Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޔަޝްމީ 2

Dreamy Level 1
February 2, 2014 4 Mins Read
4 Comments
 އަހަރެންވެސް ވީން.. އެކަމަކު އޭނަ އަހަރެންނަށް ބޭފަވާތެރިވީ.. ” އޭޒިލް ހުއްޓާލީ އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.” ކާކު؟ ލާރާތަ؟” އޭޒިލް ބުނި ޖުމްލައިން ނިޝާންގެ ހިތް ބާރަށް ތެޅިގަތެވެ.

” ހެހެހެހެ ސާބަހޭ ޝާން.. ލާރާއެއް ނޫން.. އަހަރެން ރަށު ކުއްޖެއް އެއީ.. މީގެ ހަތް އަހަރު ކުރިން އޭނަ އަހަރެން ދޫކޮށްލީ..” ނިޝާންގެ މޫނުމައްޗަށް ވެރިވި ކުލަވަރުން އޭޒިލް އަށް މަޖާވިނަމަވެސް ހިތުގައި ވަނީ ވޭނީ ރިހުމެއް އުފެދިފައެވެ. ހަނދާން ކުރަން ބޭނުންނުވިނަމަވެސް އެ ހަނދާންތަކެއް އޭނާއަކާ ވަތްކެއްނުވެއެވެ.

” ނަސީބެއްނު… އެހެންނޫނީ އަހަރެންގެ ހިތް ހުއްޓުނީސްކަން ޔަޤީން.. ނޭނގޭނެއްނު އޭޒް ބުނީ އޭނައޭ ވިއްޔަ.. ބައިދަވޭ އޭޒް ބުނަން އުޅުނީ ރަށަށްދާ ވާހަކައެއް ނޫން.. މަށަށް ހަމަ ޔަޤީން…” އެކުގައި ތިން އަހަރެއްހާ ދުވަސް ހޭދަކުރެވިފައިވާއިރު ނިޝާންއަށް އޭޒިލް ވަރަށް ރަނގަޅަށް އިނގެއެވެ.

” ހޫމް.. ލާރާގެ ވާހަކައެއް.. އޭނައާ އަހަރެން އޮފީހުގަ އުޅޭ ކުއްޖަކާ ގުޅުމެއް އޮވޭ ޝާން.. އަހަރެން ބޭނުމެއް ނުވޭ އަހަރެން އެކްސްޕީރިއެންސް ކުރި ކަހަލަ ކަންތައްތަކެއް ޝާން ކުރާކަށް.. އަހަރެންނާމެދު ގޯސް ގޮތަކަށް ނުވިސްނަންޗޭ ޕްލީޒް..” އެލަފްޒުތައް އޭނާގެ ދުލުން ބޭރުވީ ވަރަށް މަސައްކަތުންނެވެ. ނިޝާން ބުނާނެ އެއްޗެއް ނޭނގޭތީއާއި ނިޝާންގެ ރިއެކްޝަން ހުންނާނެ ގޮތެއް ނޭނގޭތީ އޭޒިލް ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ހަމަހިމޭންކަމުގައި ދެތިން މިނެޓެއްހާއިރު ވޭތުވެގެން ހިނގައްޖެއެވެ. ނިޝާން އެއްޗެއް ނުބުނާތީ އޭޒިލް އިނީ ވަރަށް ކަންބޮޑުވެފައެވެ.

” މީގެ ކުރިން އެހެން ފްރެންޑުން ތިކަހަލަ ވާހަކަ ދެއްކީމަވެސް އަހަރެން ޤަބޫލެއް ނުކުރަން އެކަމަކު އޭޒް ތިކަހަލަ ވާހަކައެއް ދައްކާނީ ވަރަށް ވިސްނާފަކަން އަހަރެން ވެސް ޤަބޫލުކުރަން.. އަހަރެން އެހާ ވަރަށް އޭޒްއަށް ޓްރަސްޓް ކުރަން.. ދެން އެކަމާ މޫޑް އޮފް ނުވެ ހިނގާބަލަ ޝޮޕިންއަށް…” ހީކުރި ގޮތާ ޚިލާފަށް ނިޝާންއަށް އަސަރެއް ނުކުރިއެވެ. ނޫންނަމަ އަސަރުކުރި ނަމަވެސް އެކަން މޫނުމަތިން ނުދެއްކީއެވެ.

