Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަރުނަ އޭގެ އިންތިހާއަށް….5ވަނަބައި

ziyaad Level 110 Stories
February 10, 2014 3 Mins Read
5 Comments

                އާސިމް ބައްދަލުކުރަން ބޭނުންވި ކަން އެގުމުން އީނާޝް ވަރަށް އުފާވިއެވެ. އީނާޝް ނިންމައިގެން ހުރީ އެބައްދަލު ވުމުގައި އާސިމް އޭނާއަށް ލޯބި ހުށަނާޅައިފިނަމަ އޭނާ އިސްވެ ލޯބި ހުށަ އަޅާށެވެ. އާސިމް އަކީ އޭނާ ހީކުރި ކަހަލަ ދަށް އަހުލާގެއްގެ ވެރިއެއް ނޫންކަން މިހާރު އޭނާ ގަބޫލުކުރެއެވެ.

                                އީނާޝް ވެސް ހުރީ އޭނާ އާއި ބައްދަލުކުރާ ގޮތަށްކަން އެނގުމާއެކު އާސިމްވެސް ވަރަށް އުފާވިއެވެ. އާސިމް ގަސްތުކުރީ އީނާޝް އާއި ބައްދަލު ކުރުމަށްފަހު އޭނާއަށް ކުރެވުނު ކަންތަކަށް މާފަށް އެދޭށެވެ. އެހެން އިތުރު ވާހަކައެއް ނުދެއްކުމަށެވެ. ނަމަވެސް އާސިމްގެ ހިތް އެދެމުން ދިއައީ މާފަށް އެދުމަށްފަހު މާފު ލިބިއްޖެނަމަ ރައްޓެހިވާން އެހުމަށެވެ. މާފު ނުލިބިއްޖެ ނަމަ އެއީ ތަގުދީރު ކަމަށް ހީކޮށްލާފަ އައްނާނީއެވެ.

                              ކޮށްމެއަކަސް ޖެހިގެން އައި ދުވަހުގެ ހަވީރު ވަގުތެވެ. އާސިމް ފެންވަރާ ނަލަ ހެދިލައިގެން ރަށުގެ އުތުރު ފަރާތު ގޮނޑު ދޮށަށް ދިއައެވެ. އޭނާ އެތަނަށް ދިއައީ އޭނާގެ ހިތުގެ ބައިވެރިޔާ އީނާޝް އާއި ބައްދަލު ކުރުމަށެވެ. އާސިމްއަށް ގޮނޑު ދޮށަށް ފޭބުނު އިރު އީނާޝް އަތިރިމަތީގައި ހުދު ދޮންވެލިގަނޑުމަތީ ވެއްޔާ ކުޅެލަ ކުޅެލަ އިނެވެ. އޭނާ އިނީ އިސްދަށަށް ޖަހާލައިގެންނެވެ. ޖެހެމުންދިއަ ހިތްގައިމު ވައިރޯޅި އިރުއިރު ކޮޅާ އީނާޝް އާއި ސަމާސާ ކޮށްލާ ކަހަލައެވެ. މިއަދު އީނާޝް ވަކިން ރީތި ކަމަށް ފާހަގަ ކުރެވުނެވެ. އެތަނަކުން އީނާޝް ނޫން އެހެން މީހެއްގެ ހިލަމެއް ނުވެއެވެ. ގޮނޑު ދޮށަށް ބީއްސާލާ ރާޅުގެ އަޑު ހިތްގައިމު މިއުޒިކެއް ފަދައިން އިވި އިވި ހުއްޓެވެ. އީނާޝް ލައިގެން ހުރީ ކަޅުހެދުމެކެވެ. އަޅައިގެން ހުރީ ޕިންކު ކުލައިގެ ބުރުގަލެކެވެ. އަޅައިފަ ހުރި ބުރުގާގެ ތެރެއިން އީނާޝްގެ ރީތި މޫނު ފެނުމުން އޭނާގެ ހިތަށް ހީވީ ތޫނު އެއްޗަކުން ހިތް ކަފާ ކުދި ކުރާ ހެންނެވެ. އާސިމް އަށް އީނާޝް ފެނުމާއެކު ލަދު ގަންނަގޮތް ވިއެވެ. ކުރިއަށް ދާން ޖެހިލުންވާގޮތް ވިއެވެ. ފަހަތަށް ޖެހުމަކީ ފިނޑިންގެ ކަމެއްކަމަށް ދެކިފައި ވަރަށް ހިތްވަރު ކޮށްފައި އީނާޝް އާއި ދިމާއަށް ހިނގައިގަތެވެ. އާސިމް އަށް ވަކި ހިސާބަކަށް ދެވުނު ތަނާ އީނާޝް އަށް އާސިމް ފެނުނެވެ. އާސިމް އަންނާތީ ފެނުމާއެކު އީނާޝް އިންތަނުން ތެދުވިއެވެ. އަދި ގައިން ވެލި ފޮޅާލުމަށްފަހު ވަރަށް ޗައުގު ވެރި ކަމާއެކު އާސިމްއަށް ބަލަން ހުއްޓެވެ. އާސިމް އީނާޝް އާއި ކައިރި ވާވަރަކަށް އާސިމްގެ ރީތިކަން އީނާޝްގެ ހިތަށް އުދަގޫ ކުރަން ފެށިއެވެ. “ސަހަރޯއެވެ. އެހެރަ ރީތި ފިރިހެން ވަންތަ ކަމެއްތާއެވެ. އީނާޝް ގެ ހިތަށް އެރިއެވެ.   އީނާޝް ބަލަނީ އާސިމްއަށް ކަން އާސިމްއަށް އެނގުމާއެކު އާސިމް އިސްދަށަށް ޖަހާލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް އީނާޝްގެ ކައިރިއަށް ހުއްޓުނެވެ. އަދި އީނާޝް އާއި ހަތަރުކަޅި ހަމަ ކޮށްލިއެވެ. އެއާއެކު ދެކުދިން އެކަކު އަނެކެއްގެ ލޮލުގެ ޖަޒުބާތުގައި ޖެހި ޣަރަގުވެއްޖެއެވެ. އެގޮތުގައި އެދެކުދިން ހަމަ ހިމޭންކަމުގައި ތިބެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ.

