Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ނުރޮއްވާ… (18)

Raina Level 110 Stories
February 27, 2014 4 Mins Read
2 Comments

             ……….”ސިސް، ކިހިނެތް ވެފަ ތީނީ؟ ހާދަ މޫޑީ ހެން ހީވެއޭ.” މާޔާ އެމީހުން ދައްކަމުން ދިޔަ ވާހަކައަށް މާބޮޑު ސަމާލުކަމެއްނުދީ އިނުމުން މާހީ އަހާލިއެވެ. “ޒާން މަންމަ ބަލިވެގެން މިއަދު އެފުރީ ރާއްޖޭން ބޭރަށް މަންމަ ގޮވައިން. އެހެންވެ ވެޑިންވެސް ޕޯސްޕޯން ކުރަންޖެހުނީމަ ކުޑަކޮށް މޫޑީވީ.” މާޔާ ކުޑަކޮށް ދެރަވެފަ އިނދެ ބުނެލިއެވެ. “ދަރިފުޅާ މާޔާ! ދެން އެކަމާ އެހާބޮޑަށް ދެރަނުވެބަލަ.” ނަސީރަށް މާހީމެން ދެއްކި ވާހަކަ އަޑުއިވުމުން މާޔާއަށް ހިތަވަރުދެމުން ބުނެލިއެވެ. “ޒާން އައިސްދާނެ މާ ގިނަ ދުވަހެއް ނުވެ. އެހެންނޫނަސް ދަރިފުޅަށް އެއިޓީން ވަނީވެސް އަދި މަންތެއް ވަރު ފަހުންނޭނުން… ނޭނގެއޭނުން ހަމަ ކުރިންވެސް ހަމަޖައްސާފަ އިން ޑޭޓްގަ ނޫންކަމެއް ދަރިފުޅުގެ ވެޑިން އޮންނާނީ.” މާހީވެސް ނަސީރުގެ ވާހަކައާއި އެއްބަސް ވަމުން މާޔާ ހިތްހަމަޖައްސައިދެމުން ދިޔައެވެ. އަދި ދަތުރަށް މާޔާ ރުއްސަމުންވެސް ދިޔައެވެ.

              ދުވަސްތައް ހަލުވިކަމާއެކު އެކިފަހަރު އެކި ކުލަދައްކަމުން ފާއިތުވަމުން ދިޔައެވެ. މާހީވެސް އޮފީހުގެ ކަންކަން ދަސްކުރަމުން އައީ ނުހަނު އަވަހަށެވެ. އޮފީހުގެ ހުރިހާ ކަމެއްހެން މާހީއަށް މިހާރު ދަސްވެއްޖެއޭ ބުނުން ގޯހެއްނުވާނެއެވެ. ހަމައެއާއިއެކު މާހީއަށް ދިޔައީ ރިހާގެ މުޅިން އެހެން ސިފައެއް ފެންނަމުންނެވެ. ގޭގަ ފެންނަ ރިހާއާއި އޮފީހުގެ މާހައުލުން ބައްދަލުވާ ރިހާ އެއީ މުޅިން ތަފާތު ދެމީހެއް ފަދައެވެ. އޮފީހުގެ މުވައްޒަފުންނާއި ރިހާ ވާހަކަދައްކާ ހަދާއިރު އެއްވެސް ކަހަލަ ބޮޑާކަމެއް ފާޅެއް ނުވެއެވެ. އެއިން މީހަކަށް އޮޅިގެންވެސް ނުރަނގަޅަށް ކަމެއް ކުރެވިއްޖެނަމަ ރިހާ އެމީހަކަށް ހަރުކަށިވުމުގެ ބަދަލުގައި ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރުމަށް ބުނަނީ މަޑުމަތިރިކަމާއެކުއެވެ. އޮފީހުގެ ވެރިއެއްގެ ހައިސިއްޔަތުން ހުރިހާ މުވައްޒަފުންނާ ބައްދަލު ކުރާއިރުވެސް ރިހާ އެމީހުނާއި ވާހަކަދައްކަނީ ވަރަށް ގާތްކޮށެވެ. ވެރިމީހައަށް ވުމުން އެމީހުންގެ މައްޗަށް ބާރުފޯރުވައެއް ނުހަދައެވެ. މިމަންޒަރުތައް ފެނި މާހީގެ ހިތުގަ އުފެދޭ ސުވާލެއްވެއެވެ. ގެއަށް ދިއުމުން މި ރިހާ ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ގޭގެ އެއްވެސް މީހަކާ މިގޮތަށް ރީތިކޮށް ވާހަކަ ނުދައްކަނީ ކީއްވެ ހެއްޔެވެ؟ ސްކިންޒޯފްރޭނިއާ ފަދަ ބައްޔެއްގެ ޝިކާރައަކީ ބާއެވެ؟

