Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަރުނަ އޭގެ އިންތިހާއަށް….. 6 ވަނަ ބައި

ziyaad Level 110 Stories
February 11, 2014 6 Mins Read
3 Comments

                       އާސިމް އެގެއިން ދާން ހިނގައި ގަތުމުން އީނާޝް އޭނާގެ ލޯބިވެރިޔާ އާއިއެކު އެގޭ ދޮރާއްޓާއި ހަމަ އަށް ނިކުތެވެ. “ލޯބީ މިރޭ އަހަރެން ހާދަ އުފާ ވެއްޖޭ! އަހަރެންނަށް މިއިހުސާސް ކުރެވޭ އުފާވެރިކަން އަހަރެން ހިތަށް އަރާ ކަލާއަށް ހާމަ ކޮށްދޭނީ ކޮން ގޮތަކުންބާއޭ! ހަމަ ހަގީގަތުގަވެސް އުފާވެއްޖެ!” އާސިމްގެ ދެލޮލުން އުފާވެރި ކަމުގެކަރުނަ ވިދާލިއެވެ.  ” ލޯބީ ކަންތައް ވެގެން މިދިޔައީ އަހަރެން ހީކޮށްގެން ހުރި ގޮތާ މުޅިން ހިލާފަށް….” އާސިމް އޭނާގެ ލޯބިވެރިޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އީނާޝް ހިނިތުންވެލިއެވެ. “އެއީ އަހަރެންގެ މަންމައޭ..” ފަހުރުވެރިވެލާފަ ބުނެލިއެވެ. އަދި އާސިމްގެ މޭގައި ލައްވެލިއެވެ. އެއާއެކު އާސިމް އޭނާގެ ލޯބިވެރިޔާ ގަޔާލާ ބޮނޑި ކޮށްލިއެވެ. އެދެމީހުން ކުއްލިއަކަށް ދުރައްޖެހިލީ އަނީސާ އައިސް ކަރުކެހިލުމުންނެވެ. “ދެން ދަނީ އިނގޭ މާދަމާ ހަވީރު ތުނޑިއަށް ދާން ވާނެ އިނގޭ..!” އާސިމް ވަދާއުގެ ސަލާމް ކޮށްލުމަށްފަހު ބުނެލިއެވެ. އީނާޝް ހިނިތުންވެ ހުރެ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. އަދި ލޯބިވެރިޔާއަށް ޓާޓާ ކިޔާލިއެވެ. އާސިމް ގޮސް ގެއްލެންދެން ބަލަން އީނާޝް ހުއްޓެވެ. އެއަށްފަހު ގޭތެރެއަށް ވަދެ މަންމަ ގައިގަ ބައްދާލިއެވެ. އައި ލަވްޔޫ މަންމާ…!” އީނާޝް އުފާވެރި ކަމާއެކު ބުނެލިއެވެ. “ދަރިފުޅާ ދަރިފުޅު ތިހާ އުފާވެފަ ހުރިތަން ފެނުމުން މަންމަގެ ހިތަށް ވަރަށް ފޮނި އިހުސާސްތަކެއްކުރެވެނީ މަންމަ އަބަދުވެސް ދެކެން ބޭނުންވާ ދުވަހަކީ މީ ދަރިފުޅު ތިގޮތުގަ އުފަލުގަ ހުރުން އީނާޝްެ މަންމަ އޭނާގެ ލޯބިވާ ދަރިފުޅުގެ ބުރަކަށީގަ ނުހަނު ލޯތްބާއެކު ފިރުމާލިއެވެ. މިހާރު އީނާޝްގެ ހިތެކޭ ފޮޅިފައިވާ ިނިފެން މަލެކޭ އެއްފަދައެވެ. އޭނާގެ ވަށައިގެން ވަނީ އުފާވެރިކަމެވެ. އަލިކަމާ އުޖާލާކަމެވެ. އެހެން ނުވާނީ ކީއްވެ ހެއްޔެވެ. ހަޔާތުގެ ރާސްތާގައި އެއްމަންޒިލަކަށް ދަތުރުކުރާނެ ބައިވެރިއަކު ލިބުންއެއީ ކުޑަ ނިއުމަތެއްތޯއެވެ.