                          އާސިމްއަށް ހޭވެރިކަންވީ މަތިންދިޔަ ކާޅެއް ގޮވާލިއަޑަށެވެ. އީނާޝް އަހަރެން ބޭނުން ކަލާގެ ކިބައިން މާފަށް އެދެން އަހަރެން ގަބޫލުކުރަން އެދުވަހު އަހަރެންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއްކަމަށް…” އާސިމްއަށް ހޭވެރިކަން ވުމާއެކު ވާހަކަ ދައްކަން ފެށިއެވެ. “ދެން އެވާހަކަ ނުދައްކާ އަހަރެން އާސިމްއަށް މާފުކޮށްފިން…..! ކުއްކުރެވޭނީ އިންސާނުންނަށް ގަސްގަހާ ގެއްސަކަށްނޫން…” އީނާޝް މާފުކުރިއެވެ. “އަހަރެންނަށް މާފުކުރިއަތީ ވަރަށް އުފާވެއްޖެ ދެން ދަނީ އިނގޭ…” އާސިމް ބުނެލިއެވެ. އީނާޝް އަކަށް ކެތެއްނުވިއެވެ. އޭނާ ހީކޮށްގެން ހުރީ މާފަށް އެދުމަށްފަހު އާސިމް އޭނަދެކެ ލޯބިވާ ވާހަކަވެސް ބުނާނެކަމަށެވެ. އަދި އޭނާ ކުރެން ރައްޓެހި ވާން އަހާނެކަމަށެވެ. އާސިމް އެނބުރި ހިނގައިގަތް ތަނާ އީނާޝް އޭނާގެ އަތުގައި ހިފިއެވެ. އާސިމް ހައިރާންވެފައި އޭނާގެ އަތަށް ބަލާލިއެވެ. އެއަށްފަހު އީނާޝްގެ މޫނަށް ބަލާލިއެވެ. އޭނާގެ ލޮލުން އެދެމުންދިއައީ އިހަށް ނުގޮސް މަޑުކުރުމަށެވެ. އާސިމްވެސް ބޭނުންވާ ގޮތަކީއެއީއެވެ. އެހެންވެ އާސިމް އަނެއްކާވެސް އީނާޝް އާއި ހަތަރުކަޅި ހަމަ ކޮށްލިއެވެ. ދުލުން ނުބުންޏެއްކަމަކު މިހާރު އެދެކުދިން އެކަކު އަނެކަކަށް ވަނީ އިންތިހާދަރަޖައަށް ލޯބިވެވިފައެވެ. ހިތާ ހިތްގުޅި ލާމެހިފައެވެ. ދެހަށިގަނޑެއްކަމަކު އެއްފުރާނައެވެ.

                            އިރުއޮށްސެނީއެވެ. އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނުވި ހަވީރަކަށްފަހު އެހާމެ އުފާވެރި ރެއަކަށްތަންދެމުންނެވެ. އާސިމްއާއި އީނާޝް ދެމީހުން އެކަކު އަނެކަކަށް ވަދާއުގެ ސަލާމް ކޮށްލިއެވެ. އެއަށްފަހު ދެމީހުންވެސް އެމީހުނެއްގެ ގެއަށް ދިއުމަށްޓަކައި ހިގައިގަތެވެ. އުފާވެރިކަމާ ހިތްހަމަ ޖެހުމާއެކުއެވެ. މިހާރު އެއީ ދެލޯބިވެރިންނެވެ. ލައިލާއާއި މަޖުނޫން ފަދައިންނެވެ.ރޯމިއޯއެއްޑު ޖޫލިއެޓް ފަދައިންނެވެ. ޝީރީން ފަރުހާދު ފަދައިންނެވެ.

