ދަރިފުޅާއެވެ. އެ ގަނޑު ފެނުމާއި އެކީ މަންމަގެ ހިތައް ބިރުވެރިކަން ވަނެވެ. ސަކިންތަ ލިޔެފައިވާ ލިޔުމެއްކަން އެނގުމުންނެވެ. ވަކި މީހަކަށް އެޑްރެސްކޮށްފައި ނެތީމައެވެ. މަންމަގެ ބޮޑު ސިއްރުގެ ވާހަކަ ލިޔެފައި އޮވެދާނެތީއެވެ. ރޯމަހެއްހެން މަންމަގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެނދުގައި އިނދެ އެ ގަނޑު ކިޔަމުންދިޔައިރު މަންމަގެ ދެތައް ތުރުތުރު އަޅާވަރުން ގަނޑުވެސް ވެއްޓޭވަރު ވެއެވެ. ސަކިންތަ ލިޔެފައިވާ ލިޔުން ކިޔަން އެހާ ބިރުގަތީ ކީއްވެކަން މަންމައަށް ބުނެދޭކަށް ނޭނގެއެވެ. މަންމައާއި ދަރިފުޅު ހާސްވާންވީ އެއްވެސް […]
“އެކަމު.. އައި.. އަހަރެން ކިހިނެތެް ވިޝޫ ނެތްތާކު އުޅޭނީ؟..” ކުއްލިއަކަށް ޒައިދު ވިޝާގެ ކޮނޑުގައި މޫނު ޖައްސާލަމުން ލޮލުން ވެއްޓުނު ކަރުނަ ތިކި ވިޝާއާއި ހަވާލުކުރިއެވެ. އޭރު ވިޝާހުރީ ހައިރާންވެގެން ހިރިލަންވެސް ނޭނގިފައެވެ. ޒައިދުއަށްވެފައި މިހުރީ ކިހިނެތްބާއޭ ހިތައް އަރާ ހާލު ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ޒައިދުގެ މަޑު ރުއިމުގެ އަޑުވެސް އޭނާއަށް ނީވޭ ފަދައެެވެ. ހަރަކާތެއް ނެތިފައި ހުރިއިރު އޭނާއެކޭ ޖަހާފައި ހުރި ބުދެކޭ އެއްގޮތެވެ. ” ވިޝޫ.. އައި.. މަށަކަށް ނޫޅެވޭނެ ވިޝޫ ނެތްތާކު..” […]
އާސިމް މެންނަށް ޓެންޓް ތަކުގެ މަސައްކަތް ތައް ނިއްމާ ޓެންޓް ތެރެއަށް ވަދެވޭ ވަރުވީ ރޭގަނޑުގެ އަށެއްޖެހިފަހުންނެވެ. މަސައްކަތް ނިއްމާލުމަށްފަހު އާސިމްމެން ދިއައީ މޫދަށެވެ. ރެއަކީ ހަނދުމަހެއްގެ ސާދަވިލޭރޭ ކަމުން މުޅިއަތިރިމަތި އޮތީ ހަނދުވަރުގެ އަލިން ޒީނަތްތެރި ކުރުވާފައެވެ. އުޑުމަތީގައި ވިލާރޮށްޖެއްހާހިސާބުވެސް ނެތުމުން ހަނދަށް ފުރިހަމަ މިނިވަންކަން ލިބިފައި ވާކަހަލައެވެ. އާސިމްމެން މޫދުން އައި އިރު އަންހެން ވެރިން ތިބީ ކާން ތައްޔާރު ކޮށްގެންނެވެ. އެމީހުން ކާން ތައްޔާރު ކޮށްފައި ހުރީ އެމީހުން ބަދިގެއަކަށް ބޭނުންކުރަމުންދާ ގޭގެ […]
ތުރު ތުރު އަޅަމުން ދިޔަ އަތަކުން ސިޓީ އުރަ ކަނޑާލުމަށްފަހު އޭގައި އޮތް ސިޓީ ނަގާ ހުޅުވާލީ ނުތަނަވަސްވެ އިނދެގެންނެވެ. ސިޓީ ކިޔަމުންދިޔައިރު ވިޝާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައްވެސް ދިޔައީ ގިނަވަމުންނެވެ. ބައެއްފަހަރު ތުރުތުރުލަމުން ދިޔަ ތުންފަތް ކުޑަކުޑަކޮށް ހަރަކާތްވެސް ކޮށްލައެެވެ. މޫނުމަތިން ފެންނަމުންދާ ކުލަތަކުންނާއި ހިނދު ހިނދުކޮޅުން ބޮޑުކޮށްލާ ލޮލުގެ ސަބަބުން އެސިޓީގައި އޭނާ ހީނުކުރާ އެތައް ވާހަކަތަކެއް ހުރިކަން ރަނގަޅަށް ދޭހަވެއެވެ. ސިޓީ ކިޔާ ނިންމާލުމަށްފަހު އުނގުމަތީގައި ބާއްވާލިއިރު ވިޝާގެ ލޮލުން ކަރުނަތައް ބަންޑުން […]