                             އާސިމް ކޮޓަރިއަށް ވަތް ގޮތަށް ވަދެ މޯބައިލް ފޯން ނަގާ މަންމަގެ ނަމްބަރަށް ގުޅާލިއެވެ. ދެތިން ފަހަރު ރިނގު ވުމާއެކު ފޯނު ނަގައިފިއެވެ. “ހަލޯ ދަރިފުޅާ އާސިމް ހާލު ކިހިނެއް؟” މަންމަ ފޯނު ނަގާފަ އަހާލިއެވެ. އަހަރެންގެ ހާލު ވަރަށް ރަނގަޅު މަންމަ ކިހިނެތް؟” އާސިމް ޖަވާބު ދިނުމަށްފަހު އަހާލިއެވެ. ” މަންމަ ރަނގަޅު އައްދޭ ދަރިފުޅާ ހާދަ އުފާވެފަ ހުރިހެން ހީވެޔެ އަނެއްކާ ކިހިނެތްވީ….” މަންމަ އަހާލިއެވެ. އާސިމް އޭނާގެ މަންމައަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ކައިވެނި ކުރަން އުޅޭ ވާހަކަ އާއި އެކުއްޖާއާއި ދިމާވިގޮތެވެ. އޭނާގެ މަންމައަށް އެވާހަކަތައް އަޑު އިވުމުން ވަރަށް އުފާވިއެވެ. އެއީ ޒަރީނާ މިހާރު އެއްމެ ދެކެން ބޭނުންވާދުވަހެވެ. އާސިމް މިއުފާވެރިކަން ބައްޕަ އާއިވެސް ހިއްސާކުރިއެވެ. ބައްޕަވެސް އެކަމަށް ނުހަނު އުފަލާއެކު މަރުހަބާކިއެވެ.

                           ކޮށްމެއަކަސް ޖެހިގެން އައި މަހުގެ ފުރަތަމަ ހަފުތާ ތެރޭގަ އާސިމް އާއި އީނާޝް ކައިވެނި ކުރިއެވެ. އިއްތިފާގުން އީނާޝްގެ އެކުވެރި ހަނީފާއާއި އަޔާޒުގެ ކައިވެނިވެސް ކުރެވުނީ ހަމަ އެދުވަހުއެވެ. އަޔާޒުވީ އާސިމްގެ ކުލާސް މޭޓެއްކަމުގައެވެ. މިދެމީހުން ބައްދަލުވީ ކޯޓުތެރެއިންނެވެ. އާސިމްއަށް އަޔާ ފެނުމާއެކު އެއީ ކާކުކަން އެނގުނެވެ. އެހެންވެ މިހަތަރު މީހުން މަސްވަރާ ކުރުމަށް ފަހު ނިންމީ ކައިވެނީގެ ހަފުލާ އެއްގެ އެއްގައި ބާއްވާ ގޮތަށެވެ. ” މީކިހާ ބޮޑު އިއްތިފާގެއްދޯ އެއްމެ ފަހުން އަހަރެމެން ދެމީހުންގެ ކައިވެނި މިކުރެވުނީ ހަމަ އެއްދުވަހެއްގަ އަނެއްކާ ދެމީހުންގެ ފިރިންނަކީވެސް ދައްނަ ދެރައްޓެހިން…” އީނާޝް ހަނީފާއަށް ބުނެލިއެވެ. އެދެކުދިން ތިބީ ކޯޓުބޭރު މަގުމަތީގައެވެ. ” އާނ ދޯ އަހަރެން ހިއެއްވެސް ނުކުރަން މިހެން މިކަންތައް ވެދާނެ ކަމަކަށް ކިހާ އުފާވެރިދޯ” ހަނީފާ އުފާވެރިކަމާއެކު ބުނެލިއެވެ.