                             އެދުވަހަށްފަހު އެދެލޯބިވެރިންގެ ބައްދަލުވުންތައް ބާއްވަމުންދިއައެވެ. އެގުޅުމަށް ދުވަސްވާ ވަރަކަށް އެދެކުދިންގެ ލޯބި ދިޔައީ ބަދަހިވެ ވަރުގަދަވަމުންނެވެ. އެހެން ލޯބިވެރިންނެކޭ އެއްފަދައިން ވައުދާއި އަހުދު ވުމާ އުޑުން ތަރިބޭލުން ދިއައީ އިތުރުވަމުންނެވެ. އެދެކުދިންނަށްވެސް އެކުދިންގެ ފުރަތަމަ ލޯބި ހާސިލްވުމުން އެދެކުދިންގެ ހަޔާތަށް ބަހާރު މޫސުން އައިކަހަލައެވެ. އެދެކުދިންގެ އަޒުމަކީ އެދެކުދިންގެ ހަޔާތަށް ހަރީފުގެ ހިޔަނިވެސް އެޅުނަ ނުދިނުމެވެ.

                            އާސިމް…! މަންމަ ބުނުއްވި އާސިމްއާއި ބައްދަލު ކޮށްލަންބޭނުމޭ….!” އީނާޝް އޭނާގެ ލޯބިވެރިޔާގެ އަތުގާ ހިފާލަމުން ބުނެލިއެވެ. އެދެމީހުން ތިބީ އަނީސާ މެންގޭ ޖޯލީގައެވެ. “އޭނ! މަންމައޭ އަސްލުވެސްތަ؟” އާސިމް ހައިރާންވެފަ އަހާލިއެވެ. އަދި ލޯބިވެރިޔާގެ މޫނަށްބަލާލިއެވެ. ” ކިހިނެއްވީ؟” އާސިމް ބަލާލި ގޮތުން އީނާޝް އަހާލިއެވެ. ” “ކަމެއްނުވޭ އަހަރެން ހިތަށްއަރާ އަހަރެމެންގެ މިގުޅުމަށް އީނާޝްގެ މަންމަ ރުހޭނެބާއޭ…..” އާސިމް ބުނެލިއެވެ. “ކީއްވެ ނުރުހެންވީ….؟ ބަލަ އެއީ އަހަރެންގެ މަންމައޭ އަހަރެންގެ އުފަލަކަށް މަންމަ ހުރަހެއްނާޅާނެ” އީނާޝް ވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ. ” އަހަރެންމީ ރަށަށް އަރާހުރި ބީރައްޓެއްސެއް….. އަހަރެން ކަންބޮޑުވަނީ އީނާޝްގެ މަންމަ ނުގަބޫލުވެދާނެތީ އެހެންވެއްޖެނަމަ އަހަރެން…..” އާސިމް އެހިސާބަށް ބުނުމާއެކު އީނާޝް އޭނާގެ ލޯބިވެރިޔާގެ އަނގަމަޓި އަތް އެޅިއެވެ. “މޮޔަވާހަކކަ ނުދައްކަ މިބުނީނު މަންމަ ގަބޫލުވާނޭ މަންމަ ގަބޫލު ނޫންނަމަ އާސިމްއާއި ބައްދަލު ކުރާކަށް ނޭދޭނެ…” އީނާޝް ބުނެލިއެވެ. އޭނާ ބޭނުންވީ އޭނާގެ ލޯބިވެރިޔާގެ ހިތުގާ އުފެދެމުންދިޔަ އުދާސްތައް ފިލުވާދޭށެވެ. ލޯބިވެރިޔާގެ ވާހަކަތައް އިވުމުން އާސިމްގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. “ލޯބީ އަހަރެން ދެން ދަނީ…އިނގޭ މިރޭ އަނީސާ އާއި އެކު އަހަރެމެންގެއަށް ދާންވާނެ….!” އީނާޝް ބުނެލިއެވެ. އަދި އިރުއޮށްސެން ކައިރިވާތީއާއެކު ގެއަށް ދިއުމަށްޓަކާ ހިނގައިގަތެވެ. ދަމުން ދިއައީ އާސިމްއާއި ލޯބީގެ ސަމާސާއެއް ކޯށްލާފައެވެ. އީނާޝްގެ މި އަމަލުތަކުން އާސިމް ހުންނަނީ ދީވާނާ ކުރުވާފައެވެ. އާސިމް ޖޯލީގައި އޮށޯވެ އީނާޝް އާއި ދިމާއަށް ބަލަހައްޓައިގެން އޮތެވެ.

