Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް މި އެދޭ ސޫރައޭ ތީ މަގޭ 6 ވަނަބައި

Salaa Level 210 Stories100 Comments
February 11, 2014 9 Mins Read
12 Comments

” ޕްލީޒް ލޯބި.. ތި ގޮތްގަނޑު ދޫކޮއްލަބަ.. އަހަރެން ފޫހިވެދާނެ.. އަހަރެންނޭ ދިރިއުޅުމުގަ އިސްމީހަކަށްވާނީ.. ދީނާއެއް ނޫނޭ.. ” ވަރަށް މަޑުމައިތިރިކޮށް ނިކް ދީނާއަށް ވިސްނައިދެވޭތޯ އުޅުނެވެ.

” ހެޔޮ.. ހަމަ އަހަރެންދެކ ލޯބި ނުވަނީ.. އަހަރެން ބުނާގޮތް ހަދަން ބޭނުމެއްނުވާނެ.. އަބަދުވެސް މީނަ ބުނާގޮތް.. މީނަ ބޭނުންވާގޮތް.. ވަރަށް ފޫހިވޭ..” ދީނާ ސައިކަލުން ފޭބުމަށްފަހު ނިކްއަށް ފުރަގަސް ދިނެވެ.

” ސާބަހޭ.. މުސްކުޅިވީމަ އަދި މަށާ ދިމާއަށް އަނގަތަޅާލާނެ ދޯ…” ނިކް ސައިކަލަށް އަރާ ސްޓާޓް ކޮއްލުމުން ދީނާ ބަލާލިއެވެ.

” ދަނީތަ؟” ދީނާ އެހިއެވެ. ނިކް ބޯޖަހާލިއެވެ.

” އާނ.. މާ ގޮތް ދައްކަންޏާ ހުރުމެއްނެތެއްނު.. ދަނީ ދެން..” ފޫހިކަމާއި އެކު ނިކް ބުނެލިއެވެ. އަދި ދީނާއަށް ބަލާވެސް ނުލާ އޭނާ ނައްޓާލިއެވެ. ގޮށްމުށް ކަވާލުމަށްފަހު ދީނާ ވަނީ ގެއަށެވެ.

************************

އެދުވަހަށްފަހު ޕްރެކްޓިސްއަކަށް އިމްރާންއެއް ނުދެއެވެ. އޭނާ އަށް ޔަޝްމީއާއި ކުރިމަތި ލާން ނުކެރެނީއެވެ. އިމްރާން ޔަޝްމީދެކެ ލޯބިވާކަން އެނގުމުން ޔަޝްމީ ވެސް އިމްރާން އާއި ބައްދަލްވާކަށް ބޭނުމެއް ނުވެއެވެ. ޔަޝްމީ ބޭނުންވަނީ އިމްރާން ނުފެންނަ ފަށުގައި ހުރުމަށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޝޯވ ފެށެން އެއް ދުވަހަށް ވެއްޖެއެވެ. ޔޝްމީ އާއި ނިކް އާއި ދެމެދު ދެކެވެނީ ހަމައެކަނި ޝޯވގެ މަދު ވާހަކަ އެކެވެ. އެއީ ނިކްއަށް ދީނާ އަންގާފައިވާ ގޮތެވެ. ޔަޝްމީ ޝޯވ ގައި ބައިވެރިވެގެން އުޅޭތީވެސް ދީނާ ހިތްހަމަ ނުޖެހެއެވެ. ޔަޝްމީ އާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ ނިކް ދީނާ މަތަކުރަމުންދެއެވެ. މިހާރު ދީނާގެ ނަން އިވުނަސް ނިކްއަށް ލިބެނީ ފޫހިކަމެވެ. މައްސަލަ އާޢި ޝަކުވާއެވެ. ނުފޫޒާއި ދަށުކުރުވުމެވެ. ގޮތްދޫނުކުރުމާއި ރުޅިއެވެ. މިއީ ނިކް ބޭނުންވާ ސިފަތަކެއް ނޫނެވެ. މަޑުމައިތިރިކަމުގެ ރީތި ސިފަ ދީނާގެ ކިބައިގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއީ އިމްރާންގެ ކޮއްކޮއަށް ނުވާނަމަ މިހާރު ދީނާ ދޫކޮއްލުންވެސް އެކަށީގެންވެއެވެ.

ކާނިވަލްގެ ސްޓޭޖްވަނީ ކުލަ ބޮކިތަކުން ރީތިކޮއްލާފައެވެ. ސަޕޯރޓަރުންގެ އަޑުތައް މިހާރުވެސް ގުގުމަމުންދެއެވެ. ނިކްއަށްޓަކާ ޖާނުންފިދާވާ އަންހެން ކުދިންނަށް ވެވުނު ރީއްޗެއް ވެގެން އައިސް ތިއްބެވެ. ޖަޖުންވެސް ތިބީ އައިޓަމް ތަކުގެ އިންތިޒާރުގައެވެ. އެކި ޖަމިއްޔާތަކުންނާއި އެކި ސްކޫލްތަކުންނާއި އާއްމު ފަރާތްތަކުންވެސް މި ޝޯވ ގައި ބައިވެރިވެފައިވެއެވެ. އެއްވަނަ އަށް ދާ ގުރޫޕަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ލިބޭ މިޝޯވ ބެލުމށްވެސް ވަރަށް ގިނަ މީހުން އިންތިޒާރުކުރަމުންދެއެވެ.ގޭގޭގެ ސިޓިންރޫމްތައްވަނީ ފުރާލާފައެވެ. ޓީވީ ހުޅުވައިގެން އާއިލާތަކުގެ މީހުންނާއި ގާތް ރަހުމަތްތެރިން ހިތުގައި އަތްއަޅައިގެން ތިބީ ޝޯގެ އިންތިޒާރުގައެވެ.

” މިރޭގެ ޝޯވ ވާނެ ވަރަށް ފުރިހަމައަށް ހުށައަޅައިދޭން..” ނިކް ވާހަކަ ދައްކަމުން ދާއިރުވެސް ޔަޝްމީގެ ހިތް ހީވަނީ ފުންމާލަފާނެހެންނެވެ، އޭނާގެ ކެތްތެރިކަންވެސް ކޮޅުންލާފަދައެވެ. ނިކް ފެނި ފެނި ލޯބިވެސް އިތުރުވަމުން ދެއެވެ.

