Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާރާ…1

fiza Level 1
March 1, 2014 10 Mins Read
6 Comments

ޓީވީއެމްއިން ދައްކަމުންދިޔަ އަށެއްގެ ހަބަރަށް ސަމާލުކަން ދީގެންއިން ހަނީފާ ސިއްސައިގެން ދިޔައީ ގޭގެ ބެލްޖެހި އަޑަށެވެ. އެގަޑީގައި އެގެއަށް އަންނާނީ ކާކުބާވައޭ އޭނާގެ ހިތަށް އެރިއެވެ..އެގެއަކީ މާގިނަ ބަޔަކު އުޅޭގެއެއްނޫނެވެ. ހަނީފާއާއި އޭނާގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު ސާހިލް ފިޔަވައި ދެންއުޅެނީ އޭގޭ މަސަތްކަތު ދެމީހުންނެވެ..ސާހިލް ކައިގެން އޭނާގެ ކޮޓަރިއަށް ދިޔަތާ އަދި މާގިނައިރެއް ނުވެއެވެ.

“ކިޝަން ނިކަން ދޭބަލަ ކާކުތޯ ބަލާލަން…” ހަނީފާ ކިޝަންއަށް ގޮވާލަމުން އަނެއްކާވެސް ޓީވީއަށް ނަޒަރު ހުއްޓާލިއެވެ.ކިޝަން އަކީ ހަނީފާ ލަންކާއަށް މީގެ ފަސް އަހަރުކުރިން ބަދަލުވީއްސުރެން އެގޭގައި އުޅެމުންދާމީހެކެވެ. އޭނާއާއި އޭނާގެ އަންހެނުން ރާދާ އެގޭ މަސަތްކަތުމީހުންގެ ގޮތުގައި އުޅުނަސް އެމީހުންނަށް އުނިވާ އެއްވެސް ކަމެއް ނޯވެއެވެ. ހަނީފާއި ސާހިލް ވެސް ދެކެނީ އެއީވެސް އާއިލާގެ މެންބަރުންގެ ގޮތުގައެވެ.

“ބޭބޭ..” ކިޝަންގެ އަޑު އިވުމާއެކު ހަނީފާއަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. އޭރު ދޮރުމަތީގައި ހިނިތުންވެލައިގެން ހުރީ ދެވަނަ އެހެންމީހެއްނޫނެވެ. އޭނާގެ ފިރިމީހާ ޒަރީރުއެވެ. ޒަރީރު އަންގާވެސް ނުލާ އައުމުން ހަނީފާހުރީ ހައިރާންވެފައެވެ. އެހެންނޫނަސް އެއީ މީގެ ދެދުވަސް ކުރިން ސިންގަޕޫރަށް ވިޔަފާރި ދަތުރެއްގައި ފުރައިގެން ދިޔަ މީހާއެވެ.
“އަންގާވެސް ނުލާ ދޯ މިފަހަރު ތިޔައައީ…”ހަނީފާބޮލުގައި އޮތް ބުރުގާ ރަނގަޅު ކޮށްލަމުން ދޮރާދިމާލަށް އައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ކިޝަން ވައްދަމުން ދިޔަ ސޫޓްކޭސް ތަކަށެވެ. ހަނީފާ ހުރީ ވާނުވާ ނޭގިފައެވެ. ކުއްލިއަކަށް ގޭތެރެއަށް ވަދެގެން އައި ޒުވާނާ ފެނުމުން ހަނީފާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އިސްކޮޅުން ދިގު ކަސްރަތީހަށިގަނޑެއް ލބިފައިވާ އެޒުވާނާ ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓާއި ކަޅު ޖިންސެކެވެ. ކަންފަތާހަމައަށް ދިގުކޮށްލެވިފަައިވާ އިސްތަށިގަނޑުގައި ހުރި މަޑުމުށިކުލައާއި ލޮލުގައި ހުރި ވިލު ނޫކުލައިގެ ސަބަބުން އޭނާ ބޮޑަށް ވައްތަރީ ޔޫރަޕް ހިސާބުގެ ޒުވާނަކާއެވެ.

” ހަފީމަންމާ.. ކިހިނެތްވެފަ ތިހިރީ….” ހަނީފާއަށް ހޭވެރިކަންވީ އެޒުވާނާގެ އަޑު ޖެހުމުންނެވެ. ހަމައެވަގުތު އޭނާލޮލޮގައި ކަރުނަ ނިރާލިއެވެ.

“މިރާން….. މަންމަގެ މިރާންތަ ތީ….” ހަނީފާއަށް މިރާންގެ މޫނުގައި ފިރުމާލެވުނީ ބޭއިހްތިޔާރުގައެވެ. އެވަގުތު އޭނާގެ ލޮލަށް ގިނަވި ކަރުނަތަށް ފައިބައިގަތީ އެއްވެސް އިހްތިޔާރެއްނެތިއެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ.މިރާންއަކީ އެއްއިރެއްގައި އޭނާގެ ލޮލުގެ ނޫރުފަދައިން ގެންގުޅުނު ކުއްޖެކެވެ.

މިރާންއަކީ މާލޭގެ އެންމެ މުއްސަދިންގެ ތެރޭ ހިމެނޭ ހަމްދޫންއާއި ޒަހުރާގެހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. ޒަހުރާއަކީ ހަނީފާގެ އެންމެ ގާތްއެކުވެރިޔާވެސް މެއެވެ. މިރާންގެ އުމުރުން އެންމެ ދިހަ އަހަރުގައި ޒަހުރާވަނީ ކެންސަރުބަލީގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކޮށްފައެވެ. ޒަހުރާގެ ފިރިމީހާ އޭނާދެކެ ވީ ލޯތްބެއްގެ ސަބަބުން ދެވަނަ އެހެން ކައިވެންޏެއް ކުރާކަށް ބޭނުމެއް ނުވިއެވެ. ދަރިއަކު ހުރިކަންވެސް ހަނދާންނެތި އޭނާގެ ހުރިހާ ވަގުތެއްވެސް ހޭދަކުރަންފެށީ ވިޔަފާރީގައެވެ. ނަންމަޝްހޫރުވެ ވިޔަފާރި ކުރިއަރަމުން ދިޔައިރު މިރާން ދިޔައީ އޭނާގެ ބައްޕަގެ ލޯބިން މަހްރޫމްވަމުންނެވެ. އެކަން އެންމެ ގާތުން ދެނުކީ ހުދު ހަނީފާއެވެ. އޭނާގެ މައިލަގޮނޑިއަށް މިރާން ލޯތްބަށް ފެންބޮވައިގެންވާ މަންޒަރު ބަލަން ކުޅަދާނައެއް ނުވިއެވެ. އެހެންކަމުން އަމިއްލައަށް ގޮސް ހަމްދޫންގެ ކައިރިން މިރާން ކިޔަވައި ނިމެންދެން އޭނާއާއި ހަވާލު ކޮށްދިނުމަށް އެދުމުން ފަސޭހަ ކަމާއެކު ހަމްދޫންއެކަމާ އެއްބަސްވީ އޭނާ މިރާންދެކެ ލޯބިނުވާތީއެއް ނޫނެވެ. މިރާން ފެނުމުން އޭނާ މާބޮޑަށް ޒަހުރާ މަތިން ހަނދާންވާތީ އޭނާ މިރާންއާއި ދުރުން އުޅެވެނީއެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ރަނގަޅުގޮތުގައި ބޮޑުވުމަށް އޭނާވެސް ބޭނުމެވެ. އެހެންކަމުން އޭނާ މިރާންއަށް ނުދެވުނު ލޯތްބާއި އަޅާލުން ހަނީފާ ދޭނެކަން ޔަގީންވާތީ އެކަމާ އެއްބަސްވެވުނީ ހިތުން ރުހުމުންނެވެ.