                           އެރޭގެ އަށެއްޖެހިއިރު އާސިމް އޭނާގެ ލޯބިވެރިޔާގެ މަންމަގެ އެދުމަށް އެގެއަށް ދިއައެވެ. އީނާޝްގެ މަންމައަށް އާސިމް ފެނުމުން އުފަލާއެކު މަރުހަބާކިއެވެ. އަދި އާސިމް ގޮވައިގެން ކާގެއަށް ދިއައެވެ. އޭރު ކާމޭޒުމަތި ހުރީ ތަފާތު ބާވަތްތަކުގެ ކެއުންތަކުން ފުރާލާފައެވެ. ކުޑައިރުކޮޅެއްގެތެރޭގައި އީނާޝްވެސް އެތަނަށް އައެވެ. އަދި އަނީސާ ވެސް އައެވެ. މާގިނައިރުތަކެއްނުވެ ކެއުމަށް އިންސާފުކުރަން ފެށުނެވެ. އާސިމްއަށް ބަތް އަޅައިދިނީ އީނާޝްއެވެ. އާސިމް އީނާޝް އަކީ އަހަރެންގެ ހުރި ހަމަ އެކަނި ދަރިފުޅު ފުރާނައިގެ އެއްބައި އަހަރެން އެދަރިފުޅު ބަލާ ބޮޑުކުރީ ލޮލުގެ ކޮއެފަދައިން އަހަރެންގެ ދަރިފުޅުގެ އުފަލަކީ އަހަރެންގެވެސް އުފާ އެހެންވީމާ އަހަރެން ތިދެކުދިންގެ ގުޅުމަށް ހުރަސް އަޅާކަށް ނެތިން….އަހަރެން ހަމަ ރުހިގަބޫލު’ އީނާޝްގެ މަންމަ ބުނެލިއެވެ. އެއާއެކު އާސިމްގެ ހިތް އުފަލުން ނަށައިގަތެވެ.

                             ކޮށްމެއަކަސް އެރޭގެ ބައްދަލުވުން ނިމުނު އިރުވަނީ އާސިމް އާއި އީނާޝްގެ ކައިވެނި ކުރާނެ ދުވަހާއި ވަގުތު ކަނޑައަޅާ ނިމިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ziyaad

Level 110 Stories

Other Articles

Previous

( ބިރުވެރި ލޯބީގެ ވާހަކަ މަރުހަބާ ( ފަހުބައި

Next

މިޙަޔާތާ ދުރުނުވޭ…

Next
February 10, 2014

މިޙަޔާތާ ދުރުނުވޭ…

Previews
February 10, 2014

( ބިރުވެރި ލޯބީގެ ވާހަކަ މަރުހަބާ ( ފަހުބައި

5 Comments!

  1. lady gaagaa says:
    February 10, 2014 at 4:04 pm

    story reathi ekm adhi eves kahala spice eh naadhey no twic and turns
    ehnve vrh foohi
    ekm story eyge amila zaathuga vrjh salhi
    vaahka kiyaa kuhjhe ge haisiyathun ragalhu kohlan jehey kantha thake faahaga v ma bune lani
    furathama kamakah story ge eves twict eh turn eh nethi ma kiyaa hitheh nuvaane dhw
    ehn ekan hadhaan bahata dhyfihya vrh ragalhu
    dhen oi kamaki kohme faharaku story ge episode nihmaalani next part ah ehaa wait kure vey gothakah nun
    plx remember ths things eyrah ull be a grt grt writer insha allah

    1. ziyaad says:
      February 10, 2014 at 7:45 pm

      tq

    2. ziyaad says:
      February 10, 2014 at 7:50 pm

      vaahakaaga evves tuvic eh turn eh nethey thibunaa vaahakaeh nuvisnunu alhe thibun echeh thafuseelu kolla dheeba rangalhu kuran engeynee eyrun

  2. lady gaagaa says:
    February 11, 2014 at 10:27 am

    mi buni vrh smooth koh ney dhani ehves kahala interesting kameh naadhey hama normal life ga vaa gothah mahsala eh nujehey
    story reathi vaani gina mahsala jehi eh mahsala hluvaa gothun dhw
    heekuran comment balaigahnaane kamah

    1. ziyaad says:
      February 11, 2014 at 12:06 pm

      ވާހަކަ އަދި ހަމަ ކިރިޔާ މިފެށުނީދޯ ކުރިއަށް ހުރި ބައިތައް ކިޔާލުމުން މިހާރު ތިހުރި ހިތްހަމަ ނުޖެހުންތައް ފިލާ ދާނެ ކަމަށް ހީކުރަން

Comments are closed.

Next Episodeކަރުނަ އޭގެ އިންތިހާއަށް….. 6 ވަނަ ބައި←


All Right Reserved!