މިޙަޔާތާ ދުރުނުވޭ…
(1ވަނަ ބައި)
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ނަޝާމް ދުއްވަމުން ދިޔަ ސައިކަލް މިސްރާބު ޖަހާފާވަނީ ހެންވޭރުކޮޅާ ދިމާއަށެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން ފިނިބުރުޖަހަން ނުކުމެ އުޅޭ މީހުންނާއި ވަޒީފާތަކުން ނިމިގެން އަންނަ މީހުން ގިނަކަމުން މަގުތައްވަނީ ދުއްވާއެއްޗިއްސާއި މީހުންގެ ސަބަބުން ފުރި ބާރުވެފައެވެ. ނަޝާމް ދުއްވަމުން ދިޔަ ސައިކަލް ގޮސް މަޑުކޮށްލީ ހ.ރެޑްރޯޒް ގޭ ދޮރުމައްޗަށެވެ.
އެއްފަރާތެއްގައި ސައިކަލް ޕާކުކޮއްލުމަށްފަހު ނަޝާމް އެގެއަށްވަދެ ސަލާމް ގޮވާލިއެވެ. “ވަޢަލައަކުމުއް ސަލާމް…” ގޭތެރެއިން ނިކުތް ދެބައި އުމުރުގެ އަންހެނަކު ސަލާމް ބަލައިގަތެވެ. “ދައްތާ ޒަޔާން އެބައުޅޭތަ؟؟” އަހާނ ނަޝާމް ދޯ…. ހާދަ ދުވަހެއްކޮށްލާފައޭ ތިއައީ….” ނަޝާމަށް އެތެރެއަށް ވަނުމަށް ތަންދައްކަމުން ޒަޔާންގެ މަންމަ ޒުނޭރާ ވާހަކަ ދެއްކިއެވެ. ” ހޫމް… މިއައީ ރަށުން ބޭރުގަ އުޅެލާފަ… އެހެންވެ ހަބަރެއް ނުވީ….” އެތެރެއަށް ވަންނަމުން ނަޝާމް ބުނެލިއެވެ. ” ޒަޔާން ވެއްޖެ ކޮޓަރީގަ…” ހީލަމުން ޒުނޭރާ ބުނެލިއެވެ. ނަޝާމްވެސް ހިނިތުންވެލަމުން ޒަޔާންގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
ދެފަހަރަކު ޓަކިޖެހުމުން ޒަޔާން ދޮރުހުޅުވިއެވެ. ” އަހަރެން ހީކުރީ ނަޝާމް މަރުވީކަމަށް…” ދޮރުމަތީގައި ހުރި ނަޝާމް ފެނުމުން ދިމާކޮށްލުމުގެ ގޮތުން ޒަޔާން ބުނެލިއެވެ. ޒަޔާން މިހެންބުނުމުން ހިނިގަނޑެއް ޖަހާލަމުންގޮސް ކޮޓަރީގައި ހުރި ސޯފާގައި ނަޝާމް ޖައްސާލިއެވެ. ” ކޮންތާކުތަ ތިއުޅުނީ މިއޮއްހާދުވަހު….” ޒަޔާން ވެސް ނަޝާމްގެ ގާތުގައި އިށީންނަމުން އަހާލިއެވެ. ” އަހަރެން ރާއްޖެ އައިގޮތަށް ރައްޓެހިކުއްޖަކާއެކީ ދެތިންމަހަށް އޭނަގެ ރަށަށް ދިޔައީ… އެރަށަށް ދިޔުމުގެ ކުރިން ޒަޔާންއަށް ގުޅީމޭ… ފޯން ނިވާލާފަ އޮތީ…. ގެއަށް އައީމަ އެނގުނީ ރާއްޖެއިން ބޭރަށް ދިޔައީކަން….” ސޯފާގައި ހަށިގަނޑު ދަމާލަމުން ނަޝާމް ވާހަކަ ދެއްކިއެވެ. ” އާން… އަހަރެން ދިޔައީ ބައްޕައާއެކީ ބިޒްނަސްގެ ކަމެއްގަ… އަހަރެން މިހާރު މި އުޅެނީ ބައްޕަގެ އޮފީހުގަ… ނަޝާމް ވަޒީފާ އަކަށް ދާ ހިޔާލެއް ނުކުރަންތަ؟؟؟” ” ނޫނޭ އަހަރެންވެސް އެބަ ވިސްނަން ތިކަމާ.. ބައްޕަގެ އޮފީހަށް ދާހިތް ނުވެގެން މި އުޅެނީ… ތި އޮފީހަކު ނެތްތަ ރަނގަޅު ވަޒީފާއެއް..” ހަށިގަނޑު ތެދުކޮށްލަމުން ނަޝާމް އަހާލިއެވެ. ” އޫމްމް… ބައްޕަ ކިޔޭ އަހަންނާ އެކީގަ މަސައްކަތް ކުރާނެ އިތުރު ކުއްޖަކު ހޯދާ ވާހަކަ… އެހެންވީމަ ބައްޕަގާތު މިވާހަކަ ދައްކާލަންވީދޯ…” ކުއްލިއަކަށް ހަނދާންވުމުން ޒަޔާން ބުނެލިއެވެ.