އެދުވަހުއްސުރެން މިރާން ގެ އުމުރުން ސޯޅައަހަރުވަންދެން އޭނާ އުޅުނީ ހަނީފާގެ ބެލުމުގެ ދަށުގައެވެ. ހަނީފާ މިރަންއެކޭ ސާހިލްއެކޭ އެއްވެސް ތަފާތެއްނުކުރެއެވެ. އޭނާގެ ބަނޑުން ނުވިހެއެއްކަމަކު އޭނާ މިރާންގެންގުޅުނީ އަމިއްލަދަރިއެއް ފަދައިންނެވެ. ސާހިލްއަށް ހޯދައިދޭ ކޮންމެއެއްޗެއް މިރާންއަށް ވެސް ހޯދައިދިނެވެ. ހަމްދޫންކޮންމެ މަހަކު ޖަމާކުރާ ލާރިން އެންމެ ލާރިއެއްވެސް އެމީހުން ބޭނުމެއްނުކެރެއެވެ. އެކަން ހަމްދޫންއަށް ވެސް ވަނީ ސިއްރުކުރެވިއެވެ.މިރާންގެ ނަންމަތީ އެކައުންޓެއް ހުޅުވުމަށްފަހު ކޮަންމެ މަހަކު އެލާރި ދިޔައީ އެއެކައުންޓަށް ޖަމާވަމުންނެވެ. ކިޔަވަންމޮޅު އިހްލާސްތެރި ދެދަރިން ހަނީފާ ތަރުބީއްޔަތު ކުރިއެވެ.

މިރާންއާއި ބައްދަލުކުރަންދާ ކޮންމެފަހަރަކު ހަމްދޫންއަށް ފެންނަމުންދިޔައީ އޭނާއާއި ދުރުވަމުންދާ ދަރިފުޅެވެ. އެކަން ހަމްދޫންއަކަށް ބަލައިނުގަނުވުނެވެ. އޭނާގެ ޒަމީރު އޭނާއަށް ވިސްނައިދިނީ އެއީ ހަނީފާ މިރާންއާއި އޭނާއާއި ދުރުކުރަނީ ކަމުގައެވެ. އޭނާއަށް ދަރިއެއްގެ މުހިންމުކަން އިހްސާސްކުރެވުނީ އެދަރިފުޅު އޭނައާއި ދުރަށްދާން ފެށުމުންނެވެ. އޭނާގެ ގާތަށް މިރާންއަންނާނީ ހަނީފާމެންނާ ދުރުކުރެވުމުންކަން އޭނާއަށް ވިސްނުނެވެ. އެހެންކަމުން މިރާން ގްރޭޑް ދިހަޔެއް ނިމުމާއެކު މަތީތައުލީމް ހާސިލް ކުރުމަށް މިރާންގޮވައިގެން ހަމްދޫން ޔޫކޭއަށް ބަދަލުވީ ހަނީފާ އާއި އޮތް ގުޅުން ކަނޑާލުމަށްފަހުގައެވެ. މިރާންއަށް ނޭގި ހަމްދޫންވަނީ ހަނީފާއާއި ޒަރީރުއަށް އެތައް އެއްޗެހިތަކެއްގޮވާފައެވެ. ހަނީފާކޮށްދިން ކަންތަކުގެ އަގު ވަޒަންކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. އެހެންނަމަވެސް އެމީހުން ހަމްދޫންއަކަށް ހިތްބުރައެއް ނުކުރެއެވެ. އެހާކުއްލިގޮތަކަށް މިރާން ގެންދިޔުމުން ހަނީފާ އެތައް ރޭތައް މިރާންގެ ހަނދާނުގައި ހޭދަކުރިއެވެ. މިރާންގެ ފަރާތުން އެއްވެސް ހަބަރެއްނުވެ ފުރަތަމަ ތިންއަހަރު ވޭތުވެގެން ދިޔުމުން ހަނީފާ ހީކުރީ އޭނާމަތިން މިރާން ހަނދާންނެތުނީ ކަމަށެވެ. އެހެންނަމަވެސް އެމީހުން ލަންކާއަށް ބަދަލުވިފަހުން މިރާންއާއި ސާހިލް ވަނީ ފޭސްބުކުން ދިމާވެފައެވެ. ހަނީފާއަށް އެގިފައިވާ ގޮތުގައި ހަމްދޫންވަނީ އެމީހުންނާ އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަށް މަނާކޮށްފައެވެ. އެހެންނަމަވެސް ހަމްދޫންއަށް ސިއްރުން ދޭތެރެ ދޭތެރެއިން މިރާން އެމީހުންނަށް ގުޅާއިގެން ހާލު ބަލާހަދައެވެ.

މިރާން ޔޫކޭއަށް ބަދަލު ވިފަހަކުން އެއްގޮތަކަށްވެސް މާލެއަކަށް ނާދެއެވެ. ހަމްދޫން އެކަމަށް އެއްބަސްނުވަނީއެވެ. މިރާން އަނެއްކާވެސް ހަނީފާމެން ކައިރިއަށް ގޮސްދާނެތީ އޭނާ ޖެހިލުންވަނީއެވެ. ހަނީފާއަށް މިރާން ހަމަލޮލަށް އެފެނުނީ 8 އަހަރު ފަހުންނެވެ. މިރާން މިހާރު ކުރިއަށްވުރެ ރީތިވެފައި ޒަހުރާއާއި ވައްތަރެވެ.

ހަނީފާއަށް އަދިވެސް ޔަގީންނުވެފައި ޒަރީރުއަށް ބަލާލެވުނެވެ. އޭރުވެސް ޒަރީރު ހިނިތުންވެލައިގެން އެދެމައިންގެ ހަރަކާތްތައް ބަލަންހުއްޓެވެ. އަދި ބޮލުގެ އިޝާރާތުން މިއީ ހަގީގަތެކޭ ބުނެލިއެވެ. އެއާއެކު ހަނީފާ މިރާންގެ ގައިގާ އޮޅުލައިގަތީ ދެން ދުވަހަކުވެސް މިރާން އޭނައާއި ދުރުނުކުރެވޭނެއޭ ހިތައް އަރުވަމުންނެވެ.