              “ހޭއި، ބިއުޓިފުލް! ކޯޗެއް ތިބަލަނީ؟ އެންޑް ވިސްނަނީ؟” މާހީ ރިހާގެ ކެބިން ދޮރުމަތީ ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުއްޓަ ޒީޝާން އައިސް މާހީ ސިއްސުވާލަމުން ބުންޏެވެ. އަދި މާހީ ބަލަހައްޓައިން ހުރި ދިމާއަށް ޒީޝާންގެ ނަޒަރުވެސް ހުއްޓާލިއެވެ. މާހީ ބަލަން ހުރީ ރިހާ އޮފީހުގެ މުވައްޒަފުން ތަކެއް ގާތު ކޮންމެވެސް ވާހަކައެއް ދައްކަން އެމީހުންގެ މޭޒުކައިރީ ހުއްޓިލައިން ހުރިތަނެވެ. “ވިސްނަނީ ދޯ! މި ހިތަށްއަރަނީ ދޮންތަގެ ސްޕްލިޓް-ޕާސަނަލިޓީ ކަހަލަ މެންޓަލް ކަމެއް ހުންނަނީބާއޭ؟” މާހީ އެހުރި ގޮތަށް ހުރެ ބުނެލިއެވެ. މާހީ އެހެން ބުނުމުން ޒީޝާން ގާތަށް ހިނިއައެވެ. “އައިމް ސީރިއަސް ޝާން!” މާހީ ސީރިއަސް ކަމާއެކު ބުނެލިއެވެ. “އަސްލުވެސް މަށަށް ޝައްކު. އާ އެހެންޏާ ނިކަން ބަލާބަލަ މިހާރުވެސް. އެމީހުނާ އެހާ ރީތިކޮށް ވާހަކަ ދައްކާއިރު ކީއްވެތަ ގޭގަ ދޮންތަ އަށް އެގޮތަށް އަހަރެމެންނާއި ވާހަކަ ނުދެއްކެނީ؟” ޒީޝާން ހުރީ ރިހާއަށް ނަޒަރު ހުއްޓާލައިން ކަމުން ހަމައެކަނި “ހޫމް” އޭ ބުނެ މާހީގެ ސުވާލަށް ޖަވާބުދިނެވެ. މާހީ ޒީޝާނާއި ދިމާއަށް އެނބުރެމުން ސުވާލުކޮށްލިއެވެ. “ޔޫ ރިއަލީ ލައިކް ހާރ، ޑޯންޓް ޔޫ؟” ރިހާއަށް ގޮސް ގެއްލިފަ ހުރި ޒީޝާން ދިޔައީ މާހީގެ އެސުވާލުން ސިއްސައިންނެވެ. ކުޑަކޮށް ހާސްވެ ހުރެ މާހީއާއި ހަތަރު ކަޅި ހަމަކޮށް ހަމަޖެހޭ ގޮތްދައްކަމުން ޒީޝާން ބުންޏެވެ. “އޭނ… ނޫން. ޝީ އިޒް ޖަސްޓް އަ ފްރެންޑް!” ޒީޝާން ޖަވާބު ދިން ގޮތުން މާހީ ގާތަށް އައީ ނުލަފާ ހިންޏެކެވެ. މާހީ ހޭން ފެށުމުން ޒީޝާން ހަމަރަގަޅަށް ވެސް ރަކިވިއެވެ. “ބަލާބަލަ ބްލަޝް ވާ ވަރު! މާހީއަށް ވެސް އެނގެއޭ ތީ ފްރެންޑްސް ކަން، އެކަމް ޝާން ލޯބިވޭ ދޯ ދޮންތަ ދެކެ؟” މާހީ މިފަހަރު ސުވާލު ކުރީ ޒީޝާނަށް އިތުރު ބަހަނާއެއް ދެއްކެން ނޯންނާނެހެން ސީދަލަށް ކަމުން ޒީޝާންވެސް ހިނތުންވަމުން އިސްޖަހާލިއެވެ. އަދި ރިހާއަށް ބަލާލަމުން އާއެކޭ ބުނެ ބޯޖަހާލިއެވެ. “ފުރަތަމަ ފެނުނު ދުވަހުއްސުރެ.” އެއަށްފަހު ޒީޝާން ފުރަތަމަ ރިހާ ފެނުނީ ކޮންއިރަކު ކޮންތާކުންކަން މާހީއަށް ކިޔައިދިނެވެ.