ޖެހެމުންދާ ގަދަ ވަޔާއި ވެހެމުންދާ ބޯ ވާރޭގެ ތެރެއިން ” މެޒަރިން ބޯޓް” ހއ ކެލާ ފަޅަށް ވަނެވެ. މާސިންގާ ބޮޑުކަނޑުގައި އެހާމެ ގަދައިގައި ދަތުރުކޮއްފައި މާލެއިން ރަށަށް އާދެވުނުއިރުގައި ރަށަށްވެސް އެހާމެ ވިއްސާރައެވެ. ވިދާ ގުގުރައެވެ. ބޯޓުން ނުފޭބިފައި މީހުންތައް ތިއްބެވެ. އިރ އޮއްސެންގާތްވާތީ ބައެއް މީހުން ބޯޓުން ފައިބަން އަވަސްވެގަތެވެ. ކުޑައަޅައިގެންވެސް ދެވޭނެހެނެއް ހިއެއް ނުވެއެވެ. ވައިގަދަކަމުންނެވެ. އޭނާ އަންނާނޭކަން ޔަޤީނެވެ. ކޮންމެވެސް ތަނެއްގައި ފިލާހުންނާނޭކަން ގައިމެވެ. ފަހުދުގެ ސިކުނޑި ހުއްޓިފައިވަނީ އެ ޚިޔާލުތަކަށެވެ. […]
” އަހަރެންނަށް އަސްލުވެސް ލޯބިވެވިއްޖެ.. ޔޭސް.. އައި އެމް އިން ލަވް… އައި ލަވްޔޫ ޔަޝްމީ،،،،،،،،،” ހުރިހާ އެންމެން ސިހިގެންދާވަރަށް ނިކް އަޑުގެ ކޮޅަށް ގޮވާލިއެވެ. ********************* ޔަޝްމީއަތުން ދޫވެގެން ދިޔައީ އޭނާގެ އޭނާގެ ލިޕްސްޓިކެވެ. ” ދެން.. ފިސްވިތަ އަޅޭ.. މަގޭ ލިޕްސްޓިކް…” ޔަޝްމީ ގުދުވެލާފައި އެ ނަގަމުން ބުނެލިއެވެ. އޭނާ ލޯގަނޑަށް ބަލާލި އިރު މޫނުމަތި އެހާ ފުރިހަމަ ހެނެއް ހިއެއް ނުވެއެވެ. ” ދެން ނުކުރާނަން… ” ޔަޝްމީ ފޫހިގޮތަކަށް ފުނާއަޅަން އިނެވެ، […]
މައުސޫމް ކަމެވެ. ފެންނަ ކޮންމެ ފަހަރަކު ހިތް ލޯބިން ފުރިގެން ދެއެވެ. ދެލޯ ކަރުނުން ފުރިގެންދެއެވެ. ފާރުވެފައިވާ އެހިތައް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބެއެވެ. ކަރުނުން ފުރެމުން ދިޔަ ދެލޯ މަރާލަމުން ވިކާޝް އޭނާގެ އަތުގައި އޮތް ފޮޓޯ ގަނޑު މޭގައި ޖައްސާލިއެވެ. މެރިފައިވާ ދެލޮލުގެ ތެރެއިން ފޭދެމުން ދިޔަ ތާޒާ ކަރުނަތައް އޭނާގެ ފިރިހެންވަންތަ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. ހިނދުކޮޅަކަށްފަހު އަތުގެ ބޮޑުވައި އިނގިލިން ކަރުނަތައް ފޮހެލުމަށްފަހު އޭނާގެ ފޮޓޯ ގަނޑު މެއާއި ދުރުކޮށްލާ ދެވަނަ […]
ޒިމްނާ 3 ހަފްތާ ފަސް އަހަރެންނަށް އެންމެ ފުރަތަމަވެސް އިވުނީ ދޮރު ހުޅުވުން އަޑެވެ. ނަމަވެސް އެކައްޗެއްވެސް އަހަރެންނަކަށް ނުއެއް ފެނެއެވެ. ވަށައިގެން އަނދިރިއެވެ. ދޮރެއްގެ ސިފައަށް އިން ތަނަކުން އަންނަ އަލި ފިޔަވައެވެ. އަހަރެން މަޑުން ހިނގަން ފެށީމެވެ. އެއަލިން އެފަރާތުން އެކައްޗެއްވެސް ނުފެނެއެވެ. ދެން ކުއްލިއަކަށް ވަދެވެނީ ހުދު ކޮޓަރިއަކަށެވެ. އެނދުގައި އަހަރެންނަށް ބިރުވެރި ވައްތަރަކަށް ބަލަން ތިބި ދެމީހުން އަހަރެންނަށް ފެނުނީ ދެނެވެ. ހުސެއިންއާއި މާޔާއެވެ. އަހަރެންނަށް ސިއްސައިގެން ގޮސް […]
ޔަޝްމީ ކާރުން ފޭބުމާއި އެކު މުއާޒް އައިސް ހުއްޓުނެވެ. އިމްރާން އަވަހަށް ކާރު ދުއްވާލިއެވެ. ” ސިސް… ވަރަށް ވަރަށް ވަރަށް އޮބި އިނގޭ….” މުއާޒް ޔަޝްމީގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އަނދިރީގެ ތެރެއިން ޔަޝްމީގެ މޫނެއް މުޢާޒަކަށް ނުފެނުނެވެ. އެއީ ނަސީބެކޭ އޭނާގެ ހިތައް އެރިއެވެ. ” ވަރަށް ޓަޔަރޑް. ނިދާލަން ދާނީ އިނގޭ..” ޔަޝްމީގެ އަޑުގައިވާ މަޑުމޮޅިކަން މުޢާޒަށް ފާހަގަވިއެވެ. އެހެނަސް އޭނާ އެހާ ބޮޑަށް އަޅާ ނުލީ ވަރުބަލިވެފައިވާކަން އެނގޭނތީއެވެ. ************ ކޮޓަރިއަށް […]