“ހަފީ މަންމާ…ކީއްވެ ތި ރޮނީ… މީ އުފާކުރަންވީ ވަގުތެއް ނޫންތަ… އަހަރެން ފެނިގެން ތިހާ ދެރަވާނެ ކަން އިގުނުނަމަ އަހަރެން ނައަންނާނަން….” މިރާން ހަނީފާގެ މޫނުގައި ފިރުމާލަމުން ކަރުނަތައް ފޮހެލަދިނެވެ.

“ނޫން… މަންމަ އެއްގޮތަކަށްވެސް އުންމީދު ނުކުރަން ދަރިފުޅު މަންމަ ކައިރިއަށް އައިސް ދާނެ ކަމަކަށް … ކުއްލިއަކަށް ދަރިފުޅު ފެނުމުން މަންމައަށް ކެތްނުވީ…ކޮބާ ހަމްދޫން…” ހަނީފާގެ މޫނު މިލައިގެން ދިޔައީ ހަމްދޫން މަތިން ހަނދާންވުމުންނެވެ. ހަމްދޫންއަށް ވެގެން ވާނަމަ އޭނާ މިރާން ނުފުނުވާނެކަން ހަނީފާއަށް އެގެއެވެ.

” ދެން ހުރިހާ ވާހަކައެއް ދައްކަނީ މިތާ ތިބެގެންތަ… ؟ ވަރަށް ބަނޑުހައިވެފަ މިހިރީ… ކޮބާ ސާހިލް ؟ގޭގަ ނޫޅެނީތަ؟” ޒަރީރު އެހެން ބުނުމާއެކު ހަނީފާ ހިނިތުންވެލަމުން އަވަހަށް ރާދާއަށް ގޮވާލިއެވެ.

ސާހިލްވީ ކޮޓަރީގައޭ ބުނުމުން މިރާންބޭނުންވީ އޭނާ އަމިއްލައަށް ގޮސް ސާހިލްއަށް ސަޕްރައިޒްއެއް ދޭށެވެ. މިރާން ސިޑިން މައްޗަށް  އަރިގެން ގޮސް ފެންނަންހުރި ދެކޮޓިން އެއްކޮޓަރީގެ ދޮރުހުޅުވާލިއެވެ. މީހަކު އުޅޭކޮޓަރިއެއްނޫންކަން އެކޮޓަރީއަށް ބަލާލުމުން އެގުނެވެ. ދެން ކުރިމަތިން ހުރި ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ނޭފަތުގައި ހަރުލީ ފިރިހެން ސެންޓުވަހެވެ. އޭރު އެނދުގައި އިގިރޭސި ފިލްމެއް ބަލަން އޮތް ސާހިލް ދޮރުހުޅުވުނުއަޑަށް އެދިމާއަށް ބަލާލެވުނީ ހަނީފާކަމަށް ހީކޮށެވެ. އެހެންނަމަވެސް މިރާން ފެނުމުން ސާހިލްއަށް ހުރެވުނީ ފެންނަނީ ހަގީގަތެއްކަން ގަބޫލު ނުކުރެވިފައެވެ.

“އާއި ޔޫ ނޮޓް ގޮއިންޓު ވެލްކަމް މީ… ” މިރާން ލާނެއް ގޮތަކަށް ހީލަމުން ދޮރުގައި ލެގިލިއެވެ. އެއާއެކު ދެންއިވުނީ ސާހިލް ކަރުބުޑުން މިރާންބްރޯ އޭ ކިޔާ ހަޅޭއްލަވައިގަތް އަޑެވެ.

“ބްރޯ..ޔޫ ސީރިއަސްލީ ހިޔާ….” ސާހިލް ލެޕްޓޮޕް ދޫކޮށްލުމަށްފަހު އައިސް މިރާންއާއި ކޮނޑާ ކޮނޑު ޖައްސާ ސަލާމް ކޮށްލިއެވެ. ހަނީފާއާއި އެއްވަރަށް ސާހިލްވެސް ހުރީ މިރާން ފެނުމުން އުުފަލުންނެވެ. ސާހިލްއާއި މިރާންގެ ދެމެދުގައި އުފެދިފައިވަނީ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުމެވެ. މިރާން ދެކެނީ ސާހިލްއަކީ އޭނާގެ ކޮއްކޮއެއްގެ ގޮތުގައެވެ. އެމީހުންނާ ދުރުގައި އޭނާ ދުވަސް ތައް ހޭދަ ކުރިގޮތް އެގޭނީ ހެއްދެވިފަރާތަށެވެ..

އަންހެންކުދިން ދީވާނާފަދަ ސިފަތަކަކެއް ސާހިލްއަށްވެސް ވަނީ ގުދުރަތުން ދެއްވާފައެވެ. ކަސްރަތީ ހަށިގަނޑަކާ ކަޅުކަންގަދަ އިސްތަށިލިބިފައިވާއިރު ހަމުގެ ކުލައަށްޔެވެ. ސާހިލްވީ ހަނީފާ ކަހަލަ ސާފުތާހިރު ކަމަށް ލޯބިކުރާ ޒުވާނަކަށެވެ. އެކަން ކޮޓަރިއަށް ބަލާލުމުންވެސް އެގެއެވެ.

ހަނީފާހުރީ މިރާންއާއި ޒަރީރު ދިމާގޮތް އޮޅުންފިލުވާލަން ކެތްމަދުވެފައެވެ. އެހެންކަމުން ކެއުމުގެ ކަންތައް ނިންމާލުމާއެކު ޒަރީރު ހުރިހާވާހަކައެއް ކިޔާދިނެވެ. މިރާންއާއި އޭނަޔާއި ދިމާވީ ސިންގަޕޫރުގެ ހޮސްޕިޓަލަކުންނެވެ. މީގެ ހަމަސް ކުރިން ދިމާވި އެކްސިޑެންޓެއްގައި ކޯމާއަށް ދިޔަގޮތަށް ހަމްދޫން އަދިވެސް ހެއެއްނާރައެވެ. މިރާންކިޔާދިންގޮތުން އެމީހުންގެ ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ދިޔުމުން ޔޫކޭއިން ސިންގަޕޫރަށް ބަދަލުވީ އިތުރުގޮތެއް ނެތިގެންނެވެ. އެކަމާ ބޯސަކަރާތްވެފަ ހުއްޓާ ހަމްދޫންގެ އެކްސިޑެންވެ އޭނާ ކޯމާއަށް ދިޔައީއެވެ. އެހިސާބުން މިރާންއަށް ޖެހުނީ ވިޔަފާރީގެ ތެރެއަށް ވާންނާށެވެ. ބައްޕަގެ ވިޔަފާރި އަނެއްކާވެސް ކުރިންއޮތްމަގާމަށް ގެންދިޔުމަށް އަތުކުރި އޮޅާލީ ބައްޕަގެ ހައްގުގައެވެ. މިރާން ލަންކާއަށް އަންނަން އޮތްދުވަހު ޒަރީރުއާއި ދިމާވުމުން ޒަރީރުވެސް އޭނާކުރަން ދިޔަކަންތަށް ނިމިފައި އޮތުމުން އައީ ކަމުގައި ބުނެލިއެވެ.