              “ހޭ!” ޒީޝާން އާއި މާހީ ވާހަކައިގައި ތިއްބަ ރިހާ އައިސް އެދެމީހުންނާއި އަރާ ހަމަކުރަމުން ގޮވާލިއެވެ. “ހާދަ އޮލަވާހަކައެއްގަ؟!” ރިހާގެ ވާހަކައަށް ދެމީހުންވެސް ދިނީ އެކަކުއަނެކަކަށް ބަލާލަމުން މާނަފުން ހިނިތުންވުމެކެވެ. އެއަށްފަހު ތިން މީހުން ދެން ދައްކަން ފެށީ  ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ދަތުރުގެ ވާހަކައެވެ. ރިހާގެ ކެބިންގައި ކުޑައިރުކޮޅަކު ވާހަކަ ދައްކަން އިނުމަށްފަހު މާހީ ދިޔައީ ގެއަށެވެ. ރިހާ އާއި ޒީޝާން އެކަނިވުމުން ޒީޝާން ސީރިއަސްވެލަމުން ރިހާއަށް ބުންޏެވެ. “އެކްސްޕްލެއިން!” ޒީޝާން އެހެން ބުނުމުން ރިހާ ކުޑަކޮށް ޙައިރާންވެހުރެ ޒީޝާނަށް ބަލާލިއެވެ. އެއަށްފަހު ކުރީރޭ ނަސީރުމެންގެ ކޮޓަރިތެރެ އެތަން މިތަން ހޯދަމުން ދަނިކޮށް ޒީޝާނަށް އެމަންޒަރު ފެނުމުން އެކަންތައް އެކްސްޕްލެއިން ކޮށްދޭނެ ކަމަށް ރިހާ ވަނީ ބުނެފައެވެ. އެހެންކަމުން ރިހާ އެކަންތައް ވީގޮތް އޮޅުންފިލުވައިދޭންފެށިއެވެ. އެކަމު އޭގެ ކުރިން އެއްވެސް މީހެއް ގާތު އެވާހަކަ ނުދެއްކުމަށް ޝަރުތު ކުރިއެވެ. ޒީޝާން އިނީ ކަނުލައި ރިހާގެ ވާހަކަ އަޑުއަހާށެވެ. ރިހާގެ ވާހަކަ އަޑު އަހަމުންދިޔައިރު ޒީޝާންގެ މޫނުމައްޗަށް އެކިފަހަރު އެކި ކުލަ ވެރިވަމުން ދިޔައެވެ. ހަމައެއާއިއެކު ރިހާއަށް ޓަކައި އެހިތުގައިވި ލޯތްބާއި ގަދަރު އިތުރުވަމުން ދިޔައެވެ.