ވާހަކައިގައި އެތައްއިރަކު އިނުމަށްފަހު ނަޝާމް ތެދުވީ ގެއަށް ދިޔުމަށްޓަކައެވެ. ބޭރަށް ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކުރަން އުޅެނިކޮށް ނަޝާމްގެ ލޮލުގައި އަޅައިގަތީ މަގުގެ އަނެއް ފަރާތުން ހިނގާފައި އައި ތިން އަންހެންކުދިންގެ ތެރެއިން މެދުގައިހުރި ކުއްޖާއެވެ. އިސްކޮޅާއި ރޫފަ ހެޔޮވަރުވަރެއްގެ އެކުއްޖާއަށް ޤުދުރަތީ ގޮތުން ރީތި ސިފައަކާއި ހުދު ދޮންކަމެއް ލިބިފައިވެއެވެ. ލައިފާ ހުރި ފިޔާތޮށި ކުލައިގެ ދޯޕައްޓާ ހެދުމުން އެކުއްޖާގެ ރީތިކަން އިތުރަށް ހާމަވެގެން ދެއެވެ. އޭނާގެ ކަޅުކުލަ ގަދަ ފަން އިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮށްލާފައެވެ. ހިނިތުންވެ ހުރެ ގާތުގައި ތިބި ދެކުދިންނާ ވާހަކަ ދައްކަމުން އެކުއްޖާ ކުރިޔަށް ދެއެވެ. ނަޝާމް އަވަސް އަވަހަށް ސައިކަލަށް އަރާ ސައިކަލް ސްޓާޓް ކޮށްލުމަށްފަހު އެކުދިންގެ ފަހަތުން ދިޔުމަށްޓަކާ ދުއްވާލިއެވެ. ނަމަވެސް ކަން ދިމާކުރި ވަރަށް ދެރަގޮތަކަށެވެ. ޖެހިގެން ހުރި ގޯޅިން އެކުދިން ލަބާލިއިރު ނަޝާމަށް ޖެހުނީ ޓުރެފިކްގައި ޖެހިގެން މަޑުކުރާށެވެ. ނަޝާމް ވަރަށް ހާސްވިއެވެ. އެކުއްޖާ ދިޔަ ތަނެއް ނޭނގިދާނެތީއެވެ. އެވަގުތު ފެހިބޮކި ދިއްލުމުން ނަޝާމް ސައިކަލް ދުއްވާލާ ޖެހިގެން ހުރި ގޯޅިއަށް ވަނެވެ. ނަމަވެސް އެ ތިންކުދިންގެ ތެރެއިން އެއްވެސް ކުއްޖެއް ފެންނާކަށް ނެތެވެ. ނަޝާމް ވަރަށް ދެރަވިއެވެ. އޭނާގެ އުމުރުން ތޭވީސް އަހަރު ވީއިރު އޭނާގެ ހިތްއެދޭ ކަހަލަ ކުއްޖެއް ފެނުނީ އަދި ކިރިޔާއެވެ. ނަމަވެސް އެކުއްޖާއާ ވާހަކަ ދައްކާނުލެވުނުތާނގައި އެ ކުއްޖާގެ އެއްވެސް މައުލޫމާތެއް އަދި އުޅޭ ގެއެއްވެސް އެނގުނީއެއް ނޫނެވެ. މާޔޫސްކަމާއިއެކު ނަޝާމް މިސްރާބު ބަދަލުކޮއްލީ ގެއާ ދިމާއަށެވެ. ނަމަވެސް ބަންގި ގޮވަން ފެށުމުން ނަޝާމްގެ ހިޔާލް ބަދަލުވިއެވެ. އޭނާ ދިޔައީ މިސްކިތަށެވެ. ނަޝާމަކީ ވަގުތުން ވަގުތަށް ނަމާދު ކުރާ އަޚުލާގު ރަނގަޅު ކުއްޖެކެވެ.
