އަހަރެންގެ ހިތަށް އަރަމުންދެއެވެ. މިއީ ހަމަ އަހަރެން ލޯބިވި ވިކާޝްބާވައެވެ؟ އަހަރެންނަށް އޭނާ އެހާބޮޑު އޮޅުވާލުމެއް އޮޅުވާލަންވީ ކީއްވެގެން ހެއްޔެވެ؟
އަހަރެންނަށް ދުރަށްޖެހިލެވުނީ ބޭނުންވެގެންނެއް ނޫނެވެ. މަޑުމަޑުން އަހަރެން ފަހަތަށް ޖެހެން ފެށީމެވެ. އޭރު މަޣްރިބް ނަމާދު ބަންގީގެ އަޑު އިޢުލާންކުރަމުންދެއެވެ، ވިކާޝް އަހަންނަށް ބަލަންހުރީ ގޮތްހުސްވެފައިވާ ގޮތަކަށެވެ،
” ދެން މަރާލާނީ އަހަރެންކަންނޭނގެ.. ތިއީ ޤާތިލެއް. އަހަރެން އުއްމީދެއް ނުކުރަން ވިކާޝްތިއީ ތިޔަކަހަލަ ވިޔާނުދާކަމެއް ކޮއްފަހުރި މީހެއް ކަމަކަށް.. އަހަރެންގެ ވަފާތެރިކަމުގެ ބަދަލުގަ އޮޅުވާލުންތަ ދޭން އެނގުނީ؟.”
އަހަރެންނަށް އަސަރު ކުރިވަރުން ބުނެލެވުނެވެ. އެއްވެސް ޙާލެއްގައި އެއީ އަހަރެން ބުނަން ބޭނުން ވެގެން ބުނި އެއްޗެއް ނޫނެވެ. ވިކާޝް ދެލޯމަރާލަމުން ބޯހޫރާލިއެވެ. އަދި ގައިން ބާރު ހުސްވެފައިވާ ގޮތަކަށް އޭނާ ހަށިގަނޑު އެލުވާލީ ދެރަވެގެންނެވެ
” ނޫން ޝަނޫ.. ތިހެން ނުބުނޭ. އަހަރެންނަށް އެގޮތަށް ކަންތައްކުރަން މަޖުބޫރުވީ.. އަހަރެންގެ މާޒީގައި ޝަނޫއަށް ނޭނގޭ އެއްވެސް އެއްޗެއް މިހާރަކު ނުވާނެ.. ޝަނޫ އަހަންނަށް މަޢާފްކުރޭ.. ޕްލީޒް. އަހަރެން ޝަނޫދެކެ … ޝަނޫ ދެކެ ވަރަށް ލޯބިވޭ…”
ވިކާޝްގެ އާދޭހުގެ އަޑުއަހަން އަހަރެންނަށް އުނދަގޫވީ އޭނާދެކެ އަހަރެންވެސް އިންތިހާއަށް ލޯބިވާތީއެވެ. އަހަރެން ބޯއަރިކޮއްލީމެވެ. މޮޔައެއް ފަދައިން އޭނާ އާއި ސުވާލުވެސް ކުރީމެވެ،
” އަހަރެންނަށް މިހާ އަނިޔާވަމުން ދާއިރު، އަހަރެންނަށް އެމީހުން އެހާ އުނދަގޫކުރަމުން ދާއިރު ވިކާޝް މިހުރިހާ ވާހަކައެއް ނުބުނީ ކީއްވެ؟ “
އަހަރެންގެ ސުވާލުން ވިކާޝް އަހަރެންނަށް ފުރަގަސްދިނެވެ. އޭނާ ކުރިއަށް ހިނގައިގަންނަމުން ވާހަކަ ދައްކަންފެށިއެވެ.
” އަހަރެންނަކަށް ނޭނގެ އެއީ އެމީހުން ކަމެއް… އަދި އަހަރެން ހިއެއްވެސް ނުކުރަން.މީގެ ކުރިން އިންސާނުންގެ ރޫހު އުޅޭކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން.. ޝަނޫ! އަހަރެންނަށް އެކަން އެނގުމާއި އެކު ވަރަށް ހިތްވަރުކޮއްފައި އެމީހުންނާ އަހަރެން ވާހަކަ ދެއްކިން.. އެމީހުން ބުނީ ޝިކާއަށް ކިޔައިދީފިއްޔާ ޝިކާވެސް މަރާލާނެކަމުގަ……..ބުނެބަލަ.. އަހަރެން ބޭނުންވާނެތަ ޝިކާ މަރުވާން ދޫކޮއްލަން…..”
އަހަރެން ބިރުގަތީ ދެނެވެ. އަހަރެން މަރުވާނީ ކޮންއިރަކުންބާވައޭ ހިތަށް އެރިއެވެ.ވިކާޝްދެން އަހަރެންނަށް އެވާހަކަތައް ކިޔައިދިނީ ކީއްވެގެންބާވައޭ އަހަރެންގެ ހިތަށް އެރުމާއި އެކު އަނެއްކާވެސް ވިކާޝް ވާހަކަދައްކަން ފެށިއެވެ،
“އެހިސާބުން އަހަރެން ގޮތް ހުސްވެ ތެޅެންފެށިން.. ކެތްނުވެގެން މިރަށު މުދިންބެ އާއި ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔައިދިނިން… އެކަމަކު.. އެކަމަކު ޝަނޫ..! މުދިންބެވެސް މިކަމުގެ ތެރެއަށް ވަންނަން ޖެހިލުންވެ އިންކާރުކުރީ.”
ވިކާޝް އެހެން ބުނީ އަހަރެންނާއި ދިމާއަށް ބަލާލަމުންނެވެ. އޭނާގެ ދެލޯ އޭރުވަނީ ރަތްވެފައެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އަހަރެންގެ ހިތަށް އަސަރުކުރީދެނެވެ. ވިކާޝް ހަޤީޤަތުގައިވެސް އަހަރެންދެކެ ވަރަށް ލޯބިވާކަން އަހަރެންނަށް އެނގުނެވެ. އެހެން ނޫން ނަމަ އޭނާ މިދަނޑިވަޅުގައި އަހަރެންގެ އަތުގައި ނުހިފީހެވެ، އަހަރެން ސަލާމަތްކުރުމަށް ބޭނުމެއް ނުވީހެވެ،
” ދެން…؟ ދެން އަހަރެމެން މިގެއިން ދާންހިނގާ….”
އަހަރެންނަށް ރޮއިގަނެވުނެވެ. ވިކާޝް މަޑުމަޑުން އަހަރެން ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮއްލިއެވެ. އަދި އަހަރެންގެ ބޮލުގައި ދަތްދޮޅި ޖައްސާލައިގެން ހުރެ ވާހަކަދެއްކިއެވެ،
” ޝަނޫ… އަހަރެމެންނަކަށް ނުދެވޭނެ.. މުދިންބެ ދިން ދެ ކަރުދާސްކޮޅު މިގޭ ބޭރުގަ ވަޅުލާފަ އަހަރެން މިވަނީ.. މިހާރު އަހަރެމެން މިތިބީ ހައްޔަރުވެފަ.. އަދި މިގޭގަ އާނިޔާ އާއި ޝިކާވެސް ވާނެ… މިހާރުވެސް މިތާ… އަހަރެމެންގެ ކައިރީގަ… ދާދި ގާތުގަ… ފަހަތުގަ.. ނޫނީ ކުރިމަތީގަ ނުހުންނާނެ ކަމެއް ނޭނގެ..”