” ކިޔައިދިން ގޮތަށް ހުރިހާ ކަމެއްވެސް ފުރިހަމައަށް އަދާކުރާތި.. ރީތި ކޮށް އައިޓަމް ހުށައަޅާތި.. އޯކޭ.. ރެޑީ ވާން ދޭ އަވަހަށް..” ހުރިހާ ކުދިން ރެޑީ ވުމަށް ސްޓޭޖްގެ ފުރަގަހުގައިވާ ރޫމުތަކަށް ވަނެވެ.

ނިކް އިންތިޒާރުކުރަމުންދަނީ ގުރޫޕް އަންނާނެ ވަގުތަކަށެވެ، ނިކް ޕްރެކްޓިސް ކޮއްދިން ގްރޫޕްއަށް ވަނަ ލިބުމަކީ އޭނާ ބޭނުންވާ ގޮތެވެ. އެވަގުތު ދީނާ ގުޅިއެވެ. ފޫހިކަމާއި އެކުވެސް ނިކް ފޯން ނެގިއެވެ.

” އަޅެ އާދޭ އަހަރެން ކައިރީ ހުންނަން.. ވަރަށް އެކަނި..” ދީނާ ޝަކުވާކޮއްލިއެވެ، ނިކް ގާތަށް އައީ ރުޅިއެވެ.

” ދެން .. ދީނާއަށްވެސް އެނގެއެއްނު މިރޭ މިއީ ކިހާ މުހިއްމު ރެއެއްކަން.. އަހަރެން ކޮންމެހެންވެސް ޖެހެޔޭ މި ގުރޫޕްކައިރީގައި ހުންނަން.. އަހަރެން ކިހިނެތް މިކުދިން ދޫކޮއްފަ ދީނާ ކައިރީ ތިތާ މީހުންގެ ތެރޭގައި ހުންނަން ދާނީ.. ޕްލީޒް އަންޑަސްޓޭންޑްވެބަލަ.”

” އަހަންނަށްވުރެން މުހިއްމު ވާނެ ހުރިހާ ކަމަކާ އެހެން މީހުން..” ދީނާ ފޯން ކަނޑާލުމުން ނިކްގެ މޫޑު އޮފްވިއެވެ.. އޭނައަށް ލިބޭ އުފަލެއްގައިވެސް ލޯބިވެރިޔާ ބައިވެރިއެއް ނުވެއެވެ. މިއީ ހަޤީޤީ ލޯބިހެއްޔެވެ؟ ދީނާގެ ފަރާތުން އޭނާ އެހީ އެދެނީ ހަމައެކަނި މިފަދަ ކަންތައްތަކުގައި އޭނާއަށް ސަޕޯރޓް ދިނުމަށެވެ. އެހެނަސް އެކަންވެސް ކުރަނީ ދިމާ އިދިކޮޅަށެވެ. ދީނާ ނިކް ދެކެ ވާ ލޯތްބަކީ މިއީ ބާވައެވެ؟

އިމްރާން އައިސް ހުއްޓުނު ވަގުތު ނިކް ބުނެލިއެވެ.

” އޯހ.. ހާދަ ލަހަކުން؟ މިހާރު އެމީހުން ވީ ރެޑީވާން ވަދެ.. އެ އައިޓަމް ނިމުނީމަ އަރަންވީ؟ ” އެހެން ބުނެ ނުނިމެނީސް ޔަޝްމީ ނުކުތްތަން ފެނުނެވެ. އިމްރާން އާއި ނިކްއަށްވެސް ޝޮކެއް ލިބުނު ފަދައެވެ. ޔަޝްމީ ފެނިފައިވެސް އެއްވަނަ ލިބޭނެޔޭ އިމްރާން ހިތައް އެރިއެވެ. އެހާވެސް އޭނާ ރީޢްޗެވެ. ޔަޝްމީއާއި ދިމާއަށް އެދެމީހުންވެސް ބަލާތީ ޔަޝްމީ ލަދުގަތެވެ. އޭނާއަށް އެމީހުންނާއި ދިމާއަށް ބަލާކަށް ނުކެރުނެވެ. ދަނބު ކުލައިގެ އެ ރީތި ހެދުން ޔަޝްމީ އާއި ވަރަށް ގުޅެއެވެ. ޔަޝްމީ މަޑުމައިތިރި ކަމާއި އެކު ހިނގާފައި އައިސް އެހެން ކުދިންނާއި ދާދި ގާތުގައި ހުއްޓުނެވެ.

” ރެޑީ ދޯ… “  ނިކް އެހިއެވެ. ހުރިޙާ ކުދިން ޔެސް އޭ ބުނެ ތައްޔާރުވީ ސްޓޭޖާއި ދިމާއަށް ދާށެވެ. އިމްރާންވެސް ނިކް އާއި އެކު ހަރަކާތްތެރި ވަމުންދެއެވެ.

ފަރުދާ ކަހާލުމާއި އެކު ދީނާއަށް ޔަޝްމީގެ ރީތިކަންފެނި ހަސަދަވެރިވިއެވެ. އެހެން ހުރިހާ އައިޓަމް ތަކަށްވުރެން އެ އައިޓަމް މާ ބޮޑަށްވެސް ތަފާތެވެ. ކަޕްލްސް ގިޓާ ޖަހަމުން ލަވަ ކިޔަނީއެވެ. ވަރަށް ރީއްޗެވެ. ނިކް އާއި އިމްރާންއަށްވެސް ބެލެނީ އެ ގްރޫޕްގެ ފަތްމިންޏާއި ދިމާއަށެވެ.  އައިޓަމް ނިމުނު އިރުވެސް ކަޅިކަޖާނުލެވެއެވެ. ހޫނު އަތްތިލަބަޑިތަކުން މުޅި އެހިސާބުގަނޑު ކައްކުވާލި އިރު ކުދިންތައް ފައިބައިގެން އާދެއެވެ. އެއީ އެންމެ ފަހުގެ އައިޓަމްވެސް މެއެވެ.

” ވަރަށް ނައިސް.. ހާދަ މޮޅޭ ދަރިފުޅުގެ ޓީމް….” ނިކް އަށް ގުޅާލަމުން ޝަކީލާ ބުނެލިއެވެ. ނިކް ތޭންކްސް އޭ ބުނެ ފޯން ބޭއްވިއެވެ،.