ހަނީފާއަށް ނުވިސްނުނީ މިރާން ވިޔަފާރި ކަމެއްގައި ލަންކާއަށް އަންނަންޖެހުނު ސަބަބެކެވެ. އެއީ ހަމްދޫންގެ އެއްވެސް ވިޔަފާރިއެއް ލަންކާގެ އެއްވެސް ހިސާބެއްގައި އޮންނަކަމެއް އޭނާއަށް އެގިފައި ނުވާތީއެވެ.

“ދެން ބުނެބަލަ… މިކޮޅުގަ ކޮންވިޔަފާރިއެއް އޮޮވެގެން ތިޔައައީ….އައިނޯ އިޓްސް ނޮޓް ބިސްނަސް… ޔޫ އާ އަޕްޓު ސަމްތިންއެލްސް..” ސާހިލްއާއި މިރާންތިބީ  ބެލްކަނީގެ ރެއިލިން އަތް އަޅުވާލައިގެން ސިގިރެޓްބޯށެވެ. ސިއްހަތަށް ގެއްލުންދޭ އެއްޗެއްކަން އެގޭއިރުވެސް އެކަމާވިސްނާ ނުލާ ދެމީހުން ދުންއަރުވަމުންދިޔައިރު މިރާންގެ ނަޒަރު ހުއްޓިފައި ހުރީ ދުރުން ފެންނަމުންދިޔަ މޫދަށެވެ.

“ލޯންގް ސްޓޯރީ .. ކުރުގޮތަކަށް ކިޔާދީފާނަން…. ބައްޕަގެ ރިސޯޓްތަކުން ބައްޕައަށް ނޭގި ބައްޕަގެ ބިޒްނަސް ޕާޓްނަރު ވަނީ އަމިއްލަ ކޮށްފަ… ލިބުނު ހުރިހާ ފައިދާއެއްވެސް އެނާ ނެގީ… މާލޭގަ ހުރި ފަސް ފިހާރައިން ވެސް ތިންފިހާރަ އެމީހުންގެ އަތްދަށުވީ…  ބައްޕަ ވަރަށް ސަކަރާތްވީ އެކަން އެގުމުން.. ބައްޕަ ކޯމާއަށް ދިޔުމުން އަހަރެން ވަރަށް އެކަނިވި … ބައްޕަ އެކުރި ބުރަ މަސަތްކަތް އެގޮތަށް ބޭކާރު ވެގެންދާތަން ބަލަން އަހަރެންނަކަށް ނުހުރެވުނު… އެހެންވެ އެމީހުން ރަގަޅު ފިލާވަޅެއްދޭން މިއައީ…އޭނަ އާއިލާ ގޮވައިގެން މިހާރު އުޅެނީ ލަންކާގައި” މިރާން ހަމައެއިންގޮތަށް އިދެ ބުނެލިއެވެ.

“ސޯ ވަޓްސް ޔޯ ޕްލޭން…”ސާހިލް ކުރި ސުވާލުން މިރާންހިނިތުންވެލިއެވެ. ހުދު އޭނާއަށް ވެސް އޭނާ އެކަންތައް ކުރަނީ ކިހިނެތްކަމެއް ނޭގެއެވެ.

މިރާން ނިދަން ހަމަޖެހުނީ އޭނާއަށް އެންމެ ފުރަތަމަ ވަދެވުނު ކޮޓަރީގައެވެ. އެއީ އެގޭގެ ގެސްޓް ރޫމްއެވެ. ފުދޭވަރެއްގެ ބޮޑު ކޮޓަރިއެވެ. ކިންގް ސައިޒްގެ ބެޑަކާއި އެންމެ ޒަމާނީ ފަރުނީޗަރުގެ ސަބަބުން އެކޮޓަރި އެހާވެސް ފުރިހަމައެވެ. މިރާން ފެންވަރާލައިގެންއައިސް ބެލްކަނީގެ ދޮރު ހުޅުވާލުމުން ޖެހުނު ހިތްގައިމު ފިނި ވައިރޯޅިން ވެފައިހުރި ވަރުބަލިކަންވެސް ފިލާދިޔަކަހަލައެވެ. ބެލްކަންޏަށް ނިކުމެ ވަށައިގެން ނަޒަރު ހިންގާލިއެވެ. ޖެހިގެން ހުރި ގޭގެ ބެލްކަނި ކައިރި ކަމުން މިރާން ހައިރާންވިއެވެ. ހަމަޔަގީނުންވެސް ފަސޭހަކަމާއެކު އޭނާއަށް އެގޭގެ ބެލްކަންނަށް އެރިދާނެއެވެ. މިރާން އެބެލްކަންޏާ ތަންކޮޅެއް ކައިރި ވެލަމުން ހުޅުވާލެވިފައިވާ ދޮރުން އެތެރެއަށް ބަލާލިއެވެ. ފަނޑުއަލީގެ ތެރެއިން މާބޮޑު އެއްޗެއް ސާފުވާވަރެއް ނުވިއެވެ. ރަގަޅަށް ބެލްކަނިން ތިރި ބަލާލުމުން އެގުނީ އެއީ އެއް ގޯއްޗެއްގައި ހުރި ދެ ގެ ކަމެވެ. އެހެންކަމުން ބެލްކަނި އެހާ ކައިރީ ހުރުމަކުން މައްސަލައެއްނެއްތާއެވެ. އެ ބައިގާއި އުޅޭނީ މިގޯތީގެ ވެރިންނޭ އޭ މިރާންގެ ހިތަށް އެރިއެވެ.

އަރާމުނިންޖެއްގައި ނިދާފައިއޮތް މިރާން ސިއްސައިގެންދިޔައީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު ޖެހުމުންނެވެ. ދެލޯ އުގުޅާލަމުން ފޯނުނަގާ ގަޑި ބަލާލިއެވެ. އޭރު ގަޑިން ފަތިހު ހަތަރު ގަޑި ސާޅީސް ފަހެކެވެ. ކަންފަތްމަތީ ބާލިސްއަޅާލައިގެން އަނެއްކާވެސް މިރާންބެލީ ނިދާލެވޭތޯއެވެ. އެހެންނަމަވެސް އެކުއްޖާރޯއަޑު ހީވަނީ އިރު އިރު ކޮޅާ ގަދަވާހެންނެވެ. ރުޅިގަދަވެފައި އޮތް މިރާން އެންމެ ފަހުން ތެދުވެގެންގޮސް  ވުޟޫކޮށްލައިިގެން އައިސް ފަތިސް ނަމާދު ކޮށްލިއެވެ.

ބެލްކަނީގެ ދޮރު ހުޅުވާލަމުން ބޭރަށް ނިކުންއިރުވެސް އެކުއްޖާ ރުއިން ހުއްޓާނުލާ ރޮމުންގެންދިޔައެވެ. މިރާންއެތެރެއަށް ޖެހިލީ އެކޮޓަރީގެ ބެލްކަނިން ބައެއްގެ ހިލަން ވުމުންނެވެ. މިރާން ވަރަށް ސިއްރު ސިއްރުން ބަލާލިއެވެ. ކުޑަކުއްޖާ އުރާލައިގެން ދެކޮޅަށް ހިގާލަ ހިގާލާ މެދު އުމުރުގެ މީހަކު ހުއްޓެވެ. އޭނާއަށް އެކުއްޖާ މަތަ ކުރެވޭކަމަކަށް ނުވިއެވެ.