ވިކާޝް އެހެން ބުނެލި އަޑު އަހަރެންނަށް އިވުނީ ބިރުވެރި ސިފައެއްގައެވެ. އަހަރެންނަށް އޭނާގެ ގައިގައި ހިފާ ބާރުކޮއްލެވުނެވެ
” އެކަމަކު ފަތިސްނަމާދު ބަންގި އާއި އެކު އަހަރެމެންނަށް ދެވޭނެ.. ބަންގި ގޮވާ ނިމެންވާއިރަށް އަހަރެމެން މިގޭގެ ގޯތިތެރެއިން ނުކުންނަންޖެހޭނެ.. ނުނިކުމެވުނިއްޔާ… އަހަރެމެން ދެމީހުންވެސް އަދި އެމީހުންވެސް މިގޭގެ ތެރޭގަ ހަފުސްވެގެން ދާނެ… ދޭތިން އެކައްޗަށް އަހަރެން މި ގޮތް ކަނޑައެޅީ ޝަނޫއަށްޓަކައި… “
ވިކާޝް ތުރުތުރުއަޅާ އަޑަކުން އެބުނެލި ހުރިހާ ޖުމުލަތަކެއް އަހަރެން ކަނުލާ އެހީމެވެ. އެހެނަސް ހިތުގައި ސުވާލެއްވެސް އުފެދުނެވެ،
” ދެން ކީއްވެ އަހަރެމެން މިތަނުގަ ބަންދުކުރީ؟ ކީއްވެ ފަތިސްނަމާދު ބަންގިއަށް މިގޯތިތެރެ އަމާންވަނީ؟ މިހާރުވެސް އަހަރެމެންނަށް ދެވެން ވާނެ އެއްނު.. އަހަންނަކަށް ނުކެރޭނެ އިތުރަށް އެންމެ ވަގުތަކުވެސް މަޑުކުރާކަށް.. ވިކާޝް.”
އަހަރެންނަށް ރޮވެންފެށިއެވެ. ވިކާޝް އަހަރެންގެ ދެލޮލުން ކަރުނަތައް ފުހެލަދިނެވެ. އޭނާގެ ބަލާލުމުން އަހަންނަށް ހީވީ އެއީ އެންމެ ފަހު ބަލާލުން ހެންނެވެ. އަހަރެންނަށް ލޯމަރާލެވުނެވެ.
” އެމީހުން އޮތީ ޝަނޫއަށް ހުރިހާ ވާހަކައެއް ކިޔައިދިނުން މަނާކޮއްފަ.. ކިޔައިދީފިނަމަ ވަގުތުން ޝަނޫ މަރާލާނަމޭ ބުނި..އެހެންވެ އަހަރެން ހުރިހާ އެއްޗެއް ކިޔައިދެވެން އޮތީ މިހެން ޢަމަލު ކޮއްގެން.. އޭތި ބޭރުގަ ވަޅުލުމާއި އެކު އެ ދޭތި މިގެއަށް ވަންނާނެ.. ދެން.. ފަތިސްނަމާދުގެ ވަގުތަށް އިންތިޒާރު ކުރަންވީ.. އެމީހުން ރުޅި އަންނާނެ ވާހަކަވެސް މުދިންބެ ބުނި.. އަހަރެންނަށް މާ ބޮޑު އެއްޗެއް އޮޅުން ފިލާވަރެއްވެސް ނުވި. މުދިންބެވެސް ޖެހިލުންވެހުރީ.. ދެން ބުނި ގޮތަށް ކަންތައް ވޭތޯ ބަލާނީ… އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.. “
ވިކާޝް އަނެއްކާވެސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެންނަށް ދެލޯ ބޮޑުކޮއްގެން ހުރެ ބެލެނީ އެކި ދިމަދިމާއަށެވެ،
” އަދި އެމީހުން ރުޅިއެއް ނާދޭ ދޯ.. އުނދަގުލެއް ނުވެ އެއްނު….”
އަހަރެން މަޑުމަޑުން ބުނެލީމެވެ. ވިކާޝް ބޯޖަހާލިއެވެ،
” ހިނގާ ހިތިގަސްދަށުގަ ތިބެން.. ގޭތެރޭގަ ތިބޭކަށް ނުކެރޭނެ… “
އަހަރެން ބިރުގަތީ އަނދިރިވުމުންނެވެ.
” އޭރުން ކަމެއް ވިޔަސް މީހަކު އަތުވެދާނެ އަހަރެމެންގާތަށް………….”
އަހަރެންގެ ޅަ ސިކުނޑިއަށް އެކި އެއްޗެހި އަރާ ފައިބަމުން ދެއެވެ. ވިކާޝް އޭރުވެސް ހުރީ އަހަރެންގެ ގައިގައި ބައްދައިގެންނެވެ.
” ނޫނެ ދޫނީ… މީހުންނަކަށް އަހަރެމެން ނުވެސް ފެންނާނެ ކަންނޭނގެ.. މުދިންބެވެސް ނައީ އެއްނު..”
ވިކާޝް ބުނެލިއެވެ. އަހަރެން މަޑުމަޑުން ހުރީމެވެ. ވިކާޝް އަހަރެންގެގައިން ދޫވެސް ކޮށްނުލައެވެ. އަހަރެން ގެއްލިދާނެތީބާވައޭ އަހަރެންގެ ހިތަށް އެރިއެވެ،
” ދެން އަހަރެން ވަރަށް ބިރުގަނޭ..”
އަހަރެންނަށް ރޮވެންފެށިއެވެ. މިފަހަރު ވިކާޝް އެއްޗެއް ނުބުންޏެވެ. އަހަރެން ދުރަށް ޖެހިލަން މަސައްކަތް ކުރީމެވެ. އެހެނަސް ވިކާޝް ގުޑިވެސް ނުލިއެވެ. އޭނާ ގައިގައި ހުރި ބާރެއްލާފައި އަހަރެން ފިއްތަމުންދިޔައެވެ. އަހަރެންނަށް ތަދުވާންފެށިއެވެ.
” ތަދުވޭ ވިކާޝް….”