” އުއްމީދުކުރިވަރަށް ވުރެން މާ ރީތި އިނގޭ… ” ނިކް ހުރިހާ ކުދިންނަށް ހިތްވަރު ދިނެވެ.

” ކުޑައިރުކޮޅަކުން ނަތީޖާ އިއުލާން ކުރާނެ…” އިމްރާން އައިސް އަވަސް އަވަހަށް ބުނެލިއެވެ. މޭގައި އަތް އަޅާލައިގެން ކިޔަވާލަ ކިޔަވާލަ ބައެއް ކުދިން ތިއްބެވެ. އިންތިޒާރުގައި ހިތުގައި ސިކުންތު ކައްޓެއް ހަރުކޮށްގެން ތިބި ކުދިންވެސް މަދެއްނޫނެވެ. ހުރިހާ ކުދިން އަތުގުޅާލައިގެން ބައެއް ކުދިން ތިބި އިރު ނިކްގެ ޓީމް ތިބީ ވަރަށް ވެސް ހަމަޖެހިފައެވެ.

” އައްސަލާމް އަލައިކުމް.. މިއީ ބައެއް ހިތްތައް އޭގެ އެންމެ ބާރު މިނުގައި ހިނގަމުން ދާނެ ވަގުތެއް.. ވަނަ ލިބޭނީ ކޮން ޓީމެއްތޯ ބަލަން ހުރިހާ ބޭފުޅުންވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ވަގުތު.. އެހެންކަމުން އަޅުގަނޑު މާ ވާހަކަ ދިގުކުރާކަށް ނެތިން.. ދެން މި ބަލާލަނީ އެއްވަނަ އާއި އެވާރޑް ޙާސިލްކުރާ ޓީމް..”

ޝަރަފްވެރި މެހެމާން ސިޓީ އުރައިގެ ތެރެއިން ކަރުދާސްގަނޑެއް ނެންގެވުމަށްފަހު އޭނާ ހީލީ އޯޑިއެންސަށް ބަލާލަމުންނެވެ.

“މިޔުޒިކް ކުރިއެރުވުމުގެ ޝޯވ ގައި ބައިވެރިވި 15 ޖަމާޢަތުގެ ތެރެއިން އެއްވަނަ ހޯދައި އެއްލައްކަ ރުފިޔާގެ ޗެކާއި ޓްރޮފީ ޙަވާލުވުމަށް ” ނިކްސް ޓީމް ”

އެ އަޑާއި އެކު ގިނަބަޔަކު ފުމި އުތުރި އަރައިގަތެވެ. ލައިން ހަދައިގެން ހުރިހާ ކުދިންގެ ފަހަތުން ނިކްވެސް ސްޓޭޖަށް އެރިއެވެ. އުފާވެރި ވަގުތު ކޮޅު ދެކެން އިމްރާން ހުރީ ހެވިފައެވެ. ދީނާ އުފަލެއް ނުވިއެވެ. އޭނާ އުފާނުވީ ޔަޝްމީ ހުރުމުންނެވެ. ހަސަދަވެރިވެގެންނެވެ.

” މަރުޚަބާ.. އެކަމަކު އެބަޖެހޭ މި ގުރޫޕްގެ އެއް ކުއްޖަކު ލަވައެއް ހުށައަޅައިދޭން.. ގިޓާ ޖަހަމުން… އެއީ ނިންމާލުމަށްޓަކައި.. ބޭނުންވާ ކޮންމެވެސް އެއްކުއްޖަކު.. ” ޝަރަފްވެރި މެހެމާންގެ އެދުމުގެ މަތިން ގުރޫޕްގައި މަޝްވަރާ ކޮއްގެން ޔަޝްމީ ސްޓޭޖްގައި ބަހައްޓާފައި ހުރިހާ އެންމެން ފޭބިއެވެ. ޖީބަށް އަތްޖަހާލއިގެން ނިކް ހުއްޓެވެ.

ޔަޝްމީ މަޑުމަޑުން ގިޓާގައި އިނގިލިތައް ޖައްސާލިއެވެ. ލޯބީގެ މަޑުމޮޅި ރާގަކުން މުޅި ތަން ހަމަހިމޭން ކޮއްލިއެވެ. އަނގަޔާއި ދިމާލުގައި އިން މައިކް ރަނގަޅު ކޮއްލަމުން އޭނާ ނޭވާއެއް ދޫކޮއްލުމަށްފަހު ލަވައަށް ރެޑީވިއެވެ. ރީތި މިޔުޒިކެކެވެ. ނިކްއަށް ހީލެވުނެވެ. އެއި ނިކް ދަސްކޮއްދީފައިވާ ނޯޓެއް ނޫނެވެ.

” އައި ލަވް ޔޫ މައި ޑާލިންގ..

އެންޑް އައި ވިލް ލަވް ޔޫ ފޯރ އެވަރ

އައި ނީޑް ޔޫ ނީޑް ޔޫ ނީޑް ޔޫ…

ޔޫ އާރ ދަ އެއަރ އައި ބްރީތް..

ދަ ޑްރީމް އައި ލޯންގް ފޯރ

މައި އޮންލީ ވަން…

އައި ލަވްޔޫ މައި ޑާލިންގ “

އެލަވައިން ނިކް ސިހުނެވެ. އޭނާގެ މޫނުމަތިން ދާހިއްލައިގަތެވެ. އޭނާގެ ހިތް ތެޅިގަތެވެ. ދިރުން ލިބުނު ކަހަލައެވެ. ސްޓޭޖްގައި ހުރި ޔަޝްމީގެ އެ ލަވައިން ނިކްގެ ބޮލަށް އުނދަގޫވެއްޖެއެވެ. އެއީ ކޮންމެވެސް ޚާއްސަ ލަވައެކެވެ. އެއީ ކޮންމެވެސް ތަނަކުން އޭނާއަށް ފެނުނު ލަވައެކެވެ. އެއީ ހަމަ އެ ލިރިކްސްއެވެ. ނިކް ވިސްނަން ފެށިއެވެ. ދެލޯ މަރާ ފިއްތާލަމުން އޭނާ ދެބުމަ ކައިރިކޮއްލިއެވެ. ނޭފަތަށް ތަދުވުމުން އޭނާ އަވަހަށް މޫނު ދެފަރާތާށް ތަޅުވާލިއެވެ. ހަނދާންވެއްޖެއެވެ. ދީނާގެ އަލްބަމުން ފެނުނު ލަވައެވެ. އެއީ ހަމަ އެލަވައެވެ.

