވެ،

” ހުއް.. ސަމާސާ ކުރިޔަސް ތީ ދެން ބޮޑުވަރު..”

އޭނާ އެހެން ބުނީ އެކަންތައް ޤަބޫލު ނުކުރަން ވެގެންނެއްވެސް ނޫނެވެ. އެވާހަކަ އޮއްބާލުމަށެވެ. ޝިކާގެ ވާހަކަ ނުދައްކަންވެގެންނެވެ،

” މީ ތެދު.. އަހަރެން ވަރަށް ބޮޑަށް ބޭނުން ޝިކާ އާއި އިންނަން..”

ވަރަށް ސީރިއަސްވެ ވިކާޝް އެހެން ބުނުމުން އާނިޔާ ހިމޭންވިއެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ،

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ވީރާނާ (4 ވަނަ ބައި)

Next

ވީރާނާ (5 ވަނަ ބައި)

Next
February 3, 2014

ވީރާނާ (5 ވަނަ ބައި)

Previews
February 2, 2014

ވީރާނާ (4 ވަނަ ބައި)

26 Comments!

  1. ANJAL says:
    February 2, 2014 at 8:48 pm

    v v v sali mi baives……….

  2. Dreamy says:
    February 2, 2014 at 9:30 pm

    އަސްލުވެސް ވވވ ރީތި މިބައި.. ވިކާޝް ހާދަ ގޯހޭދޯ

  3. nish says:
    February 2, 2014 at 10:04 pm

    varah salhi inge. keep it coming.im loving it

  4. me says:
    February 2, 2014 at 10:21 pm

    salhi kannnn

  5. Salaa says:
    February 2, 2014 at 11:14 pm

    aahchaa salhi dw hama.. hehehe thankx all pumpkins… next part adhi salhi vaanee.. keep waiting..

  6. lovely girl says:
    February 2, 2014 at 11:15 pm

    salhi kamaaeve.

  7. lady gaagaa says:
    February 3, 2014 at 11:03 am

    awwn kihineh thihedhi salaa
    vrh reathi mi part
    next part ah vrh wait kurevey eba

    1. Salaa says:
      February 3, 2014 at 6:51 pm

      thank u lovely girl n Ldy gaagaa… keep waiting two kudhin ves ingey

  8. nuxiiii says:
    February 3, 2014 at 12:32 pm

    ….salaa ur da best writer I hve ever seen…..varah salhi vaahaka eh
    …..next part kn irakunta
    …………waitnnnnnn

    1. Salaa says:
      February 3, 2014 at 6:52 pm

      hehehe thanks nuxxii… next part adhi nuliyan… liyevnyma hama up kuraanan insha allah.. keeep in touch madam.. hehe

  9. you says:
    February 3, 2014 at 2:17 pm

    ehves reecheh noon.. v v v hadi vaahakaeh.. thia ah vure maaa reethi vaahaka thah thibey,,,, vvvvvv hadi.. :/

    1. Salaa says:
      February 3, 2014 at 6:48 pm

      yes… hunnaane.. miah vuren maa reethi maa fenvaru rangalhu vaahaka ves hunnaane… You ge hiyaalah thaaeedhu kuran.. bcox thi hiyaaluge sababun ithurah vaahaka thakuge fenvaru rangalhu kuran masakkaiy kureveyne right? so thnx a lot.. n i hope u ll read my other stories.. this is not my first story. if u want to read please Like my page https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810
      komme site akah vaahaka liyunas mi page ah update vaane.. thank u YOU 🙂

  10. Zoyaa says:
    February 3, 2014 at 2:27 pm

    Very interesting

    1. Salaa says:
      February 3, 2014 at 6:49 pm

      zoya thankx… read next part also inge

  11. me says:
    February 3, 2014 at 3:58 pm

    reethi veemaehnun NUXiiii ves thi kee :p

  12. me says:
    February 3, 2014 at 3:59 pm

    sorry I meant YOU not nuxiii loabi

    1. Salaa says:
      February 3, 2014 at 6:50 pm

      Heyy me… No NO.. hadi viyas kiyaala faanehnu dw… liyefa oiy ehcheh balan ves kiyaa kudhin thibeyne.. its not a problm ingey.. thankx ME 🙂