އަހަރެންނަށް ބާރަށް ރޮވެން ފެށުނީދެނެވެ. އޭރު ހަށިގަނޑު ދެފުށްޖެހިގެން ގޮހޮރުވެސް ފިތޭހެން ހީވާން ފެށިއެވެ. އަހަރެންގެ ނޭވާ ހާސްވާންފެށުމާއި އެކު އޮކާ ދެމެން ފެށުނެވެ. އެއާއި އެކު ވިކާޝް އަހަރެންގެ ގައިން ދޫކޮއްލިއެވެ. އެހިނދު އަހަރެން ތަޅުން މައްޗަށް ވެއްޓުނީ ވަރަށްވެސް ބާރަށެވެ. އަހަރެން ކަރުގައި އަތްޖައްސާލައިގެން އޮވެ ކެއްސަމުން ގޮސް މައްޗަށް ބަލާލީމެވެ. ތެޅިގަނެވުނީ ކުރިމަތީގައި ހުރި ވިކާޝް ފެނުމުންނެވެ. އޭނާގެ ދިގުމިން ގޭގެ ފުރާޅާއި އަރާ ހަމަވެއެވެ. އަހަރެންނަށް ވަށައިގެން ހޯދާލެވުނެވެ. ރޮމުން ރޮމުން އަހަރެން ފަހަތަށް ޖެހެންފެށީމެވެ،
” ޝަނޫމް….”
ފަހަތުން އިވުނު އަންހެން އަޑުން އަހަރެން ސިހިފައި ވެއްޓިގަތީ ކުރިއަށެވެ. ފަސްއެނބުރި ބަލާލި އިރު ރީތިކޮށް އޮށޯވެލައިގެން އޮތް އަންހެނަކު ފެނުނެވެ. އާނިޔާ އަހަރެންނަށް ބަލަމުންދިޔައީ ވަހުޝީ ވައްތަރަކަށެވެ. އަދި ކުއްލިއަކަށް ތެދުވެ ހަތަރުމޮށްގަނޑު ޖެހިއެވެ. ބަނޑުހައިވެފައި އޮތް ބުޅަލެއް ފަދައިން އަހަރެންނާއި ދިމާއަށް އޭނާ ޖެހިގަތެވެ. އަހަރެން ފަހަތަށް ޖެހުނު ވަގުތު ތަޅުންމައްޗަށް ދެމުނެވެ. އޭނާ އަހަރެންގެ ގައިމައްޗަށް އެރުމާއި އެކު ދުވި ނުބައިވަހުން ނޭވާ ހާސްވާގޮތްވިއެވެ. އޭނާ ހީވަނީ އަހަރެންގެ ހަންގަނޑު ނޮޅާލަން އުޅެނީ ހެންނެވެ. އޭނާ އާއި އެކު ފުރޮޅިވަގުތު އަހަރެންނަށް ތެދުވަން ފުރުސަތު ލިބުނެވެ. ހަށިގަނޑަށް ވެފައިވާ އަނިޔާއަށް ނުބަލާ އަހަރެން ނުކުތީ ބޭރުގެއަށެވެ. ބޮޑާށިމައްޗަށް ހަރަކާތް ހުއްޓި ވެއްޓިފައި އޮތް ވިކާޝް ފެނުމާއި އެކު އަހަރެންނަށް ލިބުނީ ސިހުމެކެވެ.
” ވިކާޝް… ވިކާޝް… ބަލާބަލަ އަހަރެންނާ ދިމާއަށް ބަލާބަލަ… އެމީހުން… އަހަރެން މިއޮއް މަރާލަނީ..”
އަހަރެންނަށް ވިކާޝް ބާއްވާފައި ދުއްވައިގަންނާކަށް ނުކެރުނެވެ. ދުއްވައިގަތަސް ނުވެސް ނުކުމެވޭނެއެވެ. އަހަރެން ވިކާޝްގެ ހަށިގަނޑުގައި ހިފާ ތަޅުވަމުން ދިޔައީމެވެ. ހޭނެތިފައި އޮތްނަމަ ހޭ އަރާވަރަށްވެސް އަހަރެން އޭނާގެ ގައިގައި ހިފާ ތެޅުވީމެވެ. އެހެނަސް އޭނާގެ އެއްވެސް ހަބަރެއް ނުވިއެވެ. އަހަރެން ހިމޭންވީމެވެ. ކޮޓަރި އާއި ދިމާއަށް ބަލާލި އިރު އެއިންމީހެއްގެ އެއްވެސް ހިލަމެއް ނުވެއެވެ. އަހަރެންގެ ހިތަށް އުނދަގޫވާން ފެށިއެވެ. ހިތް އިތުރަށް ބިރުގަންނަން ފެށިއެވެ، އަހަރެންގެ ވިކާޝް މިއޮތީ މަރާލާފައެއް ނޫންބާވައޭ ހިތަށް އެރިއެވެ. ހޭވިފައިވާ އަހަރެންގެ އިސްތަށިގަނޑު އެއްފަރާތްކޮއްލަމުން އަހަރެން ވައްލޮލުން އެކި ދިމަ ދިމާއަށް ބަލަމުން ދިޔައީ ސިއްރު ސިއްރުންނެވެ. އަދި ވިކާޝްގެ މޫނާއި ދިމާއަށް ގުދުވެލުމަށްފަހު ނޭފަތުގައި އިނގިލި ޖައްސާލީމެވެ. ކުއްލިއަކަށް ވިކާޝް ދެލޯ ބޮޑުކޮއްލީ އެވަގުތެވެ. އަހަރެންނަށް ހަޅޭއްލަވައިގަނެވުމާއި އެކު މޫނުގައި އަތްއެޅުނެވެ. ރޮމުން ރޮމުން އަހަރެން ފުމެން ފެށީ ބިރުންނެވެ،
” ޝަނޫ.. ޝަނޫ…”
ވިކާޝް އަހަރެންގެ ދެއަތުގައި ހިފާ މޫނުން އަތް ނެގުވިއެވެ. ހައިރާންވެފައި ހުރި ވިކާޝް ފެނުމުން އަހަރެން މައިތިރިވީމެވެ،
” ކިހިނެތްވީ؟ ކިހިނެތްވީ ؟ “
ވިކާޝް އަހާލި ގޮތުން ހީވަނީ އޭނާއަށް އެއްވެސް އެއްޗެއް ނޭނގޭހެންނެވެ. ބިރުގަނެފައި އަހަރެން ހުރުމުން ވިކާޝްގެ މޫނުމަތީގައި ސުވާލުތައް ބޮނޑިވަމުން ދާހެން އަހަންނަށް ހީވިއެވެ.
” އާނިޔާ… ޝިކާ… އަހަރެން.. ބަލާބަލަ.. އަހަރެން… މަރާލަން އުޅުނީ…”
އަހަރެން ރޮމުން ރޮމުން ބުނީމެވެ. އެވަގުތު ވިކާޝް ބިރުގަތްކަން އަހަންނަށް އެނގުނީ އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވުމުންނެވެ،
” މިހާރު އެމީހުން އައީތަ؟ “
އޭނާ ސިއްރު ސިއްރުން ބުންޏެވެ. އަހަރެން ބޯޖަހާލީ އަވަސް އަވަހަށެވެ، ވިކާޝް އަހަރެންގެ މޫނުގައި އަތްޖައްސާލިއެވެ. މޫނުގައި ހުރި ޒަހަމްތައް ފެނި އޭނާ ހާސްވިއެވެ.