އަވަސް އަވަހަށް ފޯން ނަގާ ދީނާއަށް މެސެޖެއް ލިޔެލިއެވެ.

” އެ ސޯންގ ރީތި ތަ؟ ” މެސެޖުގައި އެހެން ލިޔެފަ ފޮނުވުމުން ދީނާ ރޯވިކަހަލައެވެ. އައި ރުޅިން އޭނާވެސް މެސެޖެއް ކޮއްލިއެވެ.

” ޗި.. މަ ނުވެސް އަހާ ލަވައެއް.. ހަޑި.. ރީއްޗެއް ނޫން..” އެ މެސެޖް ކިޔާފަ  ނިކް އިތުރަށް ހާސްވިއެވެ.

” އިއްމަ ދީބަލަ ތިގޭ ތަޅުދަނޑި..  އެއްޗެއް ބޭއްވިފަވީ ދީނާގެ ކޮޓަރީގަ ..އެ ނަގައިން އެބަ އަންނަން……” ދޮގެއް ހަދާފައި ތަޅުދަނޑި ހިފައިގެން ނިކް ދިޔައެވެ. ބާރު ބާރަށް ސައިކަލްގައި ދުއްވަމުން ދާއިރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ އެ ލަވައެވެ.

ދުވެފައި ގެއަށްވަދެ ދީނާގެ ކޮޓަރިއަށްވެސް ވަނެވެ. އެތަން މިތަން ހާކަން ފެށިއެވެ. އަލްބަމް ފެނޭތޯއެވެ. ނަމަވެސް އަލްބަމެއް ނުފެނުނެވެ. އެއްވެސް ތާކު ނެތެވެ.

” އެއީ ޔަޝްމީ ބާ؟ ” ނިކް އަށް ބުނެވުނެވެ. އަނެއްކާވެސް ފޯން ނަގާ ދީނާއަށް ގުޅިއެވެ.

” ކޮބާ އަލްބަމް؟ ‘ ނިކްއަވަސް އަވަހަށް އެހިއެވެ. ދީނާއަކަށް ނުވިސްނުނެވެ.

”އަނެއްކާވެސް އަހައިފިއޭ.. ކޮން އަލްބަމެއްހޭ؟ ކީކޭ ތިކިޔަނީ؟ ” ނިކް އަދިވެސް ހޯދަނީއެވެ.

” ދީނާ ގެންގުޅެމެއްނު ގްރީން ކުލައިގެ އަލްބަމެއް؟ކުރިން ދުވަހު ވެސް މަ އެހީމެއްނު އަލްބަމް ކޮބާހޭ،. މަ ހީކުރީ ދީނާ ކޮން އަލްބަމެއްހޭ އެހީ ރަކި ވެގެން ކަމަށް.. އެހެންވެ އަޅާނުލޯ “

” އެއީ ޔަޝްމީގެ އެއްޗެއް .. މަ އެއްޗެއް ނޫން.. ކީއްވެ ކު…އް….ލި…އަ…ކަ..ށް……………..” ދީނާ ހުއްޓުން އެރިއެވެ.އޭނާވެސް ހަނދާންވިއެވެ. ޔަޝްމީގެ އަލްބަމް މަތިންނެވެ. ނިކްގެ ފޮޓޯތައް އަޅައިގެން ޔަޝް އަބަދު ގެންގުޅޭ އަލްބަމް ނިކްއަށް ފެނިފައިވީ ކޮން އިރަކުބާވައެވެ. މިހާރު އެހެން އެ އަހަނީ ކީއްވެ ހެއްޔެވެ؟ ދީނާ ވިސްނާލި އިރު އިވެމުންދާ އަޑަކީ ޔަޝް ކެނޑި ނޭޅި ނިކްއަށް ކިޔާ ލަވައެވެ. އޭރު ނިކް ފޯންވެސް ކަނޑާލައިފިއެވެ. ކަންތައް ވަމުންދާގޮތާއި ވާނެގޮތް ދީނާއަށް އޮޅުނެވެ. އޭނާ ހާސްވާން ފެށިއެވެ.

ނިކް މިސްރާބްޖެހީ ސީދާ ކާނިވަލަށެވެ. އޭރު ޔަޝްމީ އާއި އޭނާގެ ގުރޫޕް ސަލާމްކޮށް މަޖާ ނަގަމުން ދެއެވެ. ކުދިންގަނޑުގެ ތެރެއިން ޔަޝްމީއަށް އިމްރާން ފެނުނެވެ. އަނގައިން ބުނަން ނުކެރިފައި ހުރިހެން ހީވެގެން ޔަޝްމީ އިމްރާން އާއި ދިމާއަށް ހިނގައިގަތެވެ. އިމްރާން ކުޑަކޮށް ޖެހިލުންވިއެވެ.ލަދުގަންނަ ގޮތްވެސް ވިއެވެ. އިމްރާން އާއި ދާދި ގާތަށް އައިސް ހަމަވި ވަގުތު ނިކްގެ އަޑު އިވުނެވެ.

” ޔަޝް……” އޭރު ބާރުބާރަށް ހިނގާފައި ނިކް އާދެއެވެ. ޔަޝްމީ އާއި އިމްރާނަށް ބަލާލެވުނީ އެއްފަހަރާއެވެ.

ޔަޝްމީ އާއި އިމްރާންއަށް ބަލަހައްޓައިގެން ތިބެވުނީ ނިކް އާއި ދިމާއަށެވެ. ނިކްގެ މޫނުމަތިން ވަރުބަލިކަމުގެ އަސަރު ފެންނަން ހުއްޓެވެ. އޭނާ އައިސް ހުއްޓުނީ ޔަޝްމީ އާއި އިމްރާންގެ މެދުގައެވެ. މީހުންތައް ގިނަކަމުންނާއި އަޑުގަދަ ކަމުން އެތާކު އެވާހަކަ ބުނާކަށް ނިކް ބޭނުމެއް ނުވިއެވެ.  އަސްލު ނިކް އައީ ޔަޝްމީ އުރާލާށެވެ. މާނައަކީ ޔަޝްމީ އުފަލުން ފުރުވާލާށެވެ.