              އެދުވަހު ރިހާއަށް އޮފީހުގެ ކަންކަން ނިންމާލާފަ ނުކުމެވުނުއިރު އިރުއޮއްސި އަނދިރިކަން ދުނިޔެ މައްޗައް ވެރިވެއްޖެއެވެ. މަޑުމަޑުން ކާރާއި ދިމާއަށް ހިނގާފަ ދިޔަ ރިހާ ކުއްލިއަކަށް ހުއްޓި ފަސްއެނބުރި ބަލާލީ ރިހާގެ ފަހަތުން މީހަކު އަންނަކަމުގެ އިޙްސާސެއް ކުރެވިގެންނެވެ. ނަމަވެސް މުޅި ހިސާބުގަވެސް އިތުރު މީހެއްގެ ހިލަމެއް ފެންނާކަށްނެތެވެ. ރިހާ އަނެއްކާވެސް ކާރާ ދިމާލަށް ހިނގައިގަތެވެ. ކުއްލިއަކަށް ރިހާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެން ދިޔައީ ފަހަތުން ރިހާގެ ބޮލަށް އެރި ހަމަލާއަކުންނެވެ. ވަގުތުން ރިހާ ހުރިދިމާއަށް ތިރިވިއިރު ހޭވެރިކަމެއްނެތެވެ. ބިންމަތީ އެއްވެސް ހަރާކާތެއް ނެތި ވެއްޓިފަ އޮތް ރިހާއަށް ބަލާލަމުން މިހާދު އޭނާގެ އަތުގައި އޮތް ލައްޓި ބުރި އެތާ ކައިރިއަށް ވައްޓާލިއިރު މިހާދުގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. ރިހާގެ ގާތުގައި އިށީނދެ ކުޑަ އިރުކޮޅަކު ރިހާގެ މޫނަށް ބަލަން އިނދެފައި ފޯނު ނަގާ ޙުޝާމަށް ގުޅާލިއެވެ. އަދި ކާރުގައި އަވަހަށް އައުމަށް ބުންޏެވެ. މިހާދު ރިހާ ނަގައިގަނެގެން ހިނގައިގަތީ އޮފީހުގެ ބޭރު ގޭޓާއި ދިމާއަށެވެ. މިހާދު ގޮސް ގޭޓު ކުރިމަތީ މަޑުކޮށްލިތަނާ ކަޅުކުލައިގެ ކާރެއް އެތަނަށް މަޑުކޮށްލިއެވެ. ޙުޝާމް އާއި ޙާނިމް އަވަހަށް ކާރުން ފޭބުމަށްފަހު ރިހާ ކާރަށް ލުމަށް މިހާދަށް އެހީތެރިވެދިނެވެ. ގޭޓްގެ އެއްކަރީގައި ހަބަރުހުސްވެފައި އޮތް ވޮޗަރަށް ބަލާލާ އެއްމިޔަކަނުން ހީލަމުން މިހާދާއެކު އަނެއް ދެމީހުންވެސް ކާރަށް އަރާ އަވަހަށް މީހަކަށް ފެނުމުގެ ކުރިން ދުއްވާލިއެވެ.

              ފަސްދީ ބާރުބާރަށް ކުރިއަށް ދިޔަ ކަޅުކުލައަކަށްދާ ކާރަށް ބަލަން ޒީޝާންއަށް އިނދެވުނީ ހަދާނެގޮތެއްނޭނގި ޝޮކެއްގައެވެ. ޒީޝާން ރިހާގެ އޮފީސް ކައިރިއަށް އެވަގުތު އައީ ތިންމީހުން ވެގެން ރިހާ އެގޮތަށް ކާރަކަށް އަރުވާ މަންޒަރު ފެންނާނެކަމަކަށް ނޫނެވެ. ނަމަވެސް ރިހާ އާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލާ ރިހާއަށް އެހިތުގެ ހާލު ބަޔާންކޮށްދިނުމަށް ހިތުއަޅައިންނެވެ. ރިހާގެ އޮފީސް އިންނަ މަގަށް ޒީޝާންގެ ކާރު އެޅުމާއެކު ފެނުނުމަންޒަރުން ހުއްޓުން އަރާފައި އިން ޒީޝާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ކާރު ދުއްވާލީ އެ ކަޅު ކާރު ލޯމަތިން ގެއްލުމުގެ ކުރިން އެކާރު ފަހަތުން ދިއުމަށެވެ. އެމީހުން ރިހާއަށް ހަދާފާނެ ގޮތަކުން ޒީޝާން އިނީ ބިރުންނެވެ. އެއަށްވުރެވެސް ބޮޑަށް އޭނާއިނީ ރުޅިއައިސްފައެވެ. ރިހާ އެއީ ޒީޝާންގެ ފުރާނަ ފަދައިން ލޯބިވާ ކުއްޖާއެވެ. ވީއިރު ރިހާއަށް އެފަދަ ގޮތެއްވުމަށް ޒީޝާންގެ ހިތެއް ނޭދެއެވެ.