                           އީނާޝްގެ ގެ ވަނީ ވަރަށް ގަދަޔަށް ޒީނަތްތެރި ކޮށްފައެވެ. ތަފާތު ކުލަބޮކިތަކުންނާއި އެހެނިހެން ސާމާނުތަކުންނެވެ. ދެފަރާތުގައި ގޮނޑިޖަހާ ފައި ވެއެވެ. އަދި ތަނުގެ މެދުގަ އޮތް ހުސްޖާގާގައި ބޮޑު ދެމޭޒު ބަހައްޓައި އެދެމޭޒު މައްޗަށް ތަފާތު އެކި ބާވަތް ތަކުގެ ކާތަކެއްޗާއި ބުއިންތަށް އަތުރާފައި ހުއްޓެވެ. ރޭގަނޑުގެ އަށްގަޑި ތިރީސް ވުމާއެކު މެހެމާނުންތައް އައްނަންފެށިއެވެ. މެހެމާނުންގެ އިސްތިގުބާލުގައި މިއަދު ކައިވެނި ކުރި އާސިމް ގެ ދެމަފިރިންނާއި އަޔާޒުގެ ދެމަފިރިން ހިނިތުން ވެލައިގެން ތިއްބެވެ. ޕާޓީތެރޭގައި ވަނީ އުމަރު ޒާހިރު ކިޔާފައިވާ އުންމީދުކުރަމުން އާރޭ އުފަލާގެން އައީނޫންހޭ މިލަވަ ޖަހާފައެވެ. މާބާރަކަށް ނޫނެވެ. ފަސޭހައިން އަޑު އަހާލެވޭ ވަރަށެވެ.

                             އެރޭގެ އެގާރަ ގަޑި ތިރީސް ހާއިރު ޕާޓީގެ ހުރިހާ ކަމެއް ނިމިއްޖެއެވެ. އާސިމް މެނަށް އެހީތެރި ވެދޭން އައިސް އުޅުނު އެކުވެރި ކުދިންތައް ވެސް ކައި ހަދައިގެން ހިނގައްޖެއެވެ. ނަމަވެސް އާސިމް އާއި އޭނާގެ އެކުވެރިޔާ އަޔާޒު މެން އަދި ތިބީ އީނާޝް މެން ގޭ ކާކޮޓަރީގައެވެ. އީނާޝް އާއި ހަނީފާ އެދެމީހުންގެ ފިރިންނަށް ކާން ތައްޔާރު ކޮށްދޭން ބަދިގެތެރޭގައި އުޅެއެވެ. އީނާޝްގެ މަންމަވެސް އެދެކުދިންނަށް އެހީތެރި ވެދިނުމުގެ ގޮތުން އެތާ އުޅުނެވެ. އާސިމް އާއި އޔާ މަސްވަރާ ކުރަމުން ދަނީ ކައިވެންޏަށްފަހު ހަނީމޫނަށް ދާނެތަނަކާއި މެދުއެވެ. “ހަނީމޫނަށޭ ކިޔާފަ ހަމަ ކޮންމެހެން ރާއްޖޭން ބޭރަށް ދާން މުހިންމުތަ….؟” އަޔާ އާސިމްގެ މޫނަށް ބަލަން އިނދެ އަހާލިއެވެ. ” ނޫނޭ އޭގަ މުހިންމީ ރާއްޖޭން ބޭރަށް ދިއުމެއްނޫން….އެކަމަކު މިރާއްޖޭގަ އާއްމުވެފައި މިވަނީ ރާއްޖޭން ބޭރު ކޮންމެވެސް ގައުމަކަށް ދިއުމެއްނު ދޯ” އާސިމް ބުނެލިއެވެ. “އަހަރެންނަށް ފެންނަނީ އަހަރެމެން ތަފާތު ކޮށްލަން އެގޮތުން ރާއްޖޭގެ ކޮންމެވެސް ފަޅުރަށަކަށް ދިއުން ކިހިނެތްވާނީ؟ ” އަޔާ ހުށައެޅިއެވެ. ” އާނ !  ތީ ވަރަށް މޮޅު ހިޔާލެއް އަހަރެން ތިކަމމަށް ތާއީދުކުރަން އެކަމަކު ތިކަން ވާނީ މިއުލޭ އަންހެން ވެރިން އެއްބަސް ވެގެން އަހަރެމެން އެކަނި ދިޔަޔަކަސް ހަނީމޫނެއް ނުހެދޭނެއެއްނު ދޯ” އާސިމް ބުނެލިއެވެ. އާ ތީވެސް ތެދެއް އަޔާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