މަޣްރިބު ނަމާދު ކޮށްލައިގެން އައިސް ގެއަށްވަން ނަޝާމަށް ނޭފަތް އެތެރެއަށް ދަމާލެވުނީ ގޭގެ ކަނާތްފަޅީގައި ހައްދާފައިވާ ބަގީޗާގައިވާ މާގަސްތަކުން ދުވާ މީރުވަހުގެ ސަބަބުންނެވެ. ނަޝާމް ގޭތެރެއަށް ވަންއިރު އޭނާގެ މަންމަ އަމީނާ އާއި ބައްޕަ ސަލީމް ސިޓިންގރޫމްގައި އިނެވެ. ނަޝާމް ސިޑިއާއި ދިމާއަށް ހިނގައިގަތުމުން ސަލީމް ނަޝާމަށް ގޮވާލިއެވެ. “ދަރިފުޅާ ނަޝާމް… އާދެބަލަ މިތާ އިށީންނަން….” ކިޔަމަންތެރިކަމާއިއެކު މަޑު ހިނގުމެއްގައި ހިނގާލާފައި އައިސް ނަޝާމް އޭނާގެ ބައްޕަގެ ގާތުގައި އިށީނެވެ. “ދަރިފުޅާ ނަމާދުކޮށްފިންތަ؟؟؟” “ލައްބަ ބައްޕާ…” ސޯފާގައި ލެނގިލަމުން ނަޝާމް ބުނެލިއެވެ. “ބައްޕައަށް އެނގޭ ބައްޕަގެ ހުރިހާ ކުދިންވެސް ގަވާއިދުން ނަމާދު ކުރާނެކަން… އެކަމަކުވެސް ބައްޕަ ހަމަ އަހާލީ… އަސްލު ދަރިފުޅު މި ގެނައީ އެހެން ވާހަކައެއް ދައްކާލަންވެގެން….” ހިނިތުންވެ އިނދެ ސަލީމް ވާހަކަ ދެއްކިއެވެ. “ދަރިފުޅާ…. ބައްޕައަށް ފެންނަނީ ދަރިފުޅުވެސް ބޭބެއެކޭ އެއްފަދައިން ބައްޕަގެ އޮފީހަށް ނުކުންނަން….. ތިހެން ވަޒީފާއަކަށް ނުގޮސް އުޅެނިކޮށް ދަރިފުޅުގެ އުޅުން ގޯސްވެދާނެތީ ބައްޕަ ވަރަށް ޖެހިލުންވޭ…..” “ބައްޕާ… އަހަރެން މީ މިހާރު ކުޑަކުއްޖެއް ނޫނޭ… އަހަންނަށްވެސް ހެވާއި ނުބައި ވަކި ކުރަން އެނގޭ…. އަހަރެން އެނގިހުރެ ގޯސްމަގަކުން ނުދާނަން… ބައްޕަމެން އަހަންނަށް އިތުބާރުކުރޭ….” ހަށިގަނޑު ތެދުކޮށްލަމުން ނަޝާމް ވާހަކަދެއްކިއެވެ. “ބައްޕަމެން ދަރިފުޅަށް އިތުބާރު ނުކުރަނީކީ ނޫން… އެކަމަކު ވަޒީފާއަކަށް ނުގޮހެއްވެސް ނުވާނެއެއްނު….” “އަހަރެން މިއުޅެނީ ޒަޔާންގެ ގާތު ވަޒީފާގެ ވާހަކަ ބުނެގެން… އޭނަ ބުނި އެކަމާ އުޅެދޭނަމޭ…” “ކީއްކުރަން އެހެން ތަނަކުން ވަޒީފާ ހޯދަނީ…. ބައްޕަގެ އޮފީހަށް ނިކުންނަންވީނު….” ނަޝާމްގެ ބޮލުގައި ފިރުމާލަމުން އަމީނާ ބުނެލިއެވެ. “މަންމާ…. ބައްޕަގެ ބިޒްނަސްއަކީ އަހަރެން މާ ގަޔާވާ ދާއިރާއެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ މަންމައަށް… އެހެންނޫނަސް ދޮންބެވެސް