” ހިނގާ ދާން..” ދެމީހުން ދާން ތެދުވިވަގުތު އަނެއްކާވެސް ނިޝާންގެ ފޯން ރިންގުވާންފެށިއެވެ.

” މޯޑް.. އޭޒް މަޑުކޮށްލައްޗޭ.. މަ އެބަ އަންނަން…” ފޯން ނަގަމުން ނިޝާން ހިގައިގަތީ ބޭރަށެވެ.
********************************

ޔަޝްމީ ތައްޔާރުވެލައިގެން އައިއިރު ނޫރާއާއި މާދު ތިބީ ކާމޭޒު ދޮށުގައެވެ.
” ޔަޝް އާދޭ ސައިބޯން..” ނޫރާ ގޮވާލިއެވެ. ޔަޝްމީ މަޑުމައިތިރި ހިނގުމެއްގައި އައިސް ގޮނޑީގައި އިށީނެވެ.

ކެއުމުގެ ވަގުތުގައި އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އާދައިގެ މަތިން މާދު އިނީ ފޯނަށް ގޮސް ގެއްލިފައެވެ. ނޫރާވެސް އިނީ ކޮންމެވެސް ވިސްނުމެއްގައެވެ. ތަނަށް އެހާ ހިމޭންކަން ވެރިވެފައިވަނީ އެހެންވެގެންނެވެ. ޔަޝްމީ ކުޑަ ގޮތަކަށް ކައިނިމިގެން ތެދުވިއެވެ.

” ދޮން ތަންކޮޅެއްކުރިން އެއަރޕޯޓަށް ދާން ނިކުންނަށް ޖެހޭނެ.. މިދުވަސްކޮޅު ވަރަށް ބާރު ބޮޑުވާނެ..” މާދު ދެއްކި ވާހަކައަށް ޔަޝްމީ ޖަވާބު ދިނީ ހަމައެކަނި ބޮލުގެ އިޝާރާތުންނެވެ.

” ޔަޝް ދައްތައަށް އެއަރޕޯޓަށް ނުދެވިދާނެ..ބޭބެ މިއަދު އަންނަވާހަކަ ބުނެފަ އޮތީމަ.. ކޮކީ ދޮންއަށް ބަލައްޗޭ..” ނޫރާ ޔަޝްމީގެ ގާތަށް ހުއްޓެލިއެވެ.

” އިޓްސް އޯކޭއޭ ދައްތާ.. އަހަރެންވެސް އެކަނި އުޅެން ދަސްކުރަން ޖެހޭނު.. އަބަދަކު އަހަރެން ކައިރިއަކުވެސް މީހުންނެއް ނުތިބޭނު.. ” ޔަޝްމީ ހިތި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކޮށްލަމުން މިސްރާބު ޖެހީ ޓެރަހާ ދިމާލަށެވެ.
ހެނދުނުގެ ވަގުތުކަމުން ޓެރަހުގައި ހައްދާފައިވާ މާތައް ފެންނަނީ ވަރަށް ތާޒާކޮށެވެ. އިރުއިރުކޮޅުން ޖެހިލާ ހިތްގައިމު ވައިރޯޅިތަކުން ގަސްތައް ހެލިލާ ގޮތްވެސް ވަރަށް ހިތްގައިމެވެ. އާދައިގެ ކުރުތާއަކާއި ކަޅު ޖީންސެއްގައި ޔަޝްމީ ވަރަށް ރީއްޗެވެ. ކަޅު ބުރުގާއެއްގެ ތެރެއިން އެ ދޮންމޫނު ފެންނަނީ ކަޅުވިލާތަކުގެތެރެއިން ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ. ނަމަވެސް އެ ރީތި މޫނުމަތިން އެއްވެސް އުފާވެރިކަމެއް ފެންނާކަށްނެތެވެ.