” ޝަނޫގާތު ހުރެވުނުކަން އެނގޭ…. ދެން ދެންމެ މި ހޭލެވުނީ.. ކިހިނެތްވެފަ މޫނަށް މިހުރީ؟ މަރާލަން މަސައްކަތްކުރީތަ ބުނެބަލަ ދޫނި..”
ވީގޮތް ވިކާޝްއަށް ވިސްނުނެވެ. ހަޤީޤަތުގައި ޝިކާ އޭނާގެ ހަށިގަނޑު ތެރެއަށް ވަދެ އޭނާ އަހަރެންނާއި ދުރުކޮއްލީއެވެ. އެއަށްފަހު ވިކާޝްއަށް ވެގެން ހުރީވެސް ޝިކާއެވެ،
” އަހަރެން ސަލާމަތްކޮއްދީ… އަހަރެން މަންމަމެން ގާތަށް ގެންގޮސްދީ.. އަހަރެން ބޭނުމެއްނޫން އެހާ އަވަހަށް މަރުވާކަށް.. ޕްލީޒް “
ޝިކާ ރޮމުން ރޮމުން އަހަރެންގެ ފައިބުޑަށް ތިރިވިއެވެ. ވަގުތަކީ އިޝާ ނަމާދުގެ ވަގުތެވެ، އެއާއި އެކު ވައިގަނޑު ބާރުވެ ގުގުރާ ވިދަންވެސް ފެށިއެވެ. ޓިނުތައް ތެޅޭއަޑުން ގޭތެރެއަށްވަނީ އިތުރު ބިރުވެރިކަމެއް ވެރިވެފައެވެ. ވިކާޝް އަހަރެންގެ ގައިގައި ބައްދާލަމުން ބޮޑާށީގައި އިށީނެވެ. އަހަރެންނަށް ބެލެނީ ކޮޓަރީގެ ދޮރާއި ދިމާއަށެވެ. ނޭނގެއެވެ، މިތާ ނުހަނު ކައިރީގައިވެސް އިނދެދާނެއެވެ. ކަރުގައި ހިފާ މަރާވެސް ލައިފާނެއެވެ. އަހަރެންނަށް އިނދެވެނީ ސިހި ސިހިއެވެ،
” މާތްﷲއަށް ވަކީލު ކޮއްލުން ނޫންގޮތެއް ނެތް.. މިއީ ދުނިޔޭގެ އެންމެ ފަހު ދުވަސްހެން ހީވަނީ…”
ހިންދިރުވާލަމުން ވިކާޝް ބުންޏެވެ. އަހަރެންނަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. އިސްޖަހާލައިގެން އިން ވިކާޝްއަށް އަހަރެން ބަލާލީމެވެ. އެވަގުތު ލޯބިވާ މަންމަ އާއި ބައްޕަގެ ލޮބުވެތި މޫނު ކުރިމަތިން ސިފަވެގެން ދިޔައެވެ.
” މަންމާ!… ބައްޕާ… މިދަރިފުޅު ވަކިވެގެން މިދަނީ. ވަރަށް ދެރަވޭ.. މަންމަ މެން ނުފެނި ދާންޖެހޭތީ ވަރަށް ދެރަވޭ.. މަރު ކުރިމަތިވެފައިވާތީ ވަރަށް ބިރުގަނޭ… ސަލާމަތް ނުވެވިއްޖެނަމަ މިރޭ މަރުވާނެ މަންމާ….”
އަހަރެންނަށް އެހެން ބުނެވުމާއި އެކު ވިކާޝް އަހަރެންގެ ގައިގައި އެއަށްވުރެން ބާރަށް ބައްދައިގަތެވެ.
” އަހަންނަށް މަޢާފްކުރޭ… އަހަރެންގެ ސަބަބުން… ހުރިހާ ކަމެއް މިވީ.. އަހަރެން ބޭނުންވަނީ ދެ ދުނިޔޭގައިވެސް ތިއީ އަހަރެންގެ މީހަކަށް ވުމަށް… އާޚިރުގައި ބައްދަލުވެސް ވުމަށް… ސުވަރުގޭގެ އުފާ ދެމީހުންނަށްވެސް ލިބުމަށް…”
ވިކާޝްގެ ޖުމުލަތަކުން އަހަރެންނަށް އަނެއްކާވެސް ރޮވުނެވެ. ތުންފިއްތަމުންނެވެ. އޭނާ ދެއަތުން އަހަރެންގެ މޫނުގައި ކަރުނަ އާއި އެކު ތަތްވެފައިވާ އިސްތަށިތައް އެއްފަރާތްކުރަމުން ނިތްކުރީގައި ބޮސްދިނެވެ.
” ނޫން.. ތިހެން ނުބުނޭ،،،، އަހަރެން ވިކާޝްދެކެ މިވާ ލޯތްބަކީ އެހާ ފަސޭހައިން ދުރުވޭވޭނެ ލޯތްބެއް ނޫން.. އަހަރެންވެސް އެދެނީ ހަމަ ތިޔަފަދައިން ދެމީހުން އެކުގައި ދިޔުމަށް……”
އަހަރެންގެ ފަހު ޖުމުލަ އިއްވާލީމެވެ. ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބޮސްދިނުމަށްފަހު ހަމަހިމޭންވެލިއެވެ.
ހަމަހިމޭންކަން ފޫއަޅުވާލީ ބޯކޮށް އޮއްސާލި ވިއްސާރަގަނޑެވެ. ދަގަނޑު ޓިނުތަކުގެ މައްޗަށް ވާރޭ ވެހެން ފެށީމައި ކިހާ އަޑުގަދަވާނެ ހެއްޔެވެ؟ އަހަރެން އިނީ ތުރުތުރުއަޅާ ޙާލުގައެވެ. މައިންބަފައިން އޮހޮރާނެ ކަރުނަ އާއި ވާނެ ދެރަ ހިތަށް އަރާފައި އަހަރެންނަށް އިތުރަށް ރޮވެނީއެވެ. ދުނިޔޭގެ އެންމެ ފަހު ވަގުތުކޮޅު ކަމުގައި ހީވުމާއި އެކު އަހަރެންނަށް ހިތާއި ހިތުން ދުޢާކުރަން ފެށުނެވެ.
ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ހުއްޓުމަކަށް އައެވެ އޭރުވެސް ވިއްސާރަވެހެއެވެ. އެއްވެސް ކަހަލަ ބިރުވެރިކަމެއް ގޭތެރެއިން ފެންނަން ނެތުމުން ކުޑަކޮށް ހިތަށް ލުއި ލިބެން ފެށިއެވެ. ވިކާޝް އަހަރެންގެ އަތުގައި ހިފާލިއެވެ،
” ފަތިސްނަމާދު ބަންގި އާއި އެކު ވަރަށް ބަލަންވާނެ ގޯތިން ބޭރުވެވޭތޯ… އޭރުން އިންޝާﷲ އަހަރެމެން ދެމީހުންވެސް ސަލާމަތްވާނެ..”