                          ” ކޮބާ މިހާރު ދެން ކޮން ގޮތަކަށް ތިނިމުނީ؟ ” އީނާޝް ބޮޑު ނޫޑުލީސް ތައްޓެއް ހިފައިގެން ކާގެ ތެރެއަށް ވަދެ މޭޒު މަތީގަ ތަށި ބަހައްޓަމުން ބުނެލިއެވެ. އީނާޝް ކާގެއަށް ވަތް އިރު އެދެމީހުން ތިބީ ވަރަށް އޮލަ ވާހަކައެއްގައެވެ. އެމީހުން އެމަސްވަރާ ކުރަނީ ކޮންކަމަކާކަން އީނާޝްއަށް އެނގެއެވެ. އޭނާ އެސހާ ވަރަކުން އެސުވާލު އެކުރީ އެކަން އެނގޭތީއެވެ. “އަހަރެމެން މިގަސްތުކުރަނީ މިފަހަރު ތަފާތު ކޮށްލަން ކަމަށް އެގޮތުން ބޮޑު ހަރަދު ކޮށްފާ ރާއްޖޭން ބޭރަށް ދިއުމުގެ ބަދަލުގަ ރާއްޖޭގެ ކޮންމެވސް ފަޅުރަށަކަށް ހަނީމޫނަށް ދާން!” އީނާޝްގެ އަޑު އިވުމާއެކު އަޔާ ބުނެލިއެވެ. އީނާޝް ބަލާލީ އޭނާގެ ފިރިމީހާގެ މޫނަށެވެ. އިނޫ އަށް ދާން ކެރޭނެތަ ބިރެއް ނުގައްނާނެތަ؟” އާސިމް އޭނަގެ އަންހެނުން ކުރެން އަހާލިއެވެ. އީނާޝް ހިނިތުންވެލިއެވެ. އަދި އާސިމްގެ ކައިރިއަށް ދިޔައެވެ. ލޯބީ އިނޫ މިހުރީ ކަލާ ގެންދިޔަ ކޮންމެ ތަނަކަށްވެސް ދާން ތައްޔާރާ އިނޫއަށް ކެރޭނެ!  އިނޫގެ ލޯބިވާ ފިރި މީހާ ހުރެއްޖިއްޔާ އެއްވެސް ކަމަކާ ބިރެއް ނުގަންނާނެ އެހެންވީމާ އިނޫ ހަމަ ތައްޔާރު….” އީނާޝް ނުހަނު ލޯތްބާއެކު އޭނާގެ ފިރި މީހާގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. “އަޔާ އަހަރެމެން ދެމަފިރިން ތައްޔާރު ކަމަށްބަލާ އިނގޭ” އާސިމްގެ އަންހެުން އެއްބަސް ވުމާއެކު އާސިމް އެކުވެރިޔާ އަށް ބުނެލިއެވެ. އެވަގުތު ހަނީފާ ވެސް އައެވެ. އޭނާ އަުމާއެކު ހަނީފާގެ ފިރި މީހާ އޭނާ އާއި އެސުވާލު ކުރިއެވެ. ނަސީބަކުން ހަނީފާވެސް ހުރީ ހަމަ ދާގޮތަށެވެ.

                         “އޭތް ދެން މަށަކަށް ކެތެއް ނުކުރެވޭނެ ވަރަށް ބަނޑުފާ ވެއްޖެ….” މޭޒުމަތީގަ ހުރި ކާތަކެތި ފެނިފަ އާސިމްގެ ކުޅުދިޔާވިއެވެ. “ދޮގެއްވާ ނޫން އަށެއްޖެހީންސުރެ މިތިބެނީ ކާއެއްޗެއް އަނގަޔަށްނުލާ….” އަޔާ އާސިމްގެ ބަހަށް ތާއީދުކުރިއެވެ. އަދި ނޫޑުލިސް އަޅާފަ ހުރި ތަށިން އޭނާގެ ތައްޓަށް ނޫޑުލިސް އަޅަން ފެށިއެވެ. ” މިހާރު މިއޮތީ ހަނީމޫން ދަތުރުގެ ކަންތައް ނިމިފައެއްނު އެކަމަކު އަދި ދާނެ ރަށެއް ނުނިންމަމެއްނު…..” އާސިމް ނޫޑުލިސް ސަމުސަލެއް އަނގަޔަށް ލުމަށްފަހު ވާހަކަ ދެއްކިއެވެ. އެއާއެކު އެތާ ތިބި ހުރިހާ އެއްމެންގެ ނަޒަރު އާސިމް އަށް ހުއްޓުނެވެ. ” އަހަރެން ތިކަން އޮށްނާނީ ކުރީބައިގަ ހަމަ ޖައްސާފަ…..އަހަރެމެން ދާނީ ހަނީފާގެ ބޮޑުބޭބެ ހިފައިގެން އުޅޭ ރަށަށް އަހަރެމެން އެރަށުގަ ތިބޭނީ ތިން ދުވަހު…” އަޔާ އެއްނޭވާއިން ކިޔާލަ ދިނެވެ. ” ސާބަހޭ އަޔާ ފަޅުރަށަކަށް ދާ ހިޔާލު މިހުށައެޅީ ކުރީބައިގަ ހުރިހާ ކަމެއް ރާވާ ނިންމާފަދޯ” އީނާޝް އަޔާއަށް ބުނެލިއެވެ. އެވަގުތު އަޔާ ފަހުރުވެރިވެލުމުގެ ގޮތުން ދެކޮނޑު އަރުވާލިއެވެ އެވަގުތު އެއްމެން ހޭންފެށިއެވެ.