” ކީއްވެތަ އެހަނދާންތަކާ ދުރަށް ނުދެވިގެން މިއުޅެނީ؟؟ އަހަރެން މިހާ މަސައްކަތް ކުރާއިރުވެސް އެކަން ކާމިޔާބު ނުވެގެން މިއުޅެނީ ކީއްވެތަ އަޅެ؟؟ ކީއްވެތަ އަހަރެންނަށް ހީވަނީ އެއީ މީހަކު ގަސްތުގަ އަހަރެންނަށް ދިން ލަނޑެކޭ؟؟ އެހާދިސާއާ ދޮނާއާ ވެސް ގުޅުމެއްވެއޭ ކީއްވެތަ ހީވަނީ؟؟ އަހަރެން ހިތަށް ވިސްނާދޭން އުޅެއުޅެ އެކަން ނުވަނީ ކީއްވެތަ؟؟” ޔަޝްމީ ވާހަކަ ދެއްކީ އަމިއްލަ ނަފުސާއެވެ. އެފަދަ ޚިޔާލުތަކެއްގައި އޭނާއަށް ހުރެވުނީ ކިހާއިރެއް ވަންދެންކަމެއްވެސް ނޭނގެއެވެ. އޭނާއަށް ހޭވެރިކަންވީ މާދުއައިސް ގޮވުމުންނެވެ. އަވަހަށް ތައްޔާރުވެލައިގެން އެއަރޕޯރޓަށް ދާން ޓެކްސީއަށް އެރިއެވެ. ނޫރާ މަޑުކުރީ ގޭގައެވެ.

***************************************

” ޝާން.. ލޯންޗު އިންޖީނު ހަލާކުވެގެން ފުރުން ލަސްވެއްޖެ.. ރަށުކުއްޖެއް ދެންމެ ގުޅާފަ ބުނި” ފޯން ނިންމާލާފައި އައުމުން އޭޒިލް ބުނެލިއެވެ.

” އެހެންތަ؟؟ ދެން އެހެންވީމަ ނޭނގެދޯ މިއަދު ފުރޭނެކަމެއްވެސް؟؟ މޯޑް އެގުޅީ.. އޭނަ ބޭބެ މިއަދު ރާއްޖެ އެބައާދެ އެހެންވެ އެއަރޕޯރޓަށް ގޮސްދޭށޭ ބުނީ ފަހެއް ޖަހާއިރު ލޭންޑް ކުރާނޭ ބުނި..” ކެފޭއިން ނިކުންނަމުން ނިޝާން ވާހަކަދެއްކިއެވެ.

” މިރޭ ފުރާ ބޯޓެއް އެބައޮތް އޭގެން ދާގޮތަށް މިހާރު.. މޯޑްވިއްޔާ ދާންވާނެ.. ހިނގާ އަވަހަށް ނުގަނެވި ހުރި އެއްޗެހި ގަންނަން..” ފޯންނަގާ ގަޑިއަށް ބަލާލަމުން އޭޒިލް ބުންޏެވެ.

ދެމީހުން އެކި ފިހާރަތަކަށް ވަދެ އެއްޗެހި ގަތުމަށްފަހު މިސްރާބު ޖެހީ އެމީހުން އުޅޭ އެޕާރޓުމެންޓަށް ދިއުމަށެވެ. ގަދަ އަވީގައި ހިނގުމުގެ ސަބަބުން ދެމީހުންވެސް ވަނީ ދާހިތްލާފޯވެފައެވެ. އެހެންކަމުން ތާޒާވެލައިގެން ކުޑަ ވަގުތުކޮޅަކަށް އަރާމުކޮށްލުމަށް އޭޒިލް ނިންމިއެވެ.
************************************************