ވިކާޝް އަހަރެންނަށް ހަނދާންކޮއްދިނެވެ،
” މަރުހަބާ މަރުހަބާ މަރުހަބާ… ! މިގެއިން ނުކުންނަން ހިތައްވެސް އަރުވައިގެން ނުވާނެ…”
ކުއްލިއަކަށް ގުގުމާލީ އާނިޔާގެ އަޑެވެ. އެދިމާއަށް ބަލާލެވުމާއި އެކު ފެނުނީ ގޮނޑީގައި ބަނދެފައި އިން ޝިކާއެވެ. އޭނާގެ އަނގަމަތީގައި ޓޭޕްފަށްވެސް އެބައިނެވެ. އާނިޔާގެ ކަރުގައި އެ މަޅިގަނޑުވެސް އިނެވެ،
” ކަލޭމެން ރާވައިގެން އަހަރެމެންނަށް ކީއްކުރަން ތިއުޅެނީ…. ؟ ބަލާބަލަ.. މަގޭ ލޯބިވާ ޝިކާއަށް ޖައްސާފައި އިން ޙާލު..؟ އޭނާ މިހާރު އެއީނީ މިހިރަފެންނަ އަނިޔާވެރިޔާ އެދުވަހު އޭނާ މަރާލި ގޮތަށް…. އަހަރެންގެ ކަރުގައި މިވާ ވާގަނޑު އެއްވެސް ގޮތަކަށް ނުނެގުނު… އަހަންނަށް އެނގޭ ކަލޭމެން އިންސާނުން ތިއީ އަބަދުވެސް އަނިޔާވެރިވާ ބައެއްކަން… އަހަރެމެންގެ ބާރު ގެއްލުވާލަންތަ މަސައްކަތް ތި ކުރަނީ މަކަރުވެރިޔާ ؟ “
އާނިޔާގެ ބިރުވެރިއަޑުން އަހަރެން އިނީ ބިރުން ރޫރޫއަޅައެވެ. މުދިންބެ ދިން ކަރުދާސްކޮޅުގެ ބޭނުމަކީ އެއީކަން އަހަންނަށް ވިސްނުނީ ދެނެވެ. އަހަރެމެންނަށް ސަލާމަތްވާން ފަސޭހަވާނެކަންވެސް މިހާރު އެނގިއްޖެއެވެ، ތަޅާފޮޅަން ޖެހުނަސް ހުރީ އެންމެ އެއްޗެކެވެ. އަހަރެން ވިކާޝްގެ މޭގައި މޫނުޖައްސައިގެން އިނީމެވެ،
” އަހަރެމެން ދެމީހުން ދޫކޮއްލާ އާނިޔާ.. އަހަރެމެން ސަލާމަތްކޮއްދީ،”
ވިކާޝް އެހެންބުނީ ވަރަށް ބިރުން އިނދެއެވެ. ބަދަލުގައި އާނިޔާއައީ ރުޅިއެވެ. ނުވިސްނާ އިންދާ އޭނާ އެއްއަތުން އަހަރެންގެ އަތުގައި ހިފާ ހޫރާލީ ބޭރަށެވެ. ބާރުމިނުގައި ޖެހުނީ އަހަރެންގެ އުނަގަނޑެވެ. ވީތަދުން އަހަންނަށް ރޮއިގަނެވުނެވެ. ދެލޯމަރާ ބާރުކޮއްފައި އަހަރެން ހަޅޭއްލަވައިގަތީމެވެ.ޔަޤީނެވެ. އަހަރެންގެ އުނަގަނޑު ބިންދައިގެން ދިޔައީއެވެ. ތުނިތުނިކޮށް ވެހެމުންދާ ވިއްސާރައިގެ ކަނު އަނދިރީގެ ތެރޭގައި އަހަރެން ތެމި ފޯވަމުންދެއެވެ.
ވިކާޝްއަށް ކޮޅަށް ތެދުވެވުނެވެ. އެހެނަސް އޭނާއަށް ބޭރަށް ނުކުމެވޭ ގޮތެއް ނުވިއެވެ. އާނިޔާ އޭނާގެ ގައިގައި ހިފައިގަތެވެ. އާނިޔާ އޮތީ ވިކާޝްގެ ކަރުގައި ހިފައިގެންނެވެ. އަހަރެންނަށް ވިކާޝްގެ ކުކުރުމުގެ އަޑު އިވެމުންދެއެވެ. އާނިޔާގެ އަނގައިން ނުކުންނަ ބިރުވެރި އަޑުވެސް އަހަރެންނަށް އިވެއެވެ. ކަނު އަނދިރީގައި ވިއްސާރައިގެ ތެރޭގައި އަހަރެން ފިރުކެން ފެށީ ނުތެދުވެވިގެންނެވެ. ތަނެއް ފެންނަނީ ވިދާލާ ވިދުވަރުންނެވެ.
އަހަރެންނަށް ވިކާޝް ފެންނަވަރެއް ނުވެއެވެ. ބޯހިއްލައިގެން އަހަރެން ގޭތެރެއިން އޭނާ ފެނޭތޯ ބަލަމުން ރޮމުން ދިޔައީމެވެ.. ކުއްލިއަކަށް ފެނުނީ ވިކާޝް ގޭގެ އޮޅިގަނޑުމައްޗަށް ތިރިވާތަނެވެ. ގޭތެރެއިން ގަދައައްޔެއް ވެގެން ދިޔައެވެ. ވިކާޝްގެ ދެލޯ ބޮޑުވެ މޫނުގެ ކުލަވަނީ ނޫވެފައެވެ. އޭނާ ވެއްޓިފައި އޮވެ އަހަންނަށް ބަލަމުންދެއެވެ.ކުއްލިއަކަށް ޝިކާ ތެޅެންފެށީ މަރަށް ތެޅޭފަދައިންނެވެ. ވިކާޝް އެރޭ އޭނާގެ ކަރުގައި ހިފި ވަގުތު އޭނާއަށް ވަމުންދިޔަ ގޮތް މިހާރު އެވަނީއެވެ. އެމަންޒަރު ފެނި އާނިޔާ ވިކާޝް ދޫކޮއް ޝިކާގެ ގާތަށް ދިޔުމުން ވިކާޝް އޮޅިގަނޑުމައްޗަށް ވެއްޓުނީއެވެ، ވިކާޝް ފެނުމާއި އެކު އަހަރެން ބާރަށް ދެމެންފެށީމެވެ. ވިކާޝް އަތުގެ އިޝާރާތުން ދުރަށް ދާށޭ ބުނަމުންދެއެވެ. އޭނާއަށް ވަރަށް މަސައްކަތުން ގޭތެރެއިން ބޭރު ވެވުނެވެ، އޭނާ އެ ކިޔަނީ ގޯތިން ބޭރުވާށޭކަން އަހަންނަށް އެނގުނެވެ. އަހަރެންގެ ހިތް ހުއްޓުނު ފަދައެވެ. ލޯބިވާ ފިރިމީހާ މަރުވާން ދޫކޮއްލާފައި އަހަރެން ދުނިޔޭގައި އުޅެން ދާންވީ ހެއްޔެވެ؟ ފުރާނަ ފަދައިން ލޯބިވާ އަތްބަކަށް ފިރިޔަކު ދޫކޮއްފައި ދެވޭނޭ ހެއްޔެވެ؟ އަހަރެން ފިރުކެން ފެށުމުން ވިކާޝްވެސް ފިރުކެން ފެށިއެވެ. ކުއްލިއަކަށް އިވުނީ ފަތިސްނަމާދު ބަންގީގެ އަޑެވެ. ވިކާޝް ތެޅެމުން އަނގައިން ފޮނު ނުކުންނަ ޙާލުވެސް މަޑުމަޑުން އަތްހަނާ އަޅަމުންދަނީ ދާށޭ ބުނާކަހަލަ ގޮތަކަށެވެ.ބަންގި ނިމެން ވާއިރަށް އޭނާއަށް ގޯތި ތެރެއިން ބޭރު ނުވެވޭނެކަމުގެ ޔަޤީންކަން އޭނާއަށް ލިބުނީއެވެ. އެއަށްވުރެން ވިކާޝްގެ ޙާލު ދެރައެވެ. ބޭރު ގޭޓާއި ގާތީ އަހަރެންނެވެ. ކުއްލިއަކަށް ބާރު އަޑަކާއި އެކު އަލިގަދަ ރޮނގެއް ފަދައިން އާނިޔާ ގޮސް ވަނީ ކާގެއަށެވެ. އޭނާ ދިޔައީ މަތި މަތިންނެވެ. އެއާއި އެކު މުޅި ކާގެ ތެރެ ދިއްލެން ފެށިއެވެ. އަހަރެންނަށް އޮވެވުނީ ބަލާށެވެ. އެހެނަސް ބާރުބާރަށް ވިކާޝް ކުކުރައިގަތް އަޑާއި އެކު އަހަރެން ތެޅިގަތްފައި ގޯތިން ބޭރުވާން ފިރުކެން ފެށީމެވެ، އެވަގުތު ވަލުތެރެއިން ގަހެއް އިރައިގެން ދިޔަ އަޑާއި އެކު ގޭތެރެއިން ރޮއިގަތް ޝިކާގެ ބިރުވެރި އަޑުވެސް އަހަރެން އެހީމެވެ. އަހަރެން މަސައްކަތްކުރީ ތެދުވާށެވެ. އެހެނަސް އެޅި ފިޔަވަޅާއި އެކު އަހަރެން ގެ ފައި ޗަކަގަނޑުގެ ތެރެއަށް ވަދެގެން ދިޔައެވެ. އަހަރެންގެ ފަޔަށް ތަދުވެގެން ހަޅޭއްލައިގަނެ އަހަރެންނަށް ބަލާލެވުނީ ވިކާޝްއަށެވެ. ވިކާޝް ބާރުބާރަށް ރޯމަހެއް ފަދައިން ތެޅޭކަން އަހަންނަށް އިނގެއެވެ. ސުބްޙާނަﷲއެވެ. އަހަރެންގެ ފިރިމީހާ އެތެޅެނީ މަރަށްބާވައެވެ؟އޭނާގެ ފުރާނަ ހަށިގަނޑާއި ވަކިވަނީ ބާވައެވެ؟ އަހަންނަށް އަތްދިއްކޮއްލެވުނެވެ. އަހަރެންގެ ހިތް ހަށިގަނޑާޢި ވަކިކޮއްލުމަށްފަހު ބާރަށް ރޯންފެށީމެވެ. ވިކާޝްގެ އަތް އޭރު ތިރިވަނީއެވެ. އޭރު އަހަންނަށް އޭނާ ފެންނަނީ ހިޔަންޏެއް ފަދައިން ކަޅު އަނދިރީގެ ތެރެއިންނެވެ. ވަދާޢީ ބަލާލުމަކުން އޭނާއަށް ބަލާލަމުން އަހަރެން ކުރިއަށް ދެމިގަތީމެވެ. ބިރުވެރި އަޑަކުން އިވުނު އާނިޔާގެ ހަޅޭކާއި އެކު ކާގެތެރޭގައި އޭނާ ދަންޖެހިފައިވާ މަންޒަރު އަހަރެންނަށް ފެނުނެވެ.އޭރު ބަންގި ނިމެން މާ ގިނަވަގުތެއް ނެތެވެ، އަހަރެންގެ ފައި ޗަކަގަނޑުގެ ތެރެއިން ލުހިގެން އައުމާއި އެކު އަނެއްކާވެސް ފިރުކެން ފެށީމެވެ. ބަންގީގެ ފަހު ކަލިމަ އާއި އެކު އަހަރެންނަށް ގޯތިތެރެއިން ބޭރުވެވުނީ ކިރިޔާއެވެ. މާނޭވާ ލެވެމުން ދެލޯ ކުޑަވަމުން އަހަރެން ބަލާލީ އެގެއާއި ދިމާއަށެވެ. މަރުހަބާގޭގެ މަތިން އެނބުރެމުންދިޔަ އަލިކޮޅުކޮޅު ގެއްލި ގޭތެރެ ފެންނަނީ އަނދިރިކޮށެވެ. އަހަރެންގެ ދެލޯމެރިއްޖެއެވެ،
******************************
އަހަރެންގެ ދެފަރާތުގައި ތިބި މަންމަ އާއި ބައްޕަ އެއްކޮށް އަހަރެންގެ ގައިގައި ބައްދާލިއެވެ. އެމީހުން ހިތުގައި ޖެހިފައިވާ ވާވަރު އެ މޫނުތަކުން އެނގެއެވެ،
” ދަރިފުޅު ދެން ވަރަށް އަވަހަށް ރަނގަޅުވާނެ.. ދެން އެ ހިޔާލުތަކުން ދުރުވެވޭތޯ ބަލާ… ވިކާޝްގެ ފުރާނަޔަށް ހެޔޮދުޢާ ކުރުން ނޫންގޮތެއް ނެތް..”
ބައްޕަ އެހެން ބުނުމާއި އެކު އަހަރެންގެ ހިތް ހީވީ ފުނޑުވިހެންނެވެ. އަހަރެންގެ ފިރިމީހާ ގެއްލިދިޔައީ މި ދެލޮލުން ބަލަބަލަ އޮއްވައެވެ. އެ މަންޒަރަކީ ދުވަހަކުވެސް މިހިތުން ފުހެވިގެން ނުދާނޭ މަންޒަރެކެވެ. އަހަރެން ލޯ މަރައިގެން އޮތީމެވެ،
” ޑޮކްޓަރ ދުރުވޭ އެބަ.. ބޭރަށް ނުކުމެލާންވީ ނޫންތޯ؟ “
ނަރސް ދުރުވެ މަންމަމެން ގާތު ބުނުއްވިއެވެ. އެމީހުން އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ނުކުތެވެ،
އަހަރެން އޭރުވެސް އޮތީ ދެލޯ މަރައިގެންނެވެ. އިރުކޮޅެއް ވުމާއި އެކު އަހަންނަށް އިވުނީ ފިރެހެނެއްގެ އަޑެވެ،
” ކޮބާ މިހާރު އުނަގަނޑު ކިހިނެތް؟ “
އެއަޑު އިވުމާއި އެކު ދެލޯ ހުޅުވާލި ނަމަވެސް އަޑު އައި ދިމާއަކަށް ނުބަލަމެވެ،
” އުނަގަނޑުގެ އޮޕަރޭޝަން ކުރެވުނީ ވަރަށްވެސް އަވަހަށް… އެހެންވެ މިހާ އަވަހަށް ފަރުވާ މި ލިބުނީ..”