އެހުރީނު ބައްޕައާއެކީ އޮފީހުގެ މަސައްކަތްތައް ކުރިޔަށް ގެންދަން…..” “އެކަމަކު ދަރިފުޅާ….” އަމީނާ އޭނަ ބުނަން އުޅުން ޖުމްލަ މެދު ކަނޑާލީ ސަލީމްގެ އިޝާރާތަށެވެ. “ދަރިފުޅާ ބައްޕައަށް އެންމެ ރަނގަޅު ދަރިފުޅު ކޮންމެ ތާކު ވަޒީފާ އަދާކުރިޔަސް….. ދަރިފުލު ރަނގަޅު ވަޒީފާއަކަށް ދިޔައީމަ ބައްޕަ ހިތްހަމަ ޖެހޭނެ….” މިހެން ބުނުމަށްފަހު ސަލީމް ނަޝާމްގެ ބޮލުގައި ފިރުމާލިއެވެ… އަމީނާވެސް ހެވިފާ އިނދެ ނަޝާމްގެ އަތްމަތީ އަތް ބާއްވާލިއެވެ.
ޖެހިގެން އައިދުވަހެވެ. މެންދުރު ނަމާދު ކޮށްލައިގެން ނަޝާމް ހިނގައިގަތީ ގެއަށްދިޔުމަށްޓަކައެވެ. އަންހެންކުދިންގެ ހިތްތައް ފިދާވާފަދަ ފިރިހެންވަންތަ ހިނގުމެއްގައި ހިނގާފައި ދިޔަ ނަޝާމަށް ހުއްޓުން އެރީ މަގުގެ އެއްފަރާތެއްގައިހުރި ފިހާރައިގައި ހުރި އޭނާގެ ހިތުގެ ރާނީ ފެނުމުންނެވެ. ނަޝާމް ގޮސް އެފިހާރައަށްވަދެ އެކުއްޖާގެ ކައިރީގައި މަދުކޮށްލިއެވެ. “އައްސަލާމް ޢަލައިކުމް…” އިސްލާމީ ރިވެތި އާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން ނަޝާމް އެކުއްޖާއާ މުޚާތަބުކޮށް ސަލާމް ގޮވާލިއެވެ. “ވަޢަލައިކުމުއް ސަލާމް…” އެކުއްޖާ ސަލާމް ބަލައިގަތެވެ. އެކުއްޖާއެކޭ އެއްފަދައިން އެކުއްޖާގެ އަޑުވެސް އެހާމެ ރީއްޗެވެ. “އަހަންނަށް ކިޔަނީ ނަޝާމް… ތީނައަށް ކިޔަނީ ކޮންނަމެއްތަ؟؟؟” ކައުންޓަރުމަތީ އަތް އަޅާލަމުން ނަޝާމް ވާހަކަ ދެއްކިއެވެ. “އަހަރެން ނުދަންނަ މީހުންނާ ވާހަކަ ދައްކައެއް ނޫޅެން… ތިބޭފުޅާގެ ސަލާމަށް ޖަވާބުދިނީ އަހަރެންމީ މުސްލިމަކަށް ވީތީ…” ނަޝާމާ ދިމާއަށް ބަލާލަމުން މިހެން ބުނުމަށްފަހު ސޭޓު ދިން ބާކީ ފައިސާ ހިފައިގެން އެކުއްޖާ ފިހާރައިން ނުކުތެވެ. ނަޝާމްވެސް އެކުއްޖާގެ ފަހަތުން ނުކުތީ އެކުއްޖާ ވަންނަނީ ކޮންގެއަކަށްތޯ ބެލުމުގެ ބޭނުމުގައެވެ. ނަމަވެސް އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށުމުން މަޑުކޮށްލުމަށްފަހު ފޯނަށް ޖަވާބުދިނެވެ. “ހެލޯ ނަޝާމް… ވަރަށް އަވަހަށް އާދެބަލަ ޑައިންމޯއަށް…. ވަރަށް މުހިއްމު ވާހަކައެއް