ފްލައިޓަށް އަރާ ހަމަޖެހިލަމުން މާދު ބަލާލީ ޖެހިގެން އިން ޝީޓްގައި އިން ޔަޝްމީއަށެވެ. ލޯމަރާލައިގެން ޝީޓްގައި ލެގިލައިގެންއިންއިރު އެމޫނުން ފެންނަނީ މާޔޫސީކަމެވެ. އަޅާފައިވާ ކަޅުކުލައިގެ ޝޯލުގެ ސަބަބުން އެދޮން މޫނު ވަކިން ހުދުކަމަށް ދައްކައެވެ. އެމޫނުގައިވާ އަސްލު ކުލަވަރު ފޮރުވާލުމަށް މޭކަޕް ކޮށްފައިވީކަމަކު، އެމޫނުން ފެންނަމުންދަނީ ވީރާނާކަމާއި މޮޅިވެރިކަމެވެ. އެ ތުނިތުނި ފިޔާތޮށި ތުންފަތުގައިވެސް އެއްވެސް ދިރުމެއް ނެތެވެ.
ބަލާބެލުމަށް އުފާވެރި ކުއްޖެއްކަމަށް ހީވިނަމަވެސް އެއީ އެތައް ވޭންތަކެއް ތަޙައްމަލުކޮށްފައިވާ އަދި ކުރަމުން އަންނަ ކުއްޖެއްކަމެއް ބަލާލާ މީހަކަށް ނޭނގޭނެއެވެ. އެތުންފަތްމައްޗަށް އަބަދާއިއަބަދު ވެރިކުރުވާފައިވާ ހިނިތުންވުމުން އެތައްހާސް ކަރުނައެއް ފޮރުވާލަދެއެވެ.

މާދުގެ ލޮލަށް ނިދީގެ އަސަރުވެރިވީ ކޮންއިރަކުކަމެއް އޭނާއަށްވެސް ނޭނގެއެވެ. އޭނާއަށް ހޭވެރިކަންވީއިރު ބޯޓު ހުޅުލޭ ވައިގެ ބަނދަރަށް ޖައްސަނީއެވެ. މާދު އަވަސްއަވަހަށް ބަލާލީ ޔަޝްމީއަށެވެ.

“ދޮން..” މާދު މަޑުމަޑުން ގޮވާލިއެވެ. ޔަޝްމީ ދެލޯ ހުޅުވާލުމާއެކު އެރީތި ދެލޮލަށް ބޮޑިވެފައިވާ ކަރުނަތައް އޮހިގެން ދިޔަތަން މާދު ދުށްޓެވެ.

” ކީކޭ؟؟” އަވިއައިނު އަޅާލަމުން ޔަޝްމީ އަވަސްއަވަހަށް އަހާލިއެވެ.

” ހުޅުލެއަށް އާދެވުނީ…” މާދު ބުނެލިއެވެ.

************************************

ނިދަން ބޭނުންވިނަމަވެސް އޭޒިލްއަށް ނިދޭ ގޮތެއް ނުވިއެވެ. ވަރަށް އަވަހަށް އޮފީހަށް ދާން ޖެހުމުން ނިޝާން ދިޔައީއެވެ. ފަހަރެއްގައި އޭނާއަށް ގަޑިއަށް ނާދެވުނަސް އޭޒިލް އެއަރޕޯރޓަށް ދިއުމަށް ބުނެފައެވެ. ވަގުތު އޮތުމުން އޭޒިލް ވިސްނީ ކުޑަކޮށް ނިދާލާށެވެ. ނަމަވެސް އޭނާ ނިދުމަށް ކުރި މަސައްކަތް ކާމިޔާބެއްނުވިއެވެ. ކުރަން ދިޔަ މަސައްކަތް ނިންމާލާފައި ނިޝާން އައިއިރުވެސް އޭޒިލް އެނދުގައި ފުރޮޅި ފުރޮޅި އޮތީއެވެ.

” ނުދާނަންތަ؟ ގަޑި ޖެހެނީ؟؟” ނިޝާންގެ އައިކަމެއްވެސް އަދި އޭނާގެ އަޑު އޭޒިލްއަށް އިވުނުހެނެއްވެސް ހިޔެއްނުވެއެވެ.

އެހެންކަމުން ނިޝާންގޮސް އޭޒިލްގެ ކޮޑުގައި ކޮއްޓާލިއެވެ.

” މާޒީއާ ދޭތެރޭ ނުވިސްނާ.. އެއީ ބޭކާރު ކަމެއް.. އެކަމަކު މާޒީވި ދުވަސްތަކުން ލިބުނު އިބްރަތް އަބަދުވެސް ހަނދާން ކުރަން ޖެހޭނެއޭ އަހަރެންގެ ބައްޕަ ބުނޭ..” ނިޝާން އޭޒިލްއަށް ނަސޭހަތްތެރިވިއެވެ.