މިރާން އައިސް އައިޕެޑް ނަގައިގެން ހަބަރު ކިޔަންފެށިއެވެ. އިރުކޮޅެއްނުވެ އެކުއްޖާގެ ރުއިމުގެ އަޑު ކެޑުމުން އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ދެންއިވުނު އަޑާއެކު މިރާންއަށް ބެލްކަންޏާދިމާއަށް ބަލާލެވުނީ ބޭއިހްތިޔާރުގައެވެ. މީގެ ކުރިން އަޑުއަހާފައިވާ ތަންކޮޅެއް ކުރީގެ ދިވެހި ލަވައެއް އެއްވެސް މިއުޒިކެއްނެތި އިވެމުންދިޔައެވެ. އަޑުއަހާ ފޫހިނުވާފަދަ އަޑެކެވެ. އެކަމަކު ކުޑަކުއްޖަކު ނިންދަވަން މީހަކު ކިޔަން އެއީ ކޮންކަހަލަ ލަވައެއްބާވައޭ މިރާންގެ ހިތައް އެރިއެވެ. އެހެންނަމަވެސް އެހާ ހިތްގައިމު އަޑެއްގެ ވެރި ޒުވާނާ ބަލާލަން ހިތް އެދެންފެށިއެވެ. މަޑުމަޑުން ގޮސް ދޮރު ހުޅުވާލަމުން އަޑުއަންނަދިމާއަށް ބަލާލިއެވެ. ދުނިޔެމަތި ކޮންމެވެސް ވަރަކަށް އަލިވެފައި އޮތުމުން ރީއްޗަށް އެތާހުރި އަންހެންކުއްޖާ އޭނާއަށް ފެނުނެވެ. ދިގުއިސްކޮޅެއް ލިބިފައިވާ އެކުއްޖާ ގެ ފަންފަން ދިގު އިސްތަށިގަނޑުވަނީ ފަހަތަށް ގަތާލެވިފައެވެ. ކަކުލާހަމައަށް އޮތް ސޯޓު ބުރިއަކާ ޓީޝާޓެއްގައި ހުރި އިރު އެދޮން ފައިގެ އޮމާންކަން ހާމަވެއެވެ. މިރާންއަށް ފުރަގަސްދީގެން ހުރުމުން އެކުއްޖާގެ މޫނު ފެންނަގޮތެއް ނުވިއެވެ. ކޮނޑުގައި ބޯއަޅާލައިގެން އޮތީ ފުއްގުޅައެއްކަހަލަ ކުއްޖެކެވެ. ބަލާބެލުމަށް 6 މަހުގެ ކުއްޖެެއްހެން ހީވެއެވެ.

މިރާންގެ އަށް ފާހަގަވީ އެކުއްޖާ އެ ލަވަ ކިޔަމުންދިޔައިރު އެއަޑުގައިވި ރިހުމެވެ. އެންމެ ހައިރާންވީ އެކުޑަ ކުއްޖާވެސް ރުއިން ހުއްޓާލުމަށްފަހު ކޮނޑުގައި ބޯއަޅާލައިގެން އޮތްގޮތުންނެވެ. ދެލޯބޮޑުކޮށްލައިގެން އޮތްއިރު ހީވަނީ އެލަވައިގެ ކިޔަމުންދާބަސްތަށް އެކުއްޖާއަށްވެސް އެގޭހެންނެވެ.

މަގޭ ލޯބީ ދަރިފުޅާ ނުމެރޯށޭ ކެތްކުރޭ…                                                  ހަރުހިތެއް ހިލަހިތެއް ކަރުނައިން މަޑުވާނެހޭ….

ރޯރުއިމުންވާދެރައަކުން މޭވިރިގެންދާ ދިޔުމަކުން…..                                                 ވާނެކަމެއްގާއިމޭ ނެތޭ ކާކަށްހޭ އެގެނީ މިކަން …

މަގޭ ލޯބީ ދަރިފުޅާ ނުމެރޯށޭ ކެތްކުރޭ…                                                  ހަރުހިތެއް ހިލަހިތެއް ކަރުނައިން މަޑުވާނެހޭ…

އިވެމުންދިޔަ އަޑުގެ ޖާދޫގައި ޖެހިގެންގޮސް މިރާންއަށް ހުރެވުނުތަން އިސްސާސްވީ އެކުޑަކުއްޖާއަށް އޭނާފެނުމުން ދެލޯކުރިއަށްވުރެ ބޮޑުކޮށްފައި އަތްފަތް ތަޅުވައިގަތުމުންނެވެ. އެއާއެކު އެއަންހެންކުއްޖާއަށްވެސް އޭނާގެ ފަހަތުގައި މީހަކު ހުރިހެން ހީވިއެވެ. މިރާން ދެވަނަ ސިންކުތުކޮޅުގައި ބާރަކަށް ގޮސް ކޮޓަރިއަށް ވަނެވެ. އެގޮތަށް މީހެއްގެ އަންބަކަށް ބަލަން ހުރުމަކީ އެހާރީތި ގޮތެއްނޫނެވެ. އަދި އެވެސް ކުޑަކުއްޖެއްގެ މަންމައަކަށެވެ. އެހެންނަމަވެސް އެއަޑަކީ އޭނާ އަދި މިވީހާތަނަށް އަޑު އަހާފައި ނުވާހާ ރީތި އަޑެކެވެ. ބޮލުގައި އަތުން ޖަހާލަމުން އޭނާ އެތަނަށް އައިސް ހުރި ބޭނުން ހަނދާންކޮށްލިއެވެ. ބޭކާރު ކަންތަކުގައި ވަގުތު ގެެއްލުވާނުލާއި ކުރަންއައި ކަންތަށް ނިންމުން މާ ބުއްދިވެރިއެވެ.

…………

“ތާރާ….. ކިހިނެތްވެފަ ތިހިރީ….؟” ތާރާ ސިހިގެން ދިޔައީ ޖަމީލާގެ އަޑުޖެހުމުން ނެވެ. އޭނާއައީ ތާރާއަށް ހެދުނުގެ ސައި ހިފައިގެންނެވެ.