              ޒީޝާން އެ ކާރު ފަހަތުން ދުއްވަމުން ދަނިކޮށް އެ ކާރު ޒީޝާނަށް ގެއްލުނީ ކުރިމަތިން ހުރަސްކުރި ލޮރީއަކަށް ތަން ދިނުމުގެ ގޮތުން ކާރު މަޑުކޮށްލަން ޖެހުމުންނެވެ. ނަސީބު ދިމާކުރިގޮތުން އެވަގުތު ރަށުތެރެ ޕެޓްރޯލް ކުރަން ނުކުމެ އުޅުނު ފުލުހުންގެ ވެހިކަލެއްފެނުމުން، ޒީޝާން އެމީހުން ހުއްޓުވާ ވެގެން އުޅޭގޮތް ކިޔައިދީ އެހީއަށް އެދުނެވެ. އެއަށްފަހު ފުލުހުންގެ އެހީއާއެކު ޒީޝާން ރިހާ ހޯދަންފެށިއެވެ.

              މަޑުމަޑުން ދެލޯހުޅުވާލަމުން އޮވެވުނު ތަނަށް ރިހާ ނަޒަރު ހިންގާލިއެވެ. ވަށައިގެންވީ ކަނުއަނދިރިކަމެވެ. އެއްވެސް އެއްޗެއް ސާފުވާވަރެއް ނޫނެވެ. ތެދުވަންކުރަމުން ދިޔަ މަސައްކަތުން ބޮލުގެ ރިހުން އިތުރަށް ގަދަވިއެވެ. އޭގެއިތުރުން ރިހާގެ އަނގަ މަތީގައި ޓޭޕް ގަނޑެއް އަޅާ ބަންދުކޮށް، ދެއަށް  ފުރަގަހަށްލައި އައްސާފަވާއިރު ދެފައިވެސް ވަނީ އައްސާފައެވެ. ވަރަށް މަސައްކަތުން ތެދުވެ އިށީންތަނާ ކައިރިން މާހިދުގެ އަޑު އިވުނެވެ. “ލުކް އެޓް ޔޫ! ސޯ ބިއުޓިފުލް.”…

 

=(ނުނިމޭ)=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ލޯބި

Share Article

Follow Me Written By

Raina

Level 110 Stories

Other Articles

Previous

ހިތް މިއެދޭ ސޫރައޭ ތީ މަގޭ 9

Next

އެކުގައިވާން އެދެމޭ… 14

Next
February 27, 2014

އެކުގައިވާން އެދެމޭ… 14

Previews
February 27, 2014

ހިތް މިއެދޭ ސޫރައޭ ތީ މަގޭ 9

2 Comments!

  1. smiley girl says:
    October 4, 2014 at 12:02 pm

    nice story just loving it kuda guess eh koilaanan dhen maahi aai rihaa aai dhe miihunaves zee ah loabiveveynee enme furathama mahi evaahak riha dheke bunyma riha loabi gurubaan types en heevany ekam ves dhen fahun hurihaa kameh rangalhuvany types `1

  2. raina says:
    October 4, 2014 at 12:06 pm

    nice story hope this thing never end my name is also raina but i am no good at writing dhivehi stories but ur fab love u lotxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

Comments are closed.

Next Episodeހިތް ނުރޮއްވާ… (19)←


All Right Reserved!