” ކިހިނެތްވީ؟ ” އިމްރާން ހާސްވެފައި އެއްސެވެ، ނިކް ހުރީ ޔަޝްމީއަށް ބަލާށެވެ. ޔަޝްމީ ބަލަނީ ދުރަށެވެ..

” މަރުހަބާ ކިޔަންވެގެން…” ނިކް މަޑުމޮޅި ގޮތަކަށް ބުނެލިއެވެ. ޔަޝްމީ ހީލިއެވެ. އެވަގުތު ދީނާ ނިކްއަށް ގުޅަމުންދިޔައެވެ. ދީނާ މީހުންތައް ފަޅަމުން ނިކް މެން ފެނޭތޯ ބަލަމުން ދެއެވެ. އޭނާ ހުރިތަނާ މާދުރު ނޫން ހިސާބެއްގައި ނިކްމެން ތިއްބައި ފެނުމުން އަވަސް އަވަހަށް ދީނާ އެދިމާއަށް ދުއްވައިގަތެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ.

ނިކް ދީނާއަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. އޭނާ ޔަޝްމީއަށް ބަލާލާ ގޮތުން ދީނާ ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ.

” އަހަރެން ބޭނުން ބައްދަލްކޮއްލަން..” ނިކް ޔަޝްމީއާއި ދިމާއަށް ބަލާލީ އެ ޖުމުލައިންނެވެ. އިމްރާން ބަލާލީ ދީނާއަށެވެ. ޔަޝްމީއަށްވެސް ދީނާއަށް ބަލާލެވުނެވެ. އިމްރާން ޖީބަށް އަތްޖަހާލައިގެން ހުރީ ވާނުވާ ނޭނގިފައެވެ. ނިކް ޔަޝްމީގެ އަތުގައި ހިފައިން ސްޓޭޖް އާއި ދިމާއަށް ހިނގައިގަންނަމުން އަނެއް އަތުން ދީނާގެ އަތުގައިވެސް ހިފައިފިއެވެ. ދީނާ ސިހުނެވެ.. ނުރުހުން ފާޅުވުމާއި ކަންބޮޑުވުމުގެ އަސަރު އޭނާގެ މޫނުމަތިން އެނގެން ހުއްޓެވެ.

” ކީއްކުރަން؟ ” ދީނާ ބުނެލިއެވެ. ނިކް ދެމީހުންގެ އަތުން ދޫކޮއްލިއެވެ.

” އަހަންނާއި އެކު އައިސްދީބަލަ! ” އޭރު މީހުންތައްވެސް މަދުވަމުން ދެއެވެ.

” ގެއަށް ގޮސްވެސް ތިވާހަކަ ދެއްކި ދާނެ..” ދީނާ އަނެއްކާވެސް އިމްރާނަށް ބަލާލިއެވެ. ޔަޝްމީ ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ. އިމްރާންވެސް ހުރީ ވާނުވާ އެނގެން ބޭނުންވެފައި ހުރި ގޮތަކަށެވެ.

” އޭރުން މާ ލަސްވެދާނެ… މިބުނީނު އަންނާށޭ…” ނިކް ރުޅިއައިސްފިއެވެ. ދީނާ ހިތްހަމަ ނުޖެހިފައި ހުރި ނަމަވެސް ނިކްގެ ފަހަތުން ހިނގައިގަތެވެ. އެމީހުން ގޮސްވަނީ ޗޭންޖިންގ ރޫމަކަށެވެ.

” ކޮބާ ބޭނުމަކީ؟ ” ޔަޝްމީވެސް ހިތްހަމަ ނުޖެހުނެވެ.

” ދީނާވެސް ޔަޝްމީވެސް އަޑުއަހާ… އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ! ” ނިކް ޖީބަށް އެއް އަތް ޖަހާލަމުން އަނެއް އަތުން ހެދުން ހަރުގަނޑުގައި ހިފަހައްޓާލިއެވެ.

ދީނާ ދެބުމަ ގޮށްޖަހައިގެން ހުރެ ނިކްއަށް ބަލަމުން ދިޔައެވެ. ޔަޝްމީގެ މޫނުމަތިން ފެންނަމުންދަނީ ބުނަން ނޭނގޭ ކަހަލަ އަސަރުތަކެކެވެ.

” އަހަރެން ތިގެއަށް ގޮސް އުޅުމުގެ ތެރޭގައި އަލްބަމެއް ދުށިން.. އޭގަ ހުރީ މުޅިންވެސް އަހަރެންގެ ފޮޓޯ.. އަހަރެންދެކެ ލޯބިވާކަމަށްބުނެ ލިޔެފައިވާ ޅެންތަކާއި ލަވަތައް… އަހަރެންދެކެ އިންތިހާއަށް ލޯބިވާ ކަމަށްބުނެ އަހަންނާއި މެދު ދެކެމުންދާ ހުވަފެންތައް…” ނިކް އެހެން ބުނުމާއި އެކު ޔަޝްމީ ނިކްއަށް ފުރަގަސްދިނެވެ. ޔަޝްމީގެ ދެލޯ މެރުނެވެ. ދީނާ ތުރުތުރުއަޅައިގަތެވެ.