ޑޮކްޓަރ ވާހަކަ ދެއްކެވީ އިންޖެކްޝަން ޖެހުމަށް ތައްޔާރުވެލައްވަމުންނެވެ. އަހަރެން އެއްޗެއް ނުބުނެ އޮތުމުން ޑޮކްޓަރ އަނެއްކާވެސް ވާހަކަ ދެއްކެވިއެވެ،
” އިންޖެކްޝަނެއް ޖަހާލަން މިއުޅެނީ މިހާރު…”
އަހަރެންނަށް ޔަޤީންވީ ދެނެވެ. އެއީ ހަމަ އެއަޑެވެ. އަހަރެން ސިހިފައި ބަލާލީމެވެ. ތެޅިގަނެވުނީ ދެނެވެ ދެލޯވެސް ބޮޑުކޮއްލެވުނީ ދެނެވެ. އަހަރެންގެ އަތުގެ ނާރު ހޯދުމަށް އިނގިލި އޮއްބަމުން އެދާ ޑޮކްޓަރަކީ އަހަރެންގެ ފިރިމީހާއެވެ. އެއީ ހަމަ ވިކާޝްއެވެ، އަހަރެން އަތް ދަމައިގަތީމެވެ،
އޭނާ ބަލާލިއެވެ.
” ޑޮކްޓަރ ނަޝީދް! ޕޭޝަންޓެއްގެ ޙާލު ވަރަށް ދެރަ.. ބައްލަވާ ލައްވަން ދުރުވާންވީ ނޫންތޯ؟”
ކުއްލިއަކަށް އެތަނަށް ވެންނެވި ޑޮކްޓަރ ބުނުއްވިއެވެ. އަހަރެން އޮތީ ހައިރާންވެފައެވެ.
” ޔެސް… މި އިންޖެކްޝަން ޖަހާލާފަ މިދަނީ..”
ނަޝީދު އެހެން ދެންނެވުމަށްފަހު ވަރަށް އަވަހަށް އަހަރެންގެ އަތަށް އިންޖެކްޝަން ޖެހިއެވެ، އަދި އެ ޑޮކްޓަރާއި އެކު ނުކުންނަމުން އަހަންނަށް ހިނިތުންވުން ރައްދުކުރިއެވެ . އެ ހިނިތުންވުން ފެނި އަހަރެންގެ ހިތް ނެގި ނެގިފައި ޖެހެންފެށިއެވެ. އެއީ ހަމަ އޭނަގެ ސޫރައެވެ. ވިކާޝްގެ ހަށިގަނޑެވެ. އެ ހިނިތުންވުމެވެ.
އަހަރެންގެ ލޯބިވާ ފިރިމީހާ ދުނިޔެ ދުކުރީ އަހަރެންނަށް ދުނިޔެ ހޯދައިދީފައެވެ. އަހަރެންގެ ހިތާއި ފުރާނައަކީ އަދިވެސް އޭނާއަށްޓަކައި ރައްކާކުރެވިފައިވާ އެއްޗެކެވެ. އެހެނަސް އެ ސޫރަ އެ ސިފަ އަހަރެންނަށް އަބަދު އަބަދު ހޮސްޕިޓަލުން ފެންނާތީ އަހަރެންގެ ހިތަށް އުނދަގޫވާންފެށިއެވެ. އޭނާ އާއި ވައްތަރު އެހެން މީހަކު ދެކެން އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު އަހަންނަށް މިޔަދު މިވަނީ އެމީހަކާއި ވަރަށް ގާތުން ކުރިމަތިލާންޖެހިފައެވެ،
އަހަރެންނަކީ އަދިވެސް ޒުވާން އަންހެން ކުއްޖަކީމެވެ، އަހަރެންގެ ހިތް މިހަށިގަނޑަކު ނެތެވެ. ހިތް ވީ އަހަރެންގެ ވިކާޝް އާއި އެކު ދުނިޔެ ދޫކޮށް ގޮހެވެ. އަހަންނަށް ދެން އެހެން މީހަކު ދެކެ ލޯބި ވެވިދާނެބާވައެވެ؟؟ ނަޝީދުއަށް މި ހަޔާތުން ޖާގަ ދެވިދާނެ ބާވައެވެ؟؟ ނޫނެކެވެ. ދެވިގެން ނުވާނެއެވެ. އަހަރެން ލޯބިވީ ވިކާޝްގެ ސިފަ ދެކެއެއް ނޫނެވެ. އެ ސާދާ ހިތުގެ ތެރޭގައި އަހަރެންގެ ލޯބިވާނީ ފޮރުވާފައެވެ. އެހެންކަމުން އަހަރެން ނަޝީދުދެކެ ލޯތްބެއް ނުވާނަމެވެ. އަހަރެން މިދުނިޔެ ދޫކޮއްދާނީވެސް ވިކާޝްގެ ޙައްޤުގައެވެ.އަހަރެން ނިމިދާނީވެސް ވިކާޝްގެ އަތްބެއްގެ ގޮތުގައި އިނދެއެވެ. އަހަރެންގެ ލޯބިވާ ފިރިމީހާއަށް ހެޔޮދުއާ ކުރާނަމެވެ. ވިކާޝް އެދޭ ގޮތަށް ވެތޯ އަބަދާއި އަބަދު މާތްﷲގެ ހަޟްރަތުގައި ދުޢާ ކުރާނެމެވެ، ވިކާޝްގެ އެންމެ ފަހުގެ އެދުންވެސް އަހަރެންގެ ކަންފަތުގައި އަބަދާއި އަބަދު ދެމިގެން ވެއެވެ،
”އަހަރެން ބޭނުންވަނީ ދެ ދުނިޔޭގައިވެސް ތިއީ އަހަރެންގެ މީހަކަށް ވުމަށް… އާޚިރުގައި ބައްދަލުވެސް ވުމަށް… ސުވަރުގޭގެ އުފާ ދެމީހުންނަށްވެސް ލިބުމަށް…”
އެ ޖުމުލަ ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެންގެ ލޮލުން ކަރުނަ ހިލިގެން ދެއެވެ، އޭގެ ފަހުން އަހަރެން ދިރިހުރީ ދުޢާކުރުންމަތީގައެވެ.
” ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ފިރިމީހާ ކަށްވަޅުގެ އަޒާބުން މިންޖުކުރައްވާ ކަށްވަޅުގެ އަލިކަން ދެއްވާފާށި! ސުވަރުގޭގެ މަތިވެރި ނިއުމަތާއި ހެޔޮ ރަހްމަތް މިންވަރު ކުރައްވާށީ! މިއަޅާގެ ލޯބިވާ ފިރިމީހާއަށް ކުރެވިފައިވާ އެންމެހާ ފާފަތައް ޢަފޫކުރައްވާ އެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި! އަދި މިދުނިޔޭގައި އަޅާ އާއި އެކުގައި ވީފަދައިން އެދުނިޔޭގައިވެސް ދެމީހުން އެކުގައި ލައްވާށީ! އާމީން..”
( ނިމުނީ )
LL
39 Comments!
Comments are closed.



Ney vaa hifahahtailaan indhe mi bai mi keee.Vaahaka kiyamun dhiya iru sifa vaahen he vanee…bune veynee v v v thafaath nd v v v reethi vaahaka e key mi………Shanoo ah kuraane asaru hithah araafa v v dheravey…btw ninmun vs v furi hama…thanks salaa….unmeedh kuran new story eh v v v avahah fennaane kamah.
thank u dhoonyaaa… yes new stories hama v avahah fennaane… mivaahaka ves ekkoh nimendhen kiyaaleethy v ufaa vejje.. keep in touch
alhe vaahaka nimunyta…..
salaa kyveta vikaash maraaly…..
shanoo kiha dhera vaane……
hmm nimijjey dhoonya… vaahaka nimman ves vaanehnu… anekkaa hurihaa vahaka akah happy ending genaima kamaku nudhaane. hehehe
yes vaahaka nimuny…vikaash maraaly vaahaka ah sad ending eh gennan vegen. huriha vahakeh happy koh nimmeema maa bodah eggoiy vaanehnu.. hehe thanx ingey kiyaaleema.. wait for de next
vrh reathi story ekm shanu ge name ohnan v thanah shikaa ge name ais ebain
ekm story reathi v ma ebai mathin hadhaan nahthaalaani 🙂
hmm olhifa huree dw.. bt undstnd viehnu dw gaagaa…. thanks naseebeh handhaan naththaaali kan. heheheh
varah reethi…
thanx lily 🙂
.Story is nice. but I have a doubt. How could vikaash knows everything happened between aaniya and shika when he was not there? I mean their relationship.
safaaree dhathuru nimmaafa vikaash ais room kaireega madu kolli thanun emeehunge adu ivuny.. i mean dirty sounds… hehe.. dhen eyna adu ahan hurefa dhoruga jahaafa dhoru vattaali iru emeehun thibee kihinrhkan ves thankolheh maana funkoh bunedheefa vaane… 9th episode ga… thanx Zoya dear..
aslu zoya ebuny vikas shanoo ah e hurihaa vahaka thah kiyaa dhin iru vikas nethis emeehun dhekki vahaka ves himanaa fain vaahaka…aslu vikas ah ingeynee vikas ah aadhevunu iru hingamun dhiya kanthah dhw…ekamaku ves ok..vaahaka varah reethi…thankolheh kuh gina ee mibaiga…name olhifa iny…:D
yes roze thibuny thedheh,,,, ekam me ge nazaruga vaahaka eh ehen meehakah kiyaa dhey iruga kiyaa dheyneee ekanthah aslu vee gothah.. ethaa emeehaa neh kamuga viyas vaahaka kiyaa dhemun anna iruga ebai himeneema ehnu kiyuntherinnah ingeyne.. e ee kiyuntherinnah angan vegen liyefa ehuree.. faharegga me ah mi visneny gose koh kanneynge. ekam mi kahala vahaka eh mi liyuny alah.. thi gothah mistakes dhekkeema 2nd time v bodah visnnaanan inge.. hmm liyumuge mistakes huredhaane.. proof read nukoh post kollany avas kuran.. kiyaa ves nulaa up kolly.. nd thi kudhinnah dheyha veema dhen ok.. bt dhen thi kamah ves visnaafa rangalhu kuraanan.. thanxxxxxxxxxxxxxx
wow wow wow,vaahaka hama v v v v salhi,ibaarai kurumaai manzaruthah sifa koh dheefa huri gothun v bodah vaahaka thare ah vadhevigen vaahaka kiyuni,vvv biruves gain,neyvaa hifahahttaalaigen hiyy aih mahchah laan jehunu faharuves v ginavi,hee v cinamaaga biruveri filmeh balan indhevunu hen,ehaa ves biruveri,salaage furathama biru veri vaahakahen ves heenuvey,asluves vvv furihamayah huri liyelaafa,adhives mikahala biruveri vaahaka eh kiyaalan libeyne kamah uhmmeedhu kuran,dhn ba e tgc gudnyt wth sweet dreams ♥♥♥♥ thank u sweety mihaa loabi biruveri vaahakaeh mihaa furihama koh genesdhineema,thank u so much
wow wow pink hearts,,,, thanx nizooo… haadha thaureefekey dw.. v bodah thanxxxxxxxx.. ekm dhen ehaa avahakah biruveri vaahaka eh nuliyaanan.. me akah neynge ehaa rangalhah meege vaahaka liyaakah.. ok nizoo sweeeety gud nyt <3
V V V V V V V V V REETHI VAAHAKA EH
thanks v v v v v bodukoh shana
mihaa biruveri vaahakaeh adhi umurugawes nukiyan
v vvv reethi vaahaka.bt alhe vikaash maraa nuli nama.nuny maraalan ninmaafa ohnama ehaa lowbin ulhey goh nudhehkinama. vvv reethi btw.v asarugadha.salaa ur best
V V reethi nimun ves hama k … asluves v birun idhe vaahaka nihmaa mi levunee…
Mivaahakaige kudakoh kuhthakeh ebahuri…….misaalakah baehfaharu shanu GE name shikaa ah badhaluveyyy.anyway nice story…
gannavaaa kurehvi bireh , raskalaaako
v v reethi nimun ves vara reethi vaaahaka eh ♥♥♥♥
3>
v reethi
its realyy nice ……….. v molhu storii liyan… ince ideas 🙂
Oh hama rovijje. Haadha asaru gadhaey mibai
vvvvvvvvvvvvvvvvvvvvvvvvvvv nice feels like crying
Vaahaka hama ehvana ey buneveynee
Kuh thah ebahuri, ekamaku alhugandu nudheken eii massala eh kamuga
Ibaaraaythah genesdheefai vaa goiyy fashuvi kamun komme manzareh ves sifa vaakahala
Mifadha vaahaka eh kairi musthaqbalehga anehka ves fennaane kamah ummeedhu kuran
Vaahaka liumugai Salaa ah mifadha ithuru kurierun thah libeyne kamah ummeedhu kuran
3>
the story was incredible……
Mi story varah salhi .was incredible
Best story ever ♥
varah kiyaahithun kiyunee.. kiyaairu sifa vey.. varah reethi… neyvaa hifahattaalan jehey thankolhukolhu vexx aadhey..nice
Vara kada
vararieethi vaahaka
vararieethi vaahaka nice
Wow nice ingey vvvvv salhi
This is gud 😁👍🏻 goaheh noon vrh salhi I love it 🤩