“ހީވި މީހަކު ފަހަތުގައި ހުރިހެން … ޖަމީދައްތަ ބުނީމެއްނުން ޖެހިގެން ހުރިގޭގެ ބެލްކަނި ވަރަށް ކައިރިއޭ.. ވެދާނެދޯ އެކޮޓަރީގަ އުޅޭމީހަކު ކަމަށް… މީހަކު ހުއްޓަސް ނެތަސް އަހަންނަށް އެގޭނީއެއްނުން ވީއްޔާ…. ” ތާރާ އޭނާގެ އަމިއްލަހާލަތާމެދު  ވިސްނާލިއެވެ. އޭނާއަކީ ކިހާ ބަދުނަސީބު ދެރަ މީހެއްހެއްޔެވެ. މީގެ އެއްއަހަރު ކުރިން ސިޑިންކައްސާލައިގެން ވެއްޓި ބޮލަށްލިބުނެ ގެއްލުމާއެކު  އޭނާގެ ދެލޮލުގެ ނޫރުވެސް ވަނީ ގެއްލިފައެވެ. ލޯއަދިރިމީހަކަށް ވުމުން އެނާވަނީ ލިބެންވާ ހުރިހާ އުފާތަކަކުން މަހްރޫމްވެފައެވެ. ލޯއަދިރިވުން އެއީ އޭނާގެ ކުށެއްކަމަށް އެހެންމީހުން ދެކެނީ ކިީއްވެހެއްޔެވެ. އޭގައި އޭނާއަށް ކުރެވެންއޮތީ ފަހެ ކޮންކަމެއް ހެއްޔެވެ. މިއަދު ޖާމީލާ އޭނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްނުދޭނަމަ އޭނާ އުޅޭނީ ކޮންފަދަ ހާލެއްގައި ކަމެއްވެސް ނޭގެއެވެ. އެއްބަނޑުއެއްބަފާ ބޭބެއަކާއި ފަހަރިއެއްވެސް ނަމެއްގައި ތިބެއެވެ. އެމީހުންގެ ފަރާތުންވެސް އޭނާއަށް ލިބެނީ ވޭނާ ކެކުޅުމެވެ. އޭނާ އޭނާގެ ހާލާތާމެދު ކަރުނަ ނާޅާ އެންމެ ދުވަހެއްވެސް ނުދެއެވެ.

ޖަމީލާއަކީ ތާރާ އެންމެކުޑައިރުއްސުރެ ގޭގެ މަސައްކަތްތައް ކޮށްދިނުމަށް އައިސް އުޅުނު މީހެކެވެ. ތާރާގެ މައިންބަފައިން ރާއްޖޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މިދުނިދޫކުރިފަހުން މާގިނަ ދުވަހެއް ނުވެ ތާރާގެ ލޯވެސް އަދިރީވީ އޭނާގެ ހުރިހާ އުފާތަށް ނިގުޅައިގަންނަމުންނެވެ. ތާރާގެ ބޭބެ ތަރަފް، ޖަމީލާ ލަންކާއަށް ގެނައީ ތާރާގެ ކަންތައް ކޮށްދީ ގޭގެ މަސައްކުރާމީހެއްގެ ގޮތުގައެވެ. ދަރިއަކު ނެތުމާއި ފިރިމީހާ ވަރިކޮށްފައި ހުރުމުން ތަރަފްގެ އެދުމަށް އެގެއަށް އައީ އެވެ.އޭނާ އަބަދުވެސް ތާރާ ދެކުނީ އޭނާގެ އަމިއްލަ ދަރިއަކު ފަދައިންނެވެ. ތާރާ އުޅޭނެ ހާލު އޭނާއަށް ވަޒަންކުރެވޭތީ އެ އަންހެންކުއްޖާ އެކަނިވެރިވާނެ ވަރު ހިތައް އެރުމުން އެކާމާ އެއްބަސްވެގެން އައީ ހަމައެކަނި ތާރާގެ ހައްގުގައިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

“ގެނޭ އައިކް ދައްތަގެ އަތަށް … އެހެރީ އެކޮޔަށް އެންމެމީރު ގޮތަށް ބިސްގަނޑުއަޅާފަ.. އިއްޔެ މާރުކޭޓަށް ގޮސްއުޅެނިކޮށް މުރަނގަފަތް ފެނިގެންގަތީ އެކޮޔަށް އެއީ މީރު އެއްޗެއްކަން އެގޭތީ..” ޖަމީލާ އައިކް އުރާލަމުން ތާރާގެ އަތުގައި ހިފައިގެންގޮސް ގޮނޑީގައި ބައިންދާލަމުން ސައި ތަބަ ކައިރި ކޮށްލަދިނެވެ.

މުޅި ދުވަހުގެ ބާކީބައި މިރާންއާއި ސާހިލްހޭދަކުރީ ގެއިންބޭރުގައެވެ. ސާހިލްއޭނާގެ އެންމެގާތްދެއެކުވެރިން ކަމުގައިވާ މާހިލްއާއި ނަވާލުއަށް މިރާން ތައާރަފް ކޮށްދިނީ އޭނާގެ ބޭބެގެ ގޮތުގައެވެ. ލަންކާގެ އެކިތަންތަން ބަލާލަން އެމީހުންދިޔައީ ސާހިލްގެ އަމިއްލަ ކާރުގައެވެ. ބޭރުގައި އުޅުނު އިރުވެސް ނަމާދުގަޑި ޖެހުމާއެކު ހުރިހާ ޒުވާނުންވެސް ވެސް ނަމާދަށް އިސްކަންދިނެވެ. ގެއަށް އާދެވުނުއިރު ހަނީފާ ހުރީ ވަރަށް ފުރިހަމައަށް ރޭގަނޑުގެ ކެއުންތައްޔާރު ކޮށްފައެވެ. ދިވެހި ކެއުމަކީ އަބަދުވެސް މިރާން މަރުދޭއެއްޗެކެވެ. އެތައް ދުވަހަކަށްފަހު ދިވެހި ކެއުން ކާންލިބުމުން އޭނާއަށް ކެވުނު ވަރެއްވެސް ނޭގުނެވެ. ކެއުމުގެ ތެރޭ މިރާން ޖެހިގެން ހުރިގޭ ތިބެނީ ކޮންބައެއްތޯ އަހާލީ ހެދުނުގެ ހާދިސާ ހަނދާންވުމުންނެވެ.

ހަނީފާގެ ޖަވާބަކަށް ވީ އެބައިގާ އުޅެނީ ދިވެހި އާއިލާއެއްކަމާއި އެމީހުން އެގެއަށް ބަދަލުވިތާ އަދި އެއްހަފްތާވެސް ނުވާނެ ކަމެވެ. އަދި އެމީހުން އެހާ ވާހަކަ ދައްކާނޫޅޭކަމެވެ. ވަރަށް ގިނައިން ކުޑަކުއްޖަކު ރޯ އަޑު އިވޭ ކަމަށް ވެސް ބުނެލިއެވެ. މިރާން ހެދުނުގެ ހާދިސާކިޔާދިނުމުން ހަނީފާ އެދުނީ ސާހިލްގެ ކޮޓަރީގައި މިރާން ނިދުމަށެވެ. އެއީ އެކޮޓަރި ހުންނަނީ އަނެއްފަރާތުގައި ކަމުން އެކޮޓަރީއަށް އެއްވެސް އަޑެއް ނީވޭނެތީއެވެ.