” އަހަރެން ޤަބޫލުކުރި ގޮތުގައި އެ އަލްބަމްގެ ވެރިޔަކީ އަހަރެންދެކެ ހަޤީޤީ ލޯބިވާ ފަރާތް.. މި ރާއްޖެއިން އަހަންނަށް އަންހެން ކުދިން ލިބިދާނެ ބޭނުން ވަރަކަށް.. އެކަމަކު އެކުދިންނަކީ ފުރިހަމައަށް ލޯބިވެގެން އަހަރެން ކައިރިއަށް އަންނާނެ ކުދިން ނޫންކަން އެނގޭ.. އެ އަލްބަމްގައި ތި ދެމީހުންގެ ފޮޓޯ ހުރުމުން އެއީ ތިޔަ ތަނުން ކޮންމެވެސް އެކެއްގެ އެއްޗެއްކަން އެނގުނު.. އަހަރެން ބޭނުންވީ އެއީ ކާކުތޯ ބަލަން.. ތި ދެމީހުންގެ އުޅުމާ ގުޅުމަށް އަހަރެން ވަރަށް ރަނގަޅަށް ބަލަމުން ދިޔައިން.. އަހަރެންނަށް ފާހަގަވި ގޮތުން ޔަޝް އުޅެނީ އަހަންނާ ވަރަށް ދުރުން.. އެކަމު ދުވަހެއް ދުވަހަކަށް ދީނާ އަންނަނީ އަހަންނާ ކައިރިވަމުން .. ގާތް ގުޅުމެއް އުފައްދަމުން.. އެހެންވެ އަހަރެން ހީކުރީ އެ އަލްބަމަކީ ދީނާގެ އަލްބަމެއް ކަމަށް.. ” ޔަޝްމީ ސިހޭފަދަ ގޮތަކަށް ދީނާއަށް ބަލާލިއެވެ. ދީނާ އިސްޖެހިއެވެ. ނިކްވެސް ބަލާލީ ދީނާއަށެވެ.

” އަހަރެން ދީނާ ދެކެ ލޯބިވެވޭތޯ ވަރަށް މަސައްކަތްކުރިން.. އެކަމަކު އަހަންނަށް އެކަމެއް ނުވި.. އަދި ދީނާ އަކީ އަހަރެންގެ މިޒާޖާ ގުޅޭ މީހެއްވެސް ނޫން.. އެހެންވެ މިހާރު ގުޅުން ކުރިއަށް ގެންދަންވެސް ވަރަށް އުނދަގޫ.. މިރޭ ޔަޝްމީ ތި ކިޔައިދިން ލަވައިން އަހަންނަށް އެނގުނު އެ އަލްބަމަކީ ޔަޝްމީގެ އެއްޗެއްކަން.. އެހެންވެ އެ ހޯދަން ތިގެއަށްވެސް ގޮސް މިއައީ.. ނުފެނުމުން ޔަޤީންވީ އެއީ ދީނާގެ އެއްޗެއް ނޫންކަން.. އަހަރެން ބޭނުންވަނީ އަހަރެންދެކެ ހަޤީޤީ ލޯބިވާ މީހަކު.. އަހަރެންދެކެ ލޯބިވަނީ ޔަޝްމީ.. އަހަރެން ބޭނުންވަނީވެސް ޔަޝްމީ….” ނިކް އަސަރާއި އެކު ވާހަކަ ދައްކަމުން ދިޔައެވެ. ޔަޝްމީގެ މޫނު ފިޔާތޮށިވަމުންދެއެވެ. ފިޔަތައް މޯޅިވަމުން ދެއެވެ. އޭނާ ކުޑަކޮށް ކުރިއަށް ހިނގާލިއެވެ. ނިކްއާއި ދިމާއަށް ނުބަލަން ވެގެންނެވެ.

” އަހަރެން ކުރިއްސުރެން ނިކް ދެކެ ލޯބިވާކަން އެނގޭނެ މީހަކީ ހަމައެކަނި ދީނާ… އެކަމާއި މެދު ދީނާ އަހަންނާ ދިމާއަށް އަބަދުވެސް އެއްޗެހިކިޔާ ހަދާނެ.. މި ޝޯގައި ބައިވެރިވުމުގެ އަސްލު މަޤްސަދަކީވެސް ނިކް ހާސިލްކުރުން. އެކަންވެސް ދީނާއަށް އެނގޭނެ.. އެކަމަކު ނިކް އަހަރެމެންގެއަށް އައި ފުރަތަމަ ދުވަހު ދީނާ ނިކް ބޭނުންވީ.. އަދި އަހަރެން އެކަހެރިކޮށް ނިކް ހާސިލްކުރީ.. އަހަންނަކަށް ނޭނގެ ނިކްއަށް އަހަރެންގެ އަލްބަމް ފެނުނު ކަމެއްވެސް.. އެހެން ނޫންނަމަ މިރޭ އަހަރެން އެ ލަވައެއް ނުކިޔާނަން…. އަހަރެން ބޭނުމެއްނޫން ދެ ލޯބިވެރިންގެ ދެމެދަށް ވަންނާކަށް.. އަދި އަހަރެންކަހަލަ ބަޑިއަކާ ކޫޑި އަކާ ގުޅޭކަށް ނިކްވެސް ބޭނުމެއްނުވާނެ..” ޔަޝްމީ ކަރުނަ ފޮހެލިއެވެ. ދީނާ ހުރީ ފާރުގައި ލައްވެލައިގެންނެވެ. އޭނާ އަޑުއަހަމުންދިޔައީ އެމީހުން ދައްކަމުންދިޔަ ވާހަކައެވެ. ނިކް ކަތި ނަޒަރަކުން ޔަޝްމީއަށް ބަލަން ހުއްޓެވެ. އޭނާ އެދުވަހު ޔަޝްމީއަށް އެއްޗެހި ކިޔުނީތީ ލަދުގަނެއެވެ.

” އަހަރެންނަށް މަޢާފްކުރޭ…” ނިކް ޔަޝްމީގެ ކުރިމައްޗަށް އެރިއެވެ. ޔަޝްމީ ނުކުންނަން ހިނގައިގަތް ވަގުތު ދޮރުމަތީގައި ހުރި އިމްރާން ފެނުނެވެ. އޭނާގެ މޫނުމަތިން ދެރަވުމުގެ އަސަރު ފެންނަން ހުއްޓެވެ. ޔަޝްމީގެ ނަޒަރު ދޮރާއި ދިމާއަށް ހުއްޓުމުން ނިކް އާއި ދީނާވެސް ބަލާލިއެވެ. އިމްރާން ދޮރުގައި ލެނގިލިއެވެ. ޔަޝްމީ ހިނގައިގަތީ އިމްރާންއާއި ދިމާއަށެވެ. ނިކް ހުރީ އާދޭހުގެ ގޮތަކަށް ބަލާށެވެ. ދީނާވެސް ތެޅިގަތެވެ.