                          ހިތްގައިމުރީތި ދުވަހެކެވެ އުޑުމަތިސާފެވެ. ވައިރޯޅި އެހާމެ މަޑެވެ. ވަގުތަކީ މެންދުރު ފަހުގެ ވަގުތެވެ. އާސިމް އާއި އޭނާގެ ބައިވެރިން ހަނީމޫނަށް ދިއުމަށްޓަކައި ބަނދަރަށް ނިކުމެ ތިއްބެވެ. މިދަތުރުގައި ބައިވެރި ވަނީ އާސިމް އާއި އަޔާ ގެ ދެމަފިރިންގެ އިތުރުން އަނީސާއާއި އޭނާގެ ލޯބިވެރިޔާ ނާޒިމް އާއި ހަސީނާ އެވެ. “ކޮބާ ދަތުރަށް ބޭނުންވާ ހުރިހާ އެއްޗެއް ދޯންޏަށް އެރުވިއްޖެތަ…؟” އާސިމް އަޔާގެ ކޮނޑުގަ ކޮއްޓާލާފަ އަހާލިއެވެ. “އާނ ނިމިއްޖެ ދެން ލަސްނުކޮށް އަވަހަށް ފުރަންވީ ” އަޔާ އެކުވެރިޔާގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

                      ނިޔާމަ ދަތުރަކަށް އެދޭހާލު ދަތުރުގެ ބައިވެރިން ފުރައިފިއެވެ. ގަދަ ނޫކުލައިގެ ކަނޑުގެ ލޮނު ގަނޑު ކަފަމުން ދަތުރުގެ ބައިވެރިންނާއެކު ދޯނި އޭގެ ހަލުވި ދުވެލީގައި ދަތުރު ކުރަމުން ގެންދިޔައެވެ. ދޯނިތެރެ ގުގުމާފައި ވަނީ ލަވަބާޒީ ކުރުމުގެ އަޑުންނެވެ. އާސިމް އިރުކޮޅަކު ލަވަ ބާޒީ ކުޅެން އިނުމަށްފަހު ދޯނީގެ ފަހަތުކޮޅަށް ދޯނީގެ ކައްޕި ކައިރިއަށް ދިޔައެވެ. “ކައްޕީ ކޮބާ އިރު އޮއްސުމުގެ ކުރިން މަޑިދުއަށް ފޯރާނެތަ…؟” އާސިމް އަހާލިއެވެ. އާނ! ހަމަ ޔަގީނެއްނު މިދޯނި މިހާރު މިދުވަމުންދާ ދުވެލީގަ ދުވާކަމަށް ވަންޔާ އިރުއަލިކަމާއެކު އަހަރެމެނަށް އެރަށަށް ފޯރާނެ!” ކައްޕި ވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ.