” ހެހެހެހެހެހެ.. ބުރޯ ކިހިނެއްވީ؟؟” އޭޒިލް އަށް މަޖާވިއެވެ.

” އެނގޭ ނުބުންޏަސް އޭޒްވެސް ދެރަވާނެކަން.. ބޭނުންނުވިޔަސް ވިސްނޭނެކަންވެސް.. ” އޭޒިލް ހުރަސްއެޅުމުން ނިޝާން ހުއްޓާލިއެވެ.

” އަހަރެންމީ އެހާ ރަނގަޅު މީހެއްނޫން ޝާން.. އަބަދު އަހަރެންގެ އަމިއްލަ ނަފުސު އަހަރެންނާ މަލާމަތް ކުރާވަރު ކަމެއް ކުރެވިފަ މިހިރީ.. ކުރެވުނީކީވެސް ނޫން.. ކުރީ ގަސްތުގަ ހަމަ އެނގިހުރެ..” ނިޝާންގެ މޫނަށް ނުބަލަންވެގެން އޭޒިލް އަނެއް ފަރާތަށް އެނބުރުނެވެ. ނިޝާން އޭޒިލްގެ ކޮނޑުގައި އަތްއަޅާލީ ހިތްވަރުދިނުމުގެ ގޮތުންނެވެ.

” ހޭ އިމޯވާކަށް ޓައިމެއް ނެތް އިނގޭ.. ފެރީ ޓާރމިނަލްއަށް ދާން ޖެހޭނެ ތަންކޮޅެއް ކުރިން.. މަ އެބަޖެހޭ މީހަކަށް އެއްޗެއް ހަވާލުކުރަންވެސް.. އަވަހަށް ރެޑީވެބަލަ..” ނިޝާން މޫޑު ބަދަލުކޮށްލިލެއް އަވަސްކަމުން އޭޒިލްވެސް ހައިރާންވިއެވެ. އޭނާ އަވަހަށް ފާޚާނާއަށްވަނެވެ. ވަރަށް އަވަހަށް ރެޑީވެލައިގެން އޭޒިލް ނިކުތެވެ. އޭރު ނިޝާން ޓެކްސީއަކަށްވެސް ގުޅައިފިއެވެ.

އެރައިވަލްސް އާ ހަމައަށް ދެވުނުއިރު މީހުންތައް ނިކުންނަންފަށައިފިއެވެ. ތަންކޮޅަކަށް ދެވުނުތަނާ އޭޒިލް މީހެއްގެގައިގާ ޖެހުނެވެ. ފަސް އެނބުރި ބަލާލި ވަގުތު އޭޒިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުރިމަތީގައި އެހެރީ އެތަނުން ފެނިދާނެ ކަމަށް އުންމީދުކުރި މީހެއްވެސް ނޫނެވެ.

Tags:

ހަޤީޤީ

Share Article

Follow Me Written By

Dreamy

Level 1

Other Articles

Previous

ވީރާނާ (ތިން ވަނަ ބައި)

Next

ވީރާނާ (4 ވަނަ ބައި)

Next
February 2, 2014

ވީރާނާ (4 ވަނަ ބައި)

Previews
February 2, 2014

ވީރާނާ (ތިން ވަނަ ބައި)

4 Comments!

  1. na says:
    February 2, 2014 at 2:54 pm

    ވާހަކަ ދިގު ކޮށް ގެންނަން ވީ އެއްނުން…ތިހާ ކުރުވީމަ ކިޔާ ހިތެއް ނެތް…..

  2. Dreamy says:
    February 2, 2014 at 3:05 pm

    ދެން ފަހަރަކުން ދިގުކޮށް ގެނެސްދޭނަން އިންޝާ ﷲ. . ތަންކޮޅެއް ބިޒީވީމަ މިފަހަރު އެހެންވީ

  3. afsa says:
    February 2, 2014 at 8:31 pm

    V v salhi aslu vex thankolheh dhigu koh genes dheynama…… Heevey kuriyah huri baithah vex v reethi vaane hen..

  4. Dreamy says:
    February 2, 2014 at 9:19 pm

    Thankss afsa.. insha allah next part dhigu kolaadheynan

Comments are closed.


All Right Reserved!