” އަހަރެން ދެނެއް ނިކް ބޭނުމެއްނޫން.. އަހަރެންވެސް ބޭނުންވަނީ އަހަރެންދެކެ ލޯބިވާ މީހަކު،، އެއީ އިމްރާން ކަހަލަ މާތް އިންސާނަކަށް ނޫނީ ނުވެވޭނެ ލޯތްބެއް.. ދީނާ ރަނގަޅުކޮއްގެން ނިކް ދީނާ އާއި އެކު އުޅެވޭތޯ ބަލާ! ނިކް ދެކެ ދީނާވެސް ކިހާ ލޯބިވޭ ” ޔަޝްމީ ހިތުގައި ފޮޅުނަގަމުން ދިޔަނަމަވެސްކެތްކޮށްގެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

ޔަޝްމީ އިމްރާންގެ އަތުގެ ތެރެއަށް އޭނާގެ އަތް މަހާލިއެވެ. އިމްރާން ބަލާލީ ނިކް އަށެވެ. ނިކް ހައިރާންވިއެވެ. އެންމެ ގާތުގައި ހުރެފައިވެސް އިމްރާން އޭނާ ކައިރީގައި ނުބުނުމުން އޭނާ ހިތްހަމަ ނުޖެހުނެވެ.

” އިންމަ ކީޢްވެ ނުބުނީ؟ ” ނިކް ބާރަށް ބުނެލިއެވެ.އިމްރާން ޔަޝްމީގެ އަތް އޭނާގެ އަތުގެ ތެރެއިން ދޫކޮއްލިއެވެ. އަދި ނިކް އާއި ދިމާއަށް ހިނގައިގަތެވެ.

” އަހަރެން ޔަޝްމީ ދެކެ ލޯބިވީ އޭނަ އަހަންނަށް ފުރަތަމަ ފެނުނު ދުވަހުއްސުރެ.. އެކަމަކު އެކަން އަހަރެން ސިއްރުކޮއްގެން ހުރީ ޔަޝްމީ ކަހަލަ ރީތި އަންހެން ކުއްޖަކު ހުސްކޮށް ހުރެދާނެޔޭ ހީނުވެގެން.. ޔަޝްމީ ދެކެ ނިކް ލޯތްބެއް ނުވެއެއްނު.. ކްލާހުގައިވެސް ނިކް ޔަޝްމީ ރޮއްވާ މަލާމާތްކޮށް ހެދި.. އެކަމުންވެސް އެނގެނީ ނިކް ޔަޝްދެކެ ލޯބިނުވާކަން.. ދެން އެނގުނީ ދީނާ އާއި ރައްޓެހިވީކަން.. މީގަ ކޮބާ އަހަރެންގެ ކުށަކީ. ޔަޝްމީދެކެ ލޯބިވާކަން އޭނައަށް އެނގުނީ އޭނަ އަހަރެމެންގެއިން ނުކުމެގެން ދިޔަ ދުވަހު އަހަންނަށް ކެތްނުވެގެން ބުނެވުނީމަ.. އެކަމަކު ޔަޝް އަހަންނަކަށް ސަމާލުކަމެއްނުދޭ،، މިހާރު އެނގިއްޖެ ހުރިހާ އެއްޗެއްވެސް.. ޔަޝް ލޯބިވަނީ ނިކް ދެކެ.. އަދި މިހާރު ނިކްވެސް ޔަޝް ބޭނުންވޭ.. ދެން ކީއްވެ އަހަރެން ކައިރިއަށް ތިއައީ؟ “

އިމްރާން ހުރިހާ ވާހަކައެއް ދެއްކުމަށްފަހު ޔަޝްމީ އާއި ސުވާލު ކުރިއެވެ. ޔަޝްމީ އިސްޖެހިއެވެ. އޭރު ދީނާ ނުކުންނަންވެގެން ބާރު ބާރަށް ހިނގައިގަތެވެ. ޔަޝްމީ ދީނާގެ އަތުގައި ހިފުމުންވެސް ދީނާ ބަލައެއް ނުލިއެވެ. ބާރު ބާރަށް ޔަޝްމީ ދީނާގެ އަތުގައި ހިފައިގެން ހުރެ ގިސްލަމުން ބުނެލިއެވެ.

” އަހަރެން ދީނާ ގާތު ބުނެފައި އޮންނާނެ އަހަރެންގެ ހުރިހާ އުފާތަކެއް ދީނާއަށް ދީފީމޭ.. ރަނގަޅަށް ބަލާށޭ.. އަދި އަހަރެންގެ ހިތުގެ އަޑީގައި ފޮރުވާފައިވާ ޚަޒާނާވެސް މިހާރު އެއީ ދީނާގެ ޙައްޤެއް،، އަހަރެން ނެތިން އެ ނިއުޅައިގަންނާކަށް.. އަދި އަހަރެންގެ އެކުވެރިޔާއަށް ދެރައެއް ދޭކަށްވެސް ނެތިން.. އަހަރެން ގުޅެން ބޭނުންވަނީ އިމްރާން އާއި” ޔަޝްމީ މައްޗަށް ބަލާލިއެވެ. އަދި ކަރުނަތައް ކަނދުރާމައްޗަށް ބީއްސާލިއެވެ.

ދީނާ އަދިވެސް ހުރީ ނުރުހުންވެފައެވެ. އޭނާ ޔަޝްމީގެ އަތް ފޮޅުވާލުމަށްފަހު ބާރުބާރަށް ނުކުމެގެން ދިޔައެވެ. ނިކް އިސްޖަހައިގެން ހުރެ އިމްރާން އާއި ދާދި ގާތުގައި ހުއްޓުނެވެ. އަދި އިމްރާންގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ.

” ދީނާ އާއި އެއްވެސް ގުޅުމެއް އަހަރެން ބާއްވާކަށް ބޭނުމެއްނޫން.. ސޮރީ… “  އިމްރާން ބަލާލީ ނިކް އާއި ދިމާއަށެވެ. އެ ދެލޮލުން ހަޤީޤަތް ފާޅުވާން ހުއްޓެވެ. އިމްރާން ނިކް އާއި ކުރިމަތި ލިއެވެ. އޭރުވެސް ޔަޝްމީ ހުރީ ފުރަގަސް ދީގެންނެވެ.