  13. Nix ie says:
    February 3, 2014 at 7:23 pm

    Hai salaaaa!!!!!!!!!! hows u my dear?????????? wow wow wow,,,mi part ves vvvv salhi,,adhi mi vaahaka ves v salhi adhi ehaame interesting,,,gaimuves nizooah mivaahaka hama vvvv reethi,,,100 out of 100 dhey varuge vaahaka eh mi,,,ehaaves nala vihyya,,dhn gaboolu kuran nizooah reethi viyas reethi noon kudhinves thibeyne kan,,, hurihaa meehunge choise eh goi nuvaane eh nun dho????ekam mi vvv gina kudhinah reethi vaahaka eh.,, v gina kudhinge medhugaa maguboolu vaahaka eh,,ba eh kudhinah hadivun a ee mahssala eh nooon,,,salaa thi nizoooge enme best liyuntheriyaa,,,ahen v ma kanneyge nizoooah hadi nuvani dho???????? ekam adhi e gothah madhu kuhjjaku bunaa ehcheh gaboolu nukurahchey ingey sweety,,ur the best,,,mi storyves v nice,,,
    vikaash haadha gadhaey dho???????heheehheeee muhssadhi kamuge beynumuga dho mi vikaash shikaayaa marry kurani??????????? hehehee mihaaru rangalhah muhssadhi vehjjeh nooon dho????????? dhn vaane gotheh neygigen vvv hiyy thelhey eba,,,hehehee dhn kon dhuvahakun anehbai??????????????avahah up kohdhehchey ingey sweetyyyy… 🙂 🙂 dhn ba e tgc love you n miss u alot

  14. nuxiiii says:
    February 5, 2014 at 4:53 pm

    ….alhe me… nuxiiii hama reeti vageney mi vaahaka kiyaniii
    ……hehehe

  15. nuxiiii says:
    February 5, 2014 at 4:55 pm

    sala kn dhuvahakn vaahaka up vanyyy….

  16. Jaishan says:
    February 6, 2014 at 7:48 pm

    މި ސަޅިއޭ!
    އަޅުގަނޑަށް ކަމުގޮއްސި
    And I M Hooked!
    ސަލާއަށް ވަގުތު ތަން ދިން ގޮތަކުން އަޅުގަނޑުގެ ވާހަކައިން ބައެއް ކިޔުމަކީ އަޅުގަނޑުގެ އެދުމެއް! 🙂

  17. shifa says:
    February 6, 2014 at 11:10 pm

    v v v reethi mi baives

  18. Mishty says:
    February 8, 2014 at 6:10 pm

    ‘YOU’ ves mivaahaka kiyaathee ehnu hadiey bunanves thi eguny dhw. :-P. hadiviyas nukiyaehves nuviehnnu :-P. ehen noonas vaahaka hadi nama eha gina part eh nuves kiyaane kiyaa hithehves nuvaane. hama egothah vaahaka hadikan egeynyves gina part thakeh keemahen heevany:-P. YOU hama j vy. yageeney adhives salage stories kiyaanekan..:-P bolheh YOU ah. sala, mivaahakaves v reethi igey. tgc dear

  19. لايطافسفاطغايتغ says:
    November 7, 2014 at 11:48 am

    بوابات ذندندنذد

  20. Aaish says:
    November 7, 2014 at 11:49 am

    V reethi vaahakaeh

  21. sal says:
    May 5, 2015 at 2:18 pm

    meehun hithan araa gothaa mulhin thafaathu kohli nama bt nice

Comments are closed.


All Right Reserved!