                           ދަތުރުގެ ބައިވެރިންނަށް އެމީހުންގެ މަންޒިލަށް ވާސިލް ވެވުނީ ހަވީރު ވާން ކައިރި ވެފައި ހުއްޓައެވެ. އެމީހުނަށް ރަށަށް ލެފުމާއެކު އަވަސް އަވަހަށް އެމީހުންގެނަ ސާމާނުތައް ރަށަށް ބާލައިފިއެވެ. އަދި އެތަކެތި އެތާ ހޭޅި ކައިރީގަ އެއްތަނަކަށް ޖަމާކޮށްފިއެވެ. “އާސިމް ރަށުގެ އުތުރުކޮޅު ބަލާލަން ހިނގާބަލަ!” އާސިމް އެމީހުން ގެނަ ތަކެތި މަތީގަ ސަތަރި ގަނޑެއް އަޅާ ނިވާ ކޮށްލުމުގެ މަސައްކަތުގަ އުޅެނިކޮށް އަޔާ އައިސް ބުނެލިއެވެ. “ކިހިނެތްވީ؟'” އާސިމް ތެދުވެ ހިންދަމާލަމުން އަހާލިއެވެ. ” މާބޮޑު ކަމެއް ވީކީ ނޫން ހަނީފާގެ ބޮޑު ބޭބެ ބުނި ގޮތުން ވިއްޔާ ރަށުގެ އުތުރު ކޮޅުގަ ކުޑަވަރެއްގެ ގެޔެއް ހުންނާނޯ!” އަޔާ އާސިމްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.  “އެހެންތަ ތިވީ މާ ރަނގަޅަކަށްނު ތިބުނާ ގެއެއް ފެނިއްޖިއްޔާ އަހަރެމންގެ ސާމާނުތައް ރައްކާ ކުރާ ގުދަނަކަށް އެތަން ބޭނުން ކުރެވޭނެ އަވަހަށް ހިނގާ!” އާސިމް އެތާ ތިބި އެހެން މީހުންކައިރި އެތާ މަޑުކޮށްގެން ތިބޭށޭ ބުނެފަ އަޔާއާއި އެކު ހިނގައިގަތެވެ.

                         އާސިމް މެންނަށް ރަށުގެ އުތުރު ކޮލާށް ދެވުނު ތަނާ އެބުނާ ގެއެއް ފެނުނެވެ. އެތާ ހުރީ އެއްމެ ގެޔެއް ނޫނެވެ. ދެގެ ހުއްޓެވެ. އަދި އުނދޯލިގެއަކާއި ޖޯލިފައްޗެއްވެސް ހުއްޓެވެ. ލަފާ ކުރެވޭ ގޮތުގައި އެއީ އެރަށް ބަލަހައްޓާ މީހުން ތިބިއިރު އެމީހުން ދިރިއުޅުނު ގެއެވެ. އެތާ ކައިރީގަ ފެން ވަޅަކާއި ކުޑަ މިސްކިތެއްވެސް ހުއްޓެވެ. އަޔާ އަހަރެމެންގެ މަރުކަޒަކަށް ހަދާނީ މިތަން ” އާސިމްއަށް އެސަރަހައްދު ފެނުމާއެކު ބުނެލިއެވެ. “އާނ މިތަން ރަނގަޅު ދެން މިތާ ކައިރި މިހިރަ ހިސާބ ތަކުގަ ޓެންޓް ޖަހާނީ އޭރުން ބަރާބަރުވާނެއެއްނުދޯ” އަޔާ އެތާ ކައިރިސަރަހައްދަށް ނަޒަރު ހިނގާލަމުން ބުނެލިއެވެ. “މިހާރު އެހެރަ ގެން އިރު އޮއްސެނީ އިރު އޮށްސެން ވާއިރަށް ސާމާނުތައް މިތަނަށް ގެނެވޭތޯ އަވަސް ކުރަމާ ހިނގާ!” އާސިމް ބުނެލިއެވެ.

                        “އިނޫ! އަހަރެމެނަށް މިލެފުނީ ރަނގަޅު ދިމާއަކަށްނޫން…..” އާސިމް ދަތުރުގެ ބައިވެރިން ތިބިތަނަށް އައިސް އަންހެނުންނަށް ބުނެލިއެވެ. އޭރު އެމީހުންތިބީ އަތިރިމަތީގައި އިށީދެލައިގެންނެވެ. އާސިމް މިހެން ބުނުމާއެކު އތާ ތިބި ހުރިހާ އެއްމެންގެ ނަޒަރު އާސިމްއަށް ހުއްޓުނެވެ. ” ކިހިނެއްވީ އަނެއްކާ…؟” އީނާޝް އަހާލިއެވެ. “މާބޮޑު ކަމެއް ވީކީނޫން އަސްލު ލަފަން ޖެހޭ ކޮޅަކީ އެއޮތީ” އާސިމް އަތުގެ އިޝާރާތުން ރަށުގެ އުތުރު ކޮޅުދައްކާލިއެވެ. “އެތާ އަތިރިމަތީގަ އެބަހުރި އަހަރެމެނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެގޮތް ހަދާފަ ދެގެއާއި އުދޯލިވެސް އެބަހުރި” އާސިމް އެއްނޭވާއިން ކިޔާލަ ދިނެވެ. “އެހެންތަ އެހެން ވިއްޔާ ލަސްނުކޮށް އެދިމާއަށް ދެވޭތޯ ބަލަންވީނު” އީނާ ބުނެލިއެވެ. އަދި އަވަސް އަވަހަށް ތެދުވިއެވެ. އިނޫއާއެކު އެތާ ތިބި ހުރިހާއެއްމެން ތެދުވިއެވެ. އަދި އަވަސް އަވަހަށް އެމީހުން ގެނަ ސާމާނުތަށް އެމީހުން ގެނައި ކުޑަ ދަމާ ގާޑިޔަލަށް އަރުވައިގެން ރަށުގެ އުތުރު ކޮލާ ދިމާއަށް މިސްރާބު ޖެހިއެވެ.