” ކަންތައްވީގޮތް އަހަރެމެން އެންމެންނަށްވެސް އެނގުނީމި.. އެހެންކަމުން ދީނާވެސް އޭނާގެ ކުށް ޤަބޫލުކުރަންވާނެ.. އަހަރެން ނިކް އާއި މެދު އެއްވެސް ޝަކުވާއެއް ނެތް…” އިމްރާން ބުނެލިއެވެ. އިމްރާންގެ ރަނގަޅުކަމާއިމެދު ނިކް ހިތްހަމަ ޖެހުނެވެ، އެހެނަސް އޭނާއަށް ރަނގަޅަށް ހަޤީޤަތް ނުހޯދެވުނުކަމަށްޓަކައި ޔަޝްމީގެ ހިތްވެސް ހަލާކު ކޮއްލެވުނެވެ. އެއީ އޭނާއަށް ކުރެވުނު އެންމެ ބޮޑުކުށެވެ.

***********************

ކާރުގައި އިން އިރުގައިވެސް ޔަޝްމީ އިމްރާން އާއި ދިމާއަށް ބަލާވެސް ނުލައެވެ. އިމްރާންއަށްވެސް އެއްޗެއް ބުނަން ނުކެރިފައި އިންކަހަލައެވެ. ޔަޝްމީ އިމްރާންގެ ޙަޔާތަށް އައުމަކީ އިމްރާން ވަރަށް އެދުނު ކަމެކެވެ، މިޔަދު ޔަޝްމީ އޭނާގެ ކައިރިއަށް އައުމުން އެ އުފާ ދެގުނައަށް އިތުރުވެގެން ދިޔައެވެ. ނަމަވެސް ޔަޝްމީގެ ހިތުގައި އުފެދިފައިވާ ތޫފާނީގެ އެއްވެސް އަސަރެއް އިމްރާންއަކަށް އިހުސާސެއް ނުވެއެވެ. ޔަޝްމީ ކާރުގައި އިނދެގެން ސިއްރުން ރޮމުންދެއެވެ. އޭނާ ބޭނުންވަނީ ނިކްއެވެ. އެ ލޯބި ލިބުމުންވެސް އަމިއްލައަށް ލޯބި ދޫކޮއްލާފައި ލޯބި ނުވާ މީހެއްގެ ކައިރިއަށް އައުން އެއީ ޔަޝްމީއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.

ދޮންބައްޕަގޭ ދޮރުމައްޗަށް ކާރު މަޑުކޮއްލުމުން ޔަޝްމީ ބޭނުންވީ އަވަހަށް ފައިބާށެވެ. ނަމަވެސް އޭނާ މަޑުކޮއްލީ އިމްރާން އެއްޗެއް ބުނެފާނެ ކަމަށްޓަކައެވެ. ހަމަހިމޭން ވަގުތުކޮޅު ފޫ ދުއްވާލީ އިމްރާންއެވެ.

” ތީ ހަމަ އެންމެ ފަހުގެ ނިންމުންތަ؟ “

” ކޮބާ؟ ” ޔަޝްމީ އިސްޖަހާލުމަށްފަހު ނޭފަތް ދަމާލިއެވެ.

” އަހަރެންގެ ލޯބި ޤަބޫލުކުރީ…؟ ” އިމްރާންގެ ޖުމުލަ ނުނިމެނީސް ޔަޝްމީ ބޯޖަހާލިއެވެ.

” ހޫމ.. އަހަރެންގެ ނިންމުމަކީ އެއީ.. ” ޔަޝްމީ ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. އިމްރާން އިނީ ބަލަހައްޓައިގެންނެވެ. އެ ރީތި މޫނު ރަތްވެ މިލާފައިވުން އެއި އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ އަބަދުވެސް ޔަޝްމީ އުފަލުގައި ގެންގުޅޭށެވެ. ( ނުނިމޭ )

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

މަންމަގެ ޑައިރީ 14 ވަނަ ބައި (ވަކިވުން)

Next

ހިތް މި އެދޭ ސޫރައޭ ތީ މަގޭ 7 ވަނަ ބައި

Next
February 11, 2014

ހިތް މި އެދޭ ސޫރައޭ ތީ މަގޭ 7 ވަނަ ބައި

Previews
February 11, 2014

މަންމަގެ ޑައިރީ 14 ވަނަ ބައި (ވަކިވުން)

12 Comments!

  1. na says:
    February 11, 2014 at 2:16 pm

    kn pic eh thy??????? story ge pic eh nun..

    1. Salaa says:
      February 11, 2014 at 8:14 pm

      publish kuran ulhunu iru hama mi story ge pic laa irah ves arany maruhabaa ge cover… hehe dhen avahah upload kuran vegen …. nw einy admin in change kohfa.. thanx admin 😉

  2. na says:
    February 11, 2014 at 2:34 pm

    🙂 nw good…. v v v salhi ragalhan ves hithah asaru khfi….dhen dheena ah visneyni kniraku baa?? keep it up salaa waiting for next part,,

    1. Salaa says:
      February 11, 2014 at 8:15 pm

      next tmrw.. mirey dw dear… thanks na gandaaaa

  3. ainy says:
    February 11, 2014 at 3:15 pm

    noon nik aa yash gulhuvaa plx plx plx plxxxxxxxxx
    🙁

    1. Salaa says:
      February 11, 2014 at 8:16 pm

      hmmm hmmm adhi kuriah othiyye dharifulhaa thivarah aadheys nukurey….. hehe vaane goiy balan next part kiyan ready tha

  4. ainy says:
    February 11, 2014 at 3:17 pm

    miadhu next part ves up kurevidhaanetha salaa

    1. Salaa says:
      February 11, 2014 at 8:17 pm

      mirey kurevidhaane.. dhuvaalaku parteh genaima ey wit ves mi kureveny thi kudhin lahvaa.. hehehe

  5. lady gaagaa says:
    February 11, 2014 at 3:19 pm

    dhen ehn nahadhaa nik r yashmee r gulhuvaba salala
    story vrh reathi next part ves avaha up kodheyne kamah heekuran

    1. Salaa says:
      February 11, 2014 at 8:19 pm

      hello my lady gaagaa… thanx… avahah up kuraane kamah hee kuraane kameh neh .. yageen kollaaa. 😉

  6. nuxiiii says:
    February 11, 2014 at 3:19 pm

    ……salaa…. ur ideas are so creative

    1. Salaa says:
      February 11, 2014 at 8:27 pm

      Nuxxii… thankx for reading my stories.. Ya Allah thank u a lot….God gave me strength to write all the types of stories..

Comments are closed.


All Right Reserved!