ދައްކާލަންވެގެން…” ފޯން ކަންފަތުގައި ޖެހުމާއިއެކު ފޯނުން ޒަޔާންގެ އަޑުއިވުނެވެ. “ދިހަވަރަކަށް މިނިޓްތެރޭ އެބަ ދަން…” މިހެން ބުނެފާ ނަޝާމް ފޯން ކަނޑާލިއެވެ. ނަޝާމް މަގުގެ ދެފަރާތަށް އަވަސް ނަޒަރެއް ހިންގާލީ އެއަންހެން ކުއްޖާ ފެނޭތޯއެވެ. ނަމަވެސް އޭރު އެކުއްޖާ ފެންނާކަށް ނެތެވެ. އެހެންކަމުން ނަޝާމް ދިޔައީ ގެއާ ދިމާއަށެވެ.
ނަޝާމް އޭނާގެ ކޮޓަރިއަށްވަދެ އެއްޗެހި ބަދަލް ކޮށްލިއެވެ. ރަތް ޓީޝާޓަކާއި ހުދުކުލައިގެ ކަކުލަށްވުރެ ތިރިއަށް އަރާ ހުދުސޯޓުބުރިއެއް ލިއެވެ. އެއަށްފަހު ސައިޑްޓޭބުލްމަތީ އޮތް އަވި އައިނު އަޅައިލައިގެން ކޮޓަރިން ނުކުތެވެ. “ދަރިފުޅާ އާދޭކާން…” ސިޑިން ފައިބައިގެން އައި ނަޝާމް ފެނުމުން ކާގެއިން ނުކުތް އަމީނާ ގޮވާލިއެވެ. “މަންމާ އަހަރެން ނުކާނަން…. މިދަނީ ޒަޔާން ގުޅާފަ އައިސްބަލާށޭ ބުނީމަ….” މިހެން ބުނެފާ ނަޝާމް ގެއިން ބޭރަށް ނުކުތެވެ.
ނަޝާމް ޑައިންމޯއަށް ވަދެ މާހައުލަށް ނަޒަރު ހިންގާލީ ޒަޔާން ފެނޭތޯއެވެ. އެވަގުތު ކަނެއްގައި ހުރި މޭޒު ދޮށުގައި އިން ޒަޔާންއަށް ނަޝާމް ފެނުމުން އަތުން ހަނާއަޅާލިއެވެ. ނަޝާމަށް ޒަޔާން ފެނުމުން އެދިމާއަށް ހިނގާގަތެވެ.
(ނުނިމޭ)
13 Comments!
Comments are closed.







Mi koacheh???
Ebunaahen mi koacheh
knchen mie??? kiriya kiyalevune ves…..
i couldn’t read this. such a shit… don’t you ppl check before publish….
mi rashu bas tha
,,,,,,,saajy mieee kn knkameh
Saaji mee konrashegge kujjehtha? Saaji mi ragalhukobba… Mee keekeytha liyefa? All the best saajy… new writer eh dhoa thee mi site ah
sorry everyone. i have now corrected the issue in viewing this story.
sorry everyone on behalf of saajy..aslu rangalhu kuran ulhe ulhe nuvefa e iny..tnx admin rangalhu kohla dhiinythy
who is the admin of this site
މި ސައިޓްގެ އެޑްމިންއަކީ ކޮންބޭފުޅެއްތޯ؟
?What the hell is this
i cant see anything wrng in this story.. its a nice story