                            ދަތުރުގެ ބައިވެރިންނަށް ގެ ހުރިހިސާބަށް އާދެވުނު އިރު އިރު އޮށްސެނީއެވެ. އެހެންވެ ފިރިހެން ވެރިން އަވަސްވެގަތީ ޓެންޓް ޖެހުމަށެވެ. އިރުއޮށްސި އަނދިރި ވުމާއެކު އެމީހުންގެނައި ޖަނަރޭޓަރ ސްޓާޓް ކޮށް އެހިސާބު ދިއްލާލިއެވެ. ފިރިހެންވެރިން ފޯރިއާއެކު ޓެންޓް ޖެހުމުގެ މަސައްކަތުގައި އުޅެމުން ދިއައީ ނުހަނު ފޯރިއާއި މަޖަލުގައެވެ. އެކަކު އަނެކަކަށް ދިމާކުރުމާއި ސަމާސާކުރުމުގައެވެ. އޭރު އަންހެން ވެރިން މަސައްކަތް ކުރަމުން ގެންދިޔައީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމުގައެވެ.  “ހަސީނާ ފަޅުރަށެއްގަ ރޭކުރަންވީމަ ބިރެއް ނުގަނޭތަ….؟” ހަސިނާ މާމަޑެއްކޮށް ހުރިތަން ފެނުމާއެކު އީނާޝް އަހާލިއެވެ. ” ދައްކާވާހަކަ ބިރުގަނެ ޖެހިލުންވާނަމަ ހުންނާނީ ރަށުގަދޯ!” ހަސީނާ ޖަވާބު ދިނެވެ. ހަސީނާގެ މިޖަވާބު އިވިފަ އީނާޝް ކައިރިއަށް ހިނިއައެވެ. ” ދޮގެއްވާ ނޫންދޯ….! އަހަރެންވެސް ހާދަމޮޔައޭ” އީނާޝް ބަލި ގަބޯލުކުރިއެވެ. އަދި ކެއްކުމުގެ މަސައްކަތުގައި އުޅެން ފެށިއެވެ. އަސްލު އީނާޝް ހީކުރީ ހަސީނާ އެހާ މަޑުން އެހުރީ ބިރުން ކަމަށެވެ. ނަމަވެސް ހަސީނާ މިވީ އޭނާ ހީކުރިކަހަލަ ކުއްޖަކަށްނޫނެވެ. އެއަށްވުރެ މާބިރު ކުޑަ ކުއްޖަކަށެވެ. އެހެންވެ އޭނާ އިތުރަށް އެމައުލޫއާއިގެން ކުރިއަށް ދާން ބޭނުން ނުވީއެވެ.

ނުނިމޭ

Share Article

Follow Me Written By

ziyaad

Level 110 Stories

Other Articles

Previous

ހިތް މި އެދޭ ސޫރައޭތީ މަގޭ 05

Next

މަންމަގެ ޑައިރީ 14 ވަނަ ބައި (ވަކިވުން)

Next
February 11, 2014

މަންމަގެ ޑައިރީ 14 ވަނަ ބައި (ވަކިވުން)

Previews
February 11, 2014

ހިތް މި އެދޭ ސޫރައޭތީ މަގޭ 05

3 Comments!

  1. shana says:
    February 11, 2014 at 3:59 pm

    .Waahaka reethi. but paragraph thah maa dhigu hen heevanee

  2. މަރި says:
    February 14, 2014 at 2:18 pm

    ހާދަލަހޭ ވާހަކައަންނަލެއް އަވަސްކޮއްލަބަލަ ދެން

  3. Enaash says:
    July 3, 2016 at 2:52 am

    Hama nujehey than than v gina kamah faahaga kohlevey

Comments are closed.


All Right Reserved!