ތާރާ ދުވަސްތައް ގުނަމުންދިޔައީ ފޫހިކަމާއެކުގައެވެ. ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން ގިނަވަގުތު އޭނާ ހޭދަކުރަމުންދިޔައީ ބެލްކަނީގައެވެ. ސްކޫލު ދައުރުއްސުރެން ގިޓާ ކުޅުމަށް އޭނާ ފޯރި ހުރެއެވެ. މިހާރު އެއީ އޭނާގެ ބައިވެރިޔާއެވެ. އައިކްއާއި އެއްކޮށް ހޭދަވާ ވަގުތު ފިޔަވައި ހުރިހާ ވަގުތެއްވެސް ހޭދަކުރަމުންދަނީ ބެލްކަނީގައި ގިޓާކުޅުމުގައެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް މިރާން ހޯދަންއައި ރަޝީދުގެ މާބޮޑު މައުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. އެހެންނަމަވެސް އަދިވެސް މިރާންހުރީ ކޮންމެގޮތެއް ހަދާފަވެސް އެމީހަކު ހޯދުމަށެވެ. ސާހިލްގެ އެހީއާއެކު ވަރަށް ގިނަ ދިވެހި ވިޔަފާރިވެރިންނާ ބައްދަލު ކުރިއެވެ. އެއްވެސް މީހަކަށް ރަޝީދު ފަހުން ބަދަލުވި އެޑްރެހެއް ނޭގެއެވެ. އެންމެފަހުން މިރާން އޭނާގެ މާލޭ އޮފީހުގައި މަސައްކަތް ކުރާ ނިޔާޒަށް ގުޅާލުމަށްފަހު ރަޝީދުގެ އާއިލާގެ ހުރިހާ ވަނަވަރެއް ހޯދުމަށް އެދުނެވެ.

“ސާހިލް …. ކާކަށް ގުޅައިގެން މާވަރަކަށް ތިހެވެނީ…” ފަހަތުން މިރާންގެ އަޑު ޖެހުމާއެކު ކަންފަތުގައި ޖަހައިން އިން ފޯން ބިންމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. މިރާން ފެނުމުން ސާހިލްއަށް ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރީހެންނެވެ. އަވަސް އަވަހަށް ފޯނު ޖީބަށް ލަމުން ހިނިތުންވެލީ މޫނަށް ވެރިވި ހާސްކަން ފިލުވުމަށެވެ.

“އެއީ ފްރެންޑެއް.. ހިނގާ މިރޭ ކޮފީއަކަށް ދާން… ”

“ވާހަކަ އޮޅުވަން ނޫޅޭ… ގާރލްފްރެންޑް ދޯ…” މިރާން ސާހިލްއާއި ދިމާކޮށްލިއެވެ.  މިރާން އެވާހަކަ ނުހުއްޓާނެކަން އެގޭތީ އެންމެފަހުން ސާހިލް އެކަމާ އެއްބަސްވިއެވެ. އެހެންނަމަވެސް އެއީ ކާކުކަން ބުނެދެވޭނީ ފަހުން ކަމުގައި ބުނެލީ ހާސްވެހުރެއެވެ.

“ބްރޯގެ ގާރލްފްރެންޑް ކޮބާ.. މަށަށް ޔަގީން މިހާރުވެސް ކޮންމެ އިގިއްޔަކަށް މީހަކު ހުންނާނެކަން…” ސާހިލްވެސް ބޭނުންވީ މިރާންއާއި ދިމާކޮށްލުމަށެވެ.

“ނޫން…އަދި މިއުޅެނީ ތިކަހަލަ ކަމާކާ ނޫޅެވިގެން … ” ކުއްލިއަކް މިރާންގެ ހަނދާނަށް ބެލްކަނިން ފެނުނު ކުއްޖާއެވެ.ވަގުތުން މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އެއަންހެންކުއްޖާ މަތިން އޭނާ ހަނދާންމިވަނީ ކީއްވެބާވައޭ ހިތައްއެރިއެވެ. އެކުއްޖާގެ މޫނު ނުފެނުނުކަން ނަސީބެކެވެ. ފުރަގަހުން ފެނިގެން މިވަރު ވާއިރު މޫނު ފެނުނުނަމަ އުޅެން ޖެހޭނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ. މީހެއްގެ އަންބެއްނޫނީ އޭނާއަށް ނުފެނުނީ ހެއްޔެވެ؟ މިރާންއޭނާގެ އަމިއްލަނަފްސަށް މަލާމާތްކޮށްލިއެވެ. ވޭތުވެގެން ދިޔަ ދުވަސްތަކުގައި އޭނާ އެކޮޓަރިއަށް ވަންނަނީ ފެންވަރާހަދާލާށެވެ. އެނޫންހުރިހާ ވަގުތެއް އޭނާ ހޭދަކުރަމުން ދަނީ ސާހިލް ކޮޓަރިގައެވެ.

ފޯންރިންވާންފެށުމާއެކު އެއަށް ޖަވާބުދެމުން މިރާންގޮސް އެނދުގައި އިށީނެވެ. އޭނާގެ މޫނުމަތިން ހިނިތުންފެނިގެންދިޔައީ އެކޮޅުން ލިބުނު މައުލޫމާތުންނެވެ. މިރާންއަވަހަށް ގޮސް ސާހިލްއާއި އެހަބަރު ހިއްސާކޮށްލިއެވެ. މިރާންއަށް ހަބަރު ލިބުނު ގޮތުން ރަޝީދުގެ އާއިލާ އުޅެމުންދަނީ ލަންކާގެ އެއްއަވަށްކަމުގައިވާ ދެހިވެލައިގައެވެ. އެމީހުންވެސް އުޅެނީ ދެހިވެލައިގައި ކަމުން މިރާންގެ ހިތައް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބުނެވެ. ރަޝީދުގެ ޒުވާނެ ދެކުދިންތިބޭ ކަމާއި އޭގެތެރެއިން އަންހެންކުއްޖާ އަދި މީހަކާ ނީދެއޭ ބުނެލުމުން މިރާންގެ ސިކުނޑިއަށް މޮޅުހިޔާލެއްއައެވެ. ސާހިލްއަށް އެހިޔާލް ކަމުނުދިއެވެ. ބަދަލު ހިފުމުގެ ޖޯޝުގައި މީހެއްގެ ޖަޒްބާތަކާ ކުޅެލުމަކީ އޭނާއަށް ފެންނަގޮތުގައި ރަގަޅު ކަމެއް ނޫނެވެ. މިރާންއަށް ވިސްނައިދޭން ކުރި މަސައްކަތް ވީ ބޭކާރެވެ. މިރާން ބޭނުންވީ ކޮންމެގޮތެއް ހަދާފަވެސް އެމީހުންގެ ހައްގުތަޢް އެމީހުންނަށް ލިބުމަށެވެ. އެއްއަވަށް ކަމުގައިވިޔަސް ރަޝީދުއުޅޭ ގެ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ދެޒުވާނުންނަށްވެސް އެގެއެވެ.

ޖެހިގެންއައި ދުވަހު މިރާންއެދުމުގެ މަތިން ސާހިލް އޭނަގެ ރައްޓެހިންނަށް ގުޅައިގެން މައުލޫމާތު ހޯދިއެވެ. އެއިން އެއްވެސް މީހަކަށް ރަޝީދުކިޔާ މީހަކު އުޅޭ ގެއެއް ނޭގެއެވެ. އެހެންނަމަވެސް އެތަނުން އެކަކު ކިޔާދިންގޮތުން ތަންކޮޅެއް ކުރިން ރަޝީދުކިޔާ މާލޭގެ ވިޔަފާރިވެރިއެއް އެގޭ ކައިރީ އުޅުނެވެ. އެހެންނަމަވެސް އެމީހާވަނީ އެއްއަހަރު ކުރިން ނިޔާވެފައިކަމާއި އޭނާގެ ވެސް ދެ ކުދިންތިބޭކަމަށެވެ. އެހެންނަމަވެސް އަންހެންކުއްޖާއަކީ ލޯފަން ކުއްޖެއްކަމާއި އޭނާވެސް ކުޑަކުއްޖެއް ގެންގުޅޭކަމެވެ. އެއާއިލާ މިހާރު އުޅޭގެއެއް އޭނާއަށްވެސް ނޭގޭއެވެ.

“ތި ނުވާނެ އެރަޝީދަށް … ނިޔާޒަށް ނުބުނޭ ރަޝީދު ނިޔާވި ވާހަކައެއް… އެހެންނޫނަސް ރަޝީދުގެ އަންހެންދަރިފުޅު ކައިވެންނެއް އަދި ނުކުރާކަމަށް ނިޔާޒު ބުނި…” މިރާން ފޯނުނަގާ ނިޔާޒަށް ގުޅާލީ އެނާއަށް ލިބުނީ އެހެން ރަޝީދެއްގެ ހަބަރަށް ވޭތޯ ދުއާކޮށްލަމުންނެވެ.

ނިޔާޒުގެ ވާހަކަތައް އިވުމުން މިރާންގެ މޫޑު އެއްކޮށް ސަކަރާތްވިއެވެ. ނިޔާޒު ހަނދާންނެތިގެން ރަޝީދުނިޔާވި ވާހަކަ ނުބުނެވުނީއެވެ. އޭނާއަށް ވެސް ރަޝީދުގެ އަންހެންކުއްޖާއަކީ ލޯފަންކުއްޖެއްކަމާއި ކުއްޖަކު އޮތްކަން ނޭގެއޭ ބުނެލީ ހައިރާންވެހުރެއެވެ. މިރާންއަށް އަނެއްކާވެސް ވިސްނާލަން މަޖުބޫރިވިއެވެ. އެއަންހެން ކުއްޖާ މީހަކާ އިދެގެން އުޅެންޏާ އޭނާ ބޭނުންވި ގޮތަކަށް ކަންތައް ނުކުރެވޭނެއެވެ. މީހެއްގެ އަންބަކާ އެއްގޮަތަކަށްވެސް ވައި އެޅޭކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. މިރާންބޭނުންވީ ބޯހަމަޖައްސާލުމަށް އެކަނިވެލުމަށެވެ. އެހެންކަމުން ސާހިލްކައިރީ މިރޭ ނިދާނީ އަނެއްކޮޓަރީގައި ކަމަށް ބުނެ އެކޮޓަރިން ނިކުމެގެން ދިޔައެވެ. ސާހިލް މިރާން ނުހުއްޓުވީ މިރާން މޫޑުސަކަރާތްވެފަ ހުރިކަން އެގޭތީއެވެ.

ކޮޓަރިއަށް ވަދެވުމާއެކު މިރާން އެދަށް ވެއްޓިގަތެވެ. ކަންފަތް މަތީ ބާލީސްއަޅައިގެން އޮތްވާ އިވެންފެށި މިއުޒިކްގެ އަޑާއެކު މިރާންއަށް ބެލްކަންޏާ ދިމާއަށް ދެވުނެވެ. ވަރަށް ސިއްރު ސިއްރުން މިރާން ދޮރުހުޅުވާލުމަށްފަހު އަޑު އަންނަ ދިމާއަށް ބަލާލިއެވެ. ހަނދުވަރުގެ ރިހި އަލިން މުޅިތަން ދިއްލިފައިވާއިރު ކުރީދުވަހު ފެނުނު އަންހެންކުއްޖާ ގިޓާއެއްހިފައިގެން ގޮނޑިއެއްގައި އިންތަންފެނުނެވެ. ދެލޯމަރާލައިގެން ގިޓާގެ ނަރުތަކުގައި އެ ލޯލި އިގިލިތަކުން ކުޅެމުން ދިޔައީ ފަރިތަކަމާއެކުގައެވެ. މިރާން އަށް ރެއިލިންއާއި ކައިރިއަށް ދެވުނީ ކިހިނެތްކަމެއް އޭނާއަކަށް ނޭގެއެވެ. އެއަންހެންކުއްޖާގެ ޖާދުވީއެއްފަދަ މޫނޫ އެހާކައިން ފެނުމުން މިރާންގެ ހިތުގެ ހިގުންއަވަސްވިއެވެ. ހިތިފަތު ބުމައަކާ ކުޑަކުޑަ ނޭފަތާއި އެ ވަށް ތުންފަތް ހީވަނީ ކުރަހާލެވިފައިވާ ތަސްވީރެއްހެންނެވެ. ޖަންބުކުލައިގެ އެ އޮމާންކޯތާފަތް ތެއްމަމުންދިޔަ ކަރުނަތަށް ފެނުމާއެކު މިރާންގެ ހިތުގައި ރިއްސާލިއެވެ.މިރާންގެހިތް އެދެމުންދިޔައީ އެކުއްޖާއާއި ވާހަކަ ދައްކާލުމަށެވެ . އެހާ ރީތި އަންހެންކުއްޖަކު އެހާ ހިތްދަތިގޮތަކަށް ރޯންވީ ސަބަބެއް އޭނާވެސް އޮޅުންފިލުވާލަން ބޭނުންވިއެވެ.

ނުނިމޭ

Share Article

Follow Me Written By

fiza

Level 1

m a student and when i get free time i love writing .. this is my very first story , so i hope everyone likes it n i wud appreciate if everyone gives their views about my story

Other Articles

Previous

އެކުގައިވާން އެދެމޭ… 15

Next

ކަރުނަ އޭގެ އިންތިހާ…..11 ވަނަބައި

Next
March 1, 2014

ކަރުނަ އޭގެ އިންތިހާ…..11 ވަނަބައި

Previews
February 28, 2014

އެކުގައިވާން އެދެމޭ… 15

6 Comments!

  1. Ayana says:
    March 3, 2014 at 2:19 am

    Hope we will get to read the full story .. I like the starting n best of luck fiza.

  2. aisha says:
    March 3, 2014 at 7:04 am

    vara reethi vaahaka eh dhen oh bayah inthixaaru kuran

    1. fiza says:
      March 3, 2014 at 8:16 pm

      thanx aisha and ayana… vaahakaaige 2vana part maadhan genesdheynan… miadhu thankolheh lahun class nimuneema vaahaka liyan vaguthu nuvi…sorry for that…. 🙂

  3. meesham says:
    March 4, 2014 at 10:30 am

    nice. reguler koh up kohdheyne kamah unmydhu kuran

  4. rifoo says:
    March 6, 2014 at 1:29 pm

    varah reethi story eh carry on
    😀

  5. shai says:
    March 10, 2014 at 3:22 pm

    this is nice

Comments are closed